“މިޝް ނުރޮއެ ބުނެބަ ވީގޮތެއް…..” ރޮމުން ދިޔަ މިޝްޔާގެ ބުރަކަށީގައި ފިރުމާލަމުން ޒިކާން ބުނެލިއެވެ. މިޝަލްގެ ގައިން ދޫކޮށްލަމުން މިޝްޔާ، ވީގޮތް ކިޔައިދޭން މަސައްކަތްކުރިއެވެ. “އަންނަނީ…. އޭތި…. އޭތި……” ކުއްލިއަކަށް ހުރެފައި އަޔާނީ ގަސްތަކާއި ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. އަފްލާކްގެ ފުރަގަހަށްވަދެ، އޭނާގެ އަތުގައި ކުރިއަށްވުރެވެސް ބާރަށް ހިފަހައްޓާލަމުން ދެލޯ މަރާ ބާރުކޮށްލިއެވެ. އޭރު އޭނާއަށްވެސް ރޮވިއްޖެއެވެ. އަޔާނީގެ އަޑަށް އެންމެން އެދިމާ ބަލާލިއެވެ. ގަސްތަކުގެ ތެރެއިން ނުކުތް ބިރުވެރި ސިފައެއްގައި ހުރި މަހްލޫގު ފެނުމުން އެންމެންވެސް […]
ކުރީގެ އަދަދާއި ގުޅޭ: “ދަރިފުޅާ ރޮނީތަ؟” ކޮޓަރި ދޮރު ހުޅުވާލިއިރު އެނދުމަތީގައި ޔަޒްދާން ރޯންއިން މަންޒަރު ފެނުމުން ވަފިއްޔާވެސް އަޖައިބުވިއެވެ. ވަފިއްޔާ ފުރަތަމަ ހީކުރީ އެއީ ޝައިހާ ސަމާސާއަކަށް ބުނި ވާހަކައެއް ކަމަށެވެ. ވަފިއްޔާގެ ފިރިމީހާ އާދަމް ނިޔާވިދުވަހު ފިޔަވައި، އެހެންޏާ އެގޮތަށް ޔަޒްދާން ރޯންއިންދައެއް ވަފިއްޔާ ނުދެކެއެވެ. “ޕިސް.. ޕިސް.. ޕިސް.. ބޮޑު ދޮންބެއެއް ހަމަ ރޮނީ..” ވަފިއްޔާގެ ފަހަތުން އައި ޝައިހާއަށް އަނެއްކާވެސް ޔަޒްދާން ރޯންއިންތަން ފެނުމުން، ޕިސްޕިސް ލައްވަމުން ލައްވަމުން، ޝައިހާ ނުކުތީ […]
ރަށުގެ ތުނޑިއަށް ދޯނި ބީއްސާލުމާއިއެކު އެންމެން އަވަސްވެގަތީ ފޭބުމަށެވެ. ޔަލްވީވެސް އެކުވެރިންނާއިއެކު ފައިބަން ދިޔައެވެ. ރަށުގެ ހުދު ފަސްގަނޑުގައި ފައިޖެހުމާއިއެކު ޔަލްވީއަށް ކުރެވުނީ ބުނެދޭންދަތި އިޙްސާސެކެވެ. ދެލޯ މަރާލުމަށްފަހު ފުން ނޭވާއެއް ބޭރުކޮށްލެވުނީ ހިތަށް ފިނިކަން ލިބުމުންނެވެ. ކުޑަ ވަގުތުކޮޅަކަށްނަމަވެސް އޭނާއަށް ލިބިފައިވާ މިނިވަންކަމުން، ހިތަށް އުފާލިބިގަންނަށް ޔަލްވީ ބޭނުންވިއެވެ. ފައިވާން އަތަށްލުމަށްފަހު އެކުވެރިންނާއިއެކު އެއްގަމަށް ދާން ނެގި ފުރަތަމަ ފިޔަވަޅާއިއެކު، ފަސްގަނޑުގެ އޮލަކަން ޔަލްވީއަށް އިޙްސާސްކުރެވުނެވެ. ކުއްލިއަކަށް އޭނާގެ ޚިޔާލް ބަދަލުވިއެވެ. އެކުވެރިންނާއިއެކު އެއްގަމަށް ދިޔުމުގެ […]
އެންމެން ދަތުރުގެ ވާހަކަ ދައްކާތީ ޔަލްވީއަށް އުނދަގޫވިއެވެ. އޭނާ ދަތުރު ދާން ބޭނުން ނުވާތީއެއް ނޫނެވެ. އޭނާއަށް ދެވެން ނެތީމައެވެ. މަންމަގެ ހުއްދަ ލިބެން ނެތީމައެވެ. “އަހަރެން ނުދަން….” ޔަލްވީގެ ޖަވާބު ކުރެވެ. “ކީއްވެ؟؟؟؟ ހިނގާބަ ދާން…. ވަރަށް މަޖާވާނެ…..” ޝައުނަށް ބަލަހައްޓައިގެން ޔަލްވީއަށް ހުރެވުނީ، އެ ޖުމަލައިން ނަގަންވީ ކޮން މާނައެއްކަން ނުވިސްނުމުންނެވެ. އެހެން ހުއްޓާ ސިހުނީ ޝައުންގެ ނަމުން މީހަކު ގޮވާލުމުންނެވެ. ދެމީހުންނަށް އެއްފަހަރާ އަޑުއައި ދިމާއަށް ބަލާލެވުނެވެ. އީޝާ، އެދިމާއަށް އަންނަތަން […]
އަޔާނީމެން ގެއިން ނުކުތްއިރު އެމީހުންގެ އިންތިޒާރުގައި މިޝްޔާގެ އިތުރުން ޒިކާނާއި މިޝަލްވެސް ބޭރުގައި ތިއްބެވެ. “ޔާނީ ހާދަ ލަސްވީ…. މިހާރު އަހަރެމެން މިތާ ތިބޭތާ ކޮން އިރެއް…؟؟؟ އަޔާނީމެން ފެންނަ އިރަށް މިޝްޔާ ބުނެލިއެވެ. ” ބަސްތާއެއްގެ ފުށްޖަހަންވީމަ، ލަސްވާނު….” ޝިއުރީއަށް މަޑުން ނުހުރެވިގެން ބުނެލިއެވެ. “ދެން ޝިއު….. ދިމާ ނުކޮށްބަލަ….. އަހަރެން ބަލާނަމޭ ޝިއުވެސް ނަހީކްއާއި މީޓްކުރަން ދާއިރު ފުށް ނުޖަހާތޯ ދަނީ…..” ޝިއުރީއަށް ރައްދު ދެމުން އަޔާނީ ބުނެލިއެވެ. “އަދިވެސް ތިތާ ބޮޑު ވާހަކައިގައި […]
“ޔާލް…. ޝައުންވެސް ދޭ…” އިރުކޮޅެއްގެ ހިމޭންކަމަށްފަހު މިޝްޔާ ބުނެލިއެވެ. ޔަލްވީ މިޝްޔާއަށް ބަލާލިއެވެ. އޭރު އޭނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއްވެސް ވެރިވެއްޖެއެވެ. “އަސްލުވެސްތަ….؟؟؟ އެކަމް މިޝްއަށް ކިހިނެއް އެނގެނީ އޭނަ ދާނެކަމެއް…..” ދެބުމަ ހިއްލާލަމުން ޔަލްވީ ސުވާލުކޮށްލިއެވެ. “ޒީކް ބުނީމައެއްނު…. އޯހް…. އަދި އަހަންނަކަށް ނުބުނެވޭ ދޯ…. ޝައުން އެއީ ޒީކްގެ ކަޒިންއެކޭ…. ޒީކް ބުނި ޝައުންވެސް ދެޔޯ…. އެހެންވެ އަހަންނަށް އެނގުނީ….” މިޝްޔާ އޮޅުން ފިލުވައިދިނެވެ. “ޔާލް ދާނަން ދޯ އެހެންވީމަ…..” ޝިއުރީ އަހާލީ ޔަލްވީ […]
ކުރީގެ އަދަދާއި ގުޅޭ: އެދުވަސް ޒާރާ ދުވަހަކުވެސް ހަނދާންނެތޭނެ ހެއްޔެވެ؟ ރިޝްވާން ދައްކާ އެކަހަލަ ވާހަކައިންވެސް އާވަނީ އާހިލްގެ ހަނދާންތަކެވެ. އާހިލް ނޫން މީހެއްދެކެ ލޯބިވެވޭނެ ކަމާއި މެދުގައިވެސް ޒާރާއަށް ޝައްކުވަނީ އެހެންވެއެވެ. ” އޭ ބުނާނަން ޒާރާ މަންމަ ކައިރީ.. ” ސްކޫލް ގޭޓްކައިރިން ޒާރާ، ރިޝްވާންއަށް ޗޮކްލެޓެއް ދޭތަން ފެނިގެން ޒާރާ ބިރުގަންނަވާލުމުގެ ރާގެއްގައި ރީނާ ބުނެލިއެވެ. ” ރީނާ ތި އަނގަ މަޑުކޮށްގެން ހުރޭ.” ޒާރާ ކޮންމެވެސް ވަރަކަށް ބިރުގަނެ، ލަދުގަނެފައި ހުރިކަން […]
މެޗު ނިންމިކަން އިޢުލާންކުރަން ރެފްރީ ކަށިގަނޑު ފުންމުމާއިއެކު، މިޝްޔާގެ ލޯމަތީގައި މީހަކު އަތްއެޅިއެވެ. އެމީހާގެ ދެއަތުގައި ހިފަހައްޓާލަމުން ކާކުތޯ މިޝްޔާ އަހާލިއެވެ. ޝިއުރީއާއި ޔަލްވީވެސް އެއީ ކާކުތޯ ބަލާލުމަށްޓަކައި ފަހަތް ބަލާލިއެވެ. މިޝްޔާގެ ލޯމަތީގައި އަތްއަޅައިގެން ހުރި ޒުވާނާ ފެނުމުން ޔަލްވީގެ ހައިރާންކަންވީ އިތުރެވެ. އިސްކޮޅުން ދިގު އެ ޒުވާނާއަކީ، މާ ހިކިނޫނަސް ހެޔޮވަރެއްގެ ހަށިގަނޑެއްގެ ވެރިއެކެވެ. ކަޅުކަންގަދަ ބޯ އިސްތަށިގަޑެއް ލިބިފައިވާ ރީތި ޒުވާނެކެވެ. ފުދޭވަރަކަށް ބޯކޮށްހުރި ތުނބުޅި މަތިމަހުން ދޮންމޫނުގެ އަލިކަން އިތުރަށް ފާޅުވެއެވެ. […]
ކުރީގެ އަދަދާއި ގުޅޭ: ސްކޫލް ނިންމާފައި ބައެއް ދުވަސްދުވަހު، ޒާރާ ލައިބްރަރީއަށްދާން ހިތަށްއަރައެވެ. އެހެންނަމަވެސް، ދެވެން އޮންނަ ދުވަސްދުވަހުވެސް ޒާރާއަށް، ހަމަ އެންމެ ފަހު ގަޑީގައި، ދިއުން ކެންސަލް ކެންސަލްކޮށްލެވެނީއެވެ. އެއީ ކީއްވެ ކަމެއް ބުނެދޭކަށް ޒާރާއަކަށްވެސް ނޭނގުނެވެ. ޒާރާ ހަމަ ދާހިތްނުވަނީއެވެ. އެހެންނަމަވެސް ރިޝްވާން ކައިރީ އެހެން އެހެންބުނާކަށްވެސް ޒާރާއަކަށް ނުކެރުނެވެ. ޒާރާ، ރިޝްވާން ކައިރީ ބުނަނީ ނުދެވެނީ ކަމުގައެވެ. އެހެންނަމަވެސް ރިޝްވާން، ޒާރާއާ ވާހަކަދައްކަން ފެށުމުން، އެކަނިވެރިވެ އިންނަ އިހްސާސް ކޮންމެވެސް ވަރަކަށް ކެނޑިގެން […]