ނަމަވެސް ފަޅުރަށަކަށް އޯވަރ ނައިޓަކަށް ދާވާާހަކަ ބުނުމުން އައިދުންގެ މޫޑު އެއްކޮށް ޚަރާބުވިއެވެ. ޔަގީނެވެ. މިދަތުރުވެސް ވާނީ އޭނާއަށް ނާމާންކަމުން ފުރިގެންވާ ބިރުވެރި ދަތުރަކަށެވެ.
ޖެހިގެން އައި ހުކުރު ދުވަހެވެ. މެންދުރަށް ކެއްކުމުގައި މަލާކް ޝާންތާ އަށް އެހީވުމުގައި ބަދިގޭގައި އުޅުނެވެ. ދޭތެރެ ދޭތެރެއިން ކުޑަދޮރުން ބޭރުބެލޭތީ މަލާކް އިނީ އުނދަގޫވެފައެވެ. ކިތަންމެ ހިތްގައިމު ނަމަވެސް އެދިމާ ބަލާކަށް މަލާކް ބޭނުމެއްނުވެއެވެ. އެހެނަސް ހަމަ ބެލެނީއެވެ.
ފެންވަރައިގެން ހުކުރަށްދިޔަ އައިދުންއާާއި ކަމަރް އެނބުރި އައުމުން އެންމެން އެކުގައި މެންދުރުގެ ކެއުމަށް އިންސާފުކުރަމުން ދިޔައެވެ. ދަތުރުދާ ވާހަކަ ބުނީއްސުރެ އައިދުންގެ ހާސްވެފައިވާ ސިނކުޑިއަށް ލުއެއްނުލިބެއެވެ. ދެންވާާނެ ގޮތަކާއިމެދުގައި ހަމަ ވިސްނެނީއެވެ.
ސިކުނޑީގައި އަބަދުމެވަނީ ރަންޔާގެ ނަމެވެ. ރަންޔާ އެނބުރި އައި ގޮތަކާމެދުގައި އެހިތުގައި ސުވާލު އުފެދިފައި ވިއެވެ. އެރަށަށްއައި ފަހުން މަލާކާ އައިދުންގެ ގުޅުން ކޮންމެވެސް ވަރަކަށް ހީނަރުވެފައިވާާކަން އައިދުންއަށް ވިސްނުނެވެ. އެދުވަހުގެ އެ ހާދިސާއަށްފަހު އައިދުންއަށް މަލާކަށް ބެލެނީ ޝައްކުގެ ނަޒަރަކުންނެވެ. އެއީ ހަގީގަތުގައިވެސް މަލާކްކަން ޔަގީންނުވާހައި ހިނދެއްގައި އައިދުން މަލާކްއާ ގާތްވެސް ނުވެއެވެ. މަލާކަށްވެސް އައިދުންގެ ފަރާތުން މިފަދަ ބަދަލުތައް ފާހަގަވަމުން ދިޔަނަމަވެސް ސުވާލު ނުކުރަނީ އައިދުން މާއެދެވޭ ޖަވާބެއް ނުދޭނެކަން އެނގޭތީއެވެ. މަލާކް އުއްމީދުކުރީ މިދަތުރުގެ ސަބަބުން އެދެމީހުންގެ ހީނަރުވެފައިވާ ގުޅުން ބަދަހިވާނެކަމަށެވެ.
މަލާކް އައިފަހުން އެބަންދުކޮޓަރީގައި އޮންނަ މީހާއަށް ކާންދިނުން ޝާންތާ އާ ކަމަރްއަށް ވަނީ ދަތިކަމަކަށްވެފައެވެ. ކޮންމެ ފަހަރަކުވެސް ކާތަކެތި ހިފައިގެން ދާންޖެހެނީ މަލާކް ފެންނަހިސާބުގައި ނެތްކަން ޔަގީންކޮށްފައެވެ. ކުޑަކޮށްވެސް މަލާާކަށް ޝައްކުވެއްޖެނަމަ އައިދުން އެމީހުންގެ ދުވަސް ދުއްވައިލާނެއެވެ. ވަޒީފާއިން ވަކިކުރާނެއެވެ. އެހެންވާކަށް އެކަކުވެސް ބޭނުމެއްނޫނެވެ. އެކޮޓަރީގައި ވާމީހަކީ ކާކުން ނޭނގުނަސް ވަޒީފާ ބޭނުންވެފައި ތިބިވަރުން ދެމީހުންވެސް އެމީހަކު ބެލެހެއްޓުމަށް އެއްބަސްވީއެވެ.
ޖެހިގެންއައި ހޮނިހިރު ދުވަހު ފަތިހުފަތިހާ އެންމެން ދަތުރަށް ދައްޔާރުވުމަށްޓަކއި އައިދުންގެ ގެއަށް ދިޔައެެވެ. އާކިފްގެ ދެމަފިރިންނާއި އައިދުންގެ ދެމަފިރިންގެ އިތުރުން ދަތުރުގައި އާކިފްގެ ރަށްޓެހިން ގިނައަދަދަކަށް ބައިވެރިވިއެވެ. އޯވަރނައިޓެއް ކަމުން ގިނައީ ހުސް ފިރިހެންކުދިންނެވެ.
ޕިކަޕް އައުމުން އެންމެން އަވަސްވެގަތީ ޕިކަޕަށް އެރުމަށެވެ. ހުރިހައި އެންމެން އަރައިހަމަޖެހުމުން ޕިކަޕް ދުއްވައިލީ ރަށުގެ ބަނދަރާ ދިމާއަށެވެ. ދޯނިކައިރިއަށް ޕިކަޕް މަޑުކުރުމާއެކު އެންމެންފައިބައި ދަތުރަށް ގެނައި ސާމާނުތައްވެސް ޕިކަޕުން ބޭލުވިއެވެ.
ފުންކަނޑާއި ދިމާއަށް މަލާކް ނަޒަރު ހުއްޓައިލިއެވެ. ޖެހިލާާ ފިނިވައިރޯޅިން ހިތްތަކަށް ހަމަޖެހުން ގެނުވަން މަސައްކަތްކުރަމުން ދިޔައެވެ. ރަށުގެ ބަނދަރުމަތީގައި އެކި ކަންކަމުގައި މީހުން ހަރަކާތްތެރިވަމުން ދިޔަމަންޒަރު ފެނުމުން މަލާކްއަށް ހިނިތުންވެލެވުނެވެ.
ދޯންޏަށް ހުރިހައި ސާމާނުތަކެއް އަރުވައި ހަމަޖެހުމުން އެންމެން އެރިއެވެ. ދޯނި ނައްޓައިލީ އެރަށް ގާތުގައި އޮތް ކުޑަ ފަޅުރަށާ ދިމާއަށެވެ.
ދޯނިމަތީގައިވެސް ފިރިހެންވެރިންނަކަށް ހިމޭނުންނެއްް ނުތިބެވުނެވެ. އެތަނުން އެކަކު ކާންގެންދިޔަ ބިސްކޯދު ޑަބިޔާ ނަގައި އޭގައި އަތުންތަޅަމުން ތޫލިއަޑަކުން ލަވަކިޔަން ފެށުމާއެކު މުޅި ދޯނިތެރެ ހަލަބޮލިވެގެން ދިޔައެވެ. އެއްބަޔަކު އަތްޖަހަމުން ދިޔައިރު އަނެއް ބަޔަކު ތެދުވެ ނަށަންވެސް ފަށައިފިއެވެ. ނަށަން ނޭނގުނެއް ކަމަކު އާކިފްވެސް ތެދުވެ ފާޑެއްގެ ބަނޑިބަނޑިތަކެއް ލައްވަމުންދިޔައެވެ. މިތަންފެނި މަލާކާ ނީމް ތިބީ ހީހީ ހަލާކުވެފައެވެ.
ހުރިހައި އެންމެނާ ދުރުގައި އިނށީދެލައިގެން އައިދުން ހުއްޓެވެ. ފޫހިވެފައެވެ. ބިރުގަނެ ޖެހިލުންވެފައެވެ. ދަތުރުނާދެވުނު ނަމައޭވެސް ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް މަލާކްގެ އުފަލަށްޓަކައި އޭނާ އެއްބަސްވީއެވެ.
ކަނޑުން އުފެދެމުންދިޔަ ކުދިކުދި ރާޅުބާނިތަކަށް ގެއްލިފައި އައިދުން ހުއްޓުވެ. އެހެނަސް އެގޮތުގައި ހުރެވުނީ މަދު ސިކުންތުކޮޅަކަށެވެ. އޭނާގެ ކަންފަތްކައިރީގައި މީހަކު މަޑުމަޑުން އޭނާގެ ނަމުން ގޮވާލިއެވެ. ބަލާލިއިރު އެކަކުވެސް އޭނާގެ ގާތުގައެއް ނެތެވެ. އޭނާގެ ފަހަތުގައި މަލާކްމެންވެސް ސަކަރާތްޖެހުމުގައި އުޅެއެވެ. ހީވިގޮތެއް ކަމަށް ބަލައި އަނެއްކާާވެސް އައިދުން ކަނޑާދިމާއަށް ނަޒަރު ހުއްޓައިލިއެވެ.
އުފެދެމުންދިޔަ ކުދިކުދި ބާނިތަކުގެ ތެރެއިން ފާޅުވަމުންދިޔަ ކަޅުއެއްޗެއް ފެނުމުން އައިދުންއަށް ހުރިތަނުން ކުޑަކޮށް ފަހަތަށް ޖެހިލެވުނެވެ. ބަލަބަލައި ހުއްޓާ ކަނޑުގެ ލޮނުގަނޑުގެ ތެރެއިން މައްޗަށް އެއެރީ ރަންޔާއެވެ. އައިދުންއަށް ދެލޯބޮޑުކޮށްލެވުނެވެ. މިވަނީ ކިހިނެއްހެއްޔެވެ؟
ކަނޑުތެރެއިން އެރިނަމަވެސް ރަންޔާގެ ގައިގައި ފެންތިއްކެއްހައި ހިސާާބުވެސް ނެތީތީ އައިދުން ނިކަން ހައިރާާންވިއެވެ. އޭނާއަށް ހީވާގޮތެކޭ ހިތަށްއަރައި ދެފަހަރަކު މޫނުމަތީގައި އަތްއުނގުޅައިލުމަށްފަހު އައިދުން އަނެއްކާވެސް ބަލައިލިއެވެ. އެހުރިތަނުގައި އޭރުވެސް ރަންޔާ ހުއްޓެވެ. އައިދުންގެ މޫނަށް ނަޒަރު ސީދާކޮށްލައިގެންނެވެ.
ރަންޔާގެ ލޮލުން ހިމަ ރޮނގެއްހެން ލޭކަރުނަ ފައިބަމުން ކަނޑުގެ ލޮނުގަނޑާ އެއްވަމުންދިޔައެވެ. ބުނާނެއެއްޗެއް ނޭނގިފައި ގަބުވެފައި އައިދުންއަށް ހުރެވުނީއެވެ. އިސާހިތަކު އެލޭކަރުނަތަކުން އައިދުން ވަށައިގެންވި ބޮޑު ކަނޑު ރަތްލޭކުލައަށް ބަދަލުވެގެން ދިޔައެވެ. މިމަންޒަރުފެނި އައިދުންއަށްހީވީ އޭނާގެ ބޮލަށް އެނބުރުންއަރައިގެން ދިޔަހެންނެވެ. ދެލޯމަރައި ބާރުކޮށްލަމުން އަޑުގެ ނެތްތަނަށް ހަޅޭލަވައިގަނެވުނެވެ.
އައިދުންގެ ހަޅޭކުގެ އަޑަށް ސަކަރާތުގައި ތިބިމީހުން ސިހިފައި ބަލައިލިއެވެ. އޭރު މޫނުމަތީގައި ދެއަތްއަޅައިގެންހުރެ އައިދުން ބާރަށް ހަޅޭލަވަމުންދިޔައެވެ. މަލާކްއަށް އިނދެވުނުތަންވެސް ނޭނގުނެވެ. އައިދުންއަށް ކަމެއްވީއޭ ހިތައި އަވަސް އަވަހަށް އައިދުންގެ ގާތަށް ދިޔައެެެވެ. ދެންތިބިމީހުންވެސް މަލާކްގެ ފަހަތުން އައިދުން ގާތަށް ދިޔައެވެ.
“އައިދު. އޭތް އައިދު. ކިހިނެއްވީ؟ އައިދު ލޯހުޅުވަބަލަ. ކިހިނެއްވީތަ؟” ހާސްވެފައި އިން މަލާކް އައިދުންގެ މޫނުގައި މަޑުމަޑުން ތަޅައިލަމުން ގޮވާންފެށިއެވެ. އައިދުން މަޑުމަޑުން ދެލޯހުޅުވައިލައި ކަނޑާދިމާއަށް ބަލައިލިއެވެ. މިހާރު އެތަނަކު ލޭގެ އެއްވެސް ނިޝާނެއްނެތެވެ. ރަންޔާވެސް ފެންނާކަށް ނެތެވެ.
އައިދުން މަލާކްގެ މޫނަށް ބަލައިލުމަށްފަހު އޭނާާގެ ޖަވާާބަކަށް އިންތިޒާރުކުރަމުންދިޔަ އެންމެންގެ މޫނަށް ބަލައިލިއެވެ. ދޭނެ ޖަވާބަކާއިމުދުގައި އައިދުން ވިސްނަމުން ދިޔައެވެ.
“ކަމެއް ނުވޭ. ތިމީހުން މާފޯރީގަ ތިބިތަންފެނި ހަމަ ހިތަށްއެރީ ބިރުގަންނަވާލާނީއޭ.” ވަރަށް ވިސްނުމަަށްފަހު ހިނިގަނޑެއް ޖަހައިލަމުން އައިދުން ދިން ޖަވާބުން އެންމެންގެ ހާާސްވެފައިވާ މޫނުތަކަށް ހިނިތުންވުން ވެރިވެގެންދިޔައެވެ.
“އައިދު ހާާދަ ގޯހޭ.” އައިދުންގެ ގައިގައި ޖަހައިލަމުން މަލާކް ބުނެލިއެވެ. “ހޫން ދެންހެވޭ. އަހަރެމެން ހަމަ ރަނގަޅަށްވެސް ބިރުގަނެއްޖެ. ދެން ތިތާ ނީނދެ އައިސްބަލަ އަހަރެމެންނާ ބައިވެރިވެލަން.” ހިނިގަނޑެއް ޖަަހައިލަމުން އާކިފް މަޖާވެލައިފައި ބުނެލިއެވެ. އައިދުންވެސް އެމީހުނާއެކު ދިޔައީ އެކަނި ހުންނަން ބިރުގަންނާތީއެވެ.
ދޯނިގޮސް ރަށުގެ ފަޅުތެރޭގައި އިސްކޮޅުޖެހޭ ހިސާބު އެޅުމަށްފަހު ވާގެންގޮސް ކައިރީގައި ހުރި ރުކެއްގައި އާކިފް އައްސައިލިއެވެ. އެއާއެކު އެންމެން ދޯނިން ފައިބައިގެން އެއްގަމާ ދިމާއަށް ހިނގައިގަތެވެ. ފިރިހެންވެރިންތައް ގެނައި ސާމާނުތައް ބައިލަމުން ދިޔައެވެ.
އެރަށަށް އެރުމުން މަލާކަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ފެހިކަންގަދަ ގަސްތަކާއި ހުދު ބޯކިރުކޮޅެއްފަދަ ދޮންވެލިގަނޑުން ރަށަށް އިތުރު ހިތްގައިމު ކަމެއް ލިބިފައިވެއެވެ. ސާފު ބިއްލޫރިކޮޅެއްފަދަ މޫދު އިރުގެ ރަންއަލިން ވިދައި ބަބުޅަމުންދިޔައެވެ. ގުދުރަތުގެ މިފަދަ ރީތިމަންޒަރުތަކަކީ މަލާކް އަބަދުވެސް ވަރަށް ގަޔާވާ މަންޒަރުތަކެކެވެ. މިފަދަ ރަށަކުން ނޫނީ ހަގީގީ ގުދުރަތުގެ ރީތިކަން ފެނުމަކީ ވަރަށް ނާާދިރުކަމެކެވެ.
ހުރިހައި އެއްޗެއްހަމަވުމާއެކު އަންހެންވެރިން ސައި ހެދުމުގައި އަވަދިނެތި އުޅެގަތެވެ. އައިދުންމެންވެސް އެމީހުންގެ ގާތުގައި ޖައްސައިލައިގެންތިބެ އެކިއެކި މަޖާ ވާހަކަދައްކަމުން ދިޔައެވެ. ސައި ތައްޔާރުވުމުން އެންމެން އެކުގައި ސައި ބޮއެގެން ހިނގައިގަތީ ރަށުތެރެ ބަލައިލާށެވެ. އައިދުންގެ އަތުގައި ހިފައިގެން އިނދެ މަލާކްވެސް ހިނގަމުންދިޔައީ ހިނިތުންވެފައި އިނދެގެންނެވެ. މިއީ މިކަހަލަ ދަތުރެއްގައި މަލާކް ބައިވެރިވި ފުރަތަމަ ފަހަރުކަމުން އޭނާާއިނީ ވަރަށް ހިތްހަމަޖެހިފައެވެ.
އައިދުންމެންގެ ކޮންމެ ކަމަކަށް ފާރަލަމުން ބީނިޝް ދިޔައެވެ. އެމީހުންގެ ފަސްފަހަތުން ހިނގަމުންދިޔަ ބީނިޝް ދިޔައީ އައިދުންއާ ދިމާއަށް ނަފުރަތުގެ ނަޒަރުތަކުން ބަލަމުންނެވެ.
ފަހަތުން މީހަކު އަންނަހެން އައިދުންއަށް ހީވީ ކީއްވެކަމެއް ނޭނގެއެވެ. ފަހަތަށް އެނބުރި ބަލައިލެވުނެވެ. ފަހަތުން ހިނގައިފައި އަންނަ ރަންޔާ ފެނުމުން އައިދުންއަށް އަވަސް އަވަހަހަށް އަނެއްފަރާތަށް އެނބުރެވުނެވެ. ދެންފަހަތް ނުބެލުމަށް އަޒުމުކަނޑައަޅައިގެން ހުރެ އައިދުން ހިނގަމުންދިޔައެވެ.
“އައިދުން.” އޭނާގެ ވައަތްފަޅިން އިވުނު އަޑުން އައިދުން ބަލައިލިއެވެ. އޭރު ރަންޔާ ހުރީ އޭނާގެ ދާާދިގާތުގައެވެ. އައިދުންއަށް ސިހިފައި ހުއްޓެވުނެވެ. މަލާކްވެސް އައިދުން ހުއްޓުމުން ހުއްޓުނެވެ. އަދި ސުވާލުގެ ނަޒަރަކުން އައިދުންއަށް ބަލައިލިއެވެ. ގަދަމުންކަހަލަ ގޮތަކަށް މަލާކަށް ހިނިތުންވެލުމަށްފަހު އައިދުން އަނެއްކާވެސް ހިނގައިގަތެވެ.
“ކިހިނެއްވީތަ އައިދު؟ ކީއްވެ ހުއްޓުނީ؟” މަލާކަށް ކެތްނުވުމުން އަހައިލިއެވެ. އައިދުން ދެފަރާތަށް ބޯހޫރުވައިލީ ކަމެއް ނުވެއޭ ބުނުމަށެވެ. ފާޑަކަށް އައިދުންގެ މޫނަށް ބަލައިލުމަށްފަހު މަލާކް ހިމޭންވިއެވެ. މަލާކްގެ މިލައިގެންދިޔަ ދޮންމޫނު ފެނުމުން އައިދުން ހިތުގައި ޖެހުނެވެ. އެހެންވެ ކުރީގައި ހިނގައިފައިހުރި މަޖާ އެކިއެކި ވާހަކަ މަލާކަށް ކިޔައިދެން ފެށިއެވެ. އޭނާއަށް ކުޑައިރު ކުރެވިފައިހުރި ހެއްވާ މަޖާ ވާހަކަތައް ކިޔައިދޭން ފެށުމުން މަލާކަށް ހެވުނެވެ. އެތަންފެނި އައިދުންގެ ހިތްހަމަޖެހުނެވެ. އޭނާގެ ސަބަބުން މަލާކް ދެރަވާކަށް އައިދުން ނޭދެއެވެ.
ރަށުގެ މެދެއްހައި ހިސާބަށް ދެވުނުތަނާ ކުރިމަތިން ފެންނަންހުރި ބޮޑުގަހެއްގެ ގޮތްޕެއްގައި އިނށީދެލައިގެން އިން ރަންޔާ އައިދުންގެ ލޮލުގައި އަޅައިގަތީ ކުއްލިއަކަށެވެ. ނަމަވެސް މިފަހަރު އޭނާގެ ފަރާތުން އެއްވެސް ކަމެއް ނުދައްކައިވޭތޯ ބަލަމުން އައިދުން ކުރިއަށް ހިނގަމުންދިޔައެވެ. އެތަނުގައި އިން ރަންޔާ އިރުއިރުކޮޅާ އެކި ސިފައަށް ބަދަލުވަމުން ދިޔައެވެ. އެއްބައި ފަހަރަށް އޭނާގެ ރީތި ސޫރައިގައި އިންނައިރު އަނެއްބައި ފަހަރަށް އިންނަނީ ލެއިން ތަތްތެޅިފައެވެ. އަނގައިގެ ދެމިޔަކަނުންނާއި ލޮލާއި ކަރުން ހުއްޓުމެއްނެތި ލޭއޮހޮރޭތަން ފެނުމުން އައިދުންގެ ބޮލަށް އުނދަގޫވަމުން ދިޔައެވެ. އެހެނަސް ކެތްކޮށްލައިގެން ހުރެ އޭނާ ހިނގަމުން ދިޔައެވެ.
ގަހުގައި އިނދެފައި ކުއްލިއަކަށް ރަންޔާ ބިންމައްޗަށް ފުންމައިލިއެވެ. އެތަނުގައި ހުރި ގާތަކުގައި ޖެހުމާއެކު މުޅި ބިންމަތީގައި ލޭގެ ކޯރެއް އުފެދިގެން ދިޔައެވެ. އެތަންފެނި އައިދުން ތުރުތުރުއަޅައިގަތެވެ. މަލާކްގެ އަތުގައި ބާރަށް ހިފަހައްޓައިލުމަށްފަހު ހިނގުން މަޑުޖައްސާލިއެވެ.
“އައިދު. އަޅެކިހިނެއްތަ ތިވަނީ އިރުއިރުކޮޅާ؟ ބުނެބަލަ. އޭރަށްނު އަހަރެންނަށްވެސް އެހީއެއްވެވޭނީ.” ހިތްހަމަނުޖެހިފައި މަލާކް ބުނެލިއެވެ. އައިދުން އެހުރިގޮތަށް ހުއްޓެވެ. މުޅިމީހާގެ މޫނުމަތީގައި ދާތިކިތައް ވިދައި ބަބުޅަމުން ދިޔައެވެ.
“ކަމެއް ނުވެއޭ މަލް. ކުޑަކޮށް ހޫނުވަން ހެދީމަ.” މޫމުތީގައި ހިއްލައިފައިހުރި ދާތިކިތައް ފުހެލަމުން އައިދުން ބުނެލިއެވެ. “އެކީއްވެ ހޫނުވާންވީ؟ ނުލާާހިކު ފިނި ރޯޅި އެބަޖެހޭ. ގައިމު އަަހަރެންނަކަށް ހޫނެއްނުވޭ. ދެންކީއްވެ އައިދުއަށް ހޫނު ވާންވީ؟” އައިދުން ދެއްކި އުޒުރެއް މަލާކްއަކަށް ގަބޫލެއްނުކުރެވުނެވެ.
“އައިދު އަހަރެންނަށް ކަމެއް ސިއްރުކުރަނީތަ؟” ޝައްކުގެ ނަޒަރަކުން އައިދުންއަށް ބަލައިލަމުން މަލާކް އަހައިލިއެވެ. ” ނޫން. ދެން މަލް. އަހަރެން ކީއްވެ މަލްއަށް ކަމެއް ސިއްރުކުރަންވީ؟ ތީމަގޭ އަނބިމީހާއެންނު.” އައިދުން ހަމަޖެހިލަން މަސައްކަތްކުރަމުން ބުނެލިއެވެ. “އެކަމެއް ނޭނގެ. މިރަށަށް ލެފީއްސުރެ އައިދު އުޅެނީ ވަރަށް ފާޑަކަށް.” ދެރަވެލައިފައި މަލާކް އެހެންބުނެލުމުން އައިދުންވެސް ހިތުގައި ޖެހުނެވެ. “ސޮރީ. ދެން އެހެންނުވާާނެ.” މަލާކްގެ އިސްޖެހިފައިވާ މޫނުގައި ހިފައި އުފުލައިލަމުން އައިދުން ލޯބިން ބުނެލިއެވެ.
ހިނިތުންވެލުމަށްފަހު މަލާކް ބޯޖައިލީ އައިދުންގެ ވާހަކަ ގަބޫލުކުރަމޭ ބުނާފަދައިންނެވެ. އެއަށްފަހު ދެމީހުން އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ.
އެގަސްހުރި ހިސާބާާ އަރައި ހަމަވުމަށްފަހު އައިދުން ބިންމަތި ބަލައިލިއިރު ލޭކޮޅެއްގެ ނިޝާނެއްހައި ހިސާބުވެސް ފެންނާކަށް ނެތެވެ. ހައިރާންވި ނަމަވެސް އެކަން މޫނުމަތިން ނުދައްކައި އައިދުން ހިނގަމުން ދިޔައެވެ.
މެންދުރުގެ ކެއުމަށްފަހު އެންމެން މޫދަށް އެރެން ދިޔައެވެ. މަލާކްވެސް އައިދުންއާ އެކު މޫދުތެރޭގައި ސަކަރާތްޖަހަމުން ދިޔައެވެ. އައިދުންވެސް މަޖާާވެލައިފައި އުޅުނުއިރު ހެނދުނުގެ ހާާދިސާ ހަނދާންހުރިހެނެއް ހިޔެއްނުވެއެވެ.
މިމަންޒަރުތައް ބަލަން ތަންކޮޅެއްދުރުގައި ބީނިޝް އިނެވެ. އައިދުންގެ މޫނުމަތިން ފެންނަމުންދިޔަ ކޮންމެ ހިނިތުންވުމަކާއެކު ބީނިޝްގެ ހިތުގައި ނަފުރަތުގެ ހުޅު ރޯވެ އަނދައިގަނެއެވެ. މިދަތުރު ނިމުމުގެ ކުރިން އައިދުންއަށް ރަނގަޅު ލަނޑެއްދޭނަމޭ އޭނާާގެ ހިތަށް އަރަމުން ދިޔައެވެ. ކުރިއަށް ދެންއޮތީ ރޭގަނޑެވެ. ބީނިޝްގެ ޕްލޭނާާ އެއްގޮތަށް ކަންތައްކުރިއަށް ގެންދެވޭނީ ރޭގަނޑުވުމުންނެވެ.
މޫދުތެރޭގައި އެތަށްއިރަކު އުޅުމަށްފަހު އެންމެން އެއްގަމަށް އެރީ ވެފައިވާ ވަރުބައްޔާާއެކު އަރާާމު ކޮށްލުމަށެވެ. އޭރު އިރުއޮއްސެންވަނީ ކައިރިވެފައެވެ.
އެންމެން އެކުގައި އިރުއޮއްސުމުގެ ކުރިން ޓެންޓްތައް ޖަހައިނިންމައިލިއެވެ. ގަޔަށް ރީތިފެންއަޅައި ތެތްއެއްޗެހި ބަދަލުކުރުމުގައި ކޮންމެ މީހަކުވެސް ހަރަކާާތްތެރިވަމުން ދިޔައެވެ.
އިރުއޮއްސުމާއެކު މުޅިމާހައުލަށް އަނދިރިކަން ވެރިވެގަތެވެ. ގަސްތައްބޯކަމުން އެތަން ދައްކަނީ ވަރަށް ނާާމާންކޮށެވެ. ހަނދުވަރުނުދޭ ކަޅުފޮއެ ރެއެއްކަމުން ތަނެއްދޮރެއްވަކިވާާވަރެއް ނޫނެވެ. އާާކިފްއާއި ދެތިން ކުއްޖެއް އެއްވެގެން ބޮޑު އަލިފާާންގަނޑެއް ރޮއެކުރިއެވެ. އެއަލިފާާންގަނޑު ވަށައިގެން ކޮންމެ މީހަކުވެސް އިނށީނެވެ. އަދި އެހައި ބަނޑުހައިނުވާތީ އެކަކުވެސް ކެއުމާވެގެންނެއް ނޫޅެއެވެ.
އެކިއެކިވާާހަކަ ދައްކަމުންގޮސް އެތަނުން އެކަކު ބިރުވެރި ވާހަކައެއް ކިޔައިދޭން ފެށުމުން އެންމެން ހަމަހިމޭން ވިއެވެ. ބިރުން ވިރިވިރި އިން ހާލުގައިވެސް މަލާކްވެސް އެވާހަކަ އަޑުއަހަމުން ދިޔައެވެ. އެވާާހަކައިގެ ސަބަބުން އުނދަގޫވީ އައިދުން އަށެވެ. ވަށައިގެން ހޯދަންފެށުނީ ބޭއިޚުތިޔާރުގައެވެ.
“އަހަރެންތަ ތިހޯދަނީ؟ މިއިނީ މިގަހުގެ ގޮފިގަނޑެއްގަ؟” ފަރާާތްފަރާތް ހޯދަމުންދިޔަ އައިދުންގެ ކަންފަތުގައި ޖެހުނީ ރަންޔާާގެ އަޑެވެ. ކިތަންމެ މަޑުން ބުނި ނަމަވެސް އައިދުންއަށް އެއަޑު ސާާފުކޮށް އިވުނެވެ. ކުރިމަތީގައި ހުރި ގަހަށް އައިދުންއަށް ބަލައިލެވުނެވެ. އެވަގުުތު އެގަހުގައި އިން ރަންޔާ ފެނުމާއެކު އައިދުންގެ ލޯލިތައް ކޮޅަށްޖެހިގެން ދިޔައެވެ.
އަނދިރީގެ ތެރޭގައިވެސް ރަތްކުލައިން ދިއްލިފައިވާ ރަންޔާގެ ދެލޯ އައިދުންއަށް ފާާހަގަވިއެވެ. އައިދުން ބަލައިލުމާއެކު އޭނާ ހީލިއެވެ. އެއާާއެއްކޮށް އޭނާގެ މުޅީ އަނގައިން އޮހޮރިގަތީ ރަތް ލެޔެވެ. ހުދުދަތްތައްވެސް ރަތް ލެއިން ފަވައިލައިފައިވާ ކަހަލައެވެ. އައިދުންއަށް ހިންދިރުވައި ލެވުނެވެ.
74 Comments
Comments are closed.
Assalaam alaikum all.. Here is the fifth part of this stry.. Hope u all will like this part too.. Hv a nice day.. Ly all.. ?❤
My first tha
Yes binnu.. U first..
Me first dhw vvv reethi btw aidhun gos nukurahchey
Thanks ayersha?
Really this story is very nice????????
Thank u soo much sana?❤
naufa thy kudahuvadhoo kuhjjehtha?
Yes
Oh.. salhi.. me 2 naufa.. ??
Really? Happy vehje rashu kuhjakaa dhimaavyma.. ?❤
Yeaaa… me 2.. vrh happy vejje
Thanx Nau nd vvv salhi ❤❤
Thanks xee❤
V v v reethi ? Dhigukoh genesdhineethi v v bodah thanks
Thanks shaa❤
V v v v reethi ekamaku maa kuru ☺☺☺☺☺☺
Thanks kokaa?
Best…vv reethi….naufa waiting ingey
Thank u lam❤
Reethi
Thanks iz
varah reethi ingeh, hama best.. nxt part thankolheh dhigukohlahchey 🙂 now this is becoming more interesting.. wow.. keep it up.. waiting for nxt part 🙂 🙂
Thank u soo much $jk❤
you are most welcome dear 🙂 🙂
Reecheyy!! Tell us what aidhun did to this ranyaa girl thankolhe avaha… Plax
Thanks❤
Varah reethi ingeh
Thank u❤
varah salhi mi part ves.☺️.this story is amazing naufa..aidhun ranyaa ah kihineh baa ehedhy..misuvaalu hitha araairah varah intresting vey mi story kiyaalan…ehennoonas biruveri storys ah interest hurey click ge.??waitting
Thank u click❤?
waiting for next part mi part ves varah reethi
Thank u❤
Vvv reethi nau kiyaahithun thibykudinnah mivaruves kuruvaane dhw ?? .
Hehe.. Thanks mamee❤?
Wow masha allah stry v v amazing?? whn nxt prt avaskolla dhechcheyplx plx , beenish mal aa eku ulhey kujjegge sifaiga mal kairi ah gos ekaherivelaafa mal ge husband ge vaahakathah kiyaadhybala noony aidhun ge sifaigaves dhevidhaane ennu dhw n kaakubaa room akah laa thalhulaagen e gengulheny emyheggevaahakaves kommesvgothakun mal ah angaidhybala plx plx avaskolladhybala can’t wait plx
Thanks khajja.. Ya dhw.. Lets see dhn beenish mal ah haqeeqai angaan hadhaa gotheh.. ❤❤
i am scared to death the scenes seem so real. waiting for the next part v reethi mi bai ves
Thank u❤
Vv reethi ingey vhk…dhn kaakutha e kotereegey bandu koggen emeehun egengulheny??❤?avahah up kohdhehchey..
Thanks dear.. In sha allah tmrw up kureveythw try kuraanan❤?
Hmm. It’s getting interesting.. well good work .. n wish ur dream will come true..
Thanks ixxxxxuunnn soooooooo much.. ?❤
Imsha thee kon gradehga ulhey kuhjeh.
Wowwwww… ?? vrh vrhh intresting.. adhi vrh salhiii… nxtt part vxx vrh vrh salhi vaane kamah unmydhu kurannn… proud to be your 3rd cousine.. naufa sis.. you are awesome…. luv u.. sis..
Thanks imsha.. Bt neenge thy konkuhjeh kamehvx.. Hehe.. Curious to knw.. Anyway family kan ingunyma v v happy vehje.. Thanks dear.. Luv u too.. ?❤
Awwww… cuuuute.. ☺☺ when i go to rashah.. insha allah vaane ingennn dhwww…. ??
hmm. u both are sis?? GREAT 🙂 🙂 🙂
Yes dear.. In sha allah.. Wud luv to meet u..❤
Next part in sha allah tmrw?
Ekam.. haaadha haa vaaa ryhcheyyy mi vaahaka… avahahh up koh dhechheyyyyyy…. pleeeeease…?
Yes.. In sha allah.. N thank u.. ?❤
okay nau 🙂 waiting for tomrw.. 😀
Thank u?
Masha allah.Keep it up Naufa
Thank u?
Mi part ves hama superb….this story is interesting..hama varah kiyaa hithum konme episode ehves kiyany..I appreciate your great work..your a great writer..It shows from your writing skills..??ly❤️
Thank u soo much dear.. Ly too?❤
sjk Korean thee haada heyovisny kujjeky thee anehka boy ehtha nuny girlehtha.v friend koh ulhy kuhjehkamah faahagakurevy .
haha.. i’m a girl actually. n thanks 🙂 mamee vx varh rangalhu advise thah dhinumuga. keep it up 😀
all should be friends i guess.. try not make an enemy … 🙂
ekuveri kiuntherinny mi koteryga miulhy meehaky kaakuthoves balanvehjennu dhw …hyvanee kaakuhen..??
Ehgothakahvx neynge hama.. nau predict nukuraa gothakahvx genesdhyfaane dho nau.. hehe .. lets see. so curious to see 🙂
Naufa… miadhu story liyan hadhaigen dhemme mi kiyunee. V reethi. E kotaryga ei girl ehtha boy ehtha????
Boy eh dhw
Thank u maroon.. Lets see dhw?❤
omg… ushaali ge vahaka r varah vahtharu. e vahakai ga ves ulheynee maruge badhalu hifan ulhey jinni eh. adhi kotari eh ga thalhulaafa bandhukoffa ves ehaa dhuvahu meehaku huri. anekka e vahakaiga ulhey jinni rueema faibaany blood. varah ehgoi. oheevany mi vahakaiga ves room ga bandhu koffa eynee ranya ge maruge hageegai engey konmes meehaku hen. huvaa varah varah vahtharu. mi vahaka ah kuraa furathama comment mee…. mee ihththifaagakah viyya buneveynee omg ey….
naufa ushaali ge story nukiyanya dhen vedhanenu me english novel eh ge copy kamah ves???? dhekudhin ves copy kureee?? varah faahga kureve kame…english novels ge copy thah vv gina
No dears.. This is nt a copy.. N e jinni ge lolun ley karuna faibany ey jehiyas it dsnt it is cryin ey.. Eythi aslu aidhun birugannavan kuraa kameh e ee.. N ya.. Room ga e othy maruge haqeeqah ingey myheh nun.. Fahu parts thakun e ee kaakukanvx ingeyne..Dhn lets see dhw who that person is..
N yes i dnt read eng stries that much.. N eng biruveri vaahaka nus kiyan adhi eh.. Hama ekani lwbige vaahaka ekani ky.. So i dunno.. Vedhaane meegeyaa ehgoi kameh huri stry eh onnany kamahvx.. I dunno.. I didnt read any.. N this is my own idea.. Ehvx ehchakun copy kohfa eh nuvaane. Wait till end n u will knw the difference.. ?
Varah reethi mi vaahaka kuriyhah dhaagoiy keep it up dear ?❤
Thank u aisha?❤
Story wrh reethi..? next part up warny kn irakun???
Thanks lil.. Nw up kohfa innaany?
Maa lahaa mi kiuny thee dhanna kujeh kudahuvadhoo