“އަހަރެން ނުބުނާނަން ދުވަހަކުވެސް އީރަމް ނުރޮއްވާނަމޭ، ދުވަހަކުވެސް ދެރައެއް ނުކުރާނަމޭއެއް.. އެއީ ހެދޭނެ ވަރަށް ބޮޑު ދޮގެއް ކަންނޭނގެ… އެއްވެސް ގުޅުމަކީ މައްސަލަނުޖެހި އަޑިތަކާއި ކުރިމަތިލާންނުޖެހި އަބަދު އުފަލުގައި އޮންނަ ގުޅުމެއް ނޫން.. އޭގެ ބަދަލުގައި އަހަރެން ބުނާނީ، އަހަރެން އީރަމް ދެރަކޮށް ނުރޮއްވޭތޯ އަހަރެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަމޭ… އެފަދަ ދުވަހެއް އަޔަސް، އީރަމް ދެރަވެ ހިތާމަކުރާނީ އެކަންޏެއްނޫން… އެފަދަގަޑިއެއް އަޔަސް އީރަމްގެ ހިތުގެ އަޑު ނީވޭ ހިސާބަކަށް އަހަރެންނެއް ނުދާނަން…. އަހަރެން […]
މީކާންގެ ދިރިއުޅުމުންނާއި ހިތުން މަންމަގެ މަތީދަރަޖަ ސަލީމާއަށް ހޯދޭނެހެއްޔެވެ؟ އެ ދަރަޖަ ސަލީމާއަށް ދޭން ފަސޭހަވާނެހެއްޔެވެ؟ އެތަށްއަހަރެއްވަންދެން ލޯބިވި މަންމަމަތިން ހަނދާންނެތި އޭނާގެ އަސްލު މަންމަ ދެކެ ހަމަ އެފަދައިން ލޯބިވެވިދާނެހެއްޔެވެ. ސުވާލުތަކެއްގެތެރޭ އެމުނެމުންދިޔަ މީކާން އަށް ހުރެވުނީ އެގޭ ބެލްކަނީގައެވެ. އެންމެނާއި ދުރަށްޖެހިލުމަށާއި ތާޒާ ވައި ހޯދުމުގެ ބޭނުމުގައި އޭނާ އިތުރު އެއްޗެއް ނުބުނެ އެގޭ ބެލްކަނީއަށް ނިކުމެލިއެވެ. އަމިއްލަ ޒަމީރު އޭނާއާއި އެތަށް ސުވާލެއްކުރެއެވެ. އޭނާގެ ހިތާއި ސިކުނޑި ދިޔައީ އެކި އެކި ހަނދާންތަކަކުން […]
އީރަމްއަށް ނިދެންދެން މީކާން އެއިންގޮތަށް އިނދެފައި އެތަނުން ދުރަށްޖެހިލީ ފޯނު ނަގާ މަންމައަށް ގުޅަމުންނެވެ. މުނާގެ ސަބަބުން އެންމެ ކުރިންފަށައިގެންވެސް އީރަމްއަށް ވަނީ ހިތްދަތިކަންތައްތަކާއި ކުރިމަތިލާންޖެހިފައެވެ. މުނާދެކެ ކިތަންމެ ލޯތްބެއްވިއެއްކަމަކު މުނާގެ ސަބަބުން އެތަށް ބަޔަކަށާއި މިކާންއަށާއި އީރަމްއަށް ލިބުނު ހިތްދަތިކަން އޭނާ ހަނދާނެއް ނުނެތޭނެއެވެ. މިފަހަރުވެސް މުނާގެ ފޯނު ވަނީ ނިވިފައިކަމަށް ބުނުމާއި އެކު މީކާން ދެންގުޅީ ޔޫސުފްއަށެވެ. ޔޫސުފް ގެ ފޯނުވެސް ވަނީ ނިއްވާލާފައެވެ. އެންމެފަހުން އޭނާ ހަނދާނަށް ގެންނަންފެށީ މުނާ ދާނެ ތަނަކާއި […]
އީރަމް ލޯ ހުޅުވާލާފައި މުޅިތަނަށް ނަޒަރު ހިންގާލީ ލޮލުގައިވާ ފުސްކަން ފިލުވާލުމުގެ ގޮތުންނެވެ. ފުންނޭވައެއްލުމަށްފަހު އޭނާ ކަނާތްފަރާތަށް ބަލާލިއިރު ފެނުނީ އިސްޖަހައިގެން އިން މީކާންއެވެ. އީރަމްގެ ލޯ ބޮޑުވެގެންދިޔައެވެ. މަންޒަރު ފެނުމާއި އެކު ކަންހިނގައިދިޔަ ގޮތް އޭނާއަށް ލަފާކޮށްލެވުނެވެ. މީކާން ގެ ހިތާމަވެރި ސޫރަ ދެކޭކަށް އޭނާ ނޭދެއެވެ. މީކާން އިންގޮތުން އޭނާއަށް ހުރިހާ އެއްޗެއް އެނގިއްޖެކަން އީރަމްއަށް ޔަޤީންވިއެވެ. މީކާންގެ މަންމަގެ ސަބަބުން މީކާން ހަލާކުވާކަށް އޭނާ ނޭދެއެވެ. “މް..މީކާން…” އީރަމްގެ އަޑަށް އިސްޖަހައިގެން އިން މީކާން ބަލައިލީ ސިހިފައެވެ. […]
އަލްވާން ޔުޝްރާ އާ ދިމާއަށް ބަލަންފެށުމުން ޔުޝްރާ އަށް ވަރަށް އުނދަގުު ވިއެވެ. ” ޔެސް … އަައި ރިއަލީ ލައިކް ޔޫޫ … ” އަލްވާން ޔުޝްރާގެ މޫނުގައި ދެ އަތުން ހިފަހައްޓާލަމުން ބުނެލި އެވެ. ޔުޝްރާ ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފަ އެވެ. ލަދު ގަންތްފަ ހުރި ވަރުން ގުޑިލަން ވެސް ނުކެރިފަ އެވެ. ހަގީގަތުގަ ޔުޝްރާ ވެސް އަލްވާން ދެކެ ލޯބި ވެއެވެ. ” އެންމެ ފުރަތަމަ ޔުޝް ފެނުނު […]
އުޝާ ވަތްއިރު ޔަނާލާއި މިހުރާން ރޭގަނޑުގެ ކެއުމަށް ތިބިތަން ފެނުމުން އުޝާވެސް ސޯފާމަތީގައި ލެޕްޓޮޕް ބެހެއްޓުމަށްފަހު ކާން އެރިއެވެ. “ކޮބާ އިޝާން؟” ތައްޓަށް ބަތްއަޅަމުން އުޝާ ސުވާލުކޮށްލިއެވެ. “ޒާހިދު ސާރގެ އަދަބު އޭނާއަށް އޮންނާނެއެއްނު. އަވަހަކަށް ނާދެވޭނެ އެސޮރަކަށް.” އުޝާގެ ސުވާލަށް ޖަވާބުދިނީ މިހުރާނެވެ. ކައި ނިމިގެން އުޝާ ޔަނާލާއި މިހުރާންގެ ފަހަތުން ވަނީ އެމީހުންގެ އެޕާރޓްމެންޓަށެވެ. ކޭސްގައި އެމީހަކަށް ޖެހުނު މަސައްކަތްތައް ފުރިހަމަ ކުރަން ހަމަޖެހިލިއެވެ. ޔަނާލްގޮސް އިށީނީ ކާމޭޒުކައިރީގައެވެ. އޭނާގެ ޓެބު މޭޒުމަތީގައި ބާއްވުމަށްފަހު […]
އީރަމްގެ ނަޒަރު އިރުއިރުކޮޅާ ހުއްޓެނީ ކުރިމަތީ އިށިނދެ އިން ވަހީދުއަށެވެ. ވަހީދުގެ ހަބަރެއް ދަބަރެއް އޭނާއަށް ލިބިފައިނުވި ސަބަބު އެނގުނީ ވަހީދުގެ ބަލިހާލަތު ހިއްސާކުރުމުންނެވެ. ލަމްޔާ ދުނިޔޭގައި ނެތުމުގެ ހިތާމަވެރިކަން ދެމީހުންވެސް އެއްވަރަކަށް އެދަނޑިވަޅުގައި ކުރިއެވެ. އަމިއްލަ ހާލަތުގައި އަމިއްލަ ބަލިމަޑުކަމުގެ ސަބަބުން އީރަމްއާއި ވަހީދުއަށް ލަމްޔާއާއި ދުރުވެވުނު ކަމަށްޓަކައި އެތަށް ހިތާމައެއްކުރިއެވެ. ލަމްޔާ އެކަނިވެރިވިޔަ ނުދެވުނުނަމައެވެ. އޭނާއަށް އެއްބާރުލުންދޭންޖެހުނު ދުވަހު އެދެމީހުންވެސް އޭނާއަށްޓަކައި ނުވުމީ އިންތިހާއަށް ދެރަވެ ހިތާމަކުރެވުނު ކަމަކަށެވެ. “ހަނދާންވޭ…! އަދިވެސް ހަނދާންވޭ ލަމްޔާ […]
އަނެއްދުވަހު އޮފީހަށް ދިޔަ އީރަމް ހުރީ މީކާންއާއި ވާހަކަދައްކަން ބޭނުންވެފައެވެ. މީކާން ކިތަންމެ ރުޅިއަޔަސް އޭނާ މީކާން އާއި ކުރިމަތިލާނެއެވެ. އާދަވެގެން ކޮންމެ ރެއަކު ގުޅާ މީކާންގެ އަޑު ރޭގައި ނީވުމުން އެކަމާއި އީރަމް އިންތިހާއަށް ދެރަވިއެވެ. ނަމަވެސް އޭނާ ގޮތްދޫކުރަނީ މިކަމަށް ހުއްޓުމެއް ގެނެއްސައެވެ. އެތެރެއަށް ވަދެގެން އެ ދިޔަގޮތަށް އީރަމް ގޮސް ހުއްޓުނީ މީކާންގެ ކެބިން ދޮރުކުރިމަތީއެވެ. މީކާން ރުޅިވެރިކަމާއި އެކު ފައިލެއްގެ ގަނޑުތަށް އުކަމުންދިޔަތަން ބަލަންހުރެފައި އީރަމް އެތެރެއަށް ދެމިގަތީ ޓަކިވެސްޖެހުމެއްނެތިއެވެ. މީކާން ފާޑަކަށް […]
ދެދުވަސްފަހެވެ. އޮފީސް ނިމުނުގަޑީގައި އީރަމް އާއި އެކު އޮފީހުން ނިކުތް މީކާން ހުއްޓުނީ ކާރުކައިރީގައެވެ. އޭނާއަށްވުރެ ކުރިންނާއި ފަހުން ނިކުތް މުވައްޒަފުންތައް ހިނިތުންވެލައިގެން އެދެމީހުންނަށް ބަލަހައްޓައިގެން ތިބިގޮތުން އީރަމް ލަދުގަތެވެ. އެންމެންނަށްވެސް އެދެމީހުންގެ ދޭތެރޭ ގުޅުމެއްވާކަން އެނގި އެކަމާއި ޖެއްސުންކުރާ ކޮންމެ ފަހަރަކު އީރަމް ލަދުން ވިރިގެންދެއެވެ. “މިއަދު ހިނގާ އަހަރެމެންގެ ގެޔަށް ދާން… އިރުކޮޅަކުން ކުލާސް އިންނާނެއެއްނު…” މީކާން ބުނި އެއްޗަކަށް އީރަމް ބޯޖަހާލިއެވެ. ދެމީހުންވެސް ކާރަށް އަރާ ހަމަޖެހިލުމަށްފަހު މީކާން ކާރު އަނބުރަން މަސައްކަތްކުރިއެވެ. […]