Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އެ ތޫފާނީ ރޭ (17)

Psenhi Level 410 Stories100 Comments100 Login
August 1, 2017 4 Mins Read
44 Comments

ޝިމްލާ ފެނުމުން ސާޝާގެ މިޖާޒަށް ބަދަލުއައެވެ. ޤުލްޝަންގެ ކަނދުރާމަތިން ކައްސާލައިގެން ޝިމްލާ ތިރިއަށް ވެއްޓެމުންދިޔަ މަންޒަރު ބަލާކަށް ސާޝާއަކަށް ކެތެއްނުވިއެވެ. އެންމެ ލޯބިވާ ފަރާތް ހިމާޔަތްކުރުމަށް އެންމެ ވަގުތުކޮޅެއްވެސް ނަގާނުލާ ދާން ދިމާކޮށްލި ނަމަވެސް އެކަން ކާމިޔާބު ނުވީ އައިކަންގެ ހޫނު ހަމަލާއެއް ސާޝާގެ ކޮނޑުމައްޗަށް އެރުމުންނެވެ. ޝިމްލާއާއި އެކުއެކީގައި ސާޝާވެސް ބޯ ވިނަގަނޑުގެ ތެރެއަށް ގޮސް ޖެހުނެވެ.

ޝިމްލާއަށް އިޙްޞާސްވަމުންދިޔައީ އޭނާގެ ހިތާއި ވަރަށް ގާތް ފަރާތެއް ކައިރީގައިވާކަމެވެ. ނަމަވެސް ގައިން ވަރުދޫވެފައިވުމުން ލޯ ހުޅުވާލާނެހާ ހިތްވަރުވެސް އެފަކީރުގެ ގައިގަނެތެވެ. ކުއްލިއަކަށް ސާޝާ މަތިން ޝިމްލާ ހަނދާންވިއެވެ. އެއޯގާތެރިކަން ހަނދާން އާވުމަށްފަހު އެތައް ދުވަހަކަށްފަހު ބައްދަލުވިދުވަހު ސާޝާގެ ފަރާތުން އިވުނު ހަރުކަށި ޖުމްލަތަކާއި އެރޭ ކަންތައްތައްވީގޮތް ހަނދާންވުމުން ޝިމްލާއަށް ހީވީ މިހުރިހާ ކަމަކީވެސް ސާޝާގެ ރޭވުންތެރިކަމާއި އެއްގޮތަށް ވާކަންކަންކަމަށެވެ. އެހިނދު ޝިމްލާއަށް ސާޝާދެކެ ރުޅި އާދެވުނެވެ. އޭނާ ސާޝާގެ މަތިން ހަނދާނު ނައްތާލާ އަލްވިންދެކެ ލޯބިވެވުނީ އަމިއްލަ އިޚްތިޔާރަކުނޫނެވެ. އެހެން ކަންތައްވީވެސް ސާޝާގެ އަޅާލުން ކުޑަވުމުންނާއި އަލްވިންގެ ސޫރަ ސާޝާ ބޭނުންކުރުމުންނެވެ. ވީއިރު މިއަދު އެކަމުގެ ބަދަލުހިފުމުގެ މާނައެއްނެތެވެ. ސާޝާ ކޮންމެ ދެން ގޮތަކަށް ކަންތައްކުރިއަސް އެހިތެއް އެހެން ފަރާތަކަށް ނުވެސް ދެވޭނެއެވެ.

ޝިމްލާ! ގުޑިލާނެ ހިތްވަރުވެސް ނެތިފައިއޮތް ޝިމްލާއަށް ހަމަލާއެއްދޭން އައިކަން އަންނަތަން ފެނުނީ ސާޝާގެ ލޮލުގެ ހިމަކޮޅުންނެވެ. އެއާއިއެކު ހަށިގަނޑުގެ އެތަން މިތަނުގައި އަޅަމުންދިޔަ ވޭން ކުއްލިއަކަށް ކެނޑިގެންދިޔަހެން ހީވިއެވެ. އާ ޖޯޝަކާއިއެކު ތެދުވެ އެދިޔަގޮތައްގޮސް ސާޝާގެ ނިތްކުރިމައްޗާއި ދިމާލުން ބޮލުގައި ހުރި ބޮޑު ދިގު ދަޅު އައިކަންގެ މެއާއި ދިމާއަށް ހަރާލިއެވެ. އެވަގުތު ހޫނު ވައިރޯޅިއެއް ފަދައިން ކަޅު ދުންގަނޑެއް އަރައިގެން ދިއުމާއިއެކު އައިކަންގެ ހަށިގަނޑު މަޑުމަޑުން ވިނަގަނޑު މައްޗަށް ތިރިވާން ފަށައިފިއެވެ. ސާޝާ އަވަހަށް ޝިމްލާ އުފުލާލައިގެން ނުގެންދިޔަނަމަ އައިކަން ވެއްޓޭނީ ޝިމްލާގެ ގައިމައްޗަށެވެ.

***

ދުނިޔެމަތި އަލިވެފައިވީ ނަމަވެސް ކޮޓަރީގައި ތިބި މީހުން އެތިބިގޮތަށް ތިއްބެވެ. އަމްޖަދުއާއި ދޮންއާދަނު އަދި ޝިމްލާގެވެސް ޚަބަރެއް ނުވުމުން އަދިވެސް ހިތަށް ބިރުވެރިކަން ވަންނަނީއެވެ. ޙަލީމަ ހިތްވަރުކޮށްފައި އެންމެންނަށް ކާނެ އެއްޗެއް ދެވޭތޯ ބެލިއެވެ. ހެނދުނު ނުވައެއްޖެހިއިރު ސައިބުއިގޮތަށް ކާއެއްޗެއް ނުކައި ތިބުމުން ބަނޑުހައިކަން އިޙްޞާސްވިއަސް އެއިން އެއްޗެއް ކާލާނެ މީހަކު އެތާކުނެތެވެ. މެންދުރުވުމުން ނަމާދުކޮށްގެން ދުޢާކޮށްލުމަށްފަހު އަނެއްކާވެސް އިހު ތިބިގޮތަށް ތިބީއެވެ.

ކުއްލިއަކަށް ބާރު އަޑުފައްގަނޑެއް ބޭރުންއިވުނެވެ. ދޮރުފޮތި ކަހާލާފައި ބޭރު ބަލާލަން ކިތަންމެ ބޭނުންވިއަސް އެވަރުގެ ހިތްވަރެއް ހުރި މީހަކުވެސް ނެތީއެވެ. ދެން އިވެންފެށީ ދޮރުގައި ޓަކިދޭ އަޑެވެ. އެންމެން ބިރުން ރޯންފަށައިފިއެވެ. އެކަކު އަނެކަކުގައިގާ އޮޅުލައިގަނެގެން ތިބިއިރު ބިރުން ރޫރޫލައެވެ. ދެން އިވުނީ ތަޅުހުޅުވުނު އަޑެވެ. އެއާއިއެކު ދޮރުވެސް ހުޅުވިގެންދިޔައެވެ. އެއްބަޔަކު ލޯމަރައިގެން ތިބިިއިރު އަނެއްބަޔަކު މޫނު އަނެއްފަރާތައް އަނބުރާލައިގެން ތިއްބެވެ. ފަތީނާ އިނީ ދޮރާ ދިމާއަށް ބަލާށެވެ.

ޝިމްލާ! ފަތީނާގެ ދުލުން ބޭރުވި ލަފްޒާއިއެކު އެންމެން ދޮރާއި ދިމާއަށް ބަލާލިއެވެ. ދޮރުމަތީގައި އެއޮތީ ޝިމްލާގެ ޒަޚަމުން ފުރިފައިވާ ހަށިގަނޑެވެ. ލައިގެން އޮތް ހެދުންވެސް ލެއިން ތަތްތެޅިފައިވާއިރު މޫނުމަތީގައި ވަކިދަމާފައިހުރި ތަންތަން ދުޅަވެފައިހުރިއިރު ނޫފައިގެންފައިހުރި ތަންތަންވެސް ހުއްޓެވެ. އަޅައިގެންހުރި ބުރުގަލުގެ ނުވީދިއޮތްބައިން ބޯނިވާކޮށްލާފައިއޮތެވެ.

ތެޅިތެޅިއޮތް ހިތަކާއިއެކު ޙަލީމަ ބޭރަށް ބޯދިއްކޮށްލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ފެންނާކަށްނެތެވެ. ވަރަށް އުނދަގުލުން ޒުނޭރާގެ އެހީތެރިކަމާއިއެކު ޙަލީމަ ޝިމްލާގެ ހަށިގަނޑު އެތެރެއަށް ވެއްދުމަށްފަހު ދޮރުތަޅުލިއެވެ. އޭރު އެންމެން އަޑުންއަޑުނަގާ ރޮނީއެވެ. ވަރަށް ފަރުވާތެރިކަމާއިއެކު ޙަލީމަ ޝިމްލާގެ މޫނުގައި ފެންފޮދެއް އުނގުޅާލުމުން މަޑުމަޑު އާހްއެއްގެ އަޑު އިއްވާލިއެވެ. ޙަލީމަ ފެންތައްޓެއް ޝިމްލާގެ ތުމުގައި ޖައްސާލުމުން އޭގެން އެތިފޮދެއް ބޯލިއެވެ. ދެން އެސްފިޔަތައް ހަރަކާތްކޮށްލަމުން ދެލޯ ބޮޑުކޮށްލިއެވެ.

***

އަލްވިންމެން ގަސްތަކުގެ ތެރެއިން ހިނގަމުންގޮސް އަލިކޮށްފައިވާ ހިސާބަކަށް ނިކުމެވުނެވެ. އެއީ ގަސްތަކުގެ ތެރެއިން ސާފުކޮށްފައި ޓެންޓު ޖަހާފައިހުރި ތަނެކެވެ. އެދިމާއަށް ހިނގައިގަތުމާއިއެކު ތިންމީހުންނަށް އެކަކު އަނެކެއްގެ މޫނަށް ބަލާލެވުނީ އިވުނު އަޑު ޤަބޫލްކުރަން ދަތިވުމުންނެވެ.

“ކަލެއަށް މިކަން ނުވަންޔާ ކޮންހާ ހުވަފެެންތަކެއްތަ ދެއްކީ؟ އަހަރެން ދެން އިތުރަށް މިތާ ހުންނާކަށް ކުރާކަށް ބޭނުމެއްނޫން. އަހަރެން މިދަނީ އަހަރެންގެ އަންހެނުންނާއި ދަރިފުޅު ގޮވައިގެން ކަލޭމެން ގެނައި ލާންޗުން ފުރަން. ކަލޭމެން ކުރާކަމެއްކުރަން ތިބޭ.” އަމްޖަދު ހަޅޭއްލިއެވެ.

“ނޫން! އެހެންނުހަދާ! އަހަރެމެންވެސް ގެންދޭ! އަހަރެމެންވެސް ދާން ބޭނުން. ބަކުރުގެ ބާރެއް މިހާރު އެޖިންނިއަކަށް ނުހިނގާ. އޭތި ހިމާޔަތްކޮށްދިން ޖިންނި މިހާރު ފަނާވެއްޖެ. ޝިމްލާގެ ހިމާޔަތުގައި ހުރި ޖިންނި އެދަނީ ބަކުރު ގެންގުޅޭ ޖިންނި ބަލިކުރަމުން. އެޖިންނީގެ ދުވަސްދާއިރަށް ބަކުރުގެ ދުވަސްވެސްދާނެ. މިހާރު އަހަރެމެން މިތާތިބެގެން ކުރެވޭނެކަމެއްނެތް. އެއޮތީ މިހާރުވެސް ބަކުރަށް ވެފައޮތްވަރު.” ބަކުރުގެ ގާތުގައި ކިޔަވަންތިބި މީހުން އާދޭސްކުރަމުންދިޔައެވެ.

“އަހަންނަށް ހެޔޮ ބަކުރު ކީކުރަން ކަލޭމެން މަރުވިއަސް. އަހަރެންގެ އެދުން ޙާޞިލެއްނުވި. ދެން ކަލޭމެންގެ ބޭނުމެއްނެތް.” އަމްޖަދު މިހެން ބުނެ ޓެންޓުގެ ތެރެއިން ނިކުތެވެ. ދާދި ގާތުގައި އަލްވިން، ސަޢީދު، އަދި ދޮންއާދަނު ތިއްބާ ފެނުމުން އަމްޖަދުގެ ބޭރަށްދޫކޮށްލަން އުޅުނު ނޭވާ ތާށިވިއެވެ.

އެލްވިންމެންނަށް ގެހުރި ދިމާއަށް ދާން މަގުދެއްކީ އަމްޖަދެވެ. އަމްޖަދުގެ ޙަޤީޤަތް އެނގުމުން ސަޢީދު އެއްވެސް ސުވާލެއްނުކޮށް ގެ ހުރި ހިސާބަށް ގެންގޮސްދިނުމަށް އެދުނެވެ. ބަކުރު އުފުލާލައިގެން އޭނާގެ އެކުވެރިންވެސް އެމީހުންނާއިއެކު ދިޔައެވެ. ހަނި މަގުން ކުރިއަށް ދިޔައިރު އަމްޖަދު ހުރީ އިސްޖަހާލައިގެންނެވެ. ނަމަވެސް އެއީ ލަދަކުންނޫނެވެ. އޭނާ ވިސްނަމުންދިޔައީ އެކަމުން ބޯދަމައިގަންނާނެ މޮޅު ޚިޔާލަކާއި ދޭތެރޭގައެވެ.

ގެއާއި ދާދި ގާތަށް ދެވުނުއިރު ބިރުވެރި އަޑުތަކެއް އިވެން ފަށައިފިއެވެ. އެއާއިއެކު ފެނުނީ ބިރުވެރި ސިފައެއްގައިތިބި ދޭތި ހަމަލާ ބަދަލުކުރާ މަންޒަރެވެ. ހަމަ އެދިމާ މަތީގައި ކަޅު ވިލާގަނޑެއް އެނބުރޭތަން ފެންނަމުންދެއެވެ. ހީވަނީ ނަގޫރޯޅިއެއްގެ ޢަލާމާތްފެންނަހެންނެވެ.

އައިކަން އޭނާގެ ހުރިހާ ޚާދިމުންތައް ދުރަށް ފޮނުވާލީ އޭނާއަށް އެކަނި ސާޝާގެ ދުވަސް ދުއްވާލެވޭނެކަމުގެ ޔަޤީންކަން އޮތުމުންނެވެ. ޖިންނިތައް މަންޒަރު ބަލެންތިބެފައި ދެފަހަރަކު ގާތްވުމުންވެސް އައިކަން އެކަން މަނާކުރިއެވެ. އެހެންކަމުން އެތަކެތި ދުރުގައި ތިބީއެވެ. ނަމަވެސް ސާޝާ އައިކަންގެ ދުވަސް ދުއްވާލުމުން ދެން އޭގެތެރެއިން އެއްބަޔަކު ސާޝާއާއި އެއްބެއިވިއެވެ. އަނެއްބަޔަކު އައިކަން އަށް ވަފާތެރިވެ ސާޝާއަށް ހަމަލާދިނެވެ. އެންމެފަހުން އެދެބައިމީހުންގެ ދެމެދުގައި ހަނގުރާމަ ހޫނުވެގެންދިޔައެވެ. ވަގުތުގެ ބޭނުންހިފާ ޤުލްޝަން ސާޝާއަށް ހަމަލާދިނެވެ. ޤުލްޝަންއާއި ސާޝާގެ ހޫނު ހަމަލާތައް ފެނުމުން އަލްވިން ފިޔަވާ އެންމެން ދުއްވައިގަތީ ގެއާއި ދިމާއަށެވެ. އަަަަަަަަލްވިން ބޭނުންވީ ޝިމްލާ ކޮބާތޯ ސުވާލުކުރާށެވެ.

އަލްވިންގެ އޭނައަށް ފުރަގަހަށް ވާގޮތައް ހުރި އެއްޗަށް ނަޒަރު ހިންގާލިއެވެ. ސިންގާއެއްފަދަ ކެހެރިންފުރިފައިވާ ހަށިގަނޑެއް އެއަށް ލިބިފައިވެއެވެ. ބޮލުގެ ދެފަރާތުން ދެކަންފަތް ފެންނަން ހުއްޓެވެ. އިރުއިރުކޮޅާ ހުޅުވާލާ ފިޔަފަތްގަނޑު އެންމެ ވައްތަރީ ވާލެއްގެ ފިޔަގަނޑާއެވެ. އޭތީގެ ނިޔަފަތިތައް އާދަޔާ ޚިލާފަށް ދިގެވެ.

ދެން އެލްވިންގެ ލޯ އަމާޒުވީ ކުރިމައްޗަށް ވާގޮތަށް ދުރުން ފެންނަންހުރި މަޚްލޫޤަށެވެ. އެއާއިއެކު އަލްވިންގެ ގައިގާވާ ހުރިހާ ލޯލިތައް ކޮޅަށް ޖެހުނެވެ. ކަޅުކަންގަދަ ފޮނުބޮނޑިއެއްފަދަ ބިޔަ ސޫރައެވެ. ރަތް އަނގުރުފަދަ ދެލޮލެވެ. ގަދަ ދަނބުކުލައިގެ ދިގު ދުލާއި ފެހިކުލައިގެ ދިގު ދެދަތެވެ. ކަޅުކުލައިގެ އޮފުއަރައަރާހުރި ދިގު ދަޅުގައި ލޭގެ އަސަރުހުއްޓެވެ. އާއެކެވެ! އެއީ އަލްވިންއަށް އާ ސޫރައެއްނޫނެވެ. އެއީ މީގެ ދުވަސްތަކެއް ކުރިން އަލްވިންގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލި ގޮތްނޭނގޭ ބިރުވެރި މަޚްލޫގެވެ. މައިޝާގެ ޤާތިލެވެ. “އަނެއްކާ ޝިމްލާވެސް. ނޫން ނުވާނެ އެހެނެއް.” އަލްވިންގެ ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. “ޝިމްލާ!” އަލްވިން އަޑަށް ލެވުނުހާ ބާރެއްލާފައި ގޮވާލިއެވެ.

ބޭރުން އިވުނު އަޑުގެ ސަބަބުން ޝިމްލާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަދި ސޯފާއިން ތެދުވެގެން ގޮސް ކުޑަދޮރުތައް ކައިރީ ހުއްޓިލިއެވެ. ދޮރުފޮތިގަނޑު ކުޑަކޮށް ދުރުކޮށްލިވަގުތު ފެނުނު މަންޒަރުން ޝިމްލާއަށް ދޮރާ ދިމާއަށް ދުވެފައި ދެވުނު ގޮތެއްވެސް ނޭނގެއެވެ.

ގޭތެރެއަށް ވަންނަން އައި މީހުންނަށް އެމީހުންނާއިއެކު އަލްވިން ނެތްކަން އެނގުނީ އަލްވިންގެ ހަޅޭކުގެ އަޑު އިވުމުންނެވެ. ފަހަތަށް އެނބުރި ހިނގައިގަތްތަނާ އެމީހުން ފޭކޮށްލާފައި އެދޭތެރެން ދެމިގަނެގެން ބޭރަށް ދުވެފައި އެދިޔައީ ޝިމްލާނޫން އެހެން މީހެއްނޫނެވެ. ހުރިހާ އަންހެންވެރިން ހަޅޭއްލަވަލަވާ އޮއްވާ ޝިމްލާ ނުކުމެގެން އެދިޔައީ އޭނާގެ ލޯބިވެރިޔާގެ ދިފާއުގައެވެ.

އަލްވިންގެ އަޑަށް އެ ބިރުވެރި ސިފައިގާ ތިބި ދޭތިވެސް އެއްފަހަރާ ބަލާލިއެވެ. އެވަގުތު އަލްވިންއާއި މާދުރުނޫން ހިސާބެއްގައި ހުރި ގުލްޝަންގެ މޫނު އަލްވިންއަށް ފެނުނެވެ. ފެހިކުލައިގެ ދެލޯ ފެނުމާއިއެކު އެއީ ނިކަގަސް ކައިރިން ފެނުނު އެތިކަން ޔަޤީންވުމުން އަލްވިން އެންމެ ކައިރީގައި ފެންނަން އޮތް ދަނޑިގަނޑު ނަގާ އަތަށް ހެޔޮވަރުކޮށްލީ ހަނގުރާމަވެރިއެއްގެ ތޫނުކަނޑިއެއް ފަދައިންނެވެ. މިމަންޒަރު ފެނި ނުބައި ގޮތަކަށް ހީލުމަށްފަހު ގުލްޝަން އަލްވިންއާއި ދިމާކޮށްލިއެވެ.

ގުލްޝަންގެ ވަކިތައް އަލްވިންއާއި ހަމައަށް ނުދެވެނިސް ޝިމްލާ އެދެމެދަށް ވަނެވެ. ގުލްޝަންއަށް މިކަންވީ މަޖާކަމަކަށެވެ. އަނގަ ތަންމިނަށް ހުޅުވާލުމަށްފަހު އިއްވާލި ގަދަ އަޑުން ޝިމްލާއާއި އަލްވިންއަށް އެކަކު އަނެކެއްގެ ގައިގާ ހިފަހައްޓާލެވުނެވެ. އެއާއިއެކު އިވުނީ ވައިގެތެރޭގައި އެއްޗެއް ގޮވިއަޑެވެ. އެންމެންގެ ނަޒަރު އެދިމާއަށް ހުއްޓުނުއިރު ފެނިގެންދިޔަ މަންޒަކީ އެއިން އެއްވެސް އިންސާނަކު މީގެ ކުރިން ދުށް މަންޒަރެއްނޫނެވެ.

އެނބުރެމުންދިޔަ ދުންގަނޑު ބޯވެ އޭގެތެރެއިން ގިނިހިލަތަކެއު ފަދައިން އަލިފާންގަނޑުތަކެއް ތިރިއަށް ފައިބަންފެށިއެވެ. އަލްވިންއާއި ޝިމްލާވެސް ގޭތެރެއަށް ދިއުމަށް ދުއްވައިގަތެވެ. ގޭތެރޭގައި ތިބި މީހުން ބިރުންތިބެ ކުޑަދޮރުން އެދިމާއަށް ބަލަމުންގެންދިޔައެވެ. ސާޝާއާއި ގުލްޝަންވެސް ހާސްވެފައި އެދިމާއަށް ބަލަން ތިއްބެވެ.

ފަހަރަކު އަލިފާން ބޯޅައެއް ވެއްޓެމުންގޮސް އެނބުރޭ ރޯޅީގެ އަސަރު ނެތިދިޔައިރު މުޅި ހިސާބުގައިވަނީ ހުޅުހިފާފައެވެ. ގޭގެ ވަށައިގެން ބޮޑު ހިސާބެއްގައި އަލިފާން ރޯވެ ގަދައަށް އަނދަންފަށައިފިއެވެ. މިމަންޒަރު ފެނި ސާޝާ އަވަސް ހަރަކާތަކާއިއެކު ގުލްޝަން އަތުކޮޅަށް ހުރާލީ އެންމެ ގަދައަށް އަލިފާންގަނޑު އަނދަމުންދާ ދިމާއަށެވެ. އެއާއިއެކު ކަންފަތުގެ ތޫރި ފަޅައިގެންދާވަރު ބާރު އަޑުފަށްގަނޑެއް އިވުނެވެ. ދެންފެނުނީ ހަޅުގަނޑު ބޮޑުވެ ގުލްޝަން އަނދާ ހުލިވިތަނެވެ. އެއާިއެކު މުޅި ހިސާބަށް ކުނިމަސްވަސް ފެތުރިގެންދިޔައެވެ.

“ޝިމްލާ!” ސާޝާ އޯގާތެރިކަމާއިއެކު ގޮވާލީ ގޭގެ ދޮރުމައްޗަށް ހުއްޓިމުންނެވެ. އޭރު އޭނާގެ ސޫރަވަނީ އަލްވިންގެ ސޫރައަށް ބަދަލުވެފައެވެ. ނަމަވެސް ލިބިފައިވާ ޒަހަމްތައް މޫނާއި ގައިގެ އެތަންމިތަނުން ފެންނަންހުއްޓެވެ. އެންމެންވެސް ތިބީ ބިރުންނެވެ. އެހެނަސް ހައިރާންކަންމަތީ ތިބެ ބޭރުގެތެރެއަށް ޖަމާވެއްޖެއެވެ. އޭގެ ތެރެއިންވެސް އަމްޖަދުގެ މޫނުމަތިން ފެންނަ ހާސްކަން އިންތިހާއަށް ބޮޑެވެ.

“އަހަރެން މިއައީ ހުރިހާ ހަޤީޤަތެއް ކިޔައިދޭން.”

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ބީހުން….. (4)

Next

ހިތް ބޭނުމޭ (4)

Next
August 2, 2017

ހިތް ބޭނުމޭ (4)

Previews
August 1, 2017

ބީހުން….. (4)

44 Comments!

  1. Naxy says:
    August 1, 2017 at 11:01 pm

    1st

    1. Psenhi says:
      August 1, 2017 at 11:05 pm

      Congra. 🙂

  2. Psenhi says:
    August 1, 2017 at 11:07 pm

    Unmeedh Kuran mipart kamudhane kamah. Insha Allah Dhen last part nimunyma upkohlaanan. Nenge Kon dhuvahakun kameh ahanvairah mibunely 🙂

  3. maroon says:
    August 1, 2017 at 11:14 pm

    V reethi… psenhi storytime is you ?

    1. Psenhi says:
      August 2, 2017 at 3:33 am

      Ya. Thnkx maroon

  4. Ash ? says:
    August 1, 2017 at 11:17 pm

    Yay..finally up vehje….waiting for this stry…love this part

    1. Psenhi says:
      August 2, 2017 at 3:33 am

      Thank you Ash

  5. Layaa says:
    August 1, 2017 at 11:24 pm

    Wow v salhi mi baives next bayah v inthixaar eba kurevey v kiyaan hithun mi inee

    1. Psenhi says:
      August 2, 2017 at 3:34 am

      Thankx Layaa

  6. Fathu says:
    August 1, 2017 at 11:56 pm

    Alhe ehmeh kiyaa hih vaa hisaabun e nimunee .. ekamaku ves varah varah Reethi ??next part ah waiting ingey ?

    1. Psenhi says:
      August 2, 2017 at 3:34 am

      Thankx. Hmm Eyrunnennu inthixar kurany 😉

  7. who am i? says:
    August 2, 2017 at 1:53 am

    vvvv salhi

    1. Psenhi says:
      August 2, 2017 at 3:35 am

      Thankx.

  8. merr says:
    August 2, 2017 at 2:46 am

    mi part vx varah reethi
    alhe next part avahah up kolladheeba
    varah kiyaa hithun meenii

    1. Psenhi says:
      August 2, 2017 at 3:37 am

      Thankx. Avaskohdheyname nubunanan psenhi eh. Ey Ehen bunefa avas nuvedhanethy last partvyma. BT I’ll try my best 🙂

  9. rosee says:
    August 2, 2017 at 7:24 am

    v v v v v reethi vaahaka eh.keep it up

    1. Psenhi says:
      August 2, 2017 at 9:32 am

      Thnkx rosee

  10. azeen says:
    August 2, 2017 at 8:46 am

    vvv salhi

    1. Psenhi says:
      August 2, 2017 at 9:33 am

      Thnkx azeen

  11. $#aa$#oo says:
    August 2, 2017 at 9:20 am

    woah..yuh have a great talent of writing story.keep it up grl. this is one of the best story ever i read.its just wow..cant wait for next episode. psenhi keep going. waiting for next part. <3

    1. Psenhi says:
      August 2, 2017 at 9:34 am

      Thankyou. 🙂

    2. Psenhi says:
      August 2, 2017 at 9:35 am

      Thank you. Hmm. Only one episode left. Readers foohinuvanis jehenenun ninmaalan dhw

  12. Adha? says:
    August 2, 2017 at 9:22 am

    Its super duper nice..? dhen nimenytha mi story mi?
    Waitingss ❤❤❤❤

    1. Psenhi says:
      August 2, 2017 at 11:24 am

      Reply eliyevuny mathyga sry

  13. Ish says:
    August 2, 2017 at 11:34 am

    ???????????BRILLIANT!!! Ahi mi story ninmaalaafa ehn story eh liyaanan dhww!!! Please ?????

    1. Psenhi says:
      August 2, 2017 at 1:59 pm

      Thnkx. Mi month fahukolhu test. N next monthga onna test nimunyma insha Allah Ehen vahakaeh liyeveytho balanan

  14. nux says:
    August 2, 2017 at 12:46 pm

    alhey haadha reehchey jus wow v inthizaaru eva kurevay next partah well done baby????

    1. Psenhi says:
      August 2, 2017 at 1:59 pm

      Thnkx nux

    2. song joong ki..KOREAN says:
      August 2, 2017 at 3:02 pm

      v salhi. 🙂

    3. Psenhi says:
      August 2, 2017 at 4:00 pm

      Thnkx

  15. Arw says:
    August 2, 2017 at 2:44 pm

    Adhi mi story nimmaafa ehen biruveri story eh genesdheynan dw

    1. Psenhi says:
      August 3, 2017 at 7:58 pm

      Nenge bunakah. Biruveri vahaka asl v undhagoo

  16. khajja says:
    August 2, 2017 at 5:07 pm

    Wow masha allah v rythi v furihama ?? when nxt prt avahah up kolladhybala plx ??❤❤???????

    1. Psenhi says:
      August 2, 2017 at 9:07 pm

      Thnkx soon

  17. Fathu says:
    August 2, 2017 at 5:59 pm

    Alhe nunimahchey story adhi ehaa avahah ????

    1. Psenhi says:
      August 2, 2017 at 9:07 pm

      Thnkx. Ill b bxy this month

  18. Anonymous says:
    August 2, 2017 at 8:42 pm

    Dhen mivaahakaige next part kondhuvahakun. V dhuvas nagaanetha

    1. Psenhi says:
      August 2, 2017 at 9:08 pm

      Nuney eha dhuvaheh nuvane

  19. Blume says:
    August 2, 2017 at 11:21 pm

    V rythi..v exciting..nxt prt avas kohla dhehcheyy

    1. Psenhi says:
      August 3, 2017 at 7:59 pm

      Thnkx. Will try

  20. Manna says:
    August 4, 2017 at 3:40 pm

    Vrh Vrh reethi

  21. Beauty says:
    August 5, 2017 at 1:36 am

    Awsm

  22. Ish says:
    August 5, 2017 at 10:25 am

    Hey when is the next part ?????????????can’t wait

    1. Psenhi says:
      August 6, 2017 at 4:04 pm

      Mirey insha Allah. Sry 4 da delay

Comments are closed.

Next Episodeއެ ތޫފާނީ ރޭ (ފަހުބައި)←


All Right Reserved!