
އީރަމްއަށް ނިދެންދެން މީކާން އެއިންގޮތަށް އިނދެފައި އެތަނުން ދުރަށްޖެހިލީ ފޯނު ނަގާ މަންމައަށް ގުޅަމުންނެވެ. މުނާގެ ސަބަބުން އެންމެ ކުރިންފަށައިގެންވެސް އީރަމްއަށް ވަނީ ހިތްދަތިކަންތައްތަކާއި ކުރިމަތިލާންޖެހިފައެވެ. މުނާދެކެ ކިތަންމެ ލޯތްބެއްވިއެއްކަމަކު މުނާގެ ސަބަބުން އެތަށް ބަޔަކަށާއި މިކާންއަށާއި އީރަމްއަށް ލިބުނު ހިތްދަތިކަން އޭނާ ހަނދާނެއް ނުނެތޭނެއެވެ.
މިފަހަރުވެސް މުނާގެ ފޯނު ވަނީ ނިވިފައިކަމަށް ބުނުމާއި އެކު މީކާން ދެންގުޅީ ޔޫސުފްއަށެވެ. ޔޫސުފް ގެ ފޯނުވެސް ވަނީ ނިއްވާލާފައެވެ. އެންމެފަހުން އޭނާ ހަނދާނަށް ގެންނަންފެށީ މުނާ ދާނެ ތަނަކާއި މެދުގައެވެ. މިކަހަލަ ވަގުތެއްގައި އޭނާއަށް ފިލާ އޮވެވިދާނެ ތަނެއް ހުރެދާނެބާއޭ މީކާންގެ ހިތަށްއެރިއެވެ. އެއާއި އެކު މީކާންގެ ހަނދާނަށް އައީ ހުޅުމާލޭގައި މުނާ އާންމުގޮތެއްގައި ގޮސް އުޅޭ ތަނެއް މަތިންނެވެ. އޭނާ އެއްދުވަހަކު މުނާ އެތަނަށް ލައިދޭން ދިޔައެވެ. ނަމަވެސް އެތަނުގެ އެތެރެއަށް ނުވަދެ އެދުވަހުވެސް ދިޔައީއެވެ. މަންމަ އާންމުގޮތެއްގައި އެތަނަށް ދާކަން އޭނާގެ ހަނދާނަށް އައުމުން ވަގުތުން އޭނާ ފުލުހަކަށް ގުޅިއެވެ. މުނާގެ މައުލޫމާތެއް ލިބުމުން އެ ނަމްބަރަށް ގުޅުމަށް އެދި ފުލުސްމީހާ ދިން ނަމްބަރުން ފޯނުނެގިލެއްވެސް އަވަހެވެ.
“އަހަރެންނަށް ހީވަނީ މަންމަ އުޅޭނެ ތަން އަހަރެންނަށް އިނގޭހެން…. އަހަރެންނަކަށް އެޑްރެހެއް ނޭނގޭ… މަންމަގެ އެދުމަކަށް އެއްދުވަހަކު މަންމަ އެތަނަށް ލައިދޭން ދިޔައިން…..” މީކާންގެ ވާހަކަ އަޑުއަހާފައި ފުލުސްމީހާ އެދުނީ އެމީހުން ގޮވައިގެން މީކާންއަށް އެތަނަށް ދެވޭނެތޯއެވެ. މީކާން ޖަވާބުދިނުމުގެ ބަދަލުގައި ބަލައިލީ ނިދިފައި އޮތް އީރަމްއަށެވެ. އީރަމް އެކަނިކޮށްލަން ބޭނުންނުވާ ވަގުތުގައި ދާން މަޖުބޫރުވުމުން އޭނާ ދެރަވިނަމަވެސް އޭނާ ހުރީ އޭނާގެ ފަރާތުން ފުލުހުންނަށް ދެވެން އޮތް އެއްބާރުލުމެއް ދޭށެވެ. މަންމައެއްކަމަކު ނުހައްޤުން ފޭރިގަތް އެތަށް ބައެއްގެ މުދާތަކާއި ލާރިއަދި އަމިއްލަ ސަލާމަތަށްޓަކައި މީހުންތަކެއްގެ ފުރާނަދުއްވާލީތީ އެކަމުގެ ހައްޤު އަދަބު މުނާއަށް ލިބެންޖެހޭނެކަމުގައި މީކާންދެކެއެވެ. ޚުދު އޭނާވެސް ވަނީ އެތަނުތެރޭން ނިކުތް އެތަށްބައެއްގެ މަރުވެފައިވާ މަސްގަނޑު ދެކި އެތަށްބައެއްގެ ރުއިމާއި ކެކުޅުންދެކިފައެވެ. އެ ހާދިސާ އޭނާގެ ލޮލުކުރިމަތިން ހުރަސްނުކަނޑާ ދުވަހެއްނުދެއެވެ. އަމިއްލަ ނަފްސަށްޓަކައާއި ކުށަކާއި ނުލާ މަރުވި ބައްޕައާއި އެތަށް ބަޔަކަށްޓަކައި އޭނާ ހުރީ އަމިއްލަ މަންމަ ފުލުހުންނަށް ހަވާލުކުރަން ބޭނުންވެފައެވެ.
“ވަރަށް އަވަހަށް އަންނާނަން… ބޭބީ ޕްލީސް. ބީ ސޭފް….” މީކާން ކޮޓަރިން ނިކުތުމުގެ ކުރިން ފުންނިންޖެއްގައި އޮތް އީރަމްގެ ނިތުގައި ތުންފަތްޖައްސާލިއެވެ. އެވަގުތު އެ ރީތި މޫނަށް ވެރިވި ހިނިތުންވުން ފެނި މީކާންގެ ހިތް ނަށާލިއެވެ. އީރަމް އޭނާ ދެކެ ލޯބިވާވަރު އޭނާއަށް އިނގެއެވެ. އޭނާއަށް އިތުބާރުކުރާވަރު އިނގެއެވެ. އެހެނީ މީކާން އޭނާއަށް އަނިޔާވެރިވީ ދުވަހުވެސް އީރަމް ވަނީ އޭނާއަށް މައާފުކޮށްފައެވެ. އަދި މީކާންގެ ހިތާމަތަކާއި އޭނާގެ ހިތުގައިވާ ހުރިހާ އެއްޗެއް އީރަމްއަށް އެނގި އެއަށް ޤަދަރުވެސްކުރިއެވެ. މީކާންއަށް ތެދު އެނގޭނޭ ދުވަހަކަށް ތެދުވެރިކަމާއި އެކު އޭނާ އިންތިޒާރުކުރިއެވެ. އެދުވަހެއް އައުމަށްޓަކައި އީރަމް އެތަށް މަސައްކަތެއްކޮށް އެންމެފަހުން މަންމަގެ ފަރާތުން އަނިޔާއާއި ކުރިމަތިލާންވެސްޖެހުނެވެ. މިއަދު އީރަމްއަށްޓަކައި މީކާން ކަމެއްކޮށްދެން ބޭނުންވެއެވެ. އެގޮތުން އޭނާ ގެއިން ނިކުމެ ގޭ ބޭރުގައި މަޑުކޮށްލައިގެން އޮތް ފުލުހުންގެ ޖިޕަށް އެރީ ގަދަ އަޒުމަކާއި އެކުގައެވެ.
……….
ފަރާތްފަރާތަށް ހިނގަމުންދިޔަ މުނާ ހުރީ ބިރުގަނެފައެވެ. ހަތަރުފާރުތެރޭ ބެދިފައިހުރި މުނާއަށް އެހާސްކަމުގެ ތެރެއިން ނިކުންނާނޭގޮތް ވަނީ ނުވެފައެވެ. މުޅި ރާއްޖެތެރެއަށް އޭނާގެ ވާހަކަ ފެތުރުނުއިރު ޔޫސުފުމެންވެސް ވަނީ ‘ވޯންޓެޑް’ ލިސްޓުގައި ހިމެނިފައެވެ. އެއިންމީހެއްގެ އެހީ ހޯދޭނީވެސް އޭނާ މިގަޑީގައި ހުރިތަނުން ނުކުމެވިގެންނޫންހެއްޔެވެ؟ އާދައިގެ ގޮތަކަށް ރާނާފައި ހުރި ގެއެއްގެ ތެރޭ މުނާ ހުރިއިރު އޭނާ އާއި އެކު ޔޫސުފުއާއި އޭނާގެ ބައިވެރިންވެސް ތިބީ ހަދާނެގޮތް ހުސްވެފައެވެ. މުނާގެ އެދުމަށް އެހީއެއްލިބޭތޯ އެތަށްބަޔަކަށް ޔޫސުފު ދިޔައީ ގުޅަމުންނެވެ. ނަމަވެސް މުސީބާތުގެ ވަގުތުގައި އަތްގާތްކޮށްލާނެ އެކަކުވެސްނުވިއެވެ. އެބަޔަކަށްޓަކައި ޖާނާއި މާލުން ޤުރުބާންވި މީހުންގެ އެހީވެސް މުނާމެންނަކަށް ނުލިބުނެވެ. ސަބަބަކަށްވީ އެހާ ބޮޑު ކުށެއްގައި މުނާ ބެދިފައިވުމުން އޭގައި އެމީހުންގެ ނަން ވެއްޔާ މޮޑެވިގެންދިޔަ ނުދޭށެވެ. އެންމެންވެސް ސިއްސައިގެންގޮސް ސަމާލަށް އައީ ދޮރުގައި ޓަކިޖެހިއަޑުއިވިގެންނެވެ. އެކަކު އަނެކަކުގެ މޫނަށް ބިރުވެރި ނަޒަރަކުން ބަލާލީ އެމީހުންނާއި ބައްދަލުކުރަން އަންނާނޭ ބަޔަކު ނުވާނެކަން އެނގިހުރެއެވެ.
ދެތިންފަހަރު ޓަކިޖެހިއިރުވެސް ގުޑާލަންނުކެރިފައި އެމިހުންނަށް ތިބެވުނެވެ. މުނާގެ ފައިންފެށިގެން މުޅި ހަށިގަނޑުތެރެއަށް ލޮޅުމެއްއެރިއެވެ. އޭނާގެ ހުރިހާ ކަމެއް ބަރުބާދުވާން އުޅޭކަމުގެ ފެހިސިގްނަލް އެ ދޮރުގެ ޓައްކާއި އެއްވަރަށް އޭނާއަށް ދިޔައީ ލިބެމުންނެވެ. ޔޫސުފުގެ ބައިވެރިންނަށް ކަމެއްނުކުރެވި އުޅެނިކޮށް ލަކުޑި ދޮރުފަތް ހަލާކުކޮށްލާފައި އެތެރެއަށް ވަދެގެން އައީ ފުލުހުންގެ ޔުނީފޯރމުގައި ތިބި ދިހަވަރަކަށް ފުލުހުންނެވެ. ސަލާމަތަށް ދުއްވައިގަންނަން އުޅުނެއްކަމަކު އެންމެން ވަށާލެވިފައިވުމުން ފައިގުޑާލަންވެސް އެކަކަށްވެސް ނުކެރުނެވެ. ބިޑިއަޅުވައިގެން އެގޭތެރޭ އެންމެން ނެރުނުއިރު ފަހަތުން އަންހެންފުލުހަކާއި އެކު އައި މުނާއެވެ. އަނދިރި ހިސާބުގަނޑެއްގައި ހުރި އެގޭ ވަށައިގެން ލައިޓުތަށް ވަނީ ދިއްލާލެވިފައެވެ. އެއީ މުޅިންވެސް ފުލުހުންގެ ޖީޕްތަކެވެ. މުނާގެ ދެލޯ ހުއްޓުނީ އޭނާއާއި ދިމާލަށް ފުންނަޒަރަކުން ބަލަހައްޓައިގެން ހުރި މީކާންއަށެވެ. މުނާގެ ދެލޯ ވަގުތުން ބޮޑުވިއެވެ. މީކާން ނޫންމީހަކަށް މިގެޔާއި ބެހޭގޮތުން ނޭނގޭނެއެވެ.
އެހެންވީމާ ފުލުހުން ގޮވައިގެން މިތަނަށް އެއައީ މީކާންތާއެވެ. އަމިއްލަ ލޭ ނެތްކަމަކު ދެވުނު ރަނގަޅު ތަރުބިއްޔަތުމަތިން ވަގުތުން މުނާ ފޫހިވިއެވެ. އިތުބާރުގެއްލުނެވެ. އެތަށް އަހަރެއްވަންދެން މީކާން އޭނާގެ އިނގިލީގެ ބާރުގައި ގެންގުޅުނީ މިދުވަސް ދެކޭކަށް ނޫނެވެ. އެންމެފަހުން އޭނާ ހުރިހާ ކަމެއްގައި މި ބެދުނީވެސް މީކާންގެ ސަބަބުންނެވެ. ހިތުތެރޭ ރޯވި އަލިފާނުގެ ހުޅުގަނޑު ބޭރުކޮށްލެވުނީ ކައިރި ހުރި ފުލުހަށެވެ. ނަމަވެސް ނަތީޖާއަކަށްވީ އޭނާގެ ފަރާތުން ހަރުކަށި އިންޒާރުތަކެއްލިބުމެވެ. ދުވަހެއްގެ ކޮޅުންވެސް މިފަދަ މަންޒަރެއް ފެނިދާނެކަމަށް ހީނުކުރާ މީކާންއަށް މިކަންވެސް މިއަދު މިއޮތީ ފެނިފައެވެ. އުމުރުދުވަހު އެހާ އިތުބާރު ކުރި އޭނާގެ މަންމަ މިވަނީ އޭނާގެ އިތުބާރު ގެއްލުވާލާފައެވެ. އީރަމް އެބުނީ ތެދެކެވެ. އިތުބާރު ނެތް ގުޅުމެކޭ ފޮނިކޮޅު ނެތް މަލެކޭ ވަނީ އެއްފަދައެވެ. އެ މަލުގެ ފޮނިކޮޅަށް އެދިގެން ޖައްސާ ކޮންމެ މާބުރަކާއި ކޮކާލެއް އެނބުރި ދާންޖެހެނީ ނާކާމިޔާބީއާއި ކުރިމަތިލައިގެންނެވެ.
…………………….
“ކީއްކުރަން މިތަނަށް ތިއައީ…” މީކާން ގޭގެތެރެއަށް ފުން ނަޒަރެއްދިނެވެ. އީރަމްގެ ގޭގައި މަރާމާތުގެ މަސައްކަތް ކުރަން ފެށިފައިވާއިރު އެކަމުގެ ޚަރަދުކުރަނީ މީކާންއެވެ. އެކަމަށް އީރަމް ކިތަންމެ އިންކާރުކުރިއެއްކަމަކު މީކާން ގޮތްދޫނުކުރުމުން އެންމެފަހުން އީރަމްވެސް އެއްބަސްވީއެވެ. މިއަދު އޭނާ އެތަނަށް އައުމުގެ ފަހަތުގައި ބޮޑު ސަބަބެއްވެއެވެ. މީކާންގެ އަތުގައި ހިފައިގެން އޭނާ ވަނީ އީރަމްގެ ކޮޓަރިއަށެވެ. ކޮޓަރީގައި މަޑުކުރުމަށް އެދިފައި އީރަމް ބޭރަށް ނިކުތުމުން މީކާން މުޅިތަނަށް ފުން ނަޒަރެއް ދިނެވެ. ތަރުތީބުން ކޮންމެ އެއްޗެއްވެސް އަތުރާލެވިފައިވާއިރު އެކުޑަކުޑަ ކޮޓަރި ބަލާލަން ނުލާހިކު ރީއްޗެވެ. މެދު ސައިޒުގެ އެނދުކައިރީ ހުރި ކަބަޑުމަތީވި ފުރޭމްއަށް މީކާންގެ ނަޒަރު ހުއްޓުމާއި އެކު އެ ނަގާ އެނދުމަތީ އިށީނެވެ. އެއީ ލަމްޔާއާއި އީރަމްގެ ފޮޓޯއެވެ. ނުހަނު ހެވިފައި އެދެމީހުން ފޮޓޯއަށް ހެދިފައި ތިބިއިރު އެދެމީހުންގެ މޫނުމަތީވި ހިނިތުންވުމުން އެދެމީހުންގެ ގުޅުންދިޔައީ ހާމަވަމުންނެވެ. ލަމްޔާ ނެތްކަމުގެ އިހުސާސް އީރަމްއަށް ކިތަންމެ ވަރަކަށްވެސް ކުރެއެވެ. އުފާވެރިވަގުތުތަކުގަޔާއި ދެރަވާ ވަގުތުތަކުގައި ލަމްޔާގެ ހަނދާންތަކުން އޭނާގެ ސިކުނޑި ފުރާލައެވެ.
“ހޫމްމް.. އެއީ ލަމްޔާ.. މީ އަހަރެން.. އަނެއްކާ މިކުއްޖާދެކެތަ ހަމަ ލޯބިވީ؟”
މީކާން ސިހުނީ އީރަމްގެ އަޑަށެވެ. އީރަމް ގެ އަތުގެ އިޝާރާތުން އަމިއްލަ ނަފްސު ދައްކާލުމުން މީކާން ހީލިއެވެ. އެ ސޫރައަކީ އޭނާގެ ހިތުގައި ބިންވަޅުނެގިފައިވި ސޫރައެވެ. ބަދަލުވުމެއް ނެތް ލޯބި ދިން ހަމައެކަނި ސޫރައެވެ. އެއީ ހަމަ އީރަމްއެވެ. މީކާން އީރަމް ހިފައިގެން އައި ފޯނަށް ފުންނަޒަރެއްދިނެވެ. މޭޒުމަތީ އޭނާގެ ފޯނު ސަލާމަތުން އޮތްތަން ފެނި އީރަމް އުފާވިއެވެ. އެ ހާދިސާއަށް ހަފްތާއެއް ވެގެންދިޔަފަހުން އޭނާ އެނބުރި ގެޔަށް އައީ މީކާންއަށް އިނގެންޖެހޭ އިތުރު ސިއްރެއް ހާމަކޮށްދިނުމުގެ ގޮތުންނެވެ. ނަމަވެސް ހިތާމައަކީ ފޯނުގައި ޗާރގުނެތުމެވެ. އެންމެފަހުން ކަރުއެލުވާލައިގެން އީރަމް ގެއިން ނިކުމެގެން ދިޔައީ ފޯނުގައި ނެތްވަރަށް ތަޅަމުންނެވެ.
” ތިވަރަށް ފޯނުގައި ތެޅީމަ ތި ޗާރޖުވޭ؟؟ ތިވަރަކުން ތި ހުޅުވައިގެން ދައްކަން އުޅޭ އެއްޗެއް ނުދައްކާ އަނގައިންވެސް ބުނެވިދާނެއެއްނު” މީކާން ކާރުގެ ދޮރުލައްޕާލަމުން ވާހަކަދެއްކިއެވެ. އީރަމް ދައްކަން އުޅޭއެއްޗެއް ބަލަން އޭނާ ހުރީ ކެތްމަދުވެފައެވެ. އީރަމްގެ ހިތްވެސް ވަނި އަވަސްވެފައެވެ. މޭޒުމަތީ އެދުވަހު އޮތް ސީޑީއާއި ސިޓީއުރަތަށް މުނާ ހިފައިގެން ދިޔައިތީ އެތަށް އެއްޗެއްސެއް ގޮވިއެވެ. ނަސީބު ދިމާކުރިގޮތުން ފުލުހުންނަށް ފޮނުވި ހުރިހާ އެއްޗެއް ހުންނާނީ އީރަމްގެ ފޯނުގައެވެ.
“ކެތްކުރޭ…”
“ކިހިނެއްކުރާނީ؟ އީރަމް ތީގަ ތަޅާވަރުންވެސް އިނގޭ ކާކަށްކަން ކެތްނުކުރެވެނީ!!”
“ޕިސްޕިސް.. މަޑުކޮށްބަލަ މީކް..” އީރަމް އެހެން ބުނެފައި މީކާންގެ ކާރުތެރޭ އޮތް ޕަވަރ ބޭންކަށް އޭނާގެ ފޯނު ޖަހާފައި އިރުކޮޅަކު ބޭއްވިއެވެ. އޭނާގެ ރޭވުން ފަނިވެގެންދިޔައެއްކަމަކު އަނެއްކާވެސް ސިކުނޑީގައި އިތުރު ރޭވުމެއް ރާވާލިއެވެ. ފޯނުކުޑަކޮށްވެސް ޗާރުޖުވަންދެން މާލޭގައި ބުރުޖަހާލާފައި ނާޒީގެ ގެޔަށް ދިއުމަށް މީކާން ގާތުން އެދުނެވެ. މީކާންގެ ސުވާލުތަށް އޮއްސާލުމުން އީރަމް ކުދި ކިޔަންފެށީއެވެ. އެއާއި ވިއްދައިގެން މީކާންވެސް އީރަމްއާއި އެއްވަރަށް ތުންތަޅުވާލިއެވެ. އީރަމް ތުން ފިއްތާލާފައި ލޯއަޅާލިގޮތުން މީކާން ކައިރިއަށް ހިނިއައެވެ. ކާރުގެ ހުންގާނުގައި ހިފަހައްޓައިގެން އިން ދެއަތުގެ ތެރެއިން އެއްއަތް ނަގާ އީރަމް އޫކޮށްގެން އިން ތުންފަތުގައި ހިފާ ދަމާލިއެވެ.
“އީރަމް ހީނުވޭ އަހަރުތަކެއް ވަންދެން ވާހަކަނުދައްކާ ހުރި ކުއްޖެއްހެން.. ހާދަހާ އަނގަގަދައޭ ދޯ؟ ކުރީގައިވެސް އަހަރެންނަށް ހަމަ ފެންނަނީ އަނގަ ހުއްޓާނުލާ ހަމަ ތަޅުވާތަން ވިއްޔަ…” މީކާން އެހެން ބުނުމުން އީރަމް ކައިރިއަށް ހިނިއައެވެ. އޭނާ މީކާންގެ އަތުގައި ހިފަހައްޓާލުމަށްފަހު އެއަތުތެރެއަށް އޭނާގެ އަތްލިއެވެ.
“ނާޒީވެސް ބުނި، އަހަރެންނަށް ވާހަކަދެއްކެން ފެށުނީމާ ވަރަށް ފޯރި ހުންނާނޭ… އަހަރެން އަސްލު ވަރަށް އުނދަގޫވި ވާހަކަދައްކަން.. އެކަމު އެދުވަހު މުނާ ފެނުނީމަ ވިއްޔަ މީކާންއަށް ދޭން އޮތް ސަޕްރައިޒްވެސް ފަނިވީ… ފުރަތަމަ ދުވަސްކޮޅު ނާޒީ ކައިރި އިނދެގެން ވަރަށް ވާހަކަދެއްކިން އެކަމު ވަރަށް ކޮށިކޮށް ބައެއްފަހަރު އަޑުވެސް ނާދޭ… އެކަމު މުނާ ފެންނައިރަށް.. އޯ ގޯޑް…” އީރަމް ދެފަރާތަށް ބޯހަރަކާތްކޮށްލިއެވެ. މުނާ އާއި އޭނާ ފުރަތަމަ ފަހަރަށް ބައްދަލުވީދުވަހު އޭނާ ހުރީ މީކާންއަށް ސަޕްރައިޒެއް ދޭން ނިންމައިގެންކަން އޭނާ ބުނެދިނުމުން މީކާން ކައިރިއަށް ހިނިއައެވެ.
“އެކަމު އަހަރެން ސައިންލޭންގްއޭޖު ދުލެއްނުކުރާނަން.. މީކާންއަށް ފާހަގައެއްނުވޭތަ އަހަރެން ވާހަކަދައްކާއިރުވެސް ބައެއްފަހަރު އަތް ހެލުވޭ އެ ޖުމްލަތަށް އިޝާރާތްކުރަން… ވަރަށް މަސައްކަތުން އަތް ކޮންޓްރޯލްކުރަން ދަސްކުރީ.. އަދިވެސް އެކަމު ނުވިސްނާ ހުރެފައި އެހެން ހެދޭ…” އީރަމް ހީހީފައި ދެއްކި ވާހަކައަކުން ކާރުތެރޭ އުފާވެރިކަމުގެ ވަގުތުކޮޅެއް ދިޔައެވެ. މީކާންއާއި އެއްވަރަށް އީރަމްވެސް ދިޔައީ ހެމުންނެވެ.
…………………….
ކުޑަކޮށްވިޔަސް ޗާރޖުވެފައިވާ ފޯނު ހުޅުވަމުން ދިޔަ އީރަމްގެ އަތުގައި ހިފަހައްޓައިގެން މީކާން ކުރިއަށް ހިނގަމުންދިޔައެވެ. ނާޒީމެން ގޭގެ ދޮރުމައްޗަށް ހުއްޓިލާފައި ޓަކިޖަހާލުމެއްނެތި މީކާންއެތެރެއަށް ވަނުމުން އީރަމް ދެފަރާތަށް ބޯހަރަކާތްކޮށްލިއެވެ. ކަންދިމާކުރިގޮތުން ނާޒީއާއި ސަލީމާއަދި ސަމީމާވެސް ތިބީ ސޯފާގައެވެ. މީކާން ފެނިފައި އެ އެންމެންނަށްވެސް ލިބުނީ ހައިރާންކަމެކެވެ. ހީކުރިގޮތާއި ޚިލާފަށް މީކާންގެ މޫނުމަތިން އުދާސްކަމެއް ނުފެންނާތީ ސަލީމާވެސް އަދި ސަމީމާވެސް ހެއްދެވިފަރާތަށް ހަމްދުކުރިއެވެ. މީކާންގެ ފަހަތުން ވަތް އީރަމްފެނި އެދެމީހުންނަށް ނަޒަރު ހުއްޓާލައިގެން ތިބި ތިންއަންހެންވެރިން މީކާންގެ އުފަލުގެ އަސްލަކީ އީރަމްކަމުގައި ހިތާހިތުންކިޔާލިއެވެ. ސަލީމާއާއި ސަމީމާގެ ދިޔައީ މުރަނގަ ފަތްތަކެއް ނޮޅަމުންނެވެ. ނާޒީ އެއިންކަމެއްގައި އަތްގާތްކުރާ ތަނެއްނުފެނެއެވެ. ދޮރުން އެތެރެއަށް ވަދެފައި އީރަމްއާއި މީކާން މަޑުކޮށްލާފައި ތިން އަންހެންވެރިންނަށް ނަޒަރު ހުއްޓާލިއެވެ.
“އައްދޭ އައްދޭ… މިގެޔަށް މީސްމީހުންގެ ބިޓުން ވެއްދުން މަނާ… އަދި އައީވެސް އަތުގުޅުވާލައިގެންނޭ ދޯ ލަދެއްވެސް ނުގަނޭތަ؟” ނާޒީ އަނގަފުޅާކޮށްލާފައި އެހެން ބުނުމާއި އެކު ސަލީމާ ނާޒީގެ ގައިގާ ބޮނޑިއެއްއަޅާލިއެވެ. ސަލީމާ އަކީ ނުހަނު މަޖާ މިޖާޒެއްގެ ވެރިއެއްކަން އީރަމްއަށް އެ ހަރަކާތުން އެކަނިވެސް އިނގުނެވެ.
“މީ ބިޓެއްނޫނޭ.. މީ ވާންއުޅޭ އަންހެނުން… އެހެންނޫނަސް އަހަރެންނަށް ވުރެ އީރަމް އާއި ނާޒީގެ ގުޅުން މާ ގާތް.. މިހާރު ދެން ސްޕީޗް ތެރަޕީތަކަށް ނުދިޔައެއްކަމަކު މި ވާނީ ހަމަ ނާޒީގެ ފޭވްރިޓް ފޭޝަންޓަށް..”
“މަ ބުނީމޭ އަންނާށޭ.. ލާރިވެސް ދައްކާނެކަމެއް ނެތޭ ހިލޭ އަންނާށޭ އަހަރެން ކައިރިއަށް، އެކަމު އީރަމް އަށް މީކާން ކައިރިން ފުރުސަތެއް ލިބިގެންނު… އަހަރެން ހާދަފޫހިވެޔޭ މިހާރު އީރަމް ނެތީމާ… ކިތަށް އަހަރު އަހަރެންނާއި އެކު ހޭދަކޮށްފައި އީރަމް ތިދިޔައީ.. އީރަމް އަހަރެން ތި ދޫކޮށްލީ ދެމަސްދުވަސްވަންދެން ފެނުނު ބޮސްއަށްޓަކައި…. ޕިސްޕިސް… އިތުބާރުގެއްލިއްޖެ މީހުން މަތިން.. ދުނިޔެއަޅާ ދެން ދާންވީ…” ނާޒީގެ ވާހަކަތަށް އަޑުއިވިފައި އީރަމް ލަދުން އިސްޖަހާލިއެވެ. ސަލީމާ އަތުގެ އިޝާރާތުން ދެކުދިންނަށް ސޯފާގައި ތިބުމަށް ދަޢުވަތުދީފައި، ޑްރާމާގައި ކިޔާ ޑައިލޮގްތަކާއި އެއްގޮތަށް ހިތާމައިގެ އަސަރު އެކުލަވައިގެން ދަމަދަމާފައި ވާހަކަދައްކަމުންދިޔަ ނާޒީގެ ގައިގާ ބޮނޑިއެއްއަޅާލިއެވެ.
“ވަރެއް އެބަހުއްޓެއްނު.. މީކާން މިގެޔަށް ނާންނަނީވެސް މިކޮއެގެ އަނގަޔާހެދި…..” ސަލީމާގެ ހަރަކާތްތަށް ފެނިފައި މީކާންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އެދެމީހުންނާއި ދިމާކުރަމުންދިޔަ ނާޒީ ދެންވެސް މައިތިރިނުވިއެވެ. އޭނާގެ މަޖަލުގައި ސަމީމާ ބައިވެރިވާންފެށުމުން ސަލީމާ އެދެމީހުންނަށް ކުދިކިޔަމުންދިޔައީ މީކާން އަށް އުނދަގޫނުކުރުމަށާއި އީރަމްއާއި ދިމާލަށް އެއްޗެހި ނުކިޔަމަށް އެދިއެވެ. ހިނިތުންވެލައިގެން ސަލީމާގެ އަނގައިން މީކާންއާއި އެއްކޮޅަށް ނިކުންނަ ބަސްތަށް އަޑުއަހަން އީރަމް އިނީ ގެއްލިފައެވެ. މީކާންއާއި ނާޒީގެ ޒުވާބު ފެށޭކަށް މާ ގިނައިރެއްނުނެގިއެވެ. ބަހުގެ ހަމަލާތަށް އެކަކު އަނެކަކަށް ދޭންފެށުމުން ސަމީމާވެސް އެމީހުންގެތެރެއަށް ވަދެ ބައިވެރިވިއެވެ. ހަމަހިމޭންކޮށް އޮތް ސިޓިންރޫމް އަޑުގަދަވެގެން ދިޔައެވެ. އެކަން ހުއްޓުމަށް ސަލީމާ ދައްކަމުން ދިޔަ ވާހަކަ އެކަކުވެސް އަޑެއް ނޭހިއެވެ. އެންމެފަހުން މަޑުމަޑުން އިން އީރަމް ގޮވައިގެން ސަލީމާ ހިނގައިގަތީ ބަދިގެ ދޮށަށެވެ.
“އެއީ ހަމަ އާދަ ކަނބުލޯ… މީކާން މިގެޔަށް އަންނާނީ ވަރަށް މަދުން އެކަމު އައިއްސިއްޔާ މިގޭތެރެ މީނޫންވަރެއްނުވާނެ… މިހާރު މީކާންގެ ދޮންދައްތަ ވެސް އެ ބައިވެރިވީނު.. ދެން ބުނެބަލަ… މީކާން ކިހިނެއް؟ ވަރަށް ހާލުބަލާލަން ބޭނުންވެފައި ހުރީ.. އެކަމް ނުކެރުނު އިސްނަގައިގެން މީކާންއަށް ގުޅާ އެ ވާހަކަތަށް އަހާކަށް.. މީކާން ވަރަށް ދެރަވިދޯ؟ ދެރަވާނެއެއްނު މީކާން މުނާ ދެކެ ވަރަށް ލޯބިވޭ… އަހަރެންވެސް ހިއެއްނުކުރަން މުނާ އަކީ އެހާ ގޯސްމީހެއްކަމުގައެއް.. އަހަރެންގެ ކޮއްކޮ ކިހާ އުފާވެރި ދިރިއުޅުމެއް މުނާއަށް ދިން އެކަމު އެފަކީރުވެސް ދުނިޔެއަޅާ އެދިޔައީ މުނާގެ ސަބަބުން..” މާޒީގެ ދުވަސްތަކަށް ގެނބިގެން ދިޔަދިޔަހެން ސަލީމާގެ ލޮލުން ކަރުނަހިލެންފެށިއެވެ. މަރުވެ ދިޔަ ކޮއްކޮގެ ހަޤީޤަތް އެނގުނުދުވަހު އޭނާ އެތަށް ރުއިމެއްރުޔެވެ. އެހުރިހާ މަންޒަރެއް ގާތުން ބަލަންހުރި އީރަމް ސަލީމާގެ އަތުގައި ހިފަހައްޓާލިއެވެ.
“ހާސްނުވޭ ދައްތާ.. އަޅުގަނޑު ހީކުރިވަރަށްވުރެވެސް ރަނގަޅަށް މީކާން އެކަންތައްތަކާއި ޑީލްކުރި.. އަޅުގަނޑު ހީކުރީ މީކާން ދިރިއުޅުންމަތިންވެސް ފޫހިވާނެކަމަށް، ހިތާމައިގެ ކަޅުއަނދިރިގަނޑުތެރެއަށް މީކާން ވަންނާނެކަމަށް.. އެކަމް އަލްހަމްދުލިއްﷲ މީކާން އެއަށްވުރެ މާ ސްޓްރޯންގް….” އީރަމްގެ ބަސްތަކުން ސަލީމާގެ ހިތަށް ލިބުނީ އުފާވެރިކަމެވެ. ބަލާބެލުމުގައި ރީތި ސޫރައެއް ލިބިފައިވާއިރު ސިފަތަށްވެސް އެހާ ރީއްޗެވެ. ބޮޑުދެލޮލުގައިވާ ސާފުކަން އެހިތުތެރޭވެސް ވާކަން ސަލީމާއަށް އިނގެއެވެ. އީރަމްއަކީ މީކާންގެ ދިރިއުޅުމަށް ލިބުނު ބޮޑު ނަސީބެއްކަމުގައި އޭނާ ދެކެއެވެ.
“ދައްތައަށް ޔަޤީން އެކަން އެވީ….. އީރަމް. އީރަމްގެ ސަބަބުންކަން… އީރަމް ނެތްނަމަ މީކާން ހަލާކުވީސް… މުނާ އަކީ މީކާންގެ މުޅި ދިރިއުޅުން… މީކާން އެހުރިހާކަމަކާއި ކުރިމަތިލާން ހިތްވަރު ލިބުނީ އީރަމްގެ ސަބަބުން….” އީރަމްގެ މޫނުގައި ފިރުމާލަމުން ސަލީމާ އެހެންބުނިއިރު އޭނާ ހަޤީޤަތުގައިވެސް އީރަމްއަށް ހިތުގެ އަޑިން ޝުކުރުވެރިވިއެވެ. އީރަމްފަދަ މާތް އަޚުލާގެއްގެ ވެރިއަކު މީކާންގެ ދިރިއުޅުމަށް އައީތީ ވެރި ރައްބަށް ޝުކުރުދެންނެވިއެވެ. އެދެމީހުންގެ ދިރިއުޅުން ބާއްޖަވެރިކުރައްވާތޯ އެތަށް ދުޢާއެއްކުރިއެވެ. ކުރިމަތީ ހުރި ސަލީމާއަށް ބަލަހައްޓައިގެން ހުރި އީރަމްގެ ހިތުގައިވި ރޭވުން ނިމުމުން ވާނެ ގޮތް އޭނާއަށް ދިޔައީ ސިފަކުރެވެމުންނެވެ. މީކާންއަށް އިނގެން އުޅޭ ހަޤީޤަތާއި މީކާން ކުރިމަތިލާނީ ކެރިގެންކަން އީރަމްއަށް އިނގެއެވެ. އޭނާ ހެޔޮހިތުން އައު ގުޅުމަށް މަރުހަބާ ކިޔާނެކަންވެސް އީރަމްއަށް ޔަޤީނެވެ. ނަމަވެސް އެކަންކުރަން ފަހަރެއްގައި މީކާންއަށް އުނދަގޫވެދާނެއެވެ. ކުއްލިއަކަށް އެ ގުޅުމަށް މަރުހަބާ ކިޔަން ވަގުތުނަގާނެއެވެ. ސަލީމާ އިންކާރުކޮށްކޮށް ހުއްޓާވެސް، ސަލީމާގެ އަތުން ސައިތަބަކާއި އަނގަމީރުކޮށްލަން ހުރި ހެދިކާތަށި ހިފައިގެން އީރަމް މީކާންމެންގެ ގާތަށް އައެވެ. ފަހަތުން ސަލީމާވެސް އައިސް ސޯފާގައި އިށީނުމުން އެތަން އަޑުމަޑުވެގެންދިޔައެވެ. އެކަކު އަނެކަކަށް ވައްތަރުތަކެއް ޖައްސަމުން ދިޔަ މީކާންއާއި ނާޒީ ފެނިފައި އީރަމް ހިނިގަނޑެއްޖަހާލިއެވެ. ދެބައިއުމުރުގެ ދުވަސްތަށް ހޭދަކުރަމުންދިޔަ ސަމީމާގެ މިޒާޖުވެސް އީރަމްއަށް ކަމުދިޔައީ ޒުވާނުންގެ ކުޅިވަރުގައި އޭނާވެސް ބައިވެރިވާތަން ފެނުމުންނެވެ.
އެންމެން ސައިބޯން ތިބިގަޑީ ހަމަހިމޭންވެފައިވުމުން އީރަމް އެވަގުތުގެ ބޭނުންހިފައި ފޯނު ނެގިއެވެ. އެއަށްފަހު ޖެހިގެން އިން މީކާންގެ ކޮނޑުގައި ކޮށްޓާލާފައި ފޯނަށް ނަޒަރު ހިންގާލުމަށް އެދުނެވެ. އެ ވީޑިޔޯގައި ވާނީ މީކާންއަށް ބަލަން އަދި އަޑުއަހަން އުނދަގޫވާނެ މަންޒަރުތަށްކަން އެނގުނެއްކަމަކު މީކާން ގެ ދިރިއުޅުމުގައިވާ އެންމެ ބޮޑު ސިއްރު ހާމަކުރެވޭނީ އަދި އެ ސާބިތުވެސްކޮށްދެވޭނީ އެ ވީޑިޔޯ ދައްކައިގެންނެވެ. މީކާން ފުންނަޒަރަކުން އީރަމްގެ ފޯނަށް ނަޒަރު ހުއްޓާލައިގެން އިނެވެ. އީރަމް އޭނާގެ ފޯނުން ހުޅުވާފައި ދެއްކި ވީޑިޔޯ އޭނާއަށް ބަލަން އިނދެވުނީ ސައިތަށި ތަބަކުތެރޭ ބޭންދުމަށްފަހުގައެވެ. ސައިބުއިމުގައި އަވަދިނެތި ތިބި ތިން އަންހެންވެރިންގެ ކަންފަތަށްވެސްދިޔައީ އެ ވީޑިޔޯތެރޭ ދެކެވެމުންދިޔަ ވާހަކަތަށް ސާފުކޮށްއިވުމުންނެވެ. މީކާން ގެ ދެލޯ ބޮޑުވާވަރަކަށް ހިތުގެ ތެޅުންވެސް ދިޔައީ އިތުރުވަމުންނެވެ. މަންމަ އާއި އީރަމްގެ މަންމައާއި ދެމެދު ހިނގި ބަހުސްތަށް އަޑުއިވެންފެށިއެވެ. އީރަމްގެ މަންމަ ދެއްކި ވާހަކަތަކުން އެދެމީހުންގެ ގުޅުން ދިޔައީ ހާމަވެގެންނެވެ. މުނާގެ ދިރިއުޅުމުގައި އީރަމްގެ މަންމަގެ ރޯލަކީ ވަރަށް ލޯބި އަދި އޭގެ ބަދަލު ނުދެވޭނޭ ފަދަ މުހިންމު ރޯލެކެވެ. ނަމަވެސް އެ ގުޅުމަށް ބޭވަފާތެރިވެ އަނިޔާވެރިވީ މީކާންގެ މަންމައެވެ. ނަބާހާގެ އިތުބާރުވެސް ގެއްލުވާލީ މުނާއެވެ. ދެން އިވިގެންދިޔަ ވާހަކައިން މީކާންއަށް އިންތާ އިނުންވެސް ވީ އުނދަގޫކަމަކަށެވެ. އަމިއްލަ އަނގައިން މީކާން އަކީ މުނާގެ ދަރިއެއްނޫންކަން އެއްބަސްވީއިރު އޭނާގެ މަންމައަކީ ކާކުކަންވެސް އެ ވާހަކަތަކުތެރެއިން އިވިގެންދިޔައެވެ. ނަމަވެސް ހަޑިގޮތަކަށެވެ. ހިތިގޮތަކަށެވެ. ސަލީމާއާއި ސަމީމާ އެކަކު އަނެކަކަށް ނަޒަރު ހުއްޓާލިއިރު އެއާއިލާތެރޭ ސިއްރުވެފައިވާ ބޮޑު ސިއްރު މިއަދު ހާމަވަގެންދިޔުމުން ހިތުގެ ތެޅުން އަވަސްވެގެންދިޔައެވެ. އެކަން މީކާން ގަބޫލުކުރާނެގޮތެއް ނޭނގިފައި އިން ސަލީމާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އަޑުގަދަކޮށްކޮށްފައި އުޅުނު ނާޒީގެ ދެލޯވެސް އިނީ ބޮޑުވެފައެވެ. މަންޒަރު ނުފެނިވިޔަސް އިވެމުންދިޔަ ވާހަކަތަކުން އޭނާގެ އަނގަ ބަންދުވިއެވެ. މީކާން އަކީ އޭނާގެ އަސްލު ކޮއްކޮހެއްޔެވެ؟
ވީޑިޔޯ ހުއްޓާލާފައި އީރަމް ބަލައިލީ މީކާންއަށެވެ. އިތުރަށް އެ ވީޑިޔޯގައި މީކާންއަށް އިނގެންޖެހޭ ހަޤީޤަތެއް ނެތްކަން އެނގި އެ ވީޑިޔޯ ނުނިމެނިސް އީރަމް ނިއްވާލީ ދެން ފެނިގެންދާ މަންޒަރު ބަލަން އޭނާއަށްވެސް އުނދަގޫވާތީއެވެ. ލަސް ހަރަކާތަކާއި އެކު މީކާންގެ ނަޒަރު ހުއްޓުނީ އޭނާއާއި ދިމާ ކުށްވެރިއެއްފަދައިން ބަލަހައްޓައިގެން އިން ސަލީމާއަށެވެ. ސަލީމާގެ ދެލޮލުގައި ޖަމާވެފައިވާ ކަރުނަތަށް އޭނާ ކައިރި އެތަށް ވާހަކަތަކެއް ބުނެދިނެވެ. މީކާންގެ ޒަމީރު އޭނާއާއި ވާހަކަދައްކަމުންދިޔައެވެ. ނަމަވެސް ހަރަކާތެއްކޮށްލުން އޭނާއަށް ވީ އުނދަގޫކަމަކަށެވެ.
“ކިހިނެއް……” މީކާންގެ ސުވާލު އަމާޒުވީ ސަލީމާއަށެވެ. އީރަމްވެސް އޮޅުންފިލުވަން ބޭނުންވި ވާހަކައަކީ އެއީއެވެ. ސަލީމާ އިސްޖަހާލާފައި ދެއަތް ދެއަތާއި މޮޑެންފެށިއެވެ. އެއީ އޭނާ ފަސްއަޅާ ފޮރުވާފައިވާ ހިތި ހަޤީޤަތެކެވެ. އެ އަލުން ކޮނެ ނަގާނޭ ހިތްވަރެއް އޭނާގެ އަތަކުނެތެވެ. ސަމީމާއަށްވެސް ވީއެވަރެވެ. ދެންމެ އިވިގެންދިޔަ ވާހަކަތަކަކީ ތެދު ހަޤީޤަތްކަން މީކާންއަށް ޔަޤިންވިއެވެ. ނަމަވެސް ކީއްވެހެއްޔެވެ؟ އޭނާގެ ދިރިއުޅުމަކީ ކުޅިވަރެއްހެއްޔެވެ؟ މުނާ މިވަނީ އޭނާގެ މުޅި ދިރިއުޅުން ކުޅޭ ކުޅޭ އެއްޗަކަށް ހަދާލާފައެވެ.
ސަލީމާގެ ދޫ ހަރަކާތްކުރީ އިރުގަނޑަކުންނެވެ. އޭނާއަށް ހިތްވަރުދޭން އޭނާގެ ދައްތަ ސަމީމާ އިނެވެ.
“އެއީ ތެދެއް…. މީކާން އަކީ އަހަރެންގެ ދަރިއެއް… އަހަރެން މުނާއަށް އެކުއްޖާ ދިނީ… އަމިއްލަ ދެއަތުން މުނާގެ އަތަށް އަހަރެން ދެމުން މި އަމާނާތަށް ވަފާތެރިވާން އެދުނިން…. މުނާގެ ދިރިއުޅުމަކީ ވަރަށް ހިތި ދިރިއުޅުމެއް… މުނާގެ މަންމައާއި ބައްޕައަކީ ވަރަށް ގޯސްބައެއް…. މުނާގެ ހިތުގައި ކުލުނު ނެތީ ހަމަ އެމީހުންގެ ސަބަބުން… އޭނާ މަޖުބޫރުން ސަލީމްއާއި އިންނަންޖެހުނީ.. މުނާގެ ދިރިއުޅުމަށް މިނިވަންކަމެއް ލިބިގެންދިޔައީ ސަލީމްގެ ސަބަބުން.. މަޖުބޫރުން ކައިވެނި ކުރިއެއްކަމަކު އަހަރެމެންގެ ސަލީމް މުނާއަށް ހުރިހާ އުފަލެއް ހޯދައިދިން.. އެކަމު އެކަމަށް ޝުކުރުވެރިވާކަށް މުނާއަކަށް ނޭނގުނު…. ނާޒީއަށް ފަހު އަހަރެން އެއްމާބަނޑު ދެކުދިންނަށް ބަނޑުބޮޑުވި… އޭރު ތިންމަސްވަރު ފަހުން މުނާ ބަނޑުބޮޑުވީ…އަހަރެން ވިހަންވެއްދި ރޭ މުނާ ސަކަރާތްވެގެން ހޮސްޕިޓަލަށް ގެނެވުނު… ބަނޑުގައި އޮއްވާ ދަރިފުޅު ނިޔާވީ… އަހަރެންނަށް އެވަގުތު ލިބުނު ދެކުދިންވެސް ތިބީ ހެޔޮހާލުގައި…. ސަލީމް އަކީ އަހަރެންގެ ކޮއްކޮ.. ކޮއްކޮ ކަރުނައަޅާ ރޯތަން ބަލަން ކިހިނެއް ކެތްކުރާނީ؟
މުނާއަށް އެދުވަހު ވީގޮތް ފެނި އަހަރެންގެ ބަދަލުގައި ކޮންމެ މީހަކު ހުއްޓަސް ވާނީ އެވަރު…. އަހަރެންނަށް ލިބުނު ދެކުދިންގެ ތެރެއިން އެއްކުއްޖަކު މުނާގެ އަތުތެރެއަށް ލައިދެމުން އަހަރެން އެދުނިން އެކުއްޖާއަށް ރަނގަޅަށް ބެލުމެއް… ރަނގަޅު ތަރުބިއްޔަތު ދިނުމަށް، މުނާ މަންމަ މުނާ ކޮށްޓެއްކައި ގެންގުޅުނު ފަދައިން ނުގެންގުޅުމެއް… އަހަރެން އެގޮތަށް ކަންތައްކުރީ ސަލީމްއަށްޓަކައިވެސްމެ… އަހަރެންގެ ހިތަށް ގާގަނޑެއްލައިގެން ހުރެ އެކުއްޖާ އަތުން ބީވާތަން ބަލަންހުރީ… އަހަރެންގެ އަތުގައި ދެން އޮތް ކުއްޖާ މަހެއްނުވަނިސް ނިޔާވެއްޖެ… ކީއްކުރާނީ؟ ދުނިޔެ ދައްކަވާ ހިތިމީ… އަހަރެން ކެތްކުރިން…. މީކާންގެ ނަމުން އަހަރެންގެ ދަރިފުޅަށް ނަންދެވުނުއިރުވެސް އެކަން ގަބޫލުކުރީ ހެޔޮހިތުން، އަހަރެންގެ އަތްފަޅުވެފައި އޮތެއްކަމަކު ސަލީމްގެ އަތުތެރޭ މީކާން ވާތަން ދުށީ އެއްވެސް ބަރުކަމެއް ހިތުގައި ނެތި، އެއްވެސް ނުބައި ނިޔަތެއް ނެތި… މީކާންގެ ބޮޑުދައްތައަށް ވީ އުޒުރެއްނެތި ހެޔޮހިތުން…. އަހަރެން މިކިޔައިދިނީ ހުރިހާ ހަޤީޤަތެއް.. އެކަމު އަހަރެން ބޭނުމެއްނޫން މީކާން ގަދަކަމަކުން މިކަންތައްތަކަށް އެއްބަސްވާކަށް.. މިއީ މީކާންގެ ބޮޑުދައްތަ… ކޮންމެ ނަޒަރަކުން ބެލިޔަސް މީކާން ބޮޑުވީ މުނާއާއި ސަލީމްގެ ދެއަތުތެރޭ… އެމީހުންނަކީ މީކާންގެ މަންމައާއި ބައްޕަ… މުނާ ގެ ހިތް އެހެންމީހުންނަށްޓަކައި ކަޅުވީ މުނާގެ މަންމައާއި ބައްޕައާއި ހެދި. ނާޒީއަށް މިވާހަކަ ނޭނގުނަސް ނިޒާމްއަށް ވަރަށް ރަނގަޅަށް މިވާހަކަތަށް އިނގޭނެ….”
ހިތްދަތި ރާގުގައި ހިތްދަތިގޮތަކަށް ސަލީމާ ނިންމާލި ވާހަކައިން އެތަނުގައި އަސަރު ނުކުރާއެކަކުވެސް ނެތެވެ. އީރަމްގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އަންނަމުންދިޔައިރު ނާޒީއަށްވެސް ދިޔައީ ރޮވެމުންނެވެ. ސަލީމާ ގައިގާ އޮޅުލައިގަނެގެން އިން ސަމީމާއަށްވެސް ދިޔައީ ރޮވެމުންނެވެ. ނަމަވެސް މީކާންއަށް ގަނޑުވެފައިކަހަލަ ގޮތަކަށް އިނދެވުނީ ދެންމެ އިވުނު ވާހަކަތަށް ހިތާއި ސިކުނޑިއަށް ނަގައިގަންނާނެ ގޮތެއް ނޭނގިފައެވެ. ފެށުނީއްސުރެ ދެވަނަ އެހެން މީހަކަށް މަންމަ ނުކިޔާއިރު، މުނާ ބުނިހާ ގޮތަކަށް އުޅެމުން މުނާ ގެ ކޮންމެ ބަހަކަށް ބަސްއަހާ ކިޔަމަންތެރި ކުއްޖެއްހެން ބޯލަނބަމުން ދިޔައިރު މިއަދު މި ލިބުނު ހަބަރު އޭނާ ގަބޫލުކުރާނީ ކިހިނެއްހެއްޔެވެ؟ އޭނާގެ ހަޔާތުގައި ބައްޕައެއް ރޯލާއި އެކު މަންމަގެ ރޯލްވެސް އެންމެ ފުރިހަމައަށް އަދާކުރީ މުނާކަމުގައި އޭނާ ކިތަށް ދުވަހު ދެކެމުން އައިހެއްޔެވެ؟ މުނާގެ އަމަލުތަށް މިއަދު އޭނާއަށް އެނގިފައިވިއެއްކަމަކު ދުވަހަކުވެސް އެހިތުން އެ މަންމައަށް ދެވުނު ޤަދަރާއި އިއްޒަތް ނުފޮހެވުނެވެ. ނަމަވެސް ހަޤީޤަތަކީ އެހެން އެއްޗެކެވެ. މުނާގެ ހިތުގައި މީކާންއާއި ދޭތެރޭ އޮތް އެއްޗެއް ސާފުކޮށް އެ ވީޑިޔޯއިން ވަނީ ހާމަވެފައެވެ. ނަމަވެސް އޭނާ އެކަންތައްތައް ގަބޫލުކުރާނީ ކިހިނެއްހެއްޔެވެ؟ ބޮޑުދައިތަގެ ގުޅުމެއް އޮތް ސަލީމާ އަކީ އޭނާގެ މަންމަކަން ގަބޫލުކުރާނީ ކިހިނެއްހެއްޔެވެ؟ ހިތުން މުނާގެ ދަރަޖަ ފޮހެލާނީ ކިހިނެއްހެއްޔެވެ؟ އެތަށް އަހަރެންވަންދެން އެ މަންމައަށްޓަކައި އެއްކުރި ލޯތްބާއި އިޚުތިރާމް ފޮހެލާ އަނެއްކާވެސް އެހެން މީހަކަށް އެ ތަކެތި އެހާ ފަސޭހައިން ހަދިޔާކުރާނީ ކިހިނެއްހެއްޔެވެ؟
“މީކާން…. އެއްޗެއް ބުނެބަލަ.. އެއީ މީކާންގެ މަންމައޭ…” އީރަމް މީކާންގެ އަތުގައި ހިފާ ތަޅުވައިގަތުމުން މީކާންއަށް ބަލާލެވުނީ އީރަމްއަށެވެ. އޭނާއަށް އެހީއެއްވެދޭށޭ ބުނާފަދަގޮތަކަށް މީކާންގެ ނަޒަރު ހުރުމުން އީރަމްގެ ހިތުގައިޖެހުނެވެ. މީކާންއަށްޓަކައި ހަމްދަރުދީވެވުނެވެ. މީކާން މިގަޑީގައި ހިތަށް އަރާނީ ކީކޭކަން އޭނާއަށް އިނގެއެވެ. އީރަމް ފިޔަވާ ދެން ތިބި ތިން އަންހެންވެރިންވެސް ކަރުނަވީ ލޮލަކާއި އެކު މީކާންއަށް ބަލަހައްޓައިގެން ތިބެވުނީ އޭނާގެ ޖަވާބަކަށް އިންތިޒާރުކުރާށެވެ. މީކާންގެ އެ ބަލާލުމުގައިވި މާނަ އީރަމްއަށް ރަނގަޅަށް ދޭހަވިއެވެ. އަނގައިން ނުބުނެ މީކާން އެތަށް ވާހަކައެއް އީރަމްއާއި ދައްކައިފިއެވެ. އީރަމް މީކާންގެ އަތުގައި ހިފާ ފިތާލުމަށްފަހު ވާހަކަދައްކަންފެށިއެވެ.
“ފަހަރެއްގައި އުނދަގޫވެދާނެ އެކްސެޕްޓު ކުރަން މިހުރިހާ ކަމެއް.. މި އުޅެވުނު ދިރިއުޅުމަކީ މީކާންގެ ދިރިއުޅުމެއް ނޫނޭވެސް ހިތަށް އަރާނެ… މީކާންއަށް މީކާންގެ އަމިއްލަ ނަފްސު ގެއްލިއްޖެޔޭވެސް ހިތަށްއަރާފާނެ.. އެކަމް މީކާން… މިއީ މީކާންގެ މަންމައޭ…. މުނާ އަކީ ކިތަންމެ ނުބައި ޢަމަލެއް ކޮށްފައި ހުރި މީހެއްކަމުގައިވިޔަސް އެ ޢަމަލުތަކުގައި މީކާން ބައިވެރިނުކުރުވީތީ، މީކާން މިހާވަރުކުރީތީ، މީކާންއަށް ހެޔޮއެދުނީތީ އެތަށް ޝުކުރެއް އޭނާއަށް ކުރަން…. ވަގުތުން މިހުރިހާ ކަމެއް ގަބޫލުކޮށް މި ހަޤީޤަތައިގެން ކުރިއަށް ދާށެކޭ އެކަކުވެސް ނުބުނޭ މީކް… ހުރިހާ ކަމެއް ކިހިނެއް އެއްފަހަރާ ބޮލުތެރެއަށް ލާނީ…. މީކާން ގަބޫލުކުރަންދޯ މިއީ މީކާންގެ އަސްލުމަންމަކަން… ނުކުރެވުނަސް ނޫނީ އެ ޖާގަ މިހާރުން މިހާރަށް ނުދެވުނަސް އޯކޭ ވާނޭ… އޯކޭ ވާނޭ ވަގުތުކޮޅެއް ނެގިޔަސް.. ދޯ މީކާން މަންމާ…؟” އީރަމްގެ ވާހަކަތަށް އަޑުއިވިފައި ސަލީމާއަށް ހިތްހަމަޖެހުމެއްލިބުނެވެ. މީކާން އެއިން ކޮންމެ ވާހަކައެއް ގަބޫލުކޮށްފިކަން އެ ބަލާލުމުން އެކަނިވެސް ދޭހަވެއެވެ. އީރަމްއަށާއި ސަލީމާއަށް އަވަސް ނަޒަރެއް ދެމުންދިޔަ މީކާން ވެސް އަދި ސަލީމާވެސް ސިހުނީ އެންމެ ފަހުން އީރަމް، މީކާން މަންމާއޭ ކިޔާ ސަލީމާއަށް ދޯ އެއްލުމުންނެވެ. ހަރަކާތެއް ގެންނާނެ ގޮތެއް ނޭނގުނަސް ސަލީމާއަށް މައުސޫމްގޮތަކަށް ހިނިތުންވެލައިގެން ބަލަން އިން އީރަމް ފެނި އޭނާއަށް ބޯޖަހާލެވުނީ އިޚްތިޔާރަކާއި ނުލައެވެ. މީކާންއަށް އެމަންޒަރު ސާފުކޮށްފެނުނެވެ.
ނުނިމޭ
27 Comments!
Comments are closed.
Salaam and a very good morning! Take care 😉 End is almost on its way and mihaaru vx miss vaan fashaifi mi hurihaa kameh hahaha! Take care 😉
Bala bala huttaa thi up kollyy.. kiyaalaafa comment eh kollaanan
Alhey thankyou samra 😉
Kury part ah comment kohfa ekm reply nudhevunu hurihaa readers ah vrh bodah thankyou 😉 See you
Vaahaka reethi kamun nimunu iru vx neyngunu.. N dhen 2 prt thrr innaany.. v dhera vaahaka nimeythy.. sis ge v baivaru vaahaka thah alhugandu kyn.. sis ge konme vaahaka aky vx v thafaathu v shaugu veri kamaaeku kiyaalevunu vaahaka thakeh… ur ny favourit writer…???
Thankyou and yes two parts dhen iny. Thankyou so much samra ☺️❤️
Vaahaka v v teething… Curiously waiting.. for tge next part..
Thankyou maahy ❤️
Hey axoo ur my favourite and the best writer ever axooo plxx meekaan lahvaa eynaage aslu mom ah mom kiyuh vah chey nimumuge kurin when is next……
Mirey suprise eh dheeba dhooo plx plx plx plx luv u axoo and all the best may god bless u and u family
Thankyou zahee! And it’s not axoo, zahee! ☺️ Once again thankyou ❤️
Varah reethi Masha Allah nehtha ithuru sireh dhen falhaa
araakah ??
Thankyou yan ❤️
Maasha allah … mi baives v reethi … hama kiyaala kiyaala indhaa e nimunee …. dhn ekm haadha last ep kanneynge dhw … gonna miss this story soooo much…. i’ll miss eeraam and meekaan … love this story and luv u dear ❤❤❤❤❤
Thankyou imkko adhi two episodes ihnaane. Take care ❤️
AHLEYYY haadha ahvahaka nominee mih vaahaka……… BTW vvvvv reethiiii…… ?
It’s my first comment Ryn…….?? Ryn heh vaahaka kiyan BTW comment eh nukurii eh kamaku???
Thankyouuu ☺️❤️
Eyh mee axu ge vhk eh nooney … ?
Hahaha Eii olhigenney dhw ?
Siss story is awesome ???? Masha Allah ??? varah Varah Reethi ??? whn is next curiously waiting for the nxt part ??? luv yeahh???❤️❤️ stay home be safe….. don’t forget to wash your hands ???????✌️✌️
Thankyou so much! Also stay home and have fun hahaha ❤️
Mashaa Allah… Mi part vx vrh reethi.. ?Ryn ur my favorite n the best story writer ever…curiously waiting for the next part…
Thankyou manha annnnd manha is my fav story character too ❤️☺️
Sorry for the late comment.. I was bxy…. Maashaa Allah mi part ves Varah reethi… Sis dhen two parts dho baakee other…. Lysm sis ❤️❤️❤️❤️❤️❤️
Um really very very srry vrh dhuvas vehje mi vahaka ah comment eh numuraathaa i thought mi vahaka up kuranee acoo kiyaa kuhjeh kamah srry
Masha Allah sissy mi baives hama varah salhi …. Next two more dhww …. Gonna miss u sissy …. Keep it up … Luv u sissy ❤️??
Mihaa best writer neynge fenunukameh kiyun thetin ge ihusaasthah dhanna writer eh thy best of luck
wow ..varah reethi mi part vs