Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީބިރުވެރިލޯބި

އެ ވަޢުދު (13)

Nanni Level 210 Stories100 Comments100 Login
July 22, 2018 3 Mins Read
30 Comments

އަމީމާއި ޝޫރާގެ ޙާލަކީ ތޯއެވެ؟ ޝޫރާ މިކައިވެނި ކުރީ މައިންބަފައިންގެ ހޮވުމުގައި ކޮޅުފައިން ނުޖެހުމަށް ކަމުގައި ވިޔަސް އޭނާގެ ހިތުގައި އަމީމްގެ ސޫރަ ކުރެހިއްޖެއެވެ. ކޮޓަރިއަށް ވަތް ގޮތަށް އަމީމްގެ ފުރަގަހުން ބައްދާލުމަށްފަހު ލޯބީގެ ބަސްތަކެއް އަމީމްގެ ކަންފަތް ދޮށުގައި އިއްވާލިއެވެ. އަމީމު ހިތްހަމަ ނުޖެހިފައި ހުރެ ޝޫރާ އާއި ދުރަށް ޖެހިލިއެވެ. ޝޫރާ ހިތުގައި ޖެހުނެވެ. އާގަމަ ވެފައި ހުރެ އަމީމާއި ދިމާއަށް ބަލަން ހުއްޓައި އަމީމް އަލަމާރިން ޓީޝާޓަކާއި ސޯޓެއް ނެގުމަށްފަހު ފާޙާނާއަށް ވަނެވެ. ޝޫރާވެސް ފޫހިވެފައި ހުރެ ޒާތެއްގެ ވައްތަރެއް އަނގައަށް ޖައްސާލުމަށްފަހު ބެލީ އަމީމް ނުކުންނަންވާ އިރަށް ލައިގެން ހުރި ބޮޑު ހެދުން ބަދަލުކުރެވޭތޯއެވެ.

އަމީމް ފާޙާނާއިން ނުކުތީ ޝޫރާއަށް ހެދުން ބަދަލުކުރެވޭނެހާ ވަގުތަށްފަހުއެވެ. ނަމަވެސް ފެނުނު މަންޒަރުން ރުޅި ގަދަވިއެވެ. ކުރިމަތީގައި ޝޫރާ ހުރީ ގައިގައި ބެޑުޝީޓު އޮޅާލައިގެންނެވެ. އަމީމަށް ކޮސްވެފައި ހުރެ ބެލުން ނޫން ކަމެއް ނުކުރެވުނެވެ. ތުއިވެލާފައި ދެފައި އޮޅަމުން ކަހަލަ ގޮތަކަށް އަމީމްގެ ގާތަށް އައިސް އައިސް އަމީމްގެ ކަރުގައި ދެއަތް ވަށާލިއެވެ. ހައިރާންވެފައި ހުރި އަމީމަށް ސިހުން ލިބުނީ އެވަގުތެވެ. ހަމަ އެއާއި އެކު ޝޫރާގެ ދެއަތުގައި ހިފާފައި އެނދާއި ދިމާއަށް ހޫރާލީ ރުޅި އައި ވަރުންނެވެ. “އަހަރެންގެ ގައިގަ ނައިއްލާތި. އަހަރެން ތި ގޮތެއް ފޮތެއް ނެތަ މީހާއާއި ކައިވެނި ކުރީވެސް މަންމަމެންގެ އެދުމަށް.” ޝަހާދަތް އިނގިލި ޝޫރާއާއި ދިމާއަށް ދިއްކުރުމަށްފަހު ދަތްކުޑި ވިކާލާފައި އަމީމް ޝޫރާއާއި ދިމާއަށް ބުނެލިއެވެ. ރައްދުގައި ޝޫރާ މަސްތީ ގޮތަކަށް ހިނިތުންވެލިއެވެ. އަމީމްގެ ރުޅިގަނޑު ކެކިގަތީ އެވަގުތެވެ. ނަމަވެސް އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލީ އަންހެނުންނަކީ ނިކަމަތި ނަމަވެސް މާތް ބައެއްކަން ހަނދާން ވުމުންނެވެ. އަތް މުއްކަވާލާފައި ބާލީސް ހިފައިގެން ގޮސް ސޯފާގައ ހަމަޖެހިލުމަށްފަހު ލޯ މަރާލީ ނިދޭތޯއެވެ.

ކުއްލިއަކަށް އަމީމް ދެލޯ ހުޅުވާލީ ސިހިގެންނެވެ. އޭރު ޝޫރާ އަމީމްގެ ކޮލުގައި ފިރުމަނީއެވެ. އަމީމް ތެދުވާން އުޅުމުން ޝޫރާ ދެން ކޮށްލި ކަމަކުން އަމީމްގެ ހިއްސުތައް ހޭލައްވާލި ފަދައެވެ. ފުރަތަމަ ކޮޅު ގަދަހަދަން މަސައްކަތްކުރި ނަމަވެސް ޝޫރާގެ ހަރަކާތްތަކުގައި އަމީމަށް ބައިވެރިވެވެން ފެށުނީ އެކަމަށް ފެންބޮވާފައިވާ މީހެއް ފަދައިންނެވެ. އެގޮތުގެ މަތިން ހޭދަވީ ކުޑަކުޑަ ވަގުތުކޮޅެކެވެ. އަމީމް ޝޫރާގެ ދެކޮނޑުގައި ހިފާ ދުރަށް ކޮއްޕާލީ ކަމެއް ހަނދާން ވީ ފަދައިންނެވެ. އަދި ނުތަނަވަސްވެފައި ހުރެ އަނގަމަތި ފޮހެން ފެއްޓީ މޮޔަ ވެފައިވާ މީހެއް ފަދައިންނެވެ. އޭރުވެސް ޝޫރާ ފާޑެއްގެ ލާނެއް ހިންޏެއް ތުންފަތް މަތީ ދުއްވަމުން ދެއަތް އުރާލައިގެން އަމީމާއި ދިމާއަށް ބަލަން ހުރީ މަސްތީ ގޮތަކަށެވެ. އަމީމަށް އެކަމުން އުނދަގޫ ވި ނަމަވެސް އެކަމުން ސަލާމަތް ވުމަށްވުރެ ދެންމެ ކުރެވުނު ކަންތަކުން ދެރަވެފައިވާލެއް މާބޮޑެވެ. ބާރު ބާރަށް ގޮސް ކޮޓަރިން ނުކުތީ މީހާ ހަމައަކަށް އަޅުވާލުމަށެވެ. ޓެރަހަށް އެރުމަށްފަހު ރެއިލިންގައި އަތް އަޅުވާލައިގެން ހުރި އިރު އެދެލޮލުން ކަރުނަ އޮހޮރެއެވެ. ކޮން ފަދަ ހިތާމަވެރި ދުވަސްތަކެއް ބާއެވެ؟ ތަޤުދީރުގައި އަމްނާއާއި ގުޅެން ނެތްނަމަ އަމްނާއަށްޓަކައި އެ ޒުވާން ހިތުގައި ވިންދުޖަހަން ފެށީ ކީއްވެބާއެވެ؟ ލޯތްބަކީ ހަމަ މިހާ ވޭންދެނިވި އެއްޗެއް ބާއެވެ؟

ނިދާފައި އޮތް އަމްނާއަށް ސިހިފައި ހޭލެވުނު އިރު އިނީ ދާހިތްލާ ފޯވެފައެވެ. ފުން ނޭވާތަކެއް ލަމުން ދިޔަ އިރު ޔަޤީނަށްވެސް ބިރުވެރި ހުވަފެނަކުން ބޭރުވީކަން އެދިމާއަށް ބަލާލި ކޮންމެ މީހަކަށްވެސް ނަގައިގަނެވޭނެއެވެ. އަވަސް އަވަހަށް ދެފަރާތަށް ބަލާލީ ކޯއްޗެއް ހޯދަން ކަމެއްވެސް ނޭނގެއެވެ. އެއާއި އެކު ސޯފާގައި ނިދާފައި އޮތް ހަމްދާން ފެނި ކޮންމެވެސް ވަރެއްގެ ހަމަ ޖެހުމެއް ލިބުނީ ރައްކާތެރިކަން އިހުސާސްވުމުންނެވެ. މަޑުމަޑުން ތެދުވެގެން ގޮސް ބެލްކަނީ ހުއްޓިލީ މީހާ ހަމައަކަށް އެޅުވޭތޯއެވެ. ދުވަސްތަކަކަށްފަހު ހާތިބުގެ އުނދަގޫ ޖެހިއްޖެކަން އަމްނާއަށް ނަގައިގަނެވުނެވެ. މިއޮއް ހުރިހާ ދުވަހު ހާތިބު ކޮބައި ހެއްޔެވެ؟ އެރީ ހަވަޔަށް ކަމެއް ދިޔައީ ބިމަށް ކަމެއްވެސް ހަމަހިލާ ނޭނގެއެވެ. ދެން ކުއްލިއަކަށް ހާތިބު ހުވަފެނަކުން ފެންނަންވީ ސަބަބެއްވެސް ނޭނގެއެވެ. އެއާއި އެކު އަނެއްކާވެސް އެހިތަށް ބިރުވެރިކަން ވެރިވީ ބަނޑަށް ތަދެއްވާން ފެށުމުންނެވެ.

ހުރި ތަނަށް ތިރި ވެވުނީ ބޭއިޙުތިޔާރުގައެވެ. ސިކުންތަކަށްވުރެ ސިކުންތަކު ދިޔައީ ތަދު ބޮޑުވަމުންނެވެ. ޖިންނިއެއްގެ ދަރިއަކަށް ބަލިވެ އިންކަންވެސް އަމްނާއަށް ހަނދާން ވީ އަދި ކިރިޔާއެވެ. މިއީ ކޮންފަދަ މުސީބާތެއް ބާއެވެ؟ އެހީއަށް އެދި ގޮވާނީ ކާކަށްހެއްޔެވެ؟ އޭނާގެ ނުކުޅެދުން ތެރިކަމަކީ އޭނާގެ ބަލި ފަޔަށް ވުމުން ހިތްދަތި ވިއެވެ. ނަމަވެސް މިކަން ކަމާ މެދު ވިސްނޭވަރަށް ވުރެ ގައިގައި އަޅަންފެށި ވޭނަށް ކެތްކުރަން ދަތިވިއެވެ. މާތް ރަސްކަލާނގެ މަތިން ވެސް އެފަކީރު ހަނދާންވީ އެވަގުތެވެ.އަޑު ބޭރު ނުވިއެއްކަމުން ހިތާހިތުން ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުން ދިޔައެވެ. ނަމަވެސް އެކަމުން ވީ ފައިދާއެއް ނެތެވެ. އަޑުގެ ކޮޅަށް ހަޅޭލަވައިގަނެވުނީ އަމިއްލަ އިޚުތިޔާރުން ބޭރުގައެވެ. “އަމީމް!” އަމީމްގެ ނަން އެ ދުލުން ނުކުތުމާއި އެކު ކަރުގައި އަތް އަޅާލެވުނެވެ. ކުޑަ ވަރެއްގެ ތަދެއް ވީ ނަމަވެސް ސިހުނީ އަޑު ބޭރުވުމުންނެވެ. ދެވަނަ ފަހަރަށްވެސް އެނަން ތަކުރާރު ކޮށްލީ ޔަޤީން ކޮށްލުމަށެވެ. ގައިގައ އަޅަން ފެށި ވޭން މަތިންވެސް ހަނދާން ނެތުނީ އެވަގުތެވެ.

ނިދާފައި އޮތް ހަމްދާނަށް ހޭލެވުނީ އަންހެން ވަންތަ ރީތި އަޑަކުން އަމީމްގެ ނަން ގޮވާލި އަޑު ދެކަންފަތް ދޮށުގައި އިވުމުންނެވެ. ކުއްލިއަކަށް ތެދުވީ ހައިރާންވި ވަރުންނެވެ. ހަމަ އެއާއި އެކު އެނދާ ދިމާއަށް ނަޒަރު ހިންގާލީ އަމްނާ ކޮބައިތޯ ބަލާލުމަށެވެ. އަމްނާ ފެންނަން ނެތުމުން އަވަސް އަވަހަށް ތެދުވެ ފާޙާނާއާއި ދިމާއަށް ދުއްވައިގަންނަން އުޅުނު ވަގުތު ދެވަނަ ފަހަރަށްވެސް އެއަޑު ތަކުރާރު ވާން ފެށިއެވެ. އަޑު އައީ ބެލްކަންޏާއި ދިމާއިން ކަމުން ބިރުންހުރެ އެދިމާއަށް ދިޔައީ ކާކުކަން ނޭނގޭތީއެވެ. ހަމަ ގައިމުވެސް އަމްނާގެ އަޑަކަށް ނުވާނޭ ހިތާ ދޮރުފޮތިގަނޑު ކަހާލުމާއި އެކު ބިންމަތީ ކުރުގެޅިލައިގެން އޮތް އަމްނާ ފެނި ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

Share Article

Follow Me Written By

Nanni

Level 210 Stories100 Comments100 Login

A 16 year old girl whose dream is to b a writer, luvs to read stories n write too...

Other Articles

Previous

އެންމެ ރިވެތި އުސްވަތު

Next

)އިޢުލާން(

Next
July 22, 2018

)އިޢުލާން(

Previews
July 22, 2018

އެންމެ ރިވެތި އުސްވަތު

30 Comments!

  1. Anonymous says:
    July 22, 2018 at 8:48 am

    plxxxx mi stry mirey up kohdhdheeba. haadha dhuvaheh kohllaafayey thi up kuree.. vr foohi dhen thigothah hadhaathee. mi part vr reethi

  2. Naju says:
    July 22, 2018 at 8:59 am

    Story reethi bt up kuraaleh maalahy..

  3. އައި says:
    July 22, 2018 at 10:33 am

    ސަޅި

  4. Kitty says:
    July 22, 2018 at 12:27 pm

    Story is Fab. But haadha kuey.. hope u will up it soon. ????

  5. rauuuu says:
    July 22, 2018 at 12:45 pm

    Ya.v las..dhigu ko up kurinama.konme dhuvahaku up kurey thw balan

  6. eny says:
    July 22, 2018 at 12:54 pm

    haadha dhuvaheh kohlaafa nanni, stry hama superb<3

  7. Kyleen says:
    July 22, 2018 at 1:36 pm

    yesssss… amna can talk!!!! story dhigu kolladheeba plz.. waiting for next part.. plz update it soon.. this story is FANTASTIC!!!

  8. neen says:
    July 22, 2018 at 1:43 pm

    haadha kurey djw nanni mihaaru story up kuraaleh

  9. Nunnu says:
    July 22, 2018 at 1:54 pm

    nunnu heekury dhen up nukuraane kamah mi vaahaka eh
    please up kuraane dhuvaheh bunelaafai hure bala dho
    vv foohi vaahaaka up nukuraathy
    dhen mihaadhuvas fahun up kuraairu ves maa kurukoh the up kuraneee
    reethi mi part ves

  10. Nunnu says:
    July 22, 2018 at 1:54 pm

    nunnu heekury dhen up nukuraane kamah mi vaahaka eh
    please up kuraane dhuvaheh bunelaafai hure bala dho
    vv foohi vaahaaka up nukuraathy
    dhen mihaadhuvas fahun up kuraairu ves maa kurukoh the up kuraneee
    reethi mi part ves

  11. Baby girl ❤ says:
    July 22, 2018 at 2:24 pm

    Vrh vrh vrh reehi…❤❤when next part nanni ..?

  12. Nanni says:
    July 22, 2018 at 3:53 pm

    Helw readers…. M sorry tht I got a lil bit late n made u wait 4 so long… Kiyevun fesheythy kuran jehey kanthah thah Huryma nuliyevuny…. BTW hope u luved this part of my story…. N yh next part miah vure dhigu kollaaanan….. Ly guyxx… Happy tht u waited for so long….. Next part will b uploaded very soon…. ?????❤️❤️❤️??????????????????????????☺️☺️☺️?????????

  13. Ninee says:
    July 22, 2018 at 6:16 pm

    Masha allah. Varah salhi mi part ves. Nanni . Keep up the good work.?????

  14. Nice girl says:
    July 22, 2018 at 6:18 pm

    Masha allah. Varah salhi mi part ves. Nanni . Keep up the good work.?????

  15. Maya says:
    July 22, 2018 at 9:38 pm

    MashaAllah.. After along gap.. I missed this story so much… Vv reethi alhe thankolheh Dhigukohlaba… Plyxx ????????????

  16. shasha says:
    July 23, 2018 at 9:47 am

    Wow!!! V reethi. Haadha inthizaareh kurevihjey… Next part upload soon please

  17. unique says:
    July 25, 2018 at 9:37 pm

    omg vvvv miss vi………. im sorry to reply so slow…. missed u a lot nanni…the story is fab, osm amazing loved it n the happiest is that amna can talk yay

  18. hope says:
    July 31, 2018 at 10:39 pm

    stry is boootifu.. but haadha lahunney thi up kurani.. 14 ah ves wait koh koh ihaar muskulhi vejje… yeah i know its hard to write as i’m also a story writer….but plz thankolheh avahah up kohlahchey…ly<3

  19. lonely girl says:
    August 13, 2018 at 3:05 pm

    plx update next part , i m waiting ……………

  20. Ali says:
    August 20, 2018 at 10:53 am

    Plxx dhen in part up kolla dheeba dhen amnaa a Hadi kujjeh libi ehkujjaage bappa ehkujjaa govaan dhanee…… Dhen konmes gothakah mivaahaka continue kobbaa naniii

  21. Zoya says:
    September 1, 2018 at 4:59 pm

    Plx avahah up kohdheeba next part..
    Mee hama ekani mi site ga kiyaa vaahaka akyvx
    Mee zo ah emme reethi vaahaka
    Nanni mi vaahaka avahah up kohdhee please

  22. rai says:
    September 13, 2018 at 8:46 am

    wowww

  23. Rixoo says:
    September 13, 2018 at 8:49 am

    v.reethi reethi fantastic nice story . update it fast..
    wow reethi

  24. baby girl says:
    September 18, 2018 at 4:15 am

    Nanni. Mi story up vaany kwn irakun thr kiyaahithun hureveynee amee nun…. Plxxxxx v ha vess avah up kohdhyba…… Love you…. See you soon as possible…..

  25. Sheez says:
    October 2, 2018 at 6:10 pm

    Pls vaahaka up kohdheeba ????????

  26. mimmi says:
    October 6, 2018 at 9:36 pm

    part 12 eh neh but this part als fab

  27. Santhi says:
    November 1, 2018 at 7:16 pm

    Can’t wait ❤️❤️❤️❤️?

  28. ގޮއްޔެ says:
    November 13, 2018 at 8:36 pm

    އަލޭ

  29. Kiyaaraa says:
    November 16, 2018 at 8:36 am

    Kobaa 14 dhn nuliyaneetha

  30. shal says:
    December 30, 2018 at 10:31 am

    kon irakun next part nareynee

Comments are closed.



All Right Reserved!