އެކްޓަރ (ޕާޓް 32)
’ޝާއީ؟!‘އެނދުމަތީގައި އިށީނދެލައިގެން ހިނިއައިސްފައި، އަހަރެންްގެ އިންތިޒާރުގައި އިން ޝާއީ ފެނުމުން އަހަންނަށް ވީ ގޮތްވެސް ނޭނގުނެވެ.އަހަަރެން ފެނުނުހާއިރަކަށް އޭނާ ތެދުވެގެން އައި ގޮތަށް އަހަރެންްގެ ކަނދުރާގައި އެލިގެންފިއެވެ.
****
’ސަޕްރައިޒް ބޭބީ!…ހެޕީވެެއްޖެތަ؟!‘ ޝާއީ ބޯ އަރިކޮށްލާފައި ވަރަށް ލޯބިން ބުނެލިއެެވެ.
****
’އޮފްކޯޒް…އައި މިސްޑް ޔޫ ސޯ މަޗް ބޭބީ .ހެޕީ ވާނީ މިވަރަކަށް ދެން.ކޮން އިރަކު އައީ….؟‘އަހަރެން ޝާއީގެ ނިއްކުރީގައި އަހަރެންގެ ނިއްކުރި ޖައްސާލައިގެން ހުރެ ބުނެލީމެވެ.ޝާއީ ފެނިފައި އަހަރެންގެ ހިތުގެ ތެޅުން އޮބިނޯންނަހާ ބާރުވެއްޖެއެވެ.އެ ލޯބި ކުއްޖާ އަހަންނަށް ބަލަން ހުރި ގޮތުން އަހަރެންގެ ހިއްސުތަކަށް އެނގުން ވާން ފަށައިފިއެވެ.މާ ގިނައިރު މިހެން ތިބެން ވެއްޖެއްޔާ އެއްގޮތަކަށްވެސް ކަމަކު ނުދާނެއެވެ.
****
’އެހާ އިރެއް ނުވޭ އަދި… ހަމަ ބޭބީއަށް ސަޕްރައިޒެއް ދޭ ހިތުން ބޭގްތައް ދޮންތަމެން ގެއަށް ލާފައި އަވަހަށް މިއައީ އަނޫއާއެކީ…ހިއަރ ބޭބީ….ފޮރ ޔޫ…‘ ޝާއީ އެނބުރި އެނދުމަތިން ނަގައި އަހަންނަށް ދިއްކޮށްލި ރަތް ފިނިފެންމާ ބޮނޑި ފެނި އަހަރެން ފާޑަކަށް ހުއްޓުން އެރިއެވެ.ގަބޫލުކުރަން ދަތިވިއެވެ.
****
’ބޭބް މީ ކޮންކަމެއް…؟އަމް ދި ގައި އެންޑް އައި ހެވެންޓް ގިވެން ޔޫ ފްލާވާރޒް ޔެޓް.‘ އަހަރެން ނިކަން ލަދުގަނެއްޖެއެވެ.
****
’އައްދޭ ކޮން ފޮތެއްގައިތަ އޮތީ އަބަދުވެސް ފިރިހެން ކުއްޖާއޭ އިސްވެ އަންހެން ކުއްޖާއަށް މާ ދޭން ޖެހޭނީ…؟މީ އެކާވީސް ވަނަ ގަރުނޭ…މެން ޑިޒާވް ނައިސް ތިންގްސް ޓޫ.ޕްލަސް އައި ލަވް ޔޫ ސޯ މަޗް…ހަމަ ސްޕޮއިލް ކޮށްލައިގެން ގެންގުޅޭ ހިތްވަނީ…‘ ޝާއީ ތުންކޮޅު އޫ ކޮށްލަމުން ބުނެލިއެވެ.
****
’އޯކޭ ފައިން ދެން ނުބުނާތި މިރޭ ޑިނާއަށްވެސް ޕޭކުރާނީ ތިމަންނާއޭ…އިންޑިޕެންޑެންޓް ވުމަން އޭ…ވަކަންޑާ ފޮރ އެވާއޭ…ކަޒް އިޓްސް އޮން މީ‘ ދެރަ ނުވާންވެގެން ފޭސްބުކުން ފެނުނު މީމްއަކާ ގުޅުވައި އަހަރެން ޝާއީއާއި ދިމާކޮށްލީމެވެ.
****
’އައުޗް…‘ ޝާއީ ވަރަށް ޑުރާމާ ބޮޑުކޮށްލައިފައި އަހަރެން އެހެން ބުނެލުމުން ހިތާ ދިމާލުން މޭގައި އަތް އަޅައި ތަދުވިކަމަށް ހެދުނެވެ.
****
ޝާއީ ނުވިސްނައި ހުއްޓާ ކުއްލިއަކަށް އަހަރެން އޭނާ ބިމުން މައްޗަށް އުފުލައި ލުމުން އެފަދަ ކަމަކަށް ތައްޔާރު ނުވެ ހުރި ޝާއީގެ އަނގައިން ތޫލި ހަޅޭކެއްގެ އަޑު ނުކުތެވެ.
’ޒައިފް ޕްލީޒް އަހަރެން ބަހައްޓާ ތިރީގަ.‘ ޝާއީ ކުޑަކުއްޖެއްހެން ކުސްތަޅައިލިއެވެ.
****
’އޭ ދެން ނުކުންނަން އުޅޭ…ގަޑި ހަމަވެއްޖެ…‘ ލަޔާލީއާއި އަނޫކް ހެމުން އަހަރެންގެ ކޮޓަރި ދޮރުގައި ތަޅައިގަތް އަޑު އިވުނެވެ.
****
ޝާއީ ތިރީގައި ބެހެއްޓުމުން އޭނާ އަހަރެން ފަރާތުން ސަލާމަތްވެގެން ގޮސް ދޮރުހުޅުވާލާފައި ނުކުތެވެ.އަހަރެންވެސް އޭނާގެ ފަހަތުން ސިޓިން ރޫމަށް ނުކުތުމުން އަނޫކްއާއި ލަޔާލީ އެއްޗެކޭ މީއްޗެކޭ ކިޔައިގެން ދިމާކުރަން ފަށައިފިއެވެ.
****
ލަޔާލީ އައި ގޮތަށް ޝާއީގެ މޫނުގައި އެއްއަތުން ހިފާލައި ކޮލަށް ފިތާލައިފައި ދެއަތަށް ކުޑަކޮށް އަނބުރައިލައިފިއެވެ.ކިހިނެއްވީތޯ އަހައިލާ ފަދަ ގޮތަކަށް އަހަރެމެން ބަލައިލުމުން ލަޔާލީގެ ތުންފަތުގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ.
****
’އޮހ….ލިޕް ގްލޮސް ސްމަޖް ވެފެ ހުރިތޯ ބަލައިލީ…ޔޫނޯއެއްނު ދެން މިހާ ދުވަސް ކޮށްފަ ދިމާވީމަ…‘ ލަޔާލީ ހެމުން އެއްލޯ މަރާލައިފައި ބުނެލިއެވެެ.
****
’އަޅެ ދެން ލަޔާާާ…‘ޝާއީ ލަދުން ލަޔާލީގެ ގައިގައި ވިކައިގަތެވެ.އަހަންނަށްވެސް ލަދުން ބޮލުގެ ފުށްކިބަ ކަހައިލެވުނެވެ.ލަޔާލީ ދެން ބައެއް ފަހަރު އެއްވެސް ’ފިލްޓަރ‘ އެއް ނުހުންނާނެއެވެ.ކިތަންމެ ލާނެތް އެއްޗެކޭވެސް ބުނެފާނެއެވެ.
****
’ދެން ހިނގާ ކާން އުޅެން… ޝާއީ އަންނާތީ އައި މޭޑް ސްޕެގެޓީ…ވަރަށް ބަނޑުހައި…ޒައިފް ނައިސްގެން އޭނަ އަރުތެރެއަށް އެއްޗެއް ނުދިރިފައި އެ އިންނަނީ.‘ ލަޔާލީ ސަކަރާތްގަނޑު މަތަކޮށްލާފައި ޝާއީއަށް ނިސްބަތްކޮށް ބުނެލިއެވެ.
****
’އޯނ…މައި ފެވަރިޓް…ތެންކިއު ލަޔާ…ޔޫ ދި ބެސްޓް.‘ ޝާއީ ލަޔާލީގެ ކޮނޑަށް އަތް ވައްޓާލައިގެން ބަދިގެ ފަރާތަށް ހިނގައިގަތެވެ.ދެމީހުން ދެމީހުނަށް މައްލަަވަ ކުރަމުން ދިޔަތަން ފެނިފައި އަހަންނާއި އަނޫކްއަށްވެސް ދެފަރާތަށް ބޯހޫރައިލެވުނެވެ.
****
ކައި ނިމިގެން ޝާއީ އޭނާގެ ދޮންތަމެން ގެއަށް ލައިދޭން ދިޔައީ އަހަންނެވެ.އޭރު އަދި އޭނާގެ ދޮންތަމެން ގާތަކު އަހަރެންް ޝާއީއާއި އިންނަން އުޅޭ ވާހަކައެއް އެކަކުވެސް ނުބުނެއެވެ.ޝާއީ ބޭނުންވީވެސް އަހަރެމެން ދެމީހުން ގޮސް ދޮންތަމެންނާއި ބައްދަލު ކޮށްފައި އެވާހަކަ ބުނާށެވެ.
****
ކަންވީވެސް އަހަރެން އުންމީދުކޮށްގެން ހުރި ގޮތަށެވެ. ޝާއީގެ ދޮންތައަށް އަހަރެން ފެނުނުހާއިރަކަށް ވަރަށް އުފާވެފައި ނުފެންނަތާ ގިނަ ދުވަސްތަކެއްވެއްޖޭ ކިޔައި ވާހަކަ އަޅުވާލައިފިއެވެ.ފުރުސަތުގެ ބޭނުން ހިފައި އަހަރެން އިސްވެ ޝާއީއާއި ކައިވެނި ކުރަން އުޅޭ ވާހަކަ ބުނުމުން ދޮންތައަށްވެސް ލިބުނީ ހައިރާން ކަމެވެ.އިސާހިތަކު އެ ދެލޯވެސް ވިދައިގަތެވެ.އެ ޚަބަރު ލިބުމުން އެމޫނަށް ވެރިވި އުފާވެރިކަމުގެ ކުލަވަރުތައް އަހަންނަށް ދޮންތަގެ ޖަވާބަކަށް ފުދުނެވެ.
****
ޝާއީގެ ދޮންތަ (އަނޫކްގެ މަންމަ)އަށް އަހަރެންގެ ގޮތް ވަރަށް ރަނގަޅަށް އެނގޭނެއެވެ.އަހަންނާއި ދޭތެރޭ ކަންތައް ކުރާނީ ހަމަ އަނޫކްއާއި ދޭތެރޭ ކަންތައް ކުރާހާ ގާތްކޮށެވެ.އެހާ ހެޔޮވާނެއެވެ.ހަމަ އެގޮތަށް އަނޫކްގެ ބައްޕައާއި ބޭބެއަކީވެސް ވަރަށް ކޫލް ބައެކެވެ. އެހެންކަމުން އެމީހުން އަހަރެން ބަލައިގަންނާނެކަމުގެ ޔަގީންކަން އޭރުވެސް އަހަންނަށް އޮތެވެ.
****
ޝާއީ މާލެ އައީ ދުވަސްކޮޅަކު މާލޭގައި މަޑު ކުރާ ގޮތަށް ނިންމައިގެންނެވެ.އޭނާ އެ ޚަބަރު ދިނުމުން އަހަރެން ވީ އުފަލުގެ ކޮޅެއް ނެތެވެ.އަހަރެން ދުރުގައި އުޅޭތީ، އަހަންނާއި ދިމާވެލައި، އެކުގައި ދުވަސްކޮޅެއް ހޭދަކޮށްލަން އޭނާ މަގެއް ފަހިކުރީކަން އިތުރަށް މީހަކު ބުނެދިނުމަކާއި ނުލައިވެސް އަހަންނަށް އެނގުނެވެ.އެކަން އެނގުނީއްސުރެ އަހަރެންގެ ބޮލު ތެރޭގައި އެތައް ކަމެއް ދިޔައީ ރޭވެމުންނެވެ.ޝާއީ ގޮވައިގެން ޑޭޓުތަކަށް ގޮސް އޭނާއާއިއެކު ހިތްހަމަ ޖެހޭ އުފާވެރި ވަގުތުތަކެއް ހޭދަކޮށްލަން އަހަރެން ބޭނުންވިއެވެ.އޭގެ އިތުރުން ޒަޔާ،ޒީވާ އަދި އިފްރާހުއާއި ބޮޑުދައިތައަށްވެސް ޝާއީއާއި ބައްދަލުކޮށްދޭން އަހަރެން ހުރީ އަޒުމު ކަނޑައަޅައިގެންނެވެ.ނަޔާންއާއި އައްޒާމުއާއިވެސް ދިމާކޮށްލައި އެންމެން އެއްކޮށް ތޮއްޑޫ ދަތުރުގެ ހަނދާންތައް އާކޮށްލަންވެސް އަހަރެން ހުރީ ވިސްނައިގެންނެވެ.
****
ޝާއީއަށް އަރާމުކޮށްލަން ވަގުތު ދީފައި އަހަރެން ގެއަށް ދިޔައީ ރޭގަނޑު އޭނާ ގޮވައިގެން ޑިނަރ ޑޭޓަކަށް ދާން ނިންމައިގެންނެވެ.އާއިލާއާއި ބައްދަލުކޮށްދޭނީ ޝާއީވެސް ތަންކޮޅެއް ހަމަޖެހިލުމުން ކަމަށް ވިސްނައިފައެވެ.
****
ޝާއީ ބަލައި އޭނާގެ ދޮންތަމެން އުޅޭ ގެ ކައިރިއަށް ދިޔުމުގެ ކުރިން އަހަރެން މާ ވިއްކާ ފިހާރައަކަށްވަދެ ރަތް ފިނިފެންމާބޮނޑިއެއް ތައްޔާރުކުރުވީމެވެ.ޝާއީ ނުބުންޏަކަސް އެއީ އަންހެން ކުދިން ވަރަށް ގަޔާވާ ކަމެއްކަން އަހަންނަށްވެސް އެނގެއެވެ.
****
އެ އިމާރާތުގެ މައި ދޮރުން ނުކުތް ޝާއީ ފެނިފައި އަހަރެންގެ ދެލޯ ތަރަ ތަރަ ޖަހައިގެން ދިޔައެވެ.ޑަސްޓީ ދަނބުކުލައިގެ ޝިމަރ އަބާޔާއަކާއި ހަމަ އެކުލައިގެ ޝޯލްގައި އޭނާ ފެންނަލެއް ފުރިހަމަކަމުން ހިނދުކޮޅަކަށް ކަޅި ޖަހާލަންވެސް ހަނދާން ނެތުނެވެ.ހާދަ ނަލައެވެ.އޭނާ ފެންނަ ކޮންމެ މީހަކަށްވެސް އެ ރީތިކަމަށް ހިތާއި ހިތުން ތައުރީފް ކޮށްލެވޭނެކަން ޔަގީނެވެ.އެ ޚިޔާލުން އަހަރެންގެ ހިތް ކުޑަކޮށް ނުތަނަވަސްވާ ގޮތްވިއެވެ.
****
’ވާއު…‘ އަހަންނަށް ބުނެވުނީވެސް ނިތަށް ރޫ ގިނަކޮށްލައިގެން ހުރެ އެވަރަށެވެ.ދެވަނަ ސިކުންތު އަހަރެންގެ އަތުގައި އޮތް ފިނިފެންމާ ބޮނޑި ދިއްކޮށްލުމުން އިސާހިތަކު ޝާއީގެ މޫނަށް ފިނިފެންމާ ކުލަ ފާއްދާލައިފިއެވެ.އެ އަސަރުތަކުން އޭނާ އެކަމާ އުފާވިވަރު އަހަންނަށް ނަގައިގަނެވުނެވެ.
****
’އަޅޭ…ހާދަ ލޯބިއޭ…ތެންކިޔު ލަވް…ހާދަ ގޮތަކަށް ތިހުރީ…ޔޫ އޯކޭ…؟ޔު ލުކް ސޯ ހޭންޑްސަމް.‘ ޝާއީއަށް އަހަރެންގެ ނުތަނަވަސްކަން ފާހަގަވެގެން ބުނެލިއެވެ.އަހަރެންގެ ދުލާއި ހަމައަށް ނައި ބަސްތައްވެސް އޭނާއަށް ފަހުމުވީ ކަންނޭނގެއެވެ.
****
’އަމް އޯކޭ…އެކަމަކު ހިތަށް މި އަރަނީ ހަމަ އެހެން ފިރިހެނުންވެސް ޝާއީގެ ތި ރީތިކަން ފެނި ހިތާ ހިތުން ތައުރީފް ކުރާނެ ދޯ އޭ…އަމް ސޯ ޖެލަސް.‘ ހިތުގައި އޮތް ގޮތަށް އަހަރެން ބުނެލީމެވެ.އެވާހަކަ އަހާފައި ޝާއީ ފެށީ ހޭށެވެ.
****
’ހަމަ އެހާވެސް އަހަރެން ދެކެ ލޯބިވޭތަ؟…އަމް ސޯ ހެޕީ… ޒައިފްވެސް ހޭންޑްސަމްކަމުން އަންހެން ކުދިން އެމީހުންގެ ލޮލުން އެމީހުނަށް ކުރެވުނު ވަރެއް ކުރެޔޭ ހަމަ…ޒައިފް އެކުދިންނަށް އަޅާލާނަމަ މަޑުން ވެސް ނުތިބޭނެ ކަންނޭނގެ…މޭބީ ޔޫ ޑިޑިންޓް ރިއަލައިޒް އިޓް…އެކަމަކު އަހަންނަށްވެސް އެ މީހުން އެވަރަށް ޒައިފްއަށް ބަލާތަން ފެނުނީމަ ވަރަށް އެހެން ގޮތެއްވަނީ..ހިތަށް އެރި އެމީހުންގެ ލޮލަށް އަޅެ ޒައިފް ނުފެންނަ ނަމައޭ..‘ ޝާއީ ވަރަށް ޅަވެލާފައި ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.އޭނާގެ އެ ބަސްތަކުން އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.ހިތަށް ލުޔެއް ލިބިގެން ދިޔައެވެ.
****
’އޯކޭ މިހާރު ވަރަަށް ހިތްހަމަ ޖެހިއްޖެ..އެނގިއްޖެ ޝާއީވެސް އަހަރެން ދެކެ ވަރަށް ލޯބިވާކަން…އައި ލައިކް އިޓް ވެން ޔޫއަރ ޖެލަސް..‘ އަހަރެން ބުނީ ތެދެކެވެ.
****
ޝާއީއާއި އެކު ވަގުތުތައް ހޭދަވެގެން ދިޔަ ގޮތްވެސް އަހަންނަކަށް ނޭނގުނެވެ.ކެއުން ނިންމާފައި މާލޭގެ އެކި ހިސާބުތަކުން ބުރު ޖެހުމައިގެން އުޅެނިކޮށް ގަޑިން ވީ ވަރެއް ބަލައިލަން ހޭވެރިކަމެއްވީ ޝާއީގެ ދޮންތަ ލަސްވެގެން ގުޅީމައެވެ. އޭރު ގަޑިން މެންދަމު ބާރަ ގަޑި ބައިވެ ބޮޑުވެއްޖެއެވެ.
ނުނިމޭ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






Varah reethi mi part vessss Maa Sha Allah
Lamtty mi vaahaka genna goih vrh kamudhey alhugandah.. Heevany hama loa kuri mahchah sifa vaa hn mi vaahakaiga hingaa hurihaa kameh ves
Varah avahah next part up kurahchey
Vrh kiyaa hithun mi iny
<33
Thank you Aysherr ❤️
Means a lot.
You motivated me on days when I didn’t feel like writing at all.
Last past submitted now!
Hope you like it 😘