Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އެ ތޫފާނީ ރޭ (16)

Psenhi Level 410 Stories100 Comments100 Login
July 30, 2017 4 Mins Read
38 Comments

ކުއްލިއަކަށް އޮއްސާލި ވާރޭގެ ތިކިތައް އައިސް ޝިމްލާގެ މޫނުމަތީގާ ޖެހެންފެށުމުން ޝިމްލާއަށް ހޭވެރިކަންވިއެވެ. ބޮޑުތިކިވާރެއިން ޝިމްލާގެ ހަށިގަނޑު ތެންމަމުންދިޔައިރު އެފަކީރު ފިނިބޮޑުވެގެން ތުރުތުރުލާންފެށިއެވެ. ގަސްތަކުގެ ތެރެއިން ދަމާފައި ގެންދިއުމުގެ ސަބަބުން ޝިމްލާގެ ހަށިގަނޑުގެ އެތަން މިތަނަށް ލިބިފައިވާ ޒަހަމްތަކުގެ ސަބަބުން ވޭނީ ދިލައެއް އިޙްޞާސްވަމުންދިޔައެވެ. ހިތްވަރުކޮށްފައި ގަދަކަމުން ލޯހުޅުވާލިއިރު މަންޒަރު ފެންނަނީ ވަރަށް ފުސްކޮށް އަނދިރިކޮށެވެ.

ވިދާލި ވިދުވަރާއިއެކު މުޅިތަން އަލިވެގެން ދިޔައެވެ. އެވަގުތު ތަންކޮޅެއް ދުރުން ޝިމްލާއާއި ދިމާއަށް އަންނަމުންދިޔަ އެތި ޝިމްލާގެ ލޮލަށް ސާފުކޮށް ފެނުނެވެ. ޝިމްލާގެ ގައިން ހީބިހި ނަގައިގަތެވެ. ބިޔަ ސިންގާއެއްގެ ހަށިގަނޑާއި އެންމެ ވައްތަރު ސިފައެއް އެއަށް ލިބިފައިވީނަމަވެސް މޫނާއި ދެފަރާތުން ނިކުމެފައިވާ ފިޔަގަނޑު އެންމެ ވައްތަރީ ވާލަކާއެވެ. ބޮޑު ނޭފަތަކާއި ދެލޮލާއި އެހާމެ ބޮޑު ދެ ކަންފަތް ހުރިއިރު ބޮލާއި ދިމާއިން ފުރަގަހަށް ވާގޮތަށް ބޯ ކެހެރިގަނޑެއް ފަޅާފައި ހުއްޓެވެ. މިއަރުގެ ދަތްތައް ފަދަ ތޫނު ދަތްތަކެއް އަނގައިގެ ތެރެއިން ނިކުމެފައިހުރިއިރު ދެތުންފަތް ދޭތެރެއިން ފައިބަމުންދިޔަ ދަވަތައް ވާދެމިގެންގޮސް ބިންމަތީގައިޖެހެއެވެ. އޭތީގެ ކަރުބުޑުން ނެރުނު އަޑުގެ ބާރުކަމުން ޖެހި ގުގުރީގެ އަޑުވެސް މަޑުވެގެންދިޔަހެން ހީވިއެވެ. ޝިމްލާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެންދިޔަހެންނެވެ. މުޅިގައިން ބާރުދޫވާހެންހީވިއެވެ. ޚަބަރު ހުސްވެގެން  ވެއްޓޭނެނަމައޭ ހިތަށްއެރިއެވެ. ހަމަގައިމުވެސް އޭރުން އެނުބައިސިފައިގާހުރިއެތި ލޮލަކަށް ނުފެންނާނެއެވެ. ބިރުން ލޯ މަރާލަންވެސް ނުކެރިފައި ޝިމްލާއިނެވެ.

ނާމާން ބިރުވެރި އަޑެއް ލައްވާލުމަށްފަހު ޝިމްލާއާއި ދިމާއަށް ފުންމާލަން ތައްޔާރުވީވަގުތު ޝިމްލާ ހިތްވަރެއްލާފައި ތެދުވެ ދުއްވައިގަތެވެ. އަނދިރީގެ ތެރެއިން ދެވޭ ނުދެވޭ ތަނެއް ވަކިނުވާއިރު ކޮންމެ ފަހަރަކުވެސް ގޮސް ހުއްޓެވެނީ އޭތީގެ ކުރިމައްޗަށްވާގޮތަށެވެ. ޝިމްލާ ދުވެދުވެ ވަރުބަލިވުމުން އެންމެފަހުން ހުއްޓުނެވެ. އޭރު އެ ނާމާން ސިފައިގާހުރި މަޚްލޫޤް ޝިމްލާއާއި ދިމާއަށް އަންނަކަން އެނގެއެވެ. އަނދިރީގެ ތެރެއިން ސިފަވަކިނުވިއަސް އޭތީގެ ސޫރަ ޝިމްލާއަށް އަދިވެސް ސިފަކުރެވެއެވެ. ޝިމްލާ ފަހަތައް ޖެހެމުން ޖެހެމުންގޮސް މޫގަނޑެއްގައި އަޅައިގެންފައި އިދިފުށަށް ވެއްޓިއްޖެއެވެ.

އޭތީގެ ދިގު ވަކިތަކުން ޝިމްލާގެ ބުރުގަލާއިއެކު އިސްތަށގަނޑުގައިހިފާ ލުއްކެއް ޖެހިއެވެ. އަދި އަތުކޮޅަށް ހޫރާލިއެވެ. ޝިމްލާގެ ވަރުދެރަވެފައިވާ ހަށިގަނޑު ވައިގެ ތެރޭގައި އެނބުރެމުންގޮސް ވެއްޓުނީ ބޮޑު ނިކަގަހެއްގެ ބުޑަށެވެ. އެއާއިއެކު ޝިމްލާ ޚަބަރު ހުސްވިއެވެ.

***

ވެހެމުންދިޔަ ވާރޭ ތުނިކޮށްލައިފިއެވެ. ކަޅު ވިލާތައް ރަށް ވަށާ އެނބުރެމުންދިޔައިރު ދުނިޔެމަތި މުޅީން އައްޔެއްނުވެއެވެ. އެހެނެއްކަމަކު ޖެހިގެންހުންނަމީހާ އެނގޭހާވެއެވެ.

“ކަލޭ ނުޖެހޭނެ މިކަމުގެ ތެރެއަށް ވަންނާކަށް. ގުލްޝަން އަހަރެންގެ ހައްޔަރުގައި ހުއްޓާ އައިކަން ނުޖެހޭ ދޯ އޭނަ ދޫކޮށްލާކަށް.” ސާޝާ ހުރީ އިންތިހާއަށް ރުޅިއައިއްސައެވެ. ރަތްކުލައިގެ ދެލޯ ބޮޑުވެފައިހުރިއިރު ކަޅުކަންގަދަ ފޮނުގަނޑެއްފަދަ ހަށިގަނޑުން ދުންއަރަމުންދިޔައެވެ. ބައެއްފަހަރު ސައިބޯނިބޮކި އަރާހެންވެސް ހީވެއެވެ.

ކަލޭގެ ހައްޔަރުގައޭ! ލަދެއްވެސް ނުގަނޭތަ ތިހެން ބުނާކަށް. ބަލަ ކަލޭ އޭނާ ހައްޔަރުކުރީ މަގޭ ޚާދިމުންގެ އެހީގައޭ. ކަލޭ ހީކުރީ އަހަރެންގެ ކޮއްކޮއާއި ގުޅުނީމަ އަހަރެންގެ ވެރިކަމުގެ ފައިދާ ބޭނުންގޮތަކަށް ނަގަން ކަލޭ ދޫކޮށްލާނެ ކަމަށްދޯ؟ މަނުބުނަންތަ ކަލޭގާތަކު އެއަންހެންކުއްޖާ ފެންނަ ހިސާބަށްވެސް ނުދާށޭ. ކަލޭ ވީވަޢުދުގައި ކަލޭ ޖެހޭނެދޯ ހިފަހައްޓަން.” އައިކަންގެ ކެހެރިން ފުރިފައިވާ ހަށިގަނޑުގެ ތެރެގައިވާ ފިޔަފަތުގަނޑު ހުޅުވާލަމުން ބުނެލިއެވެ. އޭރު ފިޔަފަތްގަނޑުގެ ތެރެއިން ތޫނު ހަންޖަރުތަކެއްފަދަ ކަށިތައް ނިކުންނަން ތައްޔާރުވަމުންދިޔައެވެ.

“އަހަރެން ވަރަށް މަސައްކަތްކުރިން ނައިސްވޭތޯ. އެކަމަކު. އެކަމަކު ޝިމްލާ އެހާލުގައި ނިމިދާން ދޫކޮށްލާނެ ހިތްވަރު ނުލިބުނީ. އޭނަ އެކަމުގެ ތެރެއަށް ވެއްދިމީހަކީ އަހަރެންވީމަ އަހެރެން ޖެހޭނެދޯ އޭނަ ހިމާޔަތްކުރަން. ކަލޭމެނަކަށް ނުވިސްނޭނެ. ތިއީ ލޯބިވާންއެނގޭބައެއް ނޫން. ކަލޭމެނަށް އެނގެނީ އަނިޔާވެރިވާން. ހަމައެކަނި އަނިޔާވެރިވާން” ސާޝާގެ ގައިން އަރަމުންދިޔަ ދުންތައް ހޫނުވަމުން ދިޔައެވެ.

އެހެންތަ؟ ތިހާވަރަށް އިންސާނުންނަށް ރަޙުމްކުރާއިރު ކީއްވެ ކަލޭ އިންސާނަކު ޤަތުލްކުރީ. އެވެސް އެއްވެސް ކުށެއްނެތް މައުސޫމް އިންސާނެއް. ހައް ހައް. ކަލޭ ކީއްވެތަ މިމީހުންނަށް މާ ހެޔޮއެދިގެން ތިއުޅެނީ. އިންސާނުންނަކީ އަހަރެމެންގެ ހަތުރުން. ކަލެއަކަށް ނޭނގޭތަ؟ އަހަރެމެން އެމީހުންނާއި އެއްބައިވަނީ އެމީހުންގެ ފަރާތުން އަހަރެމެންގެ އެދުން ފުއްދަންއެކަނި. އެމީހުން ހީކުރަނީ އަހަރެމެންނޭ އެމީހުންގެ ޚާދިމުންނަކީ. އެކަމަކު ހަޤީޤަތަކީ އަހަރެމެން ބުނާ ގޮތްގޮތަށް އެމީހުން ނޫޅެންޏާ އަހަރެމެން އެމީހުންބުނާ އެއްވެސް ކަމެއް ނުކޮށްދޭކަން. އެހެންވީމާ ހަޤީޤަތުގައި އެމީހުންނަކީ އަހަރެމެންގެ އަޅުވެތިކަމުގަ ތިބޭ ބައެއް. މިއުޅޭ ސިހުރުވެރިން މީހުންގެ ލޯމައްޗަށް މާ މާތް ބަސްވިކޭ ބަޔަކަށްވިއަސް އަސްލު އެމީހުންގެ ހަޑިމުޑުދާރު ޢަމަލުތައް އެނގޭނީ އަހަރެމެންނަށްދޯ؟ ހެހެހެ. ކަލޭ ކޮންމެ ވާހަކައެއް ދެއްކިއަސް ދެން ކަލޭ ދޫކޮށެއް ނުލެވޭނެ. އަހަރެންގެ ކޮއްކޮއަށްޓަކާ ކަލެއަށް ގޮތެއް ނުހަދަން ވަރަށް ކެތްކުރެވިއްޖެ. މިއަދުމީ ކަލޭގެ ފަހުދުވަސްކަމަށް ހީކޮށްލާ.” މިހެންބުނެ އައިކަންގެ އަނގަ ތަންމިނަށް ހުޅުވާލިއެވެ. އެވަގުތު ރަތްކަންގަދަ އަނގައިގެ ތެރޭގައި ދެބަރިއަށް ހުރި ތޫނު ދަތްތައް އަމާޒުވީ ސާޝާއާއި ދިމާއަށެވެ. ދެފިޔަފަތްގަނޑުގައިހުރި ތޫނު ކަށިތައް ފޫޓަކަށް ނިކުތްއިރު މިނިކާ ދޫންޏެއް ފަދައިން އައިސް ސާޝާއަށް ހަމަލާދިނެވެ.

ސާޝާގެ ގައިން ތަންގަނޑެއް އިރާލައިގެން މައްޗަށް އަރައިގެން އައިކަން ދިޔައެވެ. އެވަގުތު ފެހިކުލައިގެ ދިޔައެއް އެތަނުން ނިކުންނަންފެށިއެވެ. ސާޝާއަށް ލިބުނު ވޭނަކުން އާހްގެ އަޑު އިވިގެންދިޔައެވެ. ނަމަވެސް މަޑުކުރުމެއްނެތި މައްޗަށް އަރައިގެންގޮސް ސާޝާގެ އަނގަ ހުށުވާލުމަށްފަހު ފެހިކުލައިގެ ދިގުދެދަތުގެ ހަމަލާއެއް އައިކަންގެ ފިޔަފަތްގަނޑަށް ދިނެވެ. އެވަގުތު އެތަނުން ކައްޓެއް ސާޝާގެ އަނގަކައިރިއަށް ހެރުމާއިއެކު އަނެއްކާވެސް އާހްގެ އަޑު ބޭރުވެގެންދިޔައެވެ. އެވަގުތަކީ އައިކަންއަށް ލިބުނު ވޭނާއިއެކު ތިރިއަށް ވެއްޓެންދިޔަ ވަގުތެވެ. ނަމަވެސް ވެއްޓުމުގެ ކުރިން އައިކަން ހުށިޔާރުކަމާއިއެކު ފިޔަގަނޑު ތިރިކޮށްލުމަށްފަހު ބިމުގައި ފައިހަރުކުރިއެވެ. އަދި އަލިފާންކަނި ބުރަބުރާހުރި ދެލޮލުން ސާޝާއަށް ބަލާލިއެވެ.

އައިކަންގެ ވިސްނުންތެރި އެތަށް ހަމަލާއެއް ސާޝާއަށް ދޭން މަސައްކަތްކުރި ނަމަވެސް އައިކަންއާއި އަޅާބަލާއިރު ސާޝާގެ ހަށިގަނޑު ކުޑަކަމުން އެކަން ކާމިޔާބުވާގޮތް ނުވުމުން އައިކަން އޭނާގެ ސޫރަ ދެން ބަދަލްކޮށްލީ އުދުހޭ މިނިކާވަގެއްފަދަ އެއްޗަކާއެވެ. އޭގެ ތޫނު ދަތްތައް އިހު ހުރިގޮތަށް ހުއްޓެވެ. ނަމަވެސް ހަށިގަނޑު ކުރިއަށްވުރެ ވަރުގަދަވެފައި ދިމަދިމާލުން މަސްތައް ނިކުމެފައި ހުއްޓެވެ. ފިޔަފަތްގަނޑު ލައްޕާލެވިފައި އޮތްއިރު ސާޝާގެ ހަމަލާތަކުން ރެކުމަށް އިރުއިރުކޮޅާ އޭގެ ބޭނުންކޮށް މައްޗަށް އުދުހިގަނެއެވެ. ދޭތީގެ ނުރައްކާތެރި ހަމަލާތައް ބަދަލުކުރެވެމުންދިޔައިރު މީގެ އިރުކޮޅެއްކުރިން އެހިސާބުގައި ފާރަލައިގެން ބަލަންހުރި އަމްޖަދުވެސް އަމިއްލަ ސަލާމަތް ހޯދުމަށް ގަސްތަކުގެ ތެރެއިން އެތެރެއަށް ވަދެގެން ގޮސް އޮބާލައިފިއެވެ.

***

ީވަރުބަލިކަން އިންތިހާއަށް އިޙްސާސްވާންފެށުމުން ސަޢީދު ނިކަގަސްދޮށްގައި އިށީނދެލިއެވެ. “އަހަރެން މިތާ މަޑުކޮށްލާނަން. އަލްވިންދޭ ދޮންއާދަނާއިއެކު ޝިމްލާ ހޯދަން. މިހާރު މިއޮތީ އަލިވެސް ވެފަ. ވަރަށް ވަރުބަލި. ދެން ވަރުބަލިނުފިލަނިސް ކުރިއަކަށް ނުދެވޭނެ.” ސަޢީދުއަށް އޭރު މާނޭވާ ލެވެއެވެ. އަލްވިން އެންމެ ރަނގަޅުކަމަށާއި އެމީހުންގެ ޚަބަރެއް ނުވަނިސް އެހެން ދިމާއަކަށް ނުދިއުމަށް ބުނެ ހިނގައިގަތެވެ. ތަންކޮޅަކަށް ދެވުނުތަނާ ފިޔަވަޅުތަކަށް ހުއްޓުމެއް ގެނައުމަށްފަހު ދެމީހުން އެއްފަހަރާ ފަހަތް ބަލާލިއެވެ. “ޝިމްލާ!” ދެމީހުންނަށް އެއްފަހަރާ ގޮވާލެވުނެވެ.

ޝިމްލާގެ އެއްވެސް ހަރަކާތެއްނެތް ހަށިގަނޑު ނިކަގަހުގެ ދަށުގައި އޮއްވާ ފެނުމުން ދޮންއާދަނަށް ހީކުރެވުނީ އެއީ ޝިމްލާގެ ފުރާނަނެތް މަސްގަނޑު ކަމަށެވެ. ލިބިފައިވާ ޒަހަމްތައް ގިނަކަމުން ދެކޭމީހުންނަށް އެހެން ހީވާވަރުވެއެވެ. މުޅިގައިގެ އެތަންމިތަނުން ލޭއޮހޮރިފައިވާއިރު ބުރުގާ ވީދިފައިއޮތުމުން ހޭވިފައިވާ ބޮލުގެ އިސްތަށިގަނޑުންބައެއް ފެންނަންއޮތެވެ. ނިތްކުރިމަތިން ތަންގަނޑެއް ދުޅަވެ ރަތްވެފައި ހުއްޓެވެ. ކަނާތްފަރާތު ކޯމަތި މެށިފައިވާއިރުވަނީ ނޫފައިގެންފައެވެ. ދޮންއާދަނު ހުރީ ގަބުވެފައެވެ. ސަޢީދުއަށްވެސްވީ އެކަހަލަ ގޮތެކެވެ.

އަލްވިން ފަޔަށް ބާރުލާފައި ގޮސް ޝިމްލާގެ ލުއި ހަށިގަނޑު އުފުލާލައިގެން އައިސް ސަޢީދުގެ ކުރިމަތީ ބޭއްވުމަށްފަހު ކައިރީގައި އިށީނދެ ޝިމްލާގެ ބޯގެނެސް އަލްވިންގެ އުނގައްލިއެވެ. އަދި މަޑުމަޑުން ޝިމްލާގެ މޫނުގައި ޖަހާލީ ޖެހިލުންވެފައެވެ. ޝިމްލާ އޭނާ ދޫކޮށްލާފައި ދާނެކަމަށް ޤަބޫލްކުރަން އަލްވިން ބޭނުންނުވީއެވެ.

ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ދިގު އެސްފިޔަތައް ތަޅުވާލިތަން ފެނުމުން އަލްވިންގެ މޫނުމަތި އުޖާލާވެގެންދިޔައެވެ. އަދި ބޭއިޚްތިޔާރުގައި ޝިމްލާގެ ބޯގެނެސް މޭގައި ތަތްކޮށްލެވުނެވެ. މިމަންޒަރު ބަލަން ކައިރީގައިތިބި ސަޢީދުއާއި ދޮންއާދަނުގެ މޫނުމަތިންވެސް އުފާވެރިކަން ފެނިގެންދިޔައެވެ. ނަމަވެސް މިއުފާވެރިކަން ދެމިގެންދިޔައީ ކުޑަ ވަގުތު ކޮޅަކަށެވެ.

ޝިމްލާގެ ލޯ ހުޅުވާލެވުމާއިއެކު ފެނުނު މަންޒަރުން ވާންވީ އުފާކަމެއް ނޫނީ ކުރަންވީ ހިތާމަކަމެއް ނޭނގޭހާލު ޝަހާދަތް އިނގިލި މައްޗަށް އުފުލާލަމުން އަތުގެ އިޝާރާތުން މަތި ދައްކާލިއެވެ. އަލްވިން އިންދިމާލުން މަތި ބަލާލިއިރު ނިކަގަހުގެ ގޮތްޕެއްގައި އެލިގަނެގެން އެއޮތީ އޭނާ މީގެކުރިން ދުވަހަކުވެސް ދުށް ވައްތަރެއްގެ ދޫންޏެއް ނުވަތަ ޖަނަވާރެއްނޫނެވެ. އަލްވިންގެ އިތުރުން ސަޢީދުއާއި ދޮންއާދަނުވެސް އެދިމާއަށް ބަލާލީ ހަމައެވަގުތެވެ. ލޮލަށް ފެންނަމުންދާ މަންޒަރު ޤަބޫލުކުރަން އުނދަގޫވިއަސް ދެމީހުންނަށްވެސް ހިމާޔަތަށް އެދި ދުއްވައިގަނެވުނީ ނިކަގަހާއި ދުރަށެވެ.

އަލްވިން ތެދުވެ ޝިމްލާ ކޮނޑުމައްޗަށް ލައިގެން ދުއްވައިގަންނަން އެޅި ފައިގައި ޤުލްޝަންގެ ވަކިތަކުން ހިފާ ދެމީހުން އެއްކޮށް މައްޗަށް އުފުލާލީ ނުހަނު ފަސޭހަކަމާއިއެކުއެވެ. ދެމީހުންގެ ހަށިގަނޑު ވަކިކޮށްލުމަށްފަހު އަލްވިންގެ ހަށިގަނޑު ގަސްތަކުގެ ތެރެއަށް އެއްލާލިއެވެ. އަދި ޝިމްލާ ބޭއްވީ އޭގެ ކަނދުރާމަތީގައިވާ ކެހެރިތަކުގެ މަތީގައެވެ. “ކަލޭ މަރާލަން އަހަރެން ބޭނުންވަނީ ސާޝާގެ ކުރިމަތީގައި. ކީކޭތަ އޭނަ ހީކޮށްގެން އެހުންނަނީ. އަހަރެން ހައްޔަރުކުރީތީވެސް އޭގެ ބަދަލުގައި އޭނާއަށް ނުފިލާވަރުގެ ބޮޑު ވޭނެއް މިފަހަރު ދޭނަން.” ޤުލްޝަންގެ އަޑު އިވުމުން ޝިމްލާއަށް ދެލޯ ބޮޑުކޮށްލެވުނީ ވާނުވާ ނޭނގޭ ހާލުގައެވެ. އޭރު އަލްވިންގެ ހާލާއިމެދު ހަމްދަރުދީވާހާލު ޝިމްލާގެ ލޯ ކަރުނުން ތެންމާލިއެވެ.

***

ޤުލްޝަން އޭގެ ފިޔަގަނޑު ޖަހަމުން ފަޒާގެ ތެރޭގައި އުދުހިލާފައި ރަށްވަށާ ބުރުޖަހަމުން ދިޔައިރު ދުރުން ފެންނަ ޤުދުރަތީ މަންޒަރުތައް ކިތަންމެހާވެސް ފުރިހަމައެވެ. ބަލާލި ކޮންމެ މީހެއްގެ ލޮލަށް ފިނިކަމެއް ލިއްބައިދޭފަދަ ހިތްގައިމުކަމެކެވެ. ނަމަވެސް ޝިމްލާއަށް އެމަންޒަރުތަކުން ހިތަށް ލުއިކަމެއް ލޮލަށް ފިނިކަމެއް ނުލިބެއެވެ.

އުދުހިފައި އައި ބާރުމިނުގައި އަހިސް ޤުލްޝަން މަޑުކުރީ ސާޝާއާއި އައިކަންގެ މެދަށް ވާގޮތަށެވެ. އޭރުވެސް އެދެ ޖިންނީގެ ލޮލުން އަނގުރު އަލިފާންފަދަ އޮރެންޖުކަމަކާއި ހޫނުކަމެއް ފެންނަން ހުއްޓެވެ. އެތަށް ޒަހަމްތަކެއް ލިބިފައިވީނަމަވެސް ހަމަލާއަކަށްފަހު ހަމަލާއެއް ބަދަލުކުރަމުންދިޔައީ އެއްވެސް ވަރުބަލިކަމެއް ނެތިއެވެ.

ޝިމްލާ ފެނުމުން ސާޝާގެ މިޖީޒަށް ބަދަލުއައެވެ. ޤުލްޝަންގެ ކަނދުރާމަތިން ކައްސާލައިގެން ޝިމްލާ ތިރިއަށް ވެއްޓެމުންދިޔަ މަންޒަރު ބަލާކަށް ސާޝާއަކަށް ކެތެއްނުވިއެވެ. އެންމެ ލޯބިވާ ފަރާތް ހިމާޔަތްކުރުމަށް އެންމެ ވަގުތުކޮޅެއްވެސް ނަގާނުލާ ދާން ދިމާކޮށްލި ނަމަވެސް އެކަން ކާމިޔާބު ނުވީ އައިކަންގެ ހޫނު ހަމަލާއެއް ސާޝާގެ ކޮނޑުމައްޗަށް އެރުމުންނެވެ. ޝިމްލާއާއި އެކުއެކީގައި ސާޝާވެސް ބޯ ވިނަގަނޑުގެ ތެރެއަށް ގޮސް ޖެހުނެވެ.

-ނުނިމޭ-

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ނޫރައިން(އެއްވަނަ ބައި)

Next

ގޮއްޔެ (3)

Next
July 30, 2017

ގޮއްޔެ (3)

Previews
July 30, 2017

ނޫރައިން(އެއްވަނަ ބައި)

38 Comments!

  1. maroon says:
    July 30, 2017 at 8:44 pm

    Mihaaru biruveri eba vey vrh… emme reethy mi part ?❤
    Keep it up

    1. Psenhi says:
      July 30, 2017 at 11:03 pm

      Thank you maroon 🙂

  2. Lian says:
    July 30, 2017 at 8:44 pm

    Me first ??read kohlaafa comment kohlaanan?

    1. Psenhi says:
      July 30, 2017 at 11:03 pm

      Waiting for ur comment Lian 😉

  3. Ish says:
    July 30, 2017 at 8:53 pm

    Wowww!!! I love it…. Brilliant story!!!!

    1. Psenhi says:
      July 30, 2017 at 11:04 pm

      Thnkx Ish 🙂

  4. Xna says:
    July 30, 2017 at 9:03 pm

    Yes .. Hama rythi kamun bunelee mi❤?

    1. Psenhi says:
      July 30, 2017 at 11:05 pm

      Thnkx Xna

  5. song joong ki..KOREAN says:
    July 30, 2017 at 9:21 pm

    kotary light hury nihvaalaafa. biruveri thankolheh airah kiriyaa fummaigen gos gondin nuvehtuny. haha. mihaaru mi reethi vany. vv salhi mi part. adhivx bodah biruveri v ma nice vaany. 🙂 dhn mi vaahaka kiyaairu jeheynee mercury eh dhihlaigen innan kanneynge. lol : D

    1. Psenhi says:
      July 30, 2017 at 11:06 pm

      Hmm. Dhen faharakun light jassaigen innanvaany ;-). Thnkx

    2. song joong ki..KOREAN says:
      July 31, 2017 at 12:36 pm

      dhn hama yageenunvx light dhihlaigen innaany. aslu mi story kiyaairu hyvany story therey hureveyhen.. 🙂 😀

  6. Anonymous says:
    July 30, 2017 at 9:38 pm

    Vv rythi. Alvin nd shimla salaamay kuraychey. Saasha ves

    1. Psenhi says:
      July 30, 2017 at 11:07 pm

      Thikan veytho mibalany. Let’s c kihavarakun dheytho

  7. Fathu says:
    July 30, 2017 at 9:40 pm

    Wow mi bai ves varah salhi .. kon irakun next part up vaani

    1. Psenhi says:
      July 30, 2017 at 11:07 pm

      Thnkx Fathu. Tuesday hopefully

  8. Zoya says:
    July 30, 2017 at 10:00 pm

    haadha kurey mi part vx ekam vvvvvv reethi thanku upkolla dhinyma knirakn next part waiting waiting 4the next part

    1. Psenhi says:
      July 30, 2017 at 11:09 pm

      Thnkx Zoya. Engeye inthixar kurakan adhi kithanme varakah liyunas story nunimenya onnany kuruvefa dhw. Asl lasvyves 1000words hamakohfa nuny up nukuran madukohlyma. Dhn eha dhigukoh nuliyeveye asl

  9. khajja says:
    July 30, 2017 at 10:03 pm

    Wow masha allah v rythi v furihama ?? ekam shimlaa ah dheragothennuhadhachchey alvin aai shimlaa gulhuvaathi konme haaleggaves n shaashaa ge hageegaiy angaafa noony shaashaaves maruviyanudheythi plxplx when nxt prt waitin up soon ingey gud nyt ly???❤❤❤??????

    1. Psenhi says:
      July 30, 2017 at 11:11 pm

      Thnkx khajja. Thikudhinves vaane varah hivvarudheyn ekudhinnah kaamiyaab veytho hanguramain 🙂

  10. Ash? says:
    July 30, 2017 at 10:22 pm

    Wow varah reethi mi part ves…varah biruveri..adhi biruveri kohlavhey ?

    1. Psenhi says:
      July 30, 2017 at 11:12 pm

      Thnkx. Visna visnaves nengunu Dhn miahvure biruveri kurane gothe. Any idea??

  11. Adha? says:
    July 30, 2017 at 10:45 pm

    Varah reethi nd biruveri…. ?sifakohdheefa huri goiy varah kamudhey.. heevany e ethi sifavaahen…
    Waiting for next part ❤❤❤❤

    1. Psenhi says:
      July 30, 2017 at 11:13 pm

      Thnkx Adha. 🙂 v try kirin thihen feel veytho readers ah. Ekm Adhaves light jassaigen story kiyan innathi

    2. Adha? says:
      July 31, 2017 at 11:09 am

      Aan.. biruveri vaahaka kiyanyaa light nujassa eh neennan.. mom or sis baindhaagen kiyany ves.. buruganfaanethy?

    3. song joong ki..KOREAN says:
      July 31, 2017 at 12:34 pm

      haha adha light nivaalaigen story kiyaifiyya eythi innaany fahathuga.. haha 😉

  12. AISHATH ZEEK says:
    July 31, 2017 at 8:05 am

    WOW …* CUTE STORY.*#*

    1. Psenhi says:
      July 31, 2017 at 11:14 am

      Thnkx

  13. azeen says:
    July 31, 2017 at 8:24 am

    vvvv reethi

    1. Psenhi says:
      July 31, 2017 at 11:21 am

      Thank you

  14. އިމް says:
    July 31, 2017 at 10:20 am

    ވާހަކަ ރީތި އެކަމް ހީކުރަން ދިވެހި ބަހުގެ ހަމަތަކަށް ވިސްނައި މިއަށްވުރެ އިބާރާތްތައް ފުރިހަމަކުރާނެކަމަށް. ނާމާން އަދެއް ލައްވާލައިގެންނޭ ބުނުމުގެ ބަދަލުގަ އެއަޑު ސިފަކޮށްދޭ ފަދަ އިބާރާތް ބޭނުން ކުރުން މުހިއްމު. ވާހަކައެއްގަ ސިފަކުރުން ގިނަވި ވަރަކަށް ވާހަކަ ރީތިވޭ! ހީކުރަން ޕޮޒިޓިވްކޮށްނަގާނެކަމަށް!.

    1. Psenhi says:
      July 31, 2017 at 11:20 am

      އޭތީގެ ކަރުބުޑުން ނެރުނު އަޑުގެ ބާރުކަމުން ޖެހި ގުގުރީގެ އަޑުވެސް މަޑުވެގެންދިޔަހެން ހީވިއެވެ.
      މިއީ އަސްލު އެތަނުގައި ބުނެފައިން ނާމާންއަޑު ތަންކޮޅެއް ކުރިން ސިފަކޮށްދީފަ ފަހުން އެހެން ބުނެފަ އިންނާނީ. އެކަމުވެސް ތިކަހަލަ ފާޑުކިއުންތަކަކީ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ފާޑުކިއުންތަކެއް. އަސްލު ބޮޑަށް ރެނގަޅީވެސް ރަނގަޅުކުރަންޖެހޭ ކަންކަން ބުނެލަދިނިއްޔާ. ޝުކުރިއްޔާ. 🙂

    2. Psenhi says:
      July 31, 2017 at 11:24 am

      އުންމީދުކުރަން އިތުރު ކޮމެންޓްތައް ލިބޭނެކަމަށް ޚާއްސަކޮށް ދިވެހިބަހުގެ ހަމަތަކާއި ޚިލާފަށް ލިޔެވިފަހުންނަ ތަންތަން ރަނގަޅުކުރުމަކީ ވަރަށް ބޭނުންވާކަމެއް.
      Liyairu nengunas kiyamghakah faseyhain fahagavanenun

  15. who am i? says:
    July 31, 2017 at 2:13 pm

    vvv reethi

    1. Psenhi says:
      July 31, 2017 at 2:57 pm

      Thnkx

  16. aiko says:
    July 31, 2017 at 2:20 pm

    wow varah reethi keep it up??

    1. Psenhi says:
      July 31, 2017 at 8:46 pm

      Thnkx aiko

  17. Arw says:
    July 31, 2017 at 4:52 pm

    Mi part v nice.. Shimlaa ah vaane gothakaa medhu kanthah boduvany.. Waiting for next part ??

  18. Anonymous says:
    August 1, 2017 at 9:37 pm

    Koba next part. I

Comments are closed.


All Right Reserved!