ކުރީގެ އަދަދާއި ގުޅޭ: ” ދެން ބަލާނީދޯ.. އަހަރެންވެސް ބޭނުން ބޭބީ ބަލާލަން ދާން.. ކޮންމަހެއްގައި ވިހަނީ؟ ” ޒާރާވެސް މިފަހަރު ދާންބޭނުންވިއެވެ. ” ޖެނުއަރީ 20 ގައި. ” އެމަހާއި ދުވަސް ރިޔާ ޒާރާއަށް ބުނެދިނެވެ. “އަޅޭ.. އެހެންތަ؟ ވަރަށް ދެރަކޮށް އެދިމާވީ.. ޓިއުޝަން ކިލާހުގައި ދެއާންޓީއިން ޖެނުއަރީގައި ޗުއްޓީ ނަގާނެ.. އަހަރެން އިންނާނީ ޑިސެމްބަރ ޗުއްޓީއަށްލާފަ. އެކަމަކު ތިންދުވަސް ނޫނީ ހަތަރު ދުވަހަށް ދެވިދާނެ ކަންނޭނގެ.. ކުޑަ ލީވްއެއް ނަގައިގެން.. ” ޒާރާ ވިސްނާލާފައި ބުނެލިއެވެ.
” ނޫނޭ.. ޒާރާ.. އެހެންވިއްޔާ މަޑުކޮށްލާ.. ބޭބީ ލިބުނީމަ އަހަރެމެން އަދި ދާނަން ތިކޮޅަށް.. ނޫނީ ފަހަރެއްގައި ވިހަންވެސް ތިކޮޅަށް ދާންޖެހިދާނެ.. އެހަށް ބަލާލާފައިދޯ.. ” ރިޔާވެސް ވިސްނާލާފައި މޮޅުގޮތެއް ބުނެލިއެވެ.
” އޭ.. ތިގޭ މީހުން ދެން ރަގަޅުތަ؟ ހިތްހަމަޖެހޭތަ؟ ” ޒާރާ ހުރި ގެއާ ބެހޭގޮތުން ރިޔާ ސުވާލުކޮށްލިއެވެ. ” އާނ.. މިގޭ މީހުން ވަރަށް ރަގަޅު.. މިގޭ ދައްތަ ހީވަނީ އެއީ ހަމަ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއްހެން.. މިގޭގަ މިހުންނަނީ ވަރަށް ހިތްހަމަ ޖެހިގެން.. ” ޒާރާ އެހެން ބުނެލީ ވަރަށް އުފާވެފައި ހުރެއެވެ.
” އެހެންތަ.. ރަގަޅިއްޔާ ރަގަޅުތާދޯ.. އޭ.. އެއްކަލަ ޑައިރީ މިހާރު ފެނިއްޖެތަ؟ މިހެން މިއަހަނީވެސް ވަރަށް ނާހަން ހުރެފަ.. ޒާރާ ވިސްނާފާނެތީ.. އެކަމަކު އަހަންނަށް އެނގޭ އެ ޑައިރީ އެއީ ޒާރާއަށް ކިހާ މުހިންމު އެއްޗެއްކަންވެސް.. އެހެންވެ މިއެހެނީ ވެސް.. ” ޑައިރީ މަތިން ހަނދާންވުމުން އެއާއި ބެހޭގޮތުން ރިޔާއަށް ސުވާލުކޮށްލެވުނެވެ.
” އަހަރެން މިހާރު ތި ޑައިރީއާމެދު އެއްވެސް ވަރަކަށް ނުވިސްނަން.. އަހަންނަށްވެސް މިހާރު ހީވަނީ ފުރިފައޮތް، ބޭނުންނުކުރާ، ބާފޮތެއްކަމަށް ހީކޮށް އޭތި ކުނިއެއްޗަށް ލެވުނީހެން.. ގައިމު މިހާރު މީހަކަށް ފެނުނުނަމަ އަހަރެން ހޯދަން އުޅެފީހެއްނު.. މިހާރު އެ ނެތް ފަހުންވެސް ދެތިންމަސްދުވަސް ވީވިއްޔަ. އެކަމާ ވިސްނައިގެން އިތުރަށް އަހަރެންގެ ސިކުނޑި ގޮއްވާކަށް ބޭނުމެއްނޫވޭ.. ވެދާނެ ކަމަކާ ނޫނީ ވާާނެ ކަމަކާ ވިސްނުމަކީ ބޭކާރުކަމެއް.. ކުރިން ހާސްވެގެން އުޅުނަސް މިހާރު ހަމަ އޯކޭ.. ރިޔާ ވަރަށް އުފާވެއްޖެދޯ އަހަރެން މިހެން ބުނީމަ.. ” ޑައިރީއާ ދޭތެރޭ އެއްވެސް ވަރަކަށް ހާސްނުވާކަން ޒާރާ ރިޔާއަށް އަންގައިލިއެވެ.
” އާނ.. ތިހެން ބުނީމަ އަހަރެން ދެން އުފާވާނެއެއްނު.. އަދި ކިރިޔާއޭ ޒާރާއަށް ތި ވިސްނެނީ.. އޭރުވެސް އަހަރެން ތިހެން ބުނީމެއްނު.. އޭ.. ދެން ބާއްވަނީ އިނގޭ.. މިދަނީ އެއްޗެއް ގަންނަން ފިހާރައަކަށް.. ޓޭކް ކެއާ.. ބައި.. ” ޑައިރީއާމެދު ޒާރާހުރީ ފިކުރުބޮޑުވެފައި ނޫންކަން އެނގުމުން ރިޔާ ހިތްހަމަޖެހުނެވެ. “އޯކޭ.. ޔޫ ޓޫ.. ބައި.. ” އެހެންބުނެފައި ޒާރާ ފޯނުކަނޑާލިއެވެ.
ޑައިރީ އެއްލާލެވުނު ކަމުގައި ޒާރާއާއި ރިޔާ ހީކޮށްލައިގެން ތިބި ނަމަވެސް، މީހަކަށް ފެނުނުކަން އެނގޭނަމަ ދެމީހުންވެސް ފިސާރި ހާސްވީހެވެ.
*********************
އެއީ ޒާރާއާ އެކީ ޝައިހާ، ރިޔާމެން އުޅޭ އެޕާޓްމެންޓަށް އައި ދުވަހެކެވެ. އެދުވަހު އެގޭގައި އުޅެއުޅެފައި ގެއަށް ދާން އުޅުނު ވަގުތުގައި ޒާރާގެ އެނދުމަތީ އޮތް އޮރެންޖް ކުލައިގެ ފޮތެއް ޝައިހާއަށް ފެނުނެވެ.
” އަޅޭ.. މިފޮތް މީނީ ދަބަހަށް ނުލެވި.. ” ޝައިހާ ހީކުރީ ޒާރާގެ އެނދުމަތީގައި އޮތީ ޝައިހާގެ ފޮތެއްކަމަށެވެ. ޝައިހާގެ ދަބަހުގައިވެސް ހުރީ ހުސް އޮރެންޖް ކުލައިގެ ފޮތްކަމުން ޝައިހާ އަށް އޮޅުނީއެވެ. އެހެންވެ ޝައިހާ އަޅުވައިގެން ހުރި ދަބަހުގެ ޒިބު ކަހާލުމަށްފަހު އެފޮތް ނަގާފައި ދަބަހުގެ އެތެރެއަށް ލިއެވެ. އަދި ޒިބު ދަމާލާފައި އަނެއްކާވެސް ދަބަސް ކޮނޑުގައި އަޅުވާލިއެވެ.
” ޝައިކޮ. އާދޭ ބަތްކާން.. ” ރިޔާ ކައިރީ ބަދިގެތެރޭ ހުރެފައި ޒާރާ ޝައިހާއަށް ގޮވާލިއެވެ. ” މިދަނީ.. ޒާރާ ދައްތާ..” އެހެން ބުނެފައި ދުވަމުން ދުވަމުން ގޮސް ޝައިހާ ބަދިގެއަށް ވަނެވެ.
” އާދޭ މިކޮޅަށް ..” ޝައިހާގެ ބަތްތަށި ހިފައިގެން ޒާރާ ކާގެއަށް ދިޔައެވެ. ” އަން. މިގޮޑީގަ އިށީދޭ.. މިއަދު ޒާރާ ދައްތަގެ އަތުން ޝައިކޮއަށް ބަތް ކާން ދޭނަން.. އިނގޭ.. ” އެހެން ބުނެފައި ޝައިހާ ގޮނޑީގަ އިށީނުމުން ޒާރާ، ޝައިހާއަށް ބަތްލަވަން ފެށިއެވެ. ޒާރާގެ އަތުން ބަތްލަވައިގެން ކާންދޭތީ ޝައިހާވެސް އިނީ ވަރަށް އުފާވެފައެވެ.
ބަތްކައިނިމިގެން ޒާާރާއާއެކު ޝައިހާ ދެން ދިޔައީ ގެއަށެވެ. އެދުވަހު ޝައިހާ، ޑައިރީ ނެގިކަމެއް ޒާރާއަށް އަދި ރިޔާއަކަށްވެސް ނޭނގުނެވެ. ޝައިހާވެސް އެއްވެސް އެކަހަލަ ވާހަކައެއް ދައްކާކަށް ހަނދާނެއްނުވިއެވެ. އެއީ ތަގްދީރުގެ ރޭވުން ހުުުރި ގޮތްްްްްވެސްމެއެވެ.
*********************
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އެނދުމަތީގައި ހަށިގަނޑު ދަމާލައިގެން ބޯދަށަށް އެއްއަތް ލައްވައިގެން ޔަޒްދާން އޭނާގެ ކޮޓަރި އެނދުމަތީގައި އޮތީ ފިކުރުކުރުމުގައެވެ.
” ޒާރާ ގާތުގައި ދެން ޑައިރީގެ ވާހަކަ ބުނަންވީ ކަންނޭނގެ.. މިހާރު އޭނަ އަހަންނާ ވާހަކަދައްކާ ވިއްޔަ.. އަދިވެސް އެހާ ގާތެއް ނޫން.. އެކަމަކު ހިތްވަރުކޮށްފައި މިވާހަކަ ދެން ބުނަންވީ.. ” އެހެން ހިތަށް އަރާފައި ޔަޒްދާން ގަޑި ބަލާލިއެވެ.
ގަޑިބަލާލުމަށްފަހު ޔަޒްދާން ތެދުވިއެވެ. ލައިގެން ހުރި ޓީޝާޓް ބޭލުމަށްފަހު ގޮނޑިއެއްގައި އެޅުވާލިއެވެ. ހެދުން އަލަމާރި ހުޅުވާލުމަށްފަހު، ކަސްރަތު ކުރާއިރު ލާކަހަލަ ސޯޓެއް ނަގައިގެން ޔަޒްދާން ވަނީ ފާޚާނާއަށެވެ.
***********************
ފާޚަނާއިން ނުކުމެގެން އައިސް ޔަޒްދާން ދިޔައީ މަންމަ ގާތުގައި ކޮފީ ތައްޓެއް ހަދާދޭށޭ ބުނަންވެގެންނެވެ. އެހެންނަމަވެސް ހުރިހާ ތަނެއް ބެލިއިރުވެސް މަންމައެއް ނުފެނުނެވެ.
ސިޓިންރޫމް ބަލަން އައިއިރު ސޯފާއެއްގައި އިށީނދެލައިގެން އިނީ ޒާރާއެވެ. ވަފިއްޔާއެއް އެތާކުވެސް ނެތެވެ.
” ކޮބާ މަންމަ؟ ” ޔަޒްދާން އަހާލިއެވެ. “ޝައިކޮ ބަލާ ގުރުއާން ކުލާހަށް އެދިޔައީ ހަމަ ދެންމެ.. ” ފޯނާ ކުޅެން އިނދެފައި ޒާރާ ޖަވާބު ދިނެވެ. “އެހެންތަ.. އަހަންނަށް ކޮފީތައްޓެއް ހަދާލަދީފާނަންތަ؟ ” މަންމަ ނެތުމުން ޔަޒްދާންއަށް ޖެހުނީ ޒާރާ ކައިރީ ބުނާށެވެ. ” އާނ.. ހަދައިގެން މިގެންދަނީ އިނގޭ.. ކޮޓަރިއަށް ދޯ.. ” ސޯފާއިން ތެދުވަމުން ޒާރާ އަހައިލިއެވެ. “ހުމްމް..” އެހެންބުނެފައި ޔަޒްދާންވެސް ކޮޓަރިއަށް ދިޔައެވެ.
**********************
” އަން .. ކޮފީތަށި.. ” ގިރައިގެން ގެނަ ކޮފީތަށި ޒާރާ ޔަޒްދާންގެ އަތަށް ދިނެވެ. ޒާރާ އުޅުނީ ޔަޒްދާން އަތަށް ކޮފީތަށި ދީފައި ދާށެވެ.
” ޒާރާ.. މަޑުކޮށްބަލަ.. މިއީ ޒާރާގެ އެއްޗެއްދޯ..” ޔަޒްދާން އެހެންބުނުމުން ޒާރާ މަޑުކޮށްލާފައި ބަލާލިއެވެ. އެއާއެކު ޒާރާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ޔަޒްދާން ދިއްކޮށްލީ ޒާރާގެ ޑައިރީއެވެ. ޒާރާވެސް އަވަސްއަވަހަށް އޭގައި ހިފިއެވެ.
” މި.. މި ކީންތަ؟ ” ތުރުތުރު އަޅާ އަޑަކުން ޒާރާއަށް އަހައިލެވުނެވެ. އޭރު ޒާރާގެ މޫނު މަތީން ފެންނަނީ ހާސްކަމެވެ. ޒާރާގެ މޫނުމަތިން ދާތިކިތައްވެސް ފާޅުވާން ފެއްޓިއެވެ. ޔަޒްދާން ހުރީ މިމަންޒަރުތައް ވަރަށް ރަގަޅަށް ބަލާށެވެ.
” އާން.. އަހަންނަށް ތި ޑައިރީ ކިއިއްޖެ.. ” ކުށްވެރިއެއް ފަދައިން އިސްޖަހަމުން ޔަޒްދާން ބުނެލިއެވެ. ޒާރާއަށް ނޫނެކޭ ބުނާފަދަ ގޮތަކަށް ބޯހޫރާލަމުން ފަހަތަށް ފިޔަވަޅެއް އެޅުނެވެ.
އެޑައިރީ ޔަޒްދާންގެ އަތުގައި އޮންނަންވީ ސަބަބެއް ޒާރާއަކަށް ނުވިސްނުނެވެ. ޒާރާގެ ސިކުނޑި ސުމަކަށް ދިޔައެވެ. ހަދާނެ ގޮތެއްވެސް ޒާރާއަކަށް ނޭނގުނެވެ. ކޮންމެގޮތެއް ވިއަސް ޔަޒްދާންއަށްވެސް ޑައިރީގައި ހުރި ވާހަކަތައް އެގިއްޖެތާއެވެ.
ވުމާއެކު ޒާރާ ގަސްދުކުރީ އެކޮޓަރިން ނިކުންނާށެވެ. ޒާރާ ނިކުންނަން ހިނގައިގަތް ތަނާހެން ޔަޒްދާންއަށް އެކަން ވިސްނުނެވެ. ޔަޒްދާން ދުވެފައިގޮސް އެކޮޓަރީގެ ދޮރު ކުރިމައްޗަށް އެރިއެވެ.
” ޔާރައްބީ.. ދެން ކިހިނެއް އަހަރެން ހަދާނީ.. އަހަރެން އެންމެ ބިރުން އުޅުނު ކަންތައް މިހާރު މިއޮތީ ވެފަ.. އޭނަ އެއުޅެނީ ކިހިނެއް ހަދަން ކަމެއްވެސް ނޭނގެ.. އަނެއްކާ.. ޝައިހާ އެދުވަހު އެބުނީ ތެދެއްބާ؟ މިއީ އެކަހަލަ މީހެއް ކަންނޭނގެ.. ޝައިހާއަށްވެސް ގޯނާކުރަނީ ކަންނޭނގެ.. ބޭޑް މީހެއް.. އެދުވަހު ޝައިހާ ބުނީ އެހެން.. އާނ ވެދާނެ ހަމަ.. އެކަހަލަ މީހަކަށްވެސް.. އޭނަ އެއުޅެނީ ވަފިއްޔައްތަގެ ލޮލުގައި އަނދުން އަޅުވައިގެން ކަންނޭނގެ.. ވަފިއްޔައްތަ މިވަގުތަކު ނުވެސް ނެތް.. އަހަރެންގެ ޑައިރީ ކިޔައިގެން މަކަރުން މިއޮއް ހުރިހާ ދުވަހަކު.. އަހަރެންގެ އިތުބާރު ހޯދައިގެން.. މިހާރު އެހެރީ ދޮރުކުރިމަތީ.. ވަރިހަމަ.. އަހަރެން ސަލާމަތްވެވޭތޯ ބަލާނަން.. އަދި ސަލާމަތްވެގެން ގޮއްސަ ވަފިއްޔައްތައަށް ވެސް ކިޔައިދޭނަން.. ” އެހެން ހިތަށް އެރުމުން ޒާރާ ދޮރާއި ދިމާއަށް ދުއްވައިގަތެވެ. އެވަގުތު ކޮޓަރީގެ ދޮރު ތަންޑުއަޅުވާފައި ޔަޒްދާން ކުރިއަށް ޖެހުނެވެ.
އެއާއެކު ޒާރާއަށްވެސް މަޖުބޫރުވީ ހުއްޓޭށެވެ. އޭރު ޔަޒްދާން ހުރީ ޒާރާއާ ވަރަށް ގާތުގައެވެ. ކުޑަވަގުތު ކޮޅަކަށް ހުއްޓުނު ނަމަވެސް ސަލާމަތްވެވޭތޯ ޒާރާ ދުއްވައިގަންނަން އުޅުނެވެ.
އެހެންނަމަވެސް ޒާރާ ހުއްޓުވަންވެގެން ޔަޒްދާން އެއްލި އަތުން ޒާރާގެ އެއްއަތުގައި ހިފުނެވެ. އެއާއެކު ޔަޒްދާން ގެނައި ކުޑަކުޑަ ހަރަކާތަކުން ޒާރާ ތަތްވީ ޔަޒްދާންގެ ތަނަވަސް މޭމަތީގައެވެ. ޔަޒްދާން ހުރީ ޓީޝާޓެއް އެއްޗެއްވެސް ނުލައެވެ. އޭރު އޭނާ ލައިގެން ހުރީ ކަސްރަތުކުރާ ސޯޓުކޮޅު އެކަންޏެވެ.
އެހެންވެ ޒާރާ ހާސްވެފައި ލަމުން ދިޔަ ފުން ނޭވާތައްވެސް ޔަޒްދާންގެ މޭމަތީ އައިސް ޖެހުނެވެ. މޫނުމަތީ އެޅިފައި އިން ޒާރާގެ ބޮލުގެ އިސްތަށިކޮޅެއް އެއްފަރާތްކޮށްލަމުން ޔަޒްދާން ވަރަށް ލޯބިން ޒާރާގެ ބޮލުގަ ފިރުމާލިއެވެ. އެއާއެކު އަނެއްކާވެސް ޒާރާ ތެޅެފޮޅެގަނެފައި ދާންއުޅުނެވެ.
އެގޮތަށް ޒާރާ އުޅެން ފެށުމުން ޔަޒްދާން އޭނާގެ ދެއަތްގެންގޮސް ޒާރާގެ ހިމަހިމަ އުނަގަނޑުވަށައިގެން ފުރަގަހުންވާގޮތަށް ބާރުކޮށްލިއެވެ. އެއާއެކު، ޒާރާގެ ހަށިގަނޑާއި ޔަޒްދާންގެ ހަށިގަނޑު ޖެހިފިތި ބާރުވިއެވެ. ޒާރާގެ ލޯބިލޯބި މޫނަށް ބަލަން ޔަޒްދާންއަށް ހުރެވުނެވެ. އޭރު ޒާރާގެ މޫނު ހުރީ ޔަޒްދާންގެ މޫނާއި ކިރިޔާ ޖެހޭ ނުޖެހޭ މިންވަރަށް ކައިރީގައެވެ.
ޔަޒްދާންގެ އަމަލުތައް ހުރިގޮތުން ޒާރާގެ ހާސްވުން ވީ ހައްތާ އިތުރެވެ. އެއާއެކު ބިރުންގޮސް ޒާރާގެ ހަށިގަނޑު ތުރުތުރުލާން ފެށިއެވެ. ޒާރާއަށް ވަމުންދާގޮތާއި، ބަލިފައި އެއްވެސް ހާލެއްގައި ޔަޒްދާންއަށް އެގޭކަށް ޒާރާ ބޭނުމެއްނޫނެވެ. އެނގިފައި އޮތްނަމަ ދޫދޭކަށްވެސް ޒާރާ ބޭނުމެއް ނޫނެވެ. އެހެންވެ ޔަޒްދާންގެ ގައިގައި ކިތަންމެ އަތްލާން ބޭނުންނުވިއަސް ޒާރާގެ އުނަގަނޑުން ޔަޒްދާންގެ އަތް ނެއްޓުވުމަށްޓަކައި އަތްލާން ޖެހުނެވެ.
ޔަޒްދާންގެ އަތް ނެއްޓުވުމުގައި ޒާރާ ކުރަމުންދިޔަ މަސައްކަތްތައް ފެނަށް ވާންފެށިއެވެ. ކިރިޔާވެސް ދުލެއް ލިބޭހެން ހީވާއިރަށް ޔަޒްދާން އަނެއްކާވެސް އަތް އުނަގަނޑުގައި ބާރުކޮށްލައެވެ.
” ޒާރާ.. އަޅެ.. ތިހެން ދުވަން ނޫޅެބަލަ.. އަހަރެން ޒާރާދެކެ ހާދަ ލޯބިވެޔޭ.. ތިހެން އުޅުނީމަ އަހަރެން އެބަވަރަށް ދެރަވޭ.. ” ޔަޒްދާންގެ ހިތް އޭރުބުނަމުން ދިޔައެވެ.
” ދޫކޮށްލާ.. ދޫކޮށްލާ.. ރީތިކޮށް އަތްނައްޓުވަން އުޅޭއިރު ދޫކޮށްލިއްޔާ ރަގަޅުވާނީ.. އެހެންނޫނީ ބޮނޑިއެއް ލިބިދާނެ.. ” ޒާރާގެ ހިތް ބުނަމުން ދިޔައީ އެހެންނެވެ. އޭރު، ޒާރާގެ ހަށިގަނޑުގެ ހަރަކާތްތައް ބަދަލުވާން އުޅޭހެންވެސް ހީވެއެވެ. ޒާރާގެ ހާސްކަމުގެ މައްޗަށް ރުޅިއިސްވާން ފެއްޓިއެވެ. އެހެންނަމަވެސް އެކަން ޔަޒްދާންއަކަށް ފާހަގައެއް ނުކުރެވުނެވެ.
*******************
ޔަޒްދާންގެ ސިކްސްޕެކްލާފައިވާ ރީތި ކަސްރަތީ ހަށިގަނޑު ފެނި ހުރިހާ އަންހެންކުދިން ތިބެނީ މަށަށް މަށަށް ކިޔާލަކިޔާލައެވެ. އެކަން ޔަޒްދާންއަށްވެސް އެނގެއެވެ.
އެކަހަލަ އަސަރެއްވެސް ނުކުރަނީ ޒާރާއަށެވެ. ޒާރާއަށް ޔަޒްދާންގެ ރީތި ހަށިގަނޑު ކިތަންމެ ފަހަރަކު ވަނީ ފެނިފައެވެ. އެހެންނަމަވެސް ޒާރާ އެއްވެސް އަޅައެއް ނުލައެވެ. ޒާރާ އިންނަނީ ފޯނާކުޅުމުގައެވެ. ނޫނީ ޝައިހާއާއި ވަފިއްޔާއާ ވާހަކަދެއްކުމުގައެވެ.
ޒާރާ މިހާރު އެހުރި މަގާމުގައި އެހެން އަންހެންކުއްޖެއް ހުރިނަމަ، ޔަޒްދާންގެ ކަސްރަތީ ރީތި ހަށިގަނޑު ފެނިފައި ދީވާނާވާނެކަން ޔަޒްދާންއަށް އެނގެއެވެ.
ޒާރާއަކީ ކޮންކަހަލަ ކުުުއްޖެއްކަންވެސް ޔަޒްދާންއަކަށް އޮޅިފައެއް ނެތެވެ. ޑައިރީގެ އެހީގައި ޒާރާގެ ގޮތް ވަރަށް ރަނގަޅަށް ޔަޒްދާންވަނީ ދަސްކޮށްފައެވެ. ޑައިރީ ކިޔައިގެން ޒާރާއަށް ގެއްލުމެއްދޭކަށް ޔަޒްދާން ބޭނުމެއްވެސް ނޫނެވެ. އެއަށްވުރެ ޒާރާދެކެ މާބޮޑަށް ޔަޒްދާން ލޯބިވެއެވެ. ޒާރާގެ ނުރުހުމުގައި، ޒާރާގެ ކިބައިން ގަދަކަމުން ލޯބި ހޯދާކަށްވެސް ޔަޒްދާން ބޭނުމެއްނޫނެވެ.
ޒާރާ ހިފަހައްޓަން، ޔަޒްދާންއަށް ޖެހުނީވެސް، އެގެއިން ނިކުމެގެން ދާން ޒާރާ ފަހެއް ނުޖެހޭނެކަން އެނގޭތީއެވެ. ފަހަރެއްގައިވެސް އެހެންވާކަށް ޔަޒްދާން ބޭނުމެއްނުވެއެވެ.
އެހެންނަމަވެސް ޒާރާ އުޅުނު ގޮތް ފެނިފައި ޔަޒްދާންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އޭރުވެސް ޒާރާ ޔަޒްދާންގެ ދެއަތް ނެއްޓުވޭތޯ އުޅެމުންދިޔައެވެ.
” ޒާރާއަށް ހަމަ އަހަރެންދެކެ ލޯބިނުވެވެނީބާ؟ އާނ.. ހަމަ ލޯބިނުވެވެނީ.. ޒާރާއަށް ހިތާމައެއްދޭކަށް އަހަރެން ބޭނުމެއް ނޫން.. ” ހިތާހިތުން އެހެން ބުނަމުން، އެންމެފަހުން ޔަޒްދާން ހަތިޔާރު ބެހެއްޓިއެވެ. ޒާރާގެ ގައިން ޔަޒްދާން ދެއަތް ދޫކޮށްލިއެވެ. އެއާއެކު ޒާރާ އަނެއްކާވެސް ކޮޓަރީގެ ދޮރާއި ދިމާއަށް ދިޔައެވެ.
**********************
ޒާރާގެ ގައިގައި ޔަޒްދާން ހިފެހެއްޓީއްސުރެ ޒިލާލް ދިޔައީ އެމަންޒަރު ވަރަށް ރަނގަޅަށް ބަލަމުންނެވެ. އޭތި ހުރީ، ޒާރާގެ ނުރުހުުުމުުުުުގައި، ޒާރާގެ ގަަަަަޔަށް އަތްލަަަަައިގެންް ހުުުުރި ޔަޒްދާންދެކެ ރުޅިއަަަަައިސްގެެެެންގޮސް، ދެލޯވެސް އަނގުރު އަލިފާން ކޮޅެއްހެން ވެފައެވެ.
ޒިލާލްހުރީ ޔަޒްދާންގެ ކިބައިން ޒާރާ ސަލާމަތްކުރުމަށް ވަރަށް ތައްޔާރުވެގެންނެވެ. ޒާރާގެ ގައިން ދޫކޮށްލުމަށް، ޔަޒްދާންއަށް، އޭތި ދިނީ މަދު ވަގުތުކޮޅެކެވެ. ނޭނގިނަމަވެސް، އެވަގުތުކޮޅުގެ ތެރޭގައި އަތް ދޫކޮށްލެވުންކަން އެއީ ޔަޒްދާންގެ ހެޔޮ ނަސީބެވެ. އެހެންނޫންނަމަ، ޔަޒްދާންގެ ހަށިގަނޑާއި ފުރާނައަށްވެސް ވަރަށް ނުރައްކާވީހެވެ.
8 Comments
Comments are closed.
Varah reethi
Thank you ☺
Waau varah reethi
When next part?
Keep it up????????????????
Type kurevey varakun avahah genesdheychey mi balanee. ☺Thank you
*Genes dheveytho
Nice mi part vx hama..
☺Thankyou shifoo
???Heyy salhi ingey mi part ves… Mashaa Allah.. Waiting for the next part..