ކަޅު ހިޔަނި
މީހެއްގެ މޫނުމައްޗަށް ނުވަތަ މީހަކު އުޅޭ އުޅުމަކުން އެއީ އުފާވެރި ނުވަތަ ހިތާމަވެރި މީހެކޭ ނުބުނެވޭނެއެވެ . 1 ދުވަހަކުން ވެސް އެ މީހަކީ ކާކު ކަން ދެނެގަންނަށް ވަރަށް ވެސް އުދަގޫ ވާނޭ ކަން ކަށަވަރެއެވެ .
އެންމެ ގާތް އެއް އެކުވެރި އެއް ނުވަތަ އެންމެ ލޯބިވާ މީހަކު މި ދުނިޔެ ދޫ ކޮށް ދިޔުމުން އެ މީހާ ކުރަމުން ގެންދާ ހިތާމަ އެކަކަށް ވެސް ނުމެ އިގޭނެއެވެ . މި ދުނިޔެ އަކީ އިމްތިހާން ގެ ގޮއިއްޗެކެވެ . އުފަލާއި ހިތާމަ ، ބިރު ވެރިކަމާއި ނާމާން ކަން ފުރިގެންވާ ތަނެކެވެ .
ބައެއް ފަހަރު މީހާ ހިތް ހަމަ ޖައްސާލުމަށްޓަކައި އެކަނި އިދެގެން ރޯލުމަކީ ވެސް ބައެއް މީޙުން ކުރަމުން އަންނަ އެއް ކަންތައް ތަކެއެވެ .
މި ވާހަކަ އަކީ ހަޤީޤީ ހާދިސާ އަށް ބިނާ ކޮށް ލިޔެ ތައްޔާރު ކުރެވިފައި ވާ ވާހަކައެކެވެ . މި ވާހަކައިގައި އެތަކެއް ބިރުވެރި ކަންތައް ތަކެއް ކުރިމަތި ކުރުވިގެން ދާނެއެވެ . އެންމެ އެހީތެރިކަން ބޭނުން ވާ ވަގުތު އެއް ވެސް މީހެއްގެ އެހީތެރި ކަމެއް ނުލިބުން އެއީ އަހަރުމެންނަށް އެންމެ ހިތި އެއް ކަންތައް ތަކެއެވެ .
ރޭގަނޑުގެ އަދިރިކަން މަޑު މަޑުން އަލި ކަން ދުނިޔެ އަށް ވެރި ވަމުން ދެއެވެ . ފަޅުވެފައި ވާ މަގުތަށް މީހުން ހިގާ ބިގާވާ މަންޒަރު ފެނިގެން ދެއެވެ . ފަތިސް ނަމާދު ކުރަން ދާ މީހުންނެއެވެ . އަންހެން ވެރިން މަގުތަށް ކުނިކެހުމުގައި އަވަދި ނެތި އުޅެމުން ދެއެވެ .
ގަޑީގެ އެލާމް ވާ އަޑަށް އަހަރެން ވެސް ލޯ ކަހަމުން އެލާމް އޮފް ކޮއްލީމެއެވެ . އޭރު ގަޑިން 5:30 ވެއްޖެއެވެ . އަހަރެން މޯޅި އަކަށް ދެމިލުމަށް ފަހު އަހަރެން އެދުން ތެދުވެ އަހަރެން ހިގައި ގަތީ ފާޙާނާ ކޮއްލުމަށެއެވެ އެއއީ ފަތިސް ނަމާދު ކޮށްލުމަށްޓަކައެވެ .
ރަށުތެރެއިން ކާޅާއި ކޮވެލި އަދި ހާލު ގެ އަޑު ވަނީ ގުގު މާލާފައެވެ . މިއީ ރަށްފުށުން ލިބިދޭ ހިތް ހަމަ ޖެހުމެއެވެ .
އަހަރެން ފާޙާނާ ކޮށްލައިގެން ، ނިކުތުމަށް ފަހު އަހަރެން ހޭވިފައި ހުރި އިސްތަށިގަނޑު ރަގަޅު ކޮށްލީމެއެވެ . އަވަސް ވެ ގަތީ ފަތިސް ނަމާދު ކޮށްލުމަށް ޓަކައި މިސްކިތާ ދިމާއަށެއެވެ
އަހަރެން ގައިގައި އެ ތެއް ފިނި ޖެހިގެން ދިޔައިރު އަހަންނަށް އެތަކެއް އިހުސާސް ތަކެއް ކުރުވިގެން ދިޔައެވެ . ކުޑައިރު ގެ އެތަކެއް ހަދާންތަކެއެވެ . މާޒީގެ އެތަކެއް ސަފްޙާ އެއްލިގެން ދިޔަ ވަގުތެކެވެ .
މަޑު އެ ފިޔަވަޅު ހިގުމެއްގައި އަހަރެން މިސްކިތަށް އަރާ ނަމާދު ކޮށްލީމެއެވެ . ނަމާދު ނިމްމާލުމަށް ފަހު އަހަރެން ހިގައިގަތީ ރަށުގެ ބަދަރާއި ދިމާ އަށެއެވެ . އެއީ އަހަރެން އާއްމު ކޮށް ފަތިސް ނަމާދު ކޮށްލައިގެން ކުރަމުން އަންނަ އެއް ކަންތައް ތަކެއެވެ . މާޒީ ހަނދާން ކުރުމަށް އަހަރެން އަބަދުވެސް އަންނަނީ ބަދަރަށެއެވެ .

