Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިކުރުވާހަކަ

ފަޅު ރަށް

Aireen Level 1
July 19, 2018 7 Mins Read
11 Comments

 

(ނޯޓް:މިއީ މީގެކުރިން ވާހަކަ.ކޮމް ގައި ޝާއިއު ކުރެވިފައިވާ ވާހަކައެއް)

ހަވީރު ފަސް ގަޑި ބައިވުމާއެކި ނައިރާ ނިކުމެ މަގުމަތީ ކުޅެން ހުރި ފަސްއަހަރުގެ އަންހެން ދަރިފުޅު ގެއަށްވެއްދިއެވެ.ޝައިތޯނާ ބިމަށް ވެރިވެގަންނަ މިގަޑީގައި ދަރިފުޅު ބޭރުގައި ގެންގުޅުމަކީ ދުވަހަކުވެސް ނައިރާ ކުރިކަމެއްނޫނެވެ.

ދަރިފުޅުގެ އަތްފައި ދޮއްވާލައިގެން ގެނެސް ގޮނޑީގައި ބައިދަމުން މޮޑުނު ބަތްތަށި ހިފައިގެން ނައިރާއައިސް އިށީނދެލީ ގާތުގައެވެ.”މަންމާ އަޅެ ގޯސްޓް އުޅޭ ވާހަކައެއް ކިޔާދީބަލަ..އޭރުން ކާނީ..”ފުރަތަމަ ސުވާ އަނގައަށް ދިމާކުރުމުން ބޮޑާހާކާލާފައި ދަރިފުޅު ބުންޏެވެ.އެއްދުވަހުވެސް ވާހަކައެއް ކިޔާދީގެންނޫނީ ކާންދިނުމަކީ ބޮޑުކަމެކެވެ.ނައިރާ ވިސްނާލިއެވެ.ހުދު އޭނާއަކީވެސް ތަފާތު ބިރުވެރި ހާދިސާއަކާ ޅައިރުގައި ކުރިމަތިލާންޖެހުނު މީހެކެވެ.ކިޔާދޭންވީ އެވާހަކަ ހެއްޔެވެ.އެދުވަހުގެ ހަނދާން އާވެފަ މިހާރުވެސް ނައިރާގެ މޭގަނޑު އަނގަޔަށް އަންނަ ވަރުވެއެވެ.

******************************************

އެންމެ ވިލާ ރޮއްޖެއްވެސް ނުވާ ސާފް ނޫއުޑުގައި އިރުވަނީ ދޮންކޮށްފައެވެ.ކަނޑުވަނީ އާދަޔާ ހިލާފަށް ހިމޭންވެފައެވެ.އެންމެ ރާޅެއްގެ ހިލަމެއްވެސް ނުވެއެވެ.ކަނޑުގަ ތެޔޮލާފައޭ ބުނެވެނީ މިފަދަ ދުވަސްތަކަށްށެވެ.އިރުގެ ދޯދިތަށް ކަނޑުގެ ސަތަހައަށް އެޅިގެން ވިދަމުން ދިޔައީ މިލިއަން ޖަވާހިރުގެ ބެބުޅުންހެނެވެ.އިރުއިރު ކޮޅުން ޖެހިލާ ހިމޭން ފިނި ވައިރޯޅިތަކުން ހިތަށް ހަމަޖެހުންގެނެސްދެއެވެ.ކޮންފަދަ ހިތްގައިމު ރީތި ދުވަހެއްހެވެ.

ހެނދުނުގެ  ނާސްތާއަށްފަހު ބައެއް އަންހެންވެރިން ރާޅުޖަހާ ފަށުގަ އުނޑަފައިން އިށީނދެތިބީ ތެލިދޮންނާށެވެ.ދުންއަރާ ބޯވެފައިވާ ތެލިތަކުގެ ކަޅުދެލިކަން ފިލުވަން މަގޫފަތާ ދޮންވެލިން ކާއްތަމުންދިޔައިރު އަންހެންވެރިންގެ އިނގިލިތަކާ ނިޔަފަތިތަށް ހުރީ ކަޅުދެލިބުރިއަށް ވެފައެވެ.ކައިރީގައި އެމީހުންގެ ކުދި ދަރިންތަށް ލޮނުފެނާ ކުޅެ މަޖާކުރަން ތިއްބެވެ.

މިމަންޒަރު ދެކެން ހުރެފަ އަންހެންވެރިންނަށް އަތްހޫރާލަމުން ލިބާސް ކޮށިކޮށްލާފައި ކަތްދަ ހިނގައިގަތީ ރާޅުޖަހާފަށުގަ އޮތް ބޮއްކުރަޔާ ދިމާލަށެވެ.އެއްއަތުން ކިހިލީގައި ކުނާބޮޑިއެއް ޖަހައިގެން ހުރިއިރު އަނެއްއަތުން ހިފައިގެން ހުރީ ހައަހަރުގެ އަންހެންދަރިފުޅުގެ އަތުގައެވެ.ރާޅާ ނުތެމެން ކަނޑިކި ހިއްލައިގެން ހުރެ އޭނާގޮސް ބޮއްކުރަޔަށް އަރައިފިއެވެ.ކަތްދަގެ ފިރިމީހާ މޫސަ އެމީހުންގެ ދަރިފުޅު ކަމަނަ ބޮއްކުރަޔަށް ލުމުން ކަތްދަ އެދަރިފުޅުގެ ބޮލުގައި ފިރުމާލައިފިއެވެ.ބޮއްކުރާ ބޭރުކޮށްލަން ހަދާލާފަ މޫސަ މަޑުޖެހިލީ އެއްގަމާވީ ފަރާތުން އަންނަ ބަފައިބެ ފެނިފައެވެ.

“ދަރިފުޅާ މީ މަންމަ ދިން އެއްޗެއް..މިއަދު ދެންގޮސް ކާއެއްޗެއް ނުހެދިޔަސް ވާނެއްނުދޯ..”ބަފައިބެ ދިއްކޮށްލި ތަށީގަ ހިފަމުން މޫސަ ބޯޖަހަލިއެވެ.

ގުދުރަތީ ފަޅެއް ލިބިފައިވާ ރަށުން ބޮއްކުރާ ބޭރުވުމާއެކު ދަތުރަށް ފެށުނީއެވެ.ހިމޭންވެފައިވާ ނޫ ކަނޑުގަ މޫސަ ޖަހަމުންދިޔަ ފަލިން ބޮއްކުރާ ކުރިއަށްދިޔައެވެ.ފަލި ލޮނުގަނޑަށް  ގަންބާލާ ކޮންމެ ފަހަރަކު އުފެދޭ ކުދި ބާނިތަކަށް ބަލަން ހައަހަރުގެ ކަމަނަ އިނީ ގެއްލިފައެވެ.ހިސާބަކަށް ދެރަވެ ވިސްނުމެއްގައެވެ.

“ދަރިފުޅާ އަދި އިރާދުކުރެއްވިއްޔާ އަންނަ ހުކުރު ދުވަހުންވެސް މާމަމެން ކައިރިއަށް ދެވޭނޭ އިނގޭ” ކަމަނަ ދެރަވެފަ އިން ސަބަބު އެނގޭތީ ކަތްދަ ލޯތްބާއެކު ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ.ފަސްވަރަކަށް މިނެޓްގެ އަމާން ދަތުރަކަށް ފަހު އެފަޅުރަށުގެ ހިމޭން ދޮންވެލި ތުނޑިއަށް ބޮއްކުރާ ބީއްސާލީއެވެ.އެއާއެކު ފުންމާލައިގެން ކަމަނަ ދުވެގޮސް އިށީނީ ދޮންވެލިގަނޑުގައެވެ.ކަތްދައާ މޫސައާ ދެމަފިރިންވެގެން ބޮއްކުރާ އެއްގަން ކޮށްފަ ކަމަނަގެ އަތުގަ ހިފައިގެން ހިނގައިގަތީ ރުށްފާ ތެރެއިން ފެންނަން ހުރި އެމީހުންގެ ފަން ގެގަނޑަށެވެ.މިދެމަފިރިން އެމީހުންގެ ދަރިފުޅާއެކު މި ފަޅުރަށުގަ ދިރިއުޅެމުންދާތާ މިވަނީ ދެތިންމަހެވެ.މޫސައަކީ ރުއްއަރާ ރާވެރިއަކަށް ވުމުން މިރަށުގަ ހުންނަ އާދަޔާހިލާފަށް ގިނައިން ރާއުފެދޭ ކުދި ރުއްތަކުގެ ސަބަބުން ދެމަފިރިންވެސް މިކުޑަ ރަށްގަނޑަށް ވަނީ ލޯބިޖެހިފައެވެ.އާމްދަނީ ހޯދުމުގެ ގޮތުން މައިންބަފައިން ދޫކޮށްފަ މިފަޅުރަށުގަ ދިރިއުޅެމުންދިޔަޔަސް ގުދުރަތީ ރީތިކަމުން ފުރިގެންވާ މިރަށުގަ ދެމަފިރިންނާ ދަރިފުޅު އުޅެނީ ހިތްހަމަޖެހިގެންނެވެ.ކަނޑުމަތިން ކައިރީގައި ފެންނަން އޮތީ އެމީހުންގެ ހަގީގީ ރަށެވެ.ދެރަށުގެ ދެމެދު ރާސްތާގެ މާބޮޑު ދުރުމިނެއް ނެތުމުން އެރަށުން ތާޅަފިލިން ގޮވާ ބަންގީގެ އަޑު މިފަޅުރަށަށްވެސް އިވެއެވެ.ކޮންމެ ހުކުރު ދުވަހަކު މައިންބަފައިންނަށް ޒިޔާރަތްކޮށްލަން ދެވޭ ސަބަބަކީވެސް އެއެވެ.ދެރަށް ކައިރިވުމެވެ.

އިރު އޮއްސި އަނދިރިކަން ވެރިވުމުން ކަތްދަ ފުޅިބައްތި ރޯކުރުމަށްފަހު އޭގެ އަތްގަނޑު އަޅުވާލީ ބިތުގައިވާ މޮހޮރުގައެވެ.އަލިފާނުގެ އެކުޑަ ހުޅުކޮޅުގެ އޮރެންޖް އަލީން ފަން ގެގަނޑުވަނީ ހިސާރު ކޮށްފައެވެ.ބިންމަތީގަ ކުނާ ފަތުރާލާފަ ތިންމައިން އިށީނދެ ރޭގަނޑުގެ ނާސްތާ ކުރަންފެށިއެވެ.ފިހުނު ބަނބުކޭލާ ދިޔާހަކުރު މީރުކޮށް ކާލެވުނެވެ.އިރާކޮޅު އަތަށް އެޅުމުން ކަމަނަ ނިންޖައިގެން އާފުރެން ފަށައިފިއެވެ.އެހެންކަމުން ކަތްދަ ދަރިފުޅު ގޮވައިގެން ވަނީ ފަނުން ދޮރުކަނޑާ ނިދަން ހާއްސަކޮށްފައިވާ ބަޔަށެވެ.އޮށި އަށިމަތީގައި ކަމަނަ ބާއްވައިގެން ނިދެންދެން ކަތްދަ އިނެވެ.

ކަމަނަ ނިދުމުން ކައިފަ ބާކީ ހުރި އެއްޗެހި ހިފައިގެން ކަތްދަ ނިކުތީ ނިދާ ގެއާ ޖެހިގެން ފަނުން ހަދާފަހުރި ރާކައްކާ ބަދިގެއަށްދާށެވެ.އޭރު މޫސަ އަށިމަތީ އޮށޯވެލައިގެން އޮތެވެ.ހަނދުވަރުދީފައިވާ ރެއެއްކަމުން މުޅި ހިސާބަށް ވަނީ އަލިކަން ވެރިވެފައެވެ.އެއީ އެމީހުން ފިޔަވާ އިތުރު ބަޔަކު ނޫޅޭ ފަޅުރަށެއްކަން އެނގުނަސް ކަތްދަގެ ހިތުގަ ޖެހިލުންވުމެއްނެތެވެ.ބަދިގޭގެ މަސައްކަތް  ނިންމާފަ ކަތްދަ ނިދާގެއަށްވަދެ ދޮރުޖަހާ ރޯނުގަނޑުން ރަނގަޅަށް އެއްސިއެވެ.

ރަތްދަކަ އަވީގައި ކަމަނަ ގޮނޑުދޮށުގަ ކުޅެން ދުވުނުއިރު ކަތްދަ އުޅުނީ އޮލަވެފަހުރި ދިޔާހަކުރުތަށް އެއްޗެއްސަށް އަޅާ ރައްކާކުރުމުގައެވެ.މިފަހަރު ބޯޓު މާލެ ދާއިރު ހަކުރުކޮޅު ފޮނުވާލެވިއްޖާ ރަނގަޅު އެއްޗެއްލިބޭނެއެވެ

ހަކުރު ހުސްކުރި ތެލި ދޮވެގެނެސް އަށިމަތީ ބަންޑުން ޖަހާފަ ކަތްދަ އެނބުރުނުއިރު ވަލުން މޫސައައީ ކޭލިނެގި ކާށިފައްޗެއް ކޮނޑަށް ލައިގެނެވެ.

ހަވީރުއަތަށް އެޅިއިރުގަ ކަތްދައިނީ ކަމަނައަށް ވޮށިފިލާ އަޅާދޭށެވެ.އޭރު މެންދުރު ހުރި ހޫނުކަން ކެނޑި ކޮންމެސްވަރަކަށް ފިނިވާން ފަށައިފިއެވެ.އެވަގުތު މޫސަ އެތަނަށް އައިސް ކަމަނަގެ ބޮލުގައި ފިރުމާލަމުން ހަވީރުގެ ރާބާލަން ދާވާހަކަ ކަތްދަ ކައިރިބުނެލިއެވެ.

ކަތްދަ ދަރިފުޅާއެކު އަތިރިމަތީގައި ހުއްޓާ ޖެހިގެން އޮތް އެމީހުންގެ ރަށުން އިރުއޮއްސި ބަންގި ގޮވާ އަޑު އިވެންފަށައިފިއެވެ.އެހެންކަމުން އެއްގަމާއިވީ ފަޅިއަށް ހިނގައިގަތީ މިހާރު މޫސަވެސް ވާނީ ގޭދޮށަށް އައިސްފަކަން އެނގޭތީއެވެ.

ނަމަވެސް ކަތްދަ އައިސް އެތަށް އިރެއްވީ އިރުވެސް މޫސަގެ ހަބަރެއް ނުވުމުން ހާސްވެއްޖެއެވެ.ކޮންމެސް ވަރަކަށް އަނދިރިކަން ވެރިވެފަ އޮތަސް ކަތްދަ ނިންމީ މޫސަ ފެނޭތޯ ރުއްފާތެރެ ކުޑަކޮށް ބަލައިލާށެވެ.

ފެނުނު މަންޒަރުން ކަތްދަގެ ހިތްނުހުއްޓުނީ ކިރިޔާއެވެ.އޭނާގެ ލޯބިވާ މޫސާ އެވަނީ ރުކެއްގެ ދޮށުގަ ލެއާ ތަތްތެޅިފައެވެ.ފެންނަފެނުމަށް ބޮޑަށް ގަބޫލު ކުރެވެނީ ރާބާލަން އުޅުމުގެ ތެރޭގައި މޫސަ ރުކުން ވެއްޓި އަނިޔާވީ ކަމަށެވެ.

ލޯބިވާ ފިރިމީހާގެ މޫނުގަ އަތުން ތަޅަމުން ގޮވިއިރު ކަތްދައަށް ރޮވެނީއެވެ.މޫސަގެ ހަރަކާތެއްނެތްއިރު އޮތީ ހޭނެތިފަކަން ކަތްދައަށް ޔަގީންވީ ނޭވާލަމުންދާތީއެވެ.ކުޑަނަމަވެސް އުއްމީދެއް ކަތްދަގެ ހިތަށް ލިބުނެވެ.ކަމަނަ އެތާ ބަހައްޓާފަ ކަތްދަ ދުވެގޮސް އައީ ފެން ހިފައިގެނެވެ.އެތަށް އިރަކު ފެން ހޭކިފަހުން މޫސައަށް ލޯހުޅުވާލެވިއްޖެއެވެ.ނަމަވެސް ހަށިގަނޑުގަ އަޅަމުން ދިޔަ ގަދަފަދަ ވޭނުން ކެއްނުކުރެވި މޫސައަށް ރޮވިއްޖެއެވެ.ކަތްދަ މަސައްކަތް ކުރީ މޫސައަށް ހިއްވަރުދީގެން އަތުލަފިކޮށްގެން ގެއާ ހަމައަށް ގެންދެވޭތޯއެވެ.

ރުއްފަލާ ގެއާ ކައިރިކަމުން އެތަށް މަސައްކަތުން މޫސައަށް ގެއާ ހަމައަށް ދެވުނެވެ.ބިދިފަ އޮތް ދެފައިގަ އަޅާވޭނުން ރޮމުން ހޭރެމުން ބިމުގަ ކޫއްތިފައެވެ.މޫސަ ގެ ބޯ ފެޅިފަވާލެއް ބޮޑުކަމުން ނުރައްކާތެރި ދަރަޖައަށް ލޭ ފައިބަމުންދިޔައެވެ.އެކިގޮތްގޮތުން ކަތްދަ ގެ އެހީއާއެކު ގޭ ދޮރާ ހަމައަށް ދެވުނު އިރު މޫސައަށް ތަންތަން ފެންނަންފެށީ ފުސްކޮން އަނދިރިކޮށެވެ.މިއީ ހަޔާތުގެ އެންމެ ފަހު ވަގުތު ކޮޅޭ ހީވިކަހަލައެވެ.ދެވަނަ ފަހަރަށް ހޭހުސްވެގެން މޫސަ ވެއްޓުނީ ގޭ ދޮރުމައްޗަށެވެ.ކަތްދަގެ ހިއްވަރުއެލި މުޅިން ވަރުބަލިވިއެވެ.ކައިރީގައި ރޯން ހުރި ކަމަނަ ގައިގަ ހިފައިގަންނަމުން ކަތްދައަށްވެސް ރޮވުނީ ގޮތްހުސްވެގެނެވެ.މިފަޅުރަށުގަ އެހީވާނެ މީހަކު ނުހުންނާނެކަން އެނގޭތީއެވެ.ހަށީގައި ނެތް ހިއްވަރުލާފަވެސް ކަތްދަ ތެދުވެއްޖެއެވެ.ދަރިފުޅަށް ޓަކާވެސް އޭނާ މިއަދުމިވަނީ ހިއްވަރު ކުރަން ޖެހިފައެވެ.މޫސަ ހޭއަރާތޯ އަލުން މަސައްކަތްކުރަން އެބަޖެހެއެވެ.ކަތްދަ ރޮމުން ހަޅޭއްލަވަމުން މޫސަގެ ދެއަތުގަ ހިފާ ދަމާ ގެއަށްވައްދައިފިއެވެ.އަށްޓަށް އެރުވޭނެހާ ވަރެއް އޭނާގެދެން ނެތެވެ.މުޅި ދުނިޔެވެސް ކުދިކުދި ވެއްޖެހެން ކަތްދައަށް ހީވީ މޫސަ އިތުރަށް ނޭވާ ނުލާކަން އެނގުމުންނެވެ.މޫސަގެ ބޮލުން ބިންގަނޑަށް ފޭދިފަވާ ލޭގެ ބިޔަ ކޯރު ފެނުމުން ކަތްދަ ތުރުތުރުއަޅައިގަތެވެ.މޫސަ ނިޔާވީ ލޭހުސްވެގެންހެއްޔެވެ.ކަތްދަ ގިސްލަމުން ރޮމުން ތިރިވެ މޫސަގެ ގައިގަ އޮޅުލައިގަތެވެ.އެހާ އުފާވެރިކޮށް އުޅެނިކޮށް ކުއްލިއަކަށް މިލައިގަތީ ކޮން ތޫފާނެއް ހެއްޔެވެ.އެހީވާނެ އެއްވެސް މީހެއްނެތި މިރޭގަނޑު ފިރިމީހާގެ ފުރާނަނެތް މަސްގަނޑާއިގެން މި ފަޅުރަށުގައި އޭނާ ދަރިފުޅާއެކު ހުންނާނީ ކިހިނެއްހެއްޔެވެ.

ގޮތްހުސްވުމާ ހިތާމަ އެކުވެގެން ކަތްދަ ގިސްލެވި ހިނދެނީއެވެ.މޫސަގެ ފުރާނަ ނެތް މަސްގަނޑުގަ އޮޅުލައިގަނެގެން އޭނާގެ އަންހެނުންނާ އަންހެންދަރިފުޅު ރޮނީއެވެ.އެގޮތުގަ އެތަށް އިރެއްވީފަހުން ގިސްލެވިގެންގޮސް ކަމަނައަށް ނިދިއްޖެއެވެ.ނަމަވެސް ކަތްދަ އެއޮތްގޮތަށް އޮތީއެވެ.ލިބިފައިވާ ޝޮކުން ދެންހަދަންވީ ގޮތެއް ނުވިސްނިފައެވެ.

މަޑުމަޑުން ވަގުތުތަށް ފާއިތުވަމުންގޮސް ދަންވަރުގެ ހިމޭންކަން ވެރިވެއްޖެއެވެ.މުޅި ރަށަށް ފެތުރިފައިވަނީ ފުރަ އަނދިރިކަމެވެ.ވަޅު ނުލާއޮތް ގަބުރެއްވާ އެރަށުގަ ކަތްދައާ ދަރިފުޅު ފިޔަވާ އިތުރު މީހެއްނެތެވެ.ރަށެއް ފަޅުވެ ނާމާންވާނީ މިވަރަކަށެވެ.ކުއްލިއަކަށް ހިކިފައިވާ ފަރުމައްޗަށް ބިންދާލި ރާޅާއެކު ނާމާންކަން މުޅިރަށް ހިސާރުކުރިއެވެ.މިކަމުގެ ހިލަމެއްވެސް ފަން ޖިފުޓީގައިވާ ކަތްދައަކަށް ނުވިއެވެ.

މޫސަގެ ހަށިގަނޑު މަތީގައި މޮޔައެއްފަދައިން ހުސްކަމެއްގެ ތެރެއަށް ބަލަން އޮތް ކަތްދައަށް ގޭ ދޮރުމައްޗަށް މީހަކު ހުއްޓިލިހެން ހީވިއެވެ.އެއާއެކު ނޭފަތުގަ އައިސް ޖެހުނު ފަރުހަކި ވަހުގެ ސަބަބުން ކަތްދަގެ ދެލޯބޮޑުވިއެވެ.ހަރަކާތެއްވެސް ކޮށްނުލާއޮވެ އޭނާ ކަޅިހިންގާލިއެވެ.އޭނާގެ ކައިރީގަ ކަމަނަވެސް ބިންމަތީގަ ނިދިފަ އޮތެވެ.ދޮރުމަތީ ހުރި މީހެއްގެ ބިޔަ ހިޔަނި ގޭތެރެއަށް އެޅެންފެށުމުން ކަތްދައަށް އިތުރަކަށް ކެތެއްނުވިއެވެ.

ފުންމައިގެން ކަތްދަ ތެދުވެ ބަލައިލިއެވެ.ދޮރުމަތީގައި ލޮނާ ތެމިފޯވެގެން ހުރީ ކަތްދަގެ ބޮޑުބެއެވެ.ނަމަވެސް ކަތްދަގެ ހިތުގަ އެތަށް ޝައްކާ ވަހުމުތަކެއް ދުވަންފެށީ ޙާލަތުގެ ގޮތުންނެވެ.ބޮޑުބެ އެއްވެސް އެއްޗެއް ނުބުނެ ދޮރުމަތީ ބަލަންހުރި ގޮތަކުން ކަތްދަގެ ހިތް ބިރުން ރޫރޫ އަޅައިގަތެވެ.މީކީ ބޮޑުބެއަކަށް ނުވާނެއެވެ.މިއީ ބޮޑުބެގެ ސިފައިގައި އަރާހުރި ފުރޭތައެކެވެ.ބޮޑުބެނަމަ މިހާ ދަންގަޑިއެއްގަ ތެމިފޯވެގެން އަންނަންވީ ސަބަބެއް ނެތެވެ.އަނެއްކޮޅުން ބޮޑުބެނަމަކާ މޫސަގެ މަސްގަނޑު ފެނިފަކާވެސް އެހެން ދުރުގަ ބަލާކަށް ނުހުރީއެވެ.

“އަހަރެން އެތެރެއަށް ވަންނަންތަ” ބޮޑުބެ ދޮރުމަތީ ހުރެ ބުނެލިއެވެ.އޭނާގެ އަޑު އާދަޔާ ހިލާފަށް ބަރުވެފާ ގުގުމައިގެންދާފަދަ ގޮތެއް ހުއްޓެވެ.ބިރުން ތުރުތުރު އަޅައަޅައިން ކަތްދައަށް ބޯ ޖަހާލެވުނީ ބޭއިހުތިޔާރުގައެވެ.އޭނާ ދަންނަ ބޮޑުބޭބެގެ އަޑު ހުންނަނީ މިހެނެއް ނޫންވިއްޔާއެވެ.ދުލަށް އައިހާ ހެޔޮ އެއްޗެއް ހިތުން ކިޔަމުން ކަތްދަ ބިންމަތީ އޮތް ދަރިފުޅުގެ ގައިގަ ވިކައިގަތެވެ.ބޭނުމަކަށްވީ ކަމަނަ ހޭލައްވާލުމެވެ.ކަމަނަ ލޯހުޅުވާލުމާއެކު ކަތްދަ ވަގުތުން ދަރިފުޅު އުރާލިއެވެ.

” މިއޮތީ މަރުވެފައެއްނު..މާދުރަށްވެސް އެބަވަސްދުވާ..ކަލޭމެން ދޭދެން ނިދަން..ވަޅުލުމުގެ ކަންތަކާ ދެން އުޅޭނީ މާދަމާ އަލިވުމުން..އަލިވަންދެން އަހަރެން މިތާ އިންނާނަން..ދޭ ނިދަން” ބޮޑުބެގެ އެބަރު އަޑު ގޭތެރޭ ގުގުމައިގަތެވެ.އޭނާގެ ނަޒަރު ގޭތެރެއަށް ވަނީއްސުރެ ހުއްޓިފަހުރީ މޫސަގެ ހަށިގަނޑަށެވެ.ބޮޑުބެ ގުދުވެލައިފާ މޫސަގެ ހަށިގަނޑު ނެގިގޮތަށް އަށިމަތީ  ބާއްވާފިއެވެ.އެމަންޒަރު ދެކެން ހުރި ކަތްދަ ހުރީ ބިރުން ބިރުންވިރިވިރިއެވެ.ހިތްވަރުގަދަ ވިސްނުންތޫނު ކަތްދަގެ ސިކުނޑިއަށް މިވަނީ ކީއްކަން ކޮންމެސް ވަރަކަށް ނަގައިގަނެވުނެވެ.މިރަށް މިވަނީ ނާމާންވެފައެވެ.ވަޅުނުލާ ގަބުރެއް ފަޅުރަށެއްގެ ފަސްގަނޑުމަތީ އޮތުމަކީ ކިހާ ނުރައްކާތެރިކަމެއްކަން ކަތްދައަށްވެސް ވިސްނިއްޖެއެވެ.ކުރިމަތީ މިހުރީ ހަމަސީދާ ފުރޭތައެކެވެ.ގަތްބިރުން ކަތްދަގެ ދެފައިވެސް ތުރުތުރު އަޅަނީއެވެ.

“މި..މިދަނީ މިމަންޖެ ނި..ނިންދަވަން”ހުއްޓަހުއްޓައިގެން ކަތްދައަށް ބުނެވުނެވެ.ކިތަންމެ ބިރުގަތަސް ލޯބިވާ ދަރިފުޅުގެ ފުރާނައަށްޓަކާ މިވަގުތު އޭނާ ހިއްވަރު ކުރަން މަޖުބޫރެވެ.ކުރިމަތީ މިހުރި ‘ފުރޭތަ’ އާ ކުރިމަތިލެވޭނީ ފިސާރި ވިސްނުންތެރިވެގެންނެވެ.

ނިދުމަށްޓަކާ ވަކިން ހަދާފައިވާ ބަޔަށް ކަމަނަ ގޮވައިގެންވަދެ ދޮރުޖަހާ ރޯނުގަނޑުން ވަރުގަދައަށް ކަތްދަ އެދޮރު އައްސާލިއެވެ.ބިރުގަނެ ވާނުވާ ނޭނގިފައިން ކަމަނަ ގެނެސް މޭގަ ބޮޑިކޮށްލަމުން ކަތްދަ ދަރިފުޅުގެ ކަންފަތް ދޮށުގައި ސިއްރެއް ބުނެލިއެވެ.”އެއްވެސް އަޑެއް ނުލައްވާތި ދަރިފުޅާ” ކަތްދަ ވިސްނަމުންދިޔައީ ޖެހިފައިމިވާ ބިރުވެރިކަމުން ސަލާމަތްވާނެ ގޮތެކެވެ.

ހިތާހިތުން ދުއާކުރަން އިންދާ ކަތްދަ ގެ ކަންފަތުގަ ޖެހުނީ ހަރުއެއްޗެއް މުގުރޭ އަޑެވެ.ކޮންމެސް ކަހަލަ މުރަނަ ހަރު އެއްޗެއް ދަތުން ހަފައިގެން ކާއިރުވެސް އިވޭނީ އެފަދަ އަޑެކެވެ.ކިތަންމެ ބިރުގަތަސް ދަރިފުޅުގެ ހައްގުގަ ކަތްދަ ތެދުވިއެވެ.ކަމަނަ ބިންމަތީ ބަހައްޓަމުން ބިއްގަނޑުން ކުޑަ ތަންކޮޅެއް ފޭކޮށްލާފައި އޭނާ މައި ގޭތެރެއަށް ބަލައިލިއެވެ.އެއާއެކު ފެނުނު މަންޒަރުން ދެލޯ ބޮޑުވިއެވެ.އަޑުގާނެތްތަނަށް ހަޅޭއްލަވައިނުގަނެވުނީ އަނގަމަތީ އަވަހަށް އަތްއެޅުމުންނެވެ.މުޅި ހަޔާތުގަވެސް މިއަށްވުރެ ވަކި ބިރުވެރި މަންޒަރެއް ކަތްދަ ނުދެކެއެވެ.މުޅިމީހާ ތުރުތުރު އަޅަން ފެށިއެވެ.ބޮޑުބެގެ ސިފަ ޖެހިގެން އަރާއެއިން ފުރޭތަ އެދަނީ މޫސަ ގެ ހަށިގަނޑު ކަމުންނެވެ.ކަށްޓާ މަހާއެކީ ކަމުންދިޔައިރު ،ފުރޭތަ’ ގެ ދެމިޔަކަނުން ލޭފައިބަމުން ދިޔައެވެ.މޫސަގެ ހަށިގަނޑުގެ ދެބައިކޮށްފަ އެއްބައި އޭރުވަނީ ކައިފައެވެ.މީ މިނިމަސްކާ ފުރޭތައެކެވެ.ކަނޑުގަ އުޅޭ ބިރުވެރި އިފްރީތެކެވެ.

މިތަނުގަ އެއްވެސް ރައްކާތެރިކަމެއް ނެތްކަން ކަތްދައަށް ވަގުތުން ވިސްނުނެވެ.މޫސަގެ  ހަށިގަނޑު ކައިހުސްކޮށްފަ ދެން ދިމާކުރާނީ އެދެމައިންނާކަން ޔަގީނެވެ.

ކަތްދަ ދަރިފުޅުނަގާ މެޔާލާ ބޮޑިކޮށްލިއެވެ.ފުރޭތައަށް ހިލަމެއް ނުވާނެހެން އުނދަގުލުން ބިއްގަނޑު ފަޅާލައިގެން ދަލޭކަ އެގެއިން ނިކުތެވެ.އޭރުވެސް އެތެރެއިން މިނިކަށި ހަފާއަޑު އިވެމުންދިޔައެވެ.މުޅި މާހައުލުގަ ވަނީ ނާމަންކަމެވެ.ފުރަމެންދަމުގެ އަނދިރިކަމެވެ.ޖެހިލާ ކޮންމެ ރޯޅިއެއްވެސް ކަތްދަގެ ހިތަށް ގުޑުންގެނުވިއެވެ.ހަނދުވަރުގެ އަލިކަން މިރޭ ނެތުމުން އެއަނދިރިކަމުގަ ދާންވީ ދިމާލެއްވެސް ނޭނގުނެވެ.ބިރުވެރިކަމުން ފުރިގެންވާ މިމާހައުލާ ދުރަށްދާން ހަދާނެގޮތެއް ނުވިސްނި ކަތްދައަށް އަނެއްކާވެސް ރޮވެން ފެށިއްޖެއެވެ.ލޯބިވާ އަންހެންދަރިފުޅު ނެތްނަމަ މިރޭ އޭނާވެސް އެދުނީހީ އެފުރޭތައިގެ އަތުން މަރުވާށެވެ.ފިރިމީހާ ނެތް ދުނިޔެއެއްގައި ހުންނަން އޭނާ ބޭނުމެއްނެތެވެ.ނަމަވެސް ދަރިފުޅު ސަލާމަތުން ދުނިޔޭގަ ބަހައްޓަން އޭނާ ބޭނުމެވެ.

ކުއްލިއަކަށް ކަތްދަގެ ކަންފަތުގަ ޖެހުނީ އެމީހުން ދިރިއުޅުނު ގެއިން ބަރު ހަޅޭކެއްގެ އަޑެވެ.”ކޮބާ އެމީހުން..ކޮންތާކަށް އެފިލީ..” ރުޅިގަދަވެފައި ހުރެ އެފުރޭތަ ހަޅޭއްލަވައިގަތް އަޑުއިވުނެވެ.އެއާއެކު އެމީހުން ދިރިއުޅުނު ޖިފުޓިގަނޑުވެސް ތަޅުވައިގަނެއްޖެއެވެ.

“ޔާރައްބީ ކަލާކޯ..އެއަންނަނީ އަހަރެމެން ހޯދަން” ކަތްދަގެ ދެލޯ ވަނީ ބޮޑުވެފައެވެ.ދަރިފުޅުގެ ހައްގުގަ އޭނާ ނެތްހިއްވަރުލާފަ ރުއްފާތެރެއަށް ދުއްވައިގަތީ އެފުރޭތައަށް ފެނުމުގެ ކުރިން ފިލާށެވެ.އަނދިރިކަމުން ތަންދޮރުވަކިވާރެއްވެސް ނޫނެވެ.ގޮތްހުސްވެ ދުވަމުން ދިޔަ ކަތްދައަށް މިއަނދިރިކަމުގައިވެސް ދުރުގައިވާ ބިޔަ ތިން ބޮނބި ފުނި ފެނިއްޖެއެވެ.އެއީ ވޭތުވެ ދިޔަ ދުވަސްތަކުގަ އެތަށް ހާސް ކާއްޓެއް ހެހެފަ އޭގެ ބޮނބިން ޖަހާފައިވާ ބިޔަ ބޮނބިފުނިތަކެކެވެ.އެއީ ލެއްވި ނަސީބެއްކަމުގަ ދެކިގެން ކަތްދަ ދަރިފުޅު ގޮވައިގެންގޮސް ތިންވަނައަށް ހުރި ބިޔަ ބޮނބިފުނީގެ ބިއްދޮށަށް ވަދެ ފިލައިފިއެވެ.”ދަރިފުޅާ އެއްވެސް އަޑެއް ނުލައްވާތި..އިރާދުކުރެއްވިއްޔާ އަހަރެމެން ސަލާމަތްވާނެ..”ރޮވިފައި އިނދެ ކަތްދަ ވައިއަޑުން ދަރިފުޅަށް ނަސޭހަތް ދިނެވެ.ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށް ﷲއާ ވަކީލުކޮށްގެން ދަރިފުޅު ގެނެސް މޭގަ ބޮނޑިކޮށްގެން ބޮނބިފުނީގެ ބިއްދޮށަށްވަދެ ކަތްދަ އިނެވެ.އެގޮތުގަ ކުޑަ އިރުކޮޅެއް ވީއިރަކަށް ދުރުން ހޫރެމުން ރުޅިއައިސްގެން ބަރު އަޑުން ހަޅޭއްލަވަމުން ފުރޭތަ އެމީހުން ހޯދަން އަންނަ އަޑު އިވެންފަށައިފިއެވެ.އޭތި ހުރީ ރުޅިގަދަވެފައެވެ.ފުފި ފައި ހުރެ އަޑުލައްވަމުން އެހިސާބާ ކައިރިއަށް އައިސް ބޮނބިފުނި ފެނުމުން ހުއްޓިއްޖެއެވެ.ހަޅޭއްލަވަމުން އޭތި އައިސް ފުރަތަމަ ޖެހުނު ބޮނބިފުނިން ބޮނބިތަށް އުކަންފަށައިފިއެވެ.އިންތިހާއަށް ރުޅިގަދަވެ އެކިކޮޅުކޮޅު ހޯދަމުން އޭތި މަސައްކަތް ކުރީ ކަތްދަމެން ފެނޭތޯއެވެ.ކަތްދަގެ މޭ ނެގިނެގިފާ ޖެހެމުންދިޔައެވެ.އިންސާނަކު ބިރުގަންނާނީ އެވަރަށެވެ.މަރުއައިސް މިޖެހުނީއޭ ކަތްދައަށް ހީވިއެވެ.ކަމަނަގެ ގައިގަ ހިފައިގަނެގެން ދެލޯ މަރާ ފިއްތާ ބާރުކޮށްގެން އޭނާއިނެވެ.

ފުރަތަމަ ބޮނބި ފުނި ހަލާސް ކޮށްލާފަ ފުރޭތަ ގިންކިޔާފަ އައިސް ޖެހިގަތީ ދެވަނަ ބޮނބި ފުނި ކައިރިއަށެވެ.ރުޅިގަދަވެފަ ހުރެ އޭގަ ހުރި ބޮނބިތަށްވެސް ދުރަށް އުކަން ފަށައިފިއެވެ.ކަތްދަގެ މޭ ވިރިގެން ފައިބަނީއެވެ.މިމަރުވަނީ އޭ އޭނާއަށް ހީވިއެވެ.ދެވަނަ ބޮނބި ފުނި ހުސްވުމުން ފުރޭތަ އަންނާނީ އެމީހުން ތިބި ބޮނބިފުނި ކައިރިއަށްކަން އެނގޭތީއެވެ.ކަތްދަ ދަރިފުޅުގެ އަނގަމަތީގައި އަތްއެޅިއެވެ.އެއްވެސް އަޑެއްބޭރުވެގެން ފުރާތައަށް ހިލަން ވެގެން ނުވާނެއެވެ.

ދެވަނަ ބޮނބިފުނި ހުސްވުމާއެކު ފުރޭތަ ހަޅޭއްފަޅޭއް ޖަހައިގެންފާ އައިސް ތިންވަނަ ބޮނބިފުންޏާ ގާތްވިއެވެ.ފުރަތަމަ ބޮނބިގަނޑުގަ އަތްޖެހުމާއެކު ދުރުން އިވެންފެށީ ﷲއަކްބަރުގެ ކަލިމަތަކެވެ.ކައިރީގައި އޮތް ރަށުން ފަތިސް ނަމާދަށް ބަންގި ގޮވަންފެށީއެވެ.ފުރޭތަ ހަޅޭއްލަވައިގެންފާ ދެއަތަށް ތެޅެމުން ގޮސް މޫދަށް ފައިބައިފިއެވެ.އޭރުވެސް ބަންގީގެ އަޑު އިވެމުންދިޔައެވެ.ނާމާންކަން ވެރިވެފައިވާ ފަޒާއަށް މަޑުމަޑުން އަމާންކަން ވެރިވާންފެށިއެވެ.ދަރިފުޅުގެ އަތުގަ ހިފައިގެން ހުރެ ކަތްދަ ތެދުވިއެވެ.ފުރޭތަގޮސް ކަނޑަށް ގެއްލުނު މަންޒަރު ދެކެން އޭނާހުއްޓެވެ.އެއަށްފަހު ގިސްލާ ރޮމުން ކަތްދަ ބިންމައްޗަށް ތިރިވިއެވެ.ދަރިފުޅުގައިގަ އޮޅުލައިގަނެގެން ހުރެ އޭނާ ގޮނޑުދޮށަށް ނިކުތެވެ.ކަތްދައަށް ކެއްވީ އެހިސާބަށެވެ.އިސާހިތަކު އޭނާ ވެލިގަނޑު މައްޗަށް ދެމިއްޖެއެވެ.

އިރު އަރާ ދުނިޔެމައްޗަށް އަލިވެއްޖެއެވެ.ހިމޭންކަން ވެރިވެފައިވާ މާހައުލުގަ އެދެމައިން ފިޔަވާ އެކަކުވެސް ނެތެވެ.ހޭނެތިފައިވާ މަންމަ ކައިރީ ކަމަނަ އިނީ ރޯށެވެ.ކުޑަކުޑަ އެކުއްޖާއަށް ހަދާނެގޮތެއް ނުވިސްނުނެވެ.އެހިނދު ކައިރީގަ އޮތް ރަށާއިވީ ދިމާލުން އަންނަ ބޮއްކުރާ ފެނިފާ އެކުޑަ މޫނަށް ހިނިތުންވުމެއްވެރިވިއެވެ.ރައްކާތެރިކަން ކުއްލިއަކަށް އިހުސާސްވިއެވެ.ރަށާއި ކައިރިވެފަހުއްޓާ ބޮއްކުރާގަ ތިބީ ކޮންބައެއްކަންވެސް އޭނާ ދެނެގަތެވެ.

“މަންމާ ..މަންމާ..ކާފަމެން” ކަމަނަ އޭނާގެ މަންމަގެ މޫނުގަ އަތުން ތަޅާލާފަ ގޮވިޔަކަސް ކަތްދަގެ ހަރަކާތެއް ނެތެވެ.ބޮއްކުރާ ބީއްސާލުމާއެކު އޭގަ ތިބި މީހުން ދުވެފަ އައީ ކަތްދަ ވެލިގަނޑުމައްޗަށް ވެއްޓިފަ އޮތްމަންޒަރު ފެނިގެނެވެ.އެމީހުން މިރަށަށް ހެނދުނާ އައީ ކާށިކޮޅެއް ހޯދާށެވެ.ނަމަވެސް ދިމާމިވީ އެހެންކަމަކާއެވެ.

ކަތްދަގެ މޫނުގަ ފެންހާކަނިކޮށް އޭނާ ހޭއަރާފިއެވެ.އެއާއެކު ވަށައިގެން ހޯދާލަމުން ފެށީ ރޯށެވެ.ކަތްދަ އޮތީ ހުންއައިސް ފިހިފިހިއެވެ.”ދަރިފުޅާ ކޮބާ މޫސަ..ކިހިނެއްވެގެން މިއުޅެނީ” ކަތްދަގެ ބައްޕަ ހާސްވެފަ އަހާލިއެވެ.

“ބައްޕާ އަވަހަށް މިރަށުން ދާން ހިނގާ..މީ ނާމާންރަށެއް..” ކަތްދަ އަނެއްކާވެސް ރޯންފެށިގޮތަށް ހޭނެތުމުން އެމީހުންނަށް މަޖުބޫރުވީ ކަތްދައާ ކަމަނަ ގޮވައިގެން އަވަހަށް ރަށާއި ވީކޮޅަށް ދާށެވެ.

**************************************************

“މަންމާ މިހާރު ކޮބާ ތިވާހަކައިގަ އުޅުނު ކަމަނަ” ހިޔާލުގެ ފުންކަނޑަކަށް ގެނބިފައިވާ ނައިރާ ސިހިގެން ދިޔައީ ދަރިފުޅުގެ އެސުވާލުންނެވެ.މީގެ ނަވާވީސް އަހަރު ކުރިން އޭނާ ޅައިރުގަ އެފަޅުރަށުގަ ހިނގާދިޔަ އެބިރުވެރި ހާދިސާ ހަނދާންވެފާ ނައިރާ އިނީ ޖަޒްބާތީވެ ރޮވޭގޮތްވެފައެވެ.އެހާދިސާއަށް ކިތަންމެ ޒަމާނެއްވިޔަސް އެދުވަހުގެ ބިރުވެރިކަމާ ހިތްދަތިކަން ހިތުން ފިލައިދާނީ ކިހިނެއްހެއްޔެވެ.އެދުވަހު އޭނާގެ ބައްޕަ ބީވެދިޔަފަދައިން އޭގެ ދުވަސްކޮޅެއް ފަހުން މަންމަ ވެސް ވަނީ ނިޔާވެފައެވެ.

“ދަރިފުޅާ މަންމަގެ އަސްލު ނަމަކީ ނައިރާ މޫސާއޭ..އޭރުގަ މާމަމެން ލޯބިން ކަމަނައޭ ކީ” ދަރިފުޅުގެ ސުވާލަށް ނައިރާ ޖަވާބުދިނެވެ.އެއަށްފަހު ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލިއެވެ.ނިޔާވެފައިވާ މައިންބަފައިންނާ އެދުވަހުގެ ބިރުވެރި ހާދިސާ ހަނދާންވެ ނައިރާގެ ހިތް ރޮއްވާފިއެވެ.އެއީ އޭނާގެ މުޅި ހަޔާތުގަވެސް ކުރިމަތިވި އެންމެ ބިރުވެރި ހާދިސާއެވެ.ދުވަހަކު ހަނދާނަކުންވެސް ނުފިލާނެއެވެ.

(ނިމުނީ)

Share Article

Follow Me Written By

Aireen

Level 1

Other Articles

Previous

ނުމެދާށޭ ދޫނި މަގޭ (8)

Next

ރާސްތާ 17

Next
July 19, 2018

ރާސްތާ 17

Previews
July 19, 2018

ނުމެދާށޭ ދޫނި މަގޭ (8)

11 Comments!

  1. Twinkle? says:
    July 19, 2018 at 10:09 pm

    Hyvy hama e falhu rashuge e haadhisaa hingyru ethaa hurevun hn… adhi vs hiyy eba thelhey hetakh… hahah…

    1. just me says:
      July 20, 2018 at 2:16 am

      Yeah ..me too “just me” ah vxx feel v hama thihn twinkle ngey tha mee molhethi vhk liyun therein aky ????

  2. Noor??? says:
    July 19, 2018 at 11:31 pm

    Alheyyy.. Varah varah furihama hageegathaa effadha sifakurunthakeh. Adhives hashigandu roo roo alhaa kahala.. Well done dear.

  3. Hajja says:
    July 19, 2018 at 11:50 pm

    Hama rangalhahves biruganehjje???

  4. JINNI says:
    July 20, 2018 at 3:45 am

    Me kurinves key vaahakeh repeat vany kevegen thihen vannyaa Jinni rulhi gadhavaani ??????????????

  5. aysh ? says:
    July 21, 2018 at 9:13 am

    Birun goss viri viri meeny haadha biruveriey ?

  6. Hash says:
    July 22, 2018 at 3:33 am

    Birun gos halaaku vejje.. Adhives sihi sihi mi innanee.. Ekamu sifakurun hama habeys.. V. V. V. Salhi.. Horror fans ah varah kamudhaa gothah liyefa meenee.. Love this sooo much.. Thnks ????

  7. Samm says:
    August 3, 2018 at 2:56 pm

    I knww thjs stry this…..Btw this is a real stry dhw!..

  8. Afreen says:
    November 2, 2018 at 12:39 am

    Varah varah reethi..heevee hama vaahakaige thereyga ulhevunu hen.. varah furihama

  9. cutie afuar says:
    November 10, 2018 at 7:51 pm

    love this story
    varah biruveri

  10. Anonymous says:
    January 21, 2020 at 10:06 pm

    Liyoo ah adi kiriyaa mi story thah ? mifenani Vrh ves furihama masha Allah.? Visnunves Vrh salhi masha Allah ♥️♥️♥️♥️♥️♥️

Comments are closed.



All Right Reserved!