Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredކުރުވާހަކަލޯބި

ބޮއްތަގެ ލޯބި

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
July 8, 2025 2 Mins Read
0 Comments

އެއީ އަހަރެންގެ ބަނޑުން އުފަންވީ ކުއްޖެއް ނޫނެވެ.އެހެނަސް މިހިތުގައި އެ ތުއްތު ފުރާނާއަށްޓަކައި ދެވިފައިވަނީ އުފަން ދަރިއެއް ފަދަ ދަރަޖައެކެވެ.އެ ލޯބި ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު އަހަންނަށް ހިނިތުންވެވެނީ އިޚުތިޔާރަކާއި ނުލައެވެ.މަޑުމޮޅިވެ، ވޭނުން ފުރިފައި އިނދެވުނު އެތައް ދުވަހެއްގެ ތަކުލީފުތައް ލުއި ކޮށްދިނީ އެ މަޢުސޫމު ހަރަކާތްތަކުންނެވެ.އާއެކެވެ.އެއީ އަހަަރެން ފުރަތަމަ ބޮޑުދައިތައަކަށް ހަދައިދިން އަހަަރެންގެ ކޮއްކޮގެ ކުޑަ ކުޑަ ދަރިފުޅެވެ.ލޯބި ލޯބި ފިރިހެން ކުއްޖެކެވެ.ބޮއްތަގެ ލޯބި ލޯބި ނާވީއެވެ.

****

ބޮޑުދައިތައަކާއި ބޮޑުދައިތަ ކިޔާ ކުދިންނާ އޮންނަ ގުޅުމަކީ ވަރަށްވެސް ޚާއްސަ ގުޅުމެކެވެ.ބޮޑުދައިތައެއްގެ ދަރަޖައަކީ ހަމަ ދެވަނަ މަންމައެއްގެ ދަރަޖައެވެ.އަހަރެން އަލަށް ބޮޑުދައިތައަކަށް ވީއިރު އަހަންނަށް ހުރެވުނީ އެތައް ހާސް މޭލެއް ދުރުގައެވެ.ފޮޓޯއަކުން ނަމަވެސް އެ ލޯބި ފުށްގަނޑު ދެކިލުމަށް އަހަރެންް ހުރީ ކެތްތެރިކަން ކުޑަވެފައެވެ.އެހެނަސް  އޭރު ހާލަތު ނިޔާ ކުރި ގޮތުން ކޮއްކޮ ވިހޭއިރު ގާތުގައި ހުރުމުގެ ނަސީބެއް އަހަންނަކަށް ނުލިބުނެވެ.އެހެނަސް ދުރުގައި ވުމަކުން އަހަރެންްގެ ހިތުން ލޯތްބާއި ކުލުނުގެ އެންމެ ޒައްރެއްވެސް އުނިވެގެނެއް ނުދެއެވެ.

****

އެ ލޯބި ކުއްޖާ އަހަންނަށް ހަމަ ލޮލަށް ފެންނަ ވަރުވީ އެކުއްޖާގެ އުމުރުން ފަސް މަހަށް އެޅި ފަހުންނެވެ.އޭނާގެ މަންމަގެ އަތުތެރޭގައި ފުށް  ގުޅަވަރެއްހެން ނިދިފައި އޮތްތަން ފެނި އަހަރެންގެ ހިތް ލޯބިން ފުރި ބަންޑުންވިއެވެ.ކޮން ފަދަ މައުސޫމުކަމެއް ހެއްޔެވެ؟ ނިދީގައި އޮވެ ތުންކޮޅު ފިތައިލާ ލޯބި ގޮތް ފެނި އެކުއްޖާ އުރައިލާ ލޯބި ކޮށްލަން އަހަރެން ބޭނުންވިއެވެ.

****

ފުރަތަމަ އުރައިލި ފަހަރު މަންމަ ނޫންކަން އެނގިގެން އެ ކުއްޖާ ފެށްޓީ ރޯށެވެ.އެހެނަސް ކުޅިވަރު ދެއްކުމުން މާ ގިނަ އިރުތަކެއް ނުވެ ރައްޓެހި ވެއްޖެއެވެ.އެއްޗެއްގައި ހިފޭ އިރަށް އެ ލޯބި ތުންކޮޅު އިންނަނީ އޫ ވެފައެވެ. ފަޅި ސިކުންތެއް ނުވެ އެ އަތު ޖެހޭ އެއްޗެއް ވިއްޔާ ލާން ދިމާކުރަނީ އަނގަޔަށެވެ.މޫނު ކައިރި ކޮށްލިޔަސް އަންނަނީ ސޮނީގެ ހަމަލާ އެވެ. އަހަންނަށް އެކަންވެސް ވީ މަޖާ ކަމަކަށެވެ.އެހެނަސް މާ ބޮޑަށް ސަކަރާތް ޖެހުނީ ކަން އެނގުނީ އެކުއްޖާއަށް ހޮޑު ލެވުނީ މައެވެ.ދެން އަނެއްކާ ބަނޑުހައިވެގެން ރޯން ފެށުމުން ހޮޑުތައް ސާފުކޮށްފައި ކޮއްކޮގެ އަތަށް ދިނީއެވެ.

****

އަހަރެން އެނބުރި ފިރިމީހާގެ އާއިލާ ގާތަށް ރަށަށް ދާން ޖެހުނީ އެކުއްޖާއަށް ހަ މަސްވެސް ނުވަނީހެވެެ.އެހެންކަމުން ކާން ދޭން ފެށްޓުމުގެ މަރުހަލާ ފެންނަ ވަރެއް ނުވިއެވެ.އެކަމަކު ކޮއްކޮގެ ސްނެޕްތަކުން އެކުއްޖާ އެކި ކާއެއްޗެހި ދިނުމުން ރިއެކްޓު ކުރާ ގޮތް ފެނެއެވެ.އަހަންނަށް އެކަނި އިނދެ އެމަންޒަރުތައް ފެނިފައި ހެވެއެވެ.

****

ދެން އަހަންނަށް އެކުއްޖާ ފެނުނީ އުމުރުން ނުވަ މަހުގައި މާލޭ ކޮޅަށް އައި ފަހަރެއްގައެވެ.އޭރު ހުރީ އެއްކޮށް ރުޅިވެފައެވެ.ބަލައިލެވޭ ގޮތަކުން ވެސް ރޮނީއެވެ.ރޯން ފަށާ ގޮތަށް މީހާ ހިނދެނީއެވެ.އެކަމާ ބިރުން އުރައިލަންވެސް ޖެހިލުންވިއެވެ.ކުޅިވަރު ދައްކައިގެން ވެސް ރައްޓެހިވެލަނިީ ކުޑަ އިރުކޮޅަކަށެވެ.

****

ނާވީއަށް އަހަރު ފުރުނީ އަހަރެން ރަށުގައި ހުއްޓައެވެ.އޭރު އަދި  ތަނެއްގައި އަތް ނުލައި ނުއެއް ހިނގެއެވެ.އެހެނަސް ކޮޅަށް ހުރެ އިރުކޮޅަކު ބެލެންސް ކުރެއެވެ.އުރަން އުޅެފިނަމަ ހިތްހަމަ ނުޖެހިގެން ރޯން ފަށައެވެ.އެކަމަކު ތޮޅެ ނުލައި ހުންނަން އަހަންނަށް ވީ އުނދަގޫ ކަމަކަށެވެ.އެކަމާ ހުރެ އެކުއްޖާ އަހަންނާ އެހާ ގަޔާއެއްނުވިއެވެ.

 

****

 

އެންމެ މަޖާ މަރުހަލާއަކަށްވީ އޭނާއަށް އެނގޭ ގޮތަކަށް ބަސް ކިޔައި ވާހަކަ ދައްކަން މަސައްކަތް ކުރަން ފެށި ހިސާބުންނެވެ. މަޑު މަޑުން ކުރި އަރަމުން ގޮސް ކިޔާ ނުކިޔާ ދޭހަވާ ވަރަށް ބަސްތައް ކިޔަން ފެށިއެވެ.ފިނި ފެނަށް ކީ ’އިނި އެން‘ މިހެންނެވެ.މަތިންދާ ބޯޓަށް ’މަތިންދާ އޫޓު‘ އެވެ. ބޯޅައަށް ’ބޯ‘ ބޮއްތައަށް ’ބޮއް‘މިހެންނެވެ.ދެން މިހެން ގޮސް އެކި ކަހަލަ މަޖާ ނަންތަކެވެ.

****

ދެން އަހަރެން ރަށަށް ދިޔައިރު ނާވީއަކީ ބޮޑު އަނގަ ގަނޑެކެވެ.އަބަދުވެސް ކޮންމެވެސް  މަޖާ އެއްޗެކޭ ކިޔައެވެ.އެއް ދުވަހަކު މާ އަނގަ ގަދަވެގެން އުޅޭތީ ބުނާ އެއްޗެއް ބަލައިލަން އަހަރެން އޭނާއާއި ސުވާލެއް ކޮށްލީމެވެ. އަހަރެން ބުނީ ބޮއްތައަށް ވެސް ލިބޭނީ ނާވީގެ އަނގަ ކަހަލަ އަނގަ އެއް ދޯއޭ އެވެ.ހަމަ ބުނިހާ އިރަކަށް އޭނާގެ ޖަވާބަކަށްވީ ’ނޫން މިކަހަލަ އަނގައެއް ނުލިބޭނެ.މިކަހަލަ އަނގައެއް ލިބޭނީ ފިހާރައިން‘ މިހެންނެވެ. އެ ޖަވާބު އިވިފައި އަހަރެންގެ ހިނިގަނޑު ފަޅައިގެން ދިޔަ އެވެ.

 

(ނިމުނީ)

 

 

 

 

 

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

މަޢާފް އެދެމުން 29

Next

އެކްޓަރ (ޕާޓް 23)

Next
July 8, 2025

އެކްޓަރ (ޕާޓް 23)

Previews
July 8, 2025

މަޢާފް އެދެމުން 29



All Right Reserved!