Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

އެކްޓަރ (ޕާޓް 23)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
July 8, 2025 4 Mins Read
0 Comments

މާލެ އާދެވުމުން އައްޒާމް އާއި ނަޔާން އަހަރެމެންނާއި ވަކިވާން ޖެހުނެވެ. އައްޒާމު ބަލައި އައިސް އޭނާގެ އަންހެނުން ހުއްޓެވެ.އަހަރެމެން ވަކިވީ އެކަމާވެސް އައްޒާމުއާއި ވަރަށް ދިމާކޮށްލައިފައެވެ.ނަސީބަކުން އޭނާގެ އަންހެނުންނަކީވެސް ވަރަށް ކޫލް މީހެކެވެ. އަހަރެމެން ކީހާ އެއްޗަކަށް އޭނާވެސް ދޫނުކޮށް  ކޮންމެވެސް އެއްޗެކޭ ކިޔައިގެން އަހަރެމެންނާއި ވެސް ދިމާކުރިއެވެ.

****

އަހަންނާއި އަނޫކް އެޕާޓްމަންޓްއަށް ދެވުމުން ފުރަތަމަވެސް ފެންވަރައި ތާޒާވެލައިގެން އަރާމުކޮށްލަން ޖައްސައިލީއެވެ.އެހެނަސް ޝާއީ ގާތުގައި އާދެވުނު ވާހަކަ ބުނެލަން އަހަރެން ބޭނުންވިއެވެ.ފޯނު ބަލައިލެވުނު އިރު ޝާއީގެ މެސެޖްތައް ލިބިފައި ހުއްޓެވެ.އެ ލޯބިވެތި މެސެޖްތައް ފެނި ހިނިތުން ވެވުނު ނަމަވެސް ހަމަ އެހާމެ ދެރަވެސް ވިއެވެ.ފޯނުން މުޢާމަލާތް ކުރެވުނެއް ކަމަކު ހަމަ ލޮލަށް ފެނި ބައްދަލުވުމާއި ހާސް ބައި ތަފާތެވެ.ކުރެވޭ އިހުސާސްވެސް ތަފާތެވެ.ޝާއީ ކައްކާ މީރު ކެއުންތައް މަތިން ހަނދާންވުމުން އަދި ވަކިން ދެރަވިއެވެ.ކައްކަން އެނގުނަސް އަހަންނަށާއި އަނޫކްއަކަށް އެހާ މީރުކޮށް ކައްކާކަށް ނޭނގޭނެއެވެ.އަނެއްކާ އެހާ ބޮޑު ބްރޭކަކަށް ފަހު ކައްކަން ޖެހޭނޭ ހިތަށް އެރީމައި ވެސް ވީ ބޮޑު ކަމަކަށެވެ.އަހަރެން ޝާއީ އާއި ގުޅައިގެން އެވާހަކަ ކީމާ އޭނާ ފެށީ ހޭށެވެ.އިނދެވެންދެން އެގޮތުގައި ކެތްކޮށްލާށޭ ބުންޏެވެ.

****

ކިތަންމެ ގުޅާ ހިތް ނުވިޔަސް އަހަރެން މަންމައަށް ގުޅާފައި މާލެ އައި ވާހަކަ ބުނީމެވެ.މަންމަ ވަގުތުން އަހަންނާއި ބައްދަލު ކުރުމަށް އެދުނެވެ.އުސައިދުގެ ގެއަށް ދާން އަހަރެން ދެކޮޅު ހެދުމުން ހިތްހަމަ ނުޖެހިފައި ހުރެވެސް ބޭރުން ރެސްޓޯރަންޓްއަކުން ނަމަވެސް ބައްދަލު ކުރަން މަންމަ އެދުނެވެ.އަހަރެން އެއްބަސްވީމެވެ.މާދަމާއަކީ ޑިއުޓީއަށް ނުކުންނަން ޖެހޭ ދުވަހެވެ.ޑިއުޓީއަށް އެރުމުގެ ކުރިން މަންމަ ދައްކަން އޮތް ވާހަކައެއް ވިއްޔާ އަޑުއަހަން އަހަރެން ބޭނުންވިއެވެ.ކޮންމެ ގޮތެއްވިއަސް ޝާއީގެ ވާހަކަވެސް ނުބުނެއެއް ނުވާނެއެވެ. އެކަކު ކައިރީ ނުބުންޏަސް ކުޑަމިނުން މަންމައަށް އެކަން އަންގަން އަހަރެން ބޭނުންވީއެވެ.ކޮންމެ ގޮތަކަށް ކަންތައް ކޮށްފައި އޮތަސް އެއީ އަހަރެންގެ މައިމީހާއަށް ވީތީއެވެ.

****

މަންމަ ބުނި ރެސްޓޯރެންޓްއަށް އަހަރެން ދިޔައިރު މަންމަ އިނީ ވަކިން އިން މޭޒެއްގައި އަހަރެންގެ އިންތިޒާރުގައެވެ.ފަނޑު އަލިކަމުގެ ތެރެއިން މަންމަގެ މޫނު ފެނުނު ހިނދު ހިތްހަމަ ޖެހުމުގެ ބަދަލުގައި އަހަރެން ގެ ހިތަށް ވެރިވީ ނުތަނަވަސް ކަމެވެ.ހިތާ ހިތުން އެތައް ޝަކުވާއެއް ކޮށްލެވުނެވެ. އެހެނަސް އެ އިހުސާސްތައް ފަރުދާ ކޮށްލާފައި އަހަރެން ގޮސް ފުރަތަމަ ކަމަކަށް އިށީނދެ ވެއިޓަރއާއި އޯޑަރ ހަވާލުކޮށްލީމެވެ. މަންމައަށް އަހަރެންގެ ހުރިހާ ސަމާލުކަމެއް ހުއްޓައިލީ ދެނެވެ. އެންމެ ސިކުންތެއްވެސް މަންމަ ބޭކާރު ނުކޮށް ވާހަކަ ފެށިއެވެ.

****

’ޒައިފް ދަރިފުޅު ދެން ގޮތް ދޫކުރަން ވެއްޖެއެއްނު.ވީ ކަމެއްވީ… އެކަން ދެން ބަދަލު ކުރެވޭނެތަ؟ ކޮންމެ ގޮތެއް ވިޔަސް އުސައިދު އެއީ ޒައިފްގެ ބައްޕަ.އުސައިދު އެހާ ލޯބިވެސް ވޭ ޒައިފްދެކެ.އެނގޭ ކަންތައްތައް ވީ ގޮތުން ދަރިފުޅު އަދިވެސް ތި ހުންނަނީ ވަރަށް ހިތްހަމަ ނުޖެހިފައިކަން.އެކަމަކު ދެން ތި ގޮތް ދޫކޮށްބަލަ ހެޔޮނުވާނެ.އަޅެ ބައްޕަ މާފަށްވެސް އެދެފިއެއްނު.އިއްދަ ހަމަވިހާ އަވަހަކަށް މަންމަ އިންނަން އުސައިދުއާ…އެހިސާބުން ކޮންމެ ގޮތެއްވިއަސް ދަރިފުޅުގެ މައިންބަފައިން ވާނީ އެކީގަ…ބައްޕަ ވަރަށް މަސައްކަތް ކޮށްފިއެއްނު ދަރިފުޅު ފުރުސަތެއް ދޭތޯވެސް…ދެން ތިހެން ނުހަދާ ގޮތް ދޫކޮށްފަ ބައްޕައަށް ފުރުސަތެއް ދީބަލަ…މިހާރު ގައިމު ދަރިފުޅަށް ވެސް އެނގޭނެ ގާދިރުވެސް ދަރިފުޅަށް ހެދި ގޮތް…އެކަމަކު އުސައިދު އެހެން ހެދިތަ…؟ އަބަދުވެސް މަސައްކަތް ކުރީ ދަރިފުޅު ބައްޕަ ގާތް މީހެއްގެ ގޮތުގައި ބަލައިގަނޭތޯ…ނޫންތަ؟‘ މަންމަ އަހަރެންގެ އަތުގައި ފިރުމަ ފިރުމާފައި ނަސޭހަތް ދޭ ބީދައަކުން ވާހަކަ ދެއްކިއެވެ. އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ބުނެލަން ފަސޭހައެއްކަމަކު އެކަމުން އަހަންނަށް ކުރި އަސަރު މަންމައަށް ކުޑަކޮށްވެސް އިހުސާސް ކުރެވޭބާއޭ އަހަރެންގެ ހިތަށް އެރިއެވެ.

****

’އަހަރެން ވަގުތު ބޭނުން…އިހަށް މަންމަ އަހަންނަށް ޕްރެޝަރ ނުކުރިއްޔާ ރަނގަޅީ….. އަހަރެން….. އަހަރެން މިއުޅެނީ މީހަކާ އިންނަން…‘ މަންމަގެ ދެލޮލަށް ވަރަށް ފުންކޮށް ބަލައިލަމުން އަހަރެން ބުނެލީމެވެ.

****

’ވަޓް؟!!!‘ މަންމައަށް ލިބުނު ހައިރާންކަން އިސާހިތަކު ފުޅާ ހިނިތުންވުމަކަށް ބަދަލުވެއްޖެއެވެ.މަންމަ ރިއެކްޓު ކުރި ގޮތް ފެނި ޚުދު އަހަރެންވެސް ހައިރާންވިއެވެ.

****

’ދަރިފުޅާ ހަމަ އަސްލުތަ؟ އަޅެ ކޮން ކުއްޖެއްތަ އެއީ…މަންމަ ވަރަށް ބަލާލަން ބޭނުން… ދަރިފުޅުވެސް ބޮޑުވީއޭ ދޯ…‘ މަންމަގެ އަޑުގައި އެކުލެވުނު އުފާވެރިކަން އިހުސާސްވެ އަހަރެންވެސް ކުޑަކޮށް ހިތްހަމަ ޖެހުނެވެ.

****

’ތޮއްޑޫ ކުއްޖެއް އެއީ…އަނޫކް ފެމިލީ ކުއްޖެއް…ޝާއީ ކިޔަނީ‘ އަހަރެން މާ ގިނަ ތަފްސީލު ދޭކަށް ބޭނުމެއް ނުވިއެވެ.އެކަމަކު މަންމައަކަށް އެވަރަކުން ނުފުދުނެވެ.

’ކޮން އިރަކުން މެރީ ކުރަނީ؟…ދަރިފުޅު މެރީކޮށްގެން ކޮންތާކު އުޅެނީ ދެން… އެކޮޅަށް ބަދަލުވަނީތަ؟!‘ މަންމަގެ ކަންބޮޑުވުން ހާމަ ކުރިއެވެ.

’ނޫނޭ އަމިއްލަ ތަނެއް ނަގަން ވިސްނައިގެން މިހުރީ…އަނޫ އާ ހެދި ބަދަލު ނުވެވިފަ މިހާރުވެސް. އެކަމަކު މެރީ ކުރަން ވާއިރަށް ވަކިވާނަން..އަދި ފައިނަލެއް ނުވޭ މެރީ ކުރާނެ އިރެއް…ތައްޔާރުވާން ވެސް ޖެހޭނެއެންނު‘ އަހަރެން އެންމެ ފަހުން ބުނެލީމެވެ.

’ދަރިފުޅު ވާނެއެންނު މިވާހަކަ ބައްޕަ ކައިރީވެސް ބުނަން …ދޮންބެއާ ކޮއްކޮމެން ކައިރީވެސް…ބުނިކަން އޮންނާނެ ދޯ އޭރަށް…‘ މަންމަ ބުނެލިއެވެ.

****

’އަދި ނުވޭ.‘ އުސައިދުގެ ވާހަކަ ބުނި ހިސާބުން އަނެއްކާވެސް އަހަރެންގެ މޫޑު އޮފުވިއެވެ.އެކަމަކު ކިތަންމެ ހަގީގަތް ގަބޫލު ކުރަން ބޭނުން ނުވިޔަސް އުސައިދަކީ އަހަރެންގެ ބައްޕަ ނޫން ކަމަކަށް ނުވާނެއެވެ.އަދި އަމުދުން މަންމައާއި އިންނަން އުޅޭ އިރު އަހަރެންގެ ކައިވެނި ވަކި އޭނާއަކަށް ސިއްރެއްވެސް ނުވާނެއެވެ.

****

’ދެން ދައްކަބަލަ ވާން އުޅޭ ޅީދަރިފުޅުގެ ފޮޓޯއެއް…މަންމައަށް ޔަގީން ދަރިފުޅުގެ ހޮވުން ގޯހެއް ނުވާނެކަން…ތި މަންމަގެ އެންމެ ވިސްނޭ ދަރިފުޅު.‘ ޝާއީގެ ވާހަކަ ބުނި ފަހުން މަންމަ މާ ބޮޑަށް އަހަރެން ދެކެ ލޯބިވެއްޖެހެން އަހަންނަށް ހީވިއެވެ.

****

ޝާއީގެ ފޮޓޯއެއް މަންމައަށް ދެއްކުމުން އޭނާގެ ރީތިކަމަށް ނިކަން ތައުރީފު ކުރި އެވެ.މަންމަވެސް އެންމެ އަޅައިގަތީ ޝާއީގެ މަޑު މުށި ކުލައިގެ ދެލޮލުގައެވެ.

****

ވާހަކަ ބަދަލުކޮށްލުމުގެ ގޮތުން އަހަރެން އެއްބަނޑު ކުދިންގެ ވާހަކަ އެހުމުން މަންމަގެ މޫނު މަތި  އޮއްސުނެވެ.

****

’ތިވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ. އުޒައިރު ގެއަށް ވަންނަނީކީ ނޫން…އެހާ ވިޔާނުދާ ބަޔަކާ ޖެހިގެން މިހާރު އުޅެނީ.އަންހެން ކުދިން ގޮވައިގެން އުޅޭ ކަންތައްވެސް މިހާރު ހައްދުން ނައްޓާފައި އެހުރީ…މީސް މީހުނަށް ފެނިގެން ދެން މިހާރު އަހަންނާ ދިމާލަށް ވެސް އެވާހަކަ ކިޔަނީ…ލަދުން ހަލާކުވާވަރުވޭ…ޒަޔާވެސް ހަމަ އެހެން. އެވެސް ކިހިނެއް އުޅެން ދިމާ ކޮށްގެން އުޅޭ ކުއްޖެއްބާއޭ އަހަރެންގެ ހިތަށް އަރާ. ނިކަން ބޭރުތެރޭގައި އުޅި އުޅިފައި މިހާރު އަބަދު އޮންނަނީ ކޮޓަރީގައި…ނިކަން ފާޑަކަށް އުޅެނީވެސް…އެ ދެމީހުންނާ ހެދި އަހަރެން މިހުންނަނީ ބޯ ގޮވާ ވަރުވެފަ. އުސައިދުއާ އަހަންނާ ނަސޭހަތް ދީ ދީ ވަރުބަލި ވެއްޖެ އެކަމަކު އަޑު އެހިއްޔާތާ! ބޮޑެތިވެފައި ތިބި ދެމީހުން އެއީ.ކިޔެއް ކުރާނީ. ދެން ހުރީ ޒީވާ.އޭނަ ނިކަން ބަދަލުވެއްޖެ. މިހާރު އެ ރުންކުރު ގޮތް ގަނޑެއް ނުހުރޭ…ކަންކަމާ ޝަކުވާއެއް ވެސް ނުކުރޭ…އެކަމަކު ކުރީގައިހެން ޒަޔާއާއި އެކުގައި އުޅޭތީއެއް ނުފެނޭ. ވަރަށް ބަދަލުވެއްޖެ އޭނަ…އެގޮތުގައި ހުރެއްޖެއްޔާ ކިތަންމެހައިވެސް ރަނގަޅު ދެން.‘ ފުން ނޭވާއެއް ދޫކޮށްލަމުން މަންމަ ބުނެލިއެވެ.

****

ނަސީބަކުން  ކާ އެއްޗެހި އައިސްގެން އެވާހަކަ މެދުކެނޑުމަކަށް އައެވެ.މަންމަވެސް އިތުރު ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި ކެއުމާއިގެން މަޝްޢޫލުވިއެވެ.

****

އެ ބައްދަލުވުން ނިންމާފައި އަހަރެން އައިސް ސައިކަލު ޕާކު ކޮށްލިތަނާ ކޯލެއް އަންނަން ފެށިއެވެ.ޝާއީގެ ނަން އަރާފައި އިނުމުން ހިނިތުންވުން ވެވުނެވެ. ފޯނު ނަގާފައި ވަރަށް ލޯބިން ހަލޯއޭ ބުނެލި ވަގުތު އަހަރެންގެ ކަންފަތުގައި ޖެހުނީ ޝާއީގެ ގިސްލުމުގެ އަޑެވެ.ވަގުތުން އަހަރެންގެ ލޯލިތައް ކޮޅަށް ޖެހުނެވެ.

****

’ވަޓްސް ރޯންގް ލަވް…ކީއްވެ ތި ރޮނީ…؟ ކިހިނެއްވީ؟!‘ އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.

ޝާއީއަށް ރޮވޭ ވަރުން ވާހަކަވެސް ނުދެއްކުނެވެ. ނޭފަތް ދަމަ ދަމާފައި އޭނާއަށް ބުނެވުނީ ’ލަކީއޭ‘ އެކަންޏެވެ.އަހަރެންގެ ހިތަށް ނުބައި ގޮތެއް ވެލިއެވެ.

’ލަކީ ވަޓް ޝާއީ؟‘ އަހަންނަށް ބުނެވުނެވެ.

’ޒައިފް…ލަކީ…ލަކީ ޑިޑިންޓް މޭކް އިޓް.. ‘ ޝާއީ ރޮމުން ބުނެލިއެވެ.

’ވަޓް….؟!‘ އަހަންނަށްވީ ގޮތްވެސް ނޭނގުނެވެ.ލަޔަކް މި ދުނިޔެ ދޫކުރީއޭ ބުނުމުން ގަބޫލު ކުރާކަށް ފަސޭހައެއް ނުވިއެވެ.ލަޔާލީގެ ހާލާއިމެދު އިންތިހާއަށް ކަންބޮޑުވިއެވެ.

’ލަޔާ އޯކޭތަ އަނެއްކާ؟‘ އަހަރެން ބުނެލީމެވެ.

’ނޯ ޝިޒް ނޮޓް…ޒައިފް އައި ވިޝް އައި ކުޑް ބީ ދެއަރ ފޮރ ހާ… ލަޔާ އެ ޚަބަރު ދިނީ ހަމަ ދެންމެ. އަހަންނަށް ގުޅިއިރުވެސް އޭނާ ހަމަ އަޑުން އަޑު ނަގާފަ ރޮނީ.އޭނަ މަސަލަސް ނުކުރެވިގެން އޭނަ މަންމަމެން ވަރަށް ހިތްވަރު ދޭ އަޑުވެސް އިވުނު…އައި ފެލްޓް ސޯ ބޭޑް…އައި ނޯ އެކަން ގަބޫލު ކުރަން ލަޔާއަށް އުނދަގޫވާނެ ވަރު…‘ ޝާއީ ނޭފަތް ދަމަމުން ވާހަކަ ދެއްކިއެވެ.

’އައިނޯ ލަވް…‘ އަހަންނަކަށް އިތުރަކަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.އެ ޚަބަރުން ސިކުނޑި މުޅިން ގަޑު ބަޑުވިއެވެ. އެހެނަސް ޝާއީ ހަމައަކަށް އަޅުވަން އަހަރެން ހިތްވަރުކުރީމެވެ.ލަޔާލީއަށްވެސް ތައުޒިޔާ ފޮނުވައި ހާލުވެސް ބެލީމެވެ.އެހެނަސް އެކަނިވެވުނު ހިސާބުން އަހަންނަށް ހުރެވުނީ ނެގި މަޑުވެފައެވެ.

****

އަހަރެން ގެއަށް ވަތްއިރު ސިޓިން ރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި އަނޫކް އުޅެނީ ލަޔާލީއަށް ގުޅައިގެން އޭނާ މަސަލަސް ކުރެވޭތޯއެވެ.އެ މޫނުމަތިން ލަޔާލީ އެވަރަށް ރޯތީ ދެރަވެފައި ހުރިކަން ހަމަ ރަނގަޅަށްވެސް އެނގެއެވެ.އަހަންނަށް ވެފައި ހުރި ގޮތުން އެ ޚަބަރު އަހަންނަށްވެސް ލިބިއްޖެކަން އަނޫކްއަށް ނަގައިގަނެވުމުން ނިތް އަރުވައިލިއެވެ. އަހަރެން ބޯޖަހައިލީމެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ބޮއްތަގެ ލޯބި

Next

ހިތުގެ ރިހުން (7)

Next
July 8, 2025

ހިތުގެ ރިހުން (7)

Previews
July 8, 2025

ބޮއްތަގެ ލޯބި



All Right Reserved!