ދުވަހަކީ ވިއްސާރަ ދުވަހެކެވެ. ތުނިކޮށް ވެހެމުން ދިޔަ ވާރޭގެ ކެރިގަނޑު ބޯކޮށްލައިފިއެވެ. ވާރެއިން ސަލާމަތްވުމަށްޓަކައި އަހަންނާއި އަަހަރެންގެ އެންމެ ގާތް އެކުވެރިޔާ ހޮސްޕިޓަލުން ނިކުމެ ދުއްވައިގަތީމެވެ. ކުޑައެއް ނުވަތަ ކޯޓެއްވެސް އަހަރުމެން އަތަކު ނެތެވެ. ހޮސްޕިޓަލަށް އައީ ސައިކަލަކު ނޫނެވެ. ދެން އެނބުރިދާން އަރާނެ ސައިކަލެއްވެސް ނުހުންނާނެ ނޫންހެއްޔެވެ. ކާރަކަށްވެސް އެރޭނީ ލާރިއެއް ދެ މީހުން ކުރެ އެކަކުގެ އަތުގައިވެސް އޮވެގެނެއް ނޫންހެއްޔެވެ. އަހަރެމެންގެ އެކުވެރިއެއް ކަމަށްވާ ޝިފާން އެކްސިޑެންޑްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރުމުން ޒިޔާރަތް ކުރަން އައިއިރު މޫސުން އޮތީ […]
މާލޭގެ ކާރުބާރު ބޮޑު މާޙައުލެވެ. ހަވީރުގެ ފިންޏެވެ. ނުސާފު ވައެވެ. ގޯޅިގަނޑެއްގެ ތެރެއިން ވަދެވެން އިން “ފަޤީރު” ގެއެކެވެ. ލޯގަނޑުގެ ކުރިމަތީގައި ހުއްޓިލައިގެން އަހަރެން ހުރީ ދިވެހި ރުކެއްހެން ދެފަރާތައް އަރި އަރިވެލައެވެ. އިރު އިރުކޮޅުން ތިރީގައި ގޮދަޑި މަތީގައި ފިލާވަޅުތައް ދަސްކުރަން އިން އަހަރެންގެ ދިހަ އަހަރުގެ ކޮއްކޮ، ހަނީމް އަހަންނަށް ވައް ކަޅިން ބަލައިލާ ހީލައެވެ. “ފިލާވަޅު އިނގޭ ދަސްކުރާނި! އެހެންނޫނީ ހަމަ މިހާރު މި ގޮވަނީ މަންމައަށް” އަހަރެން ލޯއަޅައިލީ ލޯގަނޑުން ފެންނަން […]
ހިނގަމުން ދިޔަ ގަޑީގެ ސިކުންތު ކަށްޓާ ދިމާލަށް ކަޅި ހިންގައިގެން އިން ނަޝްފާ ޚިޔާލަަށް ކުއްލިއަކަށް އައީ މީގެ ދިހަ އަހަރު ކުރިން މަދަރުސާގައި އުޅުނު އިރު ހިނގި ހާދިޞާއެކެވެ. އޭނާގެ ހިތުން ފޮހެވިގެން ނުދާނެ ހާދިޞާއެކެވެ. މިހާރު ކިޔުންތެރިން ހިތަށް އަރާނެއެވެ. ކިޔައިދޭން މިއުޅެނީ ކޮންމެވެސް ލޯބީގެ ވާހަކައެކެވެ. ނޫނީ ހިތާމަވެރި ހާދިސާއެކެވެ. ނޫންތޯއެވެ. މިފަހަރު ތި ހީވީ މުޅިން ގޯސްކޮށެވެ. މިއީ މަަޖާ ވާހަކައެކެވެ. ނުހެއްޗެވެ. އަހަރުގެ ފަހު އިމްތިހާނަށް ތައްޔާރުވަމުން ދިޔަ ނަޝްފާއާއި، […]
‘ރުކުބުޑަށް ވެއްޓިފައި ހުރި ކާށިތައް ހޮވަމުން، ފަހަރަކު ކާއްޓެއް ކާލިޖަހަމުން، ކޮޑުމަތީގައި އޮތް ދަނޑިގަޑަށް ކާލި ޖަހާފައި ހުރި ކާށިތައް އަމުނަމުން އަހުމަދު އޭނާގެ އާދަކާދަވެ ކުރާ މަސައްކަތާއިގެން މަޝްޢޫލު ވެ އުޅުނެވެ. ހިޔާލެއް ފިކުރެއްނެތި ބޯޖަންގަލީގެ ތެރޭގައި އަހުމަދު އުޅުނީ އެކަންޏެވެ. މިއަދު އޭނާއާއި އެކީ އާދަވެ އަންނަ އެކިވެރިންގެ ހިލަމެއްނެތެވެ. ފަހަރަކު ރުކެއްގެ ބުޑުން ކާށިހޮވަމުން ދިޔަ އަހުމަދު އެކަނިވެރިކަން ފިލުވުމަށް ދޭތެރެއަކުން ރައިވަރެއް ކިޔައިލައެވެ. މާބޮޑަށް ތަންދޮރު އޮޅުންފިލައި ތައުލީމެއް ނެތެއްކަމަކު އަހުމަދަކީ […]
ދޮންކަމަނަ 1 ‘ޒަރާ ތަސްވީރުހޭ ތޫ، ނިކަލްކޭ ސާމްނޭއާ’ ގެ އަޑުން ގުގުމަމުންދާ ކޮޓަރިތެރޭގައި ދާނިޔާ އޮތީ ސޯޝަލްމީޑިޔާގެ ތެރެއަށްގޮސް ހުސްވެފައެވެ. ޕްރޮފައިލް އަކަށްފަހު ޕްރޮފައިލެއް ހާވާލަ ހާވަލައެވެ. ފޭސްބުކާއި، އިންސްޓަގުރާމާއި، ޓިންޑަރ އާއި، މިއުސިކަލީގެ ދުނިޔެއަށް ގެއްލިފައެވެ. އެއީ ދާނިޔާގެ އާދައެވެ. ދުނިޔެމަތީގައި ދާނިޔާ ކުރަނީ އެންމެ ތިންކަންތަކޭ ބުންނަސް ދޮގަކަށް ނުވާނެއެވެ. އެއީ، ނިދުމާއި، ވަޒިފާއަށް ދިއުމާއި، ސޯޝަލްޑިޔާ ހޭވުމެވެ. ވަޒީފާއިން އައިސް ކޮޓަރިއަށް ވަދެވުމާއެކު ކަމަކަށް އޮންނާނީ އެނދުމަށްޗަށް ވެއްޓިގަނެ އޮވެ ފޯނުން […]
ދުންފިނިގަނޑުގެ ތެރެއަށް އަހަރެންގެ ލޯ މަޑުމަޑުން ހޭނެމުން ދިޔައެވެ. އަނދިރި ނަމަވެސް މަންޒަރުތައް ދިޔައީ ސާފުވަމުންނެވެ. އިރުގެ ދޯދިތައް ވިލާގަނޑަށް އެޅި އަލިވާން ފެށުމުން އަހަންނަށް ހިތްހަމަޖެހުމެއް ލިބުނެވެ. އަހަރެން އޮތް ވިލާގަނޑަށް އެޅިފައި އޮތް ހިޔަނި ފިލުމުން މަތީގައި އޮތް ބޯ ވިލާގަނޑު ދަތުރުކޮށް އެއްފަރާތަށް ޖެހުނީކަން އެނގުނެވެ. އެވަގުތު އަހަރެން ހިތަށް އެރިއެވެ. ﷲގެ ކުޅަދުންވަންތަ ކަމާއެވެ. އެއްލިކަޅިއަކުން އަހަންނަށް ފެނުނު މަންޒަރަކުން އަހަރެންގެ އެއް ލޯ ދިޔައީ ތަރަތަރަޖަހައިގެންނެވެ. އަނެއް ލޮލުން ދިޔައީ ތަރި ބުރައިގެންނެވެ. ތަންކޮޅެއް ދުރުގައި ނިދާލާފައި އެއޮތީ ފަނަރަ ސޯޅައިގެ ހަނދުހާ ފުރިހަމަ އަންހެން މަހެކެވެ. ކުރުކޮށް ފޮނިކޮށްބުނާނަމަ އެއީ މީގެ ކުރިން ދުވަހަކުވެސް ނުދެކޭފަދަ ޗާލު ސޫރައެކެވެ. ނިގުލާއި ލޯވެސް އެހާ ފުރިހަމައެވެ. ވިއްސާރަދުނީގެ ކުލަތަކުން ޖަރީވެފައިވާ ހަށިގަނޑެކެވެ. އަހަރެންގެ ހިތް ވިރިގެން ދިޔައީ އިރުގެ ހޫނަށް ކަމަށް ނުވަތަ އެ ޖިންސުއްލަތީފްގެ ރީތިކަން ފެނިފައި ކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އުމުރުން އެންމެ 2 ދުވަހުގައި އަހަންނަށް އަދި އަލަށް ކުއްޖަކު ދެކެ ލޯބިވެވުނު ކަމެވެ. އަހަންނަށް ކުއްލިއަކަށް ވަރަށް މޮޅު ޚިޔާލެއް އައެވެ. އަވަސް ޙަރަކާތްތަކަކާއެކު އަހަރެންގެ 2 ދުވަހުގެ ތަޖުރިބާގެ އަލީގައި މާބިނޑިއެއް ހެދީމެވެ. ވިލާ ބޭނުންކޮށްގެންނެވެ. ތެޅިތެޅިއޮތްހިތަކާއެކު މަޑުމަޑުން ނިގޫ ތަޅުވަމުން ގޮސް އެއަންހެން ކުއްޖާއާ އަރާހަމަވެފައި ޕޮއް ކިޔާ ސިއްސުވާލީމެވެ. އަދިހޭލުމުން މާބޮނޑި ދިއްކޮށްލަމުން ބުނީމެވެ. ” ދީވާނާ ވޭ މޫސުން ތިޔަހެން ބަލާލުމުން.. ހިނިތުން ވީމާވެސް މާފޮޅޭ”…
ފަތިހުގެ މުލަ ހާލުގެ ގޮވުމާއެކު ފަތިސްނަމާދުގެ އަޅުކަންތައް އަދާކުރުމުގެ ބޭނުމުގައި އެނދުން ތެދުވަން އާދަވެފައިވާ ހަމްޒާ، އިރުގެ ދޯދިތަކުން ދުނިޔެ ފެންވަރުވަމުން ދިޔައިރުވެސް މިއަދު އަދި ހޭނުލައެވެ. ހަމްޒާގެ އަޑެއްނީވުމުން ބަލިއެނދުގައި ތެދުވެވޭހާ ވަރުވެސް ނެތް މަންމަ ،ފިކުރުބޮޑުވެފައި އެނދުގައި އޮތެވެ. “ދަރިފުޅާ ހަމްޒާ” އެ މަންމަގެ ވަރުބަލި އަޑުން ދެފަހަރަކު ގޮވައިވެސްލިއެވެ. އެހެންނަމަވެސް ހަމްޒާއަށް އެ އަޑު އިވޭނީ އެވަރުގެ ހޭވެރިކަމެއް ހުރިނަމަތާއެވެ. ހަދާނެ ގޮތް ހުސްވެފައިވާ މަންމަ މިހާރު އިންތިޒާރު ކުރަމުން އެދަނީ ހަމްޒާގެ […]
ރަށުގައި ނޫޅެ އަހަރެން ފުރައިގެން އައީ ހުޅަނގު މޫސުމުގައި ވަށައިގެން އުދައަރައި ރަށްގިރާލުން އެއީ އުޒުރަކަށް ވެގެނެއް ނޫނެވެ. އެ ރަށުން އާފަލާއި އޮރެންޖާއި ނުލިބޭތީ ރަށަށް ނާރަން ވެގެނެއް ވެސް ނޫނެވެ. އެކަމަކު އެއީ ވެސް އަހަންނަށް ނިސްބަތްކޮށް ރަށުގެ މީހުން ބުނެ އުޅުނު ވާހަކަ އެކެވެ. އަހަރެން އައީ އެއިން އެއްވެސް ކަމެއް ވެގެނެއް ނޫނެވެ. ދިރިއުޅުމުގެ ހުރިހާ ފަސޭހައެއް ރަށުން ލިބެން ނެތީމާ ފޫހިވެގެންނެވެ. ކުދިންނަށް ތައުލީމު ހޯދައިދެވޭނެ […]
ދުވަސްވަރަކީ ވަރަށް ވެސް ހޫނުގަދަ ދުވަސްވަރެކެވެ. މޫސުމަށް ޤަބޫލުވެސް ކުރަން ދަތި ބަދަލުތަކެއް އަންނަމުން ދިޔަ ދުވަސްވަރެކެވެ. ވާރޭ ވެހެނީ ގަރުނަކުން އެއްފަހަރު ކަހަލަ ގޮތަކަށެވެ. ހޫނުގެ ސަބަބުން ކަނޑުން ގޭސް އަރާ މިންވަރު އާދަޔާޚިލާފަށް ވަނީއިތުރުވެފައެވެ. އޭރު އަހަރެންގެ އުމުރުން އެންމެ 2 ދުވަހެވެ. އަހަރެން އޮތީ އަހަރެން ގޭގައި ނިދާށެވެ. އަހަރެންގެ ގެއަކީ ކުލަގަދަ މުރަކަތަކުގެ ބަގީޗާއެކެވެ. އަހަރެން އޭރު ވަރަށް ކުޑަވާނެއެވެ. ދުނިޔެއަށްލޯ ހޮޅުވާލި ފަހުން އެންމެ ދެ ދުވަސް ވިއްޔާއެވެ. ކުއްލިއަކަށް އަހަރެންގެ އަރާމު ނިދިން ހޭލެވުނީ އަހަރެން މައްޗަށް އަރާކަމުގެ އިޚްސާސް ކުރެވިގެންނެވެ. އަހަރެންގެ އެއްވެސް އާރެއް ބާރެއް ނެތި އަހަރެން ދިޔައީ މައްޗަށް ދަމަމުންނެވެ. ވާނުވާ ފަހުމްވީ މޫދުގެ ލޮނުގަނޑު ދޫކޮށް ވައިގެ ތެރެއަށް އެރުމުންނެވެ. ކަމަކުދާކަށް ނެތެވެ. ވަޔަށް އަރައިގެންދާ ގޭހާއި އެކު އަހަރެންވެސް މިއޮއް ދަނީ މައްޗަށް އަރައިގެންނެވެ. އާއިލާއާ ގެދޮރު ދޫކޮށް އެކަނިވެރި ދުނިޔެއަކަށެވެ. އެސްފިޔަ ޖަހާލާހާ ކުޑަ ވަގުތުކޮޅެއްގައި އަހަރެން އޮތީ އުޑުމަތީގައވެ. ބޮޑު ކަޅު ވިލާގަނޑެއްގެ ތެރޭގައި ހައްޔަރު ވެފައެވެ. އަނދިރިކަމުން ތަނެއް ދޮރެއް ނޭނގޭ ޙާލު އަހަރެން ރޯން ފެށީމެވެ. ނަމަވެސް އެވިލާގައި ފެން ހުރުމީ އަހަރެންގެ ނަސީބެވެ. އަދި އަހަރެންގެ އަޖަލު ނުޖެހެނީއެވެ.