ގަޑިން ރޭގަނޑު 10 ޖަހަނީއެވެ. ނިޝާ ބާއްވާފައި އޮތް ކޮޓަރީގައި ހުރިސިންގަލް ބެޑެއްގައި އޮތް ނަވާޒަށް ވެސް އޮތީ ނިދިފައެވެ. ހެނދުނާއި އަޅާބަލާއިރު ނިޝާގެ ހުން މިހާރު ކުޑަތަންކޮޅެއް މަޑުވެފައި ހުރި ނަމަވެސް އަދިވެސް އެ ހުމުގެ ސަބަބުން ނިޝާއަށް ތެދުވެ އުޅެވޭވަރެއް ނުވެއެވެ. އިރުއޮއްސެމުންދިޔަ ވަގުތުކަމުން ކޮޓަރީގެ ތެރެއަށް ވަނީ މަޑުއޮރެންޖް ކުލައެއް ފެތުރިފައެވެ. ލައިޓް ނުޖައްސަން ހުރުމުން ކޮޓަރިތެރެވަނީ އަނދިރިވާން ފަށާފައެވެ. ޖިންނި ޝައިތާނުން ބިމަށް ފައިބާ މި ގަޑީގައި ކޮޓަރީގެ ކުޑަދޮރުގެ ފޮތިގަނޑުވެސް […]
ބަރު ކޮތަޅުތަކާއިއެކު ނިޝާ ގޮސް ލިފްޓަށް އެރިއިރު މީހާ ހުރީ ގުބުހިލިފައެވެ. ލިފްޓްގެ އަށްވަނަ ބަޓަނަށް ފިތާލުމަށްފަހު ނިޝާ އަވަސްވެގަތީ ދަބަހުން ފޯނުނެގުމަށެވެ. އޭރު ނަވާޒު ފުލުފުލުން ނިޝާއަށް ގުޅަމުންދިޔައެވެ. “ހަލޯ، މި އައިސް ހަމަ ލިފްޓަށް އެރީ” ފޯނުނެގުމާއިއެކު ނިޝާ އަވަސްވެގަތީ ފޯނު ނުގެގުނު ސަބަބު ނަވާޒަށް ބުނެދިނުމަށެވެ. އެހެންނަމަވެސް ނަވާޒުގެ އެއްވެސް ޖަވާބެއް ނައުމުން ނިޝާ ފޯނަށް ބަލައިލިއެވެ. ފުލްކޮށް ޗާޖްކޮށްގެން ގެއިން ނުކުތް ފޯނު އޮތީ ނިވިފައެވެ. ހަމައެވަގުތު ލިފްޓަށް ގުޑުމެއް އައިސްފައި […]
“އަހަރެން އަދިވެސް އެނބުރި އަންނާނަށް! އަހަރެންގެ ދަރިފުޅު އަނބުރާ ގެންދަން ވެސް ގެންދާނަން، އެ ދުވަހަކުން އެކަކަށް ވެސް އަހަންނެއް ނުހުއްޓުވޭނޭ، އެކަކަށް ވެސް…….” ނަވާޒު އަށް ހޭލެވުނީ ކުއްލިއަކަށް އެނދުގައި ނިދާފައި އޮތް ނިޝާ ވަރަށް ބާރަށް ހަޅޭލަވައިގަތް އަޑަށެވެ. “ނޫން.. ނޫން” ނިދީގައި އޮވެގެން ނިޝާގެ ރުއިމުގެ އަޑު ދިޔައީ އިރަކަށް ވުރެ އިރެއް ގަދަވަމުންނެވެ. ހާސްވެފައި ހުރި ނަވާޒު އަވަސް ވެގަތީ ނިޝާ ހޭލެއްވުމަށެވެ. ކޮޅަށް ނެގުމަށްފަހު ދެތިން ފަހަރު ކޮނޑުގައި ހިފައި […]