“މިހާރު ނައިން މިނެޓާއި ސެކަންޑް ކޮޅެއް މިއިނީ.. އަލާ މެން ސޭފް ބާ” ޒެވިއަލް ބެލީ ވީ އެންމެ އަވަހަކަށް އެތަނުން ނުކުމެވޭތޯއެވެ. ތިންވަނަ ފްލޯއިން ނުކުމެވި އޭނާ މިސްރާބު ޖެހީ އަލާރާ ހޯދުމަށެވެ. ހިތް ތެޅެމުން ދިޔައިރު ހިތުގައި އުފެދުނު ބިރުވެރިކަން ދެގުނަ ވީ އަލާރާއާއި ސޯފިޔާ ބައިތިއްބާފައި ދިޔަ ތާގައި ނެތުމުންނެވެ. މުޅި ފްލޯ ބެލުނު ހިނދު އެތަނުގައި އަލާރާ މެންގެ އެއްވެސް ހިލަމެއް ނުވެއެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނު އިރު […]
“ބޯޓް މިވަގުތު މިއޮތީ ކާފު އަތޮޅު ނިމޭ ހިސާބުގަ..” ފޯނަށް ބަލަން ހުރެ ޒެވިއަލް ބުނެލިއެވެ. ރޭންޖު ކުޑަކޮން ރަނގަޅުވެގެން ދިޔަ ދަނޑިވަޅެއްގައި ދެން އޭނާ އަވަހަށް ގުޅަން މަސައްކަތް ކުރީ އަރްކާންއަށެވެ. ދެފަހަރަކު ފޯނު ރިންގް ވި ހިނދު އަރްކާން ފޯނު ނަގައިފިއެވެ. **** ލިއާނާއަށް ނިދި ޖެހުމުން ގައިމަތީގައި އޮތް ކްއިލްޓް ރަނގަޅު ކޮށްލަމުން އަރްކާން އެކޮޓަރިން ނުކުމެލިއެވެ. މުޅި ދުވަހު ނުކައި ހުރުމުން ހިސާބަކަށް އޭނާ ހުރި ބަނޑުހައިވެފައެވެ. ތިރިއަށް ދިޔައިރު ލިވިންގރޫމު […]
އެމީހުން ނުކުމެން އަޑުއަހާފައި ޒެވިއަލް ދެލޯ ހުޅުވާލިއެވެ. “ބޯޓް… އަލާ ޖެހިގެން ހުރި ކޮޓަރީގަ” ޒެވިއަލްގެ ދެލޯ ވިދައިގަތެވެ. ކުރިއަށް ވުރެން ހަލުވިކަމާއި އެކު އޭނާގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. ފަނަރަވަރަކަށް މިނެޓް ތެރޭގައި އޭނާގެ މަސައްކަތް ކާމިޔާބު ވިއެވެ. އެއް ޗޭނުގަނޑުކަމުން އެންމެ ތަނަކުން ހަލާކުކޮށްލި ހިނދު މުޅި ޗޭނުގަނޑު ދޫވިއެވެ. ލަސްލަހުން ޗޭނު ބޮޅުފަތި ނައްޓަމުން ދިޔައިރު ޒެވިއަލްގެ ތުންފަތުގައި ދެމިލީ ފަތަހައިގެ ހިނިތުންވުމެކެވެ. ކުޑަކޮން ދުވެލާފައި ދޮރާއި ދިމާލަށް ދިޔަހިނދު ފަޔަށް […]
ޗޭނުގަނޑުން ސަލާމަތް ވާނެ އާލާތެއް ފެނޭތޯ ވަށައިގެން ލޯ ހިންގަނިކޮން ކުއްލިއަކަށް އެ ތަނުގައިވާ ހަނި ދޮރެއް ހުޅުވުނު އަޑު އަހާފައި ޒެވިއަލް ބަލަހައްޓައިގެން އިނެވެ. ދޮރު ހުޅުވުނު ވަގުތު ބޭރުން އިންޖީނު އަޑެއް އިވެމުންދިޔައިރު، ކޮންމެ ވެސް ވަރަކަށް މޫދު ލޮނު ވަސް ދުވަމުންދިޔައެވެ. އެކަމަށް ސަމާލުވެގެން އިންދާ އޭނާއަށް ފެނިގެން ދިޔައީ ފެންނާނެ ކަމަށް އުއްމީދު ކުރި ފަރާތެއް ނޫނެވެ. “ސާމިއު” ޒެވިއަލް ދިޔައީ ރުޅިގަދަ ވެގެން ދިޔައިރު އެ މޫނަށް ފާއްދާލީ ރަތްކުލައެވެ. […]
“ގޭގެ ގޭޓު ކައިރީގަ ވެއްޓިފައި މި ފޯނު ހުންނަނީ އަހަރެން ހެނދުނު ނުކުމަތް އިރު.. އެހެންވެ ފޯނު ނަގަނިކޮން ތި ކޯލް އަންނަނީ..އިއްޔެ ސާރ ދިޔަ ގޮތައް އަދި ގެޔަށް ނާންނަނީ” ނާފިޒް އިތުރަށް ކިޔައިދިނެވެ. އެންމެފަހުން ލިއާނާއަށް ވިސްނުނީ ހުޅުމާލެ ދިޔުމަށެވެ. ނާފިޒް ކައިރިން އެޑްރެސް އޮޅުން ފިލުވައިގެން ލިއާނާ ގެއިން ނުކުމަތެވެ. ހިތް ތެޅެމުން ދިޔަ ގޮތުން ލިއާނާގެ ހަށިގަނޑުގައި ވަނީ މަޑު ތުރުތުރެއް އުފެދިފައެވެ. *** ސެކިއުރިޓީ މީޙުންގެ ސުވާލެއް އަމާޒު […]
އެޕިސޯޑު 36 “އަހަރެމެން އެންމެން ހުންނަނީ ސޭމް ބްލަޑް ގްރޫޕް.. ކަލޭގެ އެކަނި ތަފާތީ.. ސިޑީން ވެއްޓިގެން ލޭ އަޅަން ޖެހުނު ދުވަހު މަށައް މި ފެނުނީ.. އާންން ކަލޭ ތީ މަރިއަމް ދިނާޔާއާއި މުހައްމަދު އަޒީޒް ރަޝާދުގެ ދަރިއެއް ނޫން..ކަލޭ ތީ ހަމްދީ އާއި ނަސްރާގެ ދަރިފުޅު މަރާލި މާއިދު ރަޝާދުގެ ދަރިއެއް.. ގާތިލެއްގެ ދަރިއެއް..” އީވާ ފޯނު ތިރިކޮށްލާފައި ބަލައިލީ ރަހުމެއް ހަމްދަރުދީ އެއްނެތް ނުލަފާ ހިނިގަނޑަކާއިއެކުއެވެ. އަލާރާއަށް އިންތަނަށް ތިރިވެވުނު އިރު ހީވީ […]
“މާއިދު ރަޝާދުގެ އެޑްރެސް އަކަށް މިއިނީ ހެންވޭރު ބަގީޗާ..އެގެޔަކީ އާބަންޑް ގްރިޑްގެ ވެރިޔާ މުހައްމަދު އަޒީޒްގެ މައިންބަފައިންގެ ގޯތި.. މުހައްމަދު އަޒީޒްގެ ފުރިހަމަ ނަމަކީ މުހައްމަދު އަޒީޒް ރަޝާދު އެންނު.. ބަލާ އެ ފޮޓޯގަ އެއިން މީހާ އަޒީޒް އަކާއި ވައްތަރެއް ނޫން ތަ” ނުބުނާނެ ނަމައޭ ހީކޮށްގެން ކަޔާން ހުއްޓައި، އާޔަން އެވާހަކަ ބުނެލުމުން ކަޔާންގެ ދެލޯ މަރާ ފިއްތާ ބާރު ކޮށްލެވުނެވެ. *** “އަޒީޒް… ދެން ކީއްވެ އެހާ ފަސޭހައިން މިކަން އޮއްބާލީ.. […]
“ޝީ ލަވްސް މީ”ޒެވިއަލް އަށް ލިބުނީ ވަރުގަދަ ޝޮކެކެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް ހަރާލެވުނު އިރު އޭނާގެ ތުންފަތް މައްޗަށް ވެރިވެގަތީ އަޖައިބެއް ފަދަ އުފާވެރިކަމެކެވެ. “ސީ ލަވްސް ޔޫ.. އެރޭ އަލާ ދައްތަ ބުނަން އުޅުނީ ދޮންބެ ގެ ވާހަކަ.. ދޮންބެ މާ އަވަހަށް ރިއެކްޓް ކުރީ.. އެހެންވެ ހިއުޖް މިސްއަންޑަސްޓޭންޑިންގް އެއް ތިއޮތީ ކްރިއޭޓް ވެފަ” ލިއާނާއަށް ބުނެވުނެވެ. *** ޒެވިއަލް އިރުކޮޅަކު ބަހެއް ނުބުނެ އިނދެފައި ތެދުވެގެން ގޮސް ކޮޓަރިއަށް […]
“ކީއްވެހޭ” އަރްކާން އެއްޗެއް ނުބުނެ ހުންނަން ފެށުމުން ލިއާނާ އަނެއްކާވެސް އަހައިލިއެވެ. “ބިކޯޒް އައި ލަވް ޔޫ ސޯ މަޗް” ލިއާނާގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ވައި އަޑުން އަރްކާން ބުނެލިއެވެ. ލިއާނާގެ ހަށިގަނޑުގައި ވާހާ ލޯލިތަކެއް ކޮޅަށްޖެހުނެވެ. ހިތުގެ ތެޅުން ދެގުނަ ވިއެވެ. އެދެލޮލުގައި ވަނީ ތަފާތު ޖަޒުބާތެކެވެ. ނިމުމެއް ނުވާ ލޯތްބެވެ. އަރްކާންގެ ހިތުގެ އަޑު އިއްވާލަމުން ދިޔައިރު ލިއާނާ ހިތް ވެސް ގޮވަމުން ދިޔައީ އެ ލޯތްބަށެވެ. އެސްފިޔަޖަހައިލަން ވެސް ނޭނގިފައި ލިއާނާއަށް […]