Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

ވުމުން ހިތެއްގެ މިލްކުގައި 2

gigi Level 110 Stories100 Comments
December 2, 2018 7 Mins Read
20 Comments

“އޭތް..ކާކު ބުނީ އެހެން މީހުންގެ ކޮޓަރިތަކަށް ވަދެ ހާވާށޭ.” އެކްސެލް ދަޅު ނަގަން ގުދުވެ އޮތް އަލިޝްކާ ސިއްސައިގެން ދިޔައީ އޭނާގެ ފަހަތުން އިވުނު އަޑުންނެވެ. ފިރިހެންވަންތަ މަޑުމައިތިރި އެހެންނަމަވެސް ވަރު ނެތް ކަންނެތް އަޑެކެވެ. ގުދައް އޮތް އަލިޝްކާ ތެދުވެ ހިންދެމިލިއެވެ. ކުރިމަތިން ފެންނަން ހުރި ޒުވާނާއަށް ބީރައްޓެހި ނަޒަރެއް ދިނެވެ. އެއީ ކޮންމެވެސް ގޮތަކުން ސޯޝަލް މީޑިއާއިން ސޫރައެކޭ ހިތަށް އެރިއެވެ. ދެލޯ ކުޑަކޮށްލަމުން އޭނާ ހަނދާންކޮށްލިއެވެ. އާނއެކެވެ. އެއީ ރާއްޖެއަށް މަޝްހޫރު ރެޕާރ އަދި ލަވަކިޔުންތެރިޔާއެވެ. އަލިޝްކާއަށް އޭނާ ފެނުނީ ލަވައަކުންނެވެ. ދެރަ ތަންކޮޅަކީ ނަން ހަނދާން ނެތްކަމެވެ.

އަލިޝްކާއަށް ވުރެ އެއްފޫޓު ބައި ދިގު އަދި އެހާމެ ހިކި އެ ޒުވާނާގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގާލިއެވެ. ކަޅުކުލައިގެ އަތްކުރު ޓީޝާރޓެކޭ ގޯންޏެކޭ އެއްފަދައެވެ. އޭނާ ލައިގެން ހުރީ ނޫކުލައިގެ ޖިންސެކެވެ. ދޮންމޫނަކާއި ބޮޑު ދެލޮލެވެ. ހާވާލާފައި އޮތް ކަނދުރާއާ ހަމައަށް އަރާ އޭނާގެ ފަން އިސްތަށިގަނޑު ފުރަތަމަ ނަޒަރުންވެސް އަލިޝްކާގެ ހިތް ދަމައިގަތެވެ.

އޭނާ އެ އިސްތަށިގަނޑު ރަނގަޅަށް ހާވާލާ ހިތްވިއެވެ. “ޕާޓޭ” އެކޭ ކިޔޭވަރަށް ވުރެ އޭނާ ސާފުތާހިރެވެ. އަތުގައި ރިހި އެއް އަނގޮށްޓިއާއި ކަރުގައި ރިހި ފަށެއް އޮތްކަމުގައިވިޔަސް މެއެވެ. އެހެން ފިރިހެނުންނާ މިޒާޖު ގޮތުންނާ ސިފައިގެ ގޮތުން ތަފާތު މި ޒުވާނާ ކޮންމެއަކަސް އަލިޝްކާއަށް ކަމުގޮސްފިޔެވެ. ޙުދު އޭނާއަށްވެސް އެކަން ނޭނގިއެވެ.

“އެހެން މީހުންގެ ކޮޓަރި؟ މީ ސަމީމައްތަ މަށަށް ދިން ކޮޓަރިއެއްނު” ނުދަންނަ ޒުވާނާގެ އަސަރެއް ނެތް މޫނާ ކަޅި ހަމަކޮށްލަމުންް އަލިޝްކާ ބުނެލިއެވެ. އެ ސޮރުގެ މޫނުމަތިން ހިނިތުންވުމެއް ނުފެނުން ކަމަކު އޭނާ އެއްބުމަ ހިއްލާލިއެވެ. “ސަމީމައްތައެއް ތި  އަންހެން ކުއްޖާޔަށް ދިން ކޮޓަރި ނަމަ އެހެން ފިރިހެނެއްގެ އެޗެހި ހުންނަންވީ ކީއްވެތަ؟” އެ ޒުވާނާވެސް ކޮށްލީ ސުވާލެކެވެެ. ދޮރު ކުރިމަތީގައި ހުރެފައި ކޮޓަރި ތެރެއަށް ހިންގައިގަތެވެ.

އޭނާ ފުރަތަމަވެސް ކޮޓަރީގައި ޖައްސާފައި ހުރި ހުދު ބޮކި ނިވާލަމުން އޮރެންޖު ބޮއްކެއް ދިއްލާލިއެވެ. އެއަށްފަހު އެނދަށް ވެއްޓިގަތެވެ. އޭނާ ބުނި އެއްޗަކާ މެދު އަލިޝްކާއަށް ވިސްނާލެވުނީ މާ ފަހުންނެވެ. ކޮޓަރި ތެރެއަށް ރަނގަޅަށް ބަލާލެވުނެވެ. ޑްރެސިން ޓޭބަލް މަތީގައި ހުރި އެއްޗެއްސާ ކުޑަކޮށް ހުޅުވިފައި ހުރި ކަބަޑު ތެރެއިން ބޭރަށް ފެންނަ އޮތް ގަމީސް އަތުކުރި ކުރިން ނުފެނުނީ ކީއްވެބާއެވެ. ހިސާބަށް ވުރެ މޮޔަވީމައޭ އަލިޝްކާގެ ހިތް ބުންޏެވެ.

ނަމަވެސް އެއަށްވުރެ ބޮޑަށް މި ސޮރުގެ ބީރައްޓެހި ތަފާތު އުޅުމާމެދު އޭނާ ހައިރާންވިއެވެ. އަލިޝްކާ ހުރި ތަނުގައި ހުއްޓާ އޭނާ ބަންޑުން އެ އޮށޯވެ ނިދީއެވެ. އެ އިސްތަށިގަނޑުގެ ސަބަބުން މުޅި މޫނު ވަނީ ދެ އަރިމަތިންވެސް ނިވާވެފައެވެ. އެންމެ ފަހަރަކު ނަމަވެސް ބަލާނުލިއެވެ.

“އޭ އަލިޝްކާ މިތާ ކީއްކުރަނީ..” އަލިޝްކާ އޭނާގެ ނަޒަރު ދޮރާ ދިމާލަށް ބަދަލުކޮށްލީ ސަމީމާގެ އަޑު އިވުމުންނެވެ. ސުވާލު މާކު ޖެހިފައި ސަމީމައްތަ ހުއްޓެވެ. “އެކޮޓަރި ހުޅުވާފަ ހުރީމަ އަޅުގަނޑު ހީކުރީ ލައްޕާފަ ހުރި ކޮޓަރިއަކީ އަޅުގަނޑުގެ ކޮޓަރިކަމަށް. އެހެންނޫނަސް އެއްވެސް މީހެއް ނޫޅެ މި ކޮޓަރީގައެއް” އެ ސޮރަށް އުނދަގޫ ނުކުރަން މަޑުމައިތިކަމާއެކު އަލިޝްކާ ބުނެލިއެވެ. “އެހެނދޯ ދައްތަ ހީކުރީ އަވްޔަން އުޅޭނެތީ މި ކޮޓަރި ހުންނާނީ ތަޅުލާފަ ކަމަށް އެހެންވެ އަލިޝްކާ ކައިރީ ނުބުނީ ވަކި ކޮޓަރިއަކަށް ވަންނަން..” ސަމީމާ ހިނިތުންވެލިއެވެ.

ނަމަވެސް އެނދުގައި އޮތް އަވްޔަން އަށް ބަލާލުމާއެކު އޭނާގެ ތުންފަތް މަތީގައިވި ހިނިތުންވުން ފިލައިގެން ދިޔަތަން އަލިޝްކާ ވަރަށް ރީއްޗަށް ދުއްޓެވެ. “މިއާ ޖެހިގެން އެހެރީ އަލިޝްކާ ކޮޓަރި ދޭ އެތަނަށް އަރާމުކޮށްލަން” ގަދަކަމުން ހިނިތުންވެލަމުން އަލިޝްކާގެ ފޮށްޓާއެކު ދަމުން ސަމީމާ އޭނާއަށް ޙާއްސަކުރި ކޮޓަރި ދައްކާލިއެވެ. ތަޅުދަނޑި ފައްޗާ އަލިޝްކާ ހަވާލުވުމުން ސަމީމާ އަނެއްކާވެސް އަވްޔަންގެ ކޮޓަރިއަށް ވަނެވެ. ކޮނޑުގައި އޮތް ލެދާރ ބޭގް ވަތްތަން މަތިންވެސް ހަނދާން ނައްތާލާފައި އޭނާ ކިޔާ އެއްޗެއް އަޑު އެހުމެއްޓަކައި އަލިޝްކާ މަޑުކޮށްލިއެެވެ. އެ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅޫވާފައި ހުރުމުން ލޯ ޖައްސާލިއެެވެ.

“ދަރިފުޅާ އަވްޔަން ކައިފިންތަ.” ވަރަށް ލޯތްބާއެކު އަވްޔަންގެ ބޮލުގައި ސަމީމާ ފިރުމާލިއެވެ. ނަމަވެސް އޭނާގެ ވަގުތުން ތެޅިގަތެވެ. ބޮލުގައި ނާތްލާށޭ ބުނާ ފަދައިންނެވެ. “އާން ކޮފީތަށްޓެއް.” ބާލިހުން ބޯ ހިއްލާނުލާ އަވްޔަން ބުނެލިއެވެ. މޫނުމަތި މިލާ މޯޅިވި ސަމީމާ އިތުރު އެއްޗެއް ނުބުނިއެވެ.

އެހެންކަމުން ދެންވެސް ވާހަކަ ދެއްކީ އަވްޔަންއެވެ. “ކޮން އަންހެނެއްތަ މިތަނަށް މަންމަ ވައްދައިގެން ތިއުޅެނީ މަގޭ ހުރިހާ  ދަޅުތަށްވެސް ޑަސްބިނަށް އަޅައިފިޔޭ..ކޮންމެސް އަނުޝްކާ ޝާރމާއެއް ދޯ” އޭނާގެ އަޑާ ރާގުން ހިތްހަމަ ނުޖެހިފައި ހުރިކަން ހާމަވެއެވެ. އަވްޔަން އޭނާއަށް ބުނެލިއެތިން އަޑުއަހަން ހުރި އަލިޝްކާގެ ދެބުމަ ގޮށްޖެހުނެވެ. ނޫނަށް ވައްތަރު ޖައްސާލިއެވެ. “އަނުޝްކާއެއް ނޫން..އަލިޝްކާ ދޯ އެއީ މިގޭގަ ކިޔަވަން ބަހައްޓާ ކުއްޖެއް މަންމަ ރައްޓެއްސެއްގެ ދަރިއެއް..އޭނާއަށް ކޮޓަރި އޮޅުނީއޭ” ސަމީމާ އަލިޝްކާ ދިފާޢުކުރުމުން އޭނާ އުފާވިއެވެ. ދޮރު ދޭތެރޭގައި ލޯ ޖައްސައިގެން ހުރެ ހިނިތުންވެލިއެވެ. އަވްޔަންގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އޭނާ އޮތްތާނގަ ހަމަ އޮތީއެވެ. އަދިވެސް ބަންޑުންނެވެ.

“އެ މަންޖެޔާ ނުބެހެއްޗޭ އޭނަ އުޅޭނީ މި ފުލޯރގަ އިނގޭ..” ސަމީމާ ނިކުންނަން ހިނގައިގަތެވެ. “މަށާ ބެހިފިއްޔާ ބެހޭނަން” އަވްޔަން ބުނެލި އަޑު އިވުނެވެ. އެ ސޮރު ކަޑަވީ އޭ ހިތާ ލުއި ހިނިގަނޑަކާއެކު އޭނާގެ އަމިއްލަ ކޮޓަރިއަށް ވަނެވެ. އެއްޗެހި ތަށް ކުޑަކޮށް ތަރުތީބުކޮށްލުމަށްފަހު ފިނި ފެނުން އަލިޝްކާ ފެންވަރާލިއެވެ.

އަރާމު އެނދުމަތީގައި ބުރަކަށި ޖައްސާލުމުން އޭނާގެ ލޮލަށް ނިދި ސަވާރުވާންކަށް މާގިނަ އިރެއް ނުނެގިއެވެ. ނަމަވެސް ނިދި ޖެހުނުތާ ފަސްމިނެޓުވެސް ނުވާނެއެވެ. އަވްޔަންގެ ކޮޓަރިން އިވެން ފެށި ބާރު ރޮކް މިއުޒިކުގެ އަޑުން އޭނާ ހޭލައްވާލިއެވެ. އެކަނި އެންމެ މަތީގައި ފުލޯރަގައި އޮވެގެން އޭނާ ހާވާ ހަޑިއަކީ މިއީތާއެވެ. ތިރީ ފުލޯރތަކަށް އެ މިއުޒިކުގެ އަޑު ނީވޭނެކަން ގައިމެވެ. އަވްޔަންގެ ކޮޓަރީ އެނދާ އަލިޝްކާގެ ކޮޓަރި އެނދު ހުންނަނީ ޖެހިފައެވެ. އެ ދެއެދު ދުރުކޮށްދެނީ އެންމެ ފާރަކުންނެވެ.

ކަންފަތް މަތީގައި ބޮޑު ބާލިހެއް އަޅާލަމުން ކެތްކުރެވޭތޯ އަލިޝްކާ މަސަތްކަތް ކުރިއެވެ. ނަަމަވެސް އަރާމު ނިންޖަށް ބުރޫ އެރުމުން އޭނާ ރުޅިއައެވެ. ސްޕީކަރަކުން ޖަހާފައި ހުރި އެ ބާރު މިއުޒިކް އޭނާގެ ކަންފަތު ތޫރި ފޫއަޅުވާލިއެވެ. “އަވްޔަނޫ..” އަނދުގައި ބާ ޖައްސާލަމުން އަލިޝްކާ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. “އޯއި.” މިއުޒިކުގެ އަޑާ އެކުވެގެން އަނެއް ކޮޓަރި ތެރެއިން އަވްޔަން ހަޅޭއްލަވައިގަތް އަޑުއިވުނެވެ. އަލިޝްކާއަށް ވުރެ ބާރަށް ހަޅޭއްލަވަން އޭނާ މަސަތްކަތް ކުރި ކަހަލައެވެ. “މަ ނިދަނީއޭ..” ހަޅޭއްލަވާ މުބާރާތުގައި އަލިޝްކާ އޭނާގެ ބައިވެރިވުން އިތުރުކުރިއެވެ.

“މަށަށް ހެވޭ ދެން ނިދާބަލަ..” އަވްޔަން ގޮވާލި އަޑު އިވުނެވެ. ސިކުންތަކަށް ވުރެ ސިކުންތެއް އެ ޑީޖޭ މިއުޒިކް ގަދަވާހެން ހީވިއެވެ. މި ސޮރުގެ މައްޗަށް ކުރި ނުހޯދޭނެޔޭ ހިތާ އަލިޝްކާ އޭނާގެ ސޯނާ ގަޑިއަށް ބަލާލިއެވެ. ރޭގަނޑު އަށެއް ޖެހީއެވެ. ބަނޑުހައިވެސް ވެއްޖެއެވެ. ނަމަވެސް ކާން ދާން ނުކެރުނީ ސަމީމާ ނުގޮވުމުންނެވެ. “ތި މިއުޒިކް ނިވާލަބަލަ ބޮލަށް އުނދަގުލޭ.” އޭނާ އަނެއްކާވެސް ގޮވާލިއެވެ. އަވްޔަން މިއުޒިކްގެ އަޑު ކުޑަކޮށް މަޑުކޮށްލިއެވެ. މަޑުކުރީމޭ ބުނަން ކަންނޭނގެއެވެ. “އަނުޝްކާ ޝާރމާގެލަވައެއް ޖެހިޔަސް ހެޔޮތަ..” އަވްޔަން އެއްސެވެ. އަލިޝްކާ މޫނަށް ވައްތަރެއް ޖައްސާލިއެވެ.

“ބޮޑު އުނދަގުލެއް..ނިދޭ ކަހަލަ އެއްޗެއް ޖަހާބަލަ..” ކޮޓަރި ބޮކި ނިވާލަމުން އަނެއްކާވެސް ނިދޭތޯ އޭނާ މަސަތްކަތް ކުރީ މިއުޒިކްގެ އަޑު ފުދޭވަރަކަށް މަޑުކުރުމުންނެވެ. ދެން އަވްޔަން ޖެހި ލަވައިން އޭނާއަށް ހިނިގަނޑެއް ޖަހާލެވުނެވެ. އަނެއް ކޮޓަރި ތެރެއިން އަވްޔަންވެސް ހިނިގަނޑެއް ޖަހާލި އަޑު އިވުނެވެ. އަލިޝްކާ ހިނިތުންވެލިއެވެ. އަވްޔަންގެ ހިނިތުންވެފައިވާ މޫނު ފެންނާނެނަމައެވެ.

އަވްޔަން ޖަހައިދިން “ދޮން ކަނބުލޮ ނިދާލާށޭ” ގެ ހިމޭންއަޑާއެކު އަލިޝްކާގެ ދިގު އެސްފިޔަތަށް ލެޕުނެވެ. ހިތަށް ލިބުނު ހަމަޖެހުމާއެކު އޭނާއަށް ލޯ މަރާލެވުނެވެ. އޭނާއަށް ނޭނގުނު ކަމަކީ އަނެއް ކޮޓަރީގައި އޮތް އަވްޔަންއަށްވެސް ހަމަ އެ ވަގުތު ނިދުނުކަމެވެ.

** *** ** *** ** *** **

ގޭގެ ތިންވަނަ ފްލޯރ އެކީހެން ނިދާފަދައެވެ. މުޅި މާހައުލުގައި ހިމޭންކަމުގެ ސާލެއް އޮޅާލައިފިއެވެ. ވާނީވެސް އެހެންނޫންހެޔެވެ. އަވްޔަންގެ މިއުޒިކުގެ އަޑު ކެނޑިގެން ގޮސް އެނާއާއި އަލިޝްކާގެ ކޯޅުތަކަށްވެސް ނިމުން އައީއެވެ. ސިޑިން އަރައިގެން އައި ސަމީމާއަށް އެ ފުލޯރ އިން މަރުހަބާ ކީ އަނދިރިކަމެވެ. ސިޓިންގް ރޫމުގެ އިތުރަށް ކޮޓަރިތަށްވެސް ނިވާލާފައި ހުރުމުންނެވެ. ސަމީމާ އެންމެ ފުރަތަމަވެސް އަވްޔަންގެ ކޮޓަރީގައި ޓަކި ޖެއްސެވެ. ނަމަވެސް ޖަވާބެއްނުލިބުނެވެ. ތަޅުގައި ހިފަ އަނބުރާލުމުން ލިބުނު ޖަވާބުން އޭނާ މާޔޫސްވިއެވެ. ހުސްގަޔާ ބަނޑުން ނިދާފައި އޮތް އަވްޔަންގެ ގައިގެ ބޮޑުބައި ފޮރުވިފައިވަނީ ހުދު ކަފަ ރަޖާގަނޑުންނެވެ. އޭނާ އޮތީ ގަދަ ގުގުރީގައެވެ. އަވަަހަށް ހޭލާނެހެނެއް ހިޔެއްނުވެއެވެ.

“ކިހިނެތްތަ ދެން މަ މިސޮރު ނަގާނީވެސް..ކާން ނުބާލުވައިފިއްޔާ މީނަ ބައްޕަ މަށަށޭ ހުރިހާ ވަރެއް ބާލާނީ” ހިތާހިތުން ސަމީމާ ބުނެލިއެވެ. މަޑު ފިޔަވަޅުތަކެއްގައި ގޮސް އަވްޔަންގެ އެނދުކައިރީގަިއ ހުއްޓިލުމަށްފަހު ގޮވަން ފެށިއެވެ. ނަމަވެސް ސަމީމާ އަތްޖައްސާލާއިރަށް އޭނާ އަތްފޮޅުވާލައެވެ. “ހެޔޮނުވާނެ މަންމާ ހަމަޖެހިލައިން ނިދިޔަދީބަ..މަ ރޭގަވެސް ނުނިދަމޭ” ބޮލަށް އުނދަގޫވެގެން އަވްޔަން ޝަކުވާކޮށްލިއެވެ. އޭނާގެ އަޑުގައިވަނީ ނިދީގެ ބުރާންތިކަމެވެ.

ބުރަ މަސަތްކަތުން އެދެވޭ ކާމިޔާބީއެއް ނުލިބުމުން ސަމީމާ މިސްރާބުޖެހީ އަލިޝްކާގެ ކޮޓަރިއާ ދިމާލަށެވެ. އަލިޝްކާގެ ފަރާތުން ލިބުނު ޖަވާބު އަދި މާ ތަފާތެވެ. ގޮވާ ގޮވާ ހަންވީއިރުވެސް ބޯ ހިއްލާނުލިއެވެ. ކަހާތަން ހިރުވާވެސް ނުލާ ފަދައެވެ.

ސަމީމާ ގޮވުމުން ހޭލެވުނު އަވްޔަންގެ ލޮލުން ނިދިފިލައި ދިޔައީ ކުއްލިއަކަށެވެ. އޭނާއަށް ފެންނަމުން ދިޔައީ ލެއިން ތަތްތެޅިފައި އޮތް އަންހެން ކުއްޖެކެެެވެ. ދެފަރާތަށް އުކެމުން ދިޔަ ވަޒަންތަކެވެ. އަވްޔަންއަށް ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. ދެން ނިދުމަކީ އޭނާއަށް އުނދަގޫ ކަމެއްކަން އަމިއްލައަށް ދެނެގަތެވެ. ގޮދަޑި ދަށުން އޭނާ އޮރެންޖު ކުލައިގެ ފުޅިއެއް ނެގިއެވެ. އޭގެތެރެއިން ހުދު ކުލައިގެ ބޭސްގުޅައެއް އަވަސް ހަރަކާތާއެކު ދިރުވާލީ ފެންވެސް ބުއިމެއް ނެެތިއެވެ.

އެއްވަރުގެ އެ ދެޒުވާނުންނަށް ކުދި ކިޔަމުން ސަމީމާ ސިޑިން ފައިބައިގެން ދިޔައީ ތެޅި ތެޅި އޮތް ހިތަކާއެކީގައެވެ. އޭނާގެ ފިރިމީހާގެ ރުޅިގަނޑު އަމާޒުވާނެކަން އެނގިހުރެއެެވެ. ކާމޭޒު ކައިރީގައި އިސްޖަހާލަމުން ސަމީމާ އިށީނދެލިއެވެ. އަޖްވަދު އަދި ނާންނަކަން ނަސީބެކޭ ހިތަށް އެރިއެވެ. ކާން އަރައި ތިބެ ސަކަރާތް ޖަހަމުން ދިޔަ ތިން ކުދިންނަށް ބަލާލިއެވެ. އަވްޔަންވެސް އެކުދިންނާއެކު ސަކަރާތްޖެހި ދުވަސްތަށް ހަނދާންވުމުން ސަމީމާގެ ލޮލަށް ކަރުނަ ބޮނޑިވިއެވެ.

“ކޮބާ އެންމެން ހަމަވީތަ.” ފަހަތުން އަޖްވަދުގެ އަޑުއިވުމުން ހިޔާލެއްގެ ތެރޭގައި ހުރި ސަމީމާ ސިހުނެވެ. މުޅި ކާމޭޒުވެސް ވަގުތުން ހިމޭންވިއެވެ. “ނޫން..އަވްޔަން ނުހޭލި.” އަޖްވަދްއަށް ކާއެއްޗެހި އަޅައިދެމުން މަޑުމައިތިރިކަމާއެކު ސަމީމާ ބުނެލިއެވެ. ވަގުތުން އަޖްވަދްގެ މޫނުމަތީ ކުލަވަރު ބަދަލުވިއެވެ. “މަށަކަށް ނުބުނެވޭތަ ސަމީމާ ކައިރީގައެއް އައިލާ އެއްތަންވާ ހުރިހާ ވަގުތަކު އެ ސޮރު ހުންނަން ޖެހޭނެއެކޭ..” އަޖްވަދުގެ ވާހަކައަށް ދެވޭނެ ޖަވާބެއް ކާމޭޒު ކައިރީ ތިބި އެކަކު އަތަކު ވެސް ނެތެވެ.

“ކޮލެޖް ނިންމާފަ ހުރިހާ އެއްޗެއް ކިޔަވާފަވެސް ވަޒީފާއަކަށް ދާން ނޫޅޭ ވިއްޔަ..މިހާރު ކިތަށް އަހަރުތަ އެވީ..ސައްވީސް ދޯ..” އޫ އަނގައިތެރެއަށް ލަމުން އަޖްވަދު އަނެއްކާވެސް ވާހަކަދެއްކިއެވެ. ނަމަވެސް މުޅި މާހައުލު ވަނީ ހިމޭންވެފައެވެ. ދޭތެރެއަކުން ތަށިތަށް ތަޅުވާ އަޑު އެ ހިމޭން މާހައުލު ފޫއަޅުވާލައެވެ. “ބައްޕާ..ކުޑަބެ އުޅެނީ ބޭންޑަކާ އެކީ..މިހާރު ލާރިވެސް ލިބެޔޯ.” އެ އާއިލާގެ އެންމެ ހަގު ދަރިފުޅު އަމްނާ އޭނާގެ ކުޑަބެ ދިފާޢު ކުރިއެވެ.

“ބާ ބޮޑު އެއްޗެއް ނުލިބޭނެ..” މޫނަށް ވައްތަރު ޖައްސާލަމުން އަޖްވަދު ބުންޏެވެ. “އަވްޔަންއަށް ފުދިގެން އުޅޭ ވަރަށް ލިބޭތީއެއްނު އެ މަސަތްކަތް ކުރާނީ.” ސަމީމާއާއި އަޖްވަދުގެ އެންމެ ދޮށީ ދަރިފުޅު އަޝްފާ އޭނާ ދެއަހަރަށްދާ ދަރިފުޅު އުނގުގައިން ބައިންދަން މަސަތްކަތްކުރިއެވެ. އެންމެންވެސް ތަފާތު ވާހަކަތަށް ހިއްސާކުރިއެވެ. ނަމަވެސް ހިމޭނުން އިނީ ދޮށީ ފިރިހެން ދަރި އަމީންއެވެ. މަޑުމައިިތިރި ކަމާއެކު އޭނާ ކަމުން ދިޔައިރު އޭނާގެ ހިމޭންކަމުގެ ފަހަތުގައި ވަނީ އެންމެ ސިއްރެކެވެ. އޭނާއަށް އަނގަ ހުޅުވާލެވިއްޖެނަމަ ކޮއްކޮ އަވްޔަންގެ ހުރިހާ ހަގީގަތެއް ބޭޒާރުވެދާނެއެވެ. އޭނާޔާ ހަވާލުވެފައި އެ ބޮޑު އަމާނާތަށް ރައްކާތެރިވާންޖެހެއެވެ.

** *** ** *** ** ***

ރާއްޖެ ގަޑިން މެންދަމު ބާރަޖެހީއެވެ. ނައިޓް ސްޑޭންޑް މަތީގައި ބަހައްޓާފައި ހުރި ސޯނާ ގަޑި ސޯނާ ވާން ފެށިއެވެ. ރަޖާގަނޑު ދަށުން އަތެއް ނިކުތެވެ. އެ އަތުގެ މިސްރާބު ހުރީ ސޯނާ ގަޑިއާ ދިމާލަށެވެ. ނިޔަފަތި ތަށް ދިގު ހިމަ އިނގިލަތުގެ ވެރި އަތުން ސޯނާ ގަޑި އޮފްކޮށްލިއެވެ.

ރަޖާގަނޑު ތެރެއިން ދެތިން ފަހަރަށް މީހަކު އާފުރިލިއެވެ. ކުއްލިއަކަށް ބޯ ހިއްލާލަމުން އޭގެ ތެރެއިން ނިކުތީ އަވްޔަންއެވެ. އޭނާގެ އިސްތަށިގަނޑު އެކީހެން ހޭވިފައި އޮތް އިރު ބަލާލާމީހަކަށްވެސް އުނދަގޫވާނެއެވެ. ނަމަވެސް އަވްޔަން އެއީ އާކަމެއް ނޫނެވެ. އެ އިސްތަށިގަނޑަކީ އޭނާގެ މާޒީގެ އެތަކެއް ހަނދާންތަކެއް ފޮރުވިފައިވާ އޭނާ ނިކަން ލޯބިން ގެންގުޅޭ އެއްޗެކެވެ.

އެނދުމަތީގައި ދެފައި ވައްކޮށްގެން ދެލޯ މެރިގެން އިރު އިރު ކޮޅާ ބޯ ވެއްޓި ވެއްޓި އިން އަވްޔަން ގެ ދެލޯ ބޮޑުވީ ފޯނު ރިންގުވާން ފެށުމުންނެވެ. އެއްކޮށް އަނދިރިކޮށްފައި އޮތް ކޮޓަރިވެސް އަލިވީ އެ އަލިންނެވެ. “އޯއި.” ފަސް ވަނަ ފަހަރަށް އާފުރިލަމުން އޭނާ ފޯނު ކަންފަތުގައި ޖައްސާލިއެެވެ. “އޭ ބުރޯ އެލާމްވެއްޖެ އެއްނު..ދެން އަންނަން އުޅޭ.” ނާއިލް ވެސް އިނީ އަވްޔަންއާ އެއްފަދަ ހާލެއްގައިކަން އޭނާގެ އަޑުން އިނގެއެވެ. “ކޮންތާކަށް ދަނީ.” އެނދުން ތެދުވަމުން އޭނާ ފާހާނާއާ ދިމާލަށް ފޯނާ އެކު ހިނގައިގަތެވެ. “ސައްޕެ މެންގެޔަށް. އެތާނގައޭ މީހުން މަދުވާނީ..އޭނާ އަންހެނުން އެކަނި އުޅޭނީ.” ނާއިލްގެ ޖަވާބާއެކު އަވްޔަން ފޯނު ކަނޑާލީ ދިހަ މިނެޓު ތެރޭގައި ތައްޔާރުވާނަމޭ ބުނަމުންނެވެ.

ކަންނެތްކަމުން ސޯޓާއި ބޮކްސާވެސް ބާލާ ޙިޔާލެއް ނުކުރިއެވެ. ކޮޓަރިއަށް ވުރެ މާ ކުޑަނޫން އެ ފާހާނާއިގެ ބިއްލޫރި ޖަހާފައި ފެންވަރަށް ޙާއްސަކޮށް ހުރި ތަނުގެ ދޮރު ކަހާލިއެވެ. މާގަނޑު ދޫކޮށްލަމުން މާގަނޑު ދަށުގައި ހުއްޓިލިއިރު މެންދަމުގެ ފިނިފިނި މި ވަގުތު ހަށިގަނޑުގައި ބީހެން ފެށީ އާރާމުވާ ޒާތަކަށެވެ. އޭނާ ގައިން ހީބިހި ނަގައިގެން ދިޔައީ ފެން ފިނިކަމުންނެވެ. ބޯ މައްޗަށް ހިއްލާލަމުން އޭނާ މޫނު ތެންމާލިއެވެ. ދެލޯ މަރާލީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ނަމަވެސް އޭނާއަށް ސިފަކުރެވުނީ މީގެ ތިން އަހަރު ކުރިން އެ ހަޔާތް ބަނަކޮށްލި ދުވަހެވެ. ކެތްނުވާ ހިތި ވޭން އެ ހިތަށް ގެނުވަދިން ހަނދުވެސް ވިލާގަނޑުގެ ފަހަތުގައި ފަރުދާވި ކަޅުފޮއެ މެންދަމެވެ.

ބިލްޑިންގެ ތިރީގައި ހުރެފައި ދިހަ ވަނަ ބުރިން މައްޗަށް އަވްޔަން ބަލާލިއެވެ. ފެނުނު މަންޒަރުން އޭނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އަވްޔަންގެ ދުލުން އެންމެ ބަހެއްވެސް ބޭރުނުވަނީސް ރެއިލިންގް މަތީގައި ހުރި އަންހެން ކުއްޖާ ފުންމާލިއިރު ބާރު އަދި އެހާމެ ތޫލި ހަޅޭއްކުގެ އަޑުވެސް ގުގުމާލިއެވެ. ބިންމަތީގައި ހުރި ގާފުންޏެއްގެ މައްޗަށެވެ. އަވްޔަންގެ ދެފައި ކުރިމައްޗަށެވެ. ހޯސްލާފައި ދެތިން މިނެޓު ތެރޭގައި މުޅި މަގުގައި ލޭގެ ކޯރެއް ހެދިގެން ދިޔައެވެ. ވެއްޓިފައި އޮތް އެ އަންހެން ކުއްޖާ ކައިރީގައި ދެފައި މައްޗަށް އަވްޔަން އިށީނ އިރު އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ ފޭބިއެވެ. އަވްޔަންގެ މޫނުގައި އުނގުޅިފައި ހުރި ލެޔާ އެ ކުރަނުއެއްްވިއެވެ. ފަހަތުން ގޮއްވާލި ބަޑީގެ ވަޒަން އަމާޒުވެގެން އައީ އަވްޔަންގެ ބުރަކަށްޓަށެވެ.

ދެލޯ މަރައިގެން ހުރި އަވްޔަން ވަގުތުން ލޯ ހުޅުވާލިއެވެ. ފެން މާގަނޑުގެ ފެންތަށް އޭނާގެ ލޮލަށް އެޅުނެވެ. ބަޑީގެ ވަޒަން ގޮއްވާލި އަޑު މުޅި މާހައުލުގައި އަދިވެސް ގުގުމަމުން ދާ ކަހަަކަ އިހްސާސެއް އަވްޔަންއަށް ކުރެވުނެވެ. އަންހެން ކުއްޖާގެ ތޫލި ހަޅޭކުގެ އަޑާއި އަޑުން އަޑު ނަގާ ބަޔަކު ރޮމުން ދިޔަ އަޑުވެސް އޭނާގެ ކަންފަތުގައި ގުގުމަންފެށީ ހޮނުގުގުރިއެއް ފަދައިންނެވެ.

އަވްޔަންގެ ސިކުނޑީގައި ހައިޖާން ގަނޑެއް އުފެދި އޭނާގެ ސިކުނޑިއަށް ބާރު ކުރަން ފެށިއެވެ. ނާރުތަކަށް ވާންވާން ފެށި ފަދައެވެ. އޭނާގެ މެޔަށް ތޫނު ތަދެއް އަރައިގެން ދިޔައެވެ. ނޭވާ ކުރުވުމުން ފެން ކޯރު ދެމެން ފެށި މާރަބަލް ޓައިލްސް މަތީގައި އިށީނދެލިއެވެ. ފާރުގައި އޭނާ ބޯ ޖައްސާލިއެވެ.

ދެލޯ މެރިފައިވާއިރު އެހިތުގެ ހާލު ދެނެވޮޑިގަންވަނީ ހަމަ އެންމެ ފަރާތެކެވެ. ފަރުވާއެއް ނެތް އަވްޔަންގެ ބަލި ބޮޑުވާން ފެށިއެވެ. “ރިޔާޝާ” ދުލުން ނުކިޔުނު ނަމަވެސް ކޮންމެ ނޭވާއަކާއެކު އަވްޔަންގެ ހިތް ގޮވަމުން ދިޔައީ އެހިތަށް ލިބޭ ހަމައެކަނި ހަމަޖެހުމަށެވެ.

** *** ** *** **

ދެލޯ އުނގުޅަމުން ކޮޓަރިން ނިކުތް އަލިޝްކާ ފައިގެ ބޮޑުވައި އިނގި އެކަނި ޖައްސާލައިގެން އަނދިރި ސިޓިންގް ރޫމު ފަހަނައަޅާ ގޮސް އަވްޔަންގެ ކޮޓަރި ދޮރުމަތީގައި ހުއްޓިލިއެވެ. ދޮރު ކަންފަތް ޖައްސާލިއެވެ. ނަމަވެސް އަޑެއް ބެޑެއް ނީވެއެވެ. ދެފަހަރު ދޮރުގައި ޖަހާލިއެވެ. ކަރު ހިތްކައިގަނެގެން ގޮސް މަރުވާން ކައިރިވެފައި ހުރެ އޭނާ ތަޅުގައި އަތް ޖައްސާލިއެވެ. ދޮރު ހުޅުވާލީ އިތުރަށް ކެތް ނުވުމުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

gigi

Level 110 Stories100 Comments

Other Articles

Previous

އިމްތިޙާން (18ވަނަ ބައި)

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 35

Next
December 2, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 35

Previews
December 2, 2018

އިމްތިޙާން (18ވަނަ ބައި)

20 Comments!

  1. Hazu says:
    December 2, 2018 at 6:16 pm

    I’m first dhw

    1. gigi says:
      December 2, 2018 at 7:42 pm

      Yess congratulations ❤??

  2. Hazu says:
    December 2, 2018 at 6:18 pm

    ❤❤❤❤❤Story vvv reethi whn is nxt part …. avaha up kohdheh chey higey story hama habeys

    1. gigi says:
      December 2, 2018 at 7:53 pm

      Alheyy….thank you so much h dear ❤❤❤❤as u wish mihaaru e part typed kurevemun dhaanii ingey..??????????nimunuhaa avahakah publish kohladheynan insha allah?????thanks????

    2. gigi says:
      December 2, 2018 at 7:55 pm

      Alheyy….thank you so much h dear ❤❤❤❤as u wish mihaaru e part type kurevemun dhaanii ingey..??????????nimunuhaa avahakah publish kohladheynan insha allah?????thanks again????

  3. unique says:
    December 2, 2018 at 6:52 pm

    alhey mi story is killing me
    haadha cute ey varah loabi
    whn is next part cant waitto raead the next part

    1. gigi says:
      December 2, 2018 at 10:44 pm

      Awwwwwn unique ❤❤❤❤ dear hama asluves ehaa reethi? ???? I still can’t believe ?????? next part mihaaru liyevemun dhanee ???????? maadhan morning’s or afternoon ga submit kohlevey varu vaane kamah mi baalanii ?????? sweet of u ?????

    2. unique says:
      December 3, 2018 at 7:17 pm

      yup hama ehaa reethi if u keep writing lik this all will love ur story n the main characters are fab
      just love them
      i really like thier behaviour with each other
      so much loves from me
      n keep the good work
      all th best ingey for writing n curiously waiting next part ah
      the best thing i found about ur story is varah avahah up kurey really like that

    3. gigi says:
      December 4, 2018 at 3:34 pm

      Awwwwwwn???? I out of words seriouse koh ❤❤❤❤❤❤❤❤thank you so much it’s all I can say cux express kuran neygeyhaaa ??????? ufaa veyy ????????OMG u and me same type kanne cux avyan is my type ?????well iss my dream couple ??❤❤❤❤??my pleasure ur welcome and insha allah mi stry nimendhen??????? I’ll try my best daily koh up kurann ????????well the best thing bout u is that u be so sweet and kind hearted dear ❤❤❤I bet everyone loves u for that ??????much much luvs from me too dear ??????

  4. Sam says:
    December 2, 2018 at 7:09 pm

    V nice….. Up kohdhehchey avahah

    1. gigi says:
      December 6, 2018 at 12:49 am

      Thank you so much ????❤❤❤yes insha allah ???

  5. gigi says:
    December 2, 2018 at 7:41 pm

    Salaam everyone….❤❤❤❤❤VUMUN HITHEHGE MILKUGAA mi vaahakaige 2nd part hurihaa kiyuntherinnahves kamudhaane kamah ummedhukuran ???????and first partin libunu support ah vrh bodah thank you ????????words cannot experess how happy and thankful I felt cux i never expected such lovely comments ?????????????so..bio eh laan eba plane kuran but I wonder bout ya opinions ?????laan veetha bio eh vote kohlacheyy hurihaa readers ves ???❤❤❤wht do u think is happening next? ???have a wonderful night and next part tommorow insha allah ????????I’m waiting to reply the lovely comments ?????

  6. Maal says:
    December 2, 2018 at 9:57 pm

    Vvvvvv reythi …??????❤❤❤❤??????mi part vas next up vaney kon duvahakun

    1. gigi says:
      December 2, 2018 at 10:46 pm

      Ehemma Vvvvvvvvvvvvvv bodah thank you in bundles ?❤❤❤❤❤Next part insha allah maadhan kiyaalan libeyne ingey ???????????

  7. anaa says:
    December 3, 2018 at 12:29 am

    storyge main characters thakaky kobaa? nice story dear keep it up?❤

    1. gigi says:
      December 3, 2018 at 10:35 am

      Main akee Alishka❤ and avyan ❤???ekm ajwadh and ziyal ge baives vrh boduvaane ????? kuriah huri baithakuga e dhe meehunge bai vrh bodah fennane ???????and thank you so much anaa dear ?????❤

  8. Beryl Stone says:
    December 3, 2018 at 11:00 am

    Masha allah????so nice???And also I’m so curious to know wat will hppn nxt????????????❤❤❤nxt prt kiyaalan hithun miulheny?????

    1. gigi says:
      December 6, 2018 at 12:51 am

      Thank you so much berly stone dear ❤❤❤❤❤ lets see dhw ???????????kihineh baa vaanii dhen ????

  9. Sis says:
    December 5, 2018 at 9:29 pm

    Omg Omg Omg I’m so in love with it.. Varah reethi..And I think later alishka will cure avyan right? ❤️❤️????

    1. gigi says:
      December 5, 2018 at 11:50 pm

      Alheyy such swwet luv dear ????? Thank you so much ❤❤❤❤❤ vedhaane dho ehenves let’s see ??????????

Comments are closed.

Next Episodeވުމުން ހިތެއްގެ މިލްކުގައި 3←


All Right Reserved!