ރަޔާހީންގެ ހިތަށް ބީހާލްގެ ނަން އައިސް ވަނީ ހަމަ ކުއްލިއަކަށެވެ. އޭނާ ބީހާލަށް ގޮވާލަން އަނގަ ހަރަކާތްކޮށްލި ވަގުތު މާކިލް ހުށިޔާރު ކަމާއެކު ރަޔާހީންގެ އަނގައަށް ފޮތިތަކެއްކޮށްޕާ އެއްޗަކުން ބަނދެލިއެވެ. ރަޔާހީން ދުވަހަކު ވެސް މިހާ ބިރުގަތް ވަގުތެއް ނާދެއެވެ. އޭނާ ދެލޯ ބޮޑުކޮށް މާކިލް އަށް ބަލާލީ ކިޔަން ލައްކަ އެއްޗެއްހި ހިތަށް އަރުވައިގެންނެވެ. ނަމަވެސް އޭނާގެ އަނގައިން އެންމެ ބަހެއް ވެސް ނުކިޔުނެވެ. ރޮވިފައިވާ ދެލޮލުން މާކިލް އަށް ބަލަން ހުރެވުނީ އާދޭސްކުރާ […]
އިރުފާނަށް މިހިސާބަށް ބުނެވުނު ތަނާ ކޮޓަރި ތެރެއިން އިވުނު ބާރު އަޑުފަށްގަނޑަކާއެކު ކުއްލިއަކަށް ކޮޓަރި ތެރެއަށް ފާޅުވީ މުޅިތަން ފުރާލާފައި ނުބައި ސިފައެއްގައި ހުރި އެއްޗެކެވެ. ކަޅުކުލައިގާ ހުރި އެތީގެ މޫނު ރަޔާހީނަށް ފެނުނީ އޭނައާއި ދިމާލަށް އެނބުރިލުމުންނެވެ. އަނގުރުކޮޅެއްހެން ހުރި ދެލޯ ނިކުމެގެން ގޮސް ހުރީ އިރުފާންގެ މޫނުގައި ޖެހިފައެވެ. އޭރުވެސް ދެލޮލުން ލޮނދިތަކާއެކު ދިޔާ އެއްޗެއް ފައިބަމުން ދިޔައެވެ. މުޅި ހަށިގަނޑުގައި ވެސް ވަނީ ލޮނދިތަކުން ފުރިފައެވެ. ބޮލުގައި ހީވަނީ ބޯވަ ފައިތަކެއް […]
“މިހެން މިބުނީ މިހާރު ކަންތައްވެފައި އޮތް ގޮތުން. ހީން މިހާރު ތީ މީހެއްގެ އަންބެއްދޯ އަދި ހީން އެކަން ޤަބޫލުނުކުރިޔަސް” ރަޔާހީނަށް ވެސް އެކަން ޤަބޫލުކުރެވުނީ ކަންނޭނގެއެވެ. އިސްޖަހާލީ ތުންފަތުގައި ދަތް އަޅާލަމުންނެވެ. “ވެއިޓް ހީން…. ކީއްވެ؟ ކީއްވެ އިރުފާން ދެކެ ލޯބިނުވަންޏާ އިނީ…. ޕްލީޒް ހީން މަށަށް ހުރިހާ އެއްޗެއް ކިޔާދީ” ރަޔާހީންގެ އަތުގައި ހިފާ ތަޅުވާލަމުން ކެތްމަދުވެފައި އިން ނަދާ ބުނެލިއެވެ. “އެގޭގައި ކުރިން ހިނގި ހާދިސާގެ ހަގީގަތް ހޯދަން އަހަރެން […]
ނިހާގެ އަތުގައި ހިފާ ގާތަށް ދަމާލުމަށްފަހު ބައްދާލި މަންޒަރުން ރަޔާހީންގެ ހިތް ފޫއަޅުވާލިއެވެ. އޭނާ ކިތަންމެ ހިތް ނޭދުނަސް އެކަހަލަ ކިތަންމެ މަންޒަރެއް އޭނާ އަށް ދެން ފެންނާނެކަން އޭނާ އަށް އެނގެއެވެ. ހިތުގައި ބިންވަލުނެގިފައިވާ ޝަކުވާތަކާއި ވޭންތައް އެތެރެއަށް ހިންދާލައިގެން ހުރުން ނޫން ގޮތެއް އޭނާ އަށް ނެތެވެ. ބީހާލް ބުނި ފަދައިން އިރުއޮށްސުނު ވަގުތު އެގޭ ހުންނަ އިމާރާތް ބިތްދަށުގައިވާ ދިއްގާ ގަސްދޮށުގައި ރަޔާހީން ހުއްޓެވެ. އޭނާ ލޯ މަރާލައިގެން ހުރީ ކުއްލިއަކަށް ކުރިމަތިން […]
ކުއްލިއަކަށް ތިން މީހުންގެ ނަޒަރު ގޮސް ހުއްޓުނީ ހުޅުވާލާފައި ހުރި ދޮރުމައްޗަށް އައިސް ހުއްޓުނު ފުލުހުންގެ ދެމީހުން ފެނިފައެވެ. ފީރޯޒާ އަށް އިންތަނުން ކޮޅަށް ތެދުވެވުނީ ކުއްލިއަކަށެވެ. ކައިރީގައި ހުރި އާސިރުގެ އަތުގެ މުލައްދަނޑީގައި ހިފާލެވުނީ ޖެހިލުންވީ ވަރުންނެވެ. ބިރުގަނެފައި ހުރި އިރުފާން ކުރިއަށް ޖެހިލީ ފުލުހުން އެމީހުން ދިރިއުޅޭ ގެއަށް އަންނަން ޖެހުނު ސަބަބެއް އޮޅުންފިލުވަން ބޭނުންވެގެންނެވެ. “އައްސަލާމް އަލައިކުމް. އަޅުގަނޑަށް ކިޔަނީ ޕޮލިސް ކޯޕްރަލް ހުސައިން ނަސާއީ އިމާދު. މި އިމާރާތާއި ޖެހިގެން ހުރި […]
“ފް….ފް…ފަ..ފަރުހީން…” ކުރަކިވެފައިވާ އަޑަކުން އަންހެންމީހާ ރަޔާހީނަށް މުހާތަބް ކުރިއެވެ. ރަޔާހީން ސިހި ދެލޯ ބޮޑުވިއެވެ. ނިތްކުރި މަތީގައި ޖެހިގެން ދިޔައީ ސުވާލު މާކެކެވެ. އެމީހާ ބަލަން އޮތީ ދުޅަވެ މަޑުލާފައިވާ ދެލޮލުންނެވެ. ރަތްއަރާފައިވާ ދެލޯ ފެނި ރަޔާހީންގެ ލޮލަށް ވެސް އުނދަގުވިއެވެ. އޭނާގެ މާފަލަ ނޫން ހަށިގަނޑު ހިއްލާލެވޭތޯ އެ އަންހެންމީހާ މަސައްކަތް ކުރަން އުޅޭހެން ހީވުމުން ރަޔާހީން ތެދުވެ އަންހެންމީހާގެ ބޯދަށަށް އަތް ލައްވާލިއެވެ. އެމީހާ ދެލޯ މަރާ ބާރުކޮށްލީ ހަށިގަނޑުގެ ކޮންމެސް […]
“އެހެންވީމަ އެކަކު ވެސް މާޒީގެ ވާހަކަ ނުދައްކަމާ…. އަހަރެންގެ މާފެއް ހަމައެކަނި ނުލިބޭނެ މީހަކީ މީހުން މަރާ މީހުންނަށް. އެކަހަލަ މީހުން ދެކެ އަހަރެން ވަރަށް ފޫހިވޭ. އެކަހަލަ މީހުން މިދުނިޔޭގައި ހިތި ގޮތަކަށް ތަޅުވަން އަހަރެން ބޭނުމީ…” ރަޔާހީންގެ ވާހަކަތަކުން އިރުފާނަށް ޝޮކެއް ލިބުނެވެ. ރަޔާހީންގެ އުނގުން ބޯހިއްލާލެވުނީ ހަމަ ކުއްލިއަކަށެވެ. “ކިހިނެއްވީ” އިރުފާން ތެދުވި ގޮތުން ރަޔާހީން ހާސްވެފައި އަހާލިއެވެ. “ކަމެއްނުވޭ ނިދިއައްސި. ހިނގާ ނިދަން” އިރުފާން ބާލީހުގައި ބޯއަޅާލައިގެން އޮށޯތުމުން ރަޔާހީން ވެސް […]
ރަޔާހީން އަތުން އޭނާގެ އިއްޒަތާއި އަބުރު ގެއްލިގެން ވެސް ދިޔައީ ވިކްޔަން އާއި އެކުގައި މިކަހަލަ ރެއެއްގައި އެކަނި ވަނިކޮށެވެ. އެކަހަލަ ކަމެއް ތަކުރާރު ވާކަށް ވިކްޔަން ބޭނުމެއް ނޫނެވެ. އޭރާއި މިހާރު ހާލަތު ވެސް ތަފާތެވެ. އޭރުގައި ރަޔާހީނަކީ އޭނާގެ މުޅިޖާން ވިޔަސް މިހާރު ރަޔާހީނަކީ އޭނާގެ ދޮންބޭބެގެ އަންހެނުންނެވެ. ކުރެވުނު ކަންތަކުން ވިކްޔަން ލަދުގަތެވެ. އޭނާ ކާރުގެ ކުރިއަށް އެރުމަށްފަހު ކުރިއަށް ދުއްވާލީ ވާރޭ ކުރިއަށް ވުރެ ވެސް ތުނިކޮށް އެހެން އުޅަނދުތައް ވެސް […]
ވާނީވެސް އެހެންތާއެވެ. ރަޔާހީން ވެއްޓެން އައި މަންޒަރު އެތަނުގައި އެވަގުތު ތިބި މީހަކަށް ވިއްޔާ ވަނީ ފެނިފައެވެ. ޔަޤީނުން ވެސް އެއީ މަރުގެ އެތިފަހަރެކެވެ. ވީއިރު މިހާރު ރަޔާހީން ސިޑީމަތީގައި ސަލާމަތުން ކޮޅަށް ހުރިތަން ފެނުމުން ބަލަން ތިބި މީހުން ނުސިހޭނެ ހެއްޔެވެ؟ އެކުޑަވަގުތު ކޮޅުގައި އޭނާ ސަލާމަތްވީ ގޮތެއް ހުދު އޭނައަކަށް ވެސް ނޭނގެއެވެ. ރަޔާހީން ދެފަރާތް ބަލާލީ ފެންނަ ހިސާބުގައި ބީ ފެންނަން ހުރިތޯއެވެ. ނަމަވެސް އެހިސާބުން ބީ ގެ އެއްވެސް ނިޝާނެއް ފެންނަން […]