Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާނަމޭ އުމުރަށް އެކީ ޖާނާ 17

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
April 8, 2020 10 Mins Read
22 Comments

އީރަމް ލޯ ހުޅުވާލާފައި މުޅިތަނަށް ނަޒަރު ހިންގާލީ ލޮލުގައިވާ ފުސްކަން ފިލުވާލުމުގެ ގޮތުންނެވެ. ފުންނޭވައެއްލުމަށްފަހު އޭނާ ކަނާތްފަރާތަށް ބަލާލިއިރު ފެނުނީ އިސްޖަހައިގެން އިން މީކާންއެވެ. އީރަމްގެ ލޯ ބޮޑުވެގެންދިޔައެވެ. މަންޒަރު ފެނުމާއި އެކު ކަންހިނގައިދިޔަ ގޮތް އޭނާއަށް ލަފާކޮށްލެވުނެވެ. މީކާން ގެ ހިތާމަވެރި ސޫރަ ދެކޭކަށް އޭނާ ނޭދެއެވެ. މީކާން އިންގޮތުން އޭނާއަށް ހުރިހާ އެއްޗެއް އެނގިއްޖެކަން އީރަމްއަށް ޔަޤީންވިއެވެ. މީކާންގެ މަންމަގެ ސަބަބުން މީކާން ހަލާކުވާކަށް އޭނާ ނޭދެއެވެ.

“މް..މީކާން…” އީރަމްގެ އަޑަށް އިސްޖަހައިގެން އިން މީކާން ބަލައިލީ ސިހިފައެވެ. ދެމީހުންގެ ލޯ ބައްދަލުވި ހިނދު މީކާން ކުރިމަތި ލަމުން އައި ހިތާމަ ރީއްޗަށް އީރަމްއަށް ފެނުނެވެ. އޭނާ މީކާންގެ އަތުގައި ހިފަހައްޓާލާފައި ތެދުވަން މަސައްކަތްކުރިއެވެ. މީކާން ދެކޮޅުހަދާކަށް ބޭނުމެއްނުވިއެވެ. އީރަމް ތެދުވެފައި މީކާން ކައިރި އޭނާއާއި ކައިރިވުމަށް އެދުނެވެ. މީކާން އިށީނދެ އިން ގޮނޑިން ތެދުވުމަށްފަހު އީރަމްގެ އެނދުގައި އިށީނެވެ. އެއާއި އެކު އީރަމް މީކާންގެ ގައިގާ ބައްދާލިއެވެ. އެ ކުޑަ ހަރަކާތާއި އެކު މީކާން ހިފަހައްޓަމުން ދިޔަ ކަރުނަތަށް ފައިބައިގެންދިޔައެވެ. އެ ބިޔަ ހަށިގަނޑުގައި މަޑުތުރުތުރެއް ވިއެވެ. އީރަމް ދެލޯ މަރާލައިގެން އިންއިރު ދުނިޔެއަށް އޭނާގެ ހިތުގެ ވެރިޔާ ފޮރުވަން މަސައްކަތްކުރަމުންދިޔައެވެ. ކަޅުވިލާތަކުން ރައްކާތެރިކުރެވޭތޯ ބެލިއެވެ. ހިތާމަތަކުން ސަލާމަތްކުރެވޭތޯބެލިއެވެ. އޭނާގެ އަތުތެރޭ ކުޑަކުއްޖެއްފަދައިން އޮޅުލައިގަނެގެން އިން މީކާންގެ ހިތުގެ އަޑު އީރަމްއަށް ދިޔައީ ސާފުކޮށްއިވެމުންނެވެ. މީކާންގެ އުދާސްތަށް ބޭރުކުރަން އޭނާ ވަގުތު ދީގެން އިންއިރު މީކާންގެ ގިސްލުމުގެ އަޑުއިވޭ ކޮންމެފަހަރަކު އީރަމްގެ ހިތަށް ތަދުވެއެވެ. ދެލޯ ފެންކަޅިވެއެވެ.

“މީކް.. މައި ލަވް… މައި ބޭބީ… އަހަރެން އަބަދުވެސް މިހުރީ މީކާން ކައިރިއޭ…. ސޮރީ… މީކާން އަށް މި ހިތި ތެދާއި ކުރިމަތިލާންޖެހުނީތީ ސޮރީ…” އީރަމް މީކާންގެ ބޮލުގައި ފިރުމާލިއެވެ. އިރުކޮޅަކުން މީކާންގެ އަޑުކެނޑި އޭނާ އީރަމްގެ އަތުތެރެއިން ދުރަށްޖެހިލަން ބޭނުންވިއެވެ. ނަމަވެސް އީރަމް އެ އިންގޮތަށް އިނދެ ދުލެއްނުދިނުމުން މީކާންއަށް ޖެހުނީ އެގޮތަށް އީރަމްގެ ގައިގާ ބައްދާލައިގެން އިންނާށެވެ.

“ސޮރީ…. އީރަމް… އަހަރެންނަށް އިނގޭ ސޮރީ ބުނުން އަހަރެނަށް ހައްޤުނުވާކަން… އެދުވަހު އީރަމް ދެއްކި ވާހަކަ ގަބޫލުކުރިނަމަ މިއަދު އީރަމްއަށް ތިހެންނުވީސް.. މަންމަ އަކީ އެހާ ގޯސްމީހަކަށް ވެދާނެކަމަކަށް އަހަރެން ހިއެއްނުކުރަން… ހުރިހާ އެންމެންގެ މަންމައިންނަކީވެސް މާތްބައެއްނު.. އަހަރެން މަންމަވެސް އަހަރެން މިވަރު ކުރީ ވަރަށް ލޯބިދީގެން… އަހަރެންވެސް މަންމަ ދެކުނީ ދުނިޔެމަތީވި އެންމެ މާތްމީހާގެ ގޮތުގައި، އެކަމް މަންމަ…… ބައްޕަވެސް މަރާލީ… އަހަރެން ކިހިނެއް ދެން އީރަމްއަށް ފޭސްކުރާނީ؟ އަހަރެންނަކަށް……”

“މިގޮތަށް..” މީކާންގެ ވާހަކަ މެދުކަނޑުވާލާފައި އީރަމް ދުރަށްޖެހިލިއެވެ. އެއަށްފަހު އޭނާގެ ކުޑަކުޑަ ދެއަތުން މީކާންގެ މޫނުގައި ހިފަހައްޓާލާފައި އޭނާގެ މޫނާއި އެއްވަރުކޮށްލިއެވެ.

“މީކާން އަހަރެންނާއި ކުރިމަތިލާނީ މިގޮތަށް… އަހަރެންގެ ލޮލަށް ބަލާނީ ކުރިންވެސް ބެލިހެން… އަހަރެންދެކެ ލޯބިވާނީ ކުރިންވެސް ވީ ފަދައިން… މަންމައިންނަކީ މާތްބައެކޭ މީކާން.. އެކަން މީކާންއަށް އަދި އަހަރެން އަންގައިދޭނަން..”

އީރަމް ހިނިތުންވެލާފައި މީކާންގެ ނިތުގައި ބޮސްދިނެވެ. ކަރުނަ ހިކިފައިހުރި މީކާންގެ ދެލޮގައި ވި ހިތާމަތަކަށް ވަރަށް އަވަހަށް  ނެތޭނެކަމުގެ އުއްމީދުގައި އެ ދެލޮލަށް އޭނާ ބޮސްދިނެވެ. އީރަމްގެ ހަރަކާތްތަކުން މީކާންގެ ހިތަށް ކުޑަ ލުޔެއް ލިބިގެންދިޔައެވެ. އެކުޑަވަގުތުކޮޅުގައި ހިތަށް ލުއިކަމެއް ލިއްބައިދެން އީރަމް ވެދިން އެހީއަށްޓަކައި އޭނާ ޝުކުރުވެރިވިއެވެ. މީކާން މައާފަށް އެދެން ކިތަންމެ ބޭނުންވިއެއްކަމަކު އީރަމްގެ މާފު އޭނާއަށް ހައްޤުނޫންކަމުގައި އޭނާ ދެކެއެވެ. އީރަމްގެ ދިރިއުޅުން ބަރުބާދުވީ މީކާންގެ މަންމައާއި ހެދިއެވެ. މަންމަ ހޯދާތާ ހަތަރު ގަޑީއިރުވަނީއެވެ. ނަމަވެސް މަންމަ ފިލައިގެން ދިޔަ ތަނެއް އެކަކަށްވެސް ނޭނގެއެވެ. މުޅި ރާއްޖެއަށް އެވާހަކަ ފެތުރުނުލެއް ވަރަށް އަވަހަށެވެ. ފުލުހުން އަދިވެސް ދަނީ މަންމަ ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

އީރަމް އާއި މީކާން ދުރަށްޖެހެން މަޖުބޫރުވީ ޑޮކްޓަރުއައުމުންނެވެ. ފަރުވާތެރިކަމާއި އެކު އީރަމް ގެ ޗެކްއަޕް ހަދާލުމަށްފަހު އެދެމީހުންނާއި އޭނާ ބައްދަލުކުރީ ހިނިތުންވުމަކާއި އެކުގައެވެ.

“މިހާރު ރަނގަޅު.. ގެޔަށް ދެވޭނެ..” ކުރުކުރުއެއްޗެއް ބުނެފައި ޑޮކްޓަރު ދިޔުމުން އީރަމް އެނބުރުނީ މީކާންއާއި ދިމާލަށެވެ. މީކާން އިސްޖަހާލިތަން ފެނި އީރަމް ކަރުކެހިލިއެވެ. އަދިވެސް ކަރުގެތެރޭ އުނދަގުލެއް އުޅޭހެން އޭނާއަށް ހީވަމުންދިޔައެވެ.

“މާ ބޮޑަށް ދުމުގެ އަސަރު ކުރީމަ އީރަމް އަށް އެގޮތަށްވީ….” މީކާން ކުރުގޮތަކަށް ބުނެދިނެވެ.

“ދެން ގެޔޯ؟ ކިހިނެއްވީ ފަހުން؟ ކޮބާ ވަހީދުބޭ؟ ކޮބާ މުނާ؟؟”

“ފުލުހުން ބުނީ އެމީހުން ދިޔައިރު އަލިފާންހުރީ ނިއްވާލާފައިކަމަށް… އަލިފާން ރޯވިނަމަ ވަރަށް ބޮޑަށް އިމާރާތުތެރޭ އަލިފާން ހިފީހޭ ފުލުހުން ބުނި… އެކަމް ކޮންމެސް ގޮތަކުން އަލިފާން ނިވިފައި ހުރީކަމަށް އެމީހުން ބުނަނީ.. އެހެންވެ އެހާ ބޮޑަށް ދުން އެތެރޭގައި ހިފީ.. އީރަމް އުޅޭ ބައިގައި އުޅުނު ބައެއް މީހުން އެހީވެދިނީ އީރަމްއަށް… ބަދިގެޔާއި އެދިމާލުން ހުންނަ ސިޓިންރޫމްގެ ބަޔަކަށް އަސަރުކޮށްފައި ހުރީ.. އަހަރެންނަށް ހީވަނީ އީރަމްއަށް މިޖެހުނީ އައު ބަދިގެއެއް އަޅައިދޭންހެން އަހަރެންގެ ޚަރަދުގައި..ދެން ވަހީދުބެއަށްވެސް ހުރި އަނިޔާލިބިފައި މިހާރު ދޫކޮށްލީމަ ގެޔަށް ގޮއްސި… އީރަމްއާއި ބައްދަލުކުރާނޭ ވާހަކަވެސް ބުނި.. ދެން… މަންމަ… އަދިވެސް ހޯދަނީ.. އީރަމް ހާސްނުވޭ މަންމަ ފެންނާނެ.. މަންމައާއި ދެކޮޅަށް އެވަރަށް ހެކި އެބަހުރި.. އަހަރެން ދިނިން އީރަމް ހަވާލުކުރި އަމާނާތްވެސް ފުލުހުންނަށް… އެމީހުންވެސް ބުނި އީރަމް އަކީ ވަރަށް ހިތްވަރުގަދަ ކުއްޖެކޭ…”

މީކާންގެ ވާހަކަތަށް އަޑުއަހާފައި އީރަމް ހަމްދުކުރީ އޭނާ ނުރައްކަލުން ސަލާމަތްކުރި، އޭނާގެ ހިތާމަތަކާއި އުފާތަށް އައްސަވާ އަދި ބައްލަވާ ވޮޑިގެންވި މާތް ރަސްކަލާނގެއަށެވެ. އެއަށްފަހު އޭނާ މީކާންގެ ދެއަތުގައި ހިފަހައްޓާފައި ދެއަތަށް ބޮސްދިނެވެ. މީކާން އަށް އޭނާގެ މަންމަގެ ވާހަކަދައްކަން އެހާ ފަސޭހަނުވާނޭކަން އީރަމްއަށް އިނގެއެވެ. އެކަމުވެސް އޭނާ އެ ހިތްވަރުކުރަނީ އީރަމްއަށްޓަކައިކަން އީރަމްއަށް އިނގެއެވެ. މީކާންގެ އެހީގައި އީރަމް އެނދުން ތެދުވެ އަމިއްލަ ނަފްސަށް ފުންނަޒަރެއްދިނެވެ. ލައިގެން ހުރި ހެދުން ހުރީ ހަޑިވެފައެވެ. މީހާގެ ބޯ ހޭވިފައިވާއިރު އޭނާ ބޭނުންވީ ވީހާވެސް އަވަހަށް ތާޒާވެލާށެވެ. މީކާން ބުނި ބުނުމަށް އޭނާ ޖެހުނީ މީކާންގެ ގެޔަށް ދާށެވެ. ދިޔަ މަގުމަތީ އޭނާ މީކާން ހޮސްޕިޓަލަށް އައި ގޮތުގެ ވާހަކައާއި މެދު ސުވާލުކުރިއެވެ.

“ލާހިން ތިތާ ކައިރި އުޅުނު ވަގުތަކާއި ދިމާވީ.. އެމްބިއުލާންސަށް އީރަމް އަރުވަނިކޮށް އޭނާއަށް ފެނުނީ.. އޭނާ ގުޅާފައި ބުނީމަ އަވަހަށް ދިޔައީ… ނާޒީވެސް ވަރަށް އިރުވަންދެން އިނދެފައި ދިޔައީ… އަހަރެން ބުނީ ދާށޭ… ދަންވަރުވަނީވިއްޔަ އެހެރަ..” މީކާން ކޮންމެވެސް ވަރަކަށް ހަމަޖެހިލާފައި ހުރިކަން އޭނާގެ ވާހަކަތަކުން އެނގި އީރަމް އުފާވިއެވެ. ނަމަވެސް އެ ހިތާމައަކީ މީކާންގެ ހިތުގައި ގިނަދުވަހަކަށް ދެމިގެންދާނޭ އެއްޗެއްކަން ރަނގަޅަށް އީރަމްއަށްއިނގެއެވެ.

“މީކާން އަހަރެން ތިގެނައީ ހުރިހާ ކަމެއް ރާވާ ނިންމާފަތަ؟ އަހަރެން ލާނީ ކޯޗެއް؟ އަހަރެން ހީކުރީ މިގެޔަށް އަންނަން އެހާ ވަރު ދައްކާނީ ހުރިހާ ކަމެއް ރާވާފަކަމަށް…” މީކާންގެ ކޮޓަރިތެރެއަށް ވަންނަމުން އީރަމް އެހެން ބުނުމުން މީކާން ބޯކަހާލިއެވެ. އޭނާ ވަގުތުން އޭނާގެ އަލަމާރި ހުޅުވާލާފައި ޓީޝާޓަކާއި ސޯއްޓެއް އެއްލިއެވެ. އީރަމްގެ މުނުމަތީ ޖެހިފައި އެ އެއްޗެހި ވެއްޓުނީ އީރަމްގެ އަތަށެވެ. މީކާން ބޮލުގެ އިޝާރާތުން ފާހަނަދެއްކުމުން އީރަމް ލަސްފިޔަވަޅުތަކެއްގައި ފާހަނައަށް މިޝްރާބުޖެހިއެވެ. ބޮޑު ފާހަނާތެރޭ އެއްފަޅީގައި ހުރި ކަބަޑުތަކުތެރެއިން ތުވާލިތަކެއް ފެނުމުން އެނަގައިގެން ފާހަނަ ތެރެއަށް އީރަމް ވަނެވެ. މީކާންގެ ކޮޓަރިހާ ފާހަނަވެސް ބޮޑެވެ. ލޯގަނޑުވެސް އެހާ ބޮޑުވެފައި ހިތްފަސޭހައެވެ. އެ ކޮޓަރިތެރޭ ހުރި ގިނަ ފަރނީޗަރާއި ޑިޒައިނުގައި ވީ ފެހިކުލައެވެ. އެއީ މީކާންއަށް އެންމެ ރީތި ކުލައެވެ.

ފެންވަރައިގެން އީރަމް ނިކުންނަންދެން މީކާން އެނދުމަތީ އިށީނދެ އިނެވެ. މީކާން ނިންމައިގެން ހުރީ އީރަމް އޭނާގެ ކޮޓަރީގައި އޭނާގެ އެނދުގައި ބާއްވާފައި ހަމަ އެކޮޓަރިތެރޭ ހުރި ސޯފާގައި މީކާން އޮތުމަށެވެ. ކުޑަ އިރުކޮޅަކަށްވިޔަސް އޭނާގެ ލޯމަތިން އީރަމް ގެއްލޭކަށް އޭނާ ނޭދެއެވެ. އެހެންކަމުން އޭނާއާއި އެކު އެއްކޮޓަރީގައި އީރަމް ބާއްވަން ގަސްތުކުރިއެވެ. އަދިވެސް މިނިވަންކަންމަތީ ފިލާފައިވި މަންމަގެ ހަމަލާ އީރަމްއަށް ލިބިދާނޭކަމަށް އޭނާއަށް ހީވަމުންދިޔައެވެ. އަދި މީކާންގެ ގެޔަކީ އެކަން ކުރަން އެންމެ ފަސޭހަ ތަންކަމުގައި އޭނާ ގަބޫލުކުރެއެވެ. އީރަމް ނިކުންނަންވާއިރަށް އޭނާ ޖެހިގެންހުރި ކޮޓަރީ ފާހަނައަށް ތާޒާ ވެލުމުގެ ނިޔަތުގައި އެއްޗެހި ހިފައިގެން ހިނގައިގަތެވެ.

ފެންވަރައިގެން ނިކުތް މީކާން އޭނާ ކުރިން ލައިގެން ހުރި އަންނައުނުތަކާއި އެކު ކޮޓަރިއަށް ވަތްއިރު ފާޑަކަށް ލޯގަނޑު ކުރިމަތީ ހުއްޓިހުރި އީރަމް ފެނިފައި ފިޔަވަޅުތަށް މަޑުޖައްސާލިއެވެ. ބޮލުގެ އިސްތަށިގަނޑު ތުވާލިން ފޮރުވާލައިގެން މީކާން ދިން ޓީޝާޓުގައި އީރަމް ހުރިއިރު ހީވަނީ ގޯންޏަކަށް އެރިހުރީހެންނެވެ. މީކާން އާންމުގޮތެއްގައި އެންމެ ގިނައިން ލާ އުޅޭ އެ ޓީޝާޓު އީރަމް ގެ ކަކުލާއި ހަމައަށް ކިރިޔަ ކިރިޔާ އަރަނީއެވެ. ލައިގެން ހުރި ސޯއްޓުވެސް އެ ޓީޝާޓުދިގުކަމުން ފެންނަވަރެއްނުވިއެވެ. އުނަގަނޑުގެ ވަކި ހިސާބެއްގައި އަތްއަޅުވާލައިގެން އޭނާ ހުރެފައި މީކާންއާއި ދިމާ އެނބުރުނެވެ.

“މި ސޯޓު ދުލޭ.. އަނެއްކާ މި ލައިގެން ހުއްޓަސް ނުލާ ހުރުމެކޭ އެއްވަރު.. ދިގު އެއްޗެއް ނެތްތަ؟”

އަލަމާރިތެރެއިން މީކާން ނަގާފައި ދިނީ އޭނާގެ ޓްރެކްޝޫޓެވެ. އެލައިގެން އީރަމްޖެހުނީ އޭނާގެ ފަޔާއި އެއްވަރަށް އޮޅާށެވެ. އަދި އެތެރޭ އިންނަ ވާކޮޅު ކުޑަކޮށްލާ އުނަގަނޑަށް ހެޔޮވަރުކޮށްލާށެވެ. އީރަމް އުޅުނުގޮތުން މީކާން ހުރީ ހިނިއައިއްސައެވެ. ދާވަށިގަނޑަށް އެއްޗެހި ލުމުގެ ކުރިން ޖީބުތަށް ޗެކްކުރަން އާދަވެފައި ހުރި މީކާންގެ އަތުގައި ޖެހުނީ އީރަމް ނަގާފައި ދިން ރުމަލެވެ. އޭނާ އެ ރުމާ ނަގާ އެއަށް ފުން ނަޒަރެއް ދީފައި އީރަމްއަށް ބަލައިލިއެވެ. އޭރު އީރަމް އެނދުމައްޗަށް އަރާ ހަމަޖެހެނީއެވެ. ފަތްޖަހާފައި އޮތް ރުމާ ނިއުޅާލާފައި އެއަށް ރަނގަޅަށް މީކާން ބަލާލިއިރު އޭނާއަށް ލިބުނީ ސިހުމެކެވެ. މިއީ ކުރިންވެސް އޭނާއަށް ފެނިފައިވާ އެއްޗެކެވެ. މިއީ ކުރިންވެސް އޭނާއަށް ފެނިފައިވާ އަތުފެހުމެކެވެ. އެތަށް ތައުރީފުތަކެއް އޮއްސާލި ޑިޒައިނެވެ. އެއްފަހަރު އީރަމްއަށް އަދި އަނެއްފަހަރު ރުމަލަށް ނަޒަރު ހިންގާލާފައި މީކާން ފިޔަވަޅުތަށް ކުރިއަށް އަޅާލީ އޭނާގެ ހަޒާނާ ފޮށްޓާއި ދިމާލަށެވެ. އޭނާގެ ހިތުގައި އެތަށް އަހަރެއްވަންދެން ސުވާލު އެނބުރުނު މާ ހަމަ އެ އިންގޮތަށް މި ރުމަލުގައި ވެސް އެބައިނެވެ. މިރުމަލުގައި އިން ސަންފްލާވާރގައިވެސް ވަނީ ނޫކުލައެވެ. އެއާއި ކައިރިން ރީތިގޮތަކަށް އީރަމްގެ ނަންޖަހާފައިވެސް އިނެވެ. މީކާންގެ ހިތް އޮބިނޯންނަވަރަށް ތެޅެންފެށި އޭނާގެ އަތުގައި މިވީތަށް ދުވަހު އޮތް ރުމާލުގެ ޑިޒައިނާއި އީރަމް އޭނާއަށް ދިން ރުމަލުގެ ޑިޒައިނާއި މާ ބޮޑު ތަފާތެއް ފެންނަން ނެތީމައެވެ. ހަމައެކަނި ތަފާތަކީ މީކާންގެ އަތުގައި އޮތް، ލަމްޔާ އެދުވަހު ދިން ރުމަލުގައި އެލް އަކުރުޖަހާފައި އިންކަމެވެ. އަދި އީރަމް އޭނާއަށް ދިން ރުމަލުގައި އީރަމް ޖަހާފައި އިންކަމެވެ. ރުމަލުގެ ކުލަޔާއި ފަހަން ބޭނުންކޮށްފައި ހުރި ރޮދިތަކުގެ ކުލަވެސް ހަމަ އެކައްޗެވެ.

ސަންފުލާވާރގައި އިން ނޫކުލައަކީ އޭނާގެ ބޮލުގައި ކޮށްޓާ ވަރުގަދަ ސުވާލެކެވެ. އެ ދެރުމަލާއި އެކު މީކާން އެނބުރުނީ އީރަމްއާއި ދިމާލަށެވެ. އީރަމްއާއި ކައިރިވެފައި އޭނާ އީރަމްއަށް ދެއްކީ މިއަދު އީރަމް އޭނާއަށް ހަވާލުކުރި ރުމަލެވެ.

“މިއީ ކާކު ހަދާފައި؟” މީކާން އެކުރި ސުވާލަކުން އީރަމް ދެބުމަ ގާތްކޮށްލިއެވެ.

“އަހަރެންގެ ރުމަލެއް ތީ.. އަހަރެން އަމިއްލައަށް ފަހާފައި ތިއީ….. ކުޑައިރު ވަރަށް ކުރާހިތުން ކުރިކަމެއް ތީ… ވަރަށް ކުރިންދުވަހަކު އަހަރެންނަށް ތި ރުމަލާއި އަހަރެން ފެހި ބައިވަރު އެއްޗެހި ފެނުނީ… ރީތިތަ؟” އީރަމް ހެވިދިއްލިފައި އިނދެ އެހެން ބުނުމާއި އެކު މީކާންގެ ހިތުގައި އެތަށް ސުވާލުތަކެއް ބުރުޖެހިއެވެ. ފަހަރުގައި އީރަމް އެލް އަކުރުޖަހާފައި އެ ރުމާ އެހަދާދިނީ ލަމްޔާއަށްކަމަށް ވެދާނެއެވެ. އެދެމީހުންނަކީ ގާތްއެކުވެރިންކަން މީކާން ހަނދާންވީ ދެނެވެ. ނަމަވެސް އޭނާ ޔަޤީންކޮށްލުމުގެ ނިޔަތުގައި ދެން އޮތް ރުމާ ނިއުޅާލާފައި އީރަމްއަށް އެ ދައްކާލިއެވެ. އެއާއި އެކު އީރަމްއަށް އަނގައިގައި އަތްއަޅާލެވުނުއިރު ދެލޯ ދިޔައީ ބޮޑުވެގެންނެވެ.

“މީ ކާކު ހެދި އެއްޗެއް؟ މީ ކާކުގެ؟”

“ތި.. ތި ރުމާ ކިހިނެއް.. މީކާންއަށް.. މީކާންއަތުގައި ތި ރުމާ ކީއްކުރަނީ؟؟” ހުއްޓަހުއްޓާފައި އީރަމްއަށް ބުނެވުނު އެއްޗަކުން މީކާން ހީކުރީ އެއީ އީރަމް ލަމްޔާއަށް ދިން އެއްޗެއް އޭނާގެ އަތުގައި އޮތީ ކީއްވެކަން އެނގެން ބޭނުންވެފައި ހުރީކަމަށެވެ. އޭނާ ހުރީ ލަމްޔާ އަކީ އޭނާގެ ފުރަތަމަ ލޯބިވެރިޔާކަން ހާމަނުކުރާށެވެ. ނަމަވެސް އެއީ އީރަމްއަށް އިނގެންޖެހޭ އެއްޗެއްކަން މީކާންގެ ހިތްބުނާތީ އެ ޖަވާބު އީރަމްއަށް ދިނެވެ.

” މި ރުމަލާއި އީރަމް ދިން ރުމަލާއި އެއްގޮތ…..” މީކާން ބުނަން އުޅުނު އެއްޗެއް ފުރިހަމައެއްނުކުރެވުނެވެ.

“ތީ… ތީ އަހަރެންނަށް އޮޅިގެން… މީކާން އަކީ އެކުއްޖާތަ؟؟ ވެއިޓް..” އީރަމް އަވަސްއަރުވާލާފައި ވާހަކަދެއްކިގޮތުން އޭނާގެ ހިތްއަވަސްވެފައިހުރިވަރު މީކާންއަށް އިނގުނެވެ. އޭނާގެ އަތުން އީރަމް އެ ރުމާ ނަގާ އެތަށް ގޮތަކަށް އެއަށް ބަލަހައްޓައިގެން އެތަށް އެތަށް ރިސާރޗުތަކެއް ކުރިއެވެ. މީކާން ކިހިނެއްވީތޯ ސުވާލުކުރިއަޑަށް އީރަމް ގެ ދެލޯ އޭނާއަށް ހުއްޓުނީ އާދަޔާޚިލާފުގޮތަކަށެވެ. އެބޮޑު ދެލޯ އިނީ އިތުރަށް ބޮޑުވެފައެވެ.

“މީ ހަމަ އެރުމާ..މީ ހަމަ.. ހެހެހެ… މީކާން….. މީކާން ތީ…” އީރަމް އަށް ހެވޭވަރުން އެއްޗެއް ނުބުނެވިގެން އުޅޭތަން ފެނި މީކާން ދެބުމަ ގޮށްޖަހާލިއެވެ. އީރަމް އެނދުން ތެދުވިގޮތަށް މީކާންގެ ގައިގާ ބައްދާލިއެވެ. އޭނާއަށް ލެވޭ އެންމެ ބާރުލައިގެން އެއަތުތެރޭ މީކާން ފިއްތާ ބާރުކޮށްލިއެވެ. އޭރުވެސް އެ ތުންފަތްމަތީ ވަނީ ފަނޑު ހިނިތުންވުމެކެވެ. މީކާން ގެ ހަޤީޤަތް ނޭނގިހުރެ އީރަމް ވާހަކަދައްކަންފެށިއެވެ.

“އަހަރެން ބުނި ހަނދާނެއްވޭތަ؟ އަހަރެން ސުކޫލުގައި އުޅެނިކޮށް އަހަރެންނަށް ތަފާތުގޮތެއް އިހުސާސް ކުރުވި ކުއްޖަކު އުޅުނޭ އަހަރެން ބުނީމެއްނު… މީކާން އަކީ އަސްލުވެސް އަހަރެންގެ ފުރަތަމަ ލޯތްބޭ އެހެންވީމަ… އަހަރެން ވަރަށް ހިތަށްއަރާ މިހާރު އެކުއްޖާ ކޮބައިބާއޭ…. އަހަރެން ވަރަށް ގިނައިން ޓިއުޝަން ނިންމާފައި ދާއިރު އެކުއްޖާ ފެނޭ… އަބަދުވެސް ވަރަށް ރުޅިއައިއްސަ ހުންނަހެން ހުންނާނީ.. ދެން އޭނާ ކާރު އަންނަންދެން ހުންނާނީ އަވީގައި، ސުކޫލުގައި އުޅުނުއިރުވެސް ހިޔާގަނޑެއް އޮންނައިރުވެސް ނާރާނެ ހަމަ މުޅިންވެސް އަވީގައި.. ދެން އަވީގައި ހުރެހުރެ ދާހިއްލާފައި ހުންނަނީ އެހެންވެ އަހަރެން ރުމަލެއްގައި މި ޑިޒައިން ހަދާފައި، އަހަރެންގެ ނަން ލިޔެފައި ދަބަހަށް ލައިގެން އަބަދު އުޅެނީ އެ ރުމާ ދެވޭނެ ދުވަހަކަށް.. މި މަލާއި މި ކުލައަކީ އެކުއްޖާއަށް ހާއްސަކޮށްގެން އަހަރެން ވަރަށް ވިސްނާފައި ހެދި އެއްޗެއް. އޭރުން އިނގޭނެތާ އަހަރެންގެ ނަންވެސް.. ލަމްޔާ ކައިރިވެސް އަބަދު ކިޔަނީ އެކުއްޖާގެ ވާހަކަ.. ނަންނޭނގޭ އަވީގައި ހުންނަ އެކުއްޖާގެ ވާހަކަ…

އެއްދުވަހު އަހަރެން ޓިއުޝަނުން ގެޔަށް ދަނިކޮށް މީހަކު ފަހަތުން އައިހެން ހީވެގެން ފަސްއެނބުރުނުގަޑީގައި އަހަރެންގެ އިނގިލި ވަނީ އެކުއްޖާގެ ލޮލަށް.. އަހަރެންގެ މޮޔަކަމުން އެހެންވީވެސް… އަވަސްއަރުވާލަން ހަދައިގެން އަހަރެންނަށް އެކުއްޖާއަށް ދެވުނީ އަހަރެންގެ ނަން ފުރިހަމަ ނުކުރެވިފައި އޮތް ރުމާ.. އަހަރެން އުޅުނީ ހަމަ އެރުމާ ކަހަލަ ރުމައެއް އަހަރެންނަށްވެސް ހަދަން… ދެން އޮޅުމަކުން ފުރިހަމަނުވެ އޮތް ރުމާ ދީފައި އަހަރެން އަވަހަށް ދުއްވައިގަތީ…. މާ ދުރަށް ދިޔަފަހުން އެނގުނީ ދެވުނީ ނުބައި ރުމައެއްކަން.. މީ އެރުމާ.. އަހަރެން މިއަދު މީކާންއަށް ދިނީ އަހަރެން، އަހަރެންނަށް ހާއްސަކަމެއް އިހުސާސްކުރުވި ކުއްޖާއަށް އަހަރެންގެ އަތުން ފަހާފައި ހަވާލުކުރަން އުޅުނު ރުމާ.. މިހުރިހާ ދުވަހު މީކާންގެ އަތުގައި އޮތީ އަހަރެންނަށް އޮޅިގެން ދެވުނު ރުމާ.. ފުރިހަމަ ނުުކުރެވި އޮތް ރުމާ……”

މީކާންގެ ގައިގާ ބައްދާލައިގެން ހުރެ އީރަމް އޭނާގެ ވާހަކަ ނިންމާލީ ނަން ހާމަނުކޮށް އެ ކިޔައިދޭ ކުއްޖާއަކީ މީކާންކަން އެނގިހުރެއެވެ. މީކާންއަށްވެސް އެއީ މީކާންކަން އެނގޭނެކަން އީރަމްއަށް ޔަޤީނެވެ. އީރަމް ދެއްކި ވާހަކަތަކުން ދެލޯ ބޮޑުކޮށްލައިގެން މީކާންއަށް އިރުގަނޑަކު ހުރެވުނެވެ. އޭނާގެ އަތަށް އެ ރުމާ ދިނީ ލަމްޔާއެވެ. ނަމަވެސް އީރަމް މިދައްކަނީ ހަމަ އެދެމީހުން ބައްދަލުވިގޮތެވެ. އެހެންވާންވީ ކިހިނެއްހެއްޔެވެ؟ މިވަނީ ކިހިނެއްހެއްޔެވެ؟ ހިޔާގަނޑާއި ދުރަށް ދުވެ އަވިގަނޑުގައި އަބަދު ހުންނަނީ މީކާންއެކެވެ. އަދިވެސް އެކަންވަނީ އޭނާގެ އާދައަކަށްވެފައެވެ. މީކާންގެ ވާހަކަ ނޭންގޭ ހާލު އީރަމް އަށް ހިނިތުންވުމެއްދެވުނީ އޭނާ ކުޑައިރުވެސް އަދި ބޮޑުވެގެންވެސް މި ތަފާތު އިހުސާސެއްކޮށްގެން އުޅެވުނީ އެއްކުއްޖަކާއި މެދުކަން އެނގިހުރެއެވެ.

މީކާން އީރަމްގެ ދެއަތް ނައްޓުވާލާފައި ދުރަށްޖެއްސުމަށްފަހު ސުވާލުކުރިއެވެ.

“ދެން ލަމްޔާ އެއީ ކާކު؟”

“އެއީ އަހަރެންގެ ބެސްޓްފްރެންޑޭ ބުނީމެއްނު.. އަހަރެމެން އަބަދު އެކީ އުޅެނީ… ކިހިނެއްވީތަ ތިހާ ހާސްވީ؟”

“އޯކޭ ވެއިޓް.. އަހަރެންނަށް އަބަދުވެސް ފެނޭ މި ރުމާ އަހަރެންނަށް ދިން އަންހެންކުއްޖާ…. އަހަރެން ލޯބިވީ އެކުއްޖާދެކެ.. މި ރުމާއަހަރެންނަށް ދިނީ އެކުއްޖާ.. އަހަރެން ލޯބީގައި ދީވާނާކޮށްފައި އެތަށް އަހަރެއްވަންދެން މޮޔަކުރީ މި ރުމާ ދިންކުއްޖާ… އެކުއްޖާ އަހަރެންނަށް ފާހަގަވާންފެށީ ރުމާ ދިންދުވަހަކު ނޫން.. އޭގެ ކުރިންވެސް.. އެންމެންގެތެރެއިންވެސް އަހަރެންނަށް ފެނޭ.. އެންމެންނާއި ވަކިން ހުއްޓަސްފެނޭ… ސުކޫލު ނިމޭއިރު ބައިބޯވާ ގަޑީގައިވެސް އަހަރެންނަށް ފެންނަނީ ހަމަ އެންމެ ސޫރައެއް… އަބަދު ބެލެނީ އެކުއްޖާއަށް.. އަހަރެން އެދުވަހު އެކުއްޖާ ފަހަތުން ދުއްވައިގަތީ އެކުއްޖާއާއި ވާހަކަދައްކާލާހިތުން…. އެކަމު އަހަރެންގެ ލޮލަށް އެގަޑީގައި އޭނާގެ އިނގިލި ވަނީ.. ނިކަން އަވަހަށް ރުމަލެއް ނަގާފައި ހަދަންވީ ގޮތް ކިޔައިދިން ހަމަ އެ ބާރުމިނުގައި އެކުއްޖާ ދުއްވައިވެސް ގަތް… އަހަރެން ހުރީ ލިބުނު ފުރުސަތުގެ ބޭނުންހިފައި ސުކޫލުން އެކުއްޖާއާއި ވާހަކަދައްކަން ބޭނުންވެފައި… އެކަމް ޖެހިގެން އައި ދެދުވަހުވެސް އޭނާ ނާދޭ ސުކޫލަކަށް… އެކުއްޖާގެ ސަބަބުން އަހަރެން ހަތަރު ދުވަހު ފިކުރުކުރަންޖެހުނު ސުކޫލަށް ނައިސްގެން.. ދެން އާދިއްތަ… އާދިއްތަ ދުވަހު އެކުއްޖާ އައި…

އަބަދު އުޖާލާވެފައި އަބަދު ހެވިދިއްލިފައި ހުރި އެކުއްޖާގެ މޫނުމަތީ ވަނީ ހިތާމަ.. އަހަރެން ވާހަކަދައްކާ ވީގޮތް އޮޅުންފިލުވަން އޭނާ ކައިރިއަށް ދާން އުޅެނިކޮށް އޭނާ ގެ އެކުވެރިން އައީމަ އަހަރެންނަށް ނުކެރުނީ.. ސުކޫލު ނިމުނުގަޑީ އެކުއްޖާ އެކަނި ހުރިތަން ފެނި އަހަރެން އެކުއްޖާއާއި ދިމާލަށް ދިޔަވަގުތު އެހެންކުއްޖަކު އައިސް ދިނީ އަހަރެން  އޮފީހުގައި އަލިފާން ރޯވި ވާހަކަ.. އަހަރެންވެސް އެކުއްޖާއާއި އެއްވަރަށް ދުއްވައިގަތިން.. އަހަރެންނަށްވެސް އެކުއްޖާއަށް ފެނުނު ހުރިހާ މަންޒަރެއް ފެނުނު.. އެކުއްޖާގެ މަންމަ ނެރުނުވަގުތު އޭނާ ރޯންފެށީގޮތްވެސް ފެނުނު.. އަހަރެންނަށް އިވެންފެށި އަޑުތަކުންނާއި އަހަރެން އެންމެ ލޯބިވި ކުއްޖާ ރޯންފެށިގޮތާއި އެހުރިހާ ހާސްކަމެއް ބޮލުތެރެއަށް ވަދެ އަހަރެން ހޭނެތިގެން ވެއްޓުނު…. އަހަރެންނަށް ހޭވެރިކަން ލިބި ހޮސްޕިޓަލުގެ ކޮޓަރިތެރެއިން ބޭރަށްޖެހިލިވަގުތު ފެނުނީ އަހަރެންގެ ލޯބި ލޯބި ކުއްޖާ ރޮމުންދިޔަ މަންޒަރު.. އޭނާގެ މަންމަ ދުނިޔޭގައި ނެތް ހަބަރުވެސް ލިބުނީ އަހަރެން ހުއްޓާ…އޭނާ ދިޔައީ އަހަރެންގެ މަންމަ ކުށްވެރިކުރަމުން.. އަހަރެންގެ މަންމަގެ ސަބަބުންނޭ އޭނާގެ މަންމައަށް އެހެންވީ… އެބަޔަކަށް ނަފުރަތު ކުރާނަމޭ….

އަހަރެން އެތަށް ދުވަހެއްވަންދެން އުޅެންޖެހުނު އަމިއްލަ ނަފްސު ކުށްވެރިކުރެވިގެން… އަހަރެން ލޯބިވި ކުއްޖާއަށް ހިތާމަތަކެއް ލިބުނީ އަހަރެންނާއި ހެދިއޭ… އަހަރެން އެކަންތަށްތަކައި ކުރިމަތިނުލާން މިގައުމުން ދުރަށް ދިޔައީ… އެހަނދާންތަކާއި އެ ވޭން އަހަރެންގެ ހިތުގައި ތާޒާކަންމަތީ އަދިވެސް ވޭ…. އެކަމް… އަހަރެންނަށް އެނގުނުގޮތުގައި އެކުއްޖާއަކީ ލަމްޔާ… ލަމްޔާވަނީ މީގެ އަހަރުތަކެއް ކުރިން މަރުވެފައި.. އަހަރެންނަށް ލަމްޔާ ދުނިޔޭގައި ނެތްކަމުގެ ހަބަރު ލިބުނު ދުވަހު ވަރަށް ދެރަވި… އަހަރެންގެ ސަބަބުން…”

“ނޫން…. އެއީ އަހަރެން… ލަމްޔާއެއް ނޫން… ލަމްޔާގެ މަންމަ އޮފީހުން ނެރުނުއިރުވެސް އޮތީ މަރުވެފައި.. އަހަރެން މަންމަވެސް އެމީހުން ނިންމީ މަރުވެފައިކަމަށް އެކަމު ކުޑަވަގުތުކޮޅަކަށް މަންމަ ވިންދު ފާހަގަކުރެވި، އެމީހުން އަވަށް ގެންދިޔައީ ހޮސްޕިޓަލަށް…. މަންމަ މަރުވީ ހޮސްޕިޓަލުގައި.. އަހަރެން މަންމަ އޮށޯވެ އޮތް ކޮޓަރި ބޭރުތެރޭ ރޮމުން މުނާއަށް ވަރަށް އެއްޗެހިކިން…. އަހަރެން ސުކޫލަށް ނުދިޔައީ… އަހަރެން ޓިއުޝަނުން އެދުވަހު ގެޔަށް އައިސް ހަމަނުޖެހެނިސް ކުރިމަތިވި ކަންތައްތަކުގެ ސަބަބުން… މުނާ އައިސް އަހަރެންގެ މަންމައަށް އަނިޔާކުރިގޮތާއި، އިންޒާރު ދިންގޮތާއި، އަހަރެންނަށް ބިރުދެއްކިގޮތުން…. އަހަރެންނަށް އެދުވަހުވެސް އެނގުނު މުނާ އަހަރެންގެ މަންމަ މަރާލާނެކަން… މީކާން… އެދުވަހު އަސްލުވެސް އަހަރެން ހީކުރިގޮތަށް ހަމަ.. މަންމަ މަރުވި..”

އީރަމްގެ ދެލޯ ފެންކަޅިވެގެންދިޔައެވެ. މިހުރިހާތަށްދުވަހު މީކާން ލޯބިވެގެން އެއުޅުނީ އީރަމްދެކެއެވެ. ނަމަވެސް އޭނާއަށް އިނގިފައިވާ ނަމަކީ ގޯސްނަމެކެވެ. އެނަމެއްގެ ސަބަބުން އޭނާގެ ލޯބިވެރިޔާ މަރުވިކަމަށް ހީކުރެވުނެއްކަމަކު މީކާންގެ ލޯބިވެރިޔާ އެހުރީ އޭނާގެ ކުރިމަތީ ގަދަވެ ސަލާމަތުންނެވެ. މީކާންގެ ދެލޯ ބޮޑުވެގެންދިޔައެވެ. އެދުވަހު އޭނާއަށް ލަމްޔާއޭ ކީ އަޑުވެސް އިވުނީ ބައެއްގެތެރޭގައި އީރަމްމެން ތިއްބައެވެ. އެހެންވުމުން ގޮވާލީ ކާކަށްކަމެއް މީކާންއަށް ޔަޤީންނުވިޔަސް އޭނާގެ ހިތުގެ ރާނީއަކީ ލަމްޔާކަމުގައި ހީކުރެވުނެވެ. ހާއްސަކޮށް އެ ރުމަލުގައި އެލް އަކުރު އިނީމައެވެ. މީކާން އެ ރުމަލުގައި އިން އެލްއަކުރު ދައްކާލުމުން އީރަމް ހިލާފައި އަތުން އެ އެލް އަކުރަށް އީ އަކުރުގެ ދެ ރޮނގުކޮޅު ލައިދިނެވެ.

“އެހެންވީމަ.. އަހަރެން މިހުރިހާ ދުވަހު… ލޯބިވީ.. އީރަމްދެކެތަ؟ އަހަރެން ލޯބިވާ ވާހަކަނުބުނެވި މިހުރިހާދުވަހު… އީރަމް ތަ އެއީ؟؟”

ގަބޫލުނުކުރެވިފައި ހުރި މީކާން އެސުވާލުކޮށްލުމުން އީރަމް ބޯޖަހާލީ ކަރުނަވީ ދެލޮލަކާއި އެކު ފަރި ހިނިތުންވުމެއްދެމުންނެވެ. އީރަމްގެ ހިތުގައި ކޮށްޓާލި ފުރަތަމަ ފިރިހެންކުއްޖަކީ މީކާންކަން އެނގުމުން ލިބުނު ހައިރާންކަމަށްވުރެ، މީކާންއަށް މިހުރިހާ ދުވަހު ހާސިލްނުކުރެވުނު، ފުރިހަމަނުވި ލޯތްބަކީ އީރަމްކަން އެނގުމުން ލިބުނު ހައިރާންކަން މާބޮޑެވެ.  މީކާން އީރަމްގެ ގައިގާ އޮޅުލައިގަތީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. އޭނާ އެތަށް އަހަރެއްވަންދެން ކުރި ހިތާމަ އެ ބައްދާލުމުން އެކަނިވެސް ފިލައިގެން ހިނގައްޖެއެވެ. އެލިބުނީ ކިހާ އުފާވެރި ހަބަރެއްހެއްޔެވެ؟ އޭނާއަށް ދެވަނަފަހަރަށްވެސް ލޯބިވެވުނީ ހަމަ އެކަކު ދެކެއެވެ. އެހާ ވަރަށް ލަމްޔާއާއި ވައްތަރީއޭ، ލަމްޔާގެ ހަރަކާތްތަކާއި ވައްތަރީއޭ ހިތަށްއަރައިގެން އުޅުނީ އެއީ ހިތުގައިވި ލޯތްބެއްގެ ސަބަބުންކަމަށް ހީކޮށްގެން، މީކާންއަށް މިހުރިހާ ދުވަހު ކުރެވުނީ ބޮޑު ކުށްހީއެކެވެ. އޭނާ ދެވަނަފަހަރަށްވެސް ލޯބިވެވުނީ ހަމަ އެއް ސިފަތަކެއްދެކެއެވެ. އެއް ހިތެއްދެކެއެވެ. އެއް މީހެއްދެކެއެވެ. ބޮޑުވީމާ އީރަމް ކިތަންމެ ތަފާތުވެފައި ހުއްޓެއްކަމަކު އޭނާގެ އާދަތަށް ހުރީ ހަމަ އޭރު ހުރިގޮތަށްކަމާއި އެ އާދަތަށް އަބަދުވެސް މީކާންގެ ލޮލުގައި އަޅައިގަންނަކަން ފާހަގަކުރެވުނެވެ. ސުކޫލުކުދިންތަކުތެރެއިން އީރަމްގެ މޫނު ފާހަގަވާފަދައިން މިއަދުވެސް އެތަށްބައެއްގެ ތެރެއިން އޭނާގެ ހިތަށް އީރަމްގެ މޫނު ފެންނަކަން އޭނާއަށް ފާހަގަކުރެވުނެވެ.

“އެހެންވީމަ… މިހުރިހާ ދުވަހު އަހަރެން އެވަރަކުން މީކާންގެ ލޯބި ބަދަލުވާން އެދި މަސައްކަތްމިކުރެވުނީ ހަމަ އަހަރެންގެ ލޯތްބޭ ދޯ؟ މީކާން މިހުރިހާ ދުވަހު ލޯބިވީ އަހަރެންދެކެ.. އޭގެ ފަހުންވެސް…. މިހުރިހާ ތަށް އަހަރު ތެދުވެރި ލޯތްބެއްގައި ހިފަހައްޓައިގެން ދޫނުކުރެވުނު، ތެދުވެރި ލޯބީގެ ނަސީބުވެރިއަކީ… އަހަރެން… އަހަރެންތަ؟”

އީރަމްގެ ސުވާލުތަކަށް މީކާން ޖަވާބުދިނީ ހުމްމްއަކުން އެކަންޏެވެ. އޭރުވެސް އެދެމީހުން ތިބީ އެކަކު އަނެކަކު ގައިގާ ބައްދާލައިގެންނެވެ. ވައިރޯޅިއެއްވެސް ނުވަދެވޭހާ ގާތުގައި ދެމީހުންނަށް ތިބެވުނުއިރު ލޮލުކުރިމަތިން ފެނިގެންދިޔައީ އެކަކު އަނެކަކު އެންމެ ފުރަތަމަ ބައްދަލުވި ނުވަތަ ލޮލުގައި އަޅައިގަތްދުވަހު ހުރި ގޮތެވެ. އެ ސޫރައާއި އެ ހަރަކާތްތަކެވެ. އީރަމްއާއި މީކާން ގެ ތުންފަތްމަތީ ވީ ހިނިތުންވުމުން އެދެމީހުން ވާ ލޯތްބަކީ ބަދަލުވުމެއްނެތި އަބަދަށް ދެމިގެންދާނޭ ލޯތްބެއްކަން ހާމަވިއެވެ. އީރަމްގެ ލޮލުން ކަރުނަ ފާއްދާލީ އޭނާގެ ސަބަބުން މީކާން އެތަށް ދުވަހަކު ބޮޑު ބުރައެއް އުފުލައިގެން އުޅެންޖެހުމުންނެވެ. އެ ވަގުތުކޮޅުގެ ބޭނުން ދެމީހުންވެސް ހިފީ އެކަކު އަނެކަކަށް ހިތުގެ ހާލު ބުނެދިނުމަށެވެ. އިހުސާސްތަށް ބޭރުކުރުމުގައެވެ. އެކަކު އަނެކަކަށް އެތަކެއްފަހަރު މައާފަށް އެދެވުނެވެ. އެތަކެއްފަހަރު ލޯބިވާވަރު ބުނެދެވުނެވެ. މީކާން އީރަމްގެ ކިބައިން މައާފަށް އެދެވުނުވަރުވެސް ނޭނގުނެވެ. ޚުދު އީރަމްވެސްދިޔައީ އޭނާގެ ހިތި ބަސްތަކުގެ ސަބަބުން މީކާންގެ ދިރިއުޅުން އެތަށް ގޮތަކުން ހަލާކަށްގެނެވުނުކަމަށްޓަކައި މައާފަށްއެދެމުންނެވެ.

“އިޓްސް އޯކޭ.. ހިނގާ ދެން މިއަދަށްފަހު އެކަކު އަނެކަށް ވައުދެއްވަމާ… އަހަރެމެން ދެމީހުންވެސް މާޒީއިން މުސްތަޤުބަލަށް ގެންދާނެ ހަމައެކަނި ހަނދާނަކީ އެކަކު އަނެކަކުގެ ސޫރައާއި، އޭރު ލިބުނު ހިތްހަމަޖެހުމާއި، އޭރު ލިބުނު އުފާވެރިކަމާއި، އޭރު ވީ ލޯބި…. އިތުރަށް އެކަކުވެސް ނުވާނެ ކުރީގައި ވީ ކަންތައްތަކާއި މެދު ސޮރީ ބުނެ ދެރަވެ ހިތާމަކޮށްގެންނެއް.. އޯކޭ؟؟ އީރަމް އަހަރެންނަށް ވައުދުވޭ..”

މީކާން އީރަމްއާއި ދުރަށްޖެހިލުމަށްފަހު އެނދުގައި އީރަމް ބައިންދާފައި އޭނާވެސް އިށީނދެ ވާހަކަދެއްކީ ވަރަށް ސީރިއަސް ރާގެއްގައެވެ. އީރަމް އޭނާގެ ކަނާއަތުގެ ކުޑަވައިއިނގިލި މީކާންއަށް ދިއްކޮށްލުމުން މީކާން ހެވިފައި އޭނާގެ ކުޑަވައި އިނގިލި އެ އިނގިލީގައި އަޅުވާފައި ދެއަތް ގުޅުވާލިއެވެ. އެ ވައުދުގައި ހިފެހެއްޓުމުގެ ގޮތުން ދެމީހުންވެސް އަޒުމްކަނޑައެޅީ ކުރީގެ އެ ހިތި ހަނދާނުން ދުރުވުމަށެވެ. ކުރިއަށް އޮތް މުސްތަޤުބަލަށް ހަމައެކަނި އުފާވެރި ހަނދާންތަށް ގެންދިޔުމަށެވެ.

“ކީއްވެތަ ސަންފްލާވަރގައި ނޫކުލަ އިންނަނީ… އަހަރެން ވަރަށް އޭގެ މާނަ ހޯދަން މަސައްކަތްކުރިން.. އަހަރެންނަށް އެނގުނުގޮތުގައި ސަންފްލާވާރއާއި ނޫކުލައިގެ މާނަތަށް ވަރަށް އެއްގޮތްވޭ… ތެދުވެރިކަމާއި ވަފާތެރިކަން… ކޮބާތަ އޭގައި ނޫކުލަ ބޭނުންކުރުމުގެ މަޤުސަދަކީ؟”

“އަހަރެން ބުނީމެއްނު އެރުމާ އަހަރެން ހާއްސަކުރީ އަހަރެންނަށް ފެންނަ އެ ރީތި ކުއްޖާއަށޭ… ތިބުނެދިނީނު އޭގެ މާނަވެސް… ދުނިޔެމަތީ ތިމާ ލޯބިނުވެވޭނެ ނުވަތަ ނުވާ އެތަށް ބަޔަކާއި އެކު އުޅެންޖެހޭނެ… އެކަމު އިތުބާރު ނުކުރާ، ތެދުވެރި ނޫން ބަޔަކާއި އެކު ކިތަންމެ މަސައްކަތްކުރަން އުޅުނަސް ނޫޅެވޭނެ.. ލޯތްބަށްވުރެ އިންސާނާއަށް މުހިންމުވާނީ އިތުބާރު.. އިތުބާރާއި ތެދުވެރިކަން އޮތް ގުޅުމެއްގައި ލޯބިނެތަސް އެކީ އުޅެވޭނެ.. އެކަމު އިތުބާރާއި ތެދުވެރިކަން ނެތް ގުޅުމެއްގައި ކިތަންމެ ވަރަށް ލޯތްބާއި އަޅާލުން އޮތަސް އެކީ ނޫޅެވޭނެ…. ކިހާ ނަސީބުގަދަ މީހުންނަށް ލޯތްބާއި އިތުބާރު އޮތް ގުޅުމެއް ނަސީބުވާނީ…. އަހަރެން އެ މަލާ އެމަލުގެ ކުލަ ހާއްސަކުރީ މީކާންއަށް… ހިޔާހޯދުމަށް އިންކާރުކުރާ މީކާންއަށް…”

އީރަމް މީކާންގެ ކޮލުގައި ހިފާ ދަމާލިއެވެ. އީރަމްއަށް ލިބިފައިވާ ހިތްހަމަޖެހުމާއި އުފާވެރިކަން އޭނާގެ މޫނުމަތިން ދިޔައީ ފެންނަމުންނެވެ. ވިދާބަބުޅަމުން ދިޔަ އެމޫނަށް މީކާން އަށް ބަލަހައްޓައިގެން ހުރެވުނެވެ.  މީކާން އެދުނީ އީރަމް ކައިރި ނިދާލުމަށެވެ. އޭރުން އޭނާވެސް ސޯފާމަތީ ނިދާނޭ ވާހަކަ ބުނުމުން އީރަމް ތުންދަމާލިއެވެ.

“އެހެން ކޮޓަރިއެއްގައި ބާއްވަން ބޭނުންވިޔަސް އަހަރެން ބިރުގަނޭ… މިތަނަށް ވަދެ ނިކުމެވޭނެ މަންމައަށް… އަހަރެންނާއި އެއްތަނެއްގައި އީރަމް އޮތީމަ އަހަރެންނަށްވެސް ހަމަޖެހުންލިބޭނީ.. އީރަމްއަށް ރައްކާތެރިކަން ދެވޭނީ…” އީރަމް އެހެން ކޮޓަރިއެއްގައި އޮވެވިދާނޭ ބުނުމުން މީކާންއެއަށް ޖަވާބުދާރީވެފައި ނުހަނު ލޯބިން އީރަމް އެނދުގައި ބާއްވާލިއެވެ. އަދި ނިތުގައި ބޮސްދިނުމަށްފަހު އީރަމްގެ އިސްތަށިގަނޑުގައި ފިރުމާލަ ފިރުމާލަ އިނީ އީރަމްއަށް ނިދޭނެ އިރަކަށެވެ. ހަނދާނަށް އަންނަމުންދިޔައީ އީރަމް އޮފީހަށް އައި ފުރަތަމަ ދުވަހެވެ. އީރަމް ލޯބިވާ ވާހަކަ ބުނުމުން މީކާން ދިން ޖަވާބެވެ. މިހުރިހާ އަހަރު މީކާންއާއި އީރަމް ހިނގަމުންދިޔައީ ހަމަ އެއްމަގަކުންކަން އޭނާއަށް އެނގުމުން ހިނިއައެވެ. އީރަމް ބުނިގޮތުގައި އީރަމްއަށް އެ ފެންނަ ގޮތް ނޭނގޭ ކުއްޖާދެކެ ދީވާނާއެއްހެން ލޯބި ނުވެވުނެއްކަމަކު އޭނާއަށް އެކުއްޖާގެ ސިފަތަށް ވަރަށް ކަމުދިޔަކަމުގައި ބުންޏެވެ. އަދި ލަމްޔާއަށް މީކާން ދައްކަ ދައްކާފައި އެއީ އީރަމްގެ ކުރަޝްކަން ބުނެދިންކަމުގައި އީރަމް ބުނީ ހިނިގަނޑެއްޖަހާލާފައެވެ. އީރަމްއަށް ނިދެންދެން މީކާން އެއިންގޮތަށް އިނދެފައި އެތަނުން ދުރަށްޖެހިލީ ފޯނު ނަގާ މަންމައަށް ގުޅަމުންނެވެ. މުނާގެ ސަބަބުން އެންމެ ކުރިންފަށައިގެންވެސް އީރަމްއަށް ވަނީ ހިތްދަތިކަންތައްތަކާއި ކުރިމަތިލާންޖެހިފައެވެ. މުނާދެކެ ކިތަންމެ ލޯތްބެއްވިއެއްކަމަކު މުނާގެ ސަބަބުން އެތަށް ބަޔަކަށާއި މިކާންއަށާއި އީރަމްއަށް ލިބުނު ހިތްދަތިކަން އޭނާ ހަނދާނެއް ނުނެތޭނެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އަބަދުވެސް މިހިތުގާ ވެޔޭ (2)

Next

އިމްތިހާން 2

Next
April 8, 2020

އިމްތިހާން 2

Previews
April 8, 2020

އަބަދުވެސް މިހިތުގާ ވެޔޭ (2)

22 Comments!

  1. Ryn says:
    April 8, 2020 at 10:30 am

    Salaaaaam !!! SOoooo mihaaru almost everything is unfoldedddd!! ryn dhekunin dhe kuhjaku comment kohfa indhaa migothah kanthah vaaney! Well good job! What do you think about this part? Expect kurintha migothah vaan? Kurin hithah ery kihineh kamah vaany eeram aai lamya ge kanthah? DO YOU LIKE IT??? 😉 Thankyou so much for your support. Have a great day

  2. Afu says:
    April 8, 2020 at 11:04 am

    Oh Mi Gosh …. Hama bunaane ehcheh neyge …. Masha Allah varah salhi ….. Eeram dhww ehn
    V ma meekan ge heekuraa lamyaa akee …. Luv u ❤️ best Ryn sissy

    1. Ryn says:
      April 8, 2020 at 3:27 pm

      Thankyou afu! ❤️

  3. Park Jimin says:
    April 8, 2020 at 11:26 am

    MAASHAA ALLAH… V v v v reethi mi part…. Sis i would say that you are the amazing writer… One of my favv hama yageenun ves… And obviously one of my biggest inspiration writers thakuge therein… May Allah bless your work… And may Allah protect you and your family from evils…. Sorry SIS may not be able to comment for next part cx i am bxy with my studies…Free vehjiyaa comment eh kohlaanan… Comment nukurias vaahaka kiyanan… But I will try my best… ? ? ? sis ge real name akee RYN tha if you don’t mind can you plz tell me your real name… I am a girl… Don’t feel bad MY DEAR SIS… ??when next part SIS… Waiting 4the next part… LYSM MY DEAR SIS… #TAKE CARE MY DEAR SIS ????

    1. Ryn says:
      April 8, 2020 at 3:28 pm

      Hahha it’s okay darling! Keep working hard for your studies ❤️ Thankyou

  4. Kylie says:
    April 8, 2020 at 12:01 pm

    V habeys mi part vx… Waiting fr nxt.. Lysm sis…

    1. Ryn says:
      April 8, 2020 at 3:28 pm

      Thankyou ❤️

  5. Yan♥️ says:
    April 8, 2020 at 12:02 pm

    Varah reethi Masha Allah ?

    1. Ryn says:
      April 8, 2020 at 3:28 pm

      Thankyou yan ❤️

  6. Niiinnu says:
    April 8, 2020 at 12:15 pm

    Yeyyy…niinnu hama hithah eri gothah mivee… V reethi…

    1. Ryn says:
      April 8, 2020 at 3:29 pm

      Hahaha thankyou ❤️

  7. Yanaa says:
    April 8, 2020 at 12:22 pm

    Varah varah varah reethi ???????
    Maa sha Allah ???????????
    Waiting waiting for the next part.????
    ?????????????????
    ????? love you run sis?????

    1. Ryn says:
      April 8, 2020 at 3:29 pm

      Thankyou yanaa ❤️

  8. imkko says:
    April 8, 2020 at 1:40 pm

    Maasha allah …. u made me speechless …. love this story sooooo much …… so happy for both of them ….. i never imagined that this would happen …. i’m actually really suprised …. dhn heevanee meekaan ge aslu parent hen reveal vaanee …. btw curiously waiting for the next part … love yah n love this story dear ❤❤❤

    1. Ryn says:
      April 8, 2020 at 3:30 pm

      Yes imkko! Thankyou ❤️ Love you too ❤️

  9. shaakko says:
    April 8, 2020 at 4:10 pm

    when naxt part sis

  10. Saleem says:
    April 8, 2020 at 8:22 pm

    When next part

  11. Meekkomee says:
    April 8, 2020 at 9:07 pm

    Hey sis … Masha Allah … Varah Varah Reethi ingyy mi story ???? my first comment on ur story… Sis ge kuriha story eh Keen varah Reethi ingyy hurihaa story eh ves ???❤️❤️❤️?? ❤️❤️❤️??? whn is next part curiously waiting for it ????? luv yeahhhh ❤️❤️

  12. Roxana says:
    April 8, 2020 at 9:58 pm

    da stry x so habbxxx.. Whn nxt drlin. Lve ya

  13. Jeon Jungkook says:
    April 8, 2020 at 11:31 pm

    Varah salhi.When next

  14. Noora says:
    April 9, 2020 at 1:23 am

    ?❤️love dis story…vaahaka v v v reethi, next part kiyaalan libeyny konirakun tha?? E munaagadah vaane goiy balaahithun mihaaruves hurevenykun….avahah up kohdhehchey…

  15. positive says:
    April 9, 2020 at 4:38 pm

    its a copy of Korean “series still 17” hama buneleee… cmnt nujahaanekan vx ingeyy..

Comments are closed.

Next Episodeވާނަމޭ އުމުރަށް އެކީ ޖާނާ 18←


All Right Reserved!