ކުރީގެ އަދަދާއި ގުޅޭ: “ވިލްދާން.. އެެެެެެެެކަމަކު އެއްވެސް ކުއްޖެއް ބޭނުމެއް ނުވާނެ އަހަންނާ ފްރެންޑްވާކަށް..” ވިިިިިިިލްދާން ހީކުރީ ސިިިިިތާރާ ސަމާސާކުރީކަަަަަަަމަށެވެ. “ވައި ނޮޓް؟ ސިތާ ސީރިޔަސްކޮށް ފްރެންޑްވާން ބޭނުމޭ.. މާ އެކަނި އިންނާތީ ފެނިގެން މިއައީވެސް..” ސިތާރާ ހީލަމުން ދެފައިދެފަރާތަށް ހަލުވަންފެށިއެވެ. “އެއީ ކްލާހުގައިވެސް އަހަންނާއި ވާހަކަ ދައްކާނެ ކުއްޖަކު ނުވާތީ.. އަހަރެންގެ ނުހުންނާނެ އެއްވެސް ފްރެންޑެއް..” ފުންނޭވައެއް ދޫކޮށްލަމުން ސިތާރާއާ ދިމާއަށް ބަލާލުމަށްފަހު ވިލްދާން ބުނެލިއެވެ. “އެހެންތަ؟. އެކަމަކު ސިތާ މީ އެހެންކުދިން ކަހަލަ މީހެއްނޫނޭ.. […]
“ވިލްދާން.. ވިލްދާން.. ކޮންތާކު ތިއޮތީ؟ ގޮވާއަޑުވެސް ނީވެނީތަ؟ ތިހުރިތާކުން ނުކުމެގެން އާދެބަލަ.” ޕަނީނޯ ހައުސްްްް ގޭތެރޭގައި ޝަަަަަަަައިހާގެ ގަދަ އަޑު ގުގުމާލިއެވެ. ފޮތްތައް ހިފައިގެން ކިޔަވަން އިން ވިލްދާންއަށް އެއަޑު ހަމައިވުމާއެކު، ފޮތްތަކާ ފޮތްތަކެއް ކިޔާފައި ދުވަމުން ދުވަމުން އޭނާ ކޮޓަރިން ނުކުތެވެ. “ހާދަ ގިނައިރުން ތިއައީ.. މަ ގޮވީމަ ވިލްދާން ޖެހޭނެ އަވަހަށް އަންނަން.. އެކަން އެނގެއެއްނު ދޯ.. މަށަކީ މިހާރު ވިލްދާންގެ މަންމަގެ އަދި ބައްޕަގެ މަގާމުގައި ހުރި މީހާ.. ވިލްދާންއަށް މަ ބުނާ […]
އަހަރެމެންނަށް ޖެހޭ ނުރައްކާތެރި ބަލިތަކެކޭވެސް އެއްފަދައިން ސިހުރަކީވެސް ހަމަ އެފަދަ ބައްޔެކެވެ. ސިހުރު ޖެހިފާވާމީހަކު ވަގުތުން ފާހަގަނުވެދާނެއެވެ. ގިނަ އަލާމާތްތަކަކަށްފަހުވެސް އެއީ ސިހުރުކަން ޔަގީންކުރަންނޭނގިދާނެއެވެ. އެހެންނަމަވެސް ކުއްޖާއަށް އަންނަ ބަދަލުތަކުގެ ސަބަބުން ބައެއް ހާލަތްތަކުގައި ސިހުރަށް ޝައްކުކުރެވިގެންދެއެވެ. ދޮށީ ދަރިފުޅާޖެހިގެން ހުންނަ ދަރިފުޅު ބަނޑުގައި ރިއްސާތީ ތެޅިފޮޅޭތާ 2 މަސްދުވަސް ވީއިރުވެސް ލިބުނު ފަރުވާއެއްނެތެވެ. ދެއްކުނު ޑޮކްޓަރުންގެ އަދަދު ގުނާނުކުރެވެއެވެ. ނަމަވެސް ފަރުވާއެއްނުލިބުނުތާގައި ބަލީގެ އަސްލެއްވެސް ނޭނގުނެވެ. ބަލީގެ އަސްލަކީ ކޮބައިގަން އެނގިގެން ދިޔައީ ކުއްޖާގެ ބަސްމޮށުންތެރިކަމަށް […]
އަމީމާއި ޝޫރާގެ ޙާލަކީ ތޯއެވެ؟ ޝޫރާ މިކައިވެނި ކުރީ މައިންބަފައިންގެ ހޮވުމުގައި ކޮޅުފައިން ނުޖެހުމަށް ކަމުގައި ވިޔަސް އޭނާގެ ހިތުގައި އަމީމްގެ ސޫރަ ކުރެހިއްޖެއެވެ. ކޮޓަރިއަށް ވަތް ގޮތަށް އަމީމްގެ ފުރަގަހުން ބައްދާލުމަށްފަހު ލޯބީގެ ބަސްތަކެއް އަމީމްގެ ކަންފަތް ދޮށުގައި އިއްވާލިއެވެ. އަމީމު ހިތްހަމަ ނުޖެހިފައި ހުރެ ޝޫރާ އާއި ދުރަށް ޖެހިލިއެވެ. ޝޫރާ ހިތުގައި ޖެހުނެވެ. އާގަމަ ވެފައި ހުރެ އަމީމާއި ދިމާއަށް ބަލަން ހުއްޓައި އަމީމް އަލަމާރިން ޓީޝާޓަކާއި ސޯޓެއް ނެގުމަށްފަހު ފާޙާނާއަށް ވަނެވެ. […]
އަހަންނަކީ ޖިންނިއެކެވެ. އަހަރެން ބޭނުންވަނީ އިންސާނަަކަށް ވާންށެވެ. އެއީ އަހަންނަށް އިންސާނެއް ދެކެ ލޯބި ވެވިފައިވާތީއެވެ. ނަމަވެސް މި އިންސާނަކީ އިންތިހާއަށް ޖިންނިން ދެކެ ބިރުގަނަން ކުއްޖެކެވެ. ސަބަބަކީ އަހަންނެވެ. އަހަންނަށް އޮޅިގެން އޭނާ ކުރިމައްޗަށް ފާޅުވެވުނީއެވެ. އެރޭ އޭނާ ރުއި އިރު ކަރުނަ ފުހެދޭންވެސް އަހަރެން ނުކުޅެދުނެވެ. ކޮންމެއްކަސް އަހަރެން މި އަންހެންކުއްޖާއަށް ވަގުވަގަށް ފާރަލާތާ ފަސް އަހަރު ވަނީއެވެ. އޭނާއަށް މިހާރު ސަތާރަ އަހަރެވެ. އެންމެ ފުރަތަމަ އަހަންނަށް ފެނުނު އިރާއި ވަރަށް ތަފާތެވެ. […]
ނޯޓް: މިއީ މީގެ ކުރިން ވާހަކަ.ކޮމް ގައި ޝާއިޢުކޮށްފައިވާ ވާހަކައެކެވެ. “ދަރިފުޅާ! ދެން ތެދުވޭ. ފަހެއް ޖަހަންވެއްޖެ. މާ ލަސްވަންޏާ ދަރިފު ނުލާ އެމީހުން ފުރާފާނެ އިނގޭ!” އަހަންނަށް ހޭލެވުނީ މަންމަ ދޮރުގައި ޓަކިދެމުން ދިޔަ އަޑަށެވެ. “ތެދުވެއްޖައީމޭ މަންމާ.” ނިދީގެ އަސަރު އެކުލެވިފައިވާ އަޑަކުން އަހަރެން އެހެން ބުނެލީ މަންމަގެ އެ ޓަކިދިނުންތަކައް ހުއްޓުމެއްގެނައުމަށެވެ. މަންމަގެ އަޑު ނުއިވުމުން މަންމަ ދިޔައީ ކަމަށް ބަލައި އަނެއްކާވެސް އަހަރެން އޮށޯތީ ބެޑުގައެވެ. ކުއްލިއަކަށް އަހަންނަށް ހޭލެވުނީ އަހަރެންގެ މޫނަށް މީހަކު ފެންއެއްޗެއް އަޅާލުމުންނެވެ. ސިއްސައިގެން ގޮސް އަހަރެން […]
(ނޯޓް:މިއީ މީގެކުރިން ވާހަކަ.ކޮމް ގައި ޝާއިއު ކުރެވިފައިވާ ވާހަކައެއް) ހަވީރު ފަސް ގަޑި ބައިވުމާއެކި ނައިރާ ނިކުމެ މަގުމަތީ ކުޅެން ހުރި ފަސްއަހަރުގެ އަންހެން ދަރިފުޅު ގެއަށްވެއްދިއެވެ.ޝައިތޯނާ ބިމަށް ވެރިވެގަންނަ މިގަޑީގައި ދަރިފުޅު ބޭރުގައި ގެންގުޅުމަކީ ދުވަހަކުވެސް ނައިރާ ކުރިކަމެއްނޫނެވެ. ދަރިފުޅުގެ އަތްފައި ދޮއްވާލައިގެން ގެނެސް ގޮނޑީގައި ބައިދަމުން މޮޑުނު ބަތްތަށި ހިފައިގެން ނައިރާއައިސް އިށީނދެލީ ގާތުގައެވެ.”މަންމާ އަޅެ ގޯސްޓް އުޅޭ ވާހަކައެއް ކިޔާދީބަލަ..އޭރުން ކާނީ..”ފުރަތަމަ ސުވާ އަނގައަށް ދިމާކުރުމުން ބޮޑާހާކާލާފައި ދަރިފުޅު ބުންޏެވެ.އެއްދުވަހުވެސް ވާހަކައެއް […]
‘ލިލީ ދައްތާ’ ވެޑިން ޑްރެސް ގައިގައި ޖައްސައިގެން ލޯގަނޑުން ފަރިބަލަން ހުރި ލިލީ އަށް ކޮޓަރީގެ ހުޅިވިފައި ހުރި ދޮރުގައި ޓަކިޖަހާލަމުން ފަރީޝާ ގޮވާލިއެވެ. ފަރީޝާ ގޮވާލުމުން ލިލީގެ ފަރިބެލުން ހުއްޓާލައިފައި ކިހިނެއްވީހޭ އަހާކަހަލަ ގޮތަކަށް ފަރީޝާއަށް ބަލައިލިއެވެ. ‘ހައްވައްތަ ބުނެގެން، ލިލީ ދައްތަ ކާން ބަލާ!’ ލިލީއަށް ޖަވާބު ދެމުން ފަރީޝާ ބުންޏެވެ. ‘އޯހް! ކާން ދޯ! އަދި ތިކަން ނެތެއްނު ނުވެފައެއް؟ އާދެބަ އެބަހުއްޓޭ ފަރީއަށް ދައްކަންވެފަ ހުރި މޭކަޕް ސްޓައިލްތަކެއް.’ ވެޑިން ޑްރެސް […]
ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން އޮވެ ދާނިޔާ އެތައް އިރަކު ރުޔެވެ. ބޭރަށް އެއްލާލި ސިގިރެޓްފޮށި ތެމި ފޯވަންދެންނެވެ. ގޭގެ ދެވަނަބައިގެ ކުޑަދޮރަކުން ބޭރަށް ބޯލައިގެން އޮވެ ދާނިޔާ ބޭނުންވީ ހިތްފުރެންދެން ރޯލާށެވެ. ކަރުނަތައް ހުސްވަންދެން ރޯލާށެވެ. އެތައް އިރަކު ރޯން އޮތުމަށްފަހު ދާނިޔާ ތެދުވެ ލޯފޮހެލިއެވެ. ފޯނު ނަގައި ކޮންމެވެސް މީހަކަށް މެސެޖެއް ކޮށްލިއެވެ. އެއަށްފަހު ފާހާނާއަށް ވަދެ ނިކަން ރަނގަޅަން ފެންވަރާލިއެވެ. ދާނިޔާ ފާހާނާއިން ނުކުތްއިރު އޭނާހުރީ ވަރަށް ތާޒާވެލާފެއެވެ. އޭނާގެ ދިގު ފަން ރޭނގަޑެއް […]