ކުރީގެ އަދަދާއި ގުޅޭ : ” ޒާރާއަށް ވަރަށް ވިސްނޭ.. އަހަރެން ވަރަށް އުފާވޭ ޒާރާ އަހަރެންގެ ހަޔާތަށް އަންނަން އުޅޭތީ.. އަހަރެން ޒާރާގެ ބައްޕަ ގެނެވޭ ގޮތެއް ހަދާނަން.. އެކަމާ ޒާރާ ހާސްނުވޭ.. ޒާރާގެ ވަލީވެރިއަކަށް ވާނީ ޒާރާގެ ބައްޕަ.. ޖަލުން ދޫކޮށްލާ މުއްދަތު ހަމަ ނުވިއަސް އެކަން ކުރެވޭނެ ގޮތްތައް އެބަހުރި.. ” ޔަޒްދާން އިތުރަށް އޮޅުންފިލުވާދިނެވެ. ” ދާން މަންމައަށް އެނގޭތަ؟ ” ޒާރާ ސުވާލުކޮށްލިއެވެ. ” މަންމައަށް އެނގޭނެ ވަރަށް ކުރިން.. މަންމައަށް […]
ކުރީގެ އަދަދާއި ގުޅޭ: ” ހުމްމް.. ވަރަށް މިސްޓީރިއަސް.. އެކަމަކު ދެން ތިހެން ކިޔަންޏާ އަހަރެން ދެންއޮތް ބައި ނުވެސް ކިޔާދޭނަން އިނގޭ..” ޖެއްސުންކުރުމުގެ ރާގެއްގައި ޒާރާވެސް ބުނެލިއެވެ. ” އުނހު.. އުނހު.. ދެން ތިހެން ހަދާކަށް ނުވާނެއެއްނު.. އޭރަށް އަހަރެން ކިހާ ދެރަވާނެ.. ތިވާހަކަތައް ޖެހޭނެ ކޮންމެހެންވެސް އަހަންނަށް ކިޔާދޭން.. ” ދެރަވެފައިވާ ރާގެއްގައި ރިޔާ ބުނެލިއެވެ. ” ހެހެ.. ދެން ރިޔާވެސް ދޯ.. ” ރިޔާ އުޅޭގޮތުން ޒާރާއަށް އަނެއްކާވެސް ހެވުނެވެ. ” އޭ ދައްކަބަލަ […]
ކުރީގެ އަދަދާއި ގުޅޭ: ” ޒާރާގެ ބައްޕައަށް އަޅުގަނޑު ކިޔާ އެއްޗެއް އެބަ އެނގިލައްވާތޯ؟ ” އެކި ފަރާތް ފަރާތަށް ބަލަމުންދާ އިޔާޒް ފެނުމުން ޔަޒްދާން ހީީކުރީ އޭނާ ބުނި އެއްޗެއް އަޑު ނީވުނީކަމަށެވެ. ނޫނީ އަޑު ނާހަން އުޅެނީ ކަމަށެވެ. ” އޭނަ އެ އަހަނީ ސުވާލެކޭ .. އޭނައަށް ޖަވާބު ދީބަލަ.. ” ޒިލާލް ވަރަށް ބިރުވެރި ބަރު އަޑަކުން އެހެން ބުނެލިއެވެ. ” ކަލޭގެ ކަންތައް މާ މައްޗަށް ދެން ތިދަނީ .. ވަލީދޭން […]
އަޅުގަނޑު އައިޝަތު ނޮއެލް ‘ތިޔަނޫން އެހެން ހިތެއް ބޭނުމެއް ނޫން’ މި ވާހަކަ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ގެނެސް ދޭން ފަށާނަން. ހުރިހާ ކިޔުންތެރިންގެ ސަޕޯރޓް ލިބޭނެކަމަށް އުއްމީދު ކުރަމެވެ. ވާހަކަ ގެނެސްދެވޭލެއް ލަސް ވިޔަސް ވާހަކަ ގެނެސްދިނުން ހުއްޓައެއް ނުލާނަމެވެ. ކިޔުންތެރިން ނޮއެލް އަށް ރީތި ނަންކޮޅެއް ބުނެދެއްވުން އެދެން.
ކުރީގެ އަދަދާއި ގުޅޭ: ” އަސްލުވެސްތަ.. އަހަރެންނަމަ ތިހެން ކެތެއް ނުކޮށްލެވޭނެ.. އެކަމަކު ނުބެހެންޏާ ރަނގަޅުތާ.. ދެން ބެހެން އުޅެފިއްޔާ އަހަރެން ގާތުގައިވެސް ބުނޭ.. ނިކަން ހިތްވަރެއްލާފައި އެގަޑީގައި ހަޅޭއްލަވައިގަނޭ.. އޭރަށް ދިޔާނާ ދައްތައަށްވެސް ހޭލެވޭނެއެއްނު.. އެރަކަށް ގައިމު ނުބެހެވޭނެ.. އޭރަށް ޒާރާ އިތުރު ކަމެއް ކުރާކަށްވެސް ނުޖެހޭނެ.. އޭރަަަށް އެއޮތީ ހެކިވެސް ލިބިފަ.. ” ހަދާނެގޮތެއް ރިޔާ ކިޔާދިނެވެ. ” މިހާރު އަހަންނަށް ތިކަން ކުރެވިދާނެ.. އެވަރަށް ހިތްވަރުވެސް ލިބިއްޖެ.. މިހާރު އަހަރެންވާ ދެރައަށްވުރެ ބޮޑަށް […]
ކުރީގެ އަދަދާއި ގުޅޭ : އެހެން ބުނެފައި ފޯނު ކަނޑާލުމަށްފަހު އެފް.ބީ މެސެންޖަރ އިން ވިއާމްއަށް އައިޑީ ކާޑުގެ ފޮޓޯ ފޮނުވިއެވެ. ވިއާމްވެސް އިނީ އޮންލައިންގައި ކަމުން ވަގުތުން ސީންވެސް އެރިއެވެ. ” އޯކޭ.. އެހެންވީމަ ބަލާފަ މާދަމާ އަހަރެން ގުޅާނަން.. އަސްލު ޗުއްޓީ ނަގައިގެން ހުރީމަކަންވެސް އިނގޭ.. އަހަރެން ގާތުގައި ތިބުނީ.. އެހެންނޫންނަމަ އަހަރެން ގާތުގައި ކަމަކު ނުވެސް ކިޔާނެދޯ.. ” ވިއާމް މެސެންޖަރގައި ބުނެލިއެވެ. ” ހުމްމް.. އަހަރެން މިހާރު މިހިރީ މަސްދުވަހުގެ ޗުއްޓީ […]
“ތީ ކާކު؟” އަހަރެން ކުރިމަތީގައި ހުރި އަންހެންކުއްޖާ ގާތު އަހާލީމެވެ. ފުރަގަސްދީގެން ހުރިއިރު އަހަންނަށް ފެންނަން ހުރީ އެކުއްޖާގެ ރަންކުލައިގެ އިސްތަށިގަނޑެވެ. އަހަރެން ކުރިއަށްދާން ފިޔަވަޅެއް އަޅާލީމެވެ. ނަމަވެސް ހުއްޓުން އެރީ ފައިގައި ފެންޖެހުމުންނެވެ. އަހަންނަށް ތިރި ބަލައިލެވުނީ އެވަގުތެވެ. އަހަންނަށް މި ހުރެވުނީ… އަހަންނަށް މިހުރެވުނީ ކަކޫތާ ފެނުގައި ހެއްޔެވެ؟ ކުރިމަތިން އަޑެއް އިވިގެން އަހަރެން ބަލާލީމެވެ. އެއްކަލަ އަންހެންކުއްޖާ ޖެހިތާ ލަކުނުވެސް ނެތެވެ. މިހާރު ކޮބާ ހެއްޔެވެ؟ އެހާ އަވަހަށް އެދިޔައީ ކޮންތާކަށް ހެއްޔެވެ؟ […]
ކުރީގެ އަދަދާއި ގުޅޭ : ” ހަމަ އަސްލުވެސްތަ ބްރޯ.. އެހެންވީއިރު ތި އިޔާޒް ތީ ހާދަ ނުބައި މީހެކޭ.. ބްރޯ ހާސްނުވޭ.. އިތުރު އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ނޭނގޭނެ.. ” ހަގީގަތް އެނގުމުން މައުލޫމާތުތައް ސިއްރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވިއާމް ދިނެވެ. ******************* ގެއަށް ވަދެގެން އައިއިރު ބަދިގެ ފަރާތުން ކޮންމެވެސް ބަޔަކު ވާހަކަދައްކާއަޑު ޔަޒްދާންއަށް އިވުނެވެ. އެހެންވެ ބަލާލާނަމޭ ހިތަށް އަރާފައި ޔަޒްދާން ބަދިގެފަރާތަށް ގޮސް ކުޑަކޮށް ބަލާލިއެވެ. ބަދިގެތެރޭގައި ޒާރާ […]