ހިނގަމުންދިޔަ ޒީކް ސިހުނީ ފަހަތުން މީހެއްގެ ހިލަމެއް ވިހެން ހީވުމުންނެވެ. ބިރުގަނެފައި ހުރިވަރުން ފަސް އެނބުރި ބަލާލަންވެސް ނުކެރުނެވެ. މިރޭ ކަންތައް ވެފައި އޮތްގޮތުން ތަފާތު ވަސްވާސްތަކުން ހިތް ފުރެމުން ދިޔައެވެ. ޒީކްއަށް އޭނާގެ ފިޔަވަޅުތައް އަވަސްކޮށްލެވުނެވެ. އެވަގުތު ފުރަގަހުން އައި ބާރު ވައިރޯޅި އިސްތަށިގަނޑުގައި ބީހިލިއެވެ. ޒީކްގެ ފިޔަވަޅުތައް ހުއްޓުނެވެ. ބޮލުގެ އިސްތަށިގަނޑު ރަނގަޅުކޮށްލަމުން ފަސްއެނބުރި ބަލާލި ވަގުތު ދެލޯ ބޮޑުވެގެން ދިޔައެވެ.
********
“ސްޓޮޕް އިޓް މޯމް….. ސްޓޮޕް…..” ދެކަންފަތްމަތީގައި އަތް އަޅައިގެން އޮވެ ކައިލް އާދޭސްކުރަމުން ދިޔައެވެ.
ކަންފަތުން ނަގަމުންދިޔަ ދިލަ އާއި އެއްވަރަށް ކައިލްގެ ލޮލުންވެސް ދިލަ ނަގަމުންދިޔައެވެ. ހީވަނީ އެތެރެހަށި އަންދަމުންދާހެންނެވެ. ދެކަކޫ ގެނެސް މޭގައި ޖައްސާލައިގެން އޮވެ ދެއަތަށް ފުރޮޅެމުންދިޔައީ ލިބެމުންދިޔަ ވޭނަށް ކެތް ނުކުރެވުމުންނެވެ. އޭރު ނޭފަތުންނާއި ކަންފަތުންވެސް ހޯސްލާފައި ލޭ އަންނަމުންދިޔައެވެ. ވަރުބަލިވެގެން ގޮސް ހިރިލެވޭނެހާ ވަރު ގައިގައި ނެތް ނަމަވެސް މަސައްކަތް ކުރެވުނީ މަންމަ އެކުރަމުންދާ ކަމެއް ހުއްޓުވޭތޯއެވެ.
ކައިލް އެކޭ އެއްގޮތަށް ކެލީޝާވެސް ރޮއެ އާދޭސްކުރަމުންދިޔައެވެ. ގައިދަށުގައިވާ ހަރު ހިލަތަކުގެ މަތީގައި ދެފަރާތަށް ފުރޮޅިފުރޮޅި އޭނަގެ ގައިގެ އެތަށް ތަނަކުން ހަންމަށައިގެން ގޮސް ލޭ އަންނަމުންދިޔައެވެ. ނަމަވެސް އެއިން ކަމަކަށް ވިސްނާލެވޭ ވަރަށްވުރެ ކަންފަތަށް އިވެމުންދިޔަ އަޑުން ލިބެމުންދިޔަ ވޭން ބޮޑެވެ.
ސުމޭނާގެ ހިތަށް ހަމްދަރުދީ ވަނެވެ. ލޯބިވާ ދަރިފުޅު ތަހަންމަލް ކުރަމުންދިޔަ ވޭން ފެނި ހިތް ތޮރުފަމުންދިޔައެވެ. ނަމަވެސް އެދަރިފުޅަށް ވިސްނައިދިނުމަށްޓަކައި ކޮންމެފަދަ ހަރުފަތެއް ގިރާކުރަންޖެހުނަސް އޭނަ އެހުރީ ތައްޔާރަށެވެ. އެދަރިފުޅަށް އަނިޔާކޮށްގެން ވިޔަސް ވަރިހަމައެވެ. ކައިލްގެ ސަބަބުން އެއާއިލާ ނެތިގެން ދާކަށް އޭނަ ބޭނުމެއް ނޫނެވެ.
ސުމޭނާ އޭނާގެ އަތުގައި އޮތް ރިމޯޓުގެ ފިތަކަށް އޮބައިލުމާއިއެކު އިވެމުންދިޔަ ތޫލި އަޑު ކެނޑުނެވެ. އޭރުވެސް އޭނަގެ ނަޒަރު އަމާޒުވެފައިވަނީ ކައިލްއަށެވެ. ދެލޯ ފެންކަޅިވި ނަމަވެސް ކަރުނަތައް އެތެރެއަށް ހިންދާލީ އެކަރުނައިން ކުރާނެ ފައިދާއެއް ނެތްކަން އިޙްސާސްވުމުންނެވެ.
ކައިލްގެ ހަށިގަނޑުން ވަރު ދޫވަމުންދިޔައެވެ. ވަރުބަލިކަން އިޙުސާސްވަމުން ދިޔައީ މާ ބޮޑަށެވެ. މަޑުމަޑުން ދެލޯ މެރެމުންދިޔައެވެ. އެއާއިއެކު ހަކަތަ ހުސްވެ އޮތްތަނަށް ދެމުނެވެ.
********
ޒީކްގެ ދެލޮލަށް އެޅިގެންދިޔަ ގަދަ އައްޔާއިއެކު ހޭބުއްދި ފިލައިގެން ނުދިޔައީ ކިރިޔާއެވެ. މޫނުމަތީގައި ދެއަތް ހުރަސްކޮށްލި ވަގުތު ދާދި ކައިރިން މީހެއްގެ ހިލަމެއް ވިހެން ހީވިއެވެ. ނަމަވެސް އެއިން ކަމަކަށް ސަމާލުކަންދެވޭ ވަރަށްވުރެ އެއަލިން ހަށިގަނޑު ފިއްސަމުންދިޔައީ މާބޮޑަށެވެ. ޒީކްގެ ނޭވާ ކުރުވެ ދެލޯ މެރުނެވެ. އެވަގުތު ހަށިގަނޑު އަރިއަޅާލިއެވެ.
ޒީކްގެ ވެއްޓުނަ ނުދީ ދާއިން ހިފެހެއްޓީ ހުށިޔާރުކަމާއި އެކުގައެވެ. ޒީކް ނަގައި އަތްދަނޑި މައްޗަށްލަމުން އެމޫނަށް ވަރަށް ފަރުވާތެރިކަމާއިއެކު ބަލާލިއެވެ. މެރިފައިވާ ދެލޮލުގެ އެސްފިޔަތަކުގެ ތެރެއިން ފުރޭނިގެން އައި ކަރުނަތިކީގައި އިނގިލި ޖައްސާލެވުނެވެ. އެވަގުތު ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.
ދާއިންގެ ހިތް، ޒީކްއަށް ތައުރީފުން ފުރެމުންދިޔައެވެ. ކޮންމެ ސިފައެއް ކަމުދާންފެށީ މާބޮޑަށެވެ. ކޮންފަދަ ފުރިހަމަ ކަމެއް ހެއްޔެވެ؟ ދެލޯ މަރާލައިގެން އޮންނައިރުވެސް މަޢުސޫމުކަމުން ހިތް ފިދާކުރުވާހައި ވެއެވެ. ދާއިންއަށް މޭގައި އަތުން ހިފަހައްޓާލެވުނެވެ. އެވަގުތު ދެލޯ މަރާލަމުން މައްޗަށް ބަލާލިއެވެ. ކޮންމެ ގޮތަކުން ވިޔަސް ޒީކް ހާސިލްކުރުމަށް އޭނަ ބޭނުމެވެ. ދާއިން ލޯ ހުޅުވާލިއެވެ. އޭރު ދެލޯ ވަނީ އޮރެންޖް ކުލައިން ދިއްލިފައެވެ.
ދެވަނަ ފަހަރަށް ޒީކް އާއި ދިމާއަށް ބަލާލުމާއިއެކު ތަފާތުކަމެއް ދާއިންއަށް ފާހަގަކުރެވުނެވެ. ޒީކްގެ ކަރުގައި އަޅާފައިވާ ފޮތިގަނޑުގެ މަތިން ފާޅުވާން އިން ނިޝާން އޭނައަށް ރީތިކޮށް ފެނުނެވެ. ދާއިންއަށް ލިބުނީ ސިހުމެކެވެ. ޒީކްގެ ކަރުގައި އަޅާފައިވާ ފޮތިގަނޑު ދަމައިގަތުމާއިއެކު ކަރުގައިވާ ނިޝާން އެކީ ފާޅުވެގެން ދިޔައެވެ. ދަތުގެ ނިޝާން އިން ހިސާބުން ކަޅުވަމުން ގޮސް ކަރުގެ ބޮޑު ހިސާބަކަށް އެކުލަ ފެތުރިފައިވާއިރު، އެހިސާބުގައި ކަޅު ރަތްކުލައިގެ ކުދި ބިހިތަކެއްވެސް ނަގާފައި ހުއްޓެވެ.
ދާއިންގެ ދެލޯ ފެންކަޅިވިއެވެ. ގަބޫލުކުރަން ދަތިވެފައި އެތައް އިރަކު ބަލަހައްޓައިގެން އިނދެވުނެވެ. ޒީކް އަތްދަނޑިމަތީގައި ބާއްވައިގެން ހުރެ ކުޑަކަކޫ މައްޗަށް ތިރިވެވުނެވެ. ދެލޮލުގެ ކުލަ ކުރިން ހުރިގޮތަށް ބަދަލުވުމާއިއެކު މުޅި މީހާގެ ވަރު ދޫވެގެން ދިޔައެވެ. މާޔޫސްވެފައި ޒީކްގެ މަޢުސޫމް މޫނަށް ބަލަހައްޓައިގެން އެތައް އިރަކު އިނދެވުނެވެ. ޒީކްގެ މޫނުގައި ފިރުމާލުމާއިއެކު ދާއިންގެ ދުލުކުރިން ނުކުތް ހަމައެކަނި ބަހަކީ “ސޮރީ” އެ ލަފުޒެވެ.
ޒީކްގެ މޫނާއި މޫނު ޖައްސާލައިގެން އިން ދާއިންގެ ހަށިގަނޑަށް ކުއްލިއަކަށް ލޮޅުމެއް އެރިއެވެ. އެލޮޅުމާއިއެކު ދާއިންގެ މޫނު އުޑާއި ދިމާއަށް އުފުލުނެވެ. މެޔާއި ދިމާއިން އެރި އަލިގަނޑު މައްޗަށް އަރައިގެން ގޮސް ވިލާތަކުގެ ތެރެއަށް އޮބިގެން ދިޔައެވެ. ހަށިގަނޑަށް އަރައިގެން ދިޔަ ބާރުގަނޑާއިއެކު އަނގައިން ވޭނީ ހަޅޭކެއްގެ އަޑު ބޭރުވެގެން ދިޔައެވެ. އެއާއިއެކު މުޅި ސަރަހައްދުން އެކީ ކަރަންޓް ދިޔައެވެ.
ދާއިންގެ ސޫރަ މަޑުމަޑުން މަޑުމަޑުން ބަދަލުވަމުން ދިޔައެވެ. އަނގައިން ދެފަރާތުން ތޫނު ދެދަތް ނުކުތުމާއިއެކު ދެލޯ ކައިރިން ކަޅުކުލައިގެ ނާރުތަކެއް ފާޅުވެގެން ދިޔައެވެ. އަތުގެ ނިޔަފަތިތައް ދިގުވެ ހަންގަނޑު ކުރަކިވެގެން ދިޔައެވެ.
ދާއިންގެ ވޭނީ ހަޅޭކުގެ އަޑު ކެނޑި މުޅި ތަން ހިމޭންވެގެން ދިޔައެވެ. އޭރު މެޔާއި ދިމާއިން އަރައިގެންދިޔަ އަލިގަނޑު ކެނޑި މުޅި ސަރަހައްދު އެކީ އަނދިރިވެއްޖެއެވެ.
ދާއިން ލޯ ހުޅުވާލިއެވެ. އޭރު އާދަޔާ ޚިލާފު ރަތްކުލައަކުން ދެލޮލުގެ ކަޅި ވަނީ ދިއްލިފައެވެ. ޒީކްގެ އޮމާން ކަނދުރާއަށް ދެލޯ އަމާޒުވުމާއިއެކު ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުމެކެވެ. މަޑުމަޑުން އެކަނދުރާ އާއި ދިމާއަށް ގުދުވެވެން ފެށުނެވެ.
********
“އުމޭދު…. މިހާރު އެހެރަ ދިހައެއް ޖަހަނީ…. އެމަންޖެގެ ފޯނަށް ގުޅެނީއެއް ނޫން…. ފުލުހުންނަށް އަންގަންވެއްޖެއެއްނު މިހާރު….” ފިޒާނާ ރޯން ފެށިއެވެ. ދަރިފުޅާއިމެދު ކަންބޮޑުވެ، ހާސްވާން ފެށީ މާބޮޑަށެވެ.
“އަހަރެން އެބަ އަންނަން ބަލާލާފަ….. ފިޒާނާ މާ ބޮޑަށޭ ތިހާސްވަނީ….. އެހާ އަވަހަށް ހާސްނުވެބަލަ….. އުއްމީދު ކަނޑާލައިފިއްޔާ ކުރިމަގެއް ނުފެންނާނެ….” އުމޭދުވެސް ހުރީ ކަންބޮޑުވެފައެވެ. ނަމަވެސް ފިޒާނާ ހާސްވެދާނެތީ އެކަން ދައްކަން ބޭނުން ނުވީއެވެ.
އުމޭދު ދޮރާއި ދިމާއަށް ހިނގައިގަތެވެ. އެވަގުތު ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް ޒީކް ފެނި އުމޭދުގެ ފިޔަވަޅުތައް ހުއްޓުނެވެ. ހައިރާންވެފައި ޒީކް އާއި ދިމާއަށް ބަލާލެވުނީ އާދަޔާ ޚިލާފުކަމެއް ޒީކްގެ ފަރާތުން ފާހަގަވުމުންނެވެ. ޒީކްގެ މޫނު ހުދުވެފައި ހުރުމާއިއެކު ހިނގުމުގައި ކުރިން ހުންނަ އައިބުކަން އެއްވެސް ވަރަކަށް ނެތުމުން ހިތުގައި ސުވާލު އުފެދުނެވެ. ހަމުގެ ކުލަ އަލި ނަމަވެސް ޒީކްއަކީ އެހާ ހުދު ދޮންކަމެއް ލިބިފައިވާ ކުއްޖެއް ނޫނެވެ.
ޒީކް ފެނުމާއިއެކު ފިޒާނާއަށް ބާރަށް ރޮއިގަނެވުނެވެ. ދުވެފައި ގޮސް އެދަރިފުޅުގެ ގައިގައި ބައްދާލެވުނެވެ. އޭރު މުޅި މީހާ ތުރުތުރު އަޅަމުންދިޔައެވެ. ދަރިފުޅުގެ ކޮންމެ ކަމަކަށް އޭނައަށް ކަންބޮޑު ވެވެނީ މާބޮޑަށެވެ.
“ކިހިނެތްވީ މަންމާ….” ވީގޮތެއް ނޭނގޭތީ ޒީކް ހުރީ ހާސްވެފައެވެ. މަންމަ ދުރުކޮށްލަން އުޅުނަސް ހިފަހައްޓާފައި ހުރިލެއް ބާރުކަމުން ދުރުކޮށްލެވޭގޮތެއް ނުވިއެވެ.
އެއްޗެއް ހަނދާންވާ ފަދައިން ފިޒާނާ، ޒީކް އާއި ދުރަށްޖެހިލިއެވެ. އޭރު އޭނަގެ ނަޒަރު އަމާޒުވެފައިވަނީ ޒީކްގެ ކަނދުރާއަށެވެ. މަންމަ ބަލަންފެށި ގޮތުން ޒީކް ހާސްވިއެވެ. ކަރުގައި އޮޅާލެވިފައިވާ ފޮތިގަނޑުގައި އަތް ޖައްސާލެވުނެވެ.
ޒީކްގެ ކަނދުރާގައި އޮޅާލާފައިވާ ފޮތިގަނޑު، ފިޒާނާ ދަމައިގަތެވެ. ފިޒާނާގެ އަމަލުތައް ހުރީ ކެތްތެރިކަން ކޮޅުންލައިފައިވާ މީހަކު ފަދައިންނެވެ. މަންމަގެ އެއަމަލުން ޒީކްއަށް ދެލޯ މަރާލެވުނެވެ. ބޭޒާރުވާކަށް މާގިނަ ވަގުތެއް ނެތްކަމުގައި ގަބޫލުކުރެވުނެވެ. އުމޭދުއަށްވެސް ލިބުނީ ސިހުމެކެވެ. ފިޒާނާ އެފަދަކަމެއް ކޮށްފާނެ ކަމަކަށް އޭނައަށް ފަހަރެއްގައިވެސް ހީކުރެވިފައެއް ނުވެއެވެ.
“ފިޒާނާ…. އެމަންޖެއަށް ތަދުވާނެކަމެއް ނޭނގޭތަ….” އުމޭދު ހިތްހަމަ ނުޖެހުނެވެ. ފިޒާނާ އުޅެންފެށި ގޮތުން އިންތިހާއަށް ކަންބޮޑުވިއެވެ.
“މޯމް…..” ޒީކް ހާސްވިއެވެ. ލިބުނު ތަދަށްވުރެ ބޮޑަށް ކަނދުރާގައިވާ ނިޝާން މަންމައަށް ފެނިދާނެތީ ވިސްނަން ޖެހުނެވެ. ކަނދުރާގެ އެނިޝާނާއި ދިމާގައި އަތް ޖައްސާލެވުނެވެ. ނަމަވެސް ފިޒާނާ ހުރީ އެހަގީގަތް ހޯދަން އަތުކުރި އޮޅާލާފައެވެ. ޒީކްގެ އަތް ދަމައިގަތުމަށްފަހު އެނިޝާން ފެނޭތޯ ހޯދަން ފެށިއެވެ.
“ކޮބާ އެތަން…..” ފިޒާނާގެ ހައިރާންކަން އިތުރުވީ އޭނަ ބުނި ކަހަލަ އެއްވެސް ނިޝާނެއް ޒީކްގެ ކަރުގައި ނެތުމުންނެވެ. ކަނދުރާގެ ވަށައިގެން ބެލި އިރުވެސް އެއްވެސް ނިޝާނެއް ފެންނަން ނެތުމުން ހިތުގައި އެތައް ސުވާލެއް އުފެދިގެން ދިޔައެވެ. ކުއްލިއަކަށް އެވީގޮތަކުން ހިތް އެތައް ވަސްވާހަކުން ފުރެމުން ދިޔައެވެ.
“ފިޒާނާ…. ހަމަޖެހިބަލަ….” އުމޭދު އައިސް ފިޒާނާ ދުރުކުރިއެވެ.
“އޭރުވެސް މަ ބުނީމެއްނު އެއީ ފިޒާނާއަށް ހީވި ގޮތެކޭ…. ކަންކަމާ މާބޮޑަށް ވިސްނާތީއޭ އެހެން އެވަނީ….” އުމޭދު މަސައްކަތް ކުރީ ފިޒާނާއަށް ވިސްނައި ދެވޭތޯއެވެ. އޭނަގެ ވާހަކައިން ފިޒާނާ ހިމޭންވުމުން ކުޑަ ހަމަޖެހުމެއް ލިބުނެވެ.
“ބައްޕާ ކިހިނެތްތަ ވީ….” ޒީކް ސުވާލުކޮށްލިއެވެ. ކަރުގައިވާ ނިޝާނަށް ވީގޮތެއް ނޭނގުމުން އޭނަވެސް ހުރީ ސުވާލު އުފެދިފައެވެ.
“އެއީ ކަމެއް ނޫން ދަރިފުޅާ…. ބައްޕަ ބުނީ ދަރިފުޅު ދެ ހަފުތާއެއްހާ ދުވަހުގެ ޗުއްޓީއެއް ނަގަންވީ ނޫންހޭ….” އުމޭދުގެ ޖުމްލަ އާއިއެކު ޒީކްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
“ކިހިނެތްވީ ބައްޕާ….” ޒީކް ހާސްވިއެވެ. ފިހާރައަށްދާން އޭނަ ނުހަނު ބޭނުމެވެ. ކައިލްގެ ރީތި ސޫރަ ފެންނާނީ ފިހާރައަށް ގޮސްގެންނެވެ. ގޭގައި ހުންނާކަށް އޭނަ ބޭނުމެއް ނޫނެވެ.
“އަޅުގަނޑު އޯކޭއޭ ބައްޕާ… ޗުއްޓީއެއް ބޭނުންވަންޏާ ބުނާނަމޭ….. މިދަނީ ފެންވަރާލައިގެން ނަމާދުކޮށްލަން…. އަދި މިއުޅެނީ އިޝާ ނަމާދު ނުކޮށް….” ޒީކް ހިނިތުންވެލިއެވެ. އުމޭދުއަށް އެއްޗެއް ބުނާނެ ފުރުސަތެއްނުދީ އޭނަ ބެލީ ވީހާވެސް އަވަހަށް ބައްޕަގެ ކުރިމަތިން ދުރަށްދެވޭތޯއެވެ.
“ދަރިފު….” އުމޭދު އެއްޗެއް ބުނުމުގެ ކުރިން ޒީކް ގޮސް ކޮޓަރިއަށް ވަނުމުން ހުއްޓާލިއެވެ. ޒީކް ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރެ ފިޒާނާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަނެވެ.
ގޭގެ ބޮޑު ދޮރުގެ ކުރިމަތީގައި ހުރި ދާއިން ގޭތެރެއަށް ވަނުމަށް މަސައްކަތްކުރަމުންދިޔައެވެ. ނަމަވެސް ގޭގެ އޮޅިގަނޑު ހުރަސްކުރުމަށް އަޅާލާ ކޮންމެ ފިޔަވަޅަކާއިއެކު ފަހަތަށް ޖެހިލެވެއެވެ. ގަޔަށް އަރައިގެން ދަނީ ފާޑެއްގެ ހޫނުގަނޑެކެވެ. މާޔޫސްވެފައި ހުރެ އެނބުރި ދިޔުމަށް ދާއިން ހިނގައިގަތެވެ.
“ކާކު…..” އިވިގެންދިޔައީ ދާއިންގެ ހިތް އެމީހަކަށްޓަކައި ބޭޤަރާރުވެފައިވާ މީހާގެ އަޑެވެ.
ދާއިން ފަސް އެނބުރި ބަލާލިއެވެ. ދޮރުމަތީގައި ހުރި ޒީކް ފެނި ހިނިތުންވެލެވުނެވެ. އަނބުރާލާފައި އައިސް ޒީކްގެ ކުރިމަތީގައި ހުއްޓުނެވެ.
“ސޮރީ އޮޅުމެއް….” ދާއިން ހިނިތުންވެލިއެވެ. ޒީކްވެސް އެންމެ ރަގަޅު ކަމަށް ބުނެފައި ދޮރު ލައްޕާލިއެވެ. މިރޭގެ ހާދިސާގެ ކުޑަވެސް މިންވަރެއް އޭނަގެ ސިކުނޑީގައި ނެތެވެ. އެހުރިހާކަމެއް ދާއިންވަނީ އޭނަގެ ސިކުނޑިން ފޮހެލާފައެވެ.
********
“ކިހިނެތްވީ….” ގެއަށް ވަދެގެން އައި ދާއިންއަށް ޚަބަރު ހުސްވެފައިވާ ކައިލް ފެނި ހާސްވާގޮތްވިއެވެ. ކޮންމެ ނުރައްކަލަކުން އޭނަ ސަލާމަތްކޮށްދޭ ހަމައެކަނި ފަރާތް އެފަދަ ހާލެއްގައި ވާތަން ފެނުމުން ހިތަށްނުބައި ގޮތެއް ވެގެން ދިޔައެވެ.
ދާއިންގެ ސުވާލު އެއްވެސް މީހަކަށް މުހިއްމު ނުވާކަން އެނގުނީ އެއްވެސްމީހެއްގެ ފަރާތުން އެސުވާލުގެ ޖަވާބު ނުލިބުމުންނެވެ. އެއިން ކަމަކަށް ފަރުވާލެއް ނުބަހައްޓާ ދާއިން ގޮސް ކައިލް ބާއްވާފައި އޮތް ބިއްލޫރި ކޮށީގެ މަތި ހުޅުވާލިއެވެ. އެވަގުތު އަރައިގެން ދިޔަ ގަދަ އަލިން މޫނު އަނބުރާލެވުނެވެ އަދި މޫނުމަތީގައި ދެއަތް ހުރަސްކޮށްލެވުނެވެ.
ސުމޭނާއަށް ވިސްނާލާނެ ފުރުސަތެއް ނުދީ ކައިލްގެ ހަށިގަނޑު ދާއިން އޭނާގެ އަތްދަނޑި މައްޗަށް އުފުލާލިއެވެ. އަދި ވިދުވަރެއްހައި ހަލުވިމިނުގައި ގޮސް ގެއިން ނުކުތެވެ. ހުޅުވިގެންދިޔަ ދޮރާއިއެކީ ވަދެގެން އައި ފަތްތައް ދެފަރާތަށް ކެހިގެން ދިޔައީ ދާއިންއަށް ފުރުސަތުދޭ ފަދައިންނެވެ. ދާއިން ނުކުތުމާއިއެކު ގޭގެ ދޮރު ބާރަށް ޖެހުނު އަޑު މުޅި ގޭތެރޭގައި ގުގުމާލިއެވެ. ސުމޭނާވެސް ދާއިންގެ ފަހަތުން ދިޔުމަށް އަވަސްވެގަތެވެ. ނަމަވެސް ކެލީޝާ އޭނަ ހުއްޓުވިއެވެ. އަދި ލޮލުގެ އިޝާރާތުން ހުރިހާކަމެއް ރަގަޅުވާނެ ކަމަށް އަންގައިދިނެވެ.
********
ކައިގެން އައިސް އެނދުގައި ޖައްސާލިނަމަވެސް ޒީކްއަށް ނިދޭގޮތެއް ނުވިއެވެ. ކައިލްގެ ހަނދާންތަކުން ހިތަށް އުނދަގޫކުރަމުން ދިޔައެވެ. އެތެރެ ހައްޓަށް ނޭނގޭ އުނދަގުލެއްވެސް ވަމުންދިޔައެވެ. ހީވަނީ ފިއްސަމުންދާ ހެންނެވެ. އޭސީ ސޯޅައަށްލުމުންވެސް އެކަމަކަށް ހައްލެއް ނުލިބުނެވެ. އެނދުގައި ދެފަރާތަށް ފުރޮޅިފުރޮޅި އޮއްވައި ކުޑަދޮރުގެ ފޮތިގަނޑަށް ހިޔަންޏެއް އެޅުނެވެ. އެހިޔަނި މަޑުމަޑުން ގޭގެ މައިދޮރާއި ދިމާއަށް ދިޔަކަން އެނގުނެވެ.
ޒީކް ތެދުވިއެވެ. މަޑުމަޑުން ހިނގާލާފައި ކޮޓަރިން ނުކުތްއިރު މައިދޮރުގައި ޓަކިޖަހާލި އަޑު އިވުނެވެ. ޒީކްގެ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދިގެން ދިޔައެވެ. މާބޮޑަށް ފިނިވާން ފެށިހެންވެސް ހީވިއެވެ. ނަމަވެސް ދެވަނަ ފަހަރަށް ޓަކިޖަހާލާނެ ވަގުތަކަށް އިންތިޒާރުކޮށްލެވުނެވެ. އަނެއްކާވެސް ޓަކިޖަހާލި އަޑު އިވުނެވެ. މިފަހަރު އެއަޑު ކުރިއަށްވުރެ ބާރެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް ދޮރު ހުޅުވާލުމާއިއެކު ޒީކްއަށް ލިބުނީ ހައިރާންކަމެކެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.





Wow mi part vx hama varah great.. waiting for the next part
V happy vehje mi part ves kamudhiyaeema ?❤❤❤ thank u so much dear ❤❤❤
So does it mean Bella is zeek,Adward is kail, the man from the back nxt to him is Dhaain n the Alice is keleesha n the couple at the left is Kail n Dhaain’s parents…
Curiously waiting for the nxt part ????
And will the brothers fight for zeek…
Lotus dear haadha molhey ?❤❤❤ keep waiting dear ??thank u so much ❤❤❤
Lets c dho wht hppns next ??❤❤
I don’t care how long it’s gonna take for you to update this story but i do expect you will complete it as i always prefer reading finished stories more than unfinished…….
Hei dear…
In Sha Allaah I will complete the story ❤❤
Thank u dear ?❤❤
Assalaamalaikum..
Here is the 4th part of the story ?❤❤ Enjoy reading. Unmmeedhu kuran mi part ves kamudhaane kamah ?
Mi part ves vvvv reethi.. V interesting ? ♥ ? ? ♥ Waiting 4 the next part ♥ ? ?
Thank u so much dear ?❤❤❤ vvvv happy vehje mi part ves kamudhiyaeema ?❤❤❤
Cover pic and stry vx vrh reethi masha allah..dear cover pic hadhany koahchakun..heheheh..hama ahaaly
Thank u so much dear ?❤❤❤ vv happy vehje ?❤❤❤
Cover pic hadhanee corel ga ??❤❤
Masha Allah mi partvx v v v furihama ?????????… I just love you and your stories ?????????… Masha Allah give you the happiness and the jannat ?????????… you are the best ingey ?????????… you always be the best and the best person i’ve ever met ?????????… Alhamdhullillah…. curiously waiting for the next ❤❤❤??????… lysm dear ?????????????????????????????????
Awwww ???❤ so sweeet of u Naju dear ??❤❤❤ vvvvv happy vehje cmnt kiyaalaafa ??❤❤❤
Alhamdhulillaahi thihaa sweet kuhjakaa dhimaaveema ?❤❤❤ so colorful cmnt ?? hurihaa teeths fenna varah heelaigen meenee ???? keep waiting dear ?❤❤❤ thank u so much ??❤❤
sissy this story is awesome vvvvvvv reethi i just love it…. keep ur gud work going on sis all the best. varah miss v sissy ge stories mathin
Aww unique dear… so happy to meet u after a long time ?? miss u too dear ??
Thank u so much ??❤❤❤
whats gonna happen next? where did dhaain take kail? did dhaain take kail to zeek?ooooh im so exited! best story ever! when is next part coming? im so curious to find out
Aww ??… v happy vehje story kamudhiyaeema ??❤❤
Thi suvaalu thakuge ans hoadhaalan hingaa dho kuriyah huri part thah kiyaalamaa ???
Next part In Sha Allaah today or tmrw upkohlladheynan ??
Thank u so much dear ??❤❤❤