Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

ރަނިކަމުގާވީ ކަލާއޭ 2

inan ahmd
inan ahmd Level 2
July 25, 2025 6 Mins Read
0 Comments

ހަތަރު ކުދިން އެކުގައި ސޯފާގައި ޖައްސާލީ ނެޓްފްލިކްސް އަޅުވައިގެން މޫވީއެއް ބެލުމުގެ ނިޔަތުގައެވެ. ސިހިފައި ހައިލާގެ ކޮޓަރި ދޮރާ ދިމާލަށް އެއްފަހަރާ ބަލާލެވުނީ ބާރު ހަޅޭކެއްގެ އަޑު އެ ކޮޮޓަރި ތެރެއިން އައިހެން ހީވުމުންނެވެ.
*************************
ޢެއްމެ ފަހުގެ ޒަމާނީ ބްރޭންޑް ތަކުގެ ފަރުނީޗަރު ތަކުން ކޮޓަރިތެރޭގައި އަތުރައިލެވިފައި ވުމުން ވަރަށް ޝާހީ ކަމަށް ދައްކައެވެ. ސީލިންގު މަތީގައި ހަރުކޮށްފައިވާ ޗާންދަލިއާ ދިއްލާފައި ވުމުން އޭގައި ހަރު ކުރެވިފައިވާ “ކްރިސްޓަލް” ތަކަށް އެޅިފައިވާ އަލިކޮޅުތަށް ފެންނައިރު، އެ އަލިތަށް ނަށަމުން ގެންދާފަދަ އިހުސާސެއް ކުރެވެއެވެ. އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން ހައިލާ އިނީ ވޫލު ބޮނޑިތަކާއި ވިޔަން ބޭނުންކުރާ ކަށި ހިފައިގެން ވެލަޔެއް ކަފަ ލައްވައިގެން ހެދުމުގެ މަސައްކަތުގައެވެ. ހައިލާ އަށް ލިބިފައިވާ މަޑުމަޑު މިއުޒިކެއް ފަދަ އަޑުން “މެއިން ޔަހާ ހޫން” ކިޔަމުން ދިޔައިރު އޭނާގެ ހިޔާލު ތަކުގައިވީ އޭނާގެ ފިރިމީހާ ހައިޒެލް އާއެކު ހޭދަކުރެވުނު އެއްމެ އުފާވެރި އެއް ވަގުތުކޮޅެވެ.

އެއީ ހައިލާ އާއި ހައިޒެލްގެ ކައިވެންޏަށް ސޯޅަ އަހަރު ފުރުނު ދުވަހުގެ ރޭގެ އުފަލުގައި ހައިޒެލްގެ އޮފީހުގައި ދެމަފިރިން އެކުގައި ކޭކު ފަޅައި ސަކަރާތުގައި އުޅުން ވަގުތެވެ. ކައިވެންޏަށް ދުވަސްވިޔެއް ކަމަކު ދެމަފިރިން އެކަކު އަނެކަކު ދެކެ ވާ ލޯބި އެއްވެސް ވަރަކަށް ފަނޑުވުމެއް ނެތި ދެމި އޮންނަ ކަމުގެ ހެއްކަކަށް ކައިވެނީގެ “އެނިވަރސަރީ” ފުދޭނެއެވެ. މިއީ ދެމަފިރިން އެކުގައި ވަރަށް ކުލަގަދަކޮށް އަބަދުވެސް ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ. މަޑުމަޑު މިއުޒިކާއި އެއްވަރަށް ދެމަފިރިންގެ ފައި ހަރަކާތް ކުރަމުން ނަށަމުން ދިޔައީ ދެމަފިރިންގެ ހަޔާތަށް ބިންދާލަން ތައްޔަރު ވަމުންދާ ބިޔަ ރާޅުގެ ހިލަމެއް ނުވާ ހާލުގައެވެ. ހައިލާ އިސްޖަހައިގެން ހުރެ ވާހަކަ ދައްކަމުންދިޔަ އިރު ހައިޒެލް އަށް ހުރެވުނީ ކަޅިޖަހައިނުލާ ހައިލާއަށް ބަލަހަށްޓައިގެންނެވެ. “ޒެލް. އަހަންނާ ލިލީ ދޫކޮށްފަ ދުވަހަކުވެސް ނުދަށްޗޭ. އަހަރެމެންނަކީ މުއްސަނދިން ކަމަށް ވިޔަސް ޒެލްއާ ނުލައި އަހަރެމެންގެ ދިރިއުޅުން ފުރިހަމަޔެއް ނުވާނެ. އައި ލަވް ޔޫ ސޯ މަޗް”. ހައިޒެލް އަށް ސިހިފައި ހައިލާ އާ ދިމާލަށް ބަލައިލެވުނީ އޭނާ ހައިޒެލްގެ ކޮލުގައި ބޮސް ދިނުމުންނެވެ. ދެއަތުން ހައިލާގެ ވަށް މޫނުކޮޅުގައި ހިފާލަމުން ހައިޒެލް ހައިލާއާ ހަތަރުކަޅި ހަމަކޮށްލާ ވާހަކަ ދަށްކަން ފެއްޓިއެވެ. “މަގޭ ލޯބި އެލާ. މައި ޕްރިޓީ ލޭޑީ. ދަ ބެސްޓް މޮމް އެވަރ. ޒެލް އަބަދުވެސް އެލާ އާއި މައި ކިއުޓް ލިޓްލް ޕްރިންސެސް ކައިރީ ހުންނާނަން. އެންމެ ފަހު ވިންދާ ޖެހެންދެންވެސް މި ހިތުގައި ރަނިކަން ކުރަމުންދާނީ ހަމަ މަގޭ ލޯބި އެލާ. ދެން މަގޭ ކުޑަކުޑަ ފުރާނަ ލިލީ. އެކަން ހަނދާން ކުރައްޗޭ. އެންޑް އަހަންނަށްވުރެ ބޮޑަށް ތި ދެމީހުން ދެކެ ލޯބި ވާނެ މީހަކު ނާންނާނެ. މަރު ނޫނީ އެހެން އެއްޗަކަށް އަހަރެމެން ދުރެއް ނުކުރެވޭނެ. މިއީ އަހަރެންވާ ވައުދެއް”. އޮހް ގޯޑް ޔޯރ އައިޒް އަރ ސޯ ޕްރިޓީ އައި ކުޑް ގެޓް ޑްރައުން އިން ދޯޒް ފޯއެވާ މައި ލަވް.” ހައިލާ ލަދުން އިސްޖަހައިގެން ހުރެ ހައިޒެލްގެ ބަނޑުގައި ވިކާލާއި ހިނިގަނޑެއް ޖަހާލާ ހައިޒެލްގެ އަތުތެރެއިން ވީއްލިގަނެގެން ދުއްވައިގަތެވެ. އުފާވެރިކަމާ ހުނުމުގެ އަޑު ގުގުމާލައިފައި އޮތް މާހައުލު ހާސްކަމުން ފުރާލަން ނެގީ ކުޑަ ވަގުތުކޮޅެކެވެ. މަތީގައި ދިއްލާލެވިފައިވާ ބޮކިފަތި ތަކުގައި އަލިފާން ހިފީ ކުއްލިއަކަށެވެ. އަލިފާން ނިއްވުމުގެ ބަދަލުގައި ހައިޒެލް ދުއްވައިގަތީ ސިޑިން ފައިބައިގެންގޮސް ބޭރަށް ނުކުތުމަށެވެ. “އެލާ! އޮން ދަ ކައުންޓް އޮފް ތްރީ ޖެހޭނެ ދުއްވައިގަންނަން. ޖަސްޓް ޓްރަސްޓް މީ އެން ޑު ނޮޓް ލެޓް ގޯ އޮފް މައި ހޭންޑް އޯކޭ؟ އައި އޭމް އޯލްވޭސް ވިތް ޔޫ” ދެމަފިރިން އެކުގައި ދުވެފައި ބޭރަށް ނުކުމެވުނު އިރު އިމާރާތުގެ ބޮޑު ބަޔެއްގައި ވަނީ ހުޅު ހިފާފައެވެ. ބިރުން ރޫރުއަޅާ ހާލު ހައިލާ ހުރިތަން ފެނުމާއެކު އެ ކުޑަ ހަށިގަނޑުގައި ހައިޒެލް ދެއަތް ވަށާލާ ނިތުގައި ބޮސްދިނީ މިއީ އޭނާއަށް ހައިލާ އާއި އެކު ހުރެވޭނެ އެންމެ ފަހު ވަގުތުކޮޅުކަން ނޭނގި ހުރެއެވެ. ހައިލާގެ ހާލަކީތޯއެވެ؟ގިސްލެވި މައިނޭވާ ލެވިފައި ހުރެވުނީ ބިރުގައިންފައިވާލެއް ބޮޑުކަމުންނެވެ. ލިބިފައިވީ ޝޮކުން އަރައިނުގަނެވި ހުއްޓާ ސިހިގެން ދިޔައީ ހައިޒެލްގެ ބުރަކަށްޓަށް މަތިން އައިސް ހެރުނު ބިއްލޫރިގަނޑު ފެނުމުންނެވެ. އޭރު އެ އޮފީސްދޮށަށް ވަނީ ބައިވަރު މީހުން ޖަމާވެފައެވެ. ކަރުނަވީ ލޮލަކުން ހައިޒެލް އާއި ދިމާލަށް ބަލާލެވުނީ ވޭނުން ފުރިގެންވީ އަޑަކުން ހައިލާއަށް ގޮވާލުމުންނެވެ. އެ ބެލުމުގައި އެތަށް އިހުސާސަކާއި ޖަޒުބާތުތަކެއް އެކުލެވިފައިވާކަން ހައިލާ އަށް ނަގައިނުގަނެވެނީސް ހައިޒެލްގެ ގައިގެ ވަރު ދޫވެ ބިންމަށްޗަށް ވެއްޓުނީ ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ހައިލާގެ ހަޅޭކުގެ އަޑު ފަނޑުކޮށް އިވެމުންދިޔަ ނަމަވެސް ހަރަކާތެއް ނުގެނެވިފައި އޮވެވުނީ ގައިގެ އެއްވެސް ހިތްވަރެއް ނެތީމައެވެ. ހިތް ކުދިކުދި ވެފައިވާ ހާލު ހައިޒެލްގެ ބޯ އުނގަށްލައިގެން ހައިލާ އެހީ އަކަށް އެދި ގޮވަން އިންދާ އިހުސާންތެރިކަމުގެ އަތެއް ދިއްކޮށްލީީ ބޮޑުބޭބެ މަފާޒްއެވެ. މަފާޒްގެ އެހީގައި އަވަހަށް ހޮސްޕިޓަލަށް ގެންގޮސް އަވަސްފަރުވާދޭ ބަޔަށް ވެއްދި ވަގުތު ހައިޒެލްގެ އަތުން ދޫކޮށްލީ ބާރަށް ރޮއެގަންނަމުންނެވެ. އީ.އާރް ގެ ކުރިމަތީ ހުރި ގޮންޑިބަރިޔަށް ދެފައި ނަގައި ކަކުލުގައި ޖައްސާލައިގެން އިނދެ ހައިލާ ވިސްނަމުން ދިޔައީ ބޮޑުބޭބެގެ ކުއްލި ފެނުމާ މެދުގައެވެ. އަދި މިއަދު އޭނާގެ މޫނުން އުޖާލާކަން ފެންނަމުން ދާތީ އެކަމާ ހައިލާ ވިސްނަމުންދިޔައީ ސަލާމަތްނުވަ ވަރަށެވެ. އެއްމެފަހުން ބޮލަށް އުނދަގޫވެގެން ނަމާދު ކޮށްލުމުގެ ނިޔަތުގައި ހިނގައިގަތް ހިނގުން މަޑުކޮށްލަން ޖެހުނީ ފެނުނު މޭނުބައިކުރާ ޒާތެއްގެ މަންޒަރަކުންނެވެ. ނަމަވެސް އެއްމެ ހައިރާންވާ ކަމަކީ އޭނާގެ ކޮއްކޮ ނައިނާ ހުރެފައި ބޮޑުބޭބެ ލެބޮރޓަރީ ތެރޭން ނިކުމެގެން އައިސް ނައިނާގެ އަތަށް ބޮސް ދީފައި އެ އަތުގައި ހިފައިގެން ހިނގައިގަތުމުންނެވެ.

********************

ހޭވެރިކަންވީ އަތްތިލަ މަށްޗަށް ލޮލުން ފޭދުނު ކަރުނަ ތިއްކެއް އައިސް ޖެހުމުންނެވެ. ހައިޒެލްގެ މަރަށް 9 އަހަރު ފުރުން ފަހުންވެސް އެ އޮފީސް ރޯވާން ޖެހުނު ސަބަބު ވަނީ ވަންހަނާ ވެފައެވެ. ޕޮލިހަށް މައްސަލަ ހުށަހަޅާ އިރަށް މައްސަލަ އޮއްބާލާލެއް އަވަސްކަމުން ހައިލާގެ ރުޅިގަނޑު ފަޅަައިގެންދާން ގާތްވާ ފަހަރުތަށްވެސް އާދެއެވެ. އެ ހާދިސާ މެދުވެރިވާން ޖެހުނު ސަބަބެއް ކަމުގައި ބޮޑުބޭބެ ވެދާނެއޭވެސް ހީވާލެއް މަދެއްނޫނެވެެ. ސަބަބަކީ ހައިޒެލްގެ ވަކިވުމުގެ ހިތާމައިގައި ގެނބިގެންވީ ވަގުތު ބޮޑުބޭބެ އާއި ކޮއްކޮ ކުއްލި ގޮތަކަށް ގެއްލުނު ވާހަކަ ހަބަރު ތަކުގައި ޖަހާފައި އޮތުމުންނެވެ. ހައިރާންވާ ކަމަކީ ހޮސްޕިޓަލުން ފެނުނު ދުވަހު ހަބަރުގައި އެވާހަކަ ޖަހާފައި އޮތް ނަމަވެސް އެދުވަހު ހައިލާއަށް ފެނުނު ފަހުން ދެމީހުންގެ ހިލަމެއް އެއްވެސް ގޮތަކަށް ނުވާތީއެވެ. އަދި ނުވިތާކަށް އެއީ ޕޮލިހުގައި މަސައްކަތް ކުރަމުން އެތަކެއް ބައިވަރު ކަންތައްތަކެއް ނަހަމަ ގޮތުގައިވެސް ކުރަމުން އަންނަ މީހެކެވެ. 9 އަހަރު ކުރީގެ ހާދިސާ މެދުވެރިވާން ޖެހުނު ސަބަބުގެ ފަހަތުގައި ފޮރުވިފައިވީ ބޮޑު ކަންތަށްގަނޑު ފަޅާ އަރާނެ ދުވަހަކަށް ހުއްޓުމެއްނެތި އޭނާ އަށް އިންތިޒާރު ކުރެވެއެވެ.

ކޮޓަރީތެރެއިން ނިކުމެވެން އިންނަ ބެލްކަންޏާ ދިމާލަށް މިސްރާބު ޖެހީ ބޯ ހަމަޖައްސާލުމުގެ ނިޔަތުގައެވެ. ކަށްޓާއި ވޫލު ބޮނޑި އެނދުމަށްޗަށް ދޫކޮށްލާފައި ބަރު ފިޔަވަޅުތަކެއްގައި ގޮސް ބެލްކަނީގައި ބަހަށްޓާފައިވާ އުނދޯލީގެތެރެޔަށް ހަށިގަނޑު ދޫކޮށްލިއެވެ. ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި ފޮހެލީ ދެން ރޯކަށް ބޭނުމެއް ނޫނޭ ބުނާ ފަދައަކުންނެވެ. ދެވަނަ ފަހަރަށްވެސް ހަމަ އެފަފައިން ކަންތަށް ކުރުމަށްފަހު ރެއިލިންގް މަތީ އަތް އަޅުވާލާފައި އަޑުގެ ނެތްތަނަށް ހަޅޭލަވައިގަތީ ހިތަށް ތަސައްލީއެއް ލިބޭނެ ކަމުގެ އުއްމީދުގައެވެ. ގިސްލެވި ވަރުބަލިވާ ވަރަށް ރޮވުނު ނަމަވެސް ހިތްހަމަޖެހުމެއް ނުލިބުމުން އުޑުމަށްޗަށް ބަލަހައްޓައިގެން އެތަށް އިރަކު ހުއްޓެވެ. ގަޑިއެއްހާއިރު ބެލްކަނީގައި ހޭދަކުރުމަށްފަހު ކޮޓަރިޔަށް ދާން ހިނގައިގަތް އިރު އިތުރު މީހަކު ބެލްކަނީގައިވާ ކަމުގެ އިހުސާސް ކުރެވުނެވެ. ނަމަވެސް ހުރިތާ ހުއްޓެން މަޖުބޫރުވީ މީހަކު އައިސް ކޮނޑުގަ އަތް ޖައްސާލުމުންނެވެ. ފަހަތް ބަލާލި އިރު އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން ބިރުން މޮޔަވެފައިހުރެ ކޮޓަރިޔަށް ވަނީ ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުންނެވެ. ތުރުތުރު އަޅާ އަތަކުން ބެލްކަނީގެ ދޮރު ލައްޕާލުމަށްފަހު އެނދުމަށްޗަށް ވެއްޓިގަނެ އެނދުމަތި ރީތިކޮށްލާ އަލަމާރީގެ ވަތްގަނޑު ހުޅުވަން ދާން އެނބުރުނު ވަގުތު މުޅި ކޮޓަރީތެރެ އަނދިރިވީ ކުއްލިއަކަށެވެ. އައިނައި ތަނެއް ނޭނގި މީހަކު އައިސް އަނގަމަތީ އަތް އަޅާ ވަހަކަ ދައްކަން ފެށިއެވެ. “ކަލޭ މާ ފުއްޕާފަ ހައިޒެލްގެ މަރުގެ މައްސަލަ ތަހުގީގު ކުރުން ހުއްޓިއޭ ކިޔާފަ މީހުން ކައިރީ ފާޑުފާޑުގެ ވާހަކަ ނުދައްކަށްޗޭ. ކުރިޔަށް އޮތްތާގަވެސް ވާނީ އެހެން. އެ ބޮޑު އޮފީސް އަނދާ ހުލިކޮށްލަން މަގޭ ޖެހުނީ އެއްމެ ފޯނު ކޯލެއް ކޮށްލަން. ހަހަހަ! ކަލޭ އަދިވެސް ހުންނަން ޖެހޭނީ އެއްކަމެއްވެސް ނުވެފަ. ހީނުކުރާތި މިކަން މި ނިމުނިއްޔޭ. މައްސަލަ ބަލަން ހުށަހަޅާ ދެން ފަހަރަކީ ކަލޭގެ ދަރިފުޅު ފެނޭނެ ފަހު ދުވަސް. އަހަރެން މިތަނަށް އައި ވާހަކަ އެއްމެ މީހެއް ކައިރީ ބުންޏަސް އޭނާ ކޮށާލާނަން”. އޭނާ ބުނަން ބޭނުންވާ ވާހަކަތަށް ބުނެފައި ބެލްކަނީން ނިކުމެގެން ދިޔައިރުވެސް ހައިލާ ހުރީ މުޅީންހެން ހުއްޓުން އަރާފައެވެ. ބޮކި ދިއްލުނު ނަމަވެސް އަޅާނުލައި ހުރި ފަދައަކުން ގަބު ކައިފައި ހުރި އިރު އެތަކެއް ޚިޔާލު ތަކެއް އައިސް ވަށާލިއެވެ. ގެންފާހުރި ބިރެއްގެ ބޮޑުކަމުން ހިރިލާންވެސް ނުކެރިފައި ހުއްޓާ ސިހިގެން ދިޔައީ ފައި ކައިރީގައި ބަނޑު ޖަހާލައިގެން އޮތް އޭނާގެ ބުޅާ، “ވެނީލާ” އޭގެ އަޑުން “މިއާއު” ލައްވަން ފެށުމުންނެވެ. ނޫ ކަނޑެއްފަދަ ބޮޑު ދެލޮލުން ހައިލާއަށް ބަލަހައްޓައިގެން އޮވެފައި ހައިލާގެ ފައިގައި ހިފައިގަތީ އުރާށޭ ބުނާ ފަދައަކުންނެވެ. އުރާލާފައި ލޯބިކޮށްލި އިރަށް ހައިލާގެ އަތުތެރޭގައި ބޮނޑިވެގަތީ އެހެންޏާވެސް ހަދާހެނެވެ. ސިހިފައި ހަޅޭއް ލަވައިގަނެވުނީ އައި ނައި ތަނެއް ނޭނގި އަތުތެރޭގައި ދެލޯ ބޮޑުކޮށްގެން އޮތް ވެނީލާގެ ގަޔަށް ބާރު އަޑަކާއެކު ވަޒަނެއް އަރައިގެން ދިޔުމުންނެވެ. ބޮކި ޖަހާފައި ނިކުތް ލޭތަށް ހައިލާގެ ހެދުން ފޯކުރަމުން ދިޔައިރު ދެލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔައެވެ.

*********************

ލިއާ އާއި އެކު ހުރިހައި ކުދިން އެކުގައި ހައިލާގެ ކޮޓަރީ ދޮރުގައި ޖަހާ ގޮވަމުން ދިޔައިރުވެސް ހައިލާގެ ރުއިމުގެ އަޑު ފިޔަވާ އެހެން އަޑެއް ނީވޭތީ ހާސްވެފައި ތިބީ އިންތިހާއަށެވެ. “ޔާ! ގޯޓު މައި ރޫމް އެންޑް ވެނިޓީގެ ވަތްގަނޑު ތެރޭ އޮތް ހުރިހާ ޑަބަލް ކީ ތަށް އަމުނާފަ އޮތް ބޮޑު ކީޗެއިން ގެނެސްދީބަ. ބީ ކުއިކް”!!

ހައިލާ ރޯއަޑު އިވެމުން ދިޔައިރު މޭފިތެމުންދާ ފަދަ އިހުސާސެއް ލިޔާ އަށް ކުރެވެމުން ދިޔައެވެ. ހަޔާ ތަޅުދަނޑިފަތި ހިފައިގެން އަންނަންދެން ނުހުރެ ސޯފިއާ އާއި އައިލާ ގައިގެ ހުރިބާރެއް ލާފައި ދޮރުގައި ޖެހިގަނެފައި ދޮރު ނޮހޮޅުވުމުން އިތުރު ގޮތެެއް ހޯދޭތޯ މަސައްކަތް ކުރަން އުޅެގަތެވެ. އައިލާ ހާސްވެފައި ހުރެ ބޮލުގައި އަތް އަޅައިލި ވަގުތު ބޮބީ ޕިން މަތިން ހަނދާންވެ ބޮލުގައި ޖަހާފައި އިން ބޮބީ ޕިން ނައްޓާލައި ތަޅު ހުޅުވާލިއެވެ.

********************

ދޮރުތެރެއިން ކޮޓަރިޔަށް ދެމިގަތް ވަގުތު ލިބުނު ސިހުމުގައި ފަހަތަށް ފިޔަވަޅެއް ލިޔާ އެޅިނަމަވެސް ދެވަނަ ސިކުންތުގައި ހައިލާ އާއި ދިމާލަށް ދުއްވައިގަނެ އޮޅުލައިގަތެވެ. އިރުކޮޅެއް ފަހުން ވެނީލާ ނަގައި އަތަށް ލައިގެންހުރެ މީ ކިހިނެއްވީ ކަމެއްތޯ ސުވާލުކުރަން ފެއްޓީ ހިތް ހަލާކުވެފައި ހުރެއެވެ.

ހައިލާ ވީ ހުރިހައި ކަމެއް ކިޔައިދިން އިރު ގޮތް ނޭންގޭ މީހާގެ ވާހަކަ ސިއްރުކުރި ނަމަވެސް އޭނާ އެކަން ފޫބައްދާލީ ހިތް މަތީ ގާ ގަނޑެއް ބާއްވައިގެނެވެ. ދަރިފުޅު ކުރިމަތީގައި ދޮގުހަދަން ޖެހުމުން ކިތަންމެ ދެރަވީނަމަވެސް މަސްލަހަތަށްޓަކައި އެކަން ފޮރުވިއެވެ. އޭނާ ބުނިހާވެސް އެއްޗަކީ ބެލްކަނީ ހުރެފައި ކޮޓަރިޔަށް ވަންނަނިކޮށް އައި ނައިތަނެއް ނޭނގި ވެނީލާ ގަޔަށް ވަޒަނެއް އެރި އަޑު އިވުނީކަމެވެ. ހަޔާ އާއި އެކު އެ ގޭގައި އުޅޭ ގާޑު “ޖޯން” އާއެކު މުޅިގެ ބަލާ ފާސްކުރަމުން ދިޔައެވެ. ހުރިހާ ގާޑުންނަށް ކުރަންވީ ކަންކަން ކިޔައިދީފައި ހައިލާ ޖޯން އާއެކު ހިނގައިގަތީ ސެކިއުރިޓީ ކަންކަން ރަނގަޅަށް ބަލަހައްޓާ ގެއެއްގައި މީހަކު ވަންނާނީ ކޮންތާކުން، ކޮންގޮތަކަށްބާއޭ ހިތަށް އަރުވަމުންނެވެ.

******************

ލަސްނުކޮށް ލިޔާގެ ކާރުގާއި ސޯފިޔާއާ އެކު “ލީލޯސް ވެޓް ހޮސްޕިޓަލް” އަށް މިސްރާބު ޖެހިއެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް ބުޅާ މަރުވެފައިވާ ކަމަށް ބުނުމުން ބުޅާ ވަޅުލާފައި ގެޔަށް އައީ ހިތާމައިން ފުރިފައިވާ ހަލުގައެވެ. ގެއަށް ވަދެގެން އިރު ގޭތެރެއިން މަރުހަބާކީ މަރުފަދަ ހިމޭންކަމެވެ. ނަމަވެސް އައިލާ އާއި ހަޔާ ގޭގައި އުޅޭ ކަމުގެ ޔަގީންކަން އޮތުމުން އަވަހަށް ސޯފިޔާ އާއި އެކު ކޮޓަރިޔާ ދިމާޔަށް ދިޔުމަށް ހިނގައިގަތެވެ. ނަމަވެސް ހައިލާގެ ހަބަރެއް ބަލާލަން ބޭނުންވެފައި ހުރުމުން އެ ކޮޓަރީގެ ތަޅުގައި ހިފައި ހުޅުވައިލިއެވެ. ނިދާ ހަމަޖެހިފައި އޮތުމުން ހައިލާގެ ބޮލުގައި ފިރުމާލާފައި ކޮޓަރީން ނިކުމެގެން ގޮސް ލިޔާގެ ކޮޓަރިޔަށް ވަނީ އައިލާމެން އޭނާގެ އިންތިޒާރުގައި ތިބޭނޭކަން އިނގޭތީއެވެ.

********************

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ކޮޓަރީގެ ތެރޭގައި ބޮކި ދިއްލާފައިނުވި ނަމަވެސް ކުޑަދޮރުގައި ދަމާފައިވާ ފޮތިތަކުގެ ތެރެއިން ފުރޭނިގެން އައިސްފައިވާ ހަނދުގެ އަލިކަން ވެއެވެ. ގިޓާގެ ނަރުތަކާ ކުޅެން ލިޔާ އިންއިރު އޭނާގެ ހަނދާންތަށް ގުޅުފައިވަނީ ފުރާވަރުގެ އުމުރުގައި ވެވުނު ލޯތްބާއެވެ. އިޒާން އޭނާ ދޫކޮށްލާފައި ދިޔަ ނަމަވެސް އަދިވެސް އެދެވެނީ އިޒާންއާ އެކުގައި ވުމަށެވެ. ފުން ނޭވަޔެއް ލާފައި ހިތުގައިވާ އިހުސާސްތަށް އިސާހިތަކު ލަވަޔެއްގެ ސިފައިގައި ބަންޑުންކޮށްލިއެވެ.

“މިވާވަރު ބުނެދޭހިތްވޭ،”

“ކަލާޔަށް އަންގާ ހިތްވޭ،”

“ތިލޯތްބަށް އެދިގެން ދާހިތްވޭ،”

“މަގޭ ހިތް މޮޔަވާ ވަރުވޭ،”

“މަގޭ ހިތް ހުއްޓޭ ގޮތްވޭ,”

“އަރާމެއް މިހިތަށް ބޭނުންވޭ”….

 

(ނުނިމޭ)

Share Article

inan ahmd
Follow Me Written By

inan ahmd

Level 2

Welcome to my inked world 🫶🏼

Other Articles

Previous

އެކްޓަރ (ޕާޓް 30)

Next

ކަޅު ބުޅާ 11

Next
July 25, 2025

ކަޅު ބުޅާ 11

Previews
July 24, 2025

އެކްޓަރ (ޕާޓް 30)



All Right Reserved!