އަލްވިންގެ ކާރު ހުވަފެންގޭ ދޮރުމައްޗަށް މަޑުކޮށްލިއެވެ. އަދި ކާރުން ފައިބައިގެންގޮސް ދޮރުމަތީހުރި ދޮރުފާރަވެރިޔާއާއި ވާހަކަތަކެއް ދެއްކިއެވެ. ދެންފެނުނީ ކައިރީގައިހުރި ފާރުގައި އަތް މުއްކަވާފައި ޖެހިތަނެވެ. އަދި ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލި މަންޒަރެވެ.
އަލްވިން ފޯނު ޖީބުން ނެގުމަށްފަހު ޝިމްލާއަށް ގުޅާލިއެވެ. ދެތިންފަހަރު ފޯނު ރިންގުވީފަހުން ޝިމްލާ ފޯނުނަގާ “އައްސަލާމް އަލައިކުމް” އޭ ބުނެލިއެވެ. އަޑުގަދަކަމުން ވާހަކަދައްކަން އުނދަގޫވުމުން ޝިމްލާ ދަތުރުދާން ފުރިވާހަކަ ބުނެފައި ލެފުމުން ގުޅާނެކަމަށްބުނެ ފޯނުބޭއްވިއެވެ. ޝިމްލާމެންގެ ލާންޗު ކުޑަ ވިލިނގިއްޔަށް ދާން ނައްޓާލިކަން އެނގުމުން އަލްވިން ކަރުއެލުވާލިއެވެ.
“މައިޝާގެ ބައްޕާ! މިއީ އަލްވިން. އަޅުގަނޑު މިގުޅާލީ ވަރަށް ބޮޑު ކަމަކު.” ފޯނު ކަންފަތުގައި ޖައްސައިގެންހުރެ އަލްވިން ވާހަކަދެއްކީ މަޑުމައިތިރިކަމާއި އެކުއެވެ.
“އަލްވިން ކިޔާ މީހަކު އަހަރެން ނުދަންނަން.” ސަޢީދުގެ ޖަވާބު ކިތަންމެ ކުރުކޮށް ދިނަސް އޭގެން އެތަށް ވާހަކައެއް ބުނެދިނެވެ. “މައިޝާ ގެއްލުންގޮތަށް ޝިމްލާވެސް ގެއްލޭތަންދެކެން މައިޝާގެ ބައްޕައަށް ކެތްވާނެތަ؟” ފޯނު ކަނޑާލަން ދިމާކޮށްލި ވަގުތު އިވިގެންދިޔަ ވާހަކައިން ސަޢީދު މަޑުޖެހިލިއެވެ.
ސަޢީދު ދަތުރުގައި ބައިވެރިނުވާކަން އެނގުމުން އަލްވިން މާޔޫސްވިއެވެ. ދެން އޭނާ ސަޢީދުގެ ކިބައިން އެދުނީ ޝިމްލާ ފަޅުރަށަށް ދިޔަޔަ ނުދީ ހިފެހެއްޓުމަށެވެ. މައިޝާގެ މަރުގެ ޙަޤީޤަތާއި ޝިމްލާއަށް ދިމާވަމުންދާ ބިރުވެރި ކަންތައްތައް އަލްވިން ސަޢީދުއާއި ޙިއްޞާކުރީ ޝިމްލާ ހުއްޓުވުމަށް ސަޢީދުގެ މަދަދު ބޭނުންވާތީއެވެ. ނޫންނަމަ މާބޮޑަށް ލަސްވެދާނެތީއެވެ.
އަލްވިންގެ ވާހަކަތައް އަޑުއިވުމުން ސަޢީދުހުރީ ޤަބޫލުކުރަން ދަތިވެފައެވެ. ނަމަވެސް ޝިމްލާއަށް ވާއުނދަގޫތައް ބައެއްފަހަރު އޭނާއަށްވެސް ފެނިފައިވާތީއާއިއެކު އެހެން ހުރިހާ ކަމަކަށްވުރެ މިވަގުތައް މުހިންމީ ޝިމްލާގެ ފުރާނަ ސަލާމަތްކުރުންކަމަށް ބަލާ އަވަހަށް ފަތީނާއަށް ގުޅިއެވެ.
އެތަށް އިރަކު ފޯނު ރިންގުވީއިރުވެސް ފަތީނާ ފޯނު ނުނެގުމުން ޘަނާޔާއަށް ގުޅިއެވެ. ޘަނާޔާވެސް ފޯނު ނުނެގުމުން އަމްޖަދަށް ގުޅާލުމާއިއެކު ނަސީބު އަތުގައި ހިފީހެން ހީވިއެވެ. “އަމްޖަދު އެއްވެސް ސުވާލެއްނުކޮށް އަހަރެން މިބުނާ ގޮތަށް އިހަށް ހަދާ އިނގޭ! ލާންޗު އަނބުރާލާ! އިހަށް މާލެ އާދެބަލަ ވަރަށް މުހިއްމު ކަމެއްދިމާވެގެން.” ސަޢީދު އުންމީދާއިއެކު ފުން ނޭވައެއް ދޫކޮށްލަމުން ބުނެލިއެވެ.
“ކީކޭ ސަޢީދު؟ ނޭނގެ ތިކިޔާ އެއްޗެއް ކެނޑިކެނޑިގެން އަޑު އަންނަނީ! ހަލޯ! ހަލޯ!” އަމްޖަދު ފޯނު ކަނޑާލިއެވެ. އޭނާގެ ބުއްދީގެ ބޭނުންކޮށްގެން ސަޢީދުއަށް އޮޅުވާލިއެވެ. “އަދި ތިހެން ބުނެލާއިރަކަށް އައިކޮޅަކަށް ނުވެސް ދެވޭނެ ދޯ؟ ހާދަ ދުވަހެއްގެ މަސައްކަތެކޭ. ހާދަ ބޮޑު ޚަރަދެއް އަހަރެން ކޮށްފީމޭ މިކަމަށް. ދެން މިކަން ކާމިޔާބުވާން މިހާ ކައިރިވީމަ ކިހިނެތް ހުއްޓާލާނީ. ކީއްކުރަން ހުއްޓުވަންވީ. މިފަހަރު އަހަރެންގެ މަޤްޞަދު ކާމިޔާބުކޮށްފަ ނޫނީ ހުއްޓައެއް ނުލާނަން. އެއްވެސް މީހަކަށް ލާހިކެއްނޫން މިކަން ހުއްޓުވާކަށް.” އަމްޖަދު އަމިއްލަ ނަފްސަށް ހަނދާންކޮށްދިނެވެ.
ސަޢީދު ވަގުތުން ހޮސްޕިޓަލަށް ގުޅައިގެން ބައްދަލުވުމަށް ދާން އިތުރު މީހަކު ހަމަޖެއްސުމަށްފަހު އަލްވިންއަށް ގުޅާލިއެވެ.
ސަޢީދު ކަންތައްވީގޮތް ކިޔާދިނުމުން އަލްވިން އޮފީސް ލާންޗުގައި ކުޑަވިލިނގިއްޔަށް މިސްރާބުޖެހިއެވެ. އަދި ދިޔަ މަގުމަތީ ދިޔައީ ރިޒޯޓުން ސަޢީދުގެ އެދުމުގެ މަތިން އޭނަވެސް ނަގައިގެންނެވެ.
***
ލާންޗު ރަށާއި ކައިރިކުރުމުން ގިނަމީހުން ސުވާލުގެ ނަޒަރަކުން ލާންޗުގެ ކެޕްޓަނާއި ދިމާއަށް ބަލަންފެށިއެވެ. “މިއީ ކުޑަ ވިލިނގިއްޔެއްނޫން. އެރަށުގައި ފަތުރުވެރިންގެ ހަރަކާތެއް ކުރިއަށްދާތީ މިނިވަންކަން ކުޑަވީނެކަމަށް އަހަންނަށް ފެންނާތީ މިރަށަށް ބަދަލުކޮށްލީ. ކުރިން ނުބުނީ ސަޕްރައިޒެއް ދޭންވެގެން. ކިހިނެއްވަނީ ސަޕްރައިޒް؟” އަމްޖަދު ހެވިލާފައި ބުނެލިއެވެ. އެންމެންނަށްވެސް އެރަށް ކަމުދިޔައެވެ.
އެއްގަމަށް އަރައިގެން ދިޔަ ހުރިހާ އެންމެންގެ ދުލުކުރީގައިވެސް ވަނީ އެއްވާހަކައެކެވެ. ކުޑަ ވިލިނގިއްޔައްވުރެ އެރަށް މާ ފުރިހަމަ ވާހަކައެވެ. މޫދުވެސް ރީތިވެފައި އަތިރިމަތީގެ ހިތްގައިމު ވާހަކައެވެ. ކުރިއަށް ތައްޔާރުވަމުން އަންނަ ކަޅު ވިލާގަނޑުގެ އެއްވެސް ޚަބަރެއްވާނަމަ އެމީހުން އެހާ އުފާވެފައެއް ނުތިބޭނެކަން ގައިމެވެ.
އާއެކެވެ! މިދަތުރަކީ އަމްޖަދުގެ ރޭވުމެކެވެ. ޘަނާޔާ މެދުވެރިކޮށް އެދަތުރު ރޭވީ އަމްޖަދު ފަހަތުގައި ހުރެގެންނެވެ. އަމްޖަދުގެ ނުބައި ނިޔަތް ނޭނގޭ ހާލުގައެވެ. މިދަތުރުގެ މަޤްޞަދަކީ ޝިމްލާގެ ފުރާނަ ދުއްވާލުމެވެ. އެމީހުން އައުމުގެ މާކުރިއްސުރެ އެރަށުގައި އެހެން ބަޔަކު އައިސް ޝިމްލާއަށްޓަކައި ތައްޔާރީތަކެއް ކޮށްފައިވެއެވެ. ބަކުރު ވަނީ މުޅިރަށް އޭނާގެ އަތްދަށަށް ގެނެއްސައެވެ. އަމްޖަދުފަޔަވާ އިތުރު މީހަކަށް މިކަން ރޭކާވެސްނުލައެވެ.
ހެނދުނުގެ ސަޔަށްފަހު ފިރިހެންވެރިންގެ ތެރެއިން އެއްބަޔަކު ދިޔައީ ގޮނޑުދޮށަށް މަސްބާނާށެވެ. ދެންތިބި މީހުން ތައްޔާރުވަމުން ދިޔައީ ފައިގަތަޅާ ކުޅޭށެވެ. ޝިމްލާއަކީ މިިިިިިފަދަ ކުޅިވަރުތަކަށް ކުޑައިރު ނިކަން ފޯރިހުރި ކުއްޖެއް ނަމަވެސް ފަހުން ފަހުން އައިސް ކުޅިވަރުތަކަކާއި އޭނާ މާބޮޑަށް ގަޔާއެއްނުވެއެވެ. އެހެންކަމުން އެމީހުން ކުޅޭތަން ބަލަން ދުރުގައިހުރި ޖޯލިފަތީގައި އޮށޯވެލައިގެން އޮތެވެ. އެހެން އޮއްވާ ޝިމްލާއަށް ލޯމެރިއްޖެއެވެ.
ޝިމްލާ މަޑުމަޑުން އެސްފިޔަތައް ތަޅުވާލަމުން ލޯ ހުޅުވާލިއެވެ. އެވަގުތު ޝިމްލާގެ ކަޅި ގޮސް ހުއްޓުނީ ދުރުގައި ކޮލުދަތްތައް ފެންނަވަރަށް ހީލައިގެންހުރި އަލްވިންއަށެވެ. ކަކުލާއި ހަމައަށް އަންނަ ސޯޓެއްލައިގެން ހުސްގަޔާ ހުރިއިރު އެ ބާމަތިފުޅާ ހަށިގަނޑުގެ ރީތިކަން ހާމަވެއެވެ. މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ރީތިކޮށްލިވަގުތު އެސިހުރެއްފަދަ ދެލޯ ޝިމްލާގެ މޫނަށް އަމާޒުވެފައިވާތަން ފެނުނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވުމާއިއެކު ޝިމްލާއަށް ކޮޅަށް ތެދުވެވުނީ އަމިއްލަ އިޚްތިޔާރަކާއި ނުލައެވެ. އަލްވިން އޭނާގެ ކަނާތް ކުރިމައްޗަށް ދިއްކޮށްލީ އެއަތުގައި ހިފާށޭ ބުނާފަދަ ގޮތަކަށެވެ. ޝިމްލާގެ ހިތް އަވަސްވެފައިވާ ހާލު ކުރިއަށް ހިނގައިގަތެވެ.
ލަސް ފިޔަވަޅުތަކެއް ނަގަމުން ގަސްތަކުގެ ތެރެއަށް ވަދެވޭގޮތަށް ކޮށާފައިއޮތް މަގުން ވަދެގެންދިޔަ ޝިމްލާ އެއްވެސް މީހެއްގެ ލޮލުގައި އަޅައެއް ނުގަތެވެ. އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ ފޯރިގަދަކޮށް ކުޅެމުންދިޔަ ފައިގަތަޅާ މެޗަށެވެ.
***
ޝިމްލާމެންގެ ލާންޗު ކުޑަ ވިލިނގިއްޔަށް ނާންނަކަން އެނގުމުން އަލްވިންގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. އޭނާ މިހާރު ޝިމްލާއަށް އެތަށް ފަހަރަކު ގުޅައިފިއެވެ. އެއިން ކޮންމެ ފަހަރަކުވެސް އިވެނީ އެއް އަޑެކެވެ. ފޯނު ނިއްވާލާފައި ނުވަތަ ގުޅޭ ސަަހައްދުން ބޭރުގައިވާ ވާހަކައެވެ. ސަޢީދުގެ ހާލަކީވެސް އެއެވެ. ދަތުރުދިޔަ އެންމެންނަށް ގުޅިއްޖެއެވެ. ލިބުނީ ހަމަ އެއްޖަވާބެކެވެ. ހަދާނެގޮތެއް ނޭނގި ދެކޮޅަށް ހިނގާލަ ހިނގާލާ ސަޢީދު ހުއްޓެވެ. “އަޅުގަނޑަށް ފެންނަނީ އެހެން ފަޅުރަށްތައްވެސް ބަލަން!” އަލްވިން އޭނާގެ ޚިޔާލު ފާޅުކުރިއެވެ. ދެއަތް އުރާލައިގެން ތިބުމަށްވުރެ އެގޮތް މާރަނގަޅުކަމަށް ސަޢީދުއަށްވެސް ފެންނާތީ އަލްވިންގެ ބަހަށް އާއެކޭބުނެ އަވަހަށް ލާންޗާއި ދިމާއަށް މިސްރާބުޖެހިއެވެ. އޭރު ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ ހާސްކަމެވެ.
***
“މައި ދޮންތީ!” ޝިމްލާ ލައިގެންހުރި ހެދުމުގެ ފަސްބަޔަށް ދަމާލަމުން އައިހަމް ބުނެލިއެވެ. އޭރު އައިހަމްގެ ފަހަތުން އައި ފަތީނާވެސް އެހިސާބަށް އަރާ ހަމަކޮށްފިއެވެ. ޝިމްލާއަށް ހީވީ ހުވަފެނެއްގެ ތެރެއިން ނިކުމެވުނު ހެންނެވެ. ދެފަރާތައް ބޯ އަރިކޮށްފައި ބަލާލެވުނީ އަލްވިން ފެންނަން ހުރިތޯއެވެ.
“ދަރިފުޅު އެކަނިތަ؟ ކީއްތިކުރަނީ މިތާ؟ އައިއްކޮއަށް ޝިމްދައްތަ ފެނިގެން ދޯ ތިއައީ ދުވެފަ؟” ފަތީނާ އައިހަމް އުރާލަމުން ބުނެލިއެވެ. ޝިމްލާއަށް ބުނާނެ ވަކި އެއްޗެއް ނޭނގިގެން އެހިސާބު ބަލާލަނީކަމަށް ބުންޏެވެ.
“ދަރިފުޅު އެކަނި ތިގޮތަށް ނުދައްޗޭ! މަގު ގެއްލިދާނެ. ފަތިއްތަމެންވެސް އަދި ވަރަށް އާވާނެ މިރަށަށް. ހިނގާދާން.” ފަތީނާ ޝިމްލާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ޝިމްލާ އިސްޖަހައިގެން އެހުރިގޮތަށްހުރެ ފަތީނާގެ ފަހަތުން ހިނގައިގަތެވެ.
ދުރުގައި މި މަންޒަރު ބަލަންހުރި ސާޝާގެ މޫނުމަތީގައިވަނީ ފަތަޙައިގެ ހިނިތުންވުމެކެވެ. ނަމަވެސް އެ ހިނިތުންވުން ފަނޑުވެގެން ދިޔައީ ކައިރިން އިވުނު އަޑުފައްގަނޑެއްގެ ސަބަބުންނެވެ. ސާޝާ އެނބުރި ބަލާލިއިރު އޭނާއާއި ދާދި ގާތުގައި ހުރީ ދެންމެ ޝިމްލާ ވާވައްދަން މަސައްކަތްކުރި ރޫޙާނީ އެއްޗެވެ. އަދިވެސް އޭތި ހުރީ އަލްވިންގެ ސިފައިގައެވެ. ނަމަވެސް ދެލޮދުގެ ބަދަލުގައި ފެންނަންހުރީ ރަތްކުލައިން ދިއްލިފައިވާ ބޮކީގެއަލިފަދަ އަލިކަމެކެވެ.
ޝިމްލާމެންނަށް އެހެންމީހުންގެ ގާތަށް ދެވުނުއިރު މޫސުން ގޯސްވަނީކަމަށްބުނެ އެންމެންވެސް ކުޅުން ހުއްޓާލައިފިއެވެ. އަދި ގެނައި ތަކެތި ހިފައިގެން އަތިރިމައްޗާއި ދުރުނޫން ހިސާބެއްގައި މެހެމާނުން ބޭތިއްބުމަށް ހަދާފައިހުރި ކުޑަ ގެއަށް ވަދެއްޖެއެވެ. އޭރު ކަޅު ވިލާގަނޑެއްގެ އަސަރު ފާޅުވަމުންދިއުމާއިއެކު ޝިމްލާމެންވެސް އަވަސްވެގަތީ ވާރޭ އޮއްސާލުމުގެ ކުރިން އެގޭގެ ތެރެއަށް ވަދެވޭތޯއެވެ.
***
ކަޅު ވިލާތަކުން އުދަރެސް ބައްދާލައިފިއެވެ. ރޭގަނޑުގެ އަނދިރިކަންފަދަ އަނދިރިކަމެއް ދުނިޔެމައްޗަށް ވެރިވާކަށް މާގިނައިރެއް ނުނެގިއެވެ. ވައިގަދަވެ ކަނޑުވެސް އިންތިހާއަށް ގަދަވެއްޖެއެވެ. ޖެހިލާ ކޮންމެ ވައިރޯޅިއަކާއިއެކު ރުއްގަސް ހެލިލާއިރު ހީވަނީ ދެންމެދެންމެ މުލުން ލުހިދާނެ ހެންނެވެ. ވަލުޖަނަވާރުތަކާއި ދޫނިސޫފާސޫފިތައްވެސް އެސޮރުމެންގެ ހާލިތަކަށްވަދެ ހަމަހިމޭންވެއްޖެއެވެ. މުޅި ރަށުތެރެއަށް ނާމާންކަން ވެރިވެއްޖެއެވެ.
ކޮށާފައި އޮތް ހަނި މަގުނު ލާފައި އަތުގައި އޮތް ފޯނުން އަލިކުރަމުން އަމްޖަދު ކުރިއަށް ދިޔައެވެ. ކިތަންމެ ބިރުކުޑަކަމަށް ދައްކައިގެން ހުއްޓަސް ވަޔާއިއެކު ރުއްގަސް ހެލޭއަޑާއި އިރުއިރުކޮޅާ ކޮންމެވެސް ގަހަކުން އެއްޗެއް ވެއްޓޭ އަޑުގެ ސަބަނުން އޭނާ ހުރީ ސިހިސިހިއެވެ. ހަށިރައްކަލަކަށް ބަކުރުދިން ތަވީދު އުނަގަނޑުގައި އޮތްކަން އެއީ ނަސީބެކޭ އޭނާ ހިތަށްއެރިއެވެ. އަދި ޘަނާޔާއަށާއި ލުމްނާއަށް ހެއްދި ތަވީދު އެޅުމަށް އެމީހުން އިންކާރުކުރީތީ އޭނާ ދެރަވިއެވެ.
ބަކުރުމެން ތިބި ޓެންޓާއި ހަމައަށް ދެވުމުން އަމްޖަދަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އެތެރެއަށް ވަނުމުން ލިބުނު ޚަބަރަކުން ނިތްކުރިން ދާތިކިތައް ފާޅުވާންފެށިއެވެ.
“ކަލޭމެން ނުބުނެންތަ މިއީ ކައިފަ ވައެއްލުންކަހަލަ ކަމެކޭ؟ ދެން މިހާރު މިހިސާބަށް އައިއްސަ ކޯޗެކޭ ތިކިޔަނީ؟” އަމްޖަދު ބިރުގަންކަން ނުދައްކާ ރުޅި އިސްކުރިއެވެ. އޭނާމީ އެހާ ފިނޑިވާނެ މީހެއްނޫންކަން އަމިއްލަ ނަފްސަށް ހަނދާންކޮށްދިނެވެ.
އަހަންނަށް ކުރެވުނުވަރެއް ކުރަމޭ އެބަ. ދޭތިން އެކައްޗަށް ހިފައިގެން މަވެސް މިކަންމިކުރަނީ އަމްޖަދުގެ ފަރާތުން ލިބުނު އަގު އަދާވޭތޯ. އެކަމަކު އެކުއްޖާގެ ހިމާޔަތުގައިހުރީ ވަރަށް ބާރުވެރި އެއްޗެއް. އަހަންނަށް ހީވަނީ މިއީ ވަރަށް ނުރައްކާތެރި ހަނގުރާމައަކަށް ވާނެހެން. މިފަހަރު އެންމެންނަށްވެސް މިކަމާ ކުރިމަތިލާންޖެހޭނެހެން.” ބަކުރު އޭނާއަށް ހީވާގޮތަށް ބުންޏެވެ. އޭމޫނުމަތިން ފެންނަނީ އިންތިހާދަރަޖައިގެ ބިރުވެރިކަމެވެ.
“ނޫން! ކަލޭ ހަނދާންނެތުނީތަ މަގޭ އަންހެނުންނާ ދަރިވެސް މިފަސްގަނޑުގައި އެބަތިބިކަން. އެދެމީހުންނަށް އެއްވެސް ގެއްލުމެއްދީގެންނުވާނެ. ކަލޭ ގެންގުޅޭ ޚާދިމުންތައް ކޮބާ؟” އަމުޖަދުގެ އަޑުގައި ތުރުތުރެއް ހުއްޓެވެ.
“އެދެބައިމީހުންގެ ދެމެދު ހަނގުރާމަ ފެށިއްޖެ. އޭ ކުދިންނޭ. އަވަހަށް ކިޔެވެލި ފަށާ. އެމީހުންގެ ލަޝްކަރު ވަރަށް ބޮޑު.” ބަކުރު ތުންތަޅުވާލުމަށްފަހު ދެލޯ ބޮޑުކޮށްލަމުން ބުނެލިއެވެ. އަމްޖަދު އަވަސްވެގަތީ ޘަނާޔާމެން ހިމާޔަތްކުރުމަށް އެދިމާއަށް ދާށެވެ. އަދި ކޮންމެވެސް ބަހަނާއެއް ދައްކައިގެން ޝިމްލާ އެގެއިން ބޭރަށް ނެރޭށެވެ.
***
އަލްވިންއާއި ސަޢީދުގެ ނަޒަރު ހުއްޓިފައިވަނީ ދުރުން ފެންނަން އޮތް ފަޅުރަށާއި ދިމާއަށެވެ. ރަށާއި ދިމާއިން ކަޅު ވިލާގަނޑެއް މާ ދުރަށް ފެންނަން އޮތްއިރު ރަށް ފެންނަނީ ވަރަށް ފުސްކޮށެވެ. ދެމީހުން އެކަކު އަނެކަކަށް ބަލާލީ އެމީހުންގެ މަންޒިލާއި ކައިރިވީކަމަށް ޔަޤީނުކުރަމުންނެވެ.
ރަށާއި ކައިރިވި ވަރަކަށް އަނދިރިކަން ވެރިވާންފެށިއެވެ. ޖެހޭ ގަދަ ވަޔާއިއެކު ކެކެމުން އަންނަ ބިޔަ ރާޅުތައް ލާންޗަށް ބިންދާލާއިރު ހީވަނީ ދެންމެ ދެންމެ ލާންޗު ބަންޑުންޖަހާލަފާނެހެންނެވެ. ރަށާއި ގާތްކުރަން ކުރި މަސައްކަތްވީ ބޭކާރެވެ. އެންމެފަހުން އިންޖީނުވެސް ނިވިއްޖެއެވެ. ކެޕްޓަން މާޔޫސްކަމާއިއެކު އަލްވިންއަށް ބަލާލުމުން އަލްވިންއަށް ދެން ލާންޗު ކުރިއަށް ނުދާނެކަން ޔަޤީންވިއެވެ. އެވަގުތު ޖެހި ރާޅާއިއެކު އައި ލޮޅުމެއްގައި ސަޢީދު އަރިއަޅާލައިގެން ގޮސްޖެހުނީ ބިޔަ ރާޅުތަކުގެ ތެރެއަށެވެ. އަލްވިން ބަލާކަށް ނުހުރެ ލައިފް ޖެކެޓެއް އަތަށް ހެޔޮވަރުކޮހްލަމުން މޫދަށް ފުންމާލިއެވެ.
***
އެއްކޮޓަރިއެއްގެ ތެރޭގައި އެންމެން ތިބިއިރު އެންމެންގެ މޫނުމަތިންވެސް ފެންނަނީ ސިހުމެވެ. ކަރަންޓު ކެނޑުނުފަހުންވެސް ބައިގަޑިއިރުވީއެވެ. ކުޑަދޮރު ކައިރީގައިހުރި ދޮރުފޮތިގަނޑު ދަމާފައިވާއިރުވެސް އަނދިރީގެ ތެރެއިން ކޮޅުކޮޅަށް ދުވާ އަލިގުޅަގުޅަ އަދިވެސް ފެނެއެވެ. ކޮންމެ މީހަކުވެސް ފޯނު އަތަށްލައިގެން އިނީ ރޭންޖުލިބުމުން ކޮންމެވެސް މީހަކަށް ގުޅޭނެކަމުގެ ކުޑަކުޑަ އުންމީދެއްގައެވެ. އެބިރުވެރިކަމުން ސަލާމަތްކޮށްދެއްވުން އެދި މާތް الله ހަޟްރަތަށް ދެންނެވުން ނޫންގޮތެއް ނެތީތީއެވެ.
ދޮރުގައި މީހަކު ޓަކިދިންއަޑަށް އެންމެން ސިހިފައި އެދިމާއަށް ބަލާލިއެވެ. އަމްޖަދުގެ އަޑުކަން ޔަޤީންވުމުން ހިތްވަރުކޮށްފައި ގޮސް ދޮރުހުޅުވީ ދޮންއާދަނެވެ.
އަމްޖަދަށް ފުރަތަމަވެސް ބަލާލެވުނީ އޭނާގެ ލޯބިވާ އަނބިމީހާއާއި ދަރިފުޅު ހެޔޮހާލުގައި ތިބިތޯއެވެ. ސޯފާގައި އިށީނދެލައިގެން ޘަނާޔާ އިނީ ޒަރީނާ ބޯއަޅާލަން އޭނާގެ އުނގުދީގެންނެވެ. އަނެއްފަރާތުން އިށީނދެލައިގެންއިން ލުމްނާގެ ބޯވަނީ ޘަނާޔާގެ ކޮނޑުމަތީގައެވެ. އަމްޖަދަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. ދެން އަމްޖަދުގެ ނަޒަރު ހުއްޓުނީ ފަތީނާއާއި ދާދި ގާތުގައި ފާރުގައި ލެނގިލައިގެން އިށީނދެއިން ޝިމްލާއަށެވެ.
ބާރުބާރަށް ހިނގާފައިގޮސް އަމްޖަދު ޝިމްލާގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. އަދި ގަދަކަމުން ގެންގޮސް ދޮރުން ބޭރަށް ހޫރާލާ ކޮޓަރީގެ ދޮރު ލައްޕާލިއެވެ. އަމްޖަދުގެ މިޢަމަލުގެ ސަބަބުން އެންމެންނަށްވެސް ލިބުނީ ހައިރާންކަމެކެވެ. މަގޭ ދަރިއޭ ކިޔާ ފުރަތަމަވެސް ރޮއިގަތީ ޙަލީމައެވެ. ދޮންއާދަނުވެސް އޭރު އިންތަނުން ތެދުވެގެންގޮސް އަމްޖަދުގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ.
“ޚަބަރުދާރު! އެކަކުވެސް ނުވާނެ ދޮރުހުޅުވައިގެން. މިހުރިހާކަމެއް މިޖެހުނީ އެ ސުންޕާ ކުއްޖާއާއިހެދި. އޭނަ މިތަނަށް ވައްދައިފިނަމަ އަހަރެމެން އެންމެންގެ ދުވަސް ހިނގައިދާނެ.” އަމްޖަދު އަޑަށް ބާރުލާފައި ބުންޏެވެ.
“ކީކޭ! ކީކޭ ކިޔަންތިއުޅެނީ؟ އޭނަވަކި ކޮންތާކަށްދާނީ. މަގޭ ދަރި. ދުރައްދޭ ތިތަނުން.” ދޮންއާދަނު ދޮރު ހުށުވަން މަސައްކަތް ކުރަމުން ރުޅިއައިސްފައި ބުންޏެވެ.
“އަޅެ މަމިބުނީ ދޮގެއްތަ؟ ކަލޭމެނަށް ނޭނގުނަސް މިހިރަ ފަތީނާއަށް އެނގޭނެ ހަޤީޤަތް. އެމީހުންވެސް އެތިބެނީ އެކަން ސިއްރުކޮށްގެން. ދޮރެއް ނުހުޅުވޭނެ އޭނަ ވައްދާކަށް!” އަމްޖަދުގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ފަތީނާ އިސްޖަހާލީ ދެން ކުރިމަތިވާންއުޅޭ ބިރުވެރިކަން އިޙްސާސްވުމުންނެވެ.
ދޮންއާދަނު ދޮރުހުޅުވުމަށް މަސައްކަތްކުރިއިރު އަމްޖަދު ހުރީ އެކަން ހުއްޓުވަން ފައި ވިއްދާލާފައެވެ. ނަމަވެސް އެންމެފަހުން ދޮންއާދަނުގެ ހަމަލައެއް އަމްޖަދުގެ ކަންކަށިމައްޗަށް އެރުމާއިއެކު ދޮރުން ދޫކޮށްލެވުނެވެ. ދޮންއާދަނު އަވަހަށް ބޭރަށް ދެމިގަތީ އަމްޖަދުގެ އަތުގައިއޮތް ފޯނުވެސް ހިފައިގެންނެވެ.
ފޯނުން އަލިކުރަމުން ދޮންއާދަނު ގޭތެރެއިން ބޭރަށް ނިކުތެވެ. އެކި ދިމަދިމާއަށް އަލިކޮށްގެން ބެލިއްޖެއެވެ. ނަމަވެސް ޝިމްލާގެ އެއްވެސް ހިލަމެއްނުވެއެވެ. ދޮންއާދަނު ބިރުންހުރެ ޝިމްލާއަށް ކުރިއަށް ހިނގަމުންގެންދިޔައެވެ.
“ކާކު!” ދޮންއާދަނުގެ ވަރަށް ގާތުން އެއަޑު އިވުމާއިއެކު ދޮންއާދަނުގެ އަތުން ފޯނު ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ.
ބިންމައްޗަށް ވެއްޓުނު ފޯނު ނެގުމަށްފަހު ކައިރީގައި ހުރި މީހާގެ މޫނަށް އަލްވިން އަލިކޮށްލިއެވެ. “ތީކާކު؟” އަލްވިން ސުވާލުކޮށްލިއެވެ. “ދޮންއާދަނާ! ޝިމްލާ ކޮބާ؟ އެންމެން ތިބީ ހެޔޮހާލުގަތަ؟” އަލްވިންގެ ސުވާލަށް ޖަވާބު ނުދެވެނިސް ކައިރީގައިހުރި ސަޢީދު ސުވާލުކުރިއެވެ. ސަޢީދުގެ އަޑުގައިވަނީ ވަރުބަލިކަމެވެ. ސަޢީދުގެ އަޑުއިވުމީއިއެކު ދޮންއާދަނަށް ވަގުތުން ރޮވިއްޖެއެވެ. އަދި ކުރުގޮތަކަށް ކަންތައްތައްވީގޮތް ކިޔާދިނެވެ.
“އަމްޖަދު ކީއްވެބާ އެގޮތަށް އެކަންތައްކުރީ؟ ކޮބާ އޭނަ؟” ސަޢީދު ރުޅިއައިސްރަތްވިއެވެ. “ދެން އޭނަ ބަހައްޓާ! އަހަރެމެން ބަލަންވީ ޝިމްލާ ފެނޭތޯ. އޭނަ އޭތީގެ ކިބައިން ސަލާމަތް ކުރެވޭތޯ.” އަލްވިން ރުޅިވެރިކަން އެއްފަރާތްކޮށްލަމުން ވިސްނުންތެރިކަމާއިއެކު ބުންޏެވެ.
***
ކުއްލިއަކަށް އޮއްސާލި ވާރޭގެ ތިކިތައް އައިސް ޝިމްލާގެ މޫނުމަތީގާ ޖެހެންފެށުމުން ޝިމްލާއަށް ހޭވެރިކަންވިއެވެ. ބޮޑުތިކިވާރެއިން ޝިމްލާގެ ހަށިގަނޑު ތެންމަމުންދިޔައިރު އެފަކީރު ފިނިބޮޑުވެގެން ތުރުތުރުލާންފެށިއެވެ. ގަސްތަކުގެ ތެރެއިން ދަމާފައި ގެންދިއުމުގެ ސަބަބުން ޝިމްލާގެ ހަށިގަނޑުގެ އެތަން މިތަނަށް ލިބިފައިވާ ޒަހަމްތަކުގެ ސަބަބުން ވޭނީ ދިލައެއް އިޙްޞާސްވަމުންދިޔައެވެ. ހިތްވަރުކޮށްފައި ގަދަކަމުން ލޯހުޅުވާލިއިރު މަންޒަރު ފެންނަނީ ވަރަށް ފުސްކޮށް އަނދިރިކޮށެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
39 Comments!
Comments are closed.




Miahvureves dhigukureveytho ulhuny. Ekm eha story liyakahala moodeh nethyma nuliyevuny. Mihar biruverivey dhw EBA. 🙂
v reethi mi part ves.. avahah up kohla dheebaa pls pls next episode
Thnkx
Yea v salhi mi part ves avahah next part up kohdhehchey luv it
Thnkyou sem
V reethi ?
I know the feeling ?
Waiting for next part ❤
Thnkyou maroon. Dhw. Hehe
Vvvv reethi dhn knirakun vaahaka upkohdheny
Thnkx NAAZ. Sunday Insha Allah
Just wowwww
Thnkx Aisha
Wow..salhii
Thnkx Rym
Meege kitha episode in dhey n this is very beautiful
Thnkx. Nenge bunakah. Dhen ehaa dhigudhemigeneh nudhanehen hyvany 😉
wow ? vvvvv reethi mi part
perfect?
wow ? vvvvv reethi mi part.
perfect?
Thnkx aiko
Salhi… Shasha❤.
Thnkx
Yes..now v reethi vejje story..waiting for the next part.. 🙂
Thnkx lyn
Pls pls pls next part avas kohdheebala pls pls pls
Liyevey varakun upkohdheynan. Can’t promise
Varah foohivey mi amjadhu gandu dheke…shim e room in ehlaali thankolhu kee iru hithah eree shim ah dheyn ulhey bondi anburaa amjadhu ah libey namaey..
Btw mi part ves varah reethi nd biruveri..? next part miahvure thankolheh biruveri kohlahchey.. waitingss ❤❤❤
Thnkx Adha. Hmm will try
Varah itresting stry eh….waiting for the next part…??
Thnkx
Masha allah v rythi shim ah dheragothennahadhachchey plx when nxt prt avaskollabala plx plx plx
Thnkx
wow amazing! ❤❤?❣
Thnkx
WOW V REETHI ASLUVEX . WAITING FOR NEXT PART AVAHAH UP KOHLADHEHCHEY:)
Thnkx azeen
Koba story
Wowowowowowow!!!!!!! Vvvvvvvvvvvv salhi…. Keep it up ? ? ?
kon irakun tha 16th episod genes dheyny haadha inthizaarekey thi kuruvany
alhey kobaatha story iru iru kolhun balaalevey eba story kiyaahithun keh madhu vefa mi hunnany alhe avas kohlaba Psenhi
Sry dear. Mirey ninmalevuny. 1000 words hamanuvanis nulanvegen madukohly