ވުމުން ހިތެއްގެ މިލްކުގައި 1
ޖެހެމުން ދިޔަ ފިނި ފިނި ރޯޅިތަށް ޖެހުމުން ހީކަރުވާކަހަލަ އިހްސާސެއް ކުރެވެއެެވެ. ރޯޅިތަކާއެކު އެ ޒުވާނާގެ ފަން އިސްތަށިގަނޑު ވިހުރެން ފެށިއެވެ. މޫނުމައްޗަށް އިސްތަށިތައް އެޅި ލޮލަށް އިސްތަށި ވަންނަން ފެށުމުން އަލިޝްކާ އޭނާގެ ހިމަ ލޯޅި އިނގިލިތަކުން ކަންފަތް ދޮށަށް އިސްތަށިތަށް ވައްދާލިއެވެ. އޭނާ ކޮށްލާ ކޮންމެ ހަރަކާތަކަށް ފާރަވެރިވެގެން މީހަކު އިންކަން ނުދެނެ ހުއްޓެވެ. އޭނާގެ ލޯންޗުގެ ކުޑަދޮރު ކައިރީގައި އަލިޝްކާ އިށީނދެގެން އިން އިރު ލޯންގަނޑުން ބޭރުން ފެންނަމުން ދާ ފުރިހަމަ މަންޒަރު އޭނާ ހައިރާންކުރުވައެވެ. އިރު އޮއްސުމުގެ ކުލަވަރު ސާފު އުޑުމަތިން ދައްކުވައިދިނެެވެ. އޮރެންޖާއި ދަންބުކުލައިގެ ސާލެއް އުޑުގައި އޮޅާލާފައި ވާ ފަދައެވެ. ދޫނި ބައިގަނޑުތަށްވެސް ބަންގީގެ އަޑަށް ހާލިތަކަށް ވަންނަން ދިޔައެވެ. މޫދުގެ ލޮނުގަނޑު ކަފަމުން އައި އެ ލޯންޗު މަޑުކޮށްލީ ޖެޓީކައިރިއަށެވެ.
ފޮށި ތަންމައްޗާއެކު މީހުންތަށް ފައިބަން ފެށި މަންޒަރުބަލަން އަލިޝްކާ އިނީ ފައިބާ ހިތް ނުވެފައެވެ. ނަމަވެސް އިތުރުގޮތެއް ނެތުމުން ކޮނޑުގައި ލެދާރ ބޭގް އަޅުވާލަމުން އޭނާގެ ބޮޑު ކަޅު ފޮއްޓާއެކު ފާލަން މަތީގައި ފައިޖައްސާލެވުނީ ފަޅުވެރިޔެއްގެ އެހީތެރިކަމާއެކުގައެވެ.
“ތެންކްސް ބާއި..” ފޮށީގެ ދަމާ ބައި އުފުލާލަމުން އޭނާއަށް އެހީވެދިން ބަންގްލަދޭޝް ފަޅުވެރިޔާއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ލޯ ކުރިމަތިން ފެންނަމުން ދާ މަންޒަރަށް ބީ ރައްޓެއްސެއް ފަދައިން އޭނާއަށް ބަލާލެވުނެވެ. ހުސް އޭނާއަށް އާމޫނުތަކާއި ތަންތަނެވެ. ޖެޓީ މަތީގައި އަލީޝާއަށް ހުރެވުނީ ވަށައިގެން ވާ މާހައުލަށް ނަޒަރު ހިންގާށެވެ. އެންމެންވެސް ކާރަށް އަރައިގެން ދާތަން ފެނުމުން ކާރެއް ހޯދަން އޭނާވެސް މިސްރާބުޖެހިއެވެ.
އަލިޝްކާގެ ފަހަތުން ލޯންޗުން ފޭބި ޒިޔަލް އޭނާއަށް ފަސްދީފައި ދިޔަ އަންހެން ކުއްޖާއަށް ކަޅި ޖަހާނުލާ ބަލަހައްޓައިގެން ހުއްޓެވެ. އެހެން ހަރަކާތްތަކަށް ދެވުނު ފަދައިން ކަންނެތް އެހެންނަމަވެސް އެ ފަރި ހިންގުމަށްވެސް އޭނާގެ ހިތް ދެވުނީ ތޯއްޗެކެވެ. “އޭ..” ބޭއިޙްތިޔާރުގައި ޒިޔަލް ގޮވާލިއެވެ. އެ އަންހެން ކުއްޖާ ފަސްއެނބުރި އަސަރެއް ނެތް މޫނަކާއެކު ބަލާލުމުން އޭނާ ހިސާބަކަށް ބިރުގަތެވެ. “އައިސްބަލަ.” ޒިޔަލްގެ ސިކުނޑި މަސަތްކަތް ކުރަނީ އޭނާގެ އަމިއްލަ ބާރުން ނޫންކަނނޭގެއެވެ.
އޭނާއަށް އެދެވުނު އެދުމަށް އިޖާބަ ދެމުން އެ ނުދަންނަ އަންހެން ކުއްޖާ އޭނާާ ދިމާލަށް އަންނަން ފެށިއެވެ. ބަރު ފޮށްޓާއެކު އޭނާ އުޅުނީ ހާލެއްގައެވެ. މާކުނބެއަށް އޭނާގެ ބޮނޑު ބަނޑާއެކުގަވެސް އެވަރެއް ނުވޭ ކަންނޭނގެއެވެ.
ޒިޔަލް ކުރިމަތީގައި ހުއްޓިލަމުން ޔަޝަލް އެއްބުމަ އަރުވާލިއެވެ. އޭނާގެ ފަރާތުން ޖަވާބެއް ނުލިބުމުންނެވެެ. “ކީއްތަވީ..މަގޭ މޫނުގަ ކޯއްޗެއް އޮތީ..” ދަތުރުގެ ވަރުބަލިކަމާއެކު އެ ނުދަންނަ ފިރިހެންމީހާގެ އަމަލުތަށް ހުރި ގޮތުން އަލިޝްކާ ރުޅި އަންނަ ގޮތްވިއެވެ. އޭނާއަށް ވާހަކަ ދެއްކުނުލެއް ބާރު ކަމުން އެ ހިސާބުގަނޑުގައި އެކި ކަންކަމުގައި ހަރަކާތްތެރިވި މީހުންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. ނަމަވެސް ގައިން ހަކަތަ ހުސްވެގެން ދެންމެ ދެންމެ ވެއްޓެން ކައިިރިވެފައި ހުރި އަލިޝްކާގެ ފަރުވާލެއް ނެތެވެ.
“ހާދަ ހޮޓު ބޭބްއެކޭ ހަމަ އޮބިނެސް.އަހަންނަށް ލިބޭނަމައޭ ހިތަށް އަރާ” ވިސްނާލުމަށްފަހުވެސް ޒިޔަލް އަށް ބުނެވުނީ އެންމެ އެކަޝީގެންވާ އެތި ނޫންކަންނޭގެއެވެ. އަލިޝްކާގެ މޫނުމަތީ ކުލަވަރު ވަގުތުން ބަދަލުވިއެވެ. ޒިޔަލްއަށް އޭނާ ބަލާލީ ބުޅާ މަސްގަނޑަށް ބާލާ ކަހަލަ ގޮތަކަށެވެ. ދެންމެ ދެންމެ ނޮޅާލަފާނެހެން ހީވެއެވެ. ދެލޯ ބޮޑުވި ޒިޔަލްގެ ދެފައި ގުޑުގުޑު އަޅަންފެށިއެވެ. މުޅި މަގަށް ބޭޒާރުވެދާނެކަމަށްޓަކައި ހުރިތަނަށް ފާހާނާ ނުކުރެވުނީ ކިރިޔާއެވެ. “މަ އެއޮށް ހިސާބުގައި ހުއްޓާ މި ބަރު ފޮށްޓާއެކީ މިހިސާބަށް ތިގެނައީ ތިހާ ބޭކާރު އެއްޗެއް ބުނަންތަ؟.” އަޑު ހަރުކޮށް އަލިޝްކާ ބުނެލި އެތިން ޒިޔަލް ހައިރާންވިއެވެ. އޭނާ ހިކުރީ އެ މަންޖެ ރުޅި އަންނާނީ އޭނާ ބުނެލި އެތީގެ ސަބަބުން ކަމަށެވެ. ނަމަވެސް ކަންވީ ދިމާ އިދިކޮޅަށެވެ.
“އޭ އޭ ސޮ.ރީ ވަރަށް..ބޮޑަށް..” ސިހިފައި ހުރި ޒިޔަލް އޭނާއަށް ފަސްދީފައި ކަންނެތް ހިނގުމެއްގައި ދިޔަ އަންހެން ކުއްޖާޔާ ދިމާލަށް އަތްދިއްކޮށްލިއެވެ. އެންމެ ފަހަަރަކުވެސް އޭނާ ފަސްއެނބުރި ބަލާނުލިއެެވެ. މަގުމަތީގައި އުޅެމުން ދިޔަ އެންމެން ކަހަލަ ގޮތަކަށް އޭނާ ބަލަމުން ދިޔައީ މަލާމާތުގެ ނަޒަރަކުންނެވެ.
ޒިޔަލްއަށް ރަނގަޅު ފިލާވަޅެއް ދަސްކޮށްދީފައި ދިޔަ އަލިޝްކާ ކާރަށް އަރާ ބަންލާފައި ދޮރު ޖެހިއެވެ. ކާރު ސީޓުގައި ރަނގަޅަށް ހަމަޖެހިލިއެވެ. “ހަމަ ހުވާ މިއުޅޭނީ ފިރިހެނުން ތިބެނީ ދުވާލުދާ ހަތަރު ދަމު ހަމަހޭން ނެއްޓިފަ..ލާހިކު އޮށްޓަރު ހުރި އެއްޗެއް ނުކިޔާނެ.” ހިތާހިތުން އެ ފިރިހެން މީހާއަށް އަލިޝްކާ ކުދި ކިޔަމުން ގެންދިޔައެވެ. ދިގު ދަތުރުގެ ސަބަބުން އޭނާގެ ލޮލަށާއި ބޮލަށް ބަރުވިއެވެ. “ކޮންތާކަށް ދާންވީ..” ކާރު ޑްރައިވަރު އެއްސެވެ. އެއްލޯ ހުޅުވާލަމުން އަލިޝްކާ އޭނާ ދާންޖެހޭ މަންޒިލް ބުނެދިނެވެ. ހަމަ އެއާއެކު އޭނާގެ ލޯ މެރިގެން ތަޅުލާފައި ހުރި ކާރު ދޮރުފަތުގައި ބާ ޖައްސާލިއެވެ.
މާލޭގެ ކާރު ބާރު ބޮޑު މަގުތަށް ތޮއްޖެހިފައިވާތަން އަލިޝްކާއަށް ނުފެނުނީ އޭނާގެ ދެލޯ މެރިފައިވުމުންނެވެ. ނަމަވެސް ހަމައެކަނި އެ އެއްޗެހީގެ ބަރުގޮނުގެ އަޑުންވެސް އޭނާގެ ބޮލަށް ތުރަލެވެ. “ރަނގަޅަށް ނިދާލެވޭ ވަރެއްވެސް ނޫނޭ..” އޭނާ ހިތާހިތުން ބުނެލުމާއެކު ކާރު ކުއްލިއަކަށް ހުއްޓުނެވެ. “ކިހިނެތް އެވީ..” ކާރު ޑްރައިވަރު ކުރެން އަލިޝްކާ އެއްސެވެ. “އާދެވުނީ ތި ބޭފުޅާ ބުނުއްވި މަންޒިލަށް..” މުސްކުޅި ބޭބެ ހިނިގަނޑެއް ޖަހާލިއެވެ. ޖިންސުގެ ޖީބުން ފަންސާސް ރުފިޔާނަގަމުން ބޭބެޔާ އޭނާ ހަވާލުކޮށްލިއެވެ. ކާރުން ފޭބުމަށްފަހު ޑިކީ ފޮށިނެގުމަށްވެސް އެހީވީ ހަމަ އެ ބޭބެއެވެ.
ހ.ކަމީލިއާގެ ދޮރުމަތީގައި އަލިޝްކާ ހުއްޓިލިއެވެ. ދެބުރިއަށް ނަގާފައިވާ ފުޅާ ގަނޑުވަރެއް ފަދަ ގެޔަށް އާޝޯޙްވެފައި އޭނާ ނަޒަރު ހިނގާލިއެވެ. ހުދުކުލަ ބޭރުގައި ލާފައިވާ އެ ގޭގެ އެތެރެ އަދި މިއަށްވުރެ ޝާހީވާނެކަމާމެދު އޭނާ ޝައްކެއް ނުކުރިއެވެ. ރާއްޖެތެރޭ ކުޑަ ރަށެއްގައި އޭނާގެ އުމުރުގެ ނަވާރަ އަހަރު ހޭދަކުރި އިރު މާލޭގެ ބޮޑެތި އިމާރާތްތަށް އޭނާއަށް ވީ އާތަނަކަށެވެ. ކުއްލިއަކަށެވެ. އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ޖީބަށް އަތްކޮށްޕާލަމުން އައިފޯން ތިކްސް ނެގިއެވެ. ގުޅަނީ މަންމައެވެ. “އާން ހަލޯ ގުޅަން އުޅިކޮށޭ ތި ގުޅީ..މިހިރީ މަންމަ ބުނިގޭ ދޮރުމަތީގަ އެއްވެސް މީހެއް ނުފެނުނު..” ހާސްވެފައި އޭނާ ބުނެލިއެވެ. މާލޭގައި ހިނގައިގަންނަ އިނގެނީކީވެސް ނޫންވިއްޔާއެވެ. އޭނާއަށް މަގުއޮޅި ގެއްލިޖެއްޔާ ވާނީ ކިހިނެތް ބާވައެވެ. ތަފާތު ހިޔާލުތަށް އަލިޝްކާގެ ސިކުނޑި ހިސޯރު ކުރަނީއެވެ.
“ހުރޭ މަންމަ އެބަ ގުޅަން ސަމީމައްތަޔަށް.” މިހެން ބުނުމަށްފަހު މަންމަ ހަރީރާ ފޯނު ކަނޑާލިއެވެ. އަލިޝްކާގެ ހިތުގައިވާ ނުތަނަވަސްކަން އިތުރުކުރަމުންނެވެ. ގޭގެ ގޭޓު ކުރިމަތީގައި ހުއްޓިލަމުން ބީރައްޓެހި މާހައުލަށް ބަލާލިއެވެ. ސިނަމާލެ ބްރިޖު ދިއްލާފައިވާގޮތް އެންމެ ފުރަތަމަ ނަޒަރުންވެސް އަލިޝްކާއަށް ފުރިހަަމަވިއެވެ. އިރު ފުރިހަމައަށް އޮއްސުމާވެސްއެކި މުޅި މާހައުލަށް ފެތުރިފައިވަނީ ހިމޭންކަމެވެ. ނަމަވެސް ކަނޑުގައި ބިނދާލާ ކުދި ކުދި ރާޅުތަކުގެ އިތުރަށް ރޭގަނޑުގެ ފިނިފިނި ރޯޅިތަކު އަޑު މާހައުލުގެ ހިމޭންކަން ކަނޑުވާލައެވެ. ކުރިމަތީގައި ހާމައަށް ފެންނަން އޮތް މާ ސިނގާ ކަނޑުގައި ރާޅާއެޅުމަށްފަހު ކުރުމަށްފަހު އަރައިގެން އައި ބައެއް ރާޅާއެރުން ތެރިން އަލިޝްކާއަށްއަށް ބަލަން ފެށުމުން އުނދަގޫވިއެވެ.
މީހުންނާއި ދުއްވާ އެއްޗެހި މަދު ވަގުތެއްގައި އަންހެން ކުއްޖަކު އެކި މަގުމަތީގައި ހުރުމުން އެފަދަ ނަޒަރު ތަކަކީ އާކަމެއް ނުވާނެއެވެ. ރަށުގައިވެސް އޭނާ އުޅުނު ހާލަކީ މިއީ ވިއްޔާއެވެ. ކޮންމެތާކުވެސް ފިރިހެނުން ވާނީ އެއްވަރެއް ކަމަށް އޭނާގެ ހިތް ބުނެއެވެ. މޫނައް ކުނި ވައްތަރެއް ޖައްސާލާފައ ކަޅި މައްޗަށް ހިނގާލަމުން މޫދާ ޖެހިގެން އޮތް ގަސްފުންޏަށް ނަޒަރު ހިނގާލިއެވެ. އަލިޝްކާގެ ނަޒަރުގައި އެ ފިރިހެނުންނަށް ވުރެ މާ ރީތި އެއްޗެހި އެ ގަސްތަކު ތެރެއިންވެސް ފެނެއެވެ. މިލާ މޯޅިވެފައިވާ މާތަކާއި ގަސްތަކުގެ އިތުރަށް ކާޅުތަކެވެ.
“އޭ ތީ ދޯ ހަރީރާގެ ދޮށީ ދަރި އަލިޝްކާ..ހާދަ ބޮޑުވެއްޖެޔޭ ދޯ މި ކުއްޖާ ފުޅު” ސެކިއުރިޓީގެ އެހީގައި ގޭޓު ހުޅުވާލުމަށްފަހު ގެއިން ނިކުމެގެން އައި މެދު އުމުރުގެ އަންހެނެއް އަލިޝްކާގެ ކޮނޑުގައި ޖަހާލަމުން އޭނާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. “ސަމީމައްތަ” ޔަގީންކޮށްލުމުގެ ގޮތުން ތަންކޮޅެއް މަޑުމަޑުން އަލިޝްކާ އެއްސެވެ. “އާނ..އިނގިއްޖެ ދޯ ދައްތަޔަށްވެސް ދެތިން މިނެޓު ފަހުން މި ފާހަގަވީ އެހެންނުވާނީ އެންމެ ފަހުން ތި ރަށަށް ދައްތަމެން ދިޔައިރު އަލިޝްކާޔަށް ވާނީ އެންމެ ދިހަ އަހަރު ކަންނޭނގެ..” އަލިޝްކާގެ އަތުގައި ހިފައިގެން ހިނގައިގަތް ސަމީމާ އަނގަ ހުއްޓާނުލައެވެ. މާ މުސްކުޅި ނޫންކަމުގައިވިޔަސް ނިކަން އަނގަގަދައެވެ. ނަމަވެސް ވަރިހަމައެވެ. ފޫހި ފިލާނެނޫންހެެޔެވެ. އަލިޝްކާ ހީކުރި ގޮތާ ޙިލާފަށް މުއްސަނދި މަހުޖަނެއްގެ އަނބަކަށް ވިޔަސް ސަމީމާއަކީ މާ ބޮޑާ ކިބުރުވެރި މީހަކަށް ނުވިއެވެ.
ގޭޓު ހުޅުވާލުމުން ވަދެވުނީ ފުޅާ ގޯޅިގަނޑަކަށެވެ. އެ އަތުން ފޮށި ދަމަމުން އަނެއް އަތުން ސަމީމާގެ އަތުގައި ހިފާއްޓާލައިގެން އަލިޝްކާ ބޮކިތަށް އެލުވާފައިވާ ގޯޅިގަނޑު ހުރަސްކުރިއެވެ. ގޭގެ މައިދޮރު ހުޅުވާލުމުން ހުދާއި ކަޅުގެ ޑިޒައިންތަށް އެކުލެވޭ ފާރުވެސް އެދެމީހުންނަށް މަރުހަބާ ކީ ހިމޭންކަމެވެ. ދާދި ދެންމެއަކު ތިން އޭސީވެސް ނިވާލާފައި ހުރި ކަމުގެ ހެއްކަކަށްވީ މުޅި ސިޓިންގް ރޫމުގައި ހިފާފައިވާ ފިނިކަމެވެ. ކަނޑުފެންކޮޅެއް ފަދަ މާރަބަލް ޓައިލްސް ތަށްވެސް އެކަމުގެ ހެއްކަކަށް ފުދެއެވެ.
ބޮޑު ސިޓިންގް ރޫމުގެ ހަތަރު ފާރުން އެއްފާރުގައި ބޭރުގައި އޮތް އިންޑޯރ ޕޫލް ފެންނަ ގޮތަށެވެ. ސީލިންގުގައި ހުރި ޗާންދަލިއާރ ނިވާލާފައިވާ ސިޓިންގް ރޫމަށް އެޅޭ ހަމައެކަނި އަލިކަމަކީ އެއީއެވެ. ސިޓިންގް ރޫމުގެ މެދުގައި ކާޕެޓެއް މަތީގައި ބޮޑު ތިންސޯފާ ހުރިއިރު ސޯފާތަކުގެ ކުރިމަތީގައި ސާޅިސް އިންޗީގެ ފަތި ޓީވީއެކެވެ. ސިޓިންގް ރޫމުގެ ތިންވަނަ ފާރުގައި ސިޑިއެކެވެ. ސަމީމާ ބުނި ގޮތުން ނަމަ މިއީ ކޮޓަރީގެ ގެެކެވެ. ހަތަރު ވަނަ ފާރުގައި ބަދިގެއަށް ވަންނަ ދޮރެއް ހުއްޓެވެ. އެ ދޮރާ މާ ދުރުނޫން ހިސާބެއްގައި ހިމަ ދިގު ބާރަ މީހުންނަށް އިނދެވޭވަރުގެ ކާމޭޒެކެވެ.
ކޮންމެއަކަސް މި ގެ ފެނުމުން އަލިޝްކާ އާޝޯޙްވިއެވެ އޭނާއަށް ހަތަރު ފަރާތަށް އެނބުރުން ނޫންކަމެއް ނުކުރެވުނެވެ. ހުޅުވިފައިވާ އޭނާގެ އަނގަޔަށް މެއްސެއް ނުވަނީވެސް ކިރިޔާއެެވެ. ސަމީމާ ކޮށްލި ހަރަކާތާއެކު މުޅި ސިޓންގް ރޫމް އޮރެންޖަކާއި ހުދުކުލައެއްގެ އަލިން އަލިވެގެން ދިޔައެވެ. “މިގަޑީގަ ހުރިހާ ކުދިންވެސް އުޅޭނީ ކޮޓަރިތަކުގަ..ދައްތަގެ ތިބެނީ ހަަތަރު ކުދިން ދެފިރިހެން ދެއަންހެން ” ސަމީމާ ހިނިތުންވުމަކާއެކު ބުނެލީ އަލިޝްކާ ސޯފާގައި ބައިންދަމުންނެވެ. “އެންމެންވެސް ރައްޓެހިވާނެ ދޯ..” ނުކެރިފައި އަލިޝްކާ އެއްސެވެ. އޭނާގެ އެންމެ ބޮޑު ބިރަކީ އެއީއެވެ. ބޮޑު އާއިލާއެއް ތެރޭގައި ބާކީވުމެވެ.
” އާން..އެންމެންވެސް ވަރަށް ގުޅޭނެ އެކަމަކު ހަގު ފިރިހެން ދަރި ތަންކޮޅެއް…ކީކޭ ބުނާނީ މިޒަމާނު މީހުން ކިޔަ އެއްނު ސުވަގު ވާނެ..ދެން އެ ސޮރު އުޅޭ ގޮތަކަށް އަޅާނުލީމަ ރަނގަޅުވާނެ” ޖޫސް ތަށި ދިއްކޮށްލި ސަމީމާ މަސަތްކަތް ކުރީ އިނގެރޭސިން ވާހަކަ ދެއްކޭތޯއެވެ. މާ ފުރިހަމައަށް ނޫންކަމުގައިވިޔަސް އޭނާ އެކަން ކާމިޔާބުކުރިއެވެ. “ސެވޭޖް ދޯ.” އަލިޝްކާ ހިނިގަނޑެއް ޖަހާލިއެވެ.
“ކޮންދުވަހަކުންތަ ކޮލެޖު ފެށެނީ..” ޖޫސް ބޮމުން ގެންދިޔަ އަލިޝްކާ ކައިރީގަ އިށީން ސަމީމާ އެންމެ ހިނދުކޮޅަކަށްވެސް އޭނާގެ ބޮލުގައި ފިރުމުން ހުއްޓާނުލިއެވެ. ސަމީމާގެ ހަރަކާތްތަށް ހުރި ގޮތުން އޭނާ އިނީ މަޖާވެފައެވެ. ވާނީވެސް އެހެން ނޫންހެޔެވެ. އަލިޝްކާއާށް ލިބިފައިވަނީ އާދަޔާޙިލާފު ރީތި އިސްތަށިގަނޑެކެވެ. އޮމާންކަމުގެ އިތުރަށް އެހާމެ ފަނެވެ. ގިނައިރު އަވީގައި އުޅުމުގެ ސަބަބުން ވަނީ މުށިކުލައެއް އަރާފައެވެ.
“މިއަންނަ ހަފްތާގަ ފެށެނީ. ތަންކޮޅެއް އަވަހަށް ދޯ މިއާދެވުނީ..” ޖޫސް ހުސްކޮށްލަމުން އަލިޝްކާ އެއްސެވެ. “ނޫން މިގޭ ކުދިންނާ ގުޅުންް ބަދަހި ކޮށްލަން ވަގުތުކޮޅެއްނު..ދައްތަގެ އެންމެ ދޮށީ ދަރި އެކަނި މީހަކާ އިނީ ދެން އޭނަގެ ހުންނާނެ ދެއަހަރަށް ދާ ސޮރެއްވެސް ނުދަންނަ މީހުންނަށް ވަރަށް ފޯރި ހުންނާނެ.” ސަމީމާ ކިޔަދިނީ އޭނާގެ އާދަޔާޙިލާފު މާމަ ދަރީގެ ވާހަކައެެވެ. އެހެން ކުދިންނާ ޙިލާފަށް އެ ސޮރު ވަރު އެހުންނަނީ ނުދަންނަ މީހުންނަށް ވިއްޔާއެވެ.
އަލިޝްކާގެ ފަރާތުން ޖަވާބެއް ނުލިބުމުން ސަމީމާ ބަލާލިއެވެ. އާފުރެމުން ދިޔަ އަލިޝްކާ ފެނުމުން އަވަސް ކަމާއެކު ދެނެގަތެވެ. “ދެން ދޭ ކުޑަކޮށް ނިދާލަން..މިރޭ އަޖްވަދުބެ އައީމަ ނުވައެއް ޖަހާއިރު ހަދާނެ ބޮޑު ކެއުމެއްވެސް..” އަލިޝްކާގެ ކޮނޑުގައި އޭނާ ޖަހާލިއެވެ. އިންތަނުން ތެދުވަމުން ފޮށި ކޮބައިތޯ އޭނާ ހޯދާލިއެވެ. ފޮށި ނުފެނުމުން ކަންބޮޑުވިއެވެ. “ފޮށި ގެންގޮސް މައްޗަށް ސެކިއުރިޓި ގާޑް.” މީހުންގެ ހިތުގައިވާ އެއްޗެހި ދެނެގަންނަ ސަމީމާ ވަރެއް ނެތެވެ. މިތަނަށް އައިތާ ގަޑިއިރެއް ހަމަ ނުވަނީސް ލިބެން ފެށި މެހެމާންދާރީއަށް ޝުކުރުވެރިވަމުން ސިޑީގެ ހަރުފަތަށް އޭނާ ގިރާކުރަން ފެށިއެވެ.
އަލިޝްކާއަށް ހީވިހީވުން ގޯސް ނޫންނަމަ ކޮންމެ ފްލޯއަކުން އޭނާއަށް ފެނުނީ ދެކޮޓަރިއެވެ. ފުރަތަމަ ދެ ފުލޯރގައި ހުރި ދެކޮޓަރީގެ ދޮރުވެސް ލައްޕާފައެވެ. ތިންވަނަ ފްލޯރައަށް އެރުނު އިރު އަލިޝްކާ ހަންވިއެވެ. ސިޑިމަތިން ފައިނަގަމުން މާރބަލް ޖަހާފައިވާ ބިމުގައި ފައި ޖައްސާލިއެވެ. އެހެން ފްލޯރތަކާއި ހިލާފަށް އެއީ އެންމެ މަތީ ފްލޯކަމުން ކުޑަ ސިޓިންގް ރޫމެއް ހުއްޓެވެ. ދެ ސީޓު ސޯފާއަކާއި ބޮޑު ޓީވީއެކެވެ. އެތާހުރި ކަބަޑު މަތީގައި ހުރި ސާމާނަށް ބަލާލާފައި އެއީ ގޭމް ކުޅެން ޙާއްސަތަނެއްކަން އުމުރުން ފަނަރަ އަހަރުގެ ފިރިހެން ކޮއްކޮގެ ދޮންތަ ދެނެގަތެވެ. ކުރާނެ ކަމެއް ނެތެވެ. އޭނާއާއި ފިރިހެނަކާ މިއޮތީ އެއްފުލޯރ އެއްގައި އުޅެން ޖެހިފައެވެ.
އަލިޝްކާގެ ލޮލުގައި އަޅައިގަތީ އޭނާގެ ފޮއްޓެވެ. ހުޅުވާފަ ހުރި ކޮޓަރިއަކާއި ނުހުޅުވާ ހުރި ކޮޓަރިއެެކެވެ. ލައްޕާފައި ހުރި ކޮޓަރީގެ ދޮރު އޭނާ ހުޅުވާލިއެވެ. ދުވި ސިނގެރޭޓުވަހުން ނޭފަތް މަތީގައި އަތް އަޅާލެވުނެވެ. އަޅިކުލައާއި ކަޅު ކުލަ ލާފައިވާ އެ ކޮޓަރީގެ އެނދު ފިޔަވައި އެހެން ހުރިހާތަނެއް ވަރަށް ތަރުތީބެވެ. ކިންގް ސައިޒް އެނދަށް ބަލާލާ މީހަކު އަނބުރައިގަންނާނެއެވެ. ބެޑް ޝީޓު ނެއްޓިފައިވާއިރު ރަޖާގަނޑު އޮތީ އެނދު ބަހައްޓާފައި ހުރި މަޑު ވިނަތަކެއް ހުރި ކާރޕެޓު މަތީގައެވެ. ބާލިސްތަށް ބިންމަތީގައެވެ. ސިނގެރޭޓު ފޮށިތަކާއެކު ތަފާތު ދަޅުތަށް މުޅި އެނދުގައެވެ. އޭސީވެސް ޖައްސާފައި ހުރުމުން ސިނގެރޭޓު ވަސް ގަދަވާން ފެށިއެވެ. މިއީ އޭނާ އުޅެން ހަމަޖެހިފައިވާ ކޮޓަރި ހެއްޔެވެ. ދޮރު ލައްޕާފައި ހުންނާނީ ދެން އޭނާގެ ކޮޓަރީގައި ނޫންހެޔެވެ. ފޮށި ހުރިތާ ބެހެއްޓުމަށްފަހު ސާފުކުރުމުގެ މަސަތްކަތް އަލިޝްކާ ފެއްޓިއެވެ.
“އޭތް..ކާކު ބުނީ އެހެން މީހުންގެ ކޮޓަރިތަކަށް ވަދެ ހާވާށޭ.” އެކްސެލް ދަޅު ނަގަން ގުދުވެ އޮތް އަލިޝްކާ ސިއްސައިގެން ދިޔައީ އޭނާގެ ފަހަތުން އިވުނު އަޑުންނެވެ. ފިރިހެންވަންތަ މަޑުމައިތިރި އެހެންނަމަވެސް ވަރު ނެތް ކަންނެތް އަޑެކެވެ.
(ނުނިމޭ)
ނޯޓް: މި ވާހަކައަކީ އެއްވެސް މީހަކަށް ނިސްބަށްކޮތް ލިޔެފައިވާ ވާހަކައެއް ނޫނެވެ. އަޅުގަނޑުގެ އަމިއްލަ ހިޔާލުގެ މައްޗަށް ލިޔާ މިވާހަކައަށް ހުރިހާ ކިޔުންތެރިންގެ ފަރާތުންވެސް ބޮޑު ސަޕޯރޓަކާއި ބިނަކުރަނިވި ފާޑުކިޔުމެއް ލިބޭނެކަމަށް އުންމީދުކުަރަމެވެ. ވާހަކަޔާ މެދު ދެކޭ ގޮތް ކޮމެންޓުގެ ޒަރިއްޔާއިން ބުނެދިނުމަކީ އަޅުގަނޑަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. ބޮޑު ކަމެއް ދިމާނުވާހާ ހިނދަކު މި ވާހަކަ ނިމެންދެން ގެނެސްދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.



Hadi
Entha.?thanks for reading ??
Vvvvv rethi whn is nxt part ❤❤❤❤❤❤❤❤
Awwwn thank you so much ❤❤❤❤❤ Next part tommorow insha allah ??????
Adhi v reethi Masha Allah heevey vvv reethi vaane hen vx…..best of luck ???
Aww thank you so much ❤❤❤❤yes insha allah???kuriah oithaanga adhi miahvure reethi kureveytho I’ll try ????????? thanks again ????
Salhi kn irakun next part
Thank you so much dear ❤❤❤ daily koh up kurann I’m trying ?????
Reethi..masha allah..
Keep it up…???
Ehnth thank you so much than dear ❤❤❤❤ya insha allah I will ???????
wow.. Adhi v salhi.. waiting for next part
Awwwwn thank you so much dear ❤❤❤ kuriah oithaanga adhi miahvure salhi kohlaanan insha allah ?????????yeah miadhu up kohlaanan ??????
Vvvvvv reythi. …❤❤❤❤❤❤????????? next kon irakun?
Aye aslutha? ??Thank you very much ??? next today type kohlevunuhaa avahakah insha allah ??????❤❤❤
Varah interesting ingey konirakun dhen oy baa gennaany really am getting curious about it????????
Awwwn?? vrh ufaavejje thihaa kiyaa hihvaa reader akaa dhimaaveema ?????nd thank you so much amsher dear ????❤❤❤?? mwaaha lets see dhw dhen vaanegotheh ????
Vrh reethi story?????
Thank you so much deah ❤❤❤??
wow hama vvvvvvvvvvvvvvv reethi….maashaa allah… kuriyah oii thaaga adhi miah vure reethi vane kamah ummeedhu kuran…..good luck dear..
Alheyy such a sweet comment dear ❤?❤❤❤❤ insha allah as long as I get the encouragement ?????thigothuga supporters thibenyya..???Komme part ehves improve kuran libey hihvareh eii insha allah ?????thanks again nd next part in ves I’m hoping to see you ??????????
Vara reeti mivaahaka. I am eagerly waiting for the next part. Good luck.
Aww layaa.❤❤❤❤ thank you so much dear ???happy to know inthizaaru kuraanekan ?????????
cool….. like it
Thanks a lot unique dear ❤❤???
Yes! Finally I got to read a story of my likes.. ? varah majaa vaaneheh heevani… Love it ?????? hope you can finish the whole story without fail cause most of the stories I saw had come to a stop at some point.. ❤️❤️❤️❤️
Yayyy ????????vrh ufaavejje sis like vaa kahala stry eh genesdheyveythii ❤❤❤❤❤❤ aww sweet of u ???????? yesh insha allah bodu kameh dhimaanuvaahaa hindhaku genesdheynan nimendhen ?????????????