Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާނަމޭ އުމުރަށް އެކީ ޖާނާ 15

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
April 6, 2020 10 Mins Read
22 Comments

އަނެއްދުވަހު އޮފީހަށް ދިޔަ އީރަމް ހުރީ މީކާންއާއި ވާހަކަދައްކަން ބޭނުންވެފައެވެ. މީކާން ކިތަންމެ ރުޅިއަޔަސް އޭނާ މީކާން އާއި ކުރިމަތިލާނެއެވެ. އާދަވެގެން ކޮންމެ ރެއަކު ގުޅާ މީކާންގެ އަޑު ރޭގައި ނީވުމުން އެކަމާއި އީރަމް އިންތިހާއަށް ދެރަވިއެވެ. ނަމަވެސް އޭނާ ގޮތްދޫކުރަނީ މިކަމަށް ހުއްޓުމެއް ގެނެއްސައެވެ. އެތެރެއަށް ވަދެގެން އެ ދިޔަގޮތަށް އީރަމް ގޮސް ހުއްޓުނީ މީކާންގެ ކެބިން ދޮރުކުރިމަތީއެވެ. މީކާން ރުޅިވެރިކަމާއި އެކު ފައިލެއްގެ ގަނޑުތަށް އުކަމުންދިޔަތަން ބަލަންހުރެފައި އީރަމް އެތެރެއަށް ދެމިގަތީ ޓަކިވެސްޖެހުމެއްނެތިއެވެ. މީކާން ފާޑަކަށް އީރަމްއަށް ބަލާލާފައި ގޮށްމުއްކަވާލިއެވެ.

“އަހަރެން ބުނީމެއްނު އަހަރެންގެ ކުރިމައްޗަށް ނާރާށޭ.. ހީނުކުރައްޗޭ އީރަމް ބޭނުން އެއްޗެއް ކިޔާފައި ބޭނުން އެއްޗެއް ހެދޭނެއެކޭ.. އަހަރެންނަށް އީރަމް ވަޒީފާއިންވެސް ވަކިކޮށްލެވޭނެ…” މީކާންގެ ރުޅިވެރިބަސްތަށް އަޑުއިވިފައިވެސް އީރަމް ފަހަތަކަށް ނުޖެހުނެވެ. އޭގެ ބަދަލުގައި އޭނާ ދިނީ ހިނިތުންވުމެކެވެ.

“މީކާން….” އީރަމްގެ ލޯބި އަޑު އިވިފައި މީކާން ގެ ހަރުހިތް މަޑު ކަފަކޮޅަކަށް ވެގެންދިޔައެވެ. އީރަމްގެ މޫނުމަތިން ފެންނަމުންދިޔަ ފުރިހަމަ ހިނިތުންވުމެއްގެ ސަބަބުން އޭނާ ގެ ރުޅި ހިނދެންފެށިއެވެ.

“އަހަރެން ވަރަށް ލޯބިވޭ މީކާންދެކެ.. އަހަރެން ހުއްޓާނީ މީކާންއަށް ހަޤީޤަތް ހާމަކުރެވުނީމަ… އެހެންވީމަ މިއަދުން ފަށައިގެން އަހަރެންނާއި މީކާން ގެ ދެމެދު ބޮޑު ހުރަހެއް އެޅޭނެކަން އިނގޭ.. އަދި މީކާންގެ ފަރާތުން އަހަރެންނަށް ވަރަށް ގިނަ ރުޅިވެރިކަމާއި ކުރިމަތިލާންޖެހޭނެކަންވެސް އިނގޭ… އެކަމް އަހަރެން އެ ހުރިހާ ކަމަކަށް ކުރީބައިގައި މީކާންއަށް މާފުކޮށްފިން.. އަހަރެން އެއްވެސް އިރެއްގައި ބޭނުމެއްނުވި މި ހަނގުރާމައަކަށް އަރާކަށް.. އަހަރެން މާޒީއާއި ދުރަށް ދުވި ހަމައެކަނި ސަބަބަކީވެސް އެއީ.. އަހަރެންގެ މަންމަ ދޫކޮށްފައި ދިޔަ ހަނގުރާމަ އަހަރެން ކުރިއަށް ގެންދާކަށް އަހަރެން ނޭދެން.. އެއީ ބާރުވެރިންނާއި ފައިސާވެރިންގެ އަތްމަތީ ވަނީ މީހުންގެ އިތުބާރު… ކާމިޔާބުވެސް އޮތީ ހަމައެމީހުންއަތުގައި….. އަހަރެންނަށް އިނގޭ މީކާން އަހަރެންގެ އަތުން ދޫކޮށްލައިފިކަން… އަހަރެން ތިއަތުގައި ދެން ހިފާނީ މީކާންގެ ލޮލުގައި އެޅުވިފައިވާ ފޮތިގަނޑު ނައްޓުވާލާފައި… އަހަރެން މިހާރުވެސް އަދި އަބަދުވެސް ލޯބިވާނީ މީކާންދެކެ… މީކާން އަހަރެން ކޮށްޕާލާ އަހަރެންނަށް އަނިޔާދިނަސް އަހަރެންގެ ހިތަކުން ތި ލޯތްބެއް ނުފިލާނެ.. އެއީ ހަޤީޤަތް ފޮރުވިފައިވާތީ މީކާންއަށް ކުރެވޭ ކަމެއްކަން އަހަރެންނަށް އިނގޭ… މީކާން ދެކެ އަހަރެން ވަރަށް ވަރަށް ވަރަށް ލޯބިވޭ.. ކުރިންވެސް އިންތިޒާރު ކުރިހެން މީކާންގެ އަތުގައި އަނެއްކާވެސް ހިފަން އަހަރެން އިންތިޒާރުކުރާނަން..” މީކާންގެ ޖަވާބަކަށް މަޑުކުރުމެއްނެތި އީރަމް މީކާންގެ އަތުގައި ހިފާ ބޮސްދިނެވެ. އޭނާގެ ތުންފަތުގައި ހާކާފައި ހުރި ކުލަމަޑު  ލިޕްސްޓިކްގެ ފާހަގަ އެރުމާއި އެކު އޭނާއަށް ހެވުނެވެ. މީކާން އޭނާއަށް ކޮށްފާނެކަމަކާއި މެދު ބިރެއްވެސް ނުގަނެއެވެ. އެއްފައި ހާކަމުން ކަހަލަ ގޮތަކަށް އީރަމް ނިކުމެގެންދިޔައީ މީކާންއަށް މައުނަވީ ހިނިތުންވުމެއް ދީފައެވެ.

މީކާން އީރަމްދެކެ ލޯބިވާކަން އީރަމްއަށް ރަނގަޅަށް އިނގެއެވެ. އޭނާ ހަނގުރާމައިގެ މައިދާނަށް އެރީ މީކާންގެ އަތުން ދޫކޮށްލާފައެވެ. އެއީ މީކާންއަށްޓަކައިވެސްމެއެވެ. މީކާންއަށް ހަޤީޤަތް އެނގޭދުވަހު އޭނާ ކައިރިއަށް އަންނާނެކަން އީރަމްއަށް ރަނގަޅަށް އިނގެއެވެ. އެގުޅުމަށާއި މީކާންއަށް އީރަމް އިތުބާރުކުރެއެވެ. މީކާން މިގަޑީގައި ކުރިމަތިލާނޭ ކަންތައްވެސް އީރަމްއަށް އިނގެއެވެ. އަމިއްލަ މައިމީހާއާއި ދޭތެރޭ އެކަހަލަ ވާހަކައެއް އިވުނީމާ ގަބޫލުކުރަން އެންމެންނަށްވެސް ވާނީ އުނދަގޫކަމަކަށެވެ.

އޮފީހުގައި އޭނާ މިއަދު އުޅެންޖެހުނީ ވަރަށް ބުރަކޮށެވެ. ދޭތެރެއަކުން މީހުންނަށް އިއްވާލާފައި ބުނެލާ ވާހަކަތަކުން އެންމެން ދަނީ ސިއްސައިގެންނެވެ. އީރަމްގެ ހަމަހިމޭންކަމަށް އާދަވެފައި ތިބި މީހުންނަށް އީރަމްގެ އަޑު އިވުން ވެގެންދިޔައީ އާދައަކަށް ހަދަން އުނދަގޫކަމަކަށެވެ. ކައިރި އިންނަ ހަމްދާއާއި ސުވާލެއްކޮށްލީމާ ހަމްދާވެސް ދަނީ ސިހިގެންނެވެ. ނަމަވެސް އެންމެން އުފާކުރީ އީރަމް ކާމިޔާބުކަމާއި އެކު ވާހަކަދެއްކޭތަން ފެނިފައެވެ. ބައެއްފަހަރު ކުޑަކޮށް އަޑުކެނޑި ވާހަކަކޮށިވެގެންދިޔައެއްކަމަކު އީރަމް ވަރަށް ހިތްވަރުގަދައެވެ. އެއްއަތުން އަނެއްތަނަށް ހިނގަންޖެހުނުލެއް ގިނަކަމުން އީރަމް ގެ ފަޔަށް ތަދުވިއެވެ. ނިމުނުގަޑީގައި އޭނާ ވަރުބަލިކަމާއި އެކު ގޮނޑިމައްޗަށް ޖެހިފައި އިރުކޮޅަކު އިނދެވުނެވެ.

ހަމްދާ ދާން ތައްޔާރުވެފައި ތެދުވެ އީރަމްއާއި ވާހަކަދެއްކިއެވެ. އީރަމް ނުދަނީހޭ އެހުމުން އިރުކޮޅަކުން ދާނަންކަމަށް ބުނެ ގޮނޑިގައި ހަމަޖެހިލިއެވެ. އެއަށްފަހު އެއްފައިމައްޗަށް ޒަހަމުވެފައިވާ ފައި ނެގުމަށްފަހު އަރައިގެން ހުރި އިސްޓާކީނު ބޭލިއެވެ. ކަމަކުދާކަށްނެތެވެ. އެވަރަށް ބާރުލާފައި ހިނގުމުގެ ނަތީޖާއަކަށްވީ މަލަމު ބޭރުންވެސް ލޭ ގެ އަސަރުތަށް ފެންނަހާ ވަރަށް ލޭއައުމެވެ. އީރަމް ފުންނޭވައެއް ދޫކޮށްލާފައި ފަސްޓްއެއިޑް ހޯދުމަށް އަވަސްވެގަތެވެ. ކޮންމެ ފަންގިފިލައެއްގައި ހުންނަ ކޮފީ މެޝެންކައިރި ހުރި ކަބަޑުތަކުތެރޭ ފަސްޓްއެއިޑް ބޮކްސް އޮންނަކަން އެނގިހުރެ އޭނާގެ ކަނާއަތު ބޫޓަށް ކިރިޔާ ފައި ލައްވާލައިގެން ހާކަމުން ކަހަލަ ގޮތަކަށް އަމިއްލަ ކެބިންއިން ނިކުތެވެ. އޭރުވެސް މުވައްޒަފުންތައް ނިކުމެގެން ދާ އަޑު އިވެމުންދިޔައެވެ.

ކުރީދުވަހެއްގައި ފަސްޓްއެއިޑް ފޮށި ފެނުނު ވަތްގަނޑުގައި އެނެތުމުން އީރަމް ތުންދަމާލިއެވެ. އެއަށްފަހު ހަރުކޮށްފައި ހުރި ފިލާ ގޮނޑިތަކުގައި އިށީނދެފައި އަނެއްކާވެސް ފައިނަގާ ފައިގެ ހުދުހަމުގައި ބޯކޮށް އަޅާލެވިފައިވާ މަލަމަށް ނަޒަރު ހުއްޓާލިއެވެ. އީރަމް ސިހުނީ އޭނާއާއި ނުހަނު ކައިރީ މީހަކު އިށީން އިހުސާސްވެގެންނެވެ. އޭނާގެ ކަނާތްފަރާތުގައި އިށީނދެ އިން މީކާންގެ އަތުގައި ފަސްޓްއެއިޑް ފޮށި އޮތްއިރު މިކާން މަސައްކަތްކުރަމުންދިޔައީ އީރަމްގެ މޫނަށް ނުބަލާވޭތޯއެވެ. އީރަމް ތުންފަތްމަތީ ކުޅެލީ ރީތި ހިނިތުންވުމެކެވެ. މީކާން ފަރުވާތެރިކަމާއި އެކު އީރަމްގެ ބޭސްމަލަން ނައްޓުވާލިއެވެ. ކޮންމެވެސް ވަރަކަށް ލޭ އަންނަމުންދިޔަ އެ ޒަޚަމު ފެނިފައި މީކާންއަށްވެސް އަސަރުކުރިއެވެ. ލޭ މަނާކޮށްފައި ލޭސާފުކޮށް ދެވަނަ ބޭސްގަނޑު އެޅީއިރުވެސް އީރަމްއަށް އިނދެވުނީ އޭނާއާއި ނުހަނު ކައިރީ އިން މީކާންއަށް ނަޒަރު ހުއްޓާލައިގެންނެވެ. މީކާންގެ މޫނު އީރަމްގެ މޫނާއި ކައިރިންލާފައި ދާ ކޮންމެފަހަރު އޭނާގެ ހިތްދަނީ ތެޅިގަނެގެންނެވެ.

“މިއަދު ޖެހޭނެ ހޮސްޕިޓަލަށް ދާން.. ފަހާފަ އިންތަނުގެ ރޮދިތައް…” މީކާން އަށް ފުރިހަމަނުކުރެވުނީ އޭނާއަށް އީރަމްއާއި ނުހަނު ކައިރީ އިނދެވުނުކަން އެނގުމުންނެވެ. އެވަގުތު ދުރަށް ދާން ބޭނުންވިއެއްކަމަކު އެދެލޮލަށް ބަލަހައްޓައިގެން އިރުކޮޅަކު މީކާންއަށް އިނދެވުނެވެ. އީރަމް މީކާންގެ ކޮލުގައި ތުންފަތް ޖައްސާލާފައި ހޭންފެށުމުން މީކާންއަށް ހަމަހޭވެރިކަން ލިބި ވަގުތުން ކޮއްޅަށް ތެދުވެ ކަރުކެހިލިއެވެ.

“ހީނުކުރާތި އަހަރެން އީރަމްއަށް މާފުކުރީއޭ… އަހަރެންނަށް ބަރުދާސްތުކުރެވޭ ވަރުކަމެއް ނޫން އީރަމް ކުރީކީ… އަހަރެން ވަރަށް ރުޅިއާދޭ.. އީރަމް ފެނުނަސް އަހަރެންގެ ބޮލުގައި ރިއްސައިގަނެ… އީރަމް.. އީރަމް އަށް އަހަރެން މިދެނީ އެއް ހަފްތާ.. ސާބިތުކޮށްދީ ތި ދެއްކި ވާހަކައެއްގެ ތެދުދޮގެއް.. ސާބިތުކޮށްދީ އަހަރެންގެ މަންމަ އަމިއްލަ ވިޔަފާރި ހަލާކުކޮށްލާ މަންމަގެ ދަށުން މަސައްކަތްކުރި މަންމައަށް އެންމެ ހާއްސަ ފަންސަވީސްމީހުން މަރާލިކަން.. ސާބިތުކޮށްދީ މަންމައަކީ އަނިޔާވެރިއެއްކަން.. އެކަން ނުކުރެވިއްޖެނަމަ އެދުވަހަކީ އަހަރެންނާއި އީރަމް ވަކިވާދުވަސް.. ބަލަމާ އީރަމް ތިހާ ކެރިފައި އެބުނި އެއްޗެއް އެހާ ކެރިގެން ސާބިތުވެސްކުރެވޭތޯ…..”

މީކާން ވާހަކަދެއްކިގޮތުންވެސް އޭނާ މަންމައަށް ކުރާ އިތުބާރު ދިޔައީ ހާމަވަމުންނެވެ. އޭނާ އީރަމްއަށް އެއް ހަފްތާ ދިނީ އޭނާއަށް ބުނެވުނު އެއްޗަކާއި މެދު ހިތާމަކޮށް މަންމައަށް މާފަށް އެދޭނެކަމުގެ އުއްމީދުގައެވެ. ނަމަވެސް އީރަމްގެ މޫނުމަތިން ފެނުނީ އެކަން ކުރުމަށްޓަކައި އާލާވި ޖޯޝާއި ފޯރިއެވެ. އީރަމް ގެ ހިތުގައި މީކާންގެ މަންމައަކަށްވީތީއޭ ކިޔާފައި ކުޑަވެސް އިޚުތިރާމެއް ހަމަނެތީހެއްޔެވެ؟ އެހާ ހަޑި މުޑުދާރު ވާހަކަ އީރަމްއަށް ބުނަންކެރުނީ ކިހިނެއްހެއްޔެވެ؟ ބިރުގަނެ ހާސްވާނެކަމަށް ހީކޮށްފައި މީކާން އެބުނި އެއްޗަކުން އީރަމް ގެ ހިތުގައި އޮތް އަޒުމު ވީ ވަރުގަދައެވެ. އެކަން މީކާންއަށް ސާބިތުކޮށްދޭން އޭނާ އިތުރަށް ބޭނުންވިއެވެ. އީރަމް ހިނިތުންވެލާފައި ބޯޖަހާލިގޮތުން މީކާންގެ ބޮލުގައި އިތުރަށް ރިއްސާލިއެވެ. އޭނާއަށް މިހުށައެޅުނު އެދުމަކީ އީރަމްއަށް ފުރިހަމަކުރެވޭނޭކަމެއްކަމަށް އޭނާ ނުދެކެއެވެ. ކުރާނީވެސް ކިހިނެއްހެއްޔެވެ؟ އެ ހުރިހާ ކަމަކީ އީރަމްގެ ހިތުގައި އޮތް އެއްޗެކެވެ. ލަމްޔާއާއި ވަކިވިގޮތާއި ލަމްޔާގެ ބަސްތަކުން އެތަށް ޒަމާންތަކެއްވަންދެން މީކާން އަމިއްލަ ނަފްސު ކުށްވެރިކުރިއެވެ. އީރަމްއަށްވެސް މީކާންގެ މަންމަ ކުށްވެރިއެކުރެވެނީ ފެނުނު މަންޒަރުތަކުންނާއި އެކަނިވެރި ދިރިއުޅުމެއްގައި އުޅެންޖެހުނުގޮތުންކަން މީކާން ގަބޫލުކުރީ އަމިއްލަ ތަޖުރިބާއަށް ވިސްނާފައެވެ. ނަމަވެސް އީރަމްއަށް އެދެމީހުންގެ ދެމެދުގައިވާ ގުޅުމަށްވުރެ އޭނާ އެޅުވި ދޮގު ތުހުމަތު ސާބިތުކޮށްދިނުން މުހިންމުކަން މީކާންއަށް އެނގުނެވެ. އޭނާގެ އަމިއްލަ ނަފްސު ދައްކާ ވާހަކަތަކަކީ ތެދުކަން ސާބިތުކޮށްދިނުން އޭނާއަށް މާ މުހިންމެވެ. އެދުވަހު އެއްވެސް މީހެއްގެ ކުށެއްނެތި ހިނގި އެ ހާދިސާގެ ކުށްވެރިއަކީ މަންމަކަން ސާބިތުކޮށްދޭން އީރަމް އެހުރީ ފައިވިއްދާފައެވެ.

“މީކާން…އަހަރެން އެކަނިން ދާނަން ހޮސްޕިޓަލަށް.. މީކާން ހާސްނުވޭ… އަހަރެން ހަށިގަނޑުން މިފެންނަ ޒަހަމަށްވުރެ މާ ބޮޑު ޒަހަމެއް މިހިތުތެރޭ ފޮރުވިފައިވޭ… އަހަރެންނަށް ނޭވައިލެވޭނީ އެ ޒަހަމް ފަސޭހަވީމަ.. ފަސޭހަވާނީ ކީއްކޮށްގެންކަންވެސް މިއަދު އަހަރެންނަށް އިނގޭ..” އީރަމް އެހެން ބުނެފައި މީކާން ކައިރިން ލާފައި ދުރަށް ހިނގައިގަތެވެ. ނަމަވެސް އޭނާގެ ދެފައިގައި ތަޅުއެޅުވުނީ މީކާން ގެ ދުލުން ނިކުތް ނަމެއްގެ ސަބަބުންނެވެ.

“ލަމްޔާ… ލަމްޔާ އަކީ އީރަމް ގެ ކާކު؟”

“އެއީ އަހަރެންގެ އެންމެ ގާތްއެކުވެރިޔާ. އެންމެ ކުޑައިރުންފަށައިގެން އަހަރެންނާއި އެކު އުޅުނު އެކުވެރިޔާ.. އަހަރެން ބުނީމެއްނު އަހަރެންގެ ގާތްކުއްޖެއްވެސް އަމިއްލައަށް މަރުވީއޭ.. ލަމްޔާ މިއަދު ދުނިޔޭގައި ހުރިނަމަ އަހަރެން އެކަނިމާއެކަނި މި ހަނގުރާމައާއި ކުރިމަތިލާކަށް ނުޖެހުނިސް… ލަމްޔާގެ މަންމަވެސް މަރުވެދިޔައީ އެ ހާދި..ސާ..ގާ… ސޮރީ…” އީރަމް އަށް އޮޅުމަކުން ފެށެން އުޅުނު ވާހަކައެއްގެ ސަބަބުން އަވަހަށް އެވާހަކަ ހުއްޓާފައި އެތަނުން ހިނގައިގަތެވެ. ތެދެކެވެ. އީރަމް ފަދައިން ލަމްޔާގެ ހިތުގައިވެސް އޮތީ މީކާންގެ އާއިލާއަށް ނަފްރަތެވެ. ލަމްޔާ ވެސް އޭގައި ކުށްވެރިވަނީ މީކާންގެ މަންމައެވެ. ލަމްޔާ މިއަދު ދުނިޔޭގައި ހުރިނަމަ އީރަމް އާއި އެކު އެ ހަނގުރާމަ ކުރީސްކަން ގައިމެވެ. ލަމްޔާ އެރޭ ރޮއެރޮއެފައި އެކީ އެއްޗެހިން އެކަނިވެސް މީކާންއަށް އެހުރިހާކަމެއް ސާފުވިއެވެ. މީކާންގެ މޫނުމަތިން ހައިރާންކަން ނުފެނުނީ އެއީ އޭނާ އުއްމީދުކޮށްގެން ހުރި ޖަވާބަކަށް އެ ޖަވާބު ވީމައެވެ. އެންމެ ފުރަތަމަ އީރަމްގެ ނަން  ފެނި އޭނާއަށް އެހާ ދަންނަ މީހެއްގެ ނަމަކަށް އެވީ އެހެންވެބާއެވެ. ލަމްޔާގެ ނަމާއި އެކު އީރަމްގެ ނަންވެސް އޭނާއަށް ވާނީ ކޮންމެވެސް ގޮތަކަށް އިވިފައެވެ. ލަމްޔާ ވަށައިގެން ކިތަންމެ ކުދިންތަކެއް ތިއްބަސް އޭނާ އަބަދުވެސް އަތުގުޅުވައިގެން އެކީ އުޅޭނީ އެންމެ ކުއްޖަކާއި އެކުގައެވެ. އެކުއްޖަކީ އީރަމްއެވެ. ނަމަވެސް އީރަމް ކައިރި އެވާހަކަ އޭނާ ބުނަން ބޭނުންނުވީ އެކަމާއިވެގެން އީރަމް ދެރަވެދާނެއަތީއެވެ. ދޭތެރެއަކުން މީކާން އެ ލޯބިވާ ކުއްޖާ ދުނިޔޭގައި ހުރިނަމައޭ ކިޔާފައި ބުނާ ބަސްތަކަކީ މަރުވެދިޔަ އީރަމްގެ އެންމެ ގާތްއެކުވެރިޔާ އަށް ބުނެވޭ ބަސްތަކެއްކަން އެނގިއްޖެއްޔާ ވާނެވަރު މީކާންއަށް އިނގެއެވެ.

އީރަމް ދެކެ ކިތަންމެ ރުޅިއައެއްކަމަކު އޭނާ އީރަމްއާއި މެދު ކުރަމުންދާ ފިކުރުތަކަކަށް ބަދަލެއްނާދެއެވެ. އޭނާއަށް ކަމެއްވެދާނެއަތީ ގަންނަ ބިރަކަށް ބަދަލެއްނާދެއެވެ. އީރަމް އުޅުނުގޮތްފެނިފައި އޭނާއަށް އެ ޒަހަމުގައި މަލަން އަޅާލެވުނީވެސް އެހެންވެގެންނެވެ. ކޮންމެ ގޮތެއްވިޔަސް އެއީ މީކާންގެ ހިތުގައި ނަށަމުން އަންނަ ރާނީއެވެ. މަންމައާއި އެކު ހިނގި އެކުޑަ ހަމަނުޖެހުމަށްފަހުވެސް އޭނާ އީރަމްދެކެ ވަމުން އައި ލޯތްބަކަށް ބަދަލެއްނާދެއެވެ. އެކަން އޭނާ ދައްކާކަށް ބޭނުމެއްނުވެއެވެ. ނަމަވެސް އީރަމް ބިރެއްފިކުރެއްނެތި މީކާން ކައިރީ އެއުޅޭގޮތަކުން އޭނާގެ ހިތް މޭގެތެރޭގައި ކިރިޔާ އޮންނަކެމެވެ. އަތުގައި އަދިވެސް ނުފިލާ އިން އީރަމްގެ ތުންފަތުގެ ނިޝާނަށް މީކާން ބަލާލާފައި ހީލިއެވެ.

އޮފީހުން ނިކުތްގޮތަށް އީރަމްގެ މިޝްރާބުހުރީ ހޮސްޕިޓަލަށެވެ. މިއަދު ބޮލުގައި އިން މަލަންގަނޑުން ސަލާމަތްވާން އޭނާ ހުރީ ނުލާހިކު ބޭނުންވެފައެވެ. މީކާންގެ އެ ހުށައެޅުމަށް މޭފުއްޕާފައި އާއެކޭ ބުންޏަސް އެކަންކުރާނޭ ގޮތެއް އީރަމްއަކަށް ނޭނގެއެވެ. އަނެއްކާ މި ހެދުނު ގޯހަކުން މީކާން އުމުރުދުވަހަށް އޭނާއަށް ގެއްލިދާނެބާއެވެ؟ އެހީހޯދާނެ ގޮތެއް ހޯދާނެ ފަރާތެއް ނޭނގެއެވެ. އޭނާއަށް އިނގޭ ހަމައެކަނި ކަމަކީ އެހާދިސާ ހިނގީ މީކާންގެ މަންމަގެ ސަބަބުންކަމެވެ. އަދި މީކާން މަންމަ ފޮރުވަން ބޭނުންވާ އެއްޗެއް ނުވަތަ ދުނިޔެއަށް ހާމަކުރަން ބޭނުންނުވާ އެއްޗެއް އީރަމްގެ މަންމަގެ އަތުގައި އޮތްކަމެވެ. އެއީ ކޯޗެއްބާއެވެ؟ މުނާ އެހާ އަނިޔާވެރިވެފައި އެހާ ރުޅިއައިސްގެން މަންމައާއި ވާހަކަދައްކާފައި އިންޒާރުދޭނީ ޔަޤީނުންވެސް އެ އެއްޗެއްގައި މުނާގެ ކޮންމެވެސް ބޮޑު ސިއްރެއްވީމައެވެ. އޭރު މަންމަ ކައިރީ ވީގޮތް އޮޅުންފިލުވަން އީރަމް މަސައްކަތްކުރިއެއްކަމަކު މަންމަ އޭނާއަށް އެއްވެސް ވާހަކައެއްނުކިޔައިދެއެވެ. މި ލިބުނު އެއްހަފްތާ އަކީ ހަމައެކަނި އޭނާގެ މަންމައަށާއި ނުހައްޤުން މަރުވެދިޔަ މީހުންނަށް ހޯދައިދޭ އިންސާފެއްނޫނެވެ. މީކާން އާއި އީރަމްގެ މުސްތަގުބަލްވެސް ގުޅިފައިވަނީ މި ކަމާއެވެ. މިކަން ސާބިތުނުވެއްޖެނަމަ މީކާން އަތުން ބީވެގެންދާނެކަން އީރަމްއަށް ޔަޤީނެވެ.

 

ޓިކްޓޮކް ކިޔާފައި އެނބުރެމުންދިޔަ ގަޑިއާއި އެއްވަރަށް ހަޔާތުން ދުވަސްތަކެއް ފާއިތުވެހިނގައްޖެއެވެ. އެތަށް ގޮތަކުންވެސް އެތަށް ބައެއްގެ އެހީހޯދައިގެންވެސް އީރަމް ބޭނުންވި ޖަވާބެއް ނުފެނުނެވެ. އުނދަގުލަކުން ފުލުހުންގެ ފަރާތުން އެ ހާދިސާގެ މައުލޫމާތު އެއްކޮށްގެންވެސް އޭނާއަށް ބޭނުންވާފަދަ ހެއްކެއްގައި ނުހިފުނެވެ. އެތަށް ތަފާތު ނަޒަރުން އެ ހާދިސާ ލިޔެފައި ހުރި ލިޔުންތަކާއި ނޫސްތަށްކިޔާ ކިޔާ ވަރުބަލިވިއެވެ. އީރަމްއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރިއެވެ. އެ ހިތި ހާދިސާ އެތަކެއްފަހަރު ލޮލުކުރިމަތީ ކުޅެންޖެހުނެވެ. ނަމަވެސް އީރަމްއާއި މީކާންގެ ދެމެދު ކުއްލިއަކަށް އުފެދުނު ދިގު ރާސްތާ ގާތްކުރެވޭވަރުގެ ހެއްކެއް އޭނާގެ އަތަކުނުޖެހުނެވެ. އެ ހާދިސާ ކުޅެލާފައި އޮތްގޮތް މޮޅީއެވެ. އީރަމް ގޮތް ދޫކުރަން ބޭނުންނުވިޔަސް އޭނާގެ ހިތްވަރު އެލިގެންދިޔައެވެ. މިގޮތަށް ކަންތައްވެއްޖެނަމަ މީކާން އޭނާއަށް ގެއްލެން ބާކީ މިއޮތީ އެއްދުވަހަށްވެފައެވެ. ގޭގައި ހުންނަ ބޮޑު ކުޑަދޮރުކައިރީ ލައްގަނެލައިގެން އޭނާއަށް އިނދެވުނުއިރު ބޮލުގައި ދިޔައީ އެތަށް ގޮތަކުން ރިހެމުންނެވެ. މިވީ ހަދުވަސްތެރޭ އޭނާ އެއްވެސް ވަރަކަށް މީކާންއަކާއި ވާހަކައެއްނުދައްކައެވެ. އޮފީސްތެރެއިން ފެނުނެއްކަމަކު އޭނާ އަށް އަބަދުވެސް އިސްޖަހާލެވެނީ މީކާން އޭނާ ފެނިފައި ހީވެސްނުލާތީއެވެ. މީކާންގެ މަންމަގެ އަނިޔާވެރިކަން ސާބިތުކޮށްދޭން މިފެށުނު ހަނގުރާމައަކީ ބޭކާރު ކަމެއްކަން އޭނާއަށް އިހުސާސްވިއެވެ. ދޮގަކީ ހަމައެހާވެސް ބާރުގަދަ އެއްޗަކީހެއްޔެވެ؟ ތެދުހާމަކުރަން ބޭނުންވާ މީހާ ބަލިކަށިކޮށްލާހާ ބާރުގަދަ ތޫނު އެއްޗަކަށް ދޮގުމިވީ ކީއްވެހެއްޔެވެ؟

އީރަމްގެ ލޮލުން ކަރުނައައެވެ. މީކާންއާއި ވާހަކަނުދައްކާ ނަގައިލެވުނު ކޮންމެ ގަޑިއެއްގެ މަތިން ހަނދާންއާވެ ހިތުގައި ޖެހެންފެށުނެވެ. ގަދަވެލާފައި ހަނގުރާމައަށް އެރިއިރު ދިފާއުގައި ހަމާލާދޭނެ އެއްޗެއް އަތުގައި ނެތްކަން މިއެނގުނީ ހުރިހާ އެއްޗެއް ޤުރުބާންކުރަން ޖެހުނު ވަގުތު ކައިރިވީމައެވެ. ނަމަވެސް އޭނާ މުނާގެ ފައިބުޑަށް ވެއްޓޭކަށް ނޭދެއެވެ. މީކާންއަށްޓަކައި ވިޔަސް އެނުބައި އަނިޔާވެރިޔާގެ ކިބައިން މައާފަށް އެދޭކަށް އީރަމް ބޭނުމެއްނުވެއެވެ. އެއީ އޭނާއަށް ޚިޔާރުކުރަންމަޖުބޫރުވާ ފަހުމަގަށްވިޔަސް އެ މަގު އިޚްތިޔާރުކުރާކަށް އީރަމް ބޭނުމެއްނުވެއެވެ. ބޯހާސްވެފައި އިން އީރަމް ސިހުނީ ދޮރުގައި މީހަކު ޓަކިޖަހާލި އަޑުއިވިގެންނެވެ.

……………………………………

“ބޭބެއަށް ޔަޤީންތަ ބޭބެ ތިކަން ކުރަން ބޭނުންވާކަން… އަހަރެންނަކަށް ނުފެނޭ އަނެއްކާވެސް ތިކަންތައް ކުރިއަށް ގެންދާކަށް..” ވަހީދުގެ ކޮއްކޮ ކަންބޮޑުވެފައި އިނދެ އެހެން ބުނުމުން ވަހީދު ހިނިތުންވުމެއްދިނެވެ. އަތުގައި އޮތް ފޮޓޯގަނޑަށް އޭނާ ނަޒަރު ހުއްޓާލައިގެން އިންއިރު އޭގައިވަނީ އޭނާގެ ލޯބިވާ އަނބިމީހާ ލަމްހާއާއި އެދެމެމީހުންގެ ދަރިފުޅު ލަމްޔާއެވެ. ވަހީދުގެ ލޮލުގައި ޖަމާވެފައިވާ ކަރުނަތަށް ފޮހެލާކަށް އޭނާ ގަސްތެއްނުކުރެއެވެ. ކޮއްކޮ ކުރި ސުވާލަށް ޖަވާބުދިނުމުގެ ގޮތުން އޭނާ ފުންނޭވައެއްލިއެވެ. ކޮންމެ ގޮތަކުން ކޮންމެ ނަޒަރިއްޔާއަކުން ބަލަންޖެހުނަސް މިއީ އެންމެ ރަނގަޅުގޮތްކަން އޭނާ ދެކެއެވެ.

“އާނ… މިއީ ރަނގަޅުގޮތް.. އަހަރެން އެއްވެސް އާރެއް ބާރެއް ނެތި މިވީ އަހަރުތަކުގައި އުޅެންޖެހުނުކަމަށްޓަކައި މި ވާހަކަ ފޮރުވިފައި މިއޮތީ.. އެކަމް އަހަރެން މިހާރު މިހިރީ ގަދަވެ ސަލާމަތުން.. އަހަރެން ބޭނުން އެދުވަހުގެ ހުރިހާ ވާހަކައެއް ދުނިޔޭގެ ކުރިމައްޗަށް ނެރެން…އަހަރެން އެއްކުރި ހުރިހާ މައުލޫމާތެއްވީ އެ ސިޓީގައި.. މިއަދު އެ ސިޓީއަތުގައި ނެތަސް ހަމައެކަނި މިއިން ވެސް މި ހާދިސާއަށް އަޅުވާލެވޭ އައްޔަކަށް ވެގެންދާނެ…” އަތުގައި އޮތް ބޮޑު ސިޓީއުރައިގައި ހިފަހައްޓާލާފައި ވަހީދު އެހެން ބުނީ ގަދަހިތްވަރާއި އެކުގައެވެ. އަނިޔާވެރިންނަށް ހައްޤު އަދަބު ދޭން އޭނާ ބޭނުމެވެ. މަރުވެދިޔަ އެތަށް ބަޔަކާއި އަދި އޭނާ ދިރިއުޅުމުގެ އެތަށް އަހަރެއް އެކީ ހޭދަކުރި އޭނާގެ އަނބިމީހާއަށްޓަކައި އިންސާފު ހޯދައިދޭން އޭނާ ބޭނުމެވެ. އޭނާގެ ހަނދާނަށް އައީ މީގެ އަހަރުތަކެއް ކުރީގެ ވާހަކައެކެވެ.

…………..

“ވަހީދު.. އަހަރެންނަށްޓަކައިވިޔަސް، މި ބާއްވަދީ ފޮރުވާފައި… އަހަރެން އާދިއްތަ ދުވަހު އަންނާނަން މި ބަލައި… އެދުވަހުން އެއީ މުނާގެ ހުރިހާ ކަމެއް ފަޅާއަރާނެ ދުވަސް…” މޫނުމަތީން ހާސްކަން ފެންނަމުންދިޔަ ނަބާހާ ވާހަކަދައްކަމުންދިޔައީ އަވަސްއަވަހަށެވެ. ވަހީދު ކައިރި އިން ލަމްހާގެ މޫނުމަތިންވެސް ދިޔައީ ކަންބޮޑުވުން ފެންނަމުންނެވެ.

“ވަހީދު، އަހަރެންނަށް އިނގޭކަމަކީ މުނާ އަހަރެންގެ އަތުން މި ނަގަން ކޮންމެ ފަދަ ކަމެއްވެސް ކުރާނެކަން…. ހަމައެކަނި މިއަކުން ނުފުދޭނެ.. އަހަރެން މާދަމާ މިއަށްވުރެ ރަނގަޅު ހެއްކެއް ގެނެސްދޭނަން.. އޭރުން މުނާ އެކުޅޭ ކުޅިވަރު އުމުރަށް ނިމުނީ…” ނަބާހާ އޭނާގެ ބޮޑު ރޭވުމުގައި ވަހީދު ހިއްސާވާންޖެހޭ ބައި ކިޔައިދިނުމުން އެކަމަށް ވަހީދު އާބަސްބުނީ އެއްވެސް ދެކޮޅު ހެދުމެއްނެތިއެވެ. ނަބާހާ ކުރަން މިއުޅޭކަމެއްގެ ނަތީޖާ ނުރައްކާތެރިވެދާނޭކަމަށް ނަބާހާ ބުނެދިނެވެ.

“އޭނާ އަހަރެން ފުރާނަ ދުއްވާލަންވެސް ދެކޮޅެއްނުހަދާނެ… އެކަހަލަ ދުވަހެއް އައިއްސިއްޔާ ވަހީދު.. އަހަރެންގެ އީރަމް ކައިރި ބުނައްޗޭ، އަހަރެން އީރަމްދެކެ ވަރަށް ލޯބިވާވަހަކަ… އިންސާފުގެ މަގަކީ ކިތަންމެ ކަށިތަކަކާއި އަޑިގަނޑުތަކަކުން ހުރަސްކުރެވޭނެ މަގެއްކަމަކު، މި މަގުން ހިނގަން އަހަރެންގެ އީރަމް ކައިރި ބުނެދެއްޗޭ… މި މަގުން ކައްސައިނުލަން ބުނެދެއްޗޭ… އަހަރެންނާއި ހެދި އީރަމް ގެ ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރު ކޮށްފި. މުނާ އެދުވަހު އަނިޔާވެރިވީ އަހަރެންނަކަށް ނޫން އީރަމްއަށްވެސް.. ޖެހިގެން އައިދެދުވަހުވެސް އީރަމް ނުދޭ ސުކޫލަކަށް…. އެއްވެސް ވާހަކައެއްނުދައްކާ ވަރަށް ނެގިމަޑުވެފައި އިނީ.. އޭނާ ހުރީ ވަރަށް ބިރުގަނެފައި އަހަރެން ކައިރި ބުނި މުނާ އެއުޅެނީ އަހަރެން މަރާލާށޭ މުނާ ބޭނުންވާ އެއްޗެއް އަވަހަށް ދޭށޭ… އީރަމް ވަރަށް ރުޅިވެސް އައި އަހަރެންދެކެ… އެކަމް މިއީ ރަނގަޅުގޮތް.. މި ނޫން ގޮތަކަށް މުނާގެ އެ މަކަރުވެރިކަން މީހުންނަކަށް ނުފެންނާނެ…” ނަބާހާ ވާން ތައްޔާރުވި ޤުރުބާނީ ފެނި ވަހީދުގެ ގައިން ހީބިހިނަގައިގަތެވެ. މިކަހަލަ ނުރައްކާތެރި ކަންތައްތަކުގެ ވާހަކަ އޭނާ މުޅިންވެސް ފެނުނީ ފިލްމުތަކުންނެވެ. މުނާ އަކީ ނުރައްކާތެރި މީހެއްކަން ނަބާހާ ބުނާނީ އޭގައި ކޮންމެވެސް ހަޤީޤަތެއް އެކުލެވިފައިވީމައެވެ. ނަބާހާ ގެ ދުވަސް އޭނާ ދުއްވާލާނެކަމަށް ނަބާހާ ދުރުދުރުން ބުނީތީ އެކަމާއި ވަހީދުއާއި ލަމްހާވެސް ތިބީ ބިރުގަނެފައެވެ. ނަމަވެސް ނަބާހާ ބުނިފަދައިން މިއީ ކާމިޔާބުދެއްވާ ތެދުމަގެވެ. މި މަގުން އޭނާވެސް ހިނގަން އަޒުމްކަނޑައެޅިއެވެ.

އޭގެ އަނެއްދުވަހުދަރިފުޅު ލަމްޔާ ސުކޫލަށް ލާފައި އޭނާ އައިތާ މާގިނައިރެއްނުވެ ލަމްހާ އޮފީހަށް ދިޔައެވެ. ވަހީދު އޭނާގެ އަންހެނުންނަށް އަލްވަދާޢު ކީ ހިތުގެ މައްޗަށް ގާގަނޑެއްލާފައެވެ. ނޭނގޭ ސަބަބަކާއި ހެދި ހިތް ބިރުގަންނަވަރުން އޭނާގެ ސިކުނޑި ސުމަކަށް ދާންފެށިއެވެ. ވަހީދު އިންތިޒާރުކުރަން ފެށީ ނަބާހާގެ އިޝާރާތެއް ވޭތޯއެވެ. ނަބާހާ އޭނާއަށް ފޮނުވަން ބޭނުންވާ ހެކި ލިބުމާއިއެކު އޭނާ ދެންކުރަންޖެހޭ ކަންތައްތައް ނަބާހާ ވަނީ ކިޔައިދީފައެވެ. ޖެހިގެން ހުރި މޭޒުމަތީގައި އޮތް ސިޓީއުރައަށް އޭނާގެ ނަޒަރު ހުއްޓެމުންދިޔަވަރަކަށް މީހާ ދާހިއްލާ ފޯވަމުންދިޔައެވެ. އެކަނިވެފައި އިން ވަހީދުގެ އިންތިޒާރު ދިގުދެމިގެންދިޔައެވެ.

މެންދުރުވާން ގާތްވެފައި ވަނިކޮށް މަސައްކަތެއްގައި އިން ވަހީދުގެ ފޯނަށް މެސެޖެއް އައެވެ. އައިނު ރަނގަޅުކޮށްލާފައި ފޯނު ބަލާލިއިރު އެއީ ނަބާހާ އޭނާއަށް ފޮނުވާފައި އޮތް ވީޑިޔޯއަކާއި ފޮޓޯތަކެކެވެ. ހިތުގެ ވިންދުއަވަސްވެގެންދިޔުމާއި އެކު ވަހީދު އަވަސްވެގަތި ފޯނު ހުޅުވާ އެ ތަކެތި ބަލާށެވެ. ނަބާހާ ފޮނުވާފައި ހުރި ފޮޓޯތަކާއި އެ ވީޑިޔޯ ވަގުތުން އޭނާ ސޭވްކޮށްލީ އެ ގެއްލެން ނޭދޭތީއެވެ. ދެން އޭނާ ހުޅުވާލީ ނަބާހާ ފޮނުވާފައި އިން ވީޑިޔޯއެވެ. ތަންކޮޅެއް ވަގުވަގަށް ތިރިން ނަގައިފައި އެ ވީޑިޔޯ އިނުމުން އެއީ ކުރިމަތިީ ހުރި މުނާއަށް ސިއްރުންކުރި ވީޑިޔޯއެއްކަން ވަހީދުއަށް އެނގުނެވެ. މުނާ ދިޔައީ ނަބާހާ ކުރެން އެތަށް ސުވާލުތަކެއް ކުރަމުންނެވެ. ނަބާހާ ސާބިތުކަމާއި އެކު އެސުވާލުތަކަށް ޖަވާބުދިންއިރު އޭނާ ބޭނުންވާ ހެކި ލިބިއްޖެކަމުގައި ބުނެ އަތުގައި ހުރި ކަރުދާސްތަކެއް ދައްކާލިއެވެ. މުނާގެ ދެލޯ ބޮޑުވެގެންދިޔަތަން ސާފުކޮށް އެ ވީޑިޔޯއިން ފެނުނެވެ.

“ކަލޭ ގޮތްވެސް ދޫކުރާކަށް ބޭނުމެއްނުވެޔޭ ދޯ… އެކަމް ކަލެއަށް ތިކުޅެވެނީ އަހަރެންނާ… އަހަރެންނަށް އެއްވެސް ކަމެއްނޫން ތި ހުރިހާ އެއްޗެއް ބަރުބާދުކޮށްލުމުގެ..” މުނާ ބުނި އެއްޗެއް ސާފުކޮށް ވަހީދުއަށް އިވުނެވެ.

“އަހަރެންގެ އަނގަ ބަންދުކުރާނީ ކިހިނެއް މުނާ؟ އަހަރެން ހާދަ ގާތްކޮށްގެންނޭ މުނާ ގެންގުޅުނީ.. މުނާއެއް ނުބުނަންތަ އަހަރެންނޭ މުނާގެ އެކަނިވެރިކަން ފިލުވާލީ.. ނުބުނަންތަ އަހަރެންނަކީ މުނާގެ ދިރިއުޅުމަށް ލިބުނު އަލިކޮޅޭ… ނުބުނަންތަ އެކަނިވެރިއެއްހެން މުނާގެ މަންމަމެންގެ ބޭއިންސާފުން ކުރާ ކަންތައްތަކާއި ކުރިމަތިލެވުނީ އަހަރެންނާއި ހެދިއޭ… ދެން ކީއްވެ މުނާ އަހަރެންނަށް ތިހެން ތިހަދަނީ؟ އެހާ ހަޑި ބަސްތަކާއި ބުނަން ނުވެސް ވާހާ ނުބައި އިންޒާރުތަށް ދެނީ؟ އެވަރުނުވެގެން އަހަރެންގެ އީރަމް.. މުނާއަކަށް ނުކުރާނެތަ އަސަރެއް މުނާގެ ފިރިހެންދަރިފުޅަށް އެފަދަ މަންޒަރުތައް މީހަކު ދެއްކީމައެއް؟ އަހަރެންގެ އީރަމް ދަނީ ސިހިސިހިގެން… އިނގޭތަ އޭނާ ބުނާއެއްޗެއް؟ މުނާ ބޭނުންވާ އެއްޗެއް މުނާއަށް އަވަހަށް ދޭށޭ މުނާ އެއުޅެނީ މަންމަ މަރާލާށޭ… އަހަރެންގެ އީރަމް އަށް ފެނުނު މަންޒަރުތަކުން ހުރީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި.. މުނާވެސް ދެރަވާނެ މުނާގެ ……”

“އާނ…އެއީ އަހަރެންގެ ދަރިއެއްނޫންކަން ރަނގަޅަށް ނަބާހާއަށް އިނގޭނެ… އަހަރެންގެ ދަރިފުޅު ވީ މަރުވެފައި، އެއީ ހިލޭސާބަހަށް އަހަރެން ދުނިޔެއިން މޮޔަވެދާނެއަތީއޭ ކިޔާފައި އަހަރެންގެ ބޮލުގައި އެމީހުން އެޅުވި އެއްޗެއް.. މީކާންގެ މަންމައަކީ ސަލީމާ… އަހަރެން އެހެންވީމަ އެއްޗެކޭ ހިތަށް އަރާނެތަ؟ ދެން ތިބުނީ އަނެއްވާހަކަ… އަހަރެންގެ ނުހުރޭ ގާތް މީހެއް.. އަހަރެންނަކީ ފެށުނީއްސުރެ އެކަނިވެރިއެއް… ނަބާހާގެ ދަރި އެބުނީ ރަނގަޅަށް.. އަހަރެން މިއަދު ނަބާހާ މަރާލާނަން….”

މުނާ ދަތްކުނޑި ވިކާފައި ބުނި ބަސްތަކަކުން ވަހީދުގެ ގައިން ހީބިހިނަގައިގަތެވެ. ދެން ފެނުނީ ނަބާހާގެ ފަހަތުން މުނާ ދުއްވައިގަތްތަނެވެ. ނުސާފުކޮށް ފެންނަމުންދިޔަ ވީޑިޔޯ ހުއްޓުމަކަށް އައީ އޮފީހުގެ ގުދަންބަޔަށް ނަބާހާއާއި މުނާއަށް ވަދެވުމާއި އެކުގައެވެ. ނަބާހާ ކެއްސަމުންދިޔަ ގޮތުން އޭނާގެ ނޭފަތަށް އުނދަގޫކުރާ ވަހެއް އެތާ ދުވާކަން ވަހީދުއަށް ރޭކާލިއެވެ. ފަނޑު އައްޔެއްގެތެރޭގައި އޭނާއަށް ފެނުނީ ގުދަންކޮށްފައި ހުރި ކޮންޓެއިނަރުތަކެކެވެ. ދެން ފެނުނީ ވިހަ ހިނިތުންވުމެއް ދީގެންހުރި މުނާއެވެ.  މުނާގެ ހޭބުއްދި ފިލާފައި ހުރިހެންވެސް ބައެއް ފަހަރު ހީވަނީ ހޭންފަށާފައި އަނެއްކާވެސް ރުޅި މޫނު ދައްކާ ގޮތްތަކުންނެވެ. ނަބާހާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް މުނާ އެ ގުދަނުތެރެއަށް ލައިޓަރެއް އެއްލާލާފައި އެތަނުން ދުއްވައިގަތް މަންޒަރު ސާފުކޮށް ވީޑިޔޯގައި އޮތެވެ. އަލިފާނުގެ ކަނި އެތާ ހިފި ހިސާބުން ނަބާހާގެ އަޑުވެސް ދިޔައީ އިވެމުންނެވެ. އޭނާ އެތަނުން ނިކުންނަން މަސައްކަތްކުރަމުންދިޔަކަން ސާފުކޮށްއިވުނެވެ. މާ ގިނައިރުތަކެއްނުވެ އަޑުތަކެއް އިވި އެތަނުގައި އެއްޗެހިތަކެއް ގޮވާއަޑު އިވުނެވެ. ނަބާހާއަށް އެތަނުން ނިކުމެވުނުކަން ފޯނުން ފެންނަމުންދިޔަ މަންޒަރުތަކުން ހާމަވިއެވެ. ނަބާހާ ވީޑިޔޯ ނިއްވާލީ އެހިސާބުންނެވެ. ވަހީދުގެ ދެލޯ ބޮޑުވެގެންދިޔައެވެ. އޭނަގެ މޭތެރޭ އޮތް ހިތް ހީވަނީ މޭފަޅާ ނިކުންނަން އުޅުނުހެންނެވެ. އެ ވީޑިޔޯ ނިމިގެންދިޔުމާއި އެކު އޭނާއަށް ފެނުނީ ގުރޫޕަކަށް މީހަކު ލާފައި އޮތް ފޮޓޯޓަކެކެވެ. މުނާގެ އޮފީސް ހިންގާ އިމާރާތް އަނދާ އަޅިއަށް ވަމުންދިޔަ މަންޒަރު ފެނި ވަހީދުގެ ހެޔަށް ގޮތްވެ އޭނާ އެހިސާބުން ހަބަރުހުސްވެގެން ވެއްޓުނެވެ.

ވަހީދު ހޭއެރިއިރު އޭނާ އޮތީ ރާއްޖޭން ބޭރުގައެވެ. އެވަގުތު އޭނާއަށް ޖެހުނު ހާރޓްއެޓޭކެއްގެ ސަބަބުން ދެ އަހަރު އޭނާ ކޯމާގައި އޮވެފައި ތެދުވެވުނުއިރު ދިރިއުޅުންވަނީ ބަރުބާދުވެފައެވެ. އޭނާ ގެ އަލަތު ދަރިފުޅާއި އަނބިމީހާ ދުނިޔޭގައި ނެތްކަމުގެ ހަބަރު ލިބުމާއި އެކު ވަހީދުގެ ހިތް ފަޅައިގެންދިޔަފަދައެވެ. ދަރިފުޅު ލަމްޔާ އަމިއްލައަށް މަރުވެދިޔަ ހަބަރަކީ އޭނާގެ ހިތަށް ކުޅަދާނަވި ހަބަރެއްނޫނެވެ. އެހާ ޅައުމުރުގައި ދަރިފުޅަށް ދިމާވި ހިތްދަތިކަމުގައި ބައިވެރިނުވެވި އެނދުމަތިވެފައި އޮތުމުން އޭނާ އެކަމާ އެތަށް ހިތާމަތަކެއް ކުރިއެވެ. ކައިރީ ތިބި ވަހީދުގެ އާއިލާ އެންމެން އޭނާ ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރިއެވެ.

…………

ވަހީދު ހިޔާލުން ބޭރުވީ ދޮރުހުޅުވާފައި އައި އޭނާގެ ކޮއްކޮގެ ދަރިފުޅު ފެނިފައެވެ. ބަލި ތައްމަތީގައި އެތަށް އަހަރުތަކެއް ގައުމާއި ދުރުގައި އުޅެފައި ވަހީދު އެނބުރި އައިސް ފެށި މަސައްކަތަކީ އެއީއެވެ. އޭނާގެ އަމިއްލަ މެއިލްއިން ވަދެވޭ ޑްރައިވްގައި ފޮރުވާފައި ހުރި ވީޑިޔޯއާއި ނަބާހާ އެއްކުރި ހުރިހާ ހެއްކެއް ވަނީ ރައްކާތެރިކަންމަތީގައި އެހުރިގޮތަށެވެ. އޭނާގެ ބޭނުމަކަށްވީ ނަބާހާ ފެށި އެ ހަނގުރާމަ ނަބާހާގެ ދަރިފުޅު ނިންމާށެވެ. އޭނާގެ ދަރިފުޅު ލަމްޔާއާއި ނުހަނު ގާތް ގުޅުމެއް އޮންނަ އީރަމް އަކީ ނަބާހާ ފަދައިން ހިތްވަރުގަދަ އަޒުމްވަރުގަދަ ކުއްޖެއްކަން ވަހީދުއަށް އިނގެއެވެ.

“ތުއްތުބޭ.. އެ ހުރިހާ ސިޓީއެއް ފޮނުވާފައި މިއޮތީ ނުބައި އެޑްރެހަކަށޭ.. އެގެޔަށް ދިޔައީމަ އެނގުނީ އަދި މިވީގޮތް… އީރަމް މިހާރު އުޅެނީ އެހެން ގެއެއްގައި.. އެގޭ މީހުން ބުނީ އެ ސިޓީއުރަތައް ރައްކާތެރިކަމާއި އެކު އީރަމްގެ ދޮންމަންމައަށް ހަވާލުކުރެވުނުކަމަށް.. އެހެންވީމަ އެ ވާނީ އީރަމްގެ އަތުގައި ކަންނޭނގެ.. މިއޮތީ އީރަމް މިހާރު އުޅޭ ގެ…” ކޮއްކޮގެ ދަރިފުޅު ވަހީދުއަށް އޮޅުންފިލުވައިދީފައި ދިނީ ކަރުދާސްކޮޅެކެވެ. މިހުރިހާ ދުވަސްވީއިރުވެސް އީރަމްގެ ހަބަރެއް ދަބަރެއް ނެތި މިހެންވެގެންތާއެވެ. ނޫންނަމަ މިހާރު އީރަމްއަށް އެ ފެނި ވަހީދުއަށް ގުޅާހާ ދުވަސްވެދާނެއެވެ.

“ނަސީބެއްނު އިނގުނިކަން.. އަހަރެން މިފަހަރު ބޭނުން އީރަމްއާއި ބައްދަލުކުރަން ދާން.. އެހެންވީމަ ގެނޭ އަހަރެން ދާނަން…” ވަހީދު އެހެން ބުނެފައި ކޮއްޅަށް ތެދުވިއެވެ. ފޯނުގައި އޭނާ އީރަމް އަށް ދައްކަންބޭނުންވާ ހުރިހާ އެއްޗެއް ރައްކާކުރީ އެ ސިޓީތަށް އީރަމްއަށް ނުލިބިދާނޭ ހިތުގައި އޮތުމުންނެވެ.

…………………………

އީރަމްގެ ނަޒަރު އިރުއިރުކޮޅާ ހުއްޓެނީ ކުރިމަތީ އިށިނދެ އިން ވަހީދުއަށެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ވާނަމޭ އުމުރަށް އެކީ ޖާނާ 14

Next

ހިތުގެ އުދާހުން ދުރުވާނެބާ! – 4 –

Next
April 6, 2020

ހިތުގެ އުދާހުން ދުރުވާނެބާ! – 4 –

Previews
April 6, 2020

ވާނަމޭ އުމުރަށް އެކީ ޖާނާ 14

22 Comments!

  1. Ryn says:
    April 6, 2020 at 7:36 pm

    Salaam! I got too excited and had to make a surprise post!! As i have already told, there are twenty episodes so there are 5 more left. I have started to write a story but idk if i can complete it soon or not. Because it took me months to complete this short story. I remember writing so many long ones just in a month during the old time. But i took five months to write this. Hahaha! Well Eeram is so cool and so is meekaan. Let’s see how it goes dhw!! I remember when we had chatrooms and stuffs here in esfiya. Miss you all my chatroom friends 😉 Take care guys and lemme know about how you are doing during this lockdown! Because I, I am very bored, also did i tell you guys that i am in Maldives now and NOW I DONT HAVE TO WORRY ABOUT TIME DIFFERENCES. Anyway, my days are too long but too fast. And boredom makes me read many stories which i have read too many times. I NEED NEW STORIES. Ok thats enough from my side. Tell me about your Lockdown life? Take care. See you tomorrow in sha allah with the next part. 🙂

  2. Park Jimin says:
    April 6, 2020 at 7:39 pm

    Yeah.. I am first dhw….sis.. Sorry i was busy with my studies so couldn’t reply… But I read.. It’s superb… I am in grade 10… Keep it up… Vaahaka Varah reethi maashaa Allah… ? ? ? you are the best author buneveeny.. ????thank you so much ????when next part.. Sis… ???

    1. Ryn says:
      April 6, 2020 at 7:51 pm

      Its okay pie. 🙂 Ikn things are difficult during this sad situation. But keep working hard and focus on your studies as much as you can. Good luck with your studies. Next ep is tomorrow in sha Allah. 🙂 Thankyou

  3. BTS V says:
    April 6, 2020 at 7:45 pm

    V V V salhi…. Mi March mahuga ryn ge hurihaa vaahakaeh kin…. It was fantastic… ????speechless.. ??……… Love you so much….. Ryn akee esfiya ga emme reethikoh vaahaka liya miss……….. Take care Saranghae ❤️❤️❤️❤️❤️

    1. Ryn says:
      April 6, 2020 at 7:52 pm

      Alhey thankyou!! Love you too 🙂 Take care

  4. BTS V says:
    April 6, 2020 at 7:46 pm

    V V V salhi…. Mi March mahuga ryn ge hurihaa vaahakaeh kin…. It was fantastic… ????speechless.. ??……… Love you so much….. Ryn akee esfiya ga emme reethikoh vaahaka liya miss……….. Take care Saranghae ❤️❤️❤️❤️❤️ V furihama

  5. L says:
    April 6, 2020 at 7:48 pm

    Wow.. Next part kon irakun.. Im curiously waiting… Masha Allah…. Varah reethi mi vaahaka…..

    1. Ryn says:
      April 6, 2020 at 7:55 pm

      Thankyou L. Mi vaahakaige dhen oii part maadhamaa upload kohladheynan. Take care 🙂

  6. Park Jimin says:
    April 6, 2020 at 8:00 pm

    Yeah I am first dhw.. Sis ?? as usually story maashaa Allah Varah reethi.. Keep it up… I am in grade 10… I have a question… ARE YOU A FAN OF BTS.. Sifakuruntha ves Varah reethi… Hevany Vaahaka thereegai ulhevehen…..

  7. BTS V says:
    April 6, 2020 at 8:00 pm

    R u an ARMY….. mibunee bts feynehtha??????? Just curious…. Ryn aah varah vaahaka dhahkaa hihveyyyyy….. ❤️❤️❤️???

  8. Ryn says:
    April 6, 2020 at 8:17 pm

    Those who wants to know if i am an army or not, i am an army, since 2016ish if im not wrong. Yeah!! Its been a long journey being an army but before that i am a writer, i hope i will be known as a writer than an army because an army shouldnt lose their real identity to love BTS. So hi! i am ryn, a story writer.. 😉 Alrightyyy TAKE CARE.. 🙂

  9. BTS V says:
    April 6, 2020 at 8:31 pm

    Who’s your favourite bts member?????? Which song is your favourite…. Mine is boy with luv. ?❤️

    1. Ryn says:
      April 6, 2020 at 10:36 pm

      I dont have favourites darling, i love all of them and i love all of their songs. Idk what to choose. Take care.

  10. eem says:
    April 6, 2020 at 8:35 pm

    Aww???Ryn v reethi mi part vx keep it up
    Mashaa Allah

    1. Ryn says:
      April 6, 2020 at 9:22 pm

      Thankyou Eem ❤️

  11. Iraish says:
    April 6, 2020 at 9:34 pm

    What is your real name
    By the way story vrh salhi

    1. Ryn says:
      April 6, 2020 at 10:30 pm

      Thank you Iraish 🙂

  12. Afu says:
    April 6, 2020 at 9:45 pm

    Owwwwn …… Thanks…. Yaa five episode dhww dhn … Will gonna miss u Ryn …. Ekamu u ge ehn vaahaka eh fashaanan dhww …. Afu ah varah reethi Ryn he hurihaa vaahaka ehves .. btw comment eh nukuran … Mi vaahaka specially .. dhn comment kuraanan inshallah u ge hurihaa story akah ves… Because u are my favorite writer …. Lockdown ga anenhen kameh nukuran dhn school ge filaavalhuthah kiyanee … Foohi varah.. dhn stories kiyanee …
    ….. Ryn if u don’t mind can u tell ur age sissy… Luv u take care…. If u don’t mind bunedheefaanantha u ge age plx …. U molhuveema hama ahaalanee igey …… Luv u …dhn mi part ves superb Hama …. Don’t know what to say …. Ryn sissy gadu molhu kamun ???.#stayhome …luv u ❤️

    1. Ryn says:
      April 6, 2020 at 10:34 pm

      Thankyou so much Afu. Vrh ufaavehje comment kiyaalevunyma and i will miss your comments and ehen readers ge comments abadhuvx, because regulary koh comment kuraathyve. So you still in school dhw, ehenvyma vaane rangalhah kiyavan vx ingey. Goodluck with your studies. And I am 20 now, So weird because when i joined esfiya and stuffs i was 15 hahaha!! Love you too. Take care ingey 🙂 and i will in sha Allah continue uploading stories, once i am done i will ingey.. Goodnight.

  13. Sau says:
    April 6, 2020 at 10:52 pm

    Whn is nxt? Curiously waiting for that? beynumeh noon meekaan aa eeram dhuruvaakah ???

  14. chummmmmm says:
    April 6, 2020 at 11:51 pm

    hii rynn!!! my heart is beating toooo fast cuz i’m veryyyy curious to read the next episode! ughhhh… its gonna be funn. love you and good night my fav writer!!xoxo<3

  15. Afu says:
    April 7, 2020 at 9:21 am

    Owwwn wlc Ryn sissy …. Miss u more …. Hmm yaa still in school gr8 heheheh … Hahahhahahahah thank u age bunedhineema …. TC u too…. Ohhh thank u …… Luv u … ❤️

Comments are closed.


All Right Reserved!