ކާރުގެ ތަޅުދަނޑު ފަތި ތަޅުގައި ޖައްސާލި މިކްޔާލަށް އަޔާނީގެ ހަޅޭކުގެ އަޑު އިވުނެވެ. އެ އަޑުއައިހެން ހީވާ ދިމާލަށް އޭނާ ދުއްވައިގަތެވެ. ފެނުނު މަންޒަރުން އޭނާގެ ދެލޯ ބޮޑުވިއެވެ. އަޔާނީ އަރުވައިގެން ކާރު ދުއްވާލަން ފެށުމުން މިކްޔާލަށް ހޭވެރިކަން ވިއެވެ. އެ ކާރު ފަހަތުން ދިއުމަކީ ކުރެވޭނެ ކަމެއް ނޫންކަން އޭނާގެ ޒަމީރު ބުނުމުން ޖީބުގައި އޮތް ފޯނު ނެގިއެވެ. ކެމެރާ ހުޅުވާލަމުން ފްލޭޝް ލައިޓް އަލިކޮށްލުމަށްފަހު މިކްޔާލް ނަގާލީ ފޮޓޯއެކެވެ. ކަޅު ކުަލައިގެ އެ ޕްރައިވެޓު […]
މިކްޔާލް ހުއްޓިލީ ރިސާރވް ޖަހާފައިވާ މޭޒު ނަންބަރު ތިނެއް ކައިރީގައެވެ. އެ މޭޒުގައި މިކްޔާލަށް ފުރަގަސް ދީގެން އިން އަންހެން ކުއްޖާ މިކްޔާލްގެ ލޮލުގައި އަޅައިގަތެވެ. އެ އަންހެން ކުއްޖާގެ މޫނު ބަލާލުމަށްޓަކައި އެ އަންހެން ކުއްޖާއާ ވީ ފަރާތަށް ދިޔައެވެ. މޫނު ފެނުމާއެކު މިކްޔާލްގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ދެބުމަ ގޮށްޖެހުނެވެ. “އެކްސްކިޒުމީ..މީ ރިސާރވްޑް ޓޭބަލް އެއް..އިޓްސް ރިސާރވްޑް ފޯރ މީ..” މޭޒުގައި ޓަކި ޖަހާލަމުން މިކްޔާލް ބުންޏެވެ. އެއާއެކު އަޔާނީ […]
ކީބޯރޑުގައި އިން އެންޓާރ ބަޓަނަށް ފިއްތާލަމުން މިކްޔާލް އޭނާގެ ގޮނޑިއަށް ވެއްޓިގަތެވެ. އޮފީހުގައި މިއަދު ކުރަން އޮތް މައިގަނޑު މަސަތްކަތް ނިމުމުން ހިންދެމިލިއެވެ. ދެލޯ މަރާލިއެވެ. އެއާއެކު އޭނާއަށް ތަސްވީރު ކުރެވުނީ އަޔާނީގެ ރީތި ސޫރައެވެ. އަދި އަލަށްވެސް އެ ހިނިތުންވުން ނުފެނުނު ކަމުގައިވިޔަސް ރުޅިއައިއްސާ ހުންނަ އިރުވެސް ހާދަ ލޯތްބޭ މިކްޔާްލް ހިތަށް އެރިއެވެ. ކިތަންމެ ބޭނުންނުވިޔަސް އަޔާނީ މެދު އޭނާއަށް ހަމަ ވިސްނެނީއެވެ. “ލުކް މިކްޔާލް..ޔޫ އާރ ނޮޓު ގޮއިން ޓު ތިންކް އަބައުޓް […]
މާމެލާމެލީގައި ހުރި ކުދި ކުދި ޝަބްނަމް ތިކި ތަކުގެ ސަބަބުން އެއެއްޗިއްސަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ރެއިން ސުރެއް ވެހެމުން ދިޔަ ވާރޭއަށް ނިމުމެއް އައީ އަދި ކިރިޔާއެވެ. ގަޑިން ހެނދުނު ހަތެއް ޖެހިއިރު ކަޅު ބޯ ވިލާތަކުން އިރުވަނީ ފަރުދާވެފައެވެ. ފަޒާގައި ހިފާފައިވާ ތެތްފިނިކަމަކަށް ބަދަލެއް ނާދެއެވެ. ޖެހިލާ ފިނި ރޯޅި ތަކުގެ ސަބަބުން ގަސްތަށް އެއް ރާގަކަށް ނަށަނީއެވެ. މިނިވަންކަމާއެކު ދިވެހި ދިދަވެސް ދިޔައީ ވިހުރެމުންނެވެ. މުޅި މާލޭ ވަށާ ބުރެއް ޖެހުމަށްފަހު […]
ހަވީރުގެ ފިނިފިނި ރޯޅިތަށް ހަށިގަނޑުގައި ބީހިލާއިރު، އެންމެ ހިމަ ނާރުތަކަށް ދަންދެން އަސަރުކޮށްލައެވެ. އެ އަރާމު ވަޤުތުގައި، އަހަރެންގެ އިތުރުން ހަތަރު އަހަރުގެ ކޮއްކޮ ‘ނައިޝް’ އަދި އަހަރެންގެ ދައްތަ ‘ސަރާ’ ވެސް ތިބީ ގޭގެ ފެންޑާގައެވެ. ފެންޑާގައި ބެހެއްޓިފައި ހުރި ފަތްޖެހި ގޮނޑީގައި ކޮއްކޮ ނައިޝް އޮށޯވެ ނިދައިފިއެވެ. ކޮއްކޮ އޮތީ ލައިގެންހުރި ޓީޝާޓު ބާލާ، ކައިރާގައި ބާއްވައިގެންނެވެ. ފައްޖެހި ގޮނޑީގެ ކުރިމައްޗަށް ވާގޮތަށް ހުރި ޖޯލީގައި އަހަރެން އަދި ދައްތަ ތިބިއިރު، ދައްތަ އިނީ […]
ހަވީރުގެ ހިތްގައިމު ވަޤުތެވެ. ފަޒާގައި ދައުރުވަމުން ދާ ފިނި ވައިރޯޅިތަށް ހަށިގަނޑުގައި ބީހިލަމުން ދިޔައީ އަރާމު ގޮތަކަށެވެ. ހަތަރު އަހަރަށްދާ އަހަރެންގެ ސަކަ މިޒާޖުގެ ކޮއްކޮ، “ރައިޝަމް” ގޮވައިގެން އަހަރެން ދިޔައީ އެކުވެރި ޒުނާމުގެ ގެޔަށެވެ. ޒުނާމު ފެނުމުން އަހަރެން ބުނީމެވެ. ” އޭއް… ޒުންނޫ… ، އިންނާނެ ޓެގުކޮށްފަ މަގޭ ރައްޓެހިންކޮޅު އެފްބީ ޕޯސްޓެއްގައި… މަ އުފަންދުވަސް އަންނާތީ ހަނދާންކޮށްދޭން ވެގެން… އޭރަކަށްނު އެންމެންނަށް ޕާޓީއަށް ރެޑީވެވޭނީ… އެއިޓީން ވީމަ ފުދޭވަރަކަށް ބޮޑުވާނެ ސެލެބުރޭޝަން ” […]
މިއަދަކީ ވަރަށް ޚާއްޞަ ދުވަހެކެެވެ. އެހެންކަމުން މިރޭ ވަރަށް ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި ބައިވެރިވުމަށް އަޅުގަނޑަށް ވެސް ދަޢުވަތުދިނެވެ. ޖަލްސާއަށް ދިއުމަށް ތައްޔާރުވުމުގެ ގޮތުން އަޅުގަނޑު ބާޒާރަށް ދިޔައީމެވެ. ބާޒާރަށް ގޮސް ގަމީހަކާ ފަޓުލޫނެއް ގަތުމަށް ފަހު އެއާ ގުޅޭ ޓައީއެއް ވެސް ގަތީމެވެ. ބާޒާރުކޮށް ނިންމުމަށް ފަހު އަޅުގަނޑު ދިޔައީ ގެއަށެވެ. އަޅުގަނޑު ގެއަށް އައިއިރު މެންދުރުގެ ކެއުން ވަނީ ތައްޔާރު ކޮށްފައެވެ. އޭރު އަޅުގަނޑުގެ ބަނޑުން އަޑުކިޔާލަކިޔާލާ ހުއްޓެވެ. […]
އާދައިގެ މަތިން އާދަނު ސުކޫލަށް ގޮސް ސަމާއާ ދިމާއަށް ބަލަން ފަށައިފިއެވެ. ސަމާ ދެކެ ކިތަންމެ ލޯބިވިޔަސް، އާދަނަކަށް ސަމާއާ ވާހަކަދައްކާކަށް ނުކެރެއެވެ. އެހެންވެ އާދަނުގެ އެކުވެރިން އާދަނަށް މަލާމާތް ވެސް ކުރެއެވެ. މިއަދު ވެސް އާދަނު ސަމާއަށް ބަލަން ހުއްޓާ ކުއްޖަކު އޭނާއަށް މަލާމާތްކުރިއެވެ. މިފަހަރު އާދަނުގެ ހިތަށްއެރިއެވެ. ” އަބަދަކު މިހެންނެއް ވެސް ނޫޅެވޭނެ… ލަދަކާހުރެ ތަދެއް ނުފިލާނެ… އަހަރެން ވެސް ކެރިގެން ކުރިމަތިލާންވީ…”. އާދަނު އެތާ ކޮޅަށް ހުރީ ސަމާއާ ވާހަކަދައްކާނެ ގޮތެއް […]
ސީލިންގާއި ދިމާއަށް ބަލަހައްޓައިގެން އޮވެވުނީ ހުވަފެނީ ގޮތަކަށެވެ. ސީލިންގު ކަމުދިޔައީއެއް ނޫނެވެ. އާނއެކެވެ. އަހަންނަށް ވެވިފައި މި ވަނީ ހަމަކަށަވަރުންވެސް ލޮއެއްބެވެ. ލޯބިވެވުނީ އަންހެންކުއްޖެއްގެ ލަވަކިޔާ އަޑު ދެކެއެވެ. ފުރާނައިގެ އެންމެ ފުން މިނާއި ހަމައަށް ފޯރި އަޑެކެވެ. އެހާ ސާދާ ވެފައި ހިމޭނެވެ. އެ އަޑުގެ ކުރިމަތީގައި އެންމެ ފުރިހަމަ އަޑު ނެރޭ މުނިޔާތައްވެސް އިސްޖަހައިލަން ޖެހޭނެއެވެ. އިތުރަކަށް ދެން ކެތެއް ނުވިއެވެ. އަޑު އެހާ ރީތީޔާ އެ އަޑުގެ ވެރިޔާވެސް ކިހާ ފުރިހަމަ ވާނެބާއޭ […]