“ތިބުނާ ކުއްޖެއްގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު މި ގަނޑުކޮޅުގައި ލިޔެލާ.” ބަކުރު ކަރުދާސްގަނޑަކާއި ގަލަމެއް އަމްޖަދުގެ އަތަށް ދިއްކޮށްލަމުން ބުނެލިއެވެ. އަމްޖަދު އޭގައި ހިފުމަށްފަހު ޖީބުން ނެގި ރުމާލުން އޭނާގެ ނިތްކުރިމަތީ ބަބުޅަމުންދިޔަ ދާތިކިތައް ފުހެލިއިރު އެ މޫނު މަތިން ފެންނަންހުރީ ހާސްކަމެވެ. “މިރޭ ޢިޝާގެ ފަހުން އާދޭ! އޭރުން ދެން ކުރިއަށް ގެންދާނެގޮތަކާއިމެދު މަޝްވަރާކުރާނީ” އަމްޖަދު ދިއްކޮއްލި ގަނޑަށް ބަލާލަމުން ބަކުރު ބުނެލިއެވެ. އަމްޖަދު އިންތިޒާރު ކުރަމުންދިޔައީ އިޝާވަގުތަށެވެ. އިޝާ ނަމާދުން މީހުން […]
“ކޮއް ކޯ! ބޭބެ ނިޔާވި ފަހުން މި ހާރު ސާ ޅީސްވެސް ވެއްޖެ.” ތުރުތުރުލާއަޑަކުން ސިއްތި އަމްޖަދުގެ ސުވާލަށް ޖަވާބުދިނެވެ. އަމްޖަދު ގޮތްހުސްވެފައިވާ ހާލު ފޯނުކަނޑާލިއެވެ. އެމޫނުމަތީ ވަނީ ބިރުވެރިކަމެވެ. އޭނާގެ ލޯކުރިމައްޗަށް ސިފަވަމުންދިޔައީ މައިޝާގެ ޗިސްޗިސްވެފައިވީ ފުރާނަނެތް ހަށިގަނޑެވެ. ނިތްކުރިމަތީ ގިނަވަމުންދިޔަ ދާތިކިތައް އިރުއިރުކޮޅާ އަތުގައިވާ ރުމާލުން ފޮހެލައެވެ. އެންމެފަހުން އޭނާގެ ކާރަށް އަރާ ދުއްވާލައިފިއެވެ. *** އެނދުމަތީ ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ އޮތް ޝިމްލާގެ ނިދި ވަނީ އޭނާއާއި މާދުރުގައެވެ. ލޯމަރާލިއަސް ފެންނަނީ އެހިތްގައިމު […]
“ސާޝާ!” ލިފްޓުގެ ދޮރު ހުޅުވުމާއިއެކު ކުރިމަތީހުރި ޒުވާނާގެ މެދުހަށީގައި އޮޅުލައިގަންނަމުން ޝިމްލާއަށް ބުނެވުނެވެ. ކުރެވުނު ކަންތައް ރޭކަލުމުން ޝިމްލާއަށް ގަތްލަދުން ސާޝާގެ ގަޔާދުރުވެލަމުން ފަހަތަށް ޖެހެލެވުނެވެ. އަދި ފުންކޮށް އެފިރިހެންވަންތަ މޫނަށް ނަޒަރުހިންގާލިއެވެ. ކަޅުކަންގަދަ ފަން އިސްތަށިގަނޑުވަނީ ތިރިއަށް ވައްޓާލެވިފައެވެ. އަޅާފައިވާ ނަންބަރުއައިނުގެ ތެރެއިން އެ ޖާދުވީ ދެލޮލުގައިވާ އަޅިކުލައިގެ ކަޅި މިހާރު ފެންނަނީ ކުރިއަށްވުރެވެސް ފުރިހަމަކޮށެވެ. މޫނުގެ ކުލަ ކުރިއަށްވުރެ އަލިވެފާ ދަތްދޮޅީގެ ވަށައިގެން ލާފައިވާ ތުނބުޅި ކުރިއަށްވުރެ ދިގުވެފައިވުމުން ފިރިހެންވަންތަކަން އިތުރުކޮށްދޭހެން ހީވެއެވެ. ކަޅިޖަހާނުލާ […]
ޝިމްލާއަށް ހުރެވުނީ ބޯ ޖަންގައްޔެއްގެތެރޭގައެވެ. ވަށައިގެން ފެންނަނީ ބިޔަ ގަސްތަކެވެ. ވިނަގަސްތަކާއި ވެޔޮތަކެވެ. ހިނގާ ހިނގާވެސް މީހަކު ނުފެންނަތާނގައި މަގެއްހާހިސާބުވެސް ފެންނަ ހިސާބަކަށް ދެވުން ކަމަކަށް ނުވިއެވެ. އިރު އޮއްސި އަނދިރިވާން އުޅޭކަމުގެ އިޙްސާސް ކުރެވުމުން ޝިމްލާގެ އެތެރެހަށި ރޫރޫ އަޅައިގެން ދިޔައެވެ. “ގްވަފްފް ގްވަފްފް ގްވަފްފް” ކަނު އަނދިރީގެ ތެރެއިން ފިޔަވަޅުތަކެއްގެ އަޑު އިވެންފެށިއެވެ. ގަހެއްގެދަށުގައި އިށީނދެއިން ޝިމްލާގެ އަތުން ފައިގެ ވަށައނގެން ހިފަހައްޓާލަމުން ދެކަކޫ ގެނެސް މެއާލާ ފިއްތާލިއެވެ. އިތުރަށް ލޯހުޅުވައިގެން އިންނަން ނުކެރިގެން […]
އެމީހުން އެންމެން އެއްކޮށް ފުރަތަމް ރެންސްޓޯރެންތަކަށް ދިޔައީ ސައި ބޯލާށެވެ. އެޔަށް ފަހު ހަތަރު ކުދިން ވާހަކަ ދައްކަން ތިބުމަށްފަހު އެންމެ ފަހުން ރުއާ ދާންޖެހިގެން ދިޔައީއެވެ. އެވާނީ ޖޮނަތަންގެ ކަމެއްކަމަށް އަލާނިޔާމެން ނިންމިއެވެ. އެއީ މާކުރިން ވެސް އެމީހުން ރާޥާފައި ވާގޮތަށް ވާތީއެވެ. ލައިތް މަޑުން އިނދޭ ޔުސްރާއަށް މެސެޖެއް ކޮށްލިއެވެ. އެޔާ އެކު ޔުސްރާ ހަޅޭއްލަވައި ގަނެފައި ނުވާނެއޭ ކިޔާ ހަޅޭއްލަވައިގަތެވެ. އަލާނިޔާ ސިއްސައިގެން ގޮސް ގޮނޑީންވެސް ނުވެއްޓުނީ ކިރިޔާއެވެ. “ތި ކޮން ހަޅޭކެއްތަ […]
“އަހަރެން މިއައީ! ދެން ކަލޭ ބޭނުންވާގޮތައް އަހަރެން ކަންތައް ކޮށްދޭނަން. ކަލޭގެ ކޮއްކޮގެ ކައިވެންޏާއި އަހަރެން ރުހި ޤަބޫލް.” ބަރު އެހާމެ ބިރުވެރިކަމުން ފުރިގެންވާ އަޑެއް އިވިގެންދިޔައެވެ. އައިކަން އޭނާގެ ފެސްއެނބުރި އެއަޑު އައި ދިމާއަށް ބަލާލިއެވެ. ކަޅުކަންގަދަ ބޮޑު ފޮނުގަނޑެއްގެ ތެރެއިން ރަތް އަނގުރުފަދަ ދެލޯ ފެންނަން ހުއްޓެވެ. އެއެއްޗެއްގެ އަނގަ ހުޅުވިފައިވާއިރު ގަދަ ދަނބު ކުލައިގެ ދިގު ދުލެއް ނިކުމެފައިވެއެވެ. ދުލުގެ ދެފަރާތުން ފެހިކުލައިގެ ދެ ދަތް ނިކުމެފައިވެއެވެ. ނިތްކުރިމަތީގައި އޮފުއަރައަރާހުރި ކަޅު ދިގު […]
“ޝިމްލާ!” އަޑު އައިލެއް ބާރުކަމުން ޝިމްލާއަށް ދެކަންފަތުގައި އަތްއަޅާ ބާރުކޮށްލެވުނެވެ. އެއަށްފަހު ދެލޯ ބޮޑުކޮށްލަމުން ކޮޅަށް ތެދުވިއެވެ. “ބެމް ބެމް ބެމް” އޭރު ޝިމްލާގެ ކޮޓަރީގެ ދޮރުގައި ތަޅާލެއް ބާރުކަމުން ހީވަނީ ދޮރުވެސް ވައްޓާލަން އުޅޭހެންނެވެ. ސީލިންގް ނުކޮށް ހުންނަ ކޮޓަރިއެއްކަމުން ދޮންމަންމަގެ ހަޅޭކުގެ އަޑު ކަންފަތުގައި ގުގުމަމުންދިޔައީ ބާރު ގުގުރިއެއްގެ ސިފައިގައެވެ. އަވަސް ފިޔަވަޅުތަކެއްގައި ޝިމްލާ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު ޙަލީމަ ފުރަތަމަވެސް ހިފީ ޝިމްލާގެ ދިގު ބުޅި އިސްތަށިގަނޑުގައެވެ. އެއާއިއެކު އަތުގައި ކަރަންޓް […]
“ތީފް.. އަހަރެން ތީފްއަށް ވަރަށް ބޮޑުކަމެއް ސިއްރުކޮށްފައި ވާނެ..” މައުރީން މަޑުމަޑުން ބުނެލިއެވެ. “އަހަރެން ތީފް މިތަނަށް ގެނައި އިރު މާރިޔާ އިނީ ދެވަނަ ފަހަރަށް ތީފްގެ ދަރިއަކަށް ބަލިވެ..” މައުރީން އެހެން ބުނުމާއެކު ލަތީފް މައުރީންގެ ކޮނޑުން އަތް ދޫކޮށްލިއެވެ. އެހާ ބޮޑު އޮޅުވާލުމެއް މައުރީން އޭނާއަށް އޮޅުވާލީތީ އެހިތުގައި އެތައް ޝަކުވާއެއް އުފެދިގެން ދިޔައެވެ. “މައުރީން ކީކޭތަ ތި ކިޔަނީ؟” ލަތީފް ދެއަތުން ބޮލުގައި ހިފަހައްޓާލަމުން އަހާލިއެވެ. އޭނާއަށް މާރިޔާ ދޫކޮށްލާފައި އާދެވުނީ މާރިޔާ […]
“ދިރިހުރިހާ ހިނދަކު އެއްނު ދޯ.. ހީވޭތަ އަހަރެން ކަލޭ ދިރިހުއްޓަ ދޭނެހެން؟” މައުވާން ނުރައްކާތެރިގޮތަކަށް ބުނެލިއެވެ. އަދި އޭނާގެ އަތުގައި އޮތް ތުނޑުޖަހާފައިވާ ލަކުޑިބުރި ޒާންގެ މެއަށް އަމާޒުކޮށްލިއެވެ. ގައިގައި ހުރި ބާރެއްލާފައި އޭނާ އެ ލަކުޑިބުރި ޒާންއާ ދިމާއަށް އެއްލިއެވެ. ޒާން ދެލޯ މަރާލީ އޭނާގެ އަޖަލު އައިސް ޖެހުނީކަން އެނގުމުންނެވެ. “ނޫން!” އިވިގެން ދިޔަ އަޑާއެކު ޒާން މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އެއާއެކު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހިންދިރުވާލަމުން އޭނާއަށް ހުރިތަނުގައި ހުރެވުނީ ފެންނަން […]