ފީރޯޒާ އޭނާ އަށް ކަމެއް ސިއްރު ކުރާ ކަމުގައި އޭނާ އަށް ހީވި ހީވުން ޔަޤީންވީއެވެ. އޭނާ އަށް އެކަން އިތުރަށް ޔަޤީންކުރަން ބޭނުންވިއެވެ. އެހީ ހޯދަން ބޭނުންވި ފަރާތުގެ ޚަބަރެއް ވެސް ނުވާތާ މިހާރު ދެހަފްތާވަނީއެވެ. އޭނާ ކުއްލިއަކަށް ބީ މަތިން ހަނދާންވާން ފެށިއެވެ. ރައްޓެހިންތަކަކާއި އެކު މާކިލް ވެސް ރަށުން ބޭރުގައި މިދުވަސްކޮޅު ވީކަން އެއީ އޭނާގެ ނަސީބެވެ. ނޫންނަމަ އޭނާ އުޅެންޖެހޭނެ ހާލެއް ޚިޔާލުކޮށްލަން ވެސް ދަތިވާނެއެވެ. މާމަގެއަށް ދިޔުމަށް ކޮޓަރި ތެރޭގައި […]
“އެފަޅީގައި ދެން އޭނަ ކޮންކަމެއް ކުރަން އޮންނާނީ… އޭރުގައި މިގޭގައި އެހާދިސާއެއް ހިނގިފަހުން އެއްވެސް މީހަކު އެފަޅިއަކަށް ނުދޭ…އަމުދުން މިހާރު ދިޔުމުގެ ބޭނުމަކީ ކޮބާ؟… އެންމެ ނުބައި ވައްތަރުގެ ގަސްތައް ހެދިބޮޑުވެފައި އެހުރީ… ހިރުނދާއި ދިއްގާ އާއި މަގޫ ގަސްތައް… މަ ނުބުނަންތަ އާސިރު ކައިރީގަ އެގަސްތައް ކަނޑާށޭ.. ކޮޓަރީގައި ހުރެ ކުޑަދޮރުން އެދިމާލަށް ނޭނގި ބަލާލެވުނަސް އަހަރެން ބިރުން އަވަދިވާވަރުވޭ… އަނެއްކާ ކަމެއްވީމަ ދޯ އެސޮރަށް ދެކަމު ދެވިފައި އޮންނާނީ…” މުޅިން ވެސް ފިރޯޒާގެ ޝަކުވާއެވެ. […]
“އެހެންތަ! އެހެންވިއްޔާ އަހަރެން އިންނަން ބޭނުމީ އަހަރެންގެ އާ މަމް އާ…. މައި ހޮޓް މަމް…. ހީން…. ރަޔާހީން ދެކެ އަހަރެން ލޯބިވަނީ. އަހަރެންނަށް ހީން ލިބުނުނަމަ އަހަރެންގެ ކަރުދަށުން ކަންފަތް ދަށުން މިކަހަލަ ނިޝާންތަކެއް ނުފެންނާނެ” މާކިލް ރަޔާހީންގެ އަތުގައި ހިފާ ދަމައިގަތުމާއެކު ރަޔާހީން ލުއި ފަތެއްހެން ގޮސް ތަތްލީ މާކިލްގެ މޭމަތީގައެވެ. ކިތަންމެ ގަޓުވެފައި ހުއްޓަސް ރަޔާހީންގެ ހިތުގައި ބިރުވެރިކަމެއް ހިނގާލިއެވެ. ރަޔާހީން ހިތް އެދެން ފެށީ އޭނާގެ އެހީތެރިޔާ އަވަހަށް އެތަނަށް ފާޅުވުމަށެވެ. […]
ކުރީގެ އަދަދާއި ގުޅޭ: އެވަގުތު، ރުޅިއައިސްފައި ހުރެގެން އަޑަށް ބާރުލާފައި، ޔަޒްދާންއަށް އެހެންބުނެވުނީ ބުނަންޖެހޭ ވަރަށްވުރެ މާބާރަށެވެ. އެހާ ބާރަށް ބުނުމުން ޝައިހާވެސް ބިރުންގޮސް ޒާރާގެ ފުރަގަހަށްވަދެ ފިލިއެވެ. މާބާރަށް އެހެން ބުނެފައި ޔަޒްދާންއަށް ރުޅިއިސްކުރެވުނުކަން ވިސްނުނީ އިރުކޮޅެއް ފަހުންނެވެ. އޭރު، އެތާ ތިބިމީހުންގެ ލޯތަށްވެސް އަމާޒުވެފައި ހުރީ ޔަޒްދާންއަށެވެ. ޒާރާވެސް ހުރީ ބިރުންހުރި ޝައިހާގެ ކޮނޑުގައި އަތުން ހިފަހައްޓައިގެންނެވެ. “ސޮރީ.. އެކަހަލަ އެއްޗެއް ބުނީމަ އަހަންނަށް ރުޅިއިސްކުރެވުނީ.. އެކަމަކު އަހަންނަކީ ތިހީކުރާ ކަހަލަ މީހެއް ނޫން..” […]
“އެނގޭތަ! އެކުއްޖާ އަށް ވެސް ކިޔަނީ ހީން….. ދޮންބެ ބުނީ އެކުއްޖާ އަށް އެނގޭނޭ ދޮންބެ ބަލިކަން. އެކަމަކު ރަނގަޅީ ގޮވާލަން ވެސް ނައިއްޔާއޭ…. ދޮންބެ މިހާރު ބޭނުމެއްވެސް ނޫނޯ… ދޮންބެ ފޫހިވެޔޯ…. ދޮންބެ ބަލި ރަނގަޅުވީމަ މާއްކޮ އަށް އެހެން ދައްތަ އެއް ގެނެސްދޭނަމޯ” މަހާ ގެ ވާހަކަތައް އަހާފައި ރަޔާހީނަށް ރޮވުނީ ކީއްވެ ކަމެއް ނޭނގޭއެވެ. އޭނާ ހިތުގައި ނުފިލާ ރިހުމެއް އުފެދުނުކަން ގައިމެވެ. ނަމަވެސް މަހާ ކައިރީގައި އިނދެ އެގޮތަށް އުޅެން ނުވާނޭކަން […]
“ބައްޕާ ފެންފޮދެއް. ބައްޕާ އުރާލަބާ….” އާއެނކެވެ. މާޒީވެ ގޮސްފައިވާ ދުވަސްތަކުން އެއްދުވަހެއްގައި ވަނީ ހަމަ އެޖުމްލަތައް އިރުފާނަށް އިވިިފައެވެ. އެކަން ހަނދާންވުމާއެކު އިރުފާން ކުރިއަށް ވުރެ ވެސް ބޮޑަށް ބިރުގަތެވެ. އޭނާ ނޭވާ ހޮޅިއަށް އެޅުނީއޭ ހީވެ ދެލޯ މެރެމުން ދިޔައެވެ. “އިރުފާން ތިހެން ނަހަދާ…. އަހަރެން ގެއަށް ފޮނުވާލާ…. މަގޭ ދަރިންކޮޅާއެކު މަ ހިނގައިދާނަން. އަހަރެން ދޫކޮށްލާ… ހެޔޮނުވާނެ………….ބައްޕާ ފެންފޮދެއް…….ބައްޕާ ފެންފޮދެއް…….” ރޮމުން ދިޔަ އަންހެނެއްގެ އަޑާއި އެކުވެގެން އެއިވުނު ކުޑަ ދެކުއްޖެއްގެ މައުސޫމް […]
***ނޯޓް*** މި ވާހަކައިގާ ހިމަނާފައިވާ އިރުވީންގެ ނަމާއި ރަޔާހީންގެ ނަން ބައެއް ކިޔުންތެރިންނަށް އޮޅުން އަރަމުންދާތީވެ އަންހެން ފިރިހެން ވަކިކުރަން ނޭނގޭ ކަމަށް ބުނެ ކޮމެންޓް ކޮށްފައިވާތީ މި ޕާރޓުން ފެށިގެން ‘އިރުވީން’ މިނަމުގެ ބަދަލުގައި ބޭނުންކުރާނީ ‘އިރުފާން’ މިނަމެވެ. ވީމާ މިކަން ހުރިހާ ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. ތަޅުލާފައި ހުރި ދޮރެއް ރަޔާހީން ހުޅުވީ ކިހިނެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. އަދިވެސް ތަޅުދަނޑި އޮތީ އޭނާގެ އިނގިލީގައި އަޅުވާލާފައެވެ. ރަޔާހީން މައިތިރިވީ އަމިއްލަ ކޮޓަރި އަށް […]
ކުރީގެ އަދަދާއި ގުޅޭ: “ދަރިފުޅާ ރޮނީތަ؟” ކޮޓަރި ދޮރު ހުޅުވާލިއިރު އެނދުމަތީގައި ޔަޒްދާން ރޯންއިން މަންޒަރު ފެނުމުން ވަފިއްޔާވެސް އަޖައިބުވިއެވެ. ވަފިއްޔާ ފުރަތަމަ ހީކުރީ އެއީ ޝައިހާ ސަމާސާއަކަށް ބުނި ވާހަކައެއް ކަމަށެވެ. ވަފިއްޔާގެ ފިރިމީހާ އާދަމް ނިޔާވިދުވަހު ފިޔަވައި، އެހެންޏާ އެގޮތަށް ޔަޒްދާން ރޯންއިންދައެއް ވަފިއްޔާ ނުދެކެއެވެ. “ޕިސް.. ޕިސް.. ޕިސް.. ބޮޑު ދޮންބެއެއް ހަމަ ރޮނީ..” ވަފިއްޔާގެ ފަހަތުން އައި ޝައިހާއަށް އަނެއްކާވެސް ޔަޒްދާން ރޯންއިންތަން ފެނުމުން، ޕިސްޕިސް ލައްވަމުން ލައްވަމުން، ޝައިހާ ނުކުތީ […]
“އަހަރެން މިއައީ ހުރިހާ ހަޤީޤަތެއް ކިޔައިދޭން.” ސާޝާ ބުނެލިއެވެ. އޭރު އެމޫނުމަތީގައިވާ މޮޅިވެރިކަން އެއްވެސް އިންސާނަކަށް ފޮރުވިފައެއް ނުވެއެވެ. ހައިރާންވެފައި ތިބެމެ އެންމެންވެސް ސާޝާގެ ވާހަކަތައް ޝައުޤުވެރިކަމާއިއެކު އަޑުއަހަމުންގެންދިޔައެވެ. “އަހަރެންނަކީ އޭރު ރާއްޖޭގެ ދެކުނުގައި ނަން މަޝްހޫރު ސިހުރުވެރިޔާ އަހަންމައިދީގެ އަތްދަށުވެފައިވާ ޖިންނިއެއް. އަހަރެންގެ ބައްޕަ އޭނާގެ ޚާދިމަކަށް އުޅުނުއިރު ދިމާވި ޙާދިސާއިން ސަލާމަތްކުރުމަށް އަހަރެން އޭނައާއި ކުރިމަތިލީ. ނަމަވެސް އޭނާގެ ފަރާތުން ބައްޕަގެ ފުރާނަ ސަލާމަތެއް ނުކުރެވުނު. އަދި އަހަރެން އޭނާގެ އަތްދަށުވީ. ދެން ޖެހުނީ […]