Skip to content
އެސްފިޔަ

ޒާރާ (6)

ކުރީގެ އަދަދާއި ގުޅޭ: އެދުވަސް ޒާރާ ދުވަހަކުވެސް ހަނދާންނެތޭނެ ހެއްޔެވެ؟ ރިޝްވާން ދައްކާ އެކަހަލަ ވާހަކައިންވެސް އާވަނީ އާހިލްގެ ހަނދާންތަކެވެ. އާހިލް ނޫން މީހެއްދެކެ ލޯބިވެވޭނެ ކަމާއި މެދުގައިވެސް ޒާރާއަށް ޝައްކުވަނީ އެހެންވެއެވެ.

” އޭ ބުނާނަން ޒާރާ މަންމަ ކައިރީ.. ” ސްކޫލް ގޭޓްކައިރިން ޒާރާ، ރިޝްވާންއަށް ޗޮކްލެޓެއް ދޭތަން ފެނިގެން ޒާރާ ބިރުގަންނަވާލުމުގެ ރާގެއްގައި ރީނާ ބުނެލިއެވެ. ” ރީނާ ތި އަނގަ މަޑުކޮށްގެން ހުރޭ.” ޒާރާ ކޮންމެވެސް ވަރަކަށް ބިރުގަނެ، ލަދުގަނެފައި ހުރިކަން އެނގުމުން ރިޝްވާން ބޭނުންވީ ރީނާގެ އަނގަމަޑުކުރުވާށެވެ. ރީނާ އެހެންބުނެލީ ކޮންމެހެން ޒާރާގެ މަންމަކައިރީ ބުނާކަށްވެސް ނޫނެވެ. ހަމަ ޖެއްސުންކޮށް ދިމާކޮށްލުމުގެ ނިޔަތުގައެވެ.

ރީނާގެ އަނގަމަޑުވިނަމަވެސް ޒާރާ ލަދުގަތްވަރުން ދެން އިތުރަށް ރިޝްވާން ކައިރީ ހުންނާކަށްވެސް ނުކެރުނެވެ. ދަނީއޭ ބުނެފައި ޒާރާ ރީނާއާއެކު ހިނގައިގަތީ ރިޝްވާންއަށް އެނބުރި ބަލާލުމެއްވެސް ނެތިއެވެ. ދަމުން ދަމުން ރިޝްވާންއަށް ބަލާލާފައި ރީނާ ހީލިއެވެ. ރިޝްވާންވެސް ހަރަކާތަކުން ބުނީ ރީނާ ވަރަށް ސަކަރާތްކަމުގައެވެ.

ރީނާއަކީ ޒާރާގެވެސް އަދި ރިޝްވާންގެވެސް ރައްޓެއްސެކެވެ. ރިޝްވާންއާ އެކީ ޒާރާ ހުއްޓާ ފެނިއްޖެނަމަ، ރީނާ އަބަދުވެސް އެމީހުންނަށް ޖެއްސުންކޮށްލައެވެ. މިކަމުން އަބަދުވެސް ލަދުގަންނަގޮތްވަނީ ޒާރާއެވެ. ރީނާގެ މަގްސަދަކީވެސް އެއީއެވެ. ޒާރާ ލަދުގަންނަވާލުމެވެ.

” އަހަރެންގެ ބޮޑީ ރީއްޗެއްވެސް ނޫންދޯ.. މިފަހަރު ރަށަށް ގޮއްސަ އަހަރެން ބަލާނީ މި ބޮޑީ ރަގަޅު ކުރެވޭތޯ.. ޒާރާއަށްވެސް ރީތިވާނީ ސިކްސް ޕެކް ހުންނަ މީހުން ކަންނޭނގެ ” ޒާރާއަށް ދޯއެއް އެއްލަމުން އަހަރު ޗުއްޓީގައި ރަށަށްގޮސްފައި ކަމެއްކުރަން އުޅޭކަން އަންގާލިއެވެ. ރިޝްވާން އެހެންބުނުމުން ޒާރާއަށް ވަރަށް ހެވުނެވެ. އެހެންނަމަވެސް ޗެޓްކުރަން ތިބީތީ އެމަންޒަރު ރިޝްވާންއަށް ފެންނަގޮތެއް ނުވިއެވެ.

” ރިޝްވާން ހީކުރަނީ ކަންނޭނގެ ރިޝްވާން ރީއްޗެއް ނޫނޭ.. އެހެންވެއޭ އަހަރެން ރިޝްވާންއާާ އެހާވަރުން ނޫޅެނީ.. އެވިސްނަނީ ބޮޑީއާ ދޭތެރޭވިއްޔަ.. އެކަމަކު ބޮޑީއެއް ހުއްޓަސް ނެތަސް ހަމަ އަހަންނަށް ކަމުދާމީހެއް އަހަންނަށް ކަމުދާނީ.. އެއީ ވަކި ބޮޑީއެއް ހުރެގެންނެއް ނޫން.. އާހިލްގެވެސް ބޮޑީއެއް ނުހުރޭ.. އަހަރެންނަށް އެމީހަކު ދެކެ ލޯބިިވެވިއްޖިއްޔާ ދެން އަހަންނަށް އެހެން މީހެއް ނުވެސް ފެންނާނެ.. އެކަން ރިޝްވާންއަށް އެގޭނެނަމަ.. ރިޝްވާންވެސް ރަގަޅުވީމަ އަދި ލޯބިނުވިއަސް ކަމުދޭދޯ.. ” ރިޝްވާން ހިތަށް އެރި އެއްޗަކާ މެދުގައި ޒާރާ ވިސްނާލިއެވެ.

” ބޮޑީއެއް ހުއްޓަސް ނެތަސް ރިޝްވާން ރަނގަޅެއްނު.. ރަނގަޅުވީމަ އަހަންނަށް އެނިމުނީ.. ރިޝްވާން ތި ހުންނަ ގޮތް ރަގަޅޭ.. ” ޒާރާ ބުނީ ތެދަށެވެ. ” އުނހު.. އެހެން ކަމަކު ނުދާނެ.. ޒާރާ ތިހެން ބުންޏަސް ދެން އަހަރެން ބޮޑީ ރަގަޅުކުރަން މަސައްކަތްކުރާނަން.. ” ރިޝްވާން ހުރީ ދޫކުރާގޮތަކަށް ނޫނެވެ. ބޮޮޮޮޮޮޑީއާގެެެެން ރިޝްވާން އުުުުުޅޭގޮތް ފެނިފައި، މަަަަަަަަަޖާވެގެން، އަނެއްކާވެސް ޒާރާއަށް ހަމަ ހެެެެެވުނީއެެެވެ.

އޭރު، ރިޝްވާންއާއި އެހެން ކުދިން ރަށަށް ދާންއުޅުނު ކަމުގައިވިއަސް، އެފަހަރުވެސް ޒާރާއަށް ހުންނަންޖެހުނީ މާލޭގައެވެ.

* 2 އަހަރާއި 6 މަސް ފަސް *

” ހަލޯ؟ އޭ ރިިޔާ.. ވަރަށް ސަކަރާތް ކަމެއް ވެގެންނޭ މިގުޅީ.. ” މާލޭގެ މަޖީދީމަގު ފިހާރައެއް ތެރޭގައި ހުރި ހެދުންތަކެއް ބަލަމުން ޒާރާ، ރިޔާއާ ފޯނުން ވާހަކަ ދައްކަމުން ގެންދިޔައެވެ. ” އަނެއްކާ ކިހިނެއްވީ؟ ” ޒާރާގެ އަޑުގައިހުރި ހާސްކަން ރިޔާއަށް ދެނެގަނެވުނެވެ.

” ރިޔާ.. މަ ވަރަށް ފޮރުވައިގެން ގެންގުޅުނު ޑައިރީއެއް ކުއްލިއަކަށް ގެއްލިއްޖެ.. މިއަދު މަށަށްވެސް އެ އިނގުނީ..  އެއީ 400 ޕޭޖެސްގެ އޮރެންޖްކުލައިގެ މޮނީޓަރު ފޮތެއް.. މީހަކަށް އެ ފެނިއްޖިއްޔާ މުޅިން ސަކަރާތްވީ.. އޭރަށް މަގޭ ހުރިހާ ވާހަކައެއް އެ މީހަކަށް އެނގުނީ.. އަދި އޭގެ ތެރޭވެއްޖެއޭ މަގޭ ފޮޓޯގަނޑެއްވެސް ތަތްކޮށްފަ.. މަ މިހިރީ ވަރަށް ހާސްވެފަ.. ރިޔާ އަޅެ އެ ފެނޭތޯ ގޭތެރެ ބަލާލަދެއްޗޭ.. މަވެސް ގޮއްސަ ބަލާނަން.. ޑައިރީ ފެނުނިއްޔާ މަ ހެދުން އަޅާ ފޮއްޓަށް ލާފަ ބާއްވާދީ.. އިނގޭ.. ” ހާސްވެފައި ހުރިވަރުން ހުރިހާ ބަސްތަކެއް ފައްޗަކަށް އަމުނާލަމުން ޒާރާ ބުނެލިއެވެ.

” އާނ.. މަ ބަލާދޭނަން.. އެކަމަކު ޒާރާ ކީއްކުރަން ފޮޓޯގަނޑެއް ތަތްކުރީ.. ފޮޓޯނުލާއިންނަމަ ޑައިރީ ފެނުނަސް ޒާރާއަކީ ކާކުކަމެއް ނޭނގޭނެއެއްނު.. ” ޒާރާގެ ފޮޓޯ އެއް ތަތްކުރި ވާހަކަ ބުނުމުން ރިޔާާ ހުރީ އަޖައިބުވެފައެވެ.

” މަގުމަތީ ހުއްޓައޭ އެލީޝާމެން މަގޭ އަތަށް އެފޮޓޯގަނޑު ދިނީ.. ދެން މަވެސް ފޮޓޯގަނޑު ގެއްލިދާނެތީ ކުޑަ ބުލޫޓެކް ކޮޅެއްލާފަ ތަތްކޮށްލީ.. އޭރު މަގޭ އަތުގައި އޮތީ ޑައިރީވިއްޔަ.. އެހެންވެ ޑައިރީއަށްލީ.. ޑައިރީ މަ މިގެންގުޅުނީވެސް ވަރަށް ބަލައިގެންވިއްޔަ.. އެންމެފަހުން ގެއަށް ގެނަ ހަނދާނެއްވެސް އެބަވޭ.. ހެނދުނުވެސް މަ ވަރަށް ބެލީން.. ނެތް ފެންނާކަށްވެސް.. މިހެންވާނެކަން ކާކަށް އެނގޭނީ؟.. މިހެން ވާނެކަން ކުރިން އެނގުނުނަމަ މަ އެފޮޓޯގަނޑު ނުލީމުސް.. ” ޒާރާގެ ހާސްކަން އިތުރުވަމުންދިޔައެވެ.

” ޒާރާ.. ހަމަޖެހިބަލަ.. އަދި ނޭނގެއެއްނު އެޑައިރީ މީހަކަށް ފެނުނުކަމެއްވެސް.. މީހަކަށްފެނިގެން ޒާރާ ހޯދަން އުޅެފިއްޔާވެސް އިނގޭނެއެއްނު.. އިރުފާންވެސް އެބަހުއްޓެއްނު.. ސަކަރާތް މީހަކަށް އެ ފެނިއްޖިއްޔާ ހަދާނެގޮތްވެސް އިނގޭނެ.. އޭނަ ވެއްޖެ ޔަލީންކޮ ބަލާ ސްކޫލްދޮށަށްގޮސް.. އައިމާ މަ ތިވާހަކަ ބުނާނަން.. ” ޒާރާ ހިތްހަމަޖައްސައިދެވޭތޯ ރިޔާ މަސައްކަތްކުރިއެވެ. ” އެކަމަކު އެބަ އެނގޭތަ އެފެންނާނީ ކިހާވަރެއްގެ ކާކަށްކަމެއް؟ އަހަރެން ވަރަށް ހާސްވޭ. ” ޒާރާގެ ހާސް ކަމެއް ނުފިލިއެވެ.

” މިހާރު ނޭނގެއެއްނު އެ އޮތީ ކުނިގެންދާ ލޮރީގަ ނޫންކަމެއްވެސް؟ ކުނިތަކާ އެކީ ޑައިރީއާ ޒާރާގެ ފޮޓޯ އެނދިއަސް، މީހަކަށް ނުފެންނަނިކޮށް، ޒާރާއަށް އޯކޭދޯ.. ” ރިޔާ މަސައްކަތްކުރީ ހެއްވާލައިގެން ވިއަސް ޒާރާގެ ހިތްހަމަޖައްސައިދެވޭތޯއެވެ.

” އޭ.. ގޮނޑުގަ އުޅެއޭ ގޮނޑު ހާވާބައެއްވެސް.. ޑައިރީ ފެނިގެން އެތަނުން މީހެއްވެސް މަ ފަހަތުން އައިސްފާާނެދޯ.. ހެހެ.. ” އެންމެފަހުން ޒާރާއަށްވެސް މަޖާވެގެން ރިޔާއާ ބައިވެރިވެލިިއެވެ. ” ހުމްމް.. މިހާރު އެނގިއްޖެ ޒާރާ ހިތްހަމަޖެހިއްޖެކަން.. ދެންވެސް ހާސްނުވަައްޗޭ އިނގޭ.. ބާއްވަނީ .. ” ޒާރާގެ ހިތްހަމަޖެހުނުކަންް ޔަގީންވުމުން އެހެންް ބުނެފައި ރިޔާ ފޯނު ބޭއްވިއެވެ.

*****************************

” މަންމާ.. މަންމާ.. ” ވަޒީފާގެ މަސައްކަތުން ނިމިގެން އައިގޮތަށް ބޫޓު ބާލާފައި ގޭގެ ދޮރުން އެތެރެއަށް ބޯދިއްކޮށްގެންހުރެ ޔަޒްދާން ދެފަހަރަކު އޭނާގެ މަންމައަށް ގޮވާލިއެވެ. އެހެންނަމަވެސް ގޭތެރެ ފެންނަން އޮތީ ހުސްކޮށެވެ. ޔަޒްދާންގެ ކޮއްކޮ ޝައިހާގެ ކުޅޭއެއްޗިހިތައް ސިޓިންރޫމްގެ އެތަން މިތަނަށް އަޅާފައި އޮތެވެ.

” މަންމަ ނެތީ ކަންނޭނގެ. ޝައިކޮ ބަލާ ސްކޫލަށްގޮސް މިހާރު ވާނީ.. ” ހިތާހިތާ އެހެންކިޔަމުން ޔަޒްދާން އެތެރެއަށް ވަންނަން ހިނގައިގަތެވެ. އެހެންނަމަވެސް ސިޓިންރޫމުތެރެއިން ފައިގައި އެއްޗެއްގައި އަޅައިގަތުމުން ޔަޒްދާންގެ ހަލުވި ފިޔަވަޅުތައް ހުއްޓުމަކަށް އައެވެ.

މީ ކޯޗެއް؟ ޔަޒްދާންގެ ފައި އަޅައިގަނެފައި އޮތީ އޮރެންޖް ކުލައިގެ ފޮތެއްގައެވެ. އަތުގައި އޮތް ދަބަސް ބަހައްޓާފައި އެފޮތް ނަގައިފައި، އެންމެ ބޭރަށް އިން ބޯހަންގަނޑު ޔަޒްދާން އެއްލިއެވެ.

” ޑޯންޓް ލުކް.. ޑޯންޓް އޯޕެން.. ޕްރައިވެޓް ޕްރޮޕަޓީ” އޭ ކިޔާފަ ޖަހާފަ އޮތް ބަސްތަކެއް އެތެރޭގެ ބޯހަންގަނޑުގައި އޮތެވެ. އެތަން ފެނުމާއެކު ޔަޒްދާންގެ ގާތަށް އައީ ހިންޏެވެ.

” ޔަގީން މި ވާނީ އެޝައިކޮގެ ފޮތަކަށް.. ޝައިކޮ ނޫނީ މިކަހަލަ އެއްޗެހި ލިޔާ މީހަކު ނޫޅޭނެ.. އަބަދު އުޅޭނީ މީހަކަށް ފެނިދާނެތީ.. އެކަމަކު މިފަހަރު މިޝައިކޮ ލިޔާ އެއްޗެއް އަހަރެންވެސް ބަލާނަން.. ” އެހެން ހިތާ ފޮތް ހިފައިގެން ޔަޒްދާން ވަނީ ކޮޓަރިއަށެވެ. ޝައިހާއަށް ފެނިދާނެތީ ޔަޒްދާން ފޮތް ބޭއްވީ އެނދުގެ ބޯއަޅާ ބާލީހުގެ ދަށަށްލާފައެވެ.

ފޮތްބާއްވާފައި ކޮޓަރިން ނުކުމެގެން ބަދިގެ ފަރާތަށް ޔަޒްދާން ދިޔައިރު ހުރީ ކާންވެސް ހަދައިފައެވެ. ގަރުދިޔައާއެކީ ވަރަށް މީރުކޮށް ބަތްމޮޑެގެން ޔަޒްދާން ކާންފެށިއެވެ.

” މިއަދު ހަވީރު އަހަރެން ބޭރަކަށް ނުދާނަން.. ބޭރަށްނުގޮސް އިނދެގެންވެސް އެ ފޮތުގަ އޮތް އެއްޗެއް އަހަރެން ބަލާނަން.. ” ކުރިން ޔަޒްދާންއަށް ހެވުނުނަމަވެސް ދެވަނަ ވިސްނުމަކަށް ދިއުމުން ޔަޒްދާން އިނީ ސީރިއަސްވެފައެވެ. ޔަޒްދާންއަކީ ޝައިހާގެ ބޭބެއަށްވީތީވެސް ސިއްރުސިއްރުން ޝައިހާ އެލިޔާ އެއްޗެއް ޔަޒްދާން ބަލަންވެސް ޖެހެއެވެ.

ކައިނިމިގެން ފެންވަރާލައިގެން ނަމާދުކޮށްލުމަށްފަހު ޔަޒްދާން އޭނާގެ އެނދުގައި ޖައްސާލިއެވެ. އަނެއްކާވެސް އެއްކަލަ ފޮތްމަތިން ހަނދާންވުމުން ބާލީހުގެ އަޑީގައި އޮތް ފޮތް ނަގައިގެން އެނދުގައި ރީިތިކޮށް ހަމަޖެހިލާފައި ފުރަތަމަ ގަނޑަށް އެއްލާފައި، ކިޔަންފެށިއެވެ.

” ފޮތުގެ ބޯހަންގަނޑުގައި އަހަރެން ލިޔެފަ އޮތް ބަސްކޮޅަށް ނުވިސްނާ ކިޔަން ފަށައިފާނެތީ ފޮތް ފެންނަ މީހަކު މިފޮތް ނުކިއުމަށް އަހަރެން ވަރަށް އެދެމެވެ. ފޮތް ކިޔޭމީހަކު އަހަރެން ހޯދަން ނޫޅުމަށްވެސް އެދެމެވެ. އޭރަށް ވާނެ ގޮތެއް އަހަންނަކަށްވެސް ބުނެދޭންވެސް ނޭނގެއެވެ. ” ފުރަތަމަ ގަނޑުގައި ލިޔެފައި އޮތީ އެހެންނެވެ.

” މިއީ ކާކުގެ ފޮތެއްބާ؟ ހަމަގައިމުވެސް ޝައިހާގެ އެއްޗެއް ނޫން.. ” ލިޔެފައި ހުރި ލިޔުމުން އެއީ ކޮއްކޮގެ އެއްޗެއް ނޫންކަން ޔަޒްދާން ދެނެގަތެވެ. ” މީގައި މިވަރަށް ނުކިޔާށޭ ލިޔެފަ މިއޮތީ ކީއްވެބާ؟ އަދި އެބައޮތް ފޮތް ކިޔާފަ ނުހޯދާށޭވެސް.. ކޮންމެއެއްޗެއް މީގައި އޮތަސް އަހަންނަށް ވަރިހަމަ.. އަހަންނެއް ޖެހިލުމެއް ނުވާނެ.. އަދި ބިރެއްވެސް ނުގަންނާނެ.. މިހާރު މި އަވަހަށް ކިޔާ ނިންމާފައި މި ވެއްޓިފަ އޮތްތަނަށް ލާނީ.. އޭރަށް އެމީހަކަށްވެސް ފޮތްކީކަމެއް ނޭނގޭނެ ” އެ ފޮތުގަ ލިޔެފައި ހުރި އެއްޗެއް ހޯދުމުގެ ޝައުގުވެރިކަން ބޮޑުވެފައި ހުރުމުން ޔަޒްދާން އަނެއްކާވެސް އެފޮތް ކިޔަންފެށިއެވެ.

ގޭތެރޭގައި ފުމެމުން ދުވަމުން ދިޔަ ޝައިހާ ޔަޒްދާންގެ ކޮޓަރިއާ އަރާ ހަމަވުމުން ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވާލާފައި އެތެރެއަށް ބޯދިއްކޮއްލިއެވެ. ފެނުނު މަންޒަރަކުން އަވަހަށް ދޮރު ލައްޕާލާފައި ޝައިހާ ދުއްވައިގަތީ ބަދިގެ ފަރާތަށެވެ.

” މަންމާ.. މަންމާ.. މަންމާ.. ” ޝައިހާ ހީީވަނީ ބިރެއްފެނެގެން މަންމައަށް ގޮވާހެންނެވެ. ” ކިހިނެއްވީ މަންމަގެ ލޯބި ޝައިހާ؟.. އަނެއްކާވެސް ކުރަތްޕެއް ފެނުނީތަ؟ ” ބަދިގޭގައި ރިހަކައްކަން ހުރެފައި ވަފިއްޔާ އަހައިލިއެވެ.

” ނޫން.. ކޮއްކޮއަށް ފެނުނީ ދޮންބެ ވަރަށް ބާރަށް ރޯންއިންދަ.. އިއްޔެ ޝައިކޮއާ ވާދަ ކިޔާފަ ކަންނޭނގެ އެރޮނީ.. އެކަމަކު ޝައިކޮވެސް ނުރޮން.. ދޮންބެ ބޮޑު ކުއްޖެއް ރޮނީ.. ދެން ޝައިކޮ ކިޔާނީ ބޭބީ ދޮންބެ.. ހައްހައްހާ.. ” ވަރަށް ކަންބޮޑުވެފައި ހުރެފައިވެސް ކުއްލިއަކަށް، ޝައިހާ ހޭން ފެއްޓިއެވެ.

” އެހެންތަ؟ ކޮބާ ދޮންބެ؟ ކޮންތާކު ހުރެގެން ރޮނީ؟ ” ވަފިއްޔާ އަހައިލިއެވެ. ” އެބައިން ދޮންބެގެ ކޮޓަރިީގަ.. އެނދުމަތީގަ.. މަންމަ ޕްލީޒް ދޭބަލަ ބަލާލަން.. މިހާރު ނުގޮއްސިއްޔާ ނުފެންނާނެ.. ” ޝައިިހާ ބޭނުންވީ މަންމައަށް ދޮންބެ ރޯތަން ދައްކާށެވެ. ރިހަތެލި ކެކުމުން އުނދުން ނިވާލާފައި ވަފިއްޔާވެސް ހިނގައިގަތީ ޔަޒްދާންގެ ކޮޓަރިއާ ދިމާއަށެވެ.

” ދަރިފުޅާ ރޮނީތަ؟ ” ކޮޓަރި ދޮރު ހުޅުވާލިއިރު އެނދުމަތީގައި ޔަޒްދާން ރޯންއިން މަންޒަރު ފެނުމުން ވަފިއްޔާވެސް އަޖައިބުވިއެވެ. ވަފިއްޔާ ފުރަތަމަ ހީކުރީ އެއީ ޝައިހާ ސަމާސާއަކަށް ބުނި ވާހަކައެއް ކަމަށެވެ. ވަފިއްޔާގެ ފިރިމީހާ އާދަމް ނިޔާވިދުވަހުު ފިޔަވައި، އެހެންޏާ އެގޮތަށް ޔަޒްދާން ރޯންއިންދައެއް ވަފިއްޔާ ނުދެކެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (22)

  1. maroon

    Wow!! Haadha aharuthakeh kuriah jassaaly…ehehe.. nice.. waiting for a new episode ?

  2. Ibrahim yaish

    Wow…? zaraa aai yazdhaan baa gulheyny…..i wonder….

  3. song joong ki..KOREAN

    woww. hama habeys mi baivx

  4. Imm

    Just wow.. Vrh reethi.. Waiting for next part.. ?❤❤

  5. Blume

    Wowwwww..v rythi

  6. khajja

    Masha allah v rythi?? but stry nimijjeyya nimunkan nunimenyaa nunimeykan angaaladheynama v rangalhuvaane when nxt prt avahah up kolladhechchey gud nyt??❤❤❤????

    1. Crystal
      khajja

      Ehn bunakah huge. But Next part ves avahah genesdheveytho balaanan 🙂

    2. Crystal
      khajja

      Bunaakah Neyge*

  7. G

    maashaa allah vvv reethi. kuruveema varah dheravey adhives dhigukohlan feney

  8. Crystal

    Thanks all <3 <3 😀 . Bxy koh ulheythy comment thakah reply ves nukurevenee.
    @maroon hehe yeah.
    @Ibrahim Yaish hehe lets see 🙂
    @khajja Hadhaan nethigen nunimey nujehi ehunnanee. Adhi vaahaka eh nunimey. Ekm Fahu part annairu fahu bai jeheema egeyne ehnu dho 🙂
    @G ei bxy koh the ulheythy evarah type nukureveythy.

  9. Zoya

    vvvv reethi story ekam maa kuree thankolheh dhigukolla dhyba pls pls pls next part vx avahah up kolla dheyne kamah heekuran mi story ge part eh vx kiyan ekam adhi comment mikury v furihama vaahaka

  10. Zoya

    mi story ge hurihaa part eh vx kiyan

  11. Adha?

    Superb!!❤

  12. Haw Shia Shiba

    Mirey libeyne tha kiyalan

  13. azeen

    comment eh nukuriyas mi vaahaka kiymun migendhany v v v reethi story akah vane hen hyvany .waiting fir next part:)

  14. hi

    Alhe… Where are you crazy?

  15. hi

    Crystal *

  16. Rix

    When next part

  17. Ethan

    Hei Crystal… varah beynunvehje’ book ga huri vaahakathah balaalan… firihenaku ves rohvaalaifi dhw… soo when is next part..waiting .. Good Luck 🙂

  18. V

    Haadha lahey up waaleh

  19. Rix

    Kobaa zaaraa

  20. zainab

    mi story dhn up nukuranee tha???

Comments are closed.