“ޝިވާން …” ކުޅެ ނިމިގެން ގެއަށް އައި މަގު މަތީގައި ރިޔާޝް ގޮވާލި އެވެ.”ކީއްވެ މިއަދު ކިޔާތުމެންގެ ކައިރި އެ ފުޅީގެ ވާހަކަ ބުނަން އުޅުނީ..”ރިޔާޝް ކުޑަކޮށް ހިންހަމަ ނުޖެހި ފައި ހުރެ އަހާލި އެވެ. “އަހަރެން ހީކުރީ ރިޔާޝް ވެސް މިހާރު އޭގެ ވާހަކަ ބުނީކަމަށް…ސޮރީ..” ޝިވާން ދެރަވެލާފައި ހުރެ ބުނެލުއެވެ. “ދެން އެ އޯކޭ ވާނެއޭ..ހޫމްމް.. އެއެއް ނޫނޭ …ވަރަށް ސަޅި ދޯ އޭގެ ބާރުތަށް …މިއަދު މަގޭ އެ ހިފަހައަ ޓައިގެން ހުއްޓާ ދޮރުގައި ޓަކި […]
ދުނިޔެ މައްޗައް އިރުގެ އަލި އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެމުން ދާއިރު ވެސް ހިންމަފުށީގެ މަގެއްގެ މަތިން އަވީގެ ޒައްރެއްގެ މިންވަރުވެސް ފެނަން ނެތެވެ.އެހާވެސް ހިޔާދޭ ގަސް ގިނައެވެ.ނަމަވެސް ގަޑިން ނުވަ ގަޑި ބައި ވި އިރުވެސް ފަލްޔަަން މެނަށް ދުވާލު ކީއްކުރަން އިރު އެރި ހެނެއްވެސް ހިޔެއް ނުވެއެވެ.ވާނީވެސް އެހެން ތާއެވެ.ރޭގަ އެހާ ދަން ވަންދެން ފިލްމު ބަލަން ތިބީމަ ދުވާލު ކޮންމެ މީހަކު ވެސް ނިދި އަންނާނެއެވެ. ދިހައެތް ޖަހަން ފަސް މިނެޓައް ވެފައި ހުއްޓާ ޖަނާލް އަށް ހެލެވުނެވެ. […]
ކަނޑުގެ ލޮނުގަނޑު ކަފަމުން ބާރު ސްޕީޑްގައި އައި ލޯންޗު ހިންމަފުށީގެ ނެރަށް ވައްދައިލިއިރު އޭގެން ފައިބަމުން އައި މީހުންނަށް ކަޅިހިންގަމުން އައި ފަލްޔަން އަށް، ދުވެލާފަ ކަހަލަ ގޮތަކަށް ދެވުނީ ލޯންޗުން ފޭބި ޒުވާނުން ތަކެއް ފެނި އެދިމާއަށެނެ.ދެފަރާތުންވެސް ފެންނަނީ އުފާވެރި ކަމުގެ ޝުއޫރު ތަކެކެވެ. “ހޭއި…ފަލް..” ދުރުން ދުވަމުން އައި ފަލްޔަން ފެނި އެންމެ ކުރީގައި ހުރި ރައީޝް އަތް ހޫރުވާލިއެވެ. “ކޮބާ..އާދެވިއްޖެ ދޯ…އެން…އެންމެފަހުން..” ދުވެފައި އައި ފަލްޔަން ރައީޝް މެންނާ އަރާ ހަމަ ކުރަމުން ވާހަކަ ދެއްކި […]
ކުއަލި އަކަށް ވާރޭގެ އަޑާއެކު އިވުނު އަޑުގެ ސަބަބުން އަޖްމަލް އާއި އިވްލާން ގެ ހަތަރެސްފައި ކޮޅައް ޖެހި ގައިން ހީބިހި ހިލުވާލިއެވެ. ވާނުވާއެއް ނޭނގިފައި ތިބި ދެ ޒުވާނުންނަށް ވެސް ބަލާލެވުނީ އެކަކު އަނެކަކުގެ މޫނަށެވެ.ތެޅި ތެޅި އޮތް ހިތާއިއެކު ވެސް އިވްލާން މިސްރާބު ޖެހީ ބަދިގެއާއި ވީ ދިމާއަށެވެ.އެއީ އެ އަޑު އެއައީ އެދިމާއިން ކަމަށްވެފައި މަންމަ ވެސްވީ އެތާނގައި ކަމަށްވާތީވެ.ނަމަވެސް ފަސްފަހަތުން އަޖްމަލް އަންނަ ކަމެއް އިވްލާން އަކަށް ރޭކާވެސް ނުލައެވެ. ބަދިގޭގެ ދޮރުން […]
އެއީ ވިއްސާރަ އަނދިރި ކަޅުފޮއި ރެއެކެވެ.ޢިޝާ ނަމާދުގެ ބަންގީގެ އަޑާއި އެކު ގްރޫޕް ސްޓަޑީ ހަދަން ތިބި ކުދިންތައް ކިޔެވުން މެދުކަނޑައިލުމަށްފަހު އެމީހެއް ގެ ގެއަށް އެމީހަކު ދިޔަ އެވެ. ގްރުޕްސްޓަޑީސް ހަދަން ތިބި ކުދިން ތަކުގެ ތެރޭގައި އުޅޭ އެންމެ ސަކަ މިޒާޖުގެ ކުއްޖާ ކަމަށްވާ އަޖްމަލް ފިޔަވާ އެހެން ހުރިހާ ކުދިން މިހާރު އެކުއްޖެއްގެ ގެއަތް ހިނގަށް ޖެއެވެ. އަޖްމަލް އާއި އިވްލާން ތިބީ އިވްލާން މެންގެ ގޭގައިއެވެ. އެއީ އިވްލާންގެ މަންމަގެ އެދިގެންނެވެ. […]