Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާނަމޭ އުމުރަށް އެކީ ޖާނާ 16

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
April 7, 2020 9 Mins Read
23 Comments

އީރަމްގެ ނަޒަރު އިރުއިރުކޮޅާ ހުއްޓެނީ ކުރިމަތީ އިށިނދެ އިން ވަހީދުއަށެވެ. ވަހީދުގެ ހަބަރެއް ދަބަރެއް އޭނާއަށް ލިބިފައިނުވި ސަބަބު އެނގުނީ ވަހީދުގެ ބަލިހާލަތު ހިއްސާކުރުމުންނެވެ. ލަމްޔާ ދުނިޔޭގައި ނެތުމުގެ ހިތާމަވެރިކަން ދެމީހުންވެސް އެއްވަރަކަށް އެދަނޑިވަޅުގައި ކުރިއެވެ. އަމިއްލަ ހާލަތުގައި އަމިއްލަ ބަލިމަޑުކަމުގެ ސަބަބުން އީރަމްއާއި ވަހީދުއަށް ލަމްޔާއާއި ދުރުވެވުނު ކަމަށްޓަކައި އެތަށް ހިތާމައެއްކުރިއެވެ. ލަމްޔާ އެކަނިވެރިވިޔަ ނުދެވުނުނަމައެވެ. އޭނާއަށް އެއްބާރުލުންދޭންޖެހުނު ދުވަހު އެދެމީހުންވެސް އޭނާއަށްޓަކައި ނުވުމީ އިންތިހާއަށް ދެރަވެ ހިތާމަކުރެވުނު ކަމަކަށެވެ.

“ހަނދާންވޭ…! އަދިވެސް ހަނދާންވޭ ލަމްޔާ އައިސް އަހަރެން ކައިރީ މަންމަގެ އޮފީހުގައި އަލިފާން ރޯވެއްޖޭ ބުނި ހަނދާން.. އަހަރެންނަށް ލަމްޔާގެ ފަހަތުން ދުއްވައިގަނެވުނު ގޮތެއްވެސް ނޭނގެ..”

އީރަމްގެ ދެލޮލުން ކަރުނަހިލުނެވެ. އޭނާއާއި އެއްވަރަށް ވަހީދު ސިއްސައިގެންދިޔައީ ދޮރުގައި ބާރުބާރަށް މީހަކު ތަޅަންފެށުމުންނެވެ. ދެމީހުންވެސް ދެލޯބޮޑުކޮށްލެވިފައި އެކަކު އަނެކަކަށް ބަލާލިއެވެ. ކުރިމަތި ހުރި ސިޓީއުރަތަށް ހަމަޖައްސާލަން އަވަސްވެގަތް ވަހީދުއަށް ބަލާލާފައި އީރަމް ހިނގައިގަތީ ދޮރާއި ދިމާލަށެވެ. ދޮރުގެ ތަޅުގައި ހިފައި އަނބުރާލާފައި ހުޅުވައިނުލަނިސް އެކޮޅުން ދޮރު ފަހަތަށް ކޮށްޕާލިއެވެ. އެތެރެއަށް ވަދެގެން އައީމީހުންގެ ތެރޭ އިސްވެ ހުރީ އިތުރު އެހެންމީހެއްނޫނެވެ.

“ޔޫސުފް ސަރ…” އީރަމްގެ ދެލޯ ބޮޑުވިއެވެ. ނުދަންނަ އިތުރު ތިންމީހުންގެ ފަހަތުން އެމީހުންނާއި ބައްދަލުކުރީ ވިހަ ހިނިތުންވުމަކާއި އެކު ހުރި މުނާއެވެ.

“ވަހީދޫ… އީރަމް ނޫންމީހެއް ހަމަ ނުލިބުނީތަ ތިކަންތައް ފަޅާ އަރުވަން… ހާދަ ދެރައޭ.. އެންމެ ރަނގަޅުގޮތް ބުނަން، އީރަމް މަންމަ ކައިރިއަށް ދާހެން ވަހީދުވެސް ވަހީދު އަންހެނުން ކައިރިއަށް ދިޔުން..” މުނާގެ ވާހަކަ ހުރިގޮތުން އީރަމްގެ ހިތުގައި ބިރުވެރިކަން ވަށާލިއެވެ. ސޯފާގައި އިށީނދެ އިން ވަހީދުއަށް އީރަމް ބަލައިލިއިރު ވަހީދު މަސައްކަތްކުރަމުންދިޔައީ ސިޓީ އުރަތަށް ފޮރުވޭތޯއެވެ.

“މީކާން ގަބޫލެއްވެސް ނުކުރިޔޭ ދޯ.. އަޅޭ… އީރަމް… އެކަމް ކީއްކުރާނީ؟ އަހަރެންނާއި ކުރިމަތިލީ އެންމެންވެސް ޖެހޭނީ ގޮތްދޫނުކޮށް އެ ގޮތުގައި ހުރެ ހަފޫޓު އަޑީގައި ވަޅުލެވެން.. އީރަމް މަންމަވެސް ފަހުވަގުތާއި ޖެހެންދެން މަސައްކަތްކުރި.. އެކަމް ކިހިނެއްވީ؟ އީރަމް މަންމަ އޮތީ ކޮންތާކު؟ އަހަރެން މިހުރީ ކޮންތާކު؟ އަހަރެންނަށް ހަމަ ގައިމުވެސް ނުލިބޭ އެއްވެސް ގެއްލުމެއް.. އަހަރެން އޭރުވެސް ބުނިން އީރަމްގެ މަންމަ ކައިރި ތިކަން ހުއްޓާށޭ އެއްވެސް ފައިދާއެއްނުވާނޭ… އެކަމުވެސް ދެވަނަ ފަހަރަށްވެސް ތިންވަނަފަހަރަށްވެސް އަހަރެންގެ ފުރަގަހުގައި ހުރެ އީރަމްގެ މަންމަ މަސައްކަތްކުރީ އަހަރެން ފަޅާ އަރުވާލަން..” މުނާ އެހެން ބުނީ އޭނާއާއި ނުހަނު ކައިރީ ހުރި އީރަމްގެ ކޮލުގައި ހިފާ ފިއްތާލަމުންނެވެ. މުނާގެ އަތް ދުރަށްލެވޭތޯ އީރަމް ގަދަހެދިއެވެ. ނަމަވެސް މުނާ ހިނިގަނޑެއްޖަހާލާފައި އީރަމް ކޮށްޕާލިއެވެ. ވަހީދު ފޯނުނަގާތަން ފެނި ޔޫސުފު އާއި އޭނާގެ ބައިވެރިން ވަހީދު ވަށާލިއެވެ. އަދި އޭނާގެ އަތުން ފޯނާއި ސިޓީއުރަތަށް ދަމައިގަނެވޭތޯ މަސައްކަތްކުރިއެވެ.

“އިތުރު އެއްޗެއް ހުރިތޯ ބަލާ….” މުނާގެ އަމުރަށް މީހަކު ގޭތެރޭގެ ތަންތަން ބަލަންފެށުމުން އީރަމް ހަލުވިކަމާއި އެކު އެ ބިޔަހަށިގަނޑުލީ މީހާ ހުއްޓުވޭތޯ އުޅުނެވެ.

“ކީއްކުރާހިތުންތަ ތިއުޅެނީ؟ މީކާން އުފާވާނެތަ ތިހުރިހާ ވާހަކައެއް އިނގުނީމަ؟؟ ކީއްވެތަ ތިހެން ތިހަދަނީ؟؟؟ ކީއްވެގެންތަ؟” އީރަމް ގެ ސުވާލުތަށް އަމާޒުވީ މުނާއާއެވެ. މުނާ ޖަހާލީ ހިނިގަނޑެކެވެ.

އީރަމްއަށް ކުރީދުވަހެއްގައި ދޮންމަންމަ ދިން ފޮށިގަނޑު އެމީހާ ވައްޓާލުމާއި އެކު އޭގެތެރޭ އޭނާ ގެންގުޅުނު ކުދިކުދި އެކި ކުލައިގެ ބަރަނި އަޅާ ސެޓާއި އަތުފެހުމަށް ބޭނުންވާ ބުރާއި އެހެން ސާމާނުތައް ތަޅުންގަނޑުމައްޗަށް ވެއްޓުނެވެ. އީރަމްގެ ލޮލުން ކަރުނަހިލުނީ ވެއްޓުމާއި އެކު އެއިންކޮންމެއެއްޗެއް ހަލާކުވެދިޔަ މަންޒަރު ފެނިފައެވެ. ކުރީގައި އޭނާ ފެހި އެތަށް އެއްޗެހިތަކެއްވެސް އޭގެތެރޭ އޮތެވެ. އެތަނުން އީރަމްގެ ލޮލުގައި އަޅައިގަތީ އޭނާގެ ނަމުން ރީތިގޮތަކަށް އަތުފެހުމުން، އޭނާއަށް އެންމެ ކަމުދާ ޑިޒައިނުން ފުރިހަމަކުރެވިފައިވާ އޭނާގެ މަޑުފެހިކުލައިގެ ރުމަލެވެ. އީރަމްގެ ތުރުތުރުއަޅަމުންދިޔަ އަތުން އެ ނަގައި އަތުތެރޭ ފޮރުވާލުމަށްފަހު ކަބަޑުމަތީ އޮތް އިތުރު އެއްޗެއް ނަގާ އެރުމާލާއި އެކީ ނިވާކޮށްލިއެވެ. އެއަށްފަހު މުނާއާއި ކުރިމަތިލީ ރުޅިވެރިކަމާއި އެކުގައެވެ.

“ހީކުރީ ސަލާމަތްވެވޭނެކަމަށްތަ؟ މިތަކެތި އަހަރެމެން އަތުން އަތުލެވުނީމަ އެ ނިމުނީކަމަށްތަ؟ ވަރަށް ބޮޑަށް ސޮރީ..” އީރަމް ގެ ދެލޮލުން ކަރުނަ ހިލިފައި އަޑު ތުރުތުރުއަޅަމުންދިޔައެއްކަމަކު އޭނާ މުނާއާއި ކުރިމަތިލީ ސާބިތުކަމާއި އެކުގައެވެ. މުނާ ހީކުރިހާ ބަލިކަށި މީހެއްނޫންކަން އޭނާ ދައްކަން ބޭނުންވެއެވެ. މުނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔުމާއި އެކު ވަހީދުގެ މޫނުމަތިންވެސް ފެނުނީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

“އަސްލު އަހަރެން ހިއެއްނުކުރަން މުނާ މިތަނަށް އަންނާނޭކަމަކަށް… އެކަމް މި ހެކިތަށް ނައްތާލިޔަސް މުނާއަކަށް ސަލާމަތްވެވޭކަށް ނެތް… މާ ލަސްވެއްޖެ..” އީރަމް އަށް އެހެންބުނެވުނުއިރު އޭނާގެ ލޮލަށް ޖަމާވިކަރުނަތަށް ފައިބައިގެންދިޔައެވެ. އޭނާއާއި ވަހީދު ބައްދަލުވެ ސިޓީތަކެއްގެ ވާހަކަދެއްކުމާއި އެކު އޭނާ އެ ފޮށިގަނޑަށް އަވަސް ނަޒަރެއް ދެވުނީ ދޮންމަންމަ ގެ ވާހަކަ ހަނދާންހުރެގެންނެވެ. އޭގެ ތެރޭ އޮތް ސީޑީ އާއި، އެ ސިޓީއުރަތަކުގައި ހުރި ނުރަނގަޅު ނިޔަތުގައި މުނާގެ ކުންފުންޏަށް އެތެރެވި ކޮންމެ ފައިސާއެއްގެ މައުލޫމާތުތަކާއި މަނީ ލޯންޑަރިންގ ގެ ހުރިހާ ލިޔެކިޔުމެއް ވިއެވެ. ވީޑިޔޯ ބަލާލުމާއި އެކު އީރަމްއަށް ރޮވުނީ އޭނާގެ މަންމަ މުނާފަދަ މީހަކާއި ހިތްވަރާއި އެކު ކުރިމަތި ލީގޮތްފެނިފައެވެ. ވަހީދު އޭނާއާއި ނަބާހާގެ ފަހު ބައްދަލުވުމުގައި އީރަމްއަށް ރައްދުކޮށްދެން އެދުނު މެސެޖު ބުނެދިނުމުން އީރަމްގެ ހިތުގައި ޖެހުނެވެ. ހަމަ އެ ވަގުތުކޮޅު މަންމައާއި މެދު އޭނާ މިހުރިހާ ދުވަހު ދެކުނުގޮތް އެކީ ބަދަލުވިއެވެ. މަންމަގެ ހިތްވަރަށް ތައުރީފުކުރެވުނެވެ. މަންމަގެ ގޮތްދޫނުކުރުމުގެ ސަބަބުން އީރަމްގެ ދިރިއުޅުން ހަލާކުވީކަމަށް ބުނެ މަންމަ ކުށްވެރިކުރެވުނު ވަރު ހަނދާންވެ އިތުރަށް ރޮވުނެވެ. ނަމަވެސް އޭނާ މިއަދު ހިތުގެ އަޑިން އޭނާގެ މަންމަގެ ހިތްވަރުގަދަކަމާއި ކެރޭކަން ގަބޫލުކޮށްފިއެވެ. އަދި މަންމަ ފަދައިން މުނާގެ އަސްލު ސިފަ ދުނިޔެއަށް ހާމަކުރުމަށް ގަދަ އަޒުމެއް ކަނޑައެޅިއެވެ. އޭނާގެ ތޫނުފިލި ވިސްނުމާއި އެކު ކަމެއް ރޭވުމަށްފަހު އަތަށް ފޯނު ނަގާ ހެޔޮވަރުކޮށްލިއެވެ.

“ކީއްވެ ބޭބެ އަހަރެން ކައިރިއަށް ތިއައީ؟ ބޭބެއަށްވެސް މިތަކެތި ފުލުހުންނާއި ހަވާލުކުރެވޭނެ…”

“ބޭބެ މިކޮޅަށް އައިގޮތަށް ވަގުތުން އެ ހުރިހާ އެއްޗެއް ތައްޔާރުކޮށް އީރަމް ގެ ކުރީގެ އެޑްރެހަށް ފޮނުވިން.. ބޭބެ ގަބޫލުކުރާ ގޮތުގައި މުނާއާއި ދެކޮޅަށް މި ހަނގުރާމަ ފެށީ އީރަމްގެ މަންމަ، އެހެންވީމަ އެ ނިންމާލުމުގެ ހައްޤު ލިބިގެންވާނީ އީރަމްއަށް.. އަިދ މިހުރިހާ ކަމެއްގެ ހަޤީޤަތްވެސް އީރަމްއަށް އިނގެންޖެހޭނެކަން ގަބޫލުކުރަން… މި ފުލުހުންނާއި ހަވާލުކުރުމުގެ ކުރިން އީރަމްއަށް އިނގެންޖެހޭނެ އީރަމް މަންމަ މަރުވެދިޔައީ ކޮން އެއްޗެއްސެއްގެ ސަބަބުންކަން…” ވަހީދު ބުނި ބަހަށް އެއްބަސްވުމުގެ ގޮތުން އީރަމް އަވަސްއަވަހަށް ބޯޖަހާލިއެވެ. މުނާގެ ވީޑިޔޯއިން އޭނާގެ އިތުރު ސިއްރެއްމިވަނީ ފަޅާއަރާފައެވެ. އެއީ އޭނާއާއި މީކާންގެ ގުޅުމެވެ. އަދި އެ ގުޅުމާއި ދޭތެރޭ މުނާ ދެކޭ ގޮތެވެ. މީކާންގެ އަސްލު މަންމައަކީ ނާޒީގެ މަންމަކަންވެސް އީރަމްއަށް އެނގުނެވެ. މިހުރިހާ ކަމެއް އެއްފަހަރާ މީކާން ކުރިމަތިލައިގެން އޭނާ ހަލާކުވެދާނެއެވެ. އެހުރިހާ ހިތާމައެއް އޭނާ ބަރުދާސްތުކުރެވޭނެހެއްޔެވެ؟ އީރަމްގެ ކުރިމަތީ ހުރި މުނާއަކީ ހިތުގައި އެއްވެސް ރަހުމެއް ކުލުނެއް ނެތް މީހެއްކަން އެނގުމުން މީކާންގެ ހިތް ފަޅިފަޅިވާނެއެވެ.

ހިޔާލުތަކުން އީރަމްއަށް ބޭރުވެވުނީ އޭނާގެ ކަންކަށިމަތީގައި މުނާ ޖެހި ބާރުއެތިފަހަރަކުންނެވެ. މުނާގެ ހިތުގައި ބިރުވެރިކަން ވަށާލީ އެބާރުގަދަ ހަމަލާގެ ރައްދުގައި އީރަމް ހިނިގަނޑެއްޖަހާލީމައެވެ. އީރަމް އާއި ވަހީދުގެ މޫނުމަތިން ޖެހިލުންވެފައި ތިބިތަން  ނުފެންނާތީ މުނާ އިތުރަށް ބިރުގަތެވެ. އީރަމް އެއުޅެނީ ރަނގަޅު ރޭވުމެއް ރާވައިގެންކަން މުނާއަށް ޔަޤީންވިއެވެ. ޔޫސުފު ވަހީދުގެ ފަހަތުން ފާރަލަމުން އީރަމްގެ ގެޔަށް އައިއްސާ އެ މައުލޫމާތު މުނާއަށް ދިނުމުން މުނާވެސް އަވަސްއަރުވާލާފައި އެގެޔަށް އައީ އޭނާގެ ބާރުގަދަކަން ހާމަކޮށްދިނުމަށެވެ. އެއްވެސް މީހެއްގެ ފައިބުޑަށް މުނާ ނުވެއްޓޭނެކަމާއި އަރައިފައިބާ ރާޅެއްހެން ދޭ އިންޒާރުތަކަށް ނުހެލޭނެކަން ބުނެދޭށެވެ. ނަމަވެސް މި ގޭތެރެއިން މިފެންނަނީ މުޅިން އެހެން މަންޒަރެކެވެ. އީރަމްގެ މޫނުމަތީ ހިތާމަ ވިއެއްކަމަކު އޭނާ ހުރީ އިސްއުފުލާ ނުހަނު ކެރިގެން މުނާއަށް ހިނިތުންވެލައިގެންނެވެ. ޔޫސުފުއަތުގައި ހެކިތައް އެކުލެވޭ ސިޓީއުރަތަށް އޮތުމުންވެސް އެމީހުން އެކަމާއި ބިރުގަތްހެންނެއް ހިއެއްނުވެއެވެ. މުނާ ހިންދިރުވާލާފައި އީރަމްއަށް ބަލާލިއެވެ. އަދި އީރަމްގެ އަތުގެ މުލައްދަނޑީގައި ހިފާ ފާރުގައި ޖައްސާ ފިއްތާލިއެވެ.

“ކީއްކުރީ ބުނޭ ރީއްޗަށް… އަހަރެން އައީމަ ކަލޭ ބިރެއްވެސް ނުގަނޭތަ؟ މިހިސާބުން ކަލޭމެން ދެމީހުންގެ ކުޅިގަނޑު ނިމުނީކަން ނޭނގެނީތަ؟؟ އަހަރެންނަށް ކަމެއްނުކުރެވޭނެކަމަށް ހީނުކުރައްޗޭ.. އަހަރެން……”

“މަރާލާނީ؟ އަމިއްލަ މީހާ ކުރި ނުބައި ޢަމަލު ފޮރުވުމުގެ ގޮތުން އޮފީސްތެރޭގައި އެވަގުތު ހާޒިރުވެ ތިބި ފަންސަވީސްމީހުން މަރާލި ގޮތަށް، މީކާންގެ ބައްޕަ މަރާލިގޮތަށް އަހަރެންވެސް މަރާލާނީތަ؟” ބޮޑު ސިއްރެއްގެ ގޮތުގައި އޮތް ސިއްރު ފާޅުކަން ބޮޑު ގޮތެއްގައި އީރަމް ޖެހިލުމެއްނެތި ބުނުމާއި އެކު މުނާއަށް ލިބުނީ ހައިރާންކަމެކެވެ. އީރަމްގެ އަތުން އޭނާގެ އަތް ދޫވިވަގުތު ނަޒަރު ހުރީ ކެރިގެން އޭނާއާއި ކުރިމަތިލައިގެން ހުރި އީރަމްއަށެވެ. އެ ހާދިސާއަކީ މުނާ ފިޔަވާ އިތުރު މީހަކަށް އިނގޭ ކަމެއްނޫނެވެ. ދެން އީރަމް އެހާ ކެރިފައި އެހެން އެބުނީ ކީއްވެބާއެވެ؟

“ހީކޮށްފާނެ ކިހިނެއްހޭ އީރަމްއަށް އިނގެނީ…. އެކަމް އަހަރެން މިބުނީކި އަހަރެންނަށް އެނގިގެންނެއްނޫން… އަހަރެން ވަރަށް މައުލޫމާތު އެއްކުރިން މުނާގެ… މިވީ ހަދުވަސް އަހަރެން ހޭދަކުރީ އެގޮތުގައި… އަހަރެންނަށް ލިބުނު މައުލޫމާތެއްގައި އޮތީ، އިންޑިޔާގައި ކާރު އެކްސިޑެންޓެއްގައި މުނާގެ ފިރިމީހާ މަރުވިވާހަކަ… ސަލީމް ދޯ ކިޔަނީ؟ ހުމްމް.. ދެން އިތުރަށް ކިޔާލިއިރު މިއިނގުނީ އޭގައިވެސް ހަމަނުޖެހޭ ބައެއް ތަންތަން ހުރިކަމަށް.. ޖަވާބުނުލިބޭ ސުވާލުތަކެއް އެ އެކްސިޑެންޓުގައި ހުރިކަމަށް… އެ ހޯދަން އިންޑިޔާ ފުލުހުން ދެކޮޅު ހެދިކަމަށް… އަހަރެންގެ ހިތުގައި ސުވާލުއުފެދުނީ އަނެއްކާ އެއީވެސް މުނާގެ ކަމެއްބާއޭ…. އަހަރެން އެހެންބުނީކީ ޔަޤީންވެފައިހުރެއެއްނޫން އެކަމް އެނގިއްޖެ އެ ނިކަމެތި ފުރާނަ ދުއްވާލީވެސް މުނާކަން… ދެން އެކަން ފޮރުވަން އެތާންގައި ބޮޑު އެންޖިއޯއެއް ހުޅުވައިގެން އުޅުނެއްކަމަކު އެ ވިޔަފާރިވެސް ނޭނގެ އެ ހިނގަނީ ހަލާލު ފައިސާއިންކަމެއް.. އަހަރެން މިވީ ހަދުވަހު ހޯދާހޯދާ ނުފެނުނު ހުރިހާ ހެއްކެއް އޮތީވެސް އަހަރެން އަތުގައި، ވަހީދުބޭ ފޮނުވާފައި….”

އީރަމް ދެއްކި ކޮންމެ ވާހަކައަކުން މުނާގެބިރުވެރިކަން ދިޔައީ އިތުރުވަމުންނެވެ. އޭނާއަށް ހީވި ހީވުމެއްގެ މައްޗަށް ބިނާކޮށް މުނާގެ ދިރިއުޅުމުގައި ކުރިއްޔާ ކުރި ކަންތަކެއްގެ ވާހަކައެއް އެދިޔައީ ފަރުދާ ނަގާ ފާޅުކޮށް އެވާހަކަ ދައްކަމުންނެވެ. އެއީ ވަހީދުއަށްވެސް އެނގިފައިނުވާ ވާހަކައެއްކަމުން އޭނާއަށްވެސް ލިބުނީ ހައިރާންކަމެކެވެ. މުނާގެ ހަރަކާތްތަކުންނާއި މޫނަށް ވެރިވި ކުލަތަކުން އެއީ ދޮގެއް ނޫންކަން އެމީހުންނަށް ހާމަވިއެވެ. އިރަމްގެ އިސްޖަހާލާފައި ބަލައިލީ އޭނާގެ އަތުތެރޭ އޮތް ރުމަލާއި އެކު ފޮރުވާލެވިފައިވާ ސައުންޑްރިކޯޑަރަށެވެ. އެވަރަކުން އެ ފޮށިގަނޑާއި ދިމާލަށް ގޮސް އެތާ ކަބަޑުމަތިން އެ ނެގުމުގެ ބޭނުމަކަށްވީ ދަޢުވަތަކާއި ނުލާ އޭނާއާއި ބައްދަލުވި މެހެމާނުގެ ހުރިހާ ވާހަކައެއް ރިކޯރޑްކޮށް އޭނާގެ ހުރިހާ ކަމެއް ދުނިޔޭގެ ކުރިމައްޗަށް ނެރުމެވެ. އޭނާ ބޭނުންވިފަދައިން މުނާގެ ހިތުގައި އަލިފާނުގެ ހުޅުކޮޅު ރޯވެ މީހާގެ ހަށިގަނޑު އަނގުރު އަލިފާނަށް ވާކަށް މާ ގިނައިރެއްނުނެގިއެވެ. އައި ރުޅީގައި އަނެއްކާވެސް އީރަމްގެ އަތުގައި ހިފާ އޭނާ ފާރުގައި ޖެހޭވަރަށް ކޮށްޕާލިއެވެ.

“އާނ.. އަހަރެން މަރާލީ އަހަރެންގެ ފިރިމީހާ… އާނ އަހަރެން ނުހައްޤުން މީހުން އަތުން ފައިސާވެސް ނެގިން އަދި އެބޭނުންވެސް ކުރީ ނުރަނގަޅު ގޮތުގައި.. ކީއްކުރެވޭނީ ކަލެއަށް؟ އޭނ… ބުނެބަލަ.. އަހަރެން އަތުގައި ކުޑަ ތުރުތުރެއްވެސް ނުލާ އެ ފަންސަވީސްމީހުން ތިބި އިމާރާތް ރޯކޮށްލަން ހުޅު ރޯކުރިއިރު، އެއަށްފަހު އަހަރެން ކުރި އެކްސިޑެންޓުން މަރުވި އަހަރެންގެ ފިރިމީހާއަށްޓަކައި ކުޑަވެސް ރަހުމެއް ނުކުރަން.. އޭނާއަށް މާ ބޮޑަށް އެނގުނީ އަހަރެންގެ ފަށުފުއްތައް.. އަހަރެން ކުރާ ކަމަކާއި ދެކޮޅުވާ އެންމެންވެސް ވަނީ މަރު.. ކަލޭ ހީކުރީ ތިހާ ކެރިގެން މޭފުއްޕާފައި އަހަރެންނާއި ވާހަކަދެއްކީމަ އަހަރެން ބިރުގަންނާނެކަމަށްތަ؟ ނޯ.. މައި ޑާރލިން… އަހަރެން ކަލޭ މަންމަ މަރާލިހެން ކަލޭވެސް މަރާލާނަން…” އީރަމްގެ ކޯތާފަތުގައި ފިރުމާލުމަށްފަހު މުނާ އެހެން ބުނީ ހުރިހާ ދަތްތަށް ފެންނަވަރަށް ހީލާފައެވެ. އެކުޑަ ވަގުތުކޮޅުގައި މުނާ ކުރަން އުޅޭކަމަކާއި މެދު އީރަމް ބިރުގަތީ އެމޫނުމަތިން ކުޑަވެސް ޖެހިލުމެއްނުފެންނާތީއެވެ.

“މުނާ.. އީރަމްގެ ވިސްނުން ތޫނުކަން… މުނާ ތިގޮތަށް އަންނާނެކަމަށްނޫން އެކޮއެ އެހެން ހެދީ.. އެކަމް މުނާއާއި ދެކޮޅަށް ނަބާހާ އެއްކުރި ހުރިހާ ލިޔެކިޔުމަކާއި މުނާ ނުހައްޤުން ފޭރުނު ހުރިހާ ލާރިތަކާއި ބޭއިންސާފުން ކުރި ހުރިހާ އަމަލެއް ހިމެނޭ ލިޔެކިޔުންތައް އަދި މުނާ އާއި ނަބާހާގެ ފަހު ބައްދަލުވުމުގައި ތިދޭތެރޭ ހިނގި ހަމަނުޖެހުމާއި އަލިފާން ރޯކޮށްލުމުގައި މުނާ އަތެއް ވާކަމުގެ ވީޑިޔޯ ފުލުހުންނަށް ފޮނުވައިފި.. މިހާރު މުނާގެ ހުރިހާ ކުޅިގަނޑެއް ނިމުނީ.. ފުލުހުން މިހާރު މުނާ ހޯދާނެ..”

ވަހީދުގެއަޑަށް މުނާ ގެ ގައިން ހީބިހިނަގައިގަތެވެ. އީރަމްގެ މޫނަށްއޭނާއަށް ބަލާލެވުނީ ރުޅިވެރިކަމާއި އެކުގައެވެ. ވަހީދު ބުނި އެއްޗަކުން އަލިފާންގަނޑަށް ތެޔޮ އަޅާލިފަދައިން މުނާ ކެކިގަތެވެ. މުނާގެ މޫނުމަތިން ފެނުނު ބިރުވެރިކަމެއްގެ ސަބަބުން އޭނާގެ ދަށުވެފައި ހުރި އީރަމް ކައިރިއަށް ހިނިއައެވެ. މުނާ އައި ރުޅީގައި އީރަމް ތަޅުންގަނޑުމައްޗަށް ވައްޓާލާފައި ފައިން އީރަމްގެ ބަނޑުގައި ޖެހިއެވެ. ލިބުނު ބާރު ގަދަ އަނިޔާއިން އީރަމްއަށް ވީތަދުން ދެފައި ކުރުކޮށްލެވުނެވެ. ވަހީދު ނޫނެކޭ ކިޔާފައި އެދިމާލަށް އަންނަން މަސައްކަތްކުރުމުން ޔޫސުފު ހިފެހެއްޓިއެވެ. މުނާގެ ދެވަނަ ހަމަލާ އަމާޒުވީ އީރަމްގެ ބޮލަށެވެ. ނަމަވެސް އީރަމް އެހުރިހާއިރުވެސް އޭނާގެ އަތުގައި ފޮރުވާލެވިފައިވާ އެތި ދުލެއްނުކުރިއެވެ.

“އަހަރެންނަށް އަނިޔާދިނަސް، މުނާއަކަށް ނެތް ދެން ސަލާމަތްވެވޭކަށް.. ހިތުން އަލިފާން ރޯކޮށްލީ މަންމައާއި އެކު އެ ހުރިހާ ހެތްކެއް ނެތި ފަނާކޮށްލަން، އެކަމު މަންމަ ފަހުވަގުތުވެސް އެ ހުރިހާ އެއްޗެއް އޮތީ ވަހީދުބެއަށް ފޮނުވާފައި.. މަންމަ ސަލާމަތުން ހުރި ފަހުވަގުތުކޮޅުވެސް އެވަނީ މުނާއާއި ދެކޮޅަށް ކުރެވެން ހުރި ހުރިހާ ކަމެއްކޮށްފައި… އެހެންވީމަ ހީނުކުރާތި އަހަރެންނަށްވެސް ކަމެއް ނުކުރެވޭނޭ… މަންމަ ފުރާނަ ދުއްވާލާފައި ސަލާމަތްވިޔަސް، މިއަދު އަހަރެން ފުރާނަ ދުއްވާލާފައި ސަލާމަތެއް ނެތް ވެވޭކަށް….” ދެލޯ ހުޅުވައިގެން އޮންނަން މަސައްކަތްކުރަމުން ދިޔަ އީރަމްގެ ދުލުގައި ވި ބަސްތަކުން މުނާ ކައިރިއަށް އިތުރަށް ރުޅިއައެވެ. ކުރެވޭ ނުކުރެވޭ ނޭނގި ހުރެ އޭނާ އެދުނީ މިތަނުގައި ހުޅުރޯކުރާށެވެ. މީހާގެ ދެލޯ ބޮޑުވެ ތުރުތުރުއަޅަންފެށިއެވެ.

ވަހީދު ގަދަކަމުން ކަހަލަ ގޮތަކަށް އެތަނުން ނެރެފައި ދެން ތިބި މީހުންތައް މަސައްކަތްކުރި މުނާ ގެ އަމުރަށް ބޯލެނބޭތޯއެވެ. ދެފައި ކުރުކޮށްލައިގެން މަންޒަރު ބަލަން އޮތް އީރަމްއަށް ކޮއްޅަށް ތެދުވުން ވީ ބުރަކަމަކަށެވެ. އޭނާގެ ބޮލަށް ބަރުވެ ހެޔަށް ގޮތްވާހެން ހީވަމުންދިޔައެއްކަމަކު އީރަމް ދިޔައީ ދެލޯ ނުމަރާވޭތޯ މަސައްކަތްކުރަމުންނެވެ. މުނާ ބިރުގަނެ ހިތްވަރުއެލިފައިވާ މޫނު ފެނި އީރަމް ކައިރިއަށް ހިނިއައެވެ. ކޮންމެ ކަމެއްކުރިޔަސް ދެން މުނާ ސަލާމަތެއްނުވާނެއެވެ. އީރަމް ދެން ދުނިޔެއަޅާ ދާންޖެހުނަސް ދާނީ އުފަލުންނެވެ. މީކާންއަށް ހަޤީޤަތް އިނގޭކަށް މާ ގިނަ ވަގުތެއްނެތެވެ. ފުލުހުން މިހާރު އުޅޭނީ މުނާ ހޯދަންކަން ގައިމެވެ. ޔޫސުފުގެ ބައިވެރިޔާ މުނާ އެދުނުގޮތަށް ކަންތައްކޮށްފައި ލައިޓަރު ގެނެސް މުނާގެ އަތަށް ލައިދިނިމުން މުނާ ބޭނުންވާ ތަނެއްކައި އަލިފާން ރޯކޮށްލާފައި އެތަނުން ބާރުބާރަށް ހިނގައިގަތެވެ. އީރަމްގެ ދެލޯ ކުރިމަތީ ކުޑަކުޑަކޮށް ރޯވެފައިވާ އަލިފާންގަނޑު ފެތުރެން މާ ގިނައިރެއް ނުނެގިއެވެ. މުނާ ދޮރުލައްޕާފައި ދިޔުމުގެ ސަބަބުން އެތާތެރޭގައި ދުންހިފާލީ ތަންދޮރު ނުފެންނަހާ ވަރަށެވެ. އީރަމް ގައިގާ ނެތްބާރުލާ އެތަނުން ތެދުވީ ސަލާމަތްވުމުގެ ގޮތުންނެވެ. އަލިފާނަކީ އޭނާ އެންމެ ބިރުގަންނަ އެކައްޗެވެ. އަތުގައި އޮތް ރުމަލާއި ސައުންޑްރިކޯޑަރުގައި ބާރުކޮށް ހިފަހައްޓާލާފައި އޭނާ ހަށިގަނޑު ސީދާކޮށްލިއެއްކަމަކު ގައިގައިވި ރިހުމެއްގެ ސަބަބުން އޭނާއަށް ފާރުގައި ލައްގަންނަން މަޖުބޫރުވިއެވެ. ނޭވައި ހާސްވެ އޭނާގެ ހަށިގަނޑުތެރެއަށް ދުމުގެ އަސަރު ކުރަންފެށުމުން އީރަމް އަށް ތަޅުންގަނޑުމައްޗަށް ތިރިވެވުނެވެ. ދާދިކައިރީ ހުރި ދޮރާއި ދިމާލަށް ހަށިގަނޑު ކާއްތަމުންކަހަލަ ގޮތަކަށް އޭނާ ގޮސް ބާރުބާރަށް ދޮރުގައި ތަޅަންފެށިއެވެ.

…………………………….

ވަހީދުގޮވައިގެން އިމާރާތުން ބޭރަށް ނިކުތުންވީ އުނދަގޫކަމަކަށެވެ. އޭނާގެ އަޑާއި އެއްވަރަށް ހަށިގަނޑު މަސައްކަތްކުރާލެއް ހަލުވިކަމުން މުނާގެ އެދުމަށް އޭނާ ހޭނައްތާލާވަރުގެ އަނިޔާއެއް ދިނުމަށްފަހު ސިޑިގޮޅިތަކުތެރޭ ބާއްވާފައި ބާރު ހިނގުމެއްގައި އިމާރާތުން ނިކުތެވެ. އެމީހުން ހޭނެތުނީކަމަށް ހީކޮށްފައި ވަހީދު ބާއްވާފައި ދިޔައެއްކަމަކު ވަހީދުގެ ހޭހުއްޓެވެ. އޭނާ އަޑުގެ ނެތްތަނަށް މީހެކޭ ގޮވަމުން ތެދުވަން މަސައްކަތްކުރިއެވެ. އޭނާއަށް އެހީވެދޭން ގާތްވެލީ ޖެހިގެން ހުރި ގެއަކުން ނިކުތް ޒުވާނެކެވެ. އެޒުވާނާ ވަހީދުއާއި ކައިރިވުމާއި އެކު އޭނާ ވަގުތުން އެދުނީ އީރަމް އުޅޭތަނަށް ދިޔުމަށެވެ.

“އަހަރެން ދޫކޮށްލާފައި ދޭ.. އެކުއްޖާ ކައިރިއަށް ދޭ.. އެތެރޭގައި ވީ.. އަލިފާން ރޯވަނީ…” ވަހީދުގެ އަޑު ކިރިޔަ ކިރިޔާ އިވޭކަމެވެ. ޒުވާނާ އަވަސްކޮށްލާފައި ދުއްވާގަތީ އެހީތެރިއަކުވެސް ގޮވައިގެންނެވެ. އެ ދެ ޒުވާނުންނަށް އީރަމްގެ ކޮޓަރިއާއި ހަމައަށް އާދެވުނުއިރު އެތަނުން ދުން ނިކުންނަތަން ފެނި ދެލޯ ބޮޑުވެގެންދިޔައެވެ. އެކަކު އެކަމާއި ބެހޭ މާހިރުންނަށް ގުޅަން ފެށުމުން ދެންހުރި ޒުވާނާ މަސައްކަތްކުރީ ދޮރުހުޅުވޭތޯއެވެ. ނަމަވެސް ދޮރުގެ ތަޅު ބިންދާލާފައިހުރުމުގެ ސަބަބުން އެކަން ކުރުންވީ އުނދަގޫކަމަކަށެވެ.

އެދެމީހުންވެސް ފައިގަޔާއި ހަށިގަނޑުގައި ނެތްބާރުލާ ދޮރުގައި ތަޅަމުން ފަހަތަށް ކޮށްޕޭތޯ މަސައްކަތްކުރަމުންދިޔައެވެ. އެތަނަށް އެހިސާބުގައި އުޅޭ އެހެންމީހުންވެސް ޖަމާވެގެންދިޔައިރު އެކަކު އަނެކަކު ކައިރި ވީގޮތް އޮޅުންފިލުވަން މަސައްކަތްކުރިއެވެ. ނަމަވެސް އެކަކަށްވެސް ވީނުވީއެއް ނޭނގެއެވެ. އިމާރާތުތެރެއިން ނިކުންނަމުންދިޔަ ދުންތަކުގެ އަސްލެއް ނޭނގެއެވެ. އެތަށް މަސައްކަތަކުން ދޮރު ހުޅުވުނުއިރު އެތެރެއިން ނިކުތް ދުންތަކުން މުޅި ހިސާބު ވަށާލިއެވެ. ކަޅު ދުންތަކުތެރެއިން އެތަނުތެރެއަށް ވަންނަން ވީ އުނދަގޫކަމަކަށެވެ. ނަމަވެސް އެންމެންގެވެސް ލޮލުގައި ދޮރުކައިރީ އޮތް އީރަމް ފެނި އަވަސްވެގަތީ އީރަމް އެތަނުން ނެރުމަށެވެ. ދެން ތިބި ބަޔަކު އެތަނުތެރެއަށް ވަދެ މަސައްކަތްކުރީ އަލިފާން މަތަކުރެވޭތޯއެވެ.

“އަލިފާނުގެ އަސަރު ހުރީ ވަރަށް ކުޑަވެފައި އެހެންވެ އެހާ ދުންބޮލީ… ނިއްވާލެވޭނެ.. ހިނގާ…” އެތެރެއިން ނިކުތް މީހަކު އެހެން ބުނުމާއި އެކު އެއްވެ ތިބި މީހުންގެ ތެރެއިން ޒުވާނުންކޮޅެއް އެތެރެއަށް ދެމިގަތެވެ. ދެންތިބި މީހުން މަސައްކަތްކުރީ އީރަމް ހޮސްޕިޓަލަށް ގެންދެވޭތޯއެވެ.

……………………

އެތަނުތެރެއިން ސަލާމަތްވި މުނާގެ މިޝްރާބު ހުރީ ހުޅުމާލެއަށެވެ. ގެޔަށް އެނބުރި ދިޔުމުގެ ބަދަލުގައި އޭނާ ފިލުމަށް ތައްޔާރުވީ މިހާރު ފުލުހުން އޭނާ ހޯދާނެކަމުގެ ޔަޤީންކަން އޮތީމައެވެ. ކުރީބައިގައި އޭނާ ފޯނުވެސް ނިއްވާލިއެވެ. އަދި އެއްވެސް މީހަކަށް އޭނާގެ ހިލަންނުވާނެހާ ތަނަކީ އެންމެ ތަނެއްކަން އޭނާ ޔޫސުފު ކައިރި ބުންޏެވެ. މުނާގެ ފޯނަށް އެތަށް އިރެއްވަންދެން ގުޅަމުންދިޔަ މީކާންގެ ނަޒަރު ހުއްޓުނީ ކުރިމަތީ ތިބި ދެ ފުލުހުންނަށެވެ. އެމީހުން މުނާ ހޯދަން އައި ސަބަބު އެނގެން ބޭނުންވިއެއްކަމަކު އޭނާއަށް އިތުރު ކަމަކާއި ސުވާލުނުކުރެވުނީ އަންނަމުންދިޔަ ފޯނުކޯލެއްގެ ސަބަބުންނެވެ. ގުޅަނީ ލާހިންކަމުން އޭނާ ވަގުތުން ފޯނުނެގިއެވެ. އޭނާއަށް ލިބުނު ހަބަރަކުން ދެލޯ ތަންމިނަށް ހުޅުވިގެންދިޔައިރު ވަގުތުން އޭނާ ހޮސްޕިޓަލަށް ދާން ނިންމިއެވެ. ކުރިމަތީ ތިބި ދެ ފުލުހުންނަށް ޖަވާބެއް ނުދީ މީކާން ދުއްވައިގަތުމުން އެމީހުންވެސް މީކާންގެ ފަހަތުން ދިޔައެވެ. މުނާ ގޭގައި ނެތްކަން އެމީހުންނަށް ޔަޤީންވިއެއްކަމަކު މުނާގެ ދަރިފުޅު މީކާންއަށް ކޮންމެވެސް އެއްޗެއް އިނގޭނެކަމާއި މެދު އެމީހުންނަށް ޝައްކެވެ.

މީކާން ހޮސްޕިޓަލަށް އާއިރު އެއްވެސް މީހަކު އެމަރޖެންސީގައި އަދި ނުގެނެވޭކަމުގެ ހަބަރު ލިބުމުން ބޭރުގައި މަޑުކޮށްލިއެވެ. އެވަގުތު އެމްބިއުލާންސް އައިސްމަޑުކޮށްލީ އޭނާގެ ކުރިމަތީގައެވެ. އިއްތިފާގަކުން ލާހިންއަށް އީރަމްގެ ގޭކައިރީ ހުރެވުނުކަމުން ހިނގި އަލިފާނުގެ ހާދިސާގައި އީރަމް ހޮސްޕިޓަލަށް ގެންދޭވަކަމުގެ މައުލޫމަތު ލިބި އެކަން މީކާންއަށް ހިއްސާކުރަން އަވަސްވެގަތެވެ. އެމްބިއުލާންސްއިން ނެރުނު އީރަމް ދިޔައީ ގަދަޔަށް ކެއްސަމުންނެވެ. ފަހަތުން ނިކުތް ލާހިންއާއި އަދި މެދުއުމުރުގެ މީހަކު ފެނުމުން އެމީހާއާއި ދިމާ މީކަން ބަލައިލީ އެއީ ކާކުކަން ނޭނގޭތީއެވެ. އެމީހާ ބޮލުގައި އައިސްޕެކް ޖައްސާފައި ހުރިއިރު ހިނގަމުންދިޔަ ގޮތުން އޭނާއަށްވެސް އަނިޔާއެއްލިބިފައިވާކަން މީކާންއަށް ފެނުނެވެ. ދުއްވާ އެނދުގައި ބާއްވައިގެން އެތެރެއަށް ގެންދަމުންދިޔަ އީރަމް އާއި ނުހަނު ކައިރިން މީކާންވެސް ދިޔައީ ހިނގަމުންނެވެ. އީރަމް އާއި ވާހަކަނުދައްކާ ހޭދަކުރެވުނީ ކިތަންމެ ގިނަދުވަހެއްކަމަކު އީރަމްއަށް އަނިޔާއެއްލިބި ނުވަތަ ކަމެއްވެގެން އީރަމްއަށް ދެރައެއްލިބިއްޖެނަމަ މީކާންއަށް ކެތެއްނުކުރެވޭނެއެވެ. މެރެމުންދިޔަ އީރަމްގެ ދެލޮލުން މީކާންގެ ސޫރަ ފެނުމާއި އެކު އޭނާ ގެ އަނގައިން މީކާންގެ ނަން ނިކުތެވެ. އެއްޗެއް ބުނަން ބޭނުންވިޔަސް އީރަމްއަކަށް ނުބުނެވުނެވެ. އެހެންކަމުން މީކާންގެ އަތުތެރެއަށް އޭނާގެ އަތުތެރޭ އޮތް ރުމަލާއި ސައުންޑްރިކޯޑަރު ދިނެވެ. ސުވާލުއުފެދިފައި ހުރެ މީކާން އީރަމްއަށް ބަލާލުމުން އީރަމް ގެ ތުންފަތް ހަރަކާތްކުރިއެވެ.

“ފުލުހުންނަށް…. ދީ.. ޕް..ޕްލީސް..” އީރަމްގެ ފަހަތުން މީކާންއަށް ދެވުނީ އެހިސާބަށެވެ.

ހަށިގަނޑާއި އެއްވަރަށް ދެފައި އެހުރިތާ މަޑުކޮށްލާފައި އޭނާގެ އަތުތެރޭ ރުމަލަކުން އޮޅާލާފައި އޮތް ކަޅު ރިކޯޑަރަށް ބަލާލިއެވެ. މިއީ މިޒަމާނުގައި ވަރަށް މަދުންނޫނީ ފެންނަ އެއްޗެއް ނޫނެވެ. އަނެއްކާ މިއީ ކޯޗެއްބާއެވެ؟ އީރަމް މީތި ފުލުހުންނަށް ހަވާލުކުރަން އެބުނީ ކީއްވެހެއްޔެވެ؟ ހިތްއަވަސްވެފައި ހުރެ މީކާން ތަންކޮޅެއް ދުރަށްޖެހިލިއެވެ. އެއަށްފަހު ރުމާ ރަނގަޅަށް ނިއުޅާލާފައި ޖީބުތެރެއަށް ލީ އޭގެ ތެރޭ އޮތް ރިކޯޑަރަށް ހުރި ޝައުގެއްގެ ބޮޑުކަމުންނެވެ. އެމްބިއުލާންސާއި އެކު އައި ފުލުހުންނާއި މީކާންއާއި އެކު އައި ފުލުހުންނާއި ބައްދަލުވެ ވާހަކަތަކެއް ހިއްސާކުރާތަން މީކާންއަށް ފެނުނެވެ. ދެން ފެނުނީ މީގެ ކުރިން ފެނުނު ދެބައިއުމުރުގެ މީހާ އެމީހުންނާއި ވާހަކަދައްކާތަނެވެ. އެއިންކަމަކަށް ނުވިސްނަން ހުރި މީކާން ރިކޯޑަރާއި ކުޅޭ ދެތިން ފިތަށް ފިތައިގެން އެއިން އެއްޗެއް ޕްލޭވެގެންދިޔައެވެ. އިވިގެންދިޔަ ވާހަކަތަށް ގަބޫލުނުކުރެވިފައި މީކާންއަށް އެތަށް އިރަކު ހުރެވުނެވެ. ފަހަރަކު ވާހަކައަކަށްފަހު ވާހަކައެއް އޭނާގެ ކަންފަތަށް އިވިގެންދިޔަގޮތަށް ހިތަށް ދިޔައީ ހަންޖަރުތަކެއް ފަދަ ތޫނު އެއްޗެހިތަކެއް ހެރެމުންނެވެ. އޭގައި އީރަމްއާއި ވާހަކައެދައްކަނީ އިތުރު އެހެންމީހެއްނޫނެވެ. އޭނާގެ މަންމައެވެ. މުނާއެވެ. އަމިއްލަ އަނގައިން ކުރި ކުށްތަކަށް އެއްބަސްވި އަޑުއިވި މީކާންއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ފާރުގައި ލައްނުގަނެވުނުނަމަ އޭނާ ވެއްޓުނީސްކަން ގައިމެވެ. އޯޑިޔޯ ނިމުނުއިރު އީރަމްއަށް އަނިޔާވެރިވީވެސް މުނާކަން ޔަޤީންވެގެންދިޔައެވެ. މީކާންގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފާއްދާލިއިރު އޭނާގެ މޭތެރޭ އޮތް ހިތް ދިޔައީ ފަޅިފަޅިވެގެންނެވެ. އެތަށް އަހަރެއްވަންދެން ‘ރޯލް މޮޑެލް’އެއް ފަދައިން ގަބޫލުކުރި، އިތުބާރުކުރި މީހަކީ އެހާ ގޯސްމީހެއްކަން މީކާންއަށް ކުރިން އިނގުނުނަމައެވެ. ބައްޕައެއް ނެތި ހޭދަކުރެވުނު 8 އަހަރުވެސް ހޭދަވީ އިތުރު އެހެންމީހެއްގެ ސަބަބުންނެއްނޫނެވެ. ހަމައެކަނި މީކާންގެ މަންމަގެ ސަބަބުންނެވެ.

މީކާން ސިހުނީ އޭނާގެ ކޮނޑުގައި މީހަކު އަތްއަޅާލުމުންނެވެ. އޭނާއާއި ކުރިމަތިން ބައްދަލުކުރީ އެ ނުދަންނަ މީހާއާއި ފުލުހުންނެވެ. މީކާންގެ ދެލޮލުންފޭބި ކަރުނަތަށް އަތުގެ ނުފުށުން ފޮހެލުމަށްފަހު އޭނާގެ އަތުގައި އޮތް ރިކޯޑަރު ފުލުހުންނަށް ހަވާލުކުރިއެވެ.

“މިހާރު އެނގިއްޖެ ކީއްވެގެންކަން މަންމަ ހޯދީ… އެކަމު މަންމަ ގެއިން ނިކުތްތާ ވަރަށް ގިނައިރުވެއްޖެ.. އެގަޑީ ގެއިން ނިކުމެގެން ދިޔައީ ކޮންތަނަކަށްކަން ތި ރިކޯޑަރުގެ އެހީގައި އިނގޭނެ.. އަހަރެންނަކަށް އެއްވެސް ވަރަކަށް ނޭނގެ މަންމަ ވީތަނަކާއި މަންމަ ދިޔަތަނެއް..” މީކާން މާޔޫސްވެފައި އެހެން ބުނުމުން ފުލުހުން އޭތި ޕްލޭކުރިއެވެ. އެމީހުންނަށްވެސް ލިބުނީ ހައިރާންކަމެކެވެ. މީކާން ކައިރި މިއީ ކޯޗެއްތޯ އެހުމުން އެއީ އީރަމް ދިން އެއްޗެއްކަމުގައި އޭނާ ބުނެދިނެވެ. އެއާއި އެކު ފުލުހުން ހިއްސާކުރީ އެމީހުންނަށް އީރަމްގެ ފަރާތުން ލިބުނު މައުލޫމާތުތަކެވެ. އެ މައުލޫމާތަކީ ސައްހައެއްޗެއްކަމާއި އޭގައި އެއްވެސް އުނިއިތުރުކަމެއް ނެތްކަން ހާމަކޮށްދެނީ އީރަމް ފޮނުވާފައި އިން ވީޑިޔޯއެވެ. އިތުރު ހެކިތައްވެސް އީރަމް ހަވާލުުކުރި އޯޑިޔޯއިން މިވަނީ މިހާރު ހާމަވެފައެވެ.

“އެ ވިޑިޔޯއިން އިނގޭ ގޮތުގައި 2 ޖެނުއަރީ 2009 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާ އަކީ މުނާ ކުރިކަމެއްކަން ހާމަވޭ.. އީރަމް ފޮނުވާފައި ހުރި ވަރަށް ގިނަ ލިޔުންތަކަގެ ފޮޓޯއިން މުނާގެ ކުށްތައް ސާބިތުވޭ….” ފުލުހުންގެ އެ ކުޑަކުޑަ ޖުމްލައިން މީކާންއަށް ލިބުނީ ސިހުމެކެވެ. އީރަމް ދެއްކި ކޮންމެ ވާހަކައެއް އޭނާގެ ބޮލުގައި ކޮށްޓަމުންދިޔައެވެ. އެއާއި އެކު ލަމްޔާ ބުނި ކޮންމެ ބަހަކާއި އެދުވަހު ރޯވި ބޮޑު ހުޅުގަނޑު އޭނާގެ ލޮލުކުރިމަތި ކުޅެލަކުޅެލަ ހުއްޓެވެ. އެތަނުތެރެއިން ނެރެމުންދިޔަ މީހުންތަކާއި އެތާތިބި މީހުންތަށް ރޯއަޑެވެ. މަރުވެދިޔަ ކޮންމެ ނަފްސަކާއި އެއާއިލާއަކަށް އެ ހިތާމަތަށް ކުރިމަތިވީ މީކާންގެ މަންމަގެ ސަބަބުންނެވެ. އެތަށް ދުވަހެއްވަންދެން އެ ކުށުގައި ނުބެދި ދުވެވޭތޯ ކުރިމަސައްކަތް މިވީ ބޭކާރެވެ. އެ ކުށްވެރިޔާގެ ދަރިޔަކަށްވުމާއި މެދު މީކާން ހިތާމަކުރެއެވެ. ލަދުގަނެއެވެ. ހުރިހާ ކަމެއްވީ އޭނާގެ ސަބަބުންނޭ ހިތަށް އަރައެވެ. މަންމަ އަށް ކުރި އިތުބާރު ފުނޑުފުނޑުވެއްޖެއެވެ. އަހަރުތަކެއްވަންދެން ލޯބީގައި ހައްޔަރު ކުރި ލަމްޔާގެ ދިރިއުޅުމާއި ލޯބިވާ އީރަމްގެ ދިރިއުޅުން މި ހަލާކުކޮށްލީ އިތުރު ކާކުހެއްޔެވެ؟ މީކާންގެ މަންމައެވެ. އީރަމްއާއި ހަތަރުކަޅި ހަމަކުރަން މީކާން ޖެހިލުންވެއެވެ. ލަމްޔާގެ ނަން ދުލުން ނެރެމުން އެތަށް ފަހަރަކު މައާފަށް އެދުނެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އަހަރެން ވެސް ލޯބިވިން (ތަޢާރަފު)

Next

ހީވޭ ހިތް ބުނާހެން 32

Next
April 7, 2020

ހީވޭ ހިތް ބުނާހެން 32

Previews
April 7, 2020

އަހަރެން ވެސް ލޯބިވިން (ތަޢާރަފު)

23 Comments!

  1. Ryn says:
    April 7, 2020 at 10:29 am

    Good Morning!! 🙂 Let me know what you think about it ingey. Take care 😉 Next part tomorrow in sha Allah. See youuu guys!! I hope its interesting to you all.

  2. Afu says:
    April 7, 2020 at 11:13 am

    Gud morning…Ryn sissy mi baives hama perfect Masha Allah…. Sissy eeram maraa nulahche …. Eeram hama varah hihvaru gadha….. Mi vaahakaige bathalaa dhww sissy… Very interesting…. Muna ah ragalhu ladeh libihjje ehnu … Waiting for next part …. Luv u sissy ….. ❤️

    1. Ryn says:
      April 7, 2020 at 11:46 am

      Thankyou Afu!! Yes eeram eyahvure maa strong ehnu dhw 🙂 Thankyou, love you too 🙂

  3. Park Jimin says:
    April 7, 2020 at 11:16 am

    Good morning…. As usually story maashaa Allah Varah reethi…. I don’t know what to say… I am speechless…. Sis When next part… Take care… Stay home…..

  4. Park Jimin says:
    April 7, 2020 at 11:23 am

    Good morning…. As usually story maashaa Allah Varah reethi… I think munaa eeram maraalaane kanegeh… Sis eeram maraa nulahchey…. Keep it up…. ? ? ? sis you are the best author buneveeny…… Award libun hahgu ??

    1. Ryn says:
      April 7, 2020 at 11:46 am

      Hahaha lets see dhw 😉 thankyou so much Take care

  5. Ms_chocolate says:
    April 7, 2020 at 11:28 am

    Just woww… Waiting for next part…

    1. Ryn says:
      April 7, 2020 at 11:47 am

      Thankyou Ms Chocolate 🙂

  6. Afu says:
    April 7, 2020 at 11:34 am

    N anehbaige afu ge reply ga afu ah dhin hihvarah thank u …. Inshallah I will try my best ….. N yaa adhives school ga gr8 heheheheheh … Thank u age bunedhineema …. Luv u sissy ❤️??

    1. Ryn says:
      April 7, 2020 at 11:47 am

      Your welcome, always here to support you and others 😉
      Oh oh i miss my school days now hahaha, Love you too afu!

  7. Zaheee says:
    April 7, 2020 at 11:41 am

    Ey so now naaxee ahh meekaan ahh siblings dhoo ekah ahgah chey meekaan ah vahaka nimumuge kurin best story ever plxx mirey suprise eh dheeb

    1. Ryn says:
      April 7, 2020 at 11:48 am

      Yes zahee, Will try 😉 Take care Thankyou so much

  8. Afu says:
    April 7, 2020 at 12:03 pm

    Ryn are u using Whatsapp , messenger , Viber or hangout … Koh cheh u use kuranee can I talk u on some another app …. N thank u …. Plx can talk to u plx

    1. Ryn says:
      April 7, 2020 at 12:46 pm

      Readers can contact me through my page anytime, as i have told previously, ryn aai vaahaka dhahkaa contact kohlan beynunvaanama rynge fb ge page through koh kureveyne. RYN’S stories. 🙂

  9. shaakko says:
    April 7, 2020 at 12:38 pm

    masha allah ryn woww varah reethi mi part ves pls eeram ah gotheh nuhadhahche pls

    1. Ryn says:
      April 7, 2020 at 12:46 pm

      Thankyou Shaakko 😉

  10. Anthu says:
    April 7, 2020 at 2:13 pm

    Mi story nimuneetho???

    1. Ryn says:
      April 7, 2020 at 5:53 pm

      No 20 episodes ihnaane ☺️ So adhi ebain 4 episodes

  11. Kylie says:
    April 7, 2020 at 4:05 pm

    Maasha allah v reethi mi part vx…. V kiyaa hithun kiyanikoh a nimuny….Waiting fr nxt part.. Ly sis…

    1. Ryn says:
      April 7, 2020 at 6:02 pm

      Thankyou Kylie ❤️

  12. Siya says:
    April 7, 2020 at 5:39 pm

    V reethi.ryn ge needhey tha special page eh

    1. Ryn says:
      April 7, 2020 at 6:03 pm

      Thankyou siya, fb page ihnaane RYN’S stories

  13. Story lover says:
    April 8, 2020 at 1:56 am

    This is awesome dear…
    I loved it. Good work keep it up.
    ??????

Comments are closed.


All Right Reserved!