ބޯކޮށް ވެހެމުން ދިޔަ ވާރޭ، އަދިވެސް ހުއްޓާ ނުލައެވެ. ކަޅު ވިލާތަކުން ދުނިޔެމަތި ބައްދާލާފައިވަނީ އެހާވެސް ބޮޑަށެވެ. ބޭރަށް ދާން ބޭނުންވެފައިހުރި މިޝަލް، މަގުމައްޗަށް ބޯ ދިއްކޮށްލީ، ވާރޭ ހުއްޓާލާނެކަމުގެ އަލާމާތެއް ފެންނަން ހުރިތޯ ބަލައިލުމަށެވެ. އެހެނަސް، ދެންމެއަކާއި ޖެހެންދެން، ވާރޭގެ ސަބަބުން ބޭރަށް ނުދެވިފައިހުރި މިޝަލަށް، ފެނުނު މަންޒަރަކުން، އެ ބޯ ވާރޭތެރޭ، ހުރި ސީދަލަށް އަތިރިއާއި ދިމާއަށް ހިނގައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. _________________________________________ ޗާބީ ދީފައިވާ މީހެއްފަދައިން، ހިނގަމުންދިޔަ މިޝަލް، މަޑުކޮށްލީ އަތިރިމަތީގައި ހުރި […]
އަފޫ ސަމާސަ ކުރަނީތަ….؟؟؟ ބައްޕަ، އެހެންނެއް ނުބުނޭ ދޯ….. ބުނެބަލަ އަފޫ…. ތީ ދޮގެއް ދޯ…..” އަޔާނީ އަފްލާކްގެ އަތުގައި ހިފައި ތަޅުވާލަމުން އާދޭސް ކުރަންފެށިއިރު، އޭނާގެ ދެ ލޯ ފެންކަޅިވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. _____________________________________ “އަޔާނީ…. ހަމަ މިހާރު އާދޭ އެތެރެއަށް……” އަޔާނީގެ އިތުރުން އަފްލާކްވެސް ސިހިގެން ދިޔައީ އަޔާނީގެ ބައްޕަ ޔޫސުފްގެ، ބާރު އަޑުންނެވެ. ލިބުނު ސިހުމުގައި އަޔާނީއަށް، އަފްލާކްގެ އަތުން ދޫކޮށްލެވުނެވެ. އަފްލާކްވެސް އަޔާނީއާއި ތަންކޮޅެއް ދުރަށް ޖެހިލިއިރު އޭނާ […]
ޕްރިންޓިންގ ރޫމްގެ ދޮރު ތަޅުގައި ހިފާލި ވަގުތު، ޖެހެލި ވައިރޯޅިއާއިއެކު، ޔަލްވީގެ ޝޯލް މޫނުގައި އެޅުނެވެ. މޫނު މަތިން ޝޯލް އެއްފަރާތް ކޮށްލަމުން، ޔަލްވީ އެތެރެއަށް ވަނެވެ. އަދި ކުޑަކޮށް ޕިން ނެއްޓިފައި އިނުމުން އެ ރަނގަލުކޮށްލުމަށްފަހު، އިސް އުފުލާ ބަލާލިވަގުތު، ހައިރާންވެގެން ދިޔައީ އެތެރޭގައި އޭނާއަށް ބަލަން ހުރި ޒުވާނާ ފެނުމުންނެވެ. _______________________________________________ އެ ތަނުން ޝައުން ފެނިދާނެކަމަށް ހީކުރެވިފައި ނުވާއިރު، އޭނާގެ ކުރިމައްޗަށް އެކަހަލަ ގޮތަކަށް އާދެވުމުން، ޔަލްވީ ހުރީ ހުއްޓުން އަރާފައެވެ. […]
މިޝަލްގެ، އިންތިޒާރަށް ނިމުން އައީ، ޝިއުރީމެން ދަތުރުކުރި ލާންޗް ބަނދާރައި ގާތްކުރުމުންނެވެ. ރަތްކުލައިގެ ޝޯލެއް އަޅައިލައިގެން ހުރި ޝިއުރީ، ލާންޗުން ފައިބާން އަންނަތަން ފެނުމުން، މިޝަލަށް ކޮޅަށް ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. ________________________________________ ކުރިއާއި މާ ބޮޑު ތަފާތެއް ނެތްނަމަވެސް، އޭރަށްވުރެ، ޝިއުރީ ދޮންވެފައި، ހިކިހެން ހީވެއެވެ. އެހެނަސް، އެ ރީތިކަމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. މިޝްޔާމެންނާއި ވާހަކަދައްކަން ހުރެފައި، ޝިއުރީ ހީލިތަން ފެނުމުން މިޝަލްގެ ހިތަށް އެނގުންވެލިއެވެ. ޝިއުރީގެ ގާތަށް ދިއުމަށް އޭނާގެ ހިތް އެދި […]
“އައި.ލަވް.ޔޫ” އެތެރެއަށް ވަންނަން ހިނގައިގަތް ޝިއުރީގެ އަތުގައި ހިފާލަމުން މިޝަލްގެ ދުލުން، މި ތިން ލަފުޒު އިއްވާލިއެވެ. އިވިގެން ދިޔަ ބަސްތަކުން، ހައިރާންވީވަރުން، ޝިއުރީ ހުރީ ފަސްއެނބުރި ބަލައިލާންވެސް ނޭނގިފައެވެ. އެއީ މިޝަލްގެ ދުލުން ދުވަހަކުވެސް އޭނާއަށްޓަކައި އިވިދާނެކަމަށް ހީކުރެވިފައިވާ ލަފުޒުތަކެއް ނޫނެވެ. ޝިއުރީގެ ފަރާތުން އިޝާރާތެއް ނުވުމުން، މިޝަލް، ޝިއުރީގެ އަތްތިލައަށް މަޑުމަޑުން ފިތާލިއެވެ. މިޝަލްގެ މި ޙަރަކާތުން ޝިއުރީއަށް ހަމެހޭވެރިކަންވުމުން، އޭނާ ފަސްއެނބުރި ބަލާލިއެވެ. މިޝަލްގެ މޫނަށް، ޝިއުރީ ބަލަމުން ދިޔައީ ދެންމެ އިވިގެން […]
“ޔާލް……” ޔަލްވީގެ އިތުރުން ޝިއުރީމެންވެސް ހުއްޓުނީ ޝައުންގެ އަޑުންނެވެ. ޝިއުރީމެން ފަހަތް ބަލާލިނަމަވެސް، ޔަލްވީ، އެ ހުރި ފިޔަވަޅުމަތީ ގުޑިވެސް ނުލާ ހުރީއެވެ. ޔަލްވީ ބަލައި ނުލުމުން، ޝައުންގޮސް މަޑުކޮށްލީ ޔަލްވީގެ ކުރިމަތީގައެވެ. “ޔާލް…. އަހަންނާ ގުޅުންހުރި ބައެއްގެ ސަބަބުން ޔާލްއަށް ތި ހާލު ޖެހުނީތީ، އަހަރެން ވަރަށް ދެރަވެއްޖެ…. އެ މީހުންގެ ކިބައިން އަހަރެން މާފަށް އެދެން….” ޔަލްވީގެ ދެ އަތްތިލާގައި، ހިފާލަމުން ޝައުން ބުނެލިއެވެ. ޝައުންގެ އަތުތެރޭގައިވާ ޔަލްވީގެ އަތް އޭނާ ދަމައިގަތެވެ. ޔަލްވީ […]
ދެ ލޯ ބޮޑުކޮށްލައިގެން މިޝްޔާއަށް ބަލަން ހުރެވުނީ، ފެންނަމުންދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައެވެ. މޫނުމައްޗަށް އަނދިރިވެ، މީހާ ވެއްޓެން އުޅޭހެން ހީވުމުން، ގާތުގައި ހުރި ޝިއުރީގެ އަތުގައި ހިފަހައްޓާލެވުނެވެ. މިޝްޔާއަށް ވީގޮތް ފެނި، ޝިއުރީއަށްވެސް އޭނާގެ ނަޒަރު ސީދާވެފައިހުރި ދިމާއަށް ބަލާލެވުނެވެ. އެއާއިއެކު، އޭނާއަށްވެސް ދެ ލޯ ބޮޑުކޮށްލެވުނެވެ. ދެ ލޯ އުނގުޅާލީ، ކުރިމަތިން ފެންނަމުންދާ މަންޒަރަކީ، ޙަޤީގަތެއްތޯ ޔަޤީންކޮށްލުމަށެވެ. __________________________________________________________________________________ ކޮނޑުގައި ދަބަހެއް އަޅުވާލައިގެން، ވާޓަރު ކައިރީގައި އެ ހުރީ ޒިކާންކަމަށް، ޝިއުރީގެ ހިތްވެސް […]
“އޯހް ޑޭޑް. އައި އޭމް އިން ލަވް” ޔާނާ ޒިޔާދުގެ ދެކޮޑުގަ ހިފާ އެނބުރިގަންނަމުން ހިނިތުންވެ ހުރެ ބުނެލިއެވެ. “ވޯވް. ހޫ އިޒް ދަ ލަކީ ގާއި” ޒިޔާދުވެސް ބޮޑަކަށް ހިނިތުންވެ ހުރެ ބުނެލިއެވެ. **** “ވަޓް ދަ. ބަލައިގެންނެއް ތި މީހަކަށް ނުހިނގޭތަ؟ އަހަރެންގެ ގަޔަށޭ މި އެ ވެރުނީ” ލާރާ ކަޅިއަޅާލަމުން ޒުވާނާ އަށް ބުނެލިއެވެ. “ޔޫ އަންހެނާ. ތި ގޮއްޔަކަށް ވެސް ބަލައިގެނެއް ނޫޅެވޭތަ؟” އެ ޒުވާނާ ވެސް އެ ރުޅިވެރިކަންމަތީ ބުނެލިއެވެ. […]
އަޔާނީ މިސްރާބު ޖެހީ އަފްލާކް ވަން ގޯޅިއާއި ދިމާއަށްށެވެ. އެހެނަސް، ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ. އަފްލާކްގެ އެއްވެސް ހިލަމެއް އެ ގޯޅީގެ ތެރެއިން ފެންނާކަށް ނެތެވެ. މާޔޫސްވީވަރުން އަޔާނީއަށް އިސްޖަހާލެވުނުއިރު، އޭނާގެ ބޮޑު ދެ ލޯ ފެންކަޅިވެގެން އައީ ދެރަވީވަރުންނެވެ. އަފްލާކް އެ ގޮތަށް ކަންތައް ކުރުމުން، އޭނާއާއިމެދު، އަޔާނީގެ ހިތުގައި އެތައް ޝަކުވާއެއް އުފެދުނެވެ. މާޔޫސްކަމާއިއެކު، ގެއަށްދާން ހިނގައިގަތް އަޔާނީގެ ފިޔަވަޅުތަކަށް ހުއްޓުން އައީ ފަހަތުން މީހަކު އޭނާގެ ކޮނޑުމަތީ އަތް ބާއްވާލުމުންނެވެ. ކުޑަކުޑަ ތުންފަތަށް […]