އެހެން އެންމެންނަށް ވުރެވެސް ބޮޑަށް ޝާނިމް ހީވީ ބިރުގަތްހެންނެވެ. ކުރިމަތީ ހުރި ނާޔާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ހުރި ފިރިހެންމީހާ ފެނި ޝާނިމް އަށް ހީވީ އޭނާގެ ކުރިމަތިން ބޮޑު ބިރެއް ފެނުނު ހެންނެވެ. ވަށައިގެންވާ ހަތަރު ފާރު އައިސް އޭނާ އޭގެ ރެތޭ ފިއްތާލި ކަމުގެ އިހްސާސް ޝާނިމް އަށް ކުރެވުނެވެ. އިޔާޝް ތޯއެވެ؟ ނާޔާ އެފަދަ ގޮތަކަށް އެހެން ފިރިހެނަކާ އެކު ފެނުމުން އެ ހިތުގައި ރިއްސާލީ ވޭނީ ގޮތަކަށެވެ. ދެއަތް މުށްކަވާލެވުނީ ވެސް އެއްވެސް އިޙްތިޔާރަކާ ނުލައެވެ.
**********************************************************************
ޓެރަހުގެ ދޮރު ކުރިމަތީ ނާޔާގެ ހިމަ ހިމަ އުނަގަނޑުގައި އަތް އަޅުވާލައިގެން އެހުރީ ނަބީލް ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. އެއާއެކު އެންމެންގެ ހިތުގައި ވެސް ސުވާލު އުފެދުނީ އެފަދަ ދަށު ދަރަޖައެއްގެ އަޑި ނުބައި މީހަކާއެކު ނާޔާ ކަހަލަ ވިސްނޭ ރަނގަޅު ކުއްޖަކު ހުންނަންވީ ސަބަބު ނުވިސްނުމުންނެވެ. މިއީ ނުބައި ފާލެއްކަމުގައި އެންމެންގެ ހިތް ބުނަމުން ދިޔައީ ނަބީލްގެ ގޮތް ނޭނގޭ އެކަކު ވެސް އެތާ ނެތުމުންނެވެ.
މަޑުހިނގުމެއްގައި ނާޔާ އައިސް އެންމެންގެ ކުރިމަތީ މަޑުކޮށްލިއެވެ. އެއިރުވެސް ނަބީލް ހުރީ ނާޔާގެ ހިމަ ހިމަ އުނަގަނޑުގައި އަތް އަޅުވާލައިގެންްނެވެ. މޫނުމަތިން އުފާވެރިކަން ދެއްކޭތޯ ނާޔާ ދިޔައީ ވަރަށް ބޮޑު މަސައްކަތެއް ހިތާ ދެކޮޅަށް ކުރަމުންނެވެ. ” ތީ ކޮންކަމެއް ނާޔާ” މަޑުން ނުހުރެވިގެން ސާޔާ ނާޔާ އާއި ދިމާލަށް ދުވަހަކު ވާހަކަ ނުދައްކާހާ އަޑުހަރުކޮށް ބުނެލިއެވެ. އަދި ދުވަހަކުވެސް ކަމަކާ ހިތްހަމަ ނުޖެހުނަސް ނާޔާގެ ފުރިހަމަ ނަން ސާޔާ ބޭނުންކޮށްފަކާއެއް ނުވެއެވެ. އެހެންކަމުން ވެސް ސާޔާ އައިސްފާ ހުރި ގަދަ ރުޅި އަންދާޒާ ކޮށްލެވުނެވެ.
ސާޔާ އޭނާއަށް އަޑުލުމާއެކު ނާޔާއަށް ހީވީ އޭނާގެ ހިތުގައި މީހަކު ހިފާ ޗިސްކޮށްލި ހެންނެވެ. އެންމެ ލޯބިވާ ދައްތަ އޭނާ ދެކެ ރުޅިއައުމުން ދުވަހަކުވެސް ނުކުރެވޭ ވޭނީ އިޙްސާސްއެއް ނާޔާއަށް ކުރެވުނެވެ. ނަމަވެސް ނަފްސު ހަމައަކަށް އަޅުވާލީ އެ ދައްތަގެ ރައްކަލަށްޓަކައި ހުރުން މާ މުހިންމު ކަމަށް ދެކިގެންނެވެ.” ސިސް އަދި ތިހާ ރުޅި އަންނާކަށް ނުވެއެންނު.. ލެޓް މީ އިންޓްރޮޑިއުސް ހިމް.. މީ ނަބީލް އަހަރެންގެ ބީއެފްް” ހިތުގައި އަޅަމުން ދިޔަ ވޭނަކަށް ފަރުވާލެއްނެތި ނާޔާ ކެރިގެން ސާޔާ އާއި ކުރިމަތި ލިއެވެ. އަދި އެއަށްފަހު ކޮންމެ މީހަކަށް ވަކި ވަކިން ނަބީލް ތަޢާރަފް ކޮށްދިނެވެ. ސާޔާ އާއި ޝާނިމް ފިޔަވާ ދެން ތިބި އެންމެން ހިނިތުންވެލި ނަމަވެސް ތިބީ އެންމެ ހިތްހަމަޖެހިފަ ނޫންކަން އެމީހުންގެ މޫނުމަތިން ސާފުކޮށް އެނގެން ހުއްޓެވެ.
” ޝާނިމް ލޯންގް ޓައިމް ނޯ ސީ ޑޫޑް.” މާހައުލަށް ވެރިވެގެން ދިޔަ ހަމަހިމޭންކަން ފޫއަޅުވާލީ ނަބީލްގެ މަކަރުވެރި އަޑުންނެވެ. އެއާއެކު ސިހިފައި އެންމެން ޝާނިމްް އަދި ނަބީލް އަށް ބަލަައިލިއެވެ. އެދެމީހުންގެ ދެމެދު އޮތް ގުޅުމަކީ ކޮބައިކަން އެންމެން ވެސް ތިބީ އެނގެން ބޭނުނެވެފައެވެ. ޙުދު ނާޔާ ވެސް ހުރީ ނަބީލް ޝާނިމް ދެކެ އެހާ ރުޅިއަންނަންވީ ސަބަބެއް ނޭނގިގެންް ވާނުވާގެ ތެރޭގައެވެ. ނަމަވެސް ނާޔާއަށް އެނގޭހާ ވެސް އެއްޗަކީ އެ ދެމެދުގައި ބޮޑުކަމެއް ހިނގާފައިވާ ކަމެވެ.
ނަބީލް އެހެން ބުނެލުމާއެކު ޝާނިމް އިސްއުފުލާ ނަބީލް އާ ދިމާލަށް ބަލައިލިއެވެ. ނަމަވެސް މިފަހަރު ޝާނިމްގެ ލޮލުން ފެނުނީ ކެރުމެވެ. ކޮންމެ ކަމަކާވެސް ކުރިމަތިލާނަމޭ އެ ދެލޮލުން އެކަނި ވެސް ބުނާފަދައެވެ. ނަބީލް ނާޔާ އަތުއަޅުވާލީ ކޮންމެސް ބޭނުމެއް އޮވެގެންކަން ޝާނިމްގެ ހަވަނަ ހިއްސު ތަކުރާރުކޮށް ދިޔައީ އިންޒާރު ދެމުންނެވެ. ” ނާޔާ ގެއަށް ހިނގާ” އެކަކު އަނެކަކާ ހަތަރުކަޅި ހަމަަ ކޮށްގެން ތިބި ނަބީލް އަދި ޝާނިމް އަށް ސިހުންގެނުވީ ސާޔާގެ ރުޅިވެރި އަޑު ކަަންްފަތުގައި ޖެހުމުންނެވެ. އެއާއެކު ނަބީލް ނޫން އެންމެނަށް ވެސް ހައިރާކަން ލިބުނީ ދުވަހަކުވެސް ސާޔާ އެހާ ރުޅިއައިސް ހުއްޓާ ދެކެފައި ނުވާތީއެވެ. އެންމެ ކައިރިން ޝާނިމް އަށް ވެސް ސާޔާއާއެކު އުޅުނު ތިން އަހަރު ތެރޭ ސާޔާގެ ފަރަާތުން އެ ޢަމަލު ފެނިފަކާއެއް ނުވެއެވެ.
” ދާނަން ނަބީލް އާއެކު” ރުންކުރު ޖަވާބަކުން ނާޔާ ފުއްދާލިއެވެ. އެއާއެކު ބާރުބާރަށް ހިނގާފައި ގޮސް ސާޔާ އެގެއިންް ވެސް ނުކުތީ އޭނާގެ ރުޅި ކޮންޓްރޯލުން ނައްޓާ ނާޔާ އާ ދިމާލަށް ބުނަން ނުވާ ވަރުގެ އެއްޗެއް ބުނެވިދާނެތީއެވެ. ބޭރަށް ނުކުމެ އަޔާންމެންްގެ ބަގީޗާގެ ތެރޭ ހުރި ބެންޗްއެއްގައި އިށީންދެ ދެތިން ފަހަރަކު ފުންކޮށް ނޭވާލީ ރުޅިގަންޑު ހަމަައަކަށް އަޅުވާލަންހެން ހީވިއެވެ. ސާޔާގެ ފަހަތުން ނާޔާ އާއި ނަބީލް ފިޔަވާ ދެން ތިބި އެންމެން ވެސް ނުކުމެގެންއައެވެ. ނަމަވެސް މާހައުލުގެ ތެރޭވީ އާދަޔާޙިލާފު ހިމޭންކަމެކެވެ. ” ކޮބާ ޔާޝް” އިޔާޝް ނެތްކަން އެނގުމާއެކު ޒީވާން ސުވާލުކޮށްލިއެވެ. އެއާއެކު އެންމެން ފަރާތް ފަރާތް ބަލައިލީ އިޔާޝް ފެންނަން ހުރިތޯއެވެ. އެ އަމަލުން ވެސް އެކަކަށް ވެސް އިޔާޝް ވީ ތަނެއް ނޭނގޭކަންް ޒީވާން އަށް ފަހުމުވިއެވެ. ” ޔާން ” އަޔާން މާމަޑުން ހުންނާތީ ޒީވާން އަޔާންއަށް ގޮވާލިއެވެ. އިޔާޝްވީތަން އަޔާން އަށް އެނގޭ އޭ ޒީވާންގެ ހިތް ބުނެލިއެވެ. ” އަނ މި ޔާޝް ދޯ.. އޭނަ ގެއަށް ދިޔައީ އޭނަ ބައްޕަ ގުޅައިގެން.. މަ ކައިރި ބުނެފަ ދިޔައީ… ހަނދާން ނެތިފަ މިހުރީ..”
އަޅައަޅައިގަންނަމުން ކަހަލަ ގޮތަކަށް އަޔާން އަވަސް އަވަހަށް ވާހަކަ އެއް ހަދާލިއެވެ. ނަމަވެސް އަޔާން އަޑުގައިވި އަޅައިގަތުން އެކަކަށް ވެސް އެވަގުތު ފާހަގަ ނުވީ އެންމެންވެސް ނާޔާގެ ކަންތަކާ ބޯގޮވާފައި ތިބުމުންނެވެ. ހޤީޤަތަކީ އިޔާޝް ވީ ތަނެއް ޙުދު އަޔާންއަށް ވެސް ނޭންގޭކަމެވެ. ނާޔާ ނަބީލް އާއެކު ފެނުުނު ހިސާބުން ފެށިގެން އިޔާޝްގެ މޫނުމައްޗަށް އައި ބަދަލު އަޔާާން އަށް ފާހަގަވިއެވެ. ނަމަަވެސް އަޅާނުލީ ފަހުން އެވާހަކަ ދައްކަން ނިންމާފައެވެ. އަދި ނާޔާ ނަބީލް ތަޢާރަފް ކޮށްދިން ހިސާބުން އިޔާޝްގެ ލޮލުން ފޭބި ކަރުނަތަށް ފެނި އަޔާންގެ ހީ ޔަޤީނަށް ބަދަލުވިއެވެ. އަދި ފަހަތަށް ފިޔަވަޅު ނަގަަމުން ގޮސް ޓެރަހުގެ ފަހަތު ދޮރުން ބޭރަށް ދެމިގަތް މަންޒަރުވެސް ރީތިކޮށް އަޔާންއަށް ފެނުނެވެ.
ވަގުތުގެ ނާޒުކު ކަމުން ޝާނިމް އާއި ނަބީލް އާއި ދެމެދު އޮތީ ކޮން ގުޅުމެއްތޯ އަހާލާނެ ވަގުތެއް އެކަކަށް ވެސް ނުވިއެވެ. އެންމެންގެ ސިކުނޑިވެސް ޙިސާރު ކޮށްފައި ވަނީ ދެންމެ ވީ ކަންތަކެވެ. ކާރެއް ސްޓާޓްކޮށްލި އަޑަށްް އެންމެން އެއްފަހަރާ ވޯކްވޭ އާ ދިމާލަށްް ބަލައިލިއެވެ. އަޔާންގެ މަންމަ އާއި ބައްޕަ ވެސް މިވަގުތު ރަށުގައި ނެތުމާއެކު މިފަދަ ވަގުތެއްގައި އެގޭގައި އޮތީ ކާކުގެ ކާރެއްތޯ ބަލައިލުމަށް އެންމެންވެސް ޝަޢުޤުވެރިވިއެވެ. ނަމަވެސް ފެނިގެން ދިޔައީ އަނެއްކާ ވެސް ޤަބޫލުކުރަން އުނދަގޫ މަންޒަރެކެވެ. ނަބީލް އާއެކު ނަބީލްގެ ކާރުގައި ނާޔާ އެދިޔައީ އެތާ ބަޔަކު ތިބިކަމަށް ވެސް ހަދާނުލައެވެ. ނާޔާ ބަދަލުވެފައި ވާ މިންވަރު އެކަމުން އެކަނި ވެސް އެއެންމެންނަށް އެނގިގެންދިޔައެވެ. ނަމަވެސް އެ އެންމެންނަށް ވެސް ނޭންގުނު ކަމަކީ އެ ކުއްޖާ ޤުރުބާންވަމުން އެދަނީ އެ އެންމެންގެ ވެސް ރައްކާތެރިކަމަށްޓަކާ ކަމެވެ.
” ދަރިފުޅާ ހާދަ ލަސްވީ މިރޭ” ގަޑިން އެގާރަ ގަޑި ބަޔަށްވުރެ ބޮޑުވި ފަހުން ގެއަށް ވަދެގެން އައި އިޔާޝް ފެނި ތަނަވަސް ބޮޑު ސިޓިންރޫމްގެ ސޯފައިގާ އިންް އިޔާޝްގެ މަންމަ އީނާޝް އިޔާޝް އާ ސުވާލުކޮށްްލީ އޭނާ އަކީ އެހާ ދަންްވަންދެން ބޭރުގައި އުޅޭ ކުއްޖަކަށް ނުވުމުންނެވެ. ނަމަވެސް އިޔާޝްއަށް އެތާ ބަޔަކު ތިބިކަންވެސް ނޭނގުނެވެ. ސިޑިން އަރައިން ގޮސް ކޮޓަރިއަށްވަނީ މަންމަ ބުނި އެއްޗެއް އަޑުވެސް ނީވޭ ހާލުގައެވެ. އިޔާޝް ހެދި ގޮތުން އީނާޝްއަށް ކަމެއް ގޯސް ވެއްޖެކަންް އެނގުނެވެ. ގެއަށް ވަދެގެން އައިއިރު އިޔާޝްގެ ރަތްވެ ދުޅަވެފައިވާ ދެލޮލާ ހޭވިފައިވާ އިސްތަށިގަނޑު ފެނި އީނާޝްގެ ހީ ޔަޤީނަށް ބަދަލުވިއެވެ. އެއާއެކު އިންތަނުން ތެދުވެގެން އިޔާޝްްގެ ކޮޓަރި އާ ދިމާލަށް ހިނގައިގަތީ އެ ދަރިފުޅަށް ވީ ގޮތެއް އޮޅުން ފިލުވުމަށެވެ. ނަމަވެސް ހުއްޓެން މަޖުބޫރުވީ ކައިރީ ހުރި އޭނާގެ ފިރިމީހާ ޔާސިރު އޭނާގެ އަތުގާ ހިފާލުމަށް ފަހު އެހަށް މަޑުކުރުމަށް ބުނުމުންނެވެ.
ކޮޓަރިއަށް ވަދެގެން އައި އިޔާޝްގެ ލޮލުން ދިޔައީ ހުއްޓުމެއްނެތި ކަރުނަ ފައިބަމުންނެވެ. އެ ހިތަށް ފުން ޒަޙަމެއް މިރޭ ވަނީ ލިބިފައެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ވެވުނު ލޯބި އެހާ އަވަހަށް ބީވެގެން ހިނގައިދާނެ ކަމަކަށް އިޔާޝް އުންމީދެއް ނުކުރެއެވެ. ނާޔާ އެންމެ ފުރަތަމަ ފެނިލި ދުވަހުވެސް އެ ހިތުގައި ތަފާތު ވިންދެއް ޖަހާލިއެވެ. ނަމަވެސް އެއީ ލޯބިކަން ނޭނގުނީ ހަޔާތުގައި އަދި އަލަށް ވެސް އެކަހަލަަ ތަޖުރިބާއެއްކޮށްފައި ނުވާތީއެވެ. އެދުވަހަށް ފަހު މަޑުމަޑުން އެހިތް ނާޔާ އަށް ލެނބެމުން ދާ ކަމުގެ އިޙްސާސްވި ނަމަވެސް އިޔާޝް އެކަން ޤަބޫލް ކުރަން ބޭނުންނުވީއެވެ. ނަމަވެސް ފަހަަކަށް އައިސް އަބަދު ނާޔާ ގާތު އެ ހިތް ވުމަށް އެދޭތީ އެކަމާ ބެހޭގޮތުން އިޔާޝް މިރޭ އޭނާގެ ދޮންބެ ގާތުން ލޮއެއްބަކީ ކޯއްޗެއްކަން އޮޅުންފިލުވިއެވެ. ދޮންބެ ދެއްކި ވާހަކަތަކާ އޭނާއަށް ވަމުން ދާ ގޮތް ގުޅުވާލެވުމުން ނާޔާ ދެކެ ވެވިފައި މިވަނީ ލޯބިކަން އެ ހިތް ޤަބޫލު ކުރިއެވެ. އެއާއެކު އެ ހިތުގައި ނާޔާ ހާސިލް ކުރުމުގެ ޢަޒުމު ވަރުގަދަވެގެން ދިޔައެވެ. ތުންފަތަށް ހިނިތުންވުމެއްވެސް ވެރިވެގެން ދިޔައީ ނާޔާ އާއެކު އުޅޭނެ ގޮތުގެ ހިޔާލް އެ ސިކުނޑީގައި ކުރަހާލެވުމުންނެވެ. ނަމަވެސް އިޔާޝްގެ އެ ހިނިތުންވުން ދެމުގެން ދިޔައީ މަދު ވަގުތު ކޮޅަކަށެވެ. އެސްފިޔަޖަހާލާހާ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ނާޔާ އެއަތުން ބީވެގެން ހިނގަށްޖެއެވެ.
ކޮޓަރީގެ ޓައިލްސްތަކު މަތީ ދެކަކޫ ޖަހައިން ރޯން އިން އިޔާޝްއަށް ދިޔައީ ގިސްޖެހެމުންނެވެ. ރޮއެރޮއެ އެދެލޯ ވަނީ އެކީހެން ދުޅަވެ ރަތްވެފައެވެ. ފިރިހެނެއް ނަމަވެސް އެ ހިތަށް ކޮށްފައއިވާ އަސަރުން އިޔާޝް އަށް އޭނާގެ ރުޔުން ހުއްޓާލެވޭ ކަމަކަށް ނުވިއެވެ. ހަޔާތުގައި ވެވުނު ފުރިތަމަ ލޯބި މިހާ ވޭންދެނިވެދާނެ ކަމަކަށް އިޔާޝް ފަހަރުގައި ވެސް ހިޔެއް ނުކުރެއެވެ.
އިޔާޝްގެ ހަބަރެއް ނުބަލާ ލޮލަށް ނިދި ނައިސް އިން އީނާޝް އެންމެ ފަހުން އިންތަނުން ތެދުވެގެން އިޔާޝްގެ ކޮޓަރިއަށް ދިއުމަށް މިސްރާބު ޖެހިއެވެ. ފަހަތުން ޔާސިރު ވެސް ދިޔައީ ދަރިފުޅާ މެދު ކަނބޮޑުވެފައިވާ ހާލުގައެވެ. ތަޅުނުލާ ހުރުމާއެކު ދޮރު ފަސޭހަ ކަމާއެކު ހުޅުވިގެން ދިޔައެވެ. ނަމަވެސް ދޮރު ހުޅުވުމާއެކު އެތެރެއިން ފެނުނު މަންޒަރުން އީނާޝް އަށް އޭނާގެ އަނގަ މަތީ އަތް އަޅާލެވުނު އިރު ލޮލުން ކަރުނަތަށް ވެސް ފައިބަމުން ދިޔައެވެ. ފަހަތުގައި ހުރި ޔާސިރުއަށް ވެސް ދެލޯ ބޮޑުކޮށްލެވުނީ ފެންނަ މަންްޒަރު ޤަބޫލް ނުކުރެވިގެންނެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.



Masha Allah sis mi part ves varah sali. Hama speechless. I am feeling really bad for iyaash . I was about to cry.?????? aley sis haadha curious kohlaafaey thininmaalee. Pls next part avaha up kohladhey chey
And me first dhw
ingey sis TC❤❤❤
Love u ????
Stay safe❤❤❤
Thnk you sooo much dear.. It means a lot.. Lahba v dhera vey dhw iyaash ah v gothun.. Dear nurohche ngey anekka..?? Ahaha yes v curious vehje dhw kihineh ba dhw v anekka iyaash ah..??.. Lahba nxt part insha Allah maadhan nunii mirey submit kohla dheynan.. Yes rill ur first.. Congratulations darl.. U too darl tc stay safe nd LYMM♥️♥️♥️
Masha Allah sis Mi part vx vvv habeys ngey???… Ril ebuny hama thedheh???….. Alheyyy iyaash haadha dhera vaane ey dhw???… Naya ves haadha bodu gurubaany ekey evany.???… Btw whn nxt.???… Curiously Waiting fr nxt???…LYSM sissyy..❤️???❤️Nd be safe ingey
Awwn Kylie dear glad to see ur comment darl… Thnk yuh so much fr ur lovely comment… Lahba iyaash vv dhera vaane dhw first love athun beevegn dhiyaema?.. Nd yes naya vs haadha sacrifice eba veyey dhw?.. Nxt part insha Allah maadhan nunii mirey submit kohla dheynan?… LYM SISOO♥️… u too darl stay safe♥️♥️♥️♥️
Awwwn vvvv reethi mi part vx
❤️❤️❤️❤️❤️ Alhey asluves vv dheraves vehjje ufaaves vehjje iyaash egothah naayuge sababun roanjeheythy☺️? furathama part kiyaafa vx heeviyey iyaash ah naayu dheke loabi veveyne eyy☺️☺️☺️❤️❤️❤️
Vv bodu suvaaleh eba oiy……… Kihinehtha meesha and Ayaan aaa saaya aaa shaanim ge photo ehgothy mi buny e dhekudhinge v baivaru goi gothah nagaafa huri photo mi vaahakai ge pp ah laifa hun naathy kihineh hoadhaa photo eh tho eiy?
Tc
Stay home ?❤️❤️❤️
Lym
Awwnnn thnk yuh soo much dear.. Really means a lot nd srry fr the late rpl adhi mi fenunii comment v bodah srry dear.. Ehehe yes evarah fight kuri vihya dhw nayoo nd iyaash.. Eii Turkish model couple eh nd emiihun Ge insta accnt plus page in vs hunnaane hama liben plus Google ga search kohgen vs libeyne hama.. Lymmm darll.. Stay safe ❤️❤️
wow wow wow.. mashallah neh hama dharivaraa dhimaalah bunaane ehcheh ves vvvvvvvvv reethi.. alheyh iyaash dhw.. thi nabeel eh nolhaalafaanameyh hithah araaa.. whn is next?? im so curious.. lyssssssssssm…mysm…be safe darla
Thnk yuh soooo sooo much darll.. Lymmm nd stay safe girl.. ❤️❤️
Sis mi part vx varah reethi Masha Allah…. Ekamu iyaash ah evee gothun hama xeen ah vx rovihje??????
Ekamu iyaash varah dera vaane dhw…. Naaya vx evaa gurubaanee inguneema saayaa menah visneyne inshallah
Iyaash dear stop crying & keep moving forward to achieve your goal…. Inshallah adhi iyaash ah naaya libeyne…. Sis varah vvvvvvvvv vvvvvvvvv vvvvvvvvv vvvvvvvvvvvv reethi hama?????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Lysm sisooo??❤️stay safe
Awwn v wait kohfin xeen Ge comment akah.. Nd finally Alhamdhlillah.. Btw darl thnk yuh so much fr ur lovely comment.. Lahba haadha dhera ey dhw iyaash ah v goih.. Dear ekm ehaa ginain nurohche ingey.. Thedheh iyaash xeen dear Ge naseyhathuga hifaalaa..insha Allah adhi visneyne dhw saya mn nah vs.. Lahba hingaa dhw balamaa.. V ufaavehje xeen ah mi part vs Reethi v ma.. U too dear stay safe.. LYM GIRL♥️♥️♥️♥️♥️
Masha allah…haadha reehchey mi bai vx….speechless…curiously waiting for the nxt part….lysm..stay safe….
Thnk yuh kairaa dear.. V ufaavehje mi ai vs dear ah Reethi v ma.. U too stay safe girl lym darl♥️♥️♥️♥️
Varah reethi and was sad I was about to cryyyy ?? and next part avas kohlachchey
Thnk yuh so much dear.. Alheyyy ekm nurohche ingey.. Hingaa dhw vaa goih balama.. Lahba insha Allah nxt part alhugandah v varakn avas kohladheynan nge dear♥️♥️
Mee ehfaharu genahsa oii vaahakayehtha…
Nun hama gaimu vs alhugandu alah liyaa stry eh mii
Maashaa Allah V v v v v v v v v v v v v v v v v v v v Salhi…..☺️☺️☺️☺️☺️ I like this part… ????This story is freaking gorgeous…..????? Awwwwwwn It’s soooooo emotional…?????? I feel like I’m watching a movie……. ?????????
Sissssyyyyy I love this story very very very much….. ????????????????
Love you soooo sooooooooo much sissssyyyyy……..???????????❤️❤️❤️❤️❤️❤️❤️❤️
Take care….. ????
Maasha Allah wht a beautiful comment… Thnk yuh so much dear fr ur lovely comment.. Glad to see those lovely words dear.. Luv yuh more nd more sisii.. Stay safe darl♥️♥️♥️♥️♥️♥️?
Thanks sissssyyyyy…… ????????????????????????????????????????????????
Salaam my dear readers… Alhugandu Bali haalathu mivaguthah huri gothun vaahaka ige dhn oih part up kurun kuda koh Las vedhaane vaahaka dhannavameve.. Namavs hama kiriyaa vs rangalhu viyas dhn oih part avahah up kohleveytho balaanan… Srry nd hope u all will understand.. ??❤️❤️
So sad……??? BTW get well soon….. ???
It’s ok sis get well soon sis. We will patiently wait for the next part. Love uuuuu. Again get well soon❤❤???????
Thnk yuh dear.. V ufaavehje wait kuraanamey buniima.. V try kuraanan hama avahah rangalhu vgn liye veytho nge darl.. Nd btw thnkx for understanding girl.. Lym darl☺️❤️❤️❤️❤️❤️
Sis get well soon…….varah basahagen kaifaa beys kahchey sisoo…..we are waiting
Sis are u feeling better now
Thnk yuh dear.. Lahba insha Allah xeen buni goih hadhaanan ngey dear.. Lahba insha Allah kuda koh ok nw.. Again thanks for understanding darl..
Get well soon dear ❤️❤️❤️? may Allah bless you love you
Sis get well soon ….. We love you sis you can take your time ☺️☺️☺️☺️
Thnk yuh dear for understanding.. Lym dear ❤️♥️??
Sissssyyyyy hope you to get well soon…… I’ll wait… Love you take care ?????????????????????????????????????????????????????????
Thnk yuh dear.. Lym tc.. Insha Allah dhn oih part kiyaalan libeyne Thursday nunii Friday ga.. ❤️❤️❤️❤️
awwwwwwwwwwwn mi part ves vvvvvvv reethi i proud of yuh kokko… keep it up …lysm….mysm…dhenh inh part kiyanh kenh madhu vefa mi iniii…..
Thnk yuh sisooo.. Glad to see ur cement girl.. Thnk yuh for supporting me darl.. Ur the bst sis really so lucky to have yuh in my life.. Lym nd mym SISOO.. Nxt part submit koh laifin nge dear ♥️♥️♥️♥️♥️♥️♥️♥️♥️