Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

އެކްޓަރ(ޕާޓް 26)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
July 16, 2025 4 Mins Read
0 Comments

އުސައިދު…‘ މަންމަ އަހަންނާއި ދިމާލަށް ބަލައިލަމުން އެވާހަކަތައް ނުދައްކާށޭ ބުނާ ފަދައަކުން އުސައިދުއަށް ގޮވާލައިފައި ދެފަރާތަށް ބޯ ހޫރައިލިއެވެ.

****

’ވަރަށް ކެތްކޮށްފިން…ދެން ނުވާނެ… އަހަރެން މި މަޑުކުރީވެސް ޒައިފް މިކޮޅަށް އަންނަންދެން…ދެން އިތުރަކަށް އަހަރެމެންނަކަށް އޮޅުވައެއް ނުލެވޭނެ ޝާމާ.ހިތުން މަށަކަށް އެއްވެސް ކަމެއް ފަޅައެއް ނާރާނެވިއްޔާ ދޯ‘ އުސައިދުގެ އަޑުގައި މަޑުމައިތިރި ކަމެއް ނެތެވެ.

****

 

’އުސައިދު ކީކޭ ކިޔަންތަ ތިއުޅެނީ؟‘ މަންމަ ގާތަށްވެސް ރުޅި އައެވެ.ތިމާގެ ފަތިފުށް ހާމަވާން އުޅޭތީ ގޮތް ހުސްވެގެން ރުޅި އިސް ކުރަނީ ކަން އަހަންނަށްވެސް އެނގެއެވެ.މަންމަގެ އަޑި އެހާ ނުބައިވެދާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ.ފުރަތަމަ ފަހަރު ލިބުނު ފިލާވަޅުން އެއްޗެއް ދަސްނުވިކަން އެއީ އަހަރެންގެ މޮޔަކަމެވެ.ގާދިރު އަދި ކިތަންމެ ނުބަޔަސް އުސައިދު މަޅީގައި ޖައްސައިގެން އޭނާއާއި އެކު މަންމަ ކޮށްލި ކަންތައްވެސް ވަކި ރަނގަޅެއް ނޫނެވެ.އޭގައި އުސައިދުވެސް ގޯހެވެ.އެހެނަސް މަންމަގެ ހަގީގީ މަގުސަދު އެނގުނުނަމަ އުސައިދުވެސް މަންމަގެ ބަހަކަށް ނުހެއްލުނީސްކަން އޭނާ މިހާރު އެދަނީ ސާބިތުކޮށް ދެމުންނެވެ.އެހެން ނޫންނަމަ އޭނާ އެންމެ ލޯބިވާ މީހާއާއި ދެކޮޅަކަށް ނުތެދުވީހެވެ.

****

’ކިޔާނެ އެއްޗެހި ބައިވަރު އެބަހުރި.ކަލޭ ތީ ހާދަ އަމިއްލަ އެދުން ބޮޑު މީހެކޭ ޝާމާ… ފައިސާއާ ހެދި ބޫތުކެޔަސް ތީ ބޮޑުވަރު‘ އުސައިދު ބުނެލިއެވެ.މަންމަ ހީވަނީ ދެލޮލުން އުސައިދު އަންދާ އަޅިއަށް ހަދައިލަން އުޅޭހެންނެވެ.

****

’އިފްރާހު އަހަންނާ ’ކޮންޓެކްޓް‘ ނުކުރިނަމަ މަށަކަށް އެއްވެސް އެއްޗެއް ނޭނގުނީސް.ކަލޭ ހަމަ އޭނާއަށް ހަދާލިހެން މަށަށްވެސް ހެދީހީ.މަ ހިތަށް އަރާ ކަލޭ ވާ ކުޅަދާނައޭ.‘ އުސައިދުގެ އަޑުގައި ވަނީ ޖެއްސުމެވެ.

****

’ދައްކާ ވާހަކައެއް މަށާ ވަކިން ދައްކަބަލަ…މަގޭ ދަރިން މިކަމުގެ ތެރެއަށް ނުވައްދަބަލަ..ޒަޔާވެސް ގޭގަ އެބައުޅޭ…އުޒައިރުވެސް މިހާރު ހޭލަން އުޅޭނެ.މިކަމުގެ ތެރެއަށް ޒައިފްވެސް ވައްދާކަށް ނުޖެހޭނެ.‘ މަންމަ އަޑު ކޮންޓްރޯލް ކުރަމުން ބުނެލިއެވެ.

****

’ކިހިނެއްވީ…؟ޒައިފް އަށް ހަގީގަތް އެނގިދާނެތީ ބިރުގަތީ؟ ޝާމާ ހީކުރީ އަހަރެން މިއުޅެނީ ކަލެޔާ އިފްރާހުގެ ގުޅުން ފަޅާއަރައިގެން އެކަނި ކަމަށްތަ؟އިފްރާހުގެ މުދާގަނޑު ބަނޑު އަޅާފައި އޭނާ ނުކުރާ ކަމެއްގަ ބައްދާލާފައި ބަލަ ހަމަ ކަލެއެއްނު އޭނާ ގޮޅިއަށް ލީވެސް.އަދި އެވެސް ގާދިރާ އިނދެގެން ހުރެ މަށާ އެކީ އުޅެމުން މަށަށްވެސް ވަގަށް…ކަލޭ ވަރަށް ކުޅަދާނަ….ދަހިވެތި އަންހެނާ.‘ އުސައިދު މަލާމާތުގެ ރާގަކަށް ބުނެލިއެވެެ.މަންމަގެ މޫނު މައްޗަށް އަރަމުން ދިޔަ ކުލަވަރުން އެ ވާހަކަތަކަކީ ހަގީގަތް ކަން އަހަންނަށް ރޭގަނޑާއި ދުވާލު ފަދައިން އެނގުނެވެ.

****

’ކަލޭގެ އަމިއްލަ އެދުން ބޮޑުކަން ބަލާބަލަ…ތިމާ ބަނޑުއަޅާ ވިހޭ ދަރިއެއް މިހުރީ.ކަލޭގެ އަމިއްލަ އެދުމަށް މިހިރަ ކުއްޖާ ތިޔަ ބޭނުން ކޮށްލީ…ކިތައް ފަހަރު އޭނައަށް އޭނާގެ ހަގީގަތް އޮޅުވާލާނީ… އިފްރާހު ނައިނަމަ އަދި އަދަށް ވެސް އަހަންނަށްވެސް ކާށްޓެއްކަން މަހެއްކަންވެސް ނޭނގުނީސް.‘ އުސައިދު ރުޅިގަދަވެފައި ހުރިވަރުން އަޑުގައިވެސް މަޑު ތުރުތުރެއް ހުއްޓެވެ.

****

’ކީކޭ ކިޔަންތަ ތިއުޅެނީ…ބަލަ އެއީ ކަލޭގެ ދަރިއެކޭ…‘ މަންމަ އަޑު ހަރުކޮށް ބުނެލިއެވެ.

’އެއީ މަގޭ ދަރިއެއް ނޫން.އެއީ އިފްރާހުގެ ދަރިއެއް. ކަލޭ އިފްރާހުގެ މުދާގަނޑު ބަނޑުއަޅާފާއި އޭނާގެ ބޭނުން ކެނޑުނީމައި މަގޭ ބޮލަށް ދަރި ޖެހީ…އޭރުންތާ މަވެސް ފެލައި ލެވޭނީ.މިއޮތީ ހެކި.ދެން އިތުރަށް ދޮގު ހަދާނެ ކަމެއް ނެތް.‘

އުސައިދު  ފަށް ޖަހާލާފައި އޮތް ކަރުދާސްގަނޑު މަންމައާއި ދިމާލަށް އެއްލިއެވެ.

****

މަންމަ ކަރުދާސްގަނޑު ނިއުޅާލިއިރު އެމޫނުމަތިން ސިހުން ފެންނަމުން ދިޔައެވެ.ދެލޯ ބޮޑުކޮށްގެން އެ ކަރުދާސް ގަނޑަށް ބަލަން ހުރިއިރު މަންމަގެ ދެއަތް ތުރު ތުރު އަޅައެވެ.

****

އެއީ އަހަރެންގެ ޑީ.އެން.އޭގެ ނަތީޖާ އެވެ. އޭގެން އަހަންނަކީ އިފްރާހުގެ ދަރިއެއްކަން ސާބިތުވާން އޮތެވެ.އެހިސާބުން މަންމައަށް ހަތިޔާރު ބަހައްޓަން މަޖުބޫރުވީއެވެ.ދިފާއުގައި އިތުރަށް ދެއްކޭނެ ވާހަކައެއް ނެތީމައެވެ.

****

އަހަރެންގެ ހާލަކީތޯއެވެ.އުސައިދު އޭނާއަކީ އަހަރެންގެ ހަގީގީ ބައްޕަ ނޫން ކަމަށް ބުނެ ކުރި މެސެޖު ފެނުނީއްސުރެ އަހަރެންގެ ނަފްސުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ.އަހަރެންގެ ބައްޕަ ކަމަށް ދައުވާކޮށް އަހަރެން ދެކެ އެހާ ލޯބިން އުޅުނު މީހަކު ހަމަ ކުއްލިއަކަށް އެހެން ނުބުނާނެކަން އަހަންނަށް ގަބޫލު ކުރެވުނެވެ.އިފްރާހުއާއި ފުރަތަމަ ބައްދަލުވީއިރުވެސް އެއީ ފަހަރެއްގައިވެސް އަހަރެންގެ ހަގީގީ ބައްޕައަށް ވެދާނެ ކަމަކަށް ހީވެސް ނުކުރަމެވެ.އެހުރިހާ ހަގީގަތެއް އިފްރާހުގެ ދުލުން ކިޔައިދިން އިރު އަހަރެންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ.

****

’އަހަރެންގެ ދަރިފުޅު އަހަންނާ ވަކިކޮށްލީ…އެހެން މީހަކަށް ބައްޕަ ކިޔުއްވައިގެން ބޮޑު ކުރިއިރު ހަގީގަތް އެނގޭ ދުވަހު އެކުއްޖާއަށް ކިހާ އަސަރެއް ކުރާނެ ކަން ޝާމާއަށް ހަމަ ނުވިސްނުނުތަ؟ ކިހާ ބޮޑު ދެރައެއް ޒައިފްއަށްވެސް ތި ދިނީ… ގާދިރުއަށް ބައްޕަ ކިޔުއްވާފަ ދެން ތި އުޅުނީ އުސައިދުގެ ދަރިއަކަށް ހަދާލަން.އަހަރެން ދުނިޔޭގަ ހުރިކަންވެސް ޒައިފްއަށް ނުވެސް އެނގުނީސް އަހަރެން ދަރިފުޅު ހޯދަން މަސައްކަތް ނުކުރިނަމަ.‘ އަހަންނާ ހަތަރުކަޅި ހަމަކޮށްގެން ހުރެ އިފްރާހު ވަރަށް އަސަރާއެކު ބުނެލިއެވެ.

****

’ޝާމާ ކުރި ހުރިހާ ކަމެއްގެ އަގު އަދާކުރަން ތައްޔާރުވޭ…ހެކި އެބަހުރި.ޝާމާއަކަށް ދެކޮޅެއް ނުހެދޭނެ.އިތުރު މީހެއްގެ ދިރިއުޅުމާ ކުޅެލިޔަކަ ދެން ނުދޭނަން.ދެން ބައްދަލުވާނީ ކޯޓުން.‘ އިފްރާހު ނުރުހިފައި ބުނެލިއެވެ.

****

’ކީއްވެ މަންމާ…؟‘ އަހަރެން ވަރަށް ހިތްވަރު ކޮށްފައި އަހަން ބޭނުންވެފައި ހުރި ސުވާލު ދުލާ ހަމައަށް ގެނައީމެވެ.މަންމަގެ ނަޒަރު އަހަންނަށް ސީދާވި އިރު އެ ދެލޯ ހުރީ ފެންކަޅިވެފައެވެ.

’ދަރިފުޅާ މަންމައަށް މާފުކުރޭ‘ މަންމަ ރޮއެގެންފައި ބުނެލިއެވެ.އެއްޗެކޭ ނުބުނެ މަންމަގެ މޫނަށް ބަލަހައްޓައިގެން އަހަންނަށް ހުރެވުނީ އެވެ.މަންމަ އެގޮތަށް ރޯތީ އަސަރު ނުކުރަނީކީ ނޫނެވެ.އެކަމަކު މަންމަގެ ސަބަބުން އަހަރެންނަށް ލިބުނު ދެރަވެސް ވަކި ކުޑައެއް ނޫނެވެ.

****

’އަހަރެން ދެން ޝާމާއާ އިންނާކަށް ބޭނުމެއް ނޫން.އިތުރަށް ތި މޫނު ދެކޭކަށްވެސް ބޭނުމެއް ނޫން. ޔޫ ނީޑް ޓު ލީވް.މިއަދުން މިއަދަށް މިގެއިން ނުކުތިއްޔާ ވަރަށް ރަނގަޅު. އެކަމަކު ޝާމާގެ ދަރިންނަކީ ހަމަ އަހަރެންގެވެސް އަމިއްލަ ދަރިން ގޮތުގައި ދެކެމުން އައީ…އެކުދިން ބޭނުމިއްޔާ އަދިވެސް އެކުދިންނަށް މިގޭގަ އުޅެވޭނެ…އަހަންނަކަށް އުނދަގުލެއްވެސް ނުވާނެ.އެކަމަކު ގޮތް ނިންމާނީ އެކުދިން…ޝާމާއާއެކީ ދާނީތޯ ނޫނީ މަޑުކުރާނީ ތޯ.‘ އުސައިދު ބުނެލިއެވެ.

****

’ކިހިނެއް ވެގެން މިއުޅެނީ؟ ކޮން ތާކަށް ދާ ވާހަކައެއްތަ؟‘ ކަންބޮޑުވުން އެކުލެވިފައިވީ ޒަޔާގެ އަޑު އިވިފައި އެންމެންގެ ސަމާލުކަން ކޮޓަރިން ނުކުމެގެން އައި ޒަޔާއާއި ދިމާލަށް ހުއްޓުނެވެ.ޒަޔާއަށް އެވާހަކަތައް އިވިއްޖެކަން އެނާގެ ހުދު އަރައިފައިވާ މޫނާއި ބޮޑުވެފައިވާ ދެލޯ ހެކި ދިނެވެ.

ދޭނޭ ޖަވާބެއް އެކެއްގެ ދުލަކަށްވެސް ނައެވެ.އެންމެންވެސް ފާޑަކަށް ހުއްޓުން އެރީއެވެ.

****

’ޒާ އިހަށް ދޭބަލަ ރޫމަށް ‘ ޒަޔާ ސުވާލުތައް ތަކުރާރު ކުރަން ފެށުމުން މަންމަ މޫނު އަނބުރާލައިގެން ހުރެ އަތުގެ ނުފުށުން ދެލޯ ފުހެލަމުން ބުނެލިއެވެ.

****

’ނޯ ނުދާނަން.ބުނޭ ކީއްވެގެން ތިއުޅެނީ؟ ކީއްވެ މަންމަ ތި ރޮނީ؟ އުސައިދްބޭ؟‘ޒަޔާ  އުސައިދުއަށް ސުވާލުގެ ނަޒަރަކުން ގޮވައިލީ އުސައިދުގެ ފަރާތުން ޖަވާބެއް ލިބޭތޯއެވެ. އެހެނަސް ޖަވާބު ދިނުމުގެ ބަދަލުގައި އުސައިދުވެސް އިސް ޖަހައިލީއެވެ.

****

ޒަޔާ އެތަނުން ގެންދިޔުމަށް އުސައިދު ލޮލުން އަހަންނަށް އިޝާރާތް ކޮށްލުމުން  އަހަަރެން ގޮސް ޒަޔާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވައްދަން އުޅުމުން ޒަޔާ ނުވަންނަންވެގެން ގަދަ ހަދައިލިއެވެ.އޭނާ އަހަރެންގެ އަތް ނައްޓުވާލަންވެެގެން އަތަށް ލަކި ޖަހަމުން ދިޔައެވެ.އަހަރެން ޒަޔާގެ އަތުން ދޫކޮށްލީ ކޮޓަރިއަށް ވަދެ ދޮރު ކުރިމަތީގައި ހުރަހަކަށްވާނޭހެން ހުއްޓިފައެވެ.

****

’ތުއްތޭ ވަޓް ދި ހެލް! ލެޓް މީ ގޯ‘ ޒަޔާ ގާތަށް ރުޅި އައެވެ.

’ޒާ ޕްލީޒް ލިސެން ޓު މީ… ޔޫ ކެނޮޓް ގޯ އައުޓް ދެއަރ ރައިޓް ނައު.ދޭއާރ ހޭވިން އަ ވެރީ ސީރިއަސް ކޮންވަޒޭޝަން.‘ އަހަރެން މަޑުމައިތިރިކަމާއިއެކު ޒަޔާއަށް ވިސްނައިދޭން މަސައްކަތް ކުރީމެވެ.

****

ޒަޔާ،ޒީވާ.އަދި އުޒައިރުއަކަށް މަންމަ ހާވާފައި ހުރި ހަޑިއެއް ނޭނގޭނެއެވެ.އަދި އަހަރެންގެ ހަގީގަތެއްވެސް ނޭނގޭނެއެވެ.އެމީހުންނަށް އެނގުނީ އެމީހުންގެ ބައްޕަގެ ހަގީގަތް އެކަންޏެވެ.ކިތަންމެ ފޮރުވަން އުޅުނަސް އަދި އެމީހުންނަށްވެސް ކޮންމެވެސް ދުވަހަކުން ހުރިހާ ކަމެއް ފަޅާއަރާނެކަން އަހަންނަށް އެނގެއެވެ.

****

’ތުއްތޭ ވަޓްސް ގޯއިން އޮން؟އައިނޯ އިޓްސް ސީރިޔަސްކަން…އައިނޯ މަންމަ ރޮނީކަން އެ.ކީއްވެތަ އުސައިދްބޭ އެހާ ރުޅި އައިއްސަ އެހުރީ…އެން ހޫ އިޒް ދެޓް ގައި؟ ވަޓްސް ހީ ޑުއިން ހިއަރ؟މަންމަ ކަމެއް ކުރީތަ…؟ޕްލީޒް ބުނެބަލަ…އިޒް ހީ ކިކިން އަސް އައުޓް އޯ ސަމްތިން.؟‘ ޒަޔާ ފައްޗަކަށް އަމުނާލިއެވެ. ޒަޔާގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި އަހަންނަށް އިސްޖަހައިލެވުނީއެވެ.

*****

އުސައިދު މަންމައާއި ކައިވެނި ނުކުރަން ނިންމި ވާހަކަ އަހަރެން ބުނީ ޒަޔާ އެ ސުވާލުތައް ކުރާ ވަރުން ކެތް ނުވެގެންނެވެ.ޒަޔާވެސް މިހާރު ހުންނަނީ އުސައިދުއަށް ކުލުނު ޖެހިފައިކަން އަހަންނަށް އެނގެއެވެ.

****

’ވަޓް؟؟؟! ‘ ގަބޫލު ނުކުރެވުނު ފަދައަކުން ޒަޔާ ބުނެލިއެވެ.

’ބަޓް ހީ ލަވްސް ހާރ…ދެއަަރ އިޒް ނޯ ޑިނައިން ދެޓް. ޑޭޑްއަށްވުރެ އުސައިދްބޭ މާ ރަނގަޅު…ބަޓް ކީއްވެބާ މަންމައާ މެރީކުރަން ބޭނުން ނުވަނީ؟ޑިޑް ޝީ ޑޫ ސަމްތިން؟!‘ ޒަޔާގެ އަޑު ކުރެހޭ ގޮތްވިއެވެ.

****

އެހިސާބުން ބުނާނެ އެއްޗެއް ނޭނގި އަހަރެންގެ އަނގަ ބަންދުވިއެވެ.ޒަޔާއަށް ދޮގު ހަދާކަށްވެސް ބޭނުމެއް ނޫނެވެ.އެކަމަކު ހަގީގަތް ކިޔައިދީގެން ޒަޔާއާއި މަންމައާއި މޫނު ކެނޑިދާނެ އެވެ.އަހަރެންހެނެއް އެންމެނެއް ނުވާނެއެވެ.އެވާހަކަތައް ކިޔައިދޭން އެންމެ ހައްގު މީހަކީ މަންމަ ކަމުގައި އަހަރެން ބުނުމުން ޒަޔާ އަނެއްކާވެސް ބޭރަށް ނުކުންނަން ގަދަ ހަދަން ފެށިއެވެ.ނަމަވެސް އަހަރެންގެ އަތްދަށަކުން ޒަޔާއަކަށް ސަލާމަތެއް ނުވެވުނެވެ.

****

’ދަރިފުޅާ؟‘

މަންމަ ޒަޔާގެ ކޮޓަރި ދޮރުގައި ޓަކިދޭން ފެށުމުން އަހަރެން ދޮރުމަތިން އެއް ފަރާތް ވެލައި ދޮރު ހުޅުވައިލީމެވެ.

’ދެކުދިން ނުކުމެބަލަ ސިޓިން ރޫމަށް..މަންމަ ބޭނުން ދަރިފުޅުމެންނާ ވާހަކަ ދައްކާލަން.ޒާ ގުޅާބަ ޒީވްއަށް.މަންމަ މި އަންނަނީ ދޮންބެ އަށް ގޮވާފައި.އުސައިދުއާ އިފްރާހު މިހާރު ނުކުމެއްޖެ ބޭރަށް…‘ މަންމަ މަޑުމޮޅި އަޑަކުން ބުނެލިއެވެ.

****

މަންމަގެ ދެލޮލާއި ނޭފަތު ކުރިވެސް އެކަށް ރަތްވެފައި ހުރުމުން ވަރަށް ރޮއެފައި ހުރިކަން އެނގެއެވެ.ގާދިރުގެ ކަންތަކުގައި އެ ދެއްކި ފަދަ ހިތްވަރެއް މިފަހަރަކު މަންމަގެ ގަޔަކު ނެތެވެ.އިފްރާހު އެ އައީ މަންމަ ކުޑަކޮށްވެސް އެފަދަ ’ސަޕްރައިޒަކަށް‘ ތައްޔާރު ނުވެ ހުއްޓާ ކަންނޭނގެއެވެ.މިފަހަރު ’އަޕަރ ހޭންޑް‘ އޮތީ އުސައިދުއާއި އިފްރާހުގެ އަތުގައެވެ.އިފްރާހު މިނިވަންވީކަން މަންމައަށް ނޭނގި އޮތުން އެއީ މަންމަ އަމިއްލައަށް ފެށި ’ގޭމްގައި‘ މަންމަ ބަލިވެއްޖެ ކަމުގެ ހެއްކެކެވެ.

****

އަހަންނާ ދޭތެރޭ މަންމަ އެގޮތަށް ކަންތައް ކުރަން ޖެހުނު ސަބަބު އެނގެން އަހަރެންވެސް ބޭނުމެވެ.އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟މަންމަ ހުރިހާ ހަގީގަތެއް ކިޔައި ދީފިނަމަ ދެން ތިބި ތިން މީހުން ކަންތައް ކުރާނީ ކިހިނެއް ބާއެވެ؟

 

ނުނިމޭ.

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ކަޅު ބުޅާ 6

Next

ވާ ލޯބި އެނގޭނަމަ(24) ފަހު ބައި

Next
July 16, 2025

ވާ ލޯބި އެނގޭނަމަ(24) ފަހު ބައި

Previews
July 16, 2025

ކަޅު ބުޅާ 6



All Right Reserved!