Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

އެކްޓަރ(ޕާޓް 28)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
July 21, 2025 4 Mins Read
2 Comments

އަނޫކް ބުނި ރެސްޓޯރެންޓްއަށް ދިޔައިރު އެމީހުން ތިބީ އަހަރެން އަންނާނެ އިރެއްގެ އިންތިޒާރުގައި މޭޒެއްގައި ޖައްސާލައިގެންނެވެ.ލަޔާލީ ފެނުމުން އަހަރެންގެ ހިތް ހަމްދަރުދީއިން ފުރުނެވެ.އޭނާއެކޭ ދިރުމެއް ނެތް މަސްގަނޑެކޭ އެއްވަރެވެ.ވަޅުވަދެފައިވާ ދެލޮލެވެ.ކުލަ އޮއްސިފައިވާ މޫނެކެވެ.ހުއްޓުން އަރާފައި އެއް ދިމާލަކަށް ބަލަހައްޓައިގެން އިން އިރު އެތަނުގައި އިތުރު ބަޔަކު ތިބިހެންވެސް އޭނާއަށް ހީނުވެއެވެ.

****

’ބޭބް….މިއޮއް އައީނުން ޒައިފްވެސް…ލެޓްސް އޯޑަރ ދޯ‘ އަނޫކް ލަޔާލީގެ ކޮނޑުގައި އަތް ވަށާލައި ކައިރިކޮށްލުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. އެއްޗެކޭ ބުނުމުގެ ބަދަލުގައި އޭނާ އަހަންނާ ދިމާލަށް ބަލައިލާފައި އިސްޖަހައިލީ އެއްވެސް އަސަރެއް ނެތް ގޮތަކަށެވެ.އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ.އެއީ އަހަރެން ދަންނަ ލަޔާލީއެއް ނޫނެވެ.ލަޔަކްގެ ކުއްލި ވަކިވުމުގެ ސަބަބުން މީހާ އެކަށް ހިއްސު ކެނޑިފައިވާ ކަހަލައެވެ.ވާނީވެސް އެހެންނޫން ހެއްޔެވެ؟ލަޔަކް ނޫނީ އޭނާއާ އެއްބަނޑު އެއްބަފާގައި އިތުރު މީހަކު ހުރީކީ ނޫނެވެ.އުމުރުގެ ބޮޑުބައި އެކުގައި ހޭދަކޮށްފައި އެފަދަ ހިތްދަތި ގޮތަކަށް ވަކިވެގެން ދިޔުމުން އަސަރު ނުކުރާނީ ފަހެ ކާކަށް ހެއްޔެވެ؟

****

ކާއެއްޗެހި ލިބިގެން ކައުމަށް އިންސާފު ކުރެވެމުން ދިޔައިރުވެސް ހުރިހާ ވާހަކައެއް ދެއްކީ އަހަންނާއި އަނޫކްއެވެ.ލަޔާލީ ’އާނ ހޫނ‘ ނޫން އެއްޗެއް ނުކިޔެވެ.އުލާއި ސަމްސަލުން ހާވަ ހާވާފައި ވަރަށް އުނދަގުލުން އޭނާއަށް ކެވުނީ ވެސް ވަރަށް ކުޑަ އެތިކޮޅެކެވެ. އެވަގުތު އެތަނުގައި އަޅެ ޝާއީ ހުރި ނަމައޭ އަހަރެންގެ ހިތަށް އެރިއެވެ.އޭރުންވެސް ލަޔާލީ ތަންކޮޅެއް ހިތްހަމަޖެހޭނެއެެވެ.

****

އަނޫކް އާއި ވަކިން ބައްދަލުކޮށް އަހަރެން ދައްކަން ހުރި ވާހަކަތައްވެސް ހުރީ ފުނި ޖެހިފަ އެވެ.އެހެނަސް ލަޔާލީގެ ހާލަތާއި މެދު އޭނާ ބޯ ހާސްވެފައި ހުންނަ ވަރު ފެނުމުން އެވާހަކަތައް ފަހަށް ބެހެއްޓީއެވެ.

****

އަނޫކްގެ ފަރާތުން ލަޔާލީ ހަމައަކަށް އެޅިލަންދެން އޭނާ މާލޭގައި މަޑުކުރާނެކަން އަހަންނަށް އެނގުނެވެ.މާނައަކީ އަނޫކްގެ ގިނަ ވަގުތުތަކެއް ލަޔާލީއަށްޓަކައި އޭނާ ހުސްކޮށްލާނެކަމެވެ.ލަޔާލީ އެހާލަތުން އަރައިގަންނަން އަނޫކްގެ އެހީ ވަރަށް ބޭނުންވާނެއެވެ.ލަޔަކް ނެތުމުގެ އެ ހުސްކަން ލަޔާލީއަށް އިހުސާސްވިޔަ ނުދީ ފޫބައްދަން އަނޫކްއަށް ވީ ވަރެއް އޭނާ ކުރާނެ އެވެ.

****

އިފްރާހު ލަސްތަކެއް ނުކޮށް މަންމަގެ މައްސަލަ ކޯޓަށް ވައްދައިފިއެވެ.އަނެއްކޮޅުން އޭނާއާއި އެއްކޮޅަށް ވަކާލާތުކުރަން ހަމަ ޖައްސާފައި ހުރީވެސް އުސައިދުއެވެ.އިފްރާހު އިންސާފު ހޯދަން މަސައްކަތް ކުރާނޭކަން އަހަންނަށް އޮޅިފައެއް ނެތެވެ.އަދި އެމީހުންނަށް މަންމަގެ މައްޗަށް ކުށް ސާބިތުކޮށްދެވޭނޭހާ ހެކި ލިބިފައި ހުންނާނޭ ކަމާއިމެދު އަހަރެން ޝައްކެއްވެސް ނުކުރަމެވެ. އެހެނަސް އެއީ އަހަރެންގެ މައިމީހާއަށް ވީތީ ހިތަށް އަސަރުކުރެއެވެ. އުސައިދުއާއި އިފްރާހުގެ ފަރާތުން މާފު ހޯދައި އެހެން ކަންތައް ނުކުރުމަށް އެދިދާނަމޭ ހިތަށްވެސް އެރިއެވެ.އެހެނަސް އޭރުން ވާނީ އަހަރެންގެ އަމިއްލަ އެދުން ބޮޑުކަމުން އިފްރާހުއަށް ވެވޭ ބޮޑު ބޭ އިންސާފަކަށެވެ.މާ ގާތްކަމެއް އަދި އިހުސާސް ނުވިޔަސް އެއީ އަހަރެންގެ ބައްޕައެވެ.މަންމަގެ ސަބަބުން ނުހައްގުން އިފްރާހުއަށް ލިބުނު އަނިޔާއަކީ ކުޑަ އަނިޔާއެއް ނޫނެވެ.އުމުރުގެ މުހިންމު ބައެއް ޖަލުގެ ތޭރިތަކުގެ ފަހަތުގައި ވެއަތު ކުރަން ޖެހުމަކީ އިފްރާހުއަށްވެސް އެހާ ފަސޭހައިން އެކަން ހަނދާން ނައްތާލެވޭނޭ ވަރުގެ ކަމެއް ނޫނެވެ.މަންމަގެ ސަބަބުން އޭނާއަށް އެ ގެއްލުނީ ހާދަ އަގުހުރި ވަގުތުތަކެކެވެ.ބުރަ މަސައްކަތުން ނަގާ ކޮޅަށް ޖެހި އޭނާގެ މުޅި ދިރިއުޅުމެވެ.އަމިއްލަ ލޭ ހިނގާ ފުރާނައެއްގެ ޅަ ދުވަހުގެ ހަނދާންތަކުންވެސް ރަހުމެއް ނެތި އޭނާ މަހުރޫމު ކޮށްލީއެވެ.

****

ހުރިހާ ކަމެއްގެ އަދާހަމަ އަހަރެން އައީ ޝާއީއާއި ހިއްސާ ކުރަމުންނެވެ.އިފްރާހުގެ ވާހަކަ ކިޔައިދޭން އަހަންނަށް އެހާ ފަސޭހައެއްވެެސް ނުވިއެވެ.މަންމަގެ ސަބަބުން އިފްރާހު ޖަލުގައި އެތައް އަހަރެއް ހޭދަކުރި ވާހަކަވެސް އަހަރެން އަހަރެން ކިޔައިދިނީ ޖެހިލުންވެ ހުރެއެވެ.އަހަރެން ޝާއީއަށް ހުރިހާ ވާހަކައެއް ކިޔައިދިނީ ކޮންމެހެން އޭނާގެ ހިތުގައި އަހަރެންގެ މަންމައާއި ދޭތެރޭ ނަފްރަތު އުފައްދާކަށް ނޫނެވެ. ހަގީގަތް ފޮރުވަން އަހަރެން ބޭނުން ނުވާތީއެވެ.އަނެއްކާ އެހާ ކުއްލި ގޮތަކަށް އަހަރެންގެ ދިރިއުޅުމަށް އިފްރާހު އައުމުން އޭނާ ބަލައިގަންނަން އަހަންނަށްވެސް ވަގުތު ބޭނުންވާނެ އެވެ.ކޮންމެ ގޮތެއްވިއަސް އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ވާން އުޅޭ މީހަކާ އިފްރާހު ގުޅުން ބަދަހިކުރަން ބޭނުންވާނެއެވެ.އަހަރެން އެ ފުރުސަތު އޭނާއަށް ދޭންވެސް ބޭނުމެވެ.އެހެންކަމުން ޝާއީއަށް އިފްރާހުއަކީ ކާކުކަން އެނގިފައި އޮތުން މުހިންމުކަމަށް އަހަންނަށް ފެނުނީއެވެ.

****

މަންމަގެ މައްޗަށް ދައުވާ އުފުލި ކޯޓަށް ހާޒިރުކުރެވެން ފެށުނެވެ.މަންމަގެ ފަރާތުންވެސް ވަކީލަކު ހަމަޖައްސާފައި ހުއްޓަސް އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ.ޒަޔާއާއި ޒީވާއާއި މެދު އަހަރެން އިންތިހާއަށް ކަންބޮޑުވިއެވެ.އޭރު މަންމައަށް ލިބިފައި ހުރި ތަންކޮޅު ކުޑަ ކަމުން އުޅެން އުނދަގޫވެ މަންމަގެ އެދުމަށް އެމީހުން އުޅެނީވެސް ގާދިރުގެ ގެއަށް، ކުރިންވެސް އުޅުނު އެޕާޓްމަންޓަށް ބަދަލުވެގެންނެވެ.އުޒައިރުވެސް އެތަނަށް ބަދަލުވިތާ ކިތަންމެ ދުވަހެކެވެ.އެއީވެސް ނަސީބެކޭ ހިތަށް އެރިއެވެ.އަހަންނަށް އަދި ކިތަންމެ ނަފްރަތު ކުރިޔަސް އުޒައިރު ޒަޔާއާއި ޒީވާ ދެކެ ލޯބިވެއެވެ.އެމީހުންނާ ދޭތެރޭ ކަންތައް ކުރަނީ ވެސް ރަނގަޅަށެވެ.އެހެނަސް މަންމައާއި ދޭތެރޭ އުޒައިރުގެ ހިތުގައި އުފެދުނު ކިލަނބުކަމެއްގެ ސަބަބުން އެ ދޭތެރޭގައި އިހު އޮތްހާ ގާތް ގުޅުމެއް ނެތެވެ.ޒަޔާ އާއި ޒީވާ މަންމަ ދިފާއުކޮށް ވާހަކަ ދައްކާތީ ކަންނޭނގެއެވެ.

****

އަނޫކްއަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން އޭނާވެސް އަހަންނަށް ވަރަށް ހިތްވަރުދިނެވެ.އޭރު ލަޔާލީވެސް ކުޑަކޮށް ހަމައަކަށް އެޅިލައިފިއެވެ.އެހެނަސް މީހުންގެ ފަރާތުން އަހަރެމެންނަށް އަމާޒުވަމުން ދިޔަ މަލާމާތުގެ ނަޒަރުތަކެއް ނުހުއްޓުވުނެވެ.ގާދިރުއާއި އިނީއްސުރެ މަންމައަކީ މީހުން ދެކެފަރިތަ މޫނެކެވެ.ގާދިރު ޖަލަށް ލީ ފަހުން މާ ގިނަ ދުވަސްތަކެއްނުވެ މަންމަ ކޯޓަށް ދަމަން ފެށުމުން މީހުން އެކި ކަހަލަ އަޑުތައް އަރުވައި، ވާހަކަ ދައްކަން ފެށިއެވެ.މުޅި އާއިލާގެ އަގު ވެއްޓި މަންމަގެ ނަން މަތީ އޮތް ގާދިރުގެ ވިޔަފާރިވެސް އެކަށް ބަނގުރޫޓުވީއެވެ.

****

ކުއްޔަށް ދީފައި ހުންނަ އެޕާޓްމަންޓްތަކުގެ ފައިސާ ޖަމާވަނީ މަންމަގެ ނަން މަތީ އޮންނަ އެކައުންޓުތަކަށެވެ.ފުރޯޑުގެ ދައުވާގެ ސަބަބުން އެ އެކައުންޓުތައްވަނީ ފްރީޒް ކުރެވިފައެވެ. ޒަޔާއާއި ޒީވާއަށްވެސް ވަޒީފާއަކަށް ގޮސް އަމިއްލައަށް އާމްދަނީ ހޯދަން މަޖުބޫރުވިއެވެ.އެހިސާބުން އުޒައިރުވެސް ފައިސާއަށް ބޭނުން ޖެހިގެން އުނދަގޫ ކުރަން ފެށީ އެމީހުންނަށެވެ. އެވަރުންވެސް އަތުން ފައިން މަސައްކަތެއް ކޮށްގެން އަމިއްލައަށް އާމްދަނީއެއް ހޯދުމުގެ ވިސްނުމެއް އޭނާގެ ނެތެވެ.އޭރު އޭނާ މަސްތުވާތަކެތި ބޭނުން ކުރާކަން ޒަޔާއާއި ޒީވާއަށްވެސް އޮތީ ފަޅާއަރައިފައެވެ.އޭނާގެ އަތަށް ފައިސާ ދޭން އެމީހުން ދެކޮޅު ހަދަން ފެށީ އެކަން އެނގުނު ހިސާބުންނެވެ.

****

ޒަޔާއާއި ޒީވާއާ ދެމީހުން ކުރެން އެކަކުވެސް ފައިސާ ނުދީގެން އުޒައިރު ގާތަށް ރުޅިއައިސްގެން އުޅުނު ދުވަހެކެވެ.’ސިކުވެގެން‘ އެޕާޓްމަންޓުގައި ހުރި އެއްޗެހި އުކާ ހަލާކު ކުރަން ފެށުމުން އެ ދެމީހުން ބިރުން އެޕާޓްމަންޓުން ނުކުމެގެން އެދިޔަ ގޮތަށް ދިޔައީ މަންމަގެ ގާތަށެވެ.ޒަޔާ އަހަންނަށް ގުޅާފައި އެވާހަކަ ބުނީ އެޔަށް ފަހުންނެވެ.ޒަޔާގެ މޮޔަކަމުން އަހަންނަށް ނުގުޅާ އެގެއަށް ދިޔުމުން ހިތްހަމަނުޖެހިގެން އަހަންނަށް ޒަޔާއާއި ދިމާލަށް އެއްޗެކޭވެސް ބުނެވުނެވެ.އުޒައިރުއަށް ހަމަ ރަނގަޅަށް އެމީހުން ދާނީ މަންމަގެ ގާތަށްކަން އެނގޭނެއެވެ. ގާދިރުމެންގެ ގެ އެ ގެޔާ ނުލާހިކު ކައިރިވެސްމެއެވެ.އަހަރެން ގާތުގައި ކުރިން ބުނި ނަމަ އުޒައިރުގެ އުނދަގޫ ނުފޯރާނެހެން އަހަރެން އުޅޭ އެޕާޓްމަންޓަށް އެމީހުން ފޮނުވައިލެވުނީހެވެ.އުޒައިރުއަކަށް އަހަރެން އުޅޭ ތަނެއް ނޭނގޭނެއެވެ.އަނެއްކާ ބިރުގެންފައި ތިބި ވަރުން ފުލުހުންނަށް ގުޅާކަށްވެސް އެއިން އެކަކުވެސް ހިތަކަށްވެސް ނޭރިއެވެ.

****

އަހަންނަށް މަންމަ އުޅޭ އެޕާޓްމަންޓަށް ދެވުމުގެ ކުރިން އުޒައިރު އެތަނަށް ފޯރައިފިއެވެ.އަހަންނަށް ދެވުނު އިރު އުޒައިރު އެތަނަށް ވަދެގަނެގެން މަންމައާ ޒުވާބުކޮށް  ބުލެކްމެއިލް ކުރަނީއެވެ.މަންމަގެ ފުރަގަހުގައި ހިމާޔަތް ހޯދައިގެން ޒަޔާއާއި ޒީވާ ތިބީ ބިރުން އެކަކު އަނެކަކުގެ ގައިގައި ހިފައިގަނެގެން ރޯށެވެ.އޭރުވެސް އުޒައިރު މަސައްކަތް ކުރަމުން ދިޔައީ މަންމަގެ އަތުން ފައިސާކޮޅެއް ހޯދޭތޯއެވެ.އޭނާ އެ ކޮޓަރީގެ އެތަން މިތަން އެފުށް މިފުށަށް ޖަހަމުން ދިޔައިރު މޮޔަވެފައިވާ މީހަކު ފަދައެވެ.

****

އަހަރެން އެތަނަށް ވަތް ގޮތަށް އުޒައިރުގެ ގައިގައި ހިފައިގަތީ އޭނާ ހުއްޓުވޭތޯއެވެ.އެވަގުތު އެ އެޕާޓްމަންޓުގެ ބެލް އަޅައި ބާރަށް ދޮރުގައި ތަޅައިގެންފައި ފުލުހުން ކަމަށް ބުނި އަޑު އިވުމުން އެންމެނަށް ސިހުން ގެނުވިއެވެ. އަހަރެން އުޒައިރުގެ ގައިން ދޫކޮށްލާފައި އަވަސް އަވަހަށް ގޮސް ދޮރު ހުޅުވުމުން އެޕާޓްމަންޓަށް ވައްދައިލި ފުލުހުންގެ ޓީމް ފެނިފައި އަހަރެންވެސް ހައިރާންވިއެވެ.ގައިމުވެސް އަހަންނެއް ފުލުހުންނަކަށް ނުގުޅަމެވެ.އެ އެޕާޓްމަންޓުގައި ދެން އެ ހުންނަ ކޮޓަރީގައި އުޅޭ މީހުން ވެސް އަހަންނަށް އެނގިފައި އޮތްގޮތުން އެމީހުންގެ ރަށަށް ގޮސްފައި އަދި ނާދެއެވެ.އަހަރެން މަންމައާއި ދިމާލަށް ބަލައިލުމުން ބިރެއް ފެނިފައި ހުރި މީހަކު ފަދައިން މަންމަ ދެފަރާތަށް ބޯ ހޫރައިލީ މަންމަ ކުރި ކަމެއް ނޫނޭ ބުނުމުގެ ގޮތުންނެވެ.

****

ތަގުދީރުގެ ކުޅިބައި އެތުރިފައި އޮތީ މަންމައާއި މުޅިން ދެކޮޅަށްހެން ހީވެއެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުނެ ފުލުހުން މަންމަ އުޅޭ އެޕާޓްމަންޓް ބަލައި ފާސް ކުރަން ފެށިއެވެ.އުޒައިރުވެސް އޭނާ ހައްޔަރުކޮށްފާނެތީ ބިރުން ކަން ނޭނގެއެވެ.ފުލުހުން ފެނުނުހާއިރަކަށް މައިތިރި ވެއްޖެއެވެ. މުޅިތަން އެފުށް މިފުށަށް ޖަހާފައި އޮތުމުން ފުލުހުންގެ ސުވާލުވެސް ކުރިމަތިވިއެވެ.އާއިލީ ހަމަ ނުޖެހުމެއް ހިނގީ ކަމަށް ބުނެ އަހަރެން ހަމަ ޖައްސައިލީމެވެ.އޭރު މަންމަގެ މޫނު ހީވަނީ ހުދުކަމުން ކަފަކޮޅެއް ހެންނެވެ.

****

މަންމަގެ ކޮޓަރިތެރެ ބަލާ ފާސްކޮށްފައި ފުލުހުން ނެރުނު އެއްޗެހިތައް ފެނި އަހަރެމެން އެންމެނަށްވެސް ލިބުނީ ދުވަހަކު ނުލިބޭ ވަރުގެ ކުއްލި ސިހުމެކެވެ.ބިރެއް ފެނުނު ފަދައަކުން އެންމެންގެ ނަޒަރުވެސް ސީދާވީ މަންމަގެ މޫނަށެވެ.މަންމަގެ އަސްލު ފެނުމުން ގަބޫލު ކުރަން ދަތިވެ، ޒަޔާއާއި ޒީވާ ރޮއެ ރޮއެ ހަލާކުވާ ވަރުވިއެވެ.އުޒައިރު ހުރީ ބިރެއް ފެނުނުހެން ދެލޯ ބޮޑުވެ ހުއްޓުން އަރާފައެވެ.އަހަރެންގެ މުޅި ދުނިޔެވެސް ހީވީ ފުނޑު ފުނޑުވެ ބިމާއި ހަމަވީ ހެންނެވެ.އަހަރެންގެ މަންމައަކީ ކާކު ކަމަށް ހެއްޔެވެ؟

 

 

 

 

ނުނިމޭ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

4 ވާރޭގެ ތެރެއިން
Previous

ވާރޭގެ ތެރެއިން

Next

ލޯބީގެ ގަނޑުވަރު

Next
July 21, 2025

ލޯބީގެ ގަނޑުވަރު

Previews
July 20, 2025

ވާރޭގެ ތެރެއިން

4 ވާރޭގެ ތެރެއިން

2 Comments!

  1. Aysherr says:
    July 21, 2025 at 2:45 pm

    Alheeyy mikahala hisaabakah nimmakah nuvaane 😭
    Ehaa kiyaa hithun indha e nimuny maasha allah Varah ves reethi mi part..
    When nextttu…?
    I’m curiously waiting for next part
    please avahah up kohdhehchey
    <33

    1. Lamtty Lamtty says:
      July 21, 2025 at 3:11 pm

      Thank you Aysherr ❤️
      My readers are my motivation ❤️
      In sha Allah vrh avahah up kohdheynan.
      Let’s see who she really is 😊

Comments are closed.

Next Episodeއެކްޓަރ (ޕާޓް 29)←


All Right Reserved!