Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ހަވޭލީ (10)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
October 19, 2017 6 Mins Read
87 Comments

“އައްދޯ. ދޫކޮށްބަލަ. ތަދުވެޔޭ.” ރޮއެގަންނަމުން ރަންޔާ ވޭނީ އަޑަކުން ހަޅޭލަވައިގަތެވެ. އެއަޑުން މުޅި އެގެ ގުގުމައިގެން ދިޔައެވެ. “ތިހާ ފަސޭހައިން އަހަރެންގެ އަތްދަށަކުން ސަލާމަތެއް ނުވެވޭނެ.” ދަމާާފައި ގެންގޮސް ރަންޔާާ އެނދުމައްޗަށް ހޫރައިލަމުން ރުޅިއައިސްފައި އައިދުން ހަޅޭލަވައިގަތެވެ.

މަލާކަށް ދެލޯބޮޑުކޮށްލެވުނެވެ. އޭރު އެދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. އޭނާގެ އައިދުންއަކީ ހަމަ އެހައި އިހާނެތިމީހެއް ހެއްޔެވެ؟ މަލާކަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ.

ދެންފެނުނު މަންޒަރަކުން މަލާކްއަށް އަނގަމަތީގައި އަތްއަޅައިލެވުނެވެ. ރަންޔާ ލައިގެންހުރި ހެދުމުގެ ކަރުގައި ހިފައި އައިދުން ހެދުން އިރައިލިއެވެ. އެއާއެކު ރަންޔާގެ ހަށިގަނޑުގެ ބޮޑުބައެއް ހާމަވެގެން ދިޔައެވެ. މަލާކަށް އެދިމާއަށް ދުއްވައިގަނެވުނީ ބޭއިޚުތިޔާރުގައެވެ. އައިދުން ކުރަން އެއުޅޭކަމެއް ކުރުމުން އޭނާ ހުއްޓުވުމަށެވެ.

“އައިދު. ކޮންކަމެއްތީ؟ ތިހެން ނުހަދާ ރަންޔާއަށް.” އައިދުންގެ އަތުގައި ހިފަން މަލާކް ނެގި އަތް ދިޔައީ އައިދުންގެ ގައިތެރޭން ލައިފައެވެ. މަލާކަށް ހުއްޓުންއެރިއެވެ. މިވަނީ ކިހިނެއްހެއްޔެވެ؟

އައިދުން އެނދުގެ ބެޑްޝީޓް ދަމައިގަތުމަށްފަހު ރަންޔާގެ މޫނުގައި ގައިގައި ހުރި ބާރެއްލައިފައި ޖެހިއެވެ. ރޮއެގަތް ރަންޔާގެ ތުންފަތް ފަޅައިގެންގޮސް ލޭއޮހޮރެން ފެށިއެވެ. އައިދުން ޖެހި ހިސާބު ދުޅަވެ ރަތްވެފައި ހުއްޓެވެ. ހަޅޭލަވަމުން ދިޔަ ރަންޔާގެ ކޮލުގައި ހިފުމަށްފަހު ރަންޔާގެ އަނގައަށް އައިދުން ބެޑްޝީޓް ކޮށްޕައިލިއެވެ. އަދި ދެއަތާއި ފައިވެސް ފޮތިގަނޑަކުން އައްސައިލިއެވެ. ރަންޔާ ބިރުގެންފައިވާވަރު އެމައުސޫމު މޫނުމަތިން އެކަނިވެސް އެނގެމުން ދިޔައެވެ. އެލޮލުން ހޯސްލައިފައި ކަރުނައިގެ މުތީމައް ފައިބަމުން ދިޔައެވެ. އައިދުންއަށް މިއިން އެއްވެސް މަންޒަރެއް ނުފެންނަކަހަލައެވެ.

ހިތްހަމަޖެހޭވަރަށް ރަންޔާ ހައްޔަރުކޮށްލުމަށްފަހު ޑްރެސިންގްޓޭބަލް މަތީގައި އޮތް ކަތުރެއްް ނަގައި އޭގެން ރަންޔާގެ ހުރިހައި އަންނައުނެއް ކަފައި ކުދިކުރަމުން ދިޔައެވެ. އެތަންފެނި މަލާކަށް ދެފަރާތައް ބޯހޫރުވަމުން ފަހަތަށް ޖެހެން ފެށުނެވެ.

އައިދުން ހިތްހަމަ ޖެހޭވަރުވީ ކަންނޭނގެއެވެ. ރަންޔާގެ ހުރިހައި އަންނައުނެއް އެހަށިގަނޑުން ވަކިވުމުން ނުލަފާ ފާޑަކަށް ހިނިތުންވެފައި ހުރެ އައިދުން ރަންޔާގެ ހަށިގަނޑަށް ނަޒަރުހިންގައިލިއެވެ. އަދި މަޑުމަޑުން އޭނާލައިގެން އިން ކޯޓާއި ގަމީސް ބައިލަން ފެށިއެވެ. ގަތްލަދެއްގެ ބޮޑުކަމުން މަލާކަށް މޫނުމަތީގައި އަތްއަޅައިލުމަަށްފަހު އަނެއްފަރާތަށް އެނބުރެވުނެވެ.

ރަންޔާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކުން އޭނާ އެކަމާ ނުރުހޭވަރު ހާމަވަމުން ދިޔައެވެ. ނަމަވެސް ރަންޔާގެ ހަށިގަނޑަށް ފެންބޮވައިގަނެފައިވާ އައިދުންއަށް މިއިން އެއްވެސްކަމެއް ނުފެންނަކަހަލައެވެ. ދެލޯމަރައި ބާރުކޮށްލައިގެން ރަންޔާއޮތީ ދެން އޭނާއަށް ސަލާމަތްނުވެވޭނެކަން އެނގޭތީއެވެ.

އިރުގަނޑެއް އެގޮތުގައި ވޭތުވުމަށްފަހު އައިދުން ވާހަކަދައްކާ އަޑަށް މަލާކް އެދިމާއަށް އެނބުރިފައި ބަލައިލިއެވެ. “އަހަރެން ހިޔެއްނުކުރަން ތީ ތިހައި ފޮނި މީރު މަލެއްކަމަކަށް.” މަސްތީނަޒަރަކުން ރަންޔާއަށް ބަލަންއިނދެ ގަމީސްލަމުން އައިދުން ބުނެލިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ ހުއްޓުން އަރައިފައި ރަންޔާ އޮތެވެ. އޭރުވެސް އެއްވެސް ހިފެހެއްޓުމެއްނެތި އެލޮލުން ކަރުނަ ފައިބަމުންދިޔައެވެ.

ރަންޔާ ވާހަކަނުދެއްކުމުން އައިދުންއަށް ކަމަކު ނުދިޔައެވެ. ރަންޔާގެ އަނގައަށް އޭނާ ކޮށްޕައިލި ފޮތިގަނޑު ނެގުމަށްފަހު އެތުންފަތުގައި އައިދުން ފިރުމައިލިއެވެ. އެއާއެކު ރަންޔާ އަނެއްފަރާތަށް މޫނު އަނބުރައިލިއެވެ.

“އަނގައިން ބުނެބަލަ ދެން. ތީ ނުލާހިކު އަނގަބޮޑު މީހެއްނު. ދޯ. ކިހިނެއްވަނީ ފުރަތަމަ ތަޖުރިބާ؟ ފައްކާދޯ. ނުބުންޏަސް އަހަރެންނަށް އެނގޭ ރަންޔާވެސް ތިއޮތީ ހިތްހަމަޖެހިފަކަން. އެހެންނު.” ރަންޔާގެ ކޮލުގައި ޝަހާދަތް އިނގިލިން ފިރުމައިލަމުން އައިދުން ރަންޔާއާ ކައިރިވެލިއެވެ. އެވަގުތު އައިދުންއާ ދިމާއަށް ކަޅިއަޅައިލި ރަންޔާ ބަލާކަށްނުހުރެ އައިދުންގެ މޫނަށް ކުޅު ޖެހިއެވެ.

ރަންޔާގެ މިއަމަލުން ސިހިގެންދިޔަ އައިދުން ރުޅިވެރިކަމާއެކު އަނެއްކާވެސް ރަންޔާގެ މޫނުގައި ޖެހިއެވެ. “އައްޗީޑި. ހާާދަ ހިތްމޮޅުވެގެންނޭދޯ ތިއުޅެނީ.” ރަންޔާގެ ދުލުގައި ހިފައި ދަމައިގަންނަމުން އައިދުން ހަޅޭލަވައިގަތެވެ. އެއާއެކު ވީތަދުން އެދެލޮލުން ކަރުނަ ނިރާލިއެވެ.

ރަންޔާގެ ދުލުން ދޫކޮށްލުމަށްފަހު އައިދުން ތެދުވިއެވެ. “ކަލެއަކަށް ތިހެން ސަލާމަތެއް ނުވެވޭނެ. އަހަރެންނަށް ތިދިން ކޮންމެ އަނިޔާއެއްގެ ބަދަލު އަހަރެން ހިފާނަން. ކަލޭގެ ހަގީގަތް އެންމެނަށް ހާމަކުރާނަން. ޕޮލިހަށް އަންގާނަން މިހުރިހާ ކަމެއް. ކަލޭ ބަދުނާމު ކޮށްލާނަން.” ރޮވިފައި ރަންޔާ އަޑުގެ ކޮޅަށް ހަޅޭލަވައިގަތެވެ.

“ކީކޭ؟ އަދިއެއްފަހަރު ބުނެބަލަ. ހާދަ ލަދުހަޔާތްވެސް ކުޑައޭދޯ. ކާންދޭއަތުގައި ދަތްއަޅަންތަ ތިއުޅެނީ؟ ބަލަ ކަލޭގެ ބައްޕައަށް ވަޒީފައި ދީފައި ބޮޑު މުސާރަދިނީ އަހަރެންނޭ.” އަނެއްކާާވެސް އައިދުން ރަންޔާގެ އަނގައަށް ބާރަށް ފިތައިލިއެވެ.

“އެހެންނޫނަސް ކަލެއަށް މިވާހަކަ މީހެއްގާތު ބުނެވޭނީ ކަލެއަށް ދުނިޔޭގައި ހުރެވިގެނެއްނު. ކަލެއަށް ހީވަނީތަ އަހަރެން މިހަގީގަތް ބަޔަކަށް އެނގެން ދޫކޮށްލާނެހެން. ބަލަ އަހަރެންވެސްމީ މޮޔައެއްނޫނޭ އަންހެެންކުއްޖެއްގެ ގަޔަށް އަރާފަ އެކުއްޖާ މިނިވަންކަމާއެކު ދޫކޮށްލާކަށް.” މަލާމާާތުގެ ފާޑަކަށް ހިނިގަނޑެއް ޖަހައިލުމަށްފަހު އައިދުން ބުނި ޖުމްލަތަކުން ރަންޔާ ތުރުތުރު އަޅައިގެން ދިޔައެވެ. ބޮޑުވެގެންދިޔަ ރަންޔާގެ ދެލޮލާއެކު މަލާކްގެ ދެލޯވެސް އިހުނަށްވުރެ ބޮޑުވެގެން ދިޔައެވެ. ފެންނަމުންމިދާ މަންޒަރުތައް ގަބޫލުނުކުރެވިފައި ހުއްޓުންއަރައިފައި މަލާކަށް ހުރެވުނީއެވެ.

“ނޫން. އަހަރެންނަށް ތިހެން ނުހަދާ. ތިހާާ އަނިޔާވެރިނުވޭ. އަހަރެން މަރައިނުލާ. ހެޔޮނުވާާނެ އަހަރެން ދޫކޮށްލާ.” ރަންޔާއަށް ރޮއިގަނެވުނެވެ. އައިދުން އޭނާއަށް އެހައި އަނިޔާންވެރިވާންވީ ސަބަބެއް ރަންޔާއަކަށް ނުވިސްނުނެވެ. ހުރިހައިވެސް މައްސަލައަކީ އޭނާާ ރީތިވުންހެއްޔެވެ؟ އެއީ އޭނާ އަމިއްލައަށް ލިބިގަތްކަމެއްނޫނެވެ. ދެންކީއްވެހެއްޔެވެ؟

ރަންޔާގެ އާދޭހުން އައިދުން ގާތަށް އައީ ނުލަފާ ހިންޏެކެވެ. ދެފަރާތަށް ބޯހޫރުވައިލުމަށްފަހު އައިދުން އެކިދިމަދިމާ ހޯދަން ފެށިއެވެ.

“ނޫން އައިދު. އޭނާއަށް ތިހެން ނުހަދާ.” މަލާކަށްވެސް ރޮވުނެވެ. އެެހެނަސް އެތަނުގައި ތިބި އެކަކަށްވެސް އޭނާގެ އަޑުއިވުނުކަމެއް ނޭނގެއެވެ.

ކުއްލިއަކަށް އައިދުންގެ ލޮލުގައި އަޅައިގަތީ ކުޑަދޮރު ކައިރީގައި ހުރި މޭޒުމަތީ ހުރި މޭވާޓުކުރީގެ ތެރޭގައި އޮތް ވަޅިއެކެވެ. ނުލަފާ ފާޑަކަށް ރަންޔާއަށް ބަލައިލުމަށްފަހު އައިދުން ގޮސް އެވަޅިނެގިއެވެ. އެތަންބަލަންއިން ރަންޔާގެ ރުއިން ބާރުވެގެން ދިޔައެވެ.

ވަޅި ހިފައިގެން އައިދުން ރަންޔާގެ ކުރިމައްޗަށް ހުއްޓިލިއެވެ. އަދި އޭނާގެ ފަންއިސަތަށިގަނޑުގައި ބާރަށް ހިފަހައްޓައިލުމަށްފަހު ހަޅޭލަވައިގަތެވެ. “ދެން ކިހިނެއް ޕޮލިހުންނަށް އަންގާނީ؟ އޭން. ބުނެބަލަ. ދެން ކިހިނެއްހޭ އަންގާނީ؟ ހުއް. ދެންމެ އުޅުނެއްނު ތިމާވަރުގެ މީހެއް ނެތިގެން. ކޮބާތަ އެއަނގަ މިހާރު. ދެން ނިކަން ކުޅުޖަހައިބަލަ. ހުއް. އެހެންނޫނަސް އަހަރެން ކަލޭދެކެ ބިރެއްނުގަނޭ. ކަލެއަކަށް އެއްވެސްކަމެއް ދެން ނުކުރެވޭނެ. އެކަމު ބުނަންތަ ވާހަކައެއް. ތިހަށިގަނޑު ވަރަށް ރީތި. އައި ލަވް ޔުއަރ ބޮޑީ. ރިއަލީ. ދެރަވޭ ތިހާ ރީތިކުއްޖަކަށް މިހެން ހަދަންޖެހޭތީވެސް. ސޮރީ ރަނޫ. ގުޑްބާއި.” އެތައްއިރަކު ވާހަކަދެއްކުމަށްފަހު ބުނެލި އެންމެފަހު ޖުމުލައާއެކު އައިދުން ރަންޔާގެ ކަރުގައި ވަޅިއަޅުވައިލިއެވެ. އެއާއެކު ލޭތައް އައިދުންގެ މޫނަށާއި ގަޔަށް ބުރައިގެންދިޔައެވެ.

މިމަންޒަރުފެނި މަލާކަށް ކަންފަތްމަތީގައި އަތްއަޅައިލުމަށްފަހު ފަހަތަށް އެނބުރި އަޑުގެ ނެތްތަނަށް ހަޅޭލަވައިގަނެވުނެވެ.

“މަލް. ކިހިނެއްވީ؟” ދާދިގާތުން އިވުނު އައިދުންގެ އަޑަށް ސިހިފައި މަލާކް ބަލައިލިއެވެ. އޭރު އޭނާއާ ދާދި ގާތުގައި ކަންބޮޑުވެފައި އައިދުން ހުއްޓެވެ. ދެލޯބޮޑުކޮށްލަމުން މަލާކް އައިދުންއަށް ބަލަައިލީ ގަބޫލުނުކުރެވިފައި ވާފަދަ ގޮތަކަށެވެ. އައިދުން ލައިގެން އިން ސޯޓު ފެނުމުން މަލާކް ވަރަށް ހައިރާންވިއެވެ. އެއީ ނިދުމަށްޓަކައި އައިދުން ލީ ސޯޓެވެ. އައިދުންގެ މޫނަށް ފާޑަކަށް ބަލައިލުމަށްފަހު މަލާކް ފަހަތަށް އެނބުރުނެވެ. ފެނުނުމަންޒަރަކުން އޭނާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެންދިޔަހެނެވެ.

ދާދި ދެންމެއަކު އޭނާ ހުރި ކޮޓަރި މިހާރު އެވަނީ ހަމަ ކުރިއެކޭވެސް އެއްގޮތަށް ބަންދުކުރެވިފައެވެ. ނަމަވެސް އޭނާ ނިކަން ރަނގަޅަށް އެކޮޓަރީގެ ދޮރު ހުޅުވިފައި ހުރި މަންޒަރާއި އެކޮޓަރިއަށް ވަތް ހަނދާނާއި އެތަނުގައި ހިނގައިދިޔަ ހުރިހައި ކަމެއް ހަނދާންއެބަހުއްޓެވެ. ދެންމިވީ ކިނެއްހެއްޔެވެ؟

މަލާކަށް ބޭއިޚުތިޔާރުގައި ކޮޓަރީގެ ދޮރުގައި ހިފައި ތަޅުވައިލެވުނެވެ. އެކޮޓަރިވަނީ ތަޅުލެވިފައެވެ. ދެން އޭނާއަށް އެތަނަށް ވަދެވުނީ ކިހިނެއްބާވައެވެ؟ މަލާކްގެ ހައިރާންކަން އިތުރުވިއެވެ.

“ކާ.. ކާކު މިތަން ތަޅުލީ؟” ސުވާލުގެ ނަޒަރަކުން އައިދުންއަށް ބަލައިލަމުން މަލާކް އަހައިލިއެވެ. “މަލް ހަމަޖެހިބަލަ. އެކަކުވެސް ތިތަން ތަޅެއް ނުލައޭ. ތިކޮޓަރި ހުޅުވައިގެނެއްނު ތަޅުވެސް ލެވޭނީ. އަހަރެމެން މިކޮޅަށް އައި އިރުވެސް ހުރި ގޮތަށް ތިތަން ތިހުރީ.” މަލާކްގެ އަމަލުތައް ފެނި އުނދަގޫވިނަމަވެސް އެކަން ނުދައްކައި އައިދުން ބުނެލިއެވެ.

އައިދުންގެ ވާހަކަތަކުން މަލާކް އިތުރަށް ސުވާލުއުފެދުނެވެ. ދެން އެހެންވީއިރު އޭނާ އަަށް އެފެނުނީ ހުވަފެނެއްބާވައެވެ؟ ހަމަގައިމުވެސް އެވީ ހުރިހައިކަމެއް ނިކަން ރަނގަޅަށް މަލާކް ހަނދާންއެބަހުއްޓެވެ.

“މީ ކޮން ކޮޓަރިއެއް؟” އިރުކޮޅަކު ވިސްނައިލަން އިނުމަށްފަހު މަލާކް އަހައިލިއެވެ. “ތީ.. ތީ ސްޓޯ ރޫމްއެއް.” އިރުކޮޅަކު ވިސްނައިލުމަށްފަހު އައިދުން ޖަވާބުދިނެވެ. “މަލް އަށް ކިހިނެއްތަވީ؟ އަހަރެންނަށް ސިއްސައިގެން ގޮއްސަ ހޭލެވުނީ މަލް ހަޅޭލަވާއަޑަށް.” ދެކެވެމުންދިޔަ ވާހަކައިގެ މިސްރާބު އައިދުން ބަދަލުކޮށްލިއެވެ. “ނޭނގެ. ނުބައި ހުވަފެނެއް ފެނުނީ ކަންނޭނގެ. ހޭވެރިކަންވީއިރު ހުރެވުނީ މިތާނގަ” ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުރެ މަލާކް ބުނެލިއެވެ.

“ތިވާނީ ނިދީތެރޭގައި ހިނގާފައި އާދެވުނީ ކަމަށް. ހިނގާ އަވަހަށް ގޮސް އަރާމުކޮށްލަން. އޭރަށް ރަނގަޅުވެދާނެ.” ލޯތްބާއެކު މަލާކްގެ އިސްތަށިގަނޑުގައި ބޮސްދެމުން އައިދުން ބުނެލިއެވެ. މަލާކްވެސް އެކޮޓަރިއާ ދިމާއަށް ބަލައިލުމަށްފަހު އައިދުންއާއެކު ހިނގައިގަތެވެ.

* * *

ހެނދުނުގެ ހިތްގައިމު ވަގުތެވެ. އިރުގެ ރަންދޯދިތަކުން މުޅި މާހައުލުވަނީ އުޖާާލާާވެފައެވެ. ކުދިކުދި ވިލާކޮޅުތައް ނޫ އުޑުގައި ދަތުރުކުރަމުން ދިޔައެވެ. ޖެހިލާާ މަޑު ވައިރޯޅިތަކާއެކު ގަސްތަކުގެ ފަތްތައްވެސް ހެލެމުން ދިޔައެވެ.

ގޭގެ ވަލުފަރާތުގައި ހުރި ޖޯލީގައި ޖައްސައިލައިގެން މަލާކް އޮތީ ވިސްނުމެއްގެ ތެރޭގައެވެ. މަލާކް ހޯދަމުން ނުކުތް އައިދުންއަށް މިތަން ފެނުމުން ހަމަޖެހިލަމުންގޮސް މަލާކް ގާތުގައި ޖައްސައިލިއެވެ.

“މަލް. މިއަދުވެސް ފުރޭ ގޮތެއްނުވި.” އައިދުންގެ އަޑަށް ޚިޔާާލުތަކުގެ ތެރޭގައި ފީނަމުންދިޔަ މަލާކް ސިހުނެވެ. “ކީކޭ؟ އައިދު އެއްޗެކޭ ބުނިންތަ؟” އައިދުންބުނި އެއްޗެއް ސާފު ނުވުމުން މަލާކް އަހައިލިއެވެ. “އަހަރެން ބުނީ މިއަދުވެސް ފުރޭގޮތެއް ނުވިއޭ.” މަލާކަށް ފާޑަކަށް ބަލައިލުމަށްފަހު އައިދުން ބުނެލިއެވެ. “އެހެންތަ.” މަލާކް ދިނީ ކުރުޖަވާބެކެވެ. އައިދުންގެ ވާހަކަތަކުން މަލާކްގެ ހިތް ނަށައިގަތެވެ. އޭނާ އެހައި އަވަހަކަށް މާލެ ދާކަށް ބޭނުމެއްނުވެއެވެ.އެގޭގައި ގޮތްނޭނގޭ ކޮންމެވެސް ހަގީގަތެއްވާކަން މަލާކަށް އެނގެއެެވެ. އެހުރިހައި ކަމެއްގެ ހަގީގަތް އޭނާ ހޯދާނެއެވެ.

“ހޫމް. ބައްޕަ ބުނީ އެކޮޅުން މިކޮޅަށް އަންނަން ހަމަޖެހިފައި އޮތް ލޯންޗްގަ ކޮންމެވެސް މައްސަލައެއް ޖެހިގެންނޯ އުޅެނީ. އެހެންވެ މިކޮޅަށް ނާދެވޭނެއޯ.” އައިދުން އޮޅުންފިލުވައި ދިނެވެ. “ދެން ކޮހިނެއް ހަދަނީ؟” އައިދުންގެ ވިސްނުންހުރި ގޮތެއް ބަލައިލުމަށްޓަކައި މަލާކް އަހައިލިއެވެ. “ދެން މިކޮޅުން އެއްޗެއް ފުރަންދެން މަޑުކުރަން ޖެހޭނީ.” ނިތްކުރިމަތީގައި އަތް ހިންގައިލަމުން ކަންބޮޑުވެފައި އައިދުން ބުނެލިއެވެ.
ް

ބުނާނެ ވަކިއެއްޗެއް ނޭނގޭތީ މަލާކް ހިމޭނުން އިނެވެ. “މަލް. މިތާނގަދޯ ތިތިބީ. ނޭނގޭނު. މުޅި ގެ ހޯދިއްޖެ މަލް ނުފެނިގެން.” އެފަރާތަށް ނުކުތް ނީމް އެހެން ބުނެލި އަޑަށް މަލާކާއި އައިދުންވެސް އެދިމާ ބަލައިލިއެވެ. “އޯހް. އަނެއްކާ ނުބައި ގަޑިއެއްގަތަ މިއާދެވުނީ؟” މަލާކާާއި އައިދުން ތިބިގޮތް ފެނިފައި ނީމް އަހައިލިއެވެ.

“ނޫނޭ. އާދޭ އާދޭ. މަލް އަހަރެން މިދަނީ ކުޑަކޮށް ގެސްޓްހައުސްގެ ކަންތައްދާާގޮތް ބަލައިލަން އެނގޭ.” ނީމްއަށް ޖަވާބު ދިނުމަށްފަހު އައިދުން މަލާކަށް ބުނެލިއެވެ. ބަދަލުގައި މަލާކް ހަމައެކަނި ބޯޖަހައިލިއެވެ.

ނީމް ހިނިތުންވެލައިފައި އައިސް މަލާކް ގާތުގައި އިނށީދެލިއެވެ. ދެމީހުން އެތައް ވާހަކަތަކެއް ދައްކަމުން ދިޔައެވެ. އިރުކޮޅަކު އެގޮތުގައި ތިބުމަށްފަހު މަލާކް ނީމްގެ މޫނަށް ބަލައިލިއެވެ.

“ނީމް. އަހަރެން ވާހަކައެއް އަހައިލަންތަ؟” މަލާކް ހިސާބަކަށް ޖެހިލުންވެފައި އިނދެ އަހައިލިއެވެ. “ޔެސް. އަހަރެން ގާތުން ހުއްދަ ނުހޯދިއަސް މަލް ބޭނުން ކޮންމެ އެއްޗެއްވެސް ހަމަ އަހަންވީ.” މަލާކްގެ މޫނަށް ބަލައިލަމުން ނީމް ހިނިތުންވެލިއެވެ.

“މި. އަނެއް. ނީމް ދަންނަންތަ ރަންޔާ ކިޔާ ކުއްޖެއް؟” ނީމްގެ މޫނަށް ބަލަން އިނދެ މަލާކް އަޅައަޅައިގަންނަމުން އަހައިލީ ނީމް ދޭނެ ޖަވާބެއް ނޭނގޭތީ ކަންބޮޑުވެފައި އިނދެއެވެ.

“ކިހިނެއްވީ؟” ނީމް ވެސް ކޮށްލީ ސުވާލެކެވެ. ދޭނެ ޖަވާާބެއް މަލާކްގެ ސިކުނޑިއަކަށް ނައެވެ. “މީ.. ކުރިން ދުވަހަކު އަހަރެން ފިހާރައަކަށް ގޮސްފައި އަންނަނިކޮށް އިވުނު މުސްކުޅި ފުރައިގެ ދެމީހަކު އެކުއްޖާގެ ވާހަކަ ދައްކާާ އަޑު. އެހެންވެ ހިތަށް އެރީ އެއީ ކާކުބާާއޭ. ދެން ނީމްއަށް އެނގޭނޭ ހިތައި މިއަހާލީ.” މަލާކް ވާހަކައެއް ހަދައިލިއެވެ.

“އެހެންތަ. ހޫމް. އަހަރެން ކޮންމެވެސް ވަރަކަށް ދަންނަން ރަންޔާ.” ދުރަށް ނަޒަރު ހުއްޓައިލަމުން ނީމް ބުނެލި ޖުމުލައިން މަލާކް ހިތް އުފަލުން ފުރުނެވެ. ނީމްގެ ފަރާތުން ރަންޔާއާ ބެހޭ ކޮންމެވެސް ވަރެއްގެ މައުލޫމާތުކޮޅެއް ލިބިދާނޭ މަލާކްގެ ހިތަށް އެރިއެވެ.

“އަސްލު ރަންޔާ އަށް ކިހިނެއްތަވީ؟” ވަރަށްނޫންކަމަށް ހަދައިލައިފައި މަލާކް އަހައިލިއެވެ. “ރަންޔާ. އެއީ އަހަރެންގެ ކުރީގެ ކްލާސްމޭޓެއް. ވަރަށް ރަނގަޅު ކުއްޖެއް. މީހުންނަކާާ އެހައި ބޮޑަކަށް ވާހަކައެއް ނުދައްކާނެ. އަބަދުވެސް ވަރަށް މަޑުން އިންނާނީ. އޭނާާގެ އާއިލާގަ އޭނަގެ ބައްޕަ ފިޔަވައި އިތުރުމީހަކު ނުހުރޭ. އޭނަގެ ބައްޕަ ވަރަަށް ލޯބިވާނެ އޭނަ ދެކެ. ރަންޔާއަކީ ވަރަށް ރީތި ކުއްޖެއް. ކިތަންމެ ފިރިހެން ކުދިންނެއް އޭނަގެ ފަހަތުން އޭނަގެ ލޯތްބަށް އެދިގެން ދުވި. އެކަމަކު އަހަރެންނަކަށް ހިޔެއްނުވޭ އެތަނުން އެކަކާވެސް ރަންޔާ ރަށްޓެހިވިހެނެއް. ދެން އޭނާގެ ބައްޕަ އުޅުނު މިގޭގަ ކައްކާއެއްގެ ވަޒީފާގަ. އެގޮތަށް އުޅޭތާ ވީ ދުވަސްކިޅެއް. ނޭނގެ އޭގެފަހުން އެދެމީހުންނަށް ވީ ގޮތެއްވެސް. ވީނުވީއެއް ނޭނގި ގެއްލުނީ. އެކަކަށްވެސް އެމީހުން ދިޔަ ތަނެއް ނޭނގޭކަމަށްވަނީ. ދުނިޔޭގަ ތިބިކަމެއްވެސް ނެތްކަމެއްވެސް ނޭނގެ. އެވާހަކަ އަދިވެސް މިރަށުގެ މުސްކުޅި ފުރައިގެ މީހުން ދައްކާ.” ދުރަށް ނަޒަރު ހުއްޓައިލައިގެން އިނދެ ނީމް އޭނާއަށް އެނގޭ މައުލޫމާތެއް ވިއްޔާ މަލާކްއަށް ކިޔައިދިނެވެ.

“އެހެންތަ. ވަރަށް ދެރަދޯ.” ނީމްގެ ވާހަކަތައް ނިމުމުން ތުންފަތުގައި ދަތްއަޅައިލަމުން މަލާކް ބުނެލިއެވެ. “ހޫމް. ކީކުރާނީ. ވާން ހުރި ކަމެއް ވާާނެދޯ. ބައެއްމީހުން ކިޔާތީ އަހަން އެއީ ރޫހާނީ ކަމެކޭވެސް. އަހަރެންނަށްވެސް ހީވަނީ އެހެން.” އިރުކޮޅެއްގެ ހިމޭންކަމަށްފަހު ނީމް ބުނެލިއެވެ. “އެކީއްވެ؟” އަތުގެ އިނގިލިތަކާ ކުޅެން އިން މަލާކް ނީމްގެ މޫނަށް ބަލައިލިއެވެ.

“އެއީ ރަންޔާ ގެންގުޅޭނެ ފާޑެއްގެ ބުޅަލެއް. ކަޅުކަޅު އެއްޗެއް. އަހަރެންވެސް ތެދިންފަހަރު ދެކުނިން ރަންޔާ އޭތި ގޮވައިގެން އުޅެނިކޮށް. އެހެންވެ.” މަލާކްގެ މޫނަށް ބަލައިލި ނީމް އިތުރަށް ކިޔައިދިނެވެ. ޖަވާާބުގައި މަލާކް ހަމައެކަނި ބޯޖަހައިލީއެވެ. ބުނާނެ އިތުރު އެއްޗެއްވެސް އެސިކުނޑިއަށް ނައީއެވެ.

ދެމީހުންކުރެ އެކަކުވެސް ވާހަކަ ނުދައްކައި އިރުކޮޅަކު ތިއްބެވެ. “އޭތް. އަދި ނެތޭ މިހެން އިނދެވޭކަށް. ދައްތަގެ ގެއަށްދަމުން މިގެއަށް ހަމަ ވަދެލީ. ދެން ގޮސްލީ އެނގޭ. އަދި އަންނާނަން ފަހުން.” އަތުކުރީގައި އޮތް ހިމަ ފަށެއްކަހަލަ ގަޑިއަށް ބަލައިލަމުން ނީމް ބުނެލިއެވެ. “އާން. އެންމެ ރަނގަޅު.” ހީލަމުން މަލާކް ބޯޖަހައިލިއެވެ.

ނީމްދިޔަފަހުންވެސް އެތައް އިރަކު މަލާކް ނީމް ދެއްކި ވާހަކަތަކާމެދު ވިސްނަން އޮތެވެ. އޭނާއަށް ރޭގައި އަސްލަށްވެސް އެފެނުނީ ހުވަފެނެއްބާވައެވެ؟ އޭނާގެ އައިދުން އަކީ އެހައި ރަހުމްކުޑަ ގޮތެއްނެތް މީހެއް ނޫނެވެ. މަލާކްގެ ސިކުނޑީގައި އެއްފަހަރާ އެތައްކަމެއް ދައުރުވަމުން ދިޔައެވެ.

އެތަނުގައި އޮވެއޮވެ ފޫހިވުމުން މަލާކް ގޭތެރެއަށް ވަދެ ކޮޓަރިއާދިމާއަށް ހިނގައިގަތެވެ. ކޮޓަރިއަށް ވަނުމަށްފަހު ޑްރެސިންގްޓޭބަލް މަތީގައި ޗާރޖަށް ޖަހައިފައި ބޭއްވި ފޯން ނަގަން މަލާކް ހިނގައިގަތެވެ. ފޯން އޮތީ ފުލްކޮށް ޗާރޖުވެފައިކަމުން މަލާކް ފޯނު ނެގިއެވެ. އެވަގުތު ފޯނުގެ ދަށުގައި އޮތް ކަރުދާސްކޮޅެއް މަލާކްގެ ލޮލުގައި އަޅައިގަތެވެ.
ކަރުދާސްކޮޅު ނެގުމަށްފަހު މަލާކް ބަލައިލިއެވެ. “ވަލު ތެރޭގައި ހުރި މަލާކަށް ރަންޔާގެ ޑައިރީ ފެނުނު ނިކަގަސް ކައިރިއަށް ވަރަށް އަވަހަށް އައިސްދީބަލަ.” ކަވި އަކުރު ތަކަކުން ލިޔެފައިވާާ ލިޔުންކޮޅު މަލާކް ކިޔައިލީ ހައިރާންކަމާއެކުއެވެ.

އޭނާާ އެޑައިރީ ނެގިއިރު އެތަނުގައި އެއްވެސް މީހަކު ނެތްކަން މަލާކަށް ހަމަ ޔަގީނެވެ. މީދެން ކާާކުބާވައެވެ؟ އެމީހަކަށް މަލާކް އެތަނުން ރަންޔާގެ ޑައިރީ ނެގިކަން އެނގުނީ ކިހިނެއްހެއްޔެވެ؟ އަނެއްކާ އޭނާާގެ ހަރަކާތްތަކަށް މީހަކު ފާރަލަނީބާވައެވެ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

ކެހިވެރި ދުނިޔެ
Previous

ކެހިވެރި ދުނިޔެ -ހަތަރު ވަނަބައި-

Next

އިންތިޒާރު ކުރި ލޯބި (14)

Next
October 19, 2017

އިންތިޒާރު ކުރި ލޯބި (14)

Previews
October 19, 2017

ކެހިވެރި ދުނިޔެ -ހަތަރު ވަނަބައި-

ކެހިވެރި ދުނިޔެ

87 Comments!

  1. Naufa says:
    October 19, 2017 at 1:24 pm

    Assalaam alaikum.. Here is the 10th part of this story.. Hope u all will like this part too.. If there is a mistake plx let me know.. Enjoy.. N hv a nice day.. Ly all.. ?❤

  2. Inaa says:
    October 19, 2017 at 1:39 pm

    Just Wow.. ??

    1. Naufa says:
      October 19, 2017 at 1:53 pm

      Thanks inaa.. ❤?

  3. binnu says:
    October 19, 2017 at 1:41 pm

    Salhi

    1. Naufa says:
      October 19, 2017 at 1:53 pm

      Thanks binnu ❤?

  4. eye sha says:
    October 19, 2017 at 1:42 pm

    Alheyyy aidhu gos dhw poor mal and ranya

    1. Naufa says:
      October 19, 2017 at 1:54 pm

      Ya dhw eye sha.. Thanks ?❤

  5. Anonymous says:
    October 19, 2017 at 1:43 pm

    varah Reethi

    1. Naufa says:
      October 19, 2017 at 1:55 pm

      Thanks anonymous❤?

  6. Hana says:
    October 19, 2017 at 1:44 pm

    Vvvvv reethi vaahaka eh..masha allah..❤ dhen vaani kihineh baa.. inthuzaaru kuranen dhen anna bayah ..

    1. Naufa says:
      October 19, 2017 at 1:56 pm

      Thanks hana❤?

  7. Aimsithu says:
    October 19, 2017 at 1:45 pm

    Varah furihama.. Sifa kurun hama ehvana.
    Kuriyah huri baii thakah inthizaaru kurevey..

    1. Naufa says:
      October 19, 2017 at 1:57 pm

      Thanks aimsithu❤?

  8. nut candy says:
    October 19, 2017 at 1:47 pm

    alhey, dhen kon irakun up kuraani

    1. Naufa says:
      October 19, 2017 at 1:58 pm

      In sha allah tmrw?

  9. @!n says:
    October 19, 2017 at 1:54 pm

    Wow…. salhi… wen nxt part???

    1. Naufa says:
      October 19, 2017 at 1:58 pm

      Thanks dear.. In sha allah tmrw?❤

  10. Hau says:
    October 19, 2017 at 1:59 pm

    V reethi mi vaahaka

    1. Naufa says:
      October 19, 2017 at 2:00 pm

      Thanks?❤

  11. Yalun says:
    October 19, 2017 at 2:03 pm

    M so curious to knw wat hpns next? Whn next prt.plx up it today.can hardly wait.hehe?

    1. Naufa says:
      October 19, 2017 at 2:04 pm

      Hehe.. Thanks yalun.. Try kuraanan ingey.. ?

  12. Alvyn says:
    October 19, 2017 at 2:04 pm

    Nice storyy

    1. Naufa says:
      October 19, 2017 at 2:05 pm

      Thanks alvyn.. ?

  13. Mai says:
    October 19, 2017 at 2:21 pm

    Avahah up kohdybah. Please story hama best

    1. Naufa says:
      October 19, 2017 at 6:16 pm

      Thanks mai.. ?❤

  14. SJK says:
    October 19, 2017 at 2:30 pm

    aidhun dho hama goahy. anyways, story hama best.. 😀

    1. Naufa says:
      October 19, 2017 at 2:38 pm

      Ya dhw.. Hehe.. Thanks sjk.. ?❤

  15. Abhy says:
    October 19, 2017 at 2:39 pm

    Varah reethi mi baives. Avahah aneh bai up kolla dheeba. Vvvv reethi.

    1. Naufa says:
      October 19, 2017 at 2:44 pm

      Thanks abhy.. Ya in sha allah soon?❤

  16. Anonymous says:
    October 19, 2017 at 2:40 pm

    Aidhun gandu haadha gohey?anyways v nice Nau

    1. Naufa says:
      October 19, 2017 at 2:45 pm

      Ya dhw.. Thanks dear?❤

  17. Azu says:
    October 19, 2017 at 2:43 pm

    Wow… just cant wait… too curious nau… ??

    1. Naufa says:
      October 19, 2017 at 2:45 pm

      Thanks azu?❤

  18. ShAarny says:
    October 19, 2017 at 2:57 pm

    esirru roomga othii ranyaage dad dhw..

  19. ShAarny says:
    October 19, 2017 at 3:00 pm

    btw varah reethi …

    1. Naufa says:
      October 19, 2017 at 3:05 pm

      Lets see dhw.. N thanks dear❤?

  20. mamee says:
    October 19, 2017 at 3:24 pm

    Vaahakaege mihaahisaabah kiunu hurihaa baehves v furihama v best vvv best Nau..??????????

    1. Naufa says:
      October 19, 2017 at 6:18 pm

      Thanks mamee.. ❤??

  21. Aish says:
    October 19, 2017 at 3:26 pm

    Vvvv salhi v reethi

    1. Naufa says:
      October 19, 2017 at 3:29 pm

      Thanks aish❤?

  22. mamee says:
    October 19, 2017 at 3:33 pm

    Mal kithavaany meehakulavvaa aidu gyga ne gadiehbalaafa e thalhulaafa hurikotaryge dhorugandu vattaalaafa ethaa othee kaakutho beliyya dhw.alhugandu nama hedyhee ehen.

    1. Naufa says:
      October 19, 2017 at 3:47 pm

      Hehe.. Dhw mamee.. ?

  23. annoying reader says:
    October 19, 2017 at 3:34 pm

    reethi mi part ves, so that means ranya ge dad ey that room ga othy. aidhu mee reethi sifa ehga huri jinni eh nu. waiting for the next part

    1. Naufa says:
      October 19, 2017 at 3:49 pm

      Thank u dear.. Lets see who is in that dark room.. ?❤

    2. Naufa says:
      October 19, 2017 at 3:50 pm

      Thanks mamee??❤❤

    3. Naufa says:
      October 19, 2017 at 3:52 pm

      Sry e ee olhigen.. Hehe

  24. mamee says:
    October 19, 2017 at 3:37 pm

    Aidun geyah annaerah kommeves thanakah fonuvaalaafaves thi dhoru vehjennu fudaalanves eyrunnennu ethanahvadevynee.vaahaka vvvvv salhi engy..????????????????

    1. Naufa says:
      October 19, 2017 at 3:49 pm

      Thanks mamee??❤❤

  25. Hudher says:
    October 19, 2017 at 3:44 pm

    Ma Sha Allah varh reethi, interesting story eh…?❤❤
    Looking forward for the rest of this story??

    1. Naufa says:
      October 19, 2017 at 3:51 pm

      Thanks hudher❤?

  26. Lam says:
    October 19, 2017 at 3:57 pm

    E room ga ey ranyaa ge dad kahneygey….vvv reethi waiting

    1. Naufa says:
      October 19, 2017 at 5:15 pm

      Thanks lam?❤

  27. zaam says:
    October 19, 2017 at 4:47 pm

    mibai ves vvvvvv rythi…. kiyavaa vaahaka bunefa othyma vaahaka ah ahaalantha? grade kithakehgatha thiulheny? a e vaahakaliyaleh vvvvv rythi ahen v ma ahama ahaaly….. goase kon maana nunegun adhen…

    1. Naufa says:
      October 19, 2017 at 5:17 pm

      Hehe.. Its ok.. M in gr 12.. N thanks dear.. ❤?

  28. khajja says:
    October 19, 2017 at 5:05 pm

    Ohh masha allah v v rythi ??? v interestin ?can’t wait ehaaves gayaavaa stry eh miee whn nxt prt mirey viyas up kolla dhybala plx plx ??❤❤??????????

    1. Naufa says:
      October 19, 2017 at 5:18 pm

      Thanks khajja.. Will try dear.. ?❤?

  29. kail says:
    October 19, 2017 at 5:06 pm

    NAU vaahaka vrh loabi
    kiyaahithun indhaaa eh nimuny
    kail ah vrh reethi mi vaahaka nau

    1. Naufa says:
      October 19, 2017 at 5:20 pm

      Thanks soooo much kail.. ?❤

  30. Uhtama says:
    October 19, 2017 at 5:31 pm

    Love this ?

    1. Naufa says:
      October 19, 2017 at 5:34 pm

      Thanks?❤

  31. Shaasha says:
    October 19, 2017 at 6:02 pm

    I like you and story cos avahah story up kurathi

    1. Naufa says:
      October 19, 2017 at 6:15 pm

      Thanks shaasha?❤

  32. Aisha says:
    October 19, 2017 at 6:42 pm

    Varah interesting. I can’t wait for the next part?

    1. Naufa says:
      October 19, 2017 at 7:49 pm

      Thank u aisha?❤

  33. minuu says:
    October 19, 2017 at 7:54 pm

    Wow Nice Storyy

    1. Naufa says:
      October 19, 2017 at 8:04 pm

      Thank u minuu?❤

  34. xim says:
    October 19, 2017 at 8:35 pm

    part akah vurenn part eh hama varah reethii ingey….keep going??

    1. Naufa says:
      October 19, 2017 at 10:23 pm

      Thanks xim?

  35. Naakko says:
    October 19, 2017 at 8:50 pm

    Naufa nooney nooney v v molhu vaahaka liyan vv salhi

    1. Naufa says:
      October 19, 2017 at 10:24 pm

      Thank u soooo much naakko..?

  36. Hudher says:
    October 19, 2017 at 10:18 pm

    Kon irakun tha 11th part kiyaalan libeyny..?can’t wait now?

    1. Naufa says:
      October 19, 2017 at 10:25 pm

      In sha allah tmrw.. Vy enme avahakah up kuraanan?

  37. zaam says:
    October 20, 2017 at 12:33 am

    welcome meege suvaalah javaabu dhevveethee……thi gothuga mibuny ahfen varegga naufa ah hifahattaa levijjenama naufa vvvv kuriyahdhaane… mihaaru raajjeyga vaahaka miliyaa nun massooru myhunnaa ahfenvaregga faithilasaabithu kolleveyne…… abadhuves kaamiyaabah adhen….

    1. Twinkle says:
      October 20, 2017 at 1:09 am

      Hmm. Thi thedheh.

    2. Naufa says:
      October 20, 2017 at 9:50 am

      Thank u sooooo much zaam.. For the support n strength ur giving.. Really thankful.. ?

    3. Naufa says:
      October 20, 2017 at 9:54 am

      Thanks twinkle?

  38. Twinkle says:
    October 20, 2017 at 1:06 am

    Aidhun haadha nulafaey dhw. Sad sad. Story varah nice igey

    1. Naufa says:
      October 20, 2017 at 9:55 am

      Thanks twinkle?

  39. Lubu lubna says:
    October 20, 2017 at 8:47 am

    V rethink
    Waiting for the next part
    ?????

    1. Naufa says:
      October 20, 2017 at 10:48 am

      Thanks dear?

  40. Lubu lubna says:
    October 20, 2017 at 8:49 am

    *reethi

  41. it's ur fan?? says:
    October 20, 2017 at 9:03 am

    Alhey e aidhun gandu haadha goahey…alhugaa varah dhera vejje ranya ah ehen v ma…ekam varah ufaa vey eba aidhun menah erashun nufureythee…plxxx Tanya ge hageegai malaak ah inguneema furan madukollaa…malaak aidhun kaarin varivegen dhaan alhugaa beynumee hageegai ingunyma…eagerly waiting for the next part..????

    1. Naufa says:
      October 20, 2017 at 10:52 am

      Thanks dear.. Lets see dhw malaak hadhaa gothehves.. In sha allah tday mendhuruge vaguthehga up koh dheynan??

  42. Naape says:
    October 20, 2017 at 10:41 am

    Just wow… varah varah reethi … proud of you atoll kujjaa

    1. Naufa says:
      October 20, 2017 at 1:26 pm

      Thanks naape.. ?

  43. someone says:
    October 20, 2017 at 11:38 am

    hama speechless<3

    1. Naufa says:
      October 20, 2017 at 11:52 am

      Thank u❤

Comments are closed.

Next Episodeހަވޭލީ (11)←


All Right Reserved!