ހުއްޓުމެއްނެތި ވާރެ ވެހެމުން ދިޔައެވެ. އިންތިޒާރު ކުރަމުން ދިޔައީ އަބަދުވެސް އަޑު އިވުމަށް އެދޭ ލޯބި އަޑަށެވެ. 24 ގަޑި އިރު ވާހަކަ ނުދައްކާ ހުރުމަށްފަހު 12 ޖަހަން ކައިރި ވުމާއެކު ހަނީފް، ނަޒްމާއަށް ގުޅަން ފޯން ނެގީ ޑޭޓާ ވެސް ހުސްވެފަ ހުރުމާ އެކު އެ ލޯބިވާގެ އުފަންދުވަހުގެ ތަހުނިޔާ ކިއުމަށެވެ. ނަންބަރަށް ޑައިލް ކޮށްލުމާއެކު ރިންގް ނުވަނީސް ކަންފަތުގައި ޖެހުނީ އެހެން އަޑެކެވެ. ” ޔޫ ޑޯންޓް ހޭވް އިނަފް ބެލެންސް ޓު މޭކް ދިސް […]
“ދޮންބެ ރޭގައި ކޮންތާކު އުޅުނީ….؟؟؟؟” ގެއަށް ވަން މިޝަލަށް ހުއްޓުން އަރާފައި ހުރެވުނީ، އިވިދާނެހެން ހީނުވާ އަޑެއް ކަންފަތުގައި ޖެހުމުންނެވެ. އެއީ އޭނާގެ ލޯބިވާ ކޮއްކޮ މިޝްޔާގެ، އަޑެވެ. އެ އަޑެއް އަހާލުމަށް އޭނާގެ ދެ ކަންފަތް ބޭޤަރާރުވެފައިވާ އަޑެވެ. މަންމަ ނިޔާވުމަށްފަހު، ލިބުނު ޝޮކުގައި އެތައް ދުވަހެއް ވަންދެން ވާހަކަ ނުދައްކާ ހުރުމަށްފަހު، މިޝްޔާގެ ދުލުން ބަހެއް ބޭރުވި މީ ފުރަތަމަ ފަހަރެވެ. ދުވަސްތަކަކަށްފަހު ލޯބިވާ ކޮއްކޮގެ އަޑު އިވުމުން އޭނާއަށް ލިބުނު އުފާ ބަޔާންކޮށްދޭންވެސް […]
ެދެ ކުދިން އެއްހަމައެއްގައި ހިނގާލާފައި ދިޔަނަމަވެސް، ދެ ކުދިންކުރެ، އެއްކުއްޖަކުވެސް އަނގައަކުން ނުބުނެއެވެ. ޝިއުރީއަށް ވިސްނެމުން ދިޔައީ އަޔާނީ ދެއްކި ވާހަކައާއިމެދުއެވެ. މިޝަލް ވިސްނަމުން ދިޔައީ ނަހީކްގެ ވާހަކަ ޝިއުރީގެ ގާތުގައި ދައްކާނެ ގޮތަކާއި މެދުއެވެ. އެކުގައި ހިނގާފައި ދިޔަ ދެ ކުދިންނަށް ހުއްޓުން އެރީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. ލޯ ބޮޑު ކޮށްލައިގެންތިބެ، އެއްކުއްޖަކު އަނެއް ކުއްޖަކަށް ބަލާލީ، ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައި ތިބެއެވެ. ____________________________________ އަތުގައި ހިފައިލައިގެން ތިބެ އަތިރިން އަރައިގެން […]
މި މަންޒަރުތައް ބަލަން ދޮރުކައިރީގައި ހުރި މާހިރަށް، ދޮރުކަނީގައި ބޯ ޖައްސާލެވުނީ، ހިތަށް ފުންއަސަރުތަކެއް ކުރުމުންނެވެ. ގާތުގައި ހުރި ޑަކްޓަރު އޭނާގެ ކޮނޑުގައި އަތް ބާއްވާލީ، އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އެވަގުތު އެ ކޮޓަރިތެރޭގައި ތިބި ނަރުސްކުދިންގެތަކުގެ އިތުރުން ޑަކްޓަރުގެ ހިތަށްވެސް ފުން އަސަރުތަކެއް ކުރުވާފައިވަނީ، އެ ކުޑަކުޑަ ޢާއިލާއަށް ދިމާވެފައިވާ ހިތްދަތިކަމުގެ ސަބަބުންނެވެ. އެއިން ކޮންމެ މީހެއްގެ ހިތުގައި އެ ޢާއިލާއަށްޓަކައި ޙަމްދަރުދީ އުފެދިފައިވެއެވެ. __________________________________ މެހެރީން ނިޔާވި ޚަބަރުވީ ރަށުގައި ތިބި މިޝްޔާމެންގެ […]
ޝައުން ނުވިސްނާ ހުއްޓާ ޔަލްވީ އޭނާގެ އަތުގައި ދަތްއެޅިއެވެ. ޝައުނަށް ތަދުވީވަރުން ޔަލްވީގެ އަތުން ދޫކޮށްލެވުނެވެ. ތަންވަޅު ބަލާފައި ޔަލްވީ އެތަނުން ނުކުތުމަށް ދުއްވައިގަތެވެ. އެހެނަސް އެއަށްވުރެ ކުރިން ޝައުން ދުވެފައި ގޮސް ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު، ދޮރުގައި ލެނގިލަމުން ޔަލްވީއާއި ކުރިމަތިލިއެވެ. އޭރުވެސް، އޭނާހުރީ ޔަލްވީ ހަފައިގެން އަތުގައި އަނެއް އަތުން ހިފަހައްޓާލައިގެންނެވެ. އޭނާގެ މޫނުމަތީގައިވަނީ ކޮން އަސަރެއްކަމެއް ދެނެގަންނާކަށް ޔަލްވީއަކަށް ނޭނގުނެވެ. ދެން ހަދާނެ ގޮތެއް ނޭނގިފައި، ޝައުނާއި ދިމާއަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީއެވެ. […]
ޝިއުރީމެންގެއަށް ވަންނަންދިޔަ ޔަލްވީ، ސިހިގެން ދިޔައީ މީހަކު އޭނާގެ އަނގަމަތީގައި އަތް އެޅުމުންނެވެ. އެ މީހަކު ބާރަށް ހިފަހައްޓާލާފައިވާއިރު، ޔަލްވީ އެ އަތް ނެއްޓޭތޯ ކުރިހާ މަސައްކަތެއްވީ ބޭކާރެވެ. ކިތަންމެވަރަކަސް ހަޅޭއްލެވިކަމުގައިވިޔަސް، އަނގަމަތީގައި އަތް އަޅާފައިވުމުން، އަޑު ބޭރުވާ ގޮތެއް ނުވިއެވެ. ޔަލްވީގެ ފުރަގަހުގައި ހުރުމުން އެއީ ކާކުކަމެއް އޭނާއަކަށް ނޭނގެއެވެ. އެ މީހާ ގަދަކަމުން ކަހަލަ ގޮތަކަށް ޔަލްވީ ގެންގޮސް ވެއްދީ ޝިއުރީމެންގޭ ކުރިމަތީގައި ހުރި ފަޅު ގެއަށެވެ. އެއަށްފަހު، ޔަލްވީގެ އަނގަމަތިން އަތް ދޫކޮށްލަމުން […]
ހަތަރު ކުދިން އިންތިޒާރު ކުރަމުން ދިޔައީ ޔަލްވީގެ ޚަބަރެއް ވާނެ އިރަކަށެވެ. އެކުދިން އެހެން ތިއްބާ މެންދުރު ނަމާދު ކޮށްލައިގެން ނުކުތް ހަލީމާވެސް އައިސް އެކުދިންގެ ގާތުގައި އިށީނެވެ. ހަލީމާ އައިތާ މާގިނައިރެއް ނުވަނީސް ގޭތެރެއިން ނުކުތް ސުލައިމާނުބޭ އާއި ރުޤްޔާ ކިޔަވާ މީހާ ފެނުމުން މިޝަލްމެނަށް ކޮޅަށް ތެދުވެވެނެވެ. އެމީހުންގެ ފަހަތުން ފަހުމީވެސް ނުކުމެގެން އައިސް އެންމެން މަޑުކޮށްލީ މިޝަލްމެންގެ ގާތުގައެވެ. _______________________________________- “އަހަރެން ތިން ދުވަސް ވަންދެން ކިޔަވަން އަންނާނަން….. ވަރަށް ގިނަ […]
މިޝަލް ހިތްހެޔޮކަމާއިއެކު ޔަލްވީގެ ހިތްހަމަޖައްސައިދިނުމަށް މަސައްކަތްކުރިއެވެ. އެ ވާހަކަތަކުން ޔަލްވީގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބިއްޖެކަން މިޝަލަށް ޔަޤީންވީ، ޔަލްވީގެ ތުންފަތަށް ވެރިވި ހިނިތުންވުމުންނެވެ. އެ މަންޒަރު ފެނި މިޝަލަށްވެސް ހިނިތުންވެވުނެވެ. “މިޝަލް އުޅުނީ ވާހަކައެއް ބުނާކަންނު……” ކުއްލިއަކަށް ހަނދާންވުމުން ޔަލްވީ ބުނެލިއެވެ. މިޝަލް ހީލަމުން ބޯޖަހާލިއެވެ. “އަހަރެން ބޭނުން ޔާލްއާއި ރައްޓެހިވާން….” ނުވިސްނާ އިންދާ މިޝަލް ބުނެލި ޖުމްލައިން ޔަލްވީއަށް އިންތަނުން ތެދުވެވުނެވެ. މިޝަލާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ކަންފަތަށް އިވުނު އިވުމާއިމެދު ޝައްކުވެފައެވެ. _________________________________________ […]
ޔަލްވީ ކޮށްޕާލަންވެގެން އަތް މަޅާލި އީޝާގެ އިތުރުން، އެތާތިބި އެހެން ކުދިންނަށްވެސް ހައިރާންކަން ލިބިގެންދިޔައީ ބާރުގަދަ އަތަކުން އީޝާގެ އަތުގައި ހިފަހައްޓާލުމުންނެވެ. އޭރު ދެލޯ މަރާލައިގެން ހުރި ޔަލްވީވެސް އީޝާގެ ޚަބަރެއް ނުވުމުން ދެލޯ ހުޅުވާ ބަލާލިއެވެ. ކަރުނައިގެ ތެރެއިން ފެނުނު މަންޒަރުން އޭނާއަށްވެސް ބަލަހައްޓައިގެން ހުރެވުނީ ހައިރާންވެފައެވެ. _______________________________________________ އީޝާގެ އަތުގައި ހިފަހައްޓާލައިގެން ހުރި އިޔާޒުގެ ނަޒަރު ސީދާވެފައިވަނީ އީޝާއަށެވެ. ހީވަނީ ރުޅިއައިސްގެން ގޮސް އެ ދެލޮލުން އީޝާ އަންދާ އަޅިއަށް ހަދާލަން އުޅޭހެންނެވެ. އިޔާޒްގެ […]