Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއެހެނިހެންލޯބި

ދިރުމެއްނެތް ދިރިއުޅުން 10

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
June 9, 2023 3 Mins Read
0 Comments

 

“ކޮބާ ނަތޫ؟ އޭނަ އިނިއްޔާ ދީބަލަ. ވާނެއްނު ނަތޫއާވެސް ވާހަކަ ދައްކާލަން.” އަހަރެން ކުއްލިޔަކަށް ނަތޫއަށް ފޯނު ދިއްކޮލުމުން ނަތޫއަށް ލިބުނީ ސިހުމެކެވެ. އުނދަގޫގޮތެއް އިހްސާސްކުރެވެމުންދިޔަ ނަތޫ ހިތާއިދެކޮޅަށް ނަމަވެސް ފޯނުގައި ހިފިއެވެ.

“ނަތޫ! ކިހިނެއްތަ ހާލު؟ ފަރީދުބެ ހަމަ ނަތޫއާ ވާހަކަދައްކާލާހިތުން.” ފަރީދު ވާހަކަދައްކަން ފެށިއެވެ.

“ރަނގަޅު. ފަރީދުބެ ކިހިނެއްތަ؟” ބަދަލުގައި ނަތޫވެސް ކޮށްލީ ހަމަ އެސުވާލެވެ.

“ފަރީދުބެ ރަނގަޅު. ކޮބާ މާލެ ވަރަށް ފޫހިތަ؟” އަނެއްކާވެސް ފަރީދު ސުވާލެއްކޮށްލިއެވެ.

“އުހުމމ.. މާލެ މާރަނގަޅު. ޒީނިޔައްތަ އެބަހުރިތަ؟” ނަތޫ އަނެއްކާ ސުވާލުކުރިއެވެ.

“ނޫނޭ. ބަލިވެ އުޅެނީ. ޒީނިޔައްތަ ނަޔަސް، ފަރީދުބެ ވާހަކަ ދައްކަފާނަމޭ ދެމީހުންނަށް ވާވަރަށް. ހެހެހެ” ހިނިގަނޑެއް ޖަހާލަމުން ފަރީދު ބުނެލިއެވެ.

“ނޫނޭ.. އަހަރެން އެހާގިނައިރު ވާހަކަ ދައްކަން ބޭނުމެއްނޫން. ޒީނިޔައްތައަށް ކިހިނެއްވީ؟ ސަލާމްބުނެލާތި.” ފޯނު ބާއްވަން ބޭނުންވެގެން އަހަރެން ބުނީމެވެ.

“ޒީން މިކޮޅުން މާލެދާން ކައިރިވެފަހުއްޓަ ބަލިވިގޮތަށް.” ފަރީދު ކުރު ޖަވާބެއްދިނެވެ.

“އާނ.. ޒީނިޔައްތައަށް ވިސްނޭގޮތަށް ކަންކަން ދިމާވާތީދޯ؟ ވިސްނަންވާނެ….. ދެން އެކަމު ވެގެން އުޅޭގޮތްވެސް އަހަންނަށް ނޭނގެ. އޯކޭ ޒީނިޔައްތައަށް ވަރަށް ސަލާމް.” ވާހަކަ އޮޅުވާލަން މަސައްކަތް ކުރަމުން ގަސްތުގައި ނަތޫ ފޯނު ބޭއްވާފަ ސިޓިނގްރޫމަށް ދިޔައެވެ.

“ބައްޕަ ބޭރަށްދޯ އެދިޔައީ؟ ޒީން!… އާދެބަލަ ކޮޓަރިޔަށް. ތި ޓީވީއިންވެސް ނާދެއެއްނު ރަނގަޅު އެއްޗެއް.” ނަތޫ ބުނެލި ބުނުމަށް އަހަރެން ތެދުވެގެން ދިޔައީމެވެ.

ކޮޓަރިތެރޭގައި ވަނީ ހަމަހިމޭންކަމެވެ. އެ ހަމަހިމޭންކަން ފޫއަޅުވާލުުމަށް ތައްޔާރުވަމުންދާ ނަތޫއަކީ އަބަދުވެސް ކުޅަދާނަ ކުއްޖެކެވެ. ނަތޫއަށްވުރެ އަހަރެން އުމުރުގެ ގޮތުން ފަސްމަސް ދޮށިވިޔަސް ގިނަފަހަރަށް ނަތޫއަކީ އަހަންނަށްވުރެ ބޮޑުމީހެކެވެ. ހިޔާލު އެހާތަނަވަހެވެ. އަނގަ އެހާގަދައެވެ. ހަނުހުރުމަށްވުރެ ބޮޑަށް އަމިއްލައަށް ހައްގުތައް ހޯދަން އަޑު އުފުލަމުން މަސައްކަތްކުރެއެވެ. ނަތޫ އަހަންނަށްވުރެ ޖެހިލުން ކުޑައެވެ.

“ޒީންއަށް އެނގޭނެދޯ އަހަރެންގެ ގޮތް. އަހަންނަކީ އަހަރެން ކުރިމަތިލާ އެއްވެސް ކަމަކަށް ފަހަތަށް ފިޔަވަޅު އަޅާނެމީހެއްނޫން. އަބަދުވެސް ބަލާނަން ކުރިޔަށް ދެތިންފިޔަވަޅު އިތުރުކުރެވޭތޯ…. އަހަރެން ވާހަކައެއް އަހާލަންތަ؟ ދުވަސްކޮޅެއްވެއްޖެ މިވާހަކަ ދައްކަން ވިސްނާތާ. އެހެންވެ މިއަދު ހަމަ މިވާހަކަ އަހާލަން ބޭނުންވީ.” ނަތޫބުނި ވާހަކަތަކުން އަހަންނަށް ހައިރާންކަމެއް ގެނުވިއެވެ. އެހެނަސް އަހަރެން ކަނުލާ އަޑުއަހަން ހުރީމެވެ.

“އަހާބަލަ؟” އަހަރެން ބަލަމުންދިޔައީ ހަމައެކަނި ނަތޫގެ މޫނުމަތިން ފެންނަ ހާސްކަމަށެވެ.

“އަސްލު ފަރީދުބެ ބައެއްފަހަރަށް އުޅޭގޮތުން މަށަށް ވަރަށް އުނދަގޫވޭ. އެކަމު މިވާހަކަ އަހަރެން އަދި ނުދައްކަން އެއްވެސް މީހެއްކައިރި. ފަރީދުބެ ފެނުނަސް ވާހަކަދެއްކިޔަސް އަހަރެން އަސްލު ވަރަށް ހިތްނުތަނަވަސްވޭ. ޒީންގެ މަންމަ ނަމަ އޯކޭ… އެކަމު ފަރީދުބެވީމަ މަށަށްހަމަ އެއްވެސް ރަނގަޅެއްނޫން.” ނަތޫ އޭނާގެ ހިތުގައިވާ ގޮތަށް ހުރިހާއެއްޗެއް ސާފުކޮށް އަހަރެންނަށް ކިޔައިދިނެވެ.
އެވާހަކަތައް އަޑުއަހާފައި އަހަރެން އައީ އަމަށަކު ހިންޏެއް ނޫނެވެ. އެކަން އެއީ މާބޮޑަށް ސީރިޔަސްވާންޖެހޭވަރުގެ ކަމެއްކަމުގައި އަހަރެން ނުދެކެމެވެ.

“ސާބަހޭ ނަތޫ! އެއީ މަގޭ ބައްޕައޭ… އަހަރުމެންގެއަށް އިޝާލް އައިދުވަހުވެސް ބައްޕަ ވަރަށް ވާހަކަދެއްކި. ނަތޫއާވެސް ހަމަ އެހެން އަބަދުވެސް ވާހަކަދައްކައެއްނު. އެކަމު ތިބުނީ ތެދެއް. ދެން ނަތޫއާދޯ ބޮޑަށް ވާހަކަދައްކާ ހަދާނީވެސް.. ނަތޫވިއްޔަ ގިނައިން ގެޔަށް ގޮސްއުޅެނީ….. ހޫމމް.. ދެން އަނެއްކާ މަންމަ ނަމަ އޯކޭ.. އެކަމު ބައްޕަ ވީމަ އޯކޭއެއްނުން.. އެންމެ ރަނގަޅު. ބައްޕައަކީ ފިރިހެނެއްވީމަދޯ؟ ދެން ބައްޕަގާތު ބުނެލާނަން ނަތޫއަށް އުނދަގޫވާ ވާހަކަ. އަނެއްކާ ނަތޫ އަހަރެން ބައްޕަދެކެ ރުޅިއަންނަނީތަ؟” ވަރަށް މަޖާކޮށް ވާހަކަ ދައްކަމުން މަޑުމަޑުން ސީރިޔަސްވެލާފަ އަހަރެން އަހާލީމެވެ.

ޒީން އެބުނީ ތެދެކެވެ. އެކަމު އެއީ ޒީންއަށް ޔަގީން ނުވާކަމެކެވެ. މާފަޚުރުވެރި ވެލާފައި އެއީ ތިމަންނަގެ ބައްޕައޭ ބުންޏަސް ފަރީދުބެއަކީ ހަމަ ބައްޕައެއްގެ މަގާމުގައި ހުންނަ ރަމްޒީ މީހެކެވެ. ނަތޫ އެންމެ ބޮޑަށް ކަންބޮޑުވަނީވެސް އެކަމާއެވެ. ދޮންބައްޕައަކު އެހާ ގާތްކޮށް އުޅޭތީއެވެ. ނަތޫއަށް މިކަންކަން ސިއްރުކުރުން ނޫންގޮތެއް އަދި ނެތީއެވެ. ނަތޫގެ އަނގަ ގަދަޔަސް، މިއިން ވާހަކައެއް ބުނެވިއްޖެނަމަ އެކަން ވެގެންދާނީ ބޮޑުމައްސަލައަކަށެވެ. އެކަން ނަތޫއަށް ޔަގީނެވެ. މަސްލަހަތު ގެއްލެން ނަތޫ ނޭދެއެވެ. ޒީންއަށް އެނގިއްޖެނަމަ އެވަރުގެ ހިތާމައެއް ކުރަން މެދުވެރިވާ ސަބަބަކަށްވާން ނަތޫ ބޭނުންނުވަނީއެވެ.

“ޒީން!… އަހަރެން މިވާހަކަތައް ދެއްކީމަ އަހަންނާ ދޭތެރޭ ގޯސް ގޮތަކަށް ނުވިސްނައްޗެ. އަސްލު ޒީންކައިރީގަވީމަ ދެން މިބުނެލީ. އެހެން މީހެއްކައިރި ނުބުނައްޗެ. ޒީން މަންމަކައިރިވެސް. ފަރީދުބެ ކައިރިވެސް….. އޭތް! މާލެ އައިފަހުން އިޝާލްގެ ހަބަރެއް ވެސް ނުވޭދޯ؟ މާއަވަހަށް ރަށަށް ދިޔައީ ކަންނޭނގެ.” ނަތޫ އެހެން ވާހަކައަކަށް މަޢުޟޫ ބަދަލުކޮށްލިއެވެ. އޭރުވެސް ނަތޫގެ ހިތުތެރޭގައި އުނދަގޫކަމާއި ހާސްކަން ހިނގަހިނގާހުއްޓެވެ. އެހެނަސް ނަތޫ ހުރީ އެކަން ބޭރުފުށުން ފޮރުވައިންނެވެ. އެފަދަ ވާހަކައެއް ދެން ޒީން ގާތުގައި ނުދެއްކުމަށް ނަތޫ އަޒުމް ކަނޑައެޅިއެވެ. ނަތޫއަށް އުނދަގޫވިޔަސް ކެތްކުރާނީއެވެ.

ޖެހިގެން އައި ދުވަހެވެ. ޖައުފަރުބެގެ މަސައްކަތުން އަހަރެންގެ އައިޑީކާޑް ހައްދައިފިއެވެ. އެ ކާރޑް އަހަރެންގެ އަތަށް ލިބުނުއިރު ނަތޫވެސް ހުއްޓެވެ. ރަނގަޅަށް ދެފުއްދެފުށަށް ޖަހާލަމުން އެކާރޑަށް އަހަރެން ބަލާލީމެވެ. ކުއްލިޔަކަށް އަހަރެންގެ ހަނދާނަށް އައީ ހަމަ އެންމެ ކަމެކެވެ. ތަންކޮޅެއް ކުރިން އަހަރެން އަހަރެންގެ ބާ އައިޑީކާޑް ދުށީމެވެ. އެ ކާރޑްގެ ނުފުށުގައު މަންމައާއި ބައްޕަގެ ނަންވެސް ލިޔެފައިވާނެއެވެ. އެކަމަކު މިފަހަރުގެ ކާރޑަށް ވަނީ ބަދަލެއް ގެނެސްފައެވެ. އެހުރިހާ މައުލޫމާތެއް މިފަހަރުގެ ކާރޑުން ފެންނާކަށް ނެތެވެ. ވަގުތުން ބާއައިޑީ ކާރޑް ބަލާލަން އަހަރެން ބޭނުންވިއެވެ.

“ޖައުފަރުބޭ! ކޮބާދެން ބާކާރޑް؟ އަހަރެން ކަމެއް ހަނދާންވެގެން. އެހެންވެ ބަލާލަން ބޭނުން.” އަހަރެން ބުނެލީ ވަރަށް އުންމީދާ އެކުގައެވެ.

“ޒީން! ކޮންމެހެން އެ ކާރޑް ބަލާފަ ހިތްދަތިކަމުގަ އުމުރު ހުސްކުރަން އުޅޭނެކަމެއްނެތް. ރަނގަޅުވާނީ އެޔަށް އަދި ނުބެލިއްޔާ. އެއީ ބާކަރޑެއްނު. އެބެލިޔަސް ހަގީގަތެއް ބަދަލެއް ނުކުރެވޭނެދޯ؟” ޖައުފަރަށް ވުރެ ކުރިން އަހަރެންނަށް ޖަވާބުދިނީ ނަތޫއެވެ. ނަތޫ ޖަވާބުދިނީ ޖައުފަރަށް ބަލައިލަމުންނެވެ.

ނަތޫގެ މިޖަވާބުން ޖައުފަރު ސިއްސައިން ދިޔައެވެ. ޖައުފަރު ހައިރާންވިއެވެ. ނަތޫގެ އެކުޅަދާނަ ޖަވާބު އޭނާގެ ދުލަށް އައީ ކޮންގޮތަކުންބާއޭ ޖައުފަރު ހިތަށްއެރިއެވެ. ޖައުފަރުގެ ހިތުގައި ސުވާލުތައް އުފެދުނީ އެހައިރާންކަމާ އެކުގައެވެ. އަނެއްކާ ޒީންގެ އެއްވެސް ހަގީގަތެއް ނަތޫއަށް އެނގެނީބާއެވެ؟ ޒީންއަށް ނޭނގޭ ކަމެއް……އެކަމަކު…. ނަތޫއަށް މިއުޅެނީ ކޮންކަމެއް އެނގިގެންބާއެވެ؟ ނަތޫއަށް އަނެއްކާ……….އެކަމަކު އެކަން އެނގުނީ ކިހިނެއްބާއެވެ.؟

“އަޅެ! ދެން އެ ކާރޑް ބަލައިލުމަކީ އެވަރުގެ ކަމެއްތަ؟ އެހެންނޫނަސް ކާޑެއް ބަލައިން ހިތާމައިގަ އުމުރު ހުސްކުރަންޖެހޭތަ؟ ނަތޫ ދައްކާ ވާހަކަ… ޕިސް ޕިސް…” އަހަރެން ވަރަށް ސީރިއަސްވެލާފައި ޝަކުވާ ކުރީމެވެ.

ޒީންގެ އެސުވާލަށް މިފަހަރު ނަތޫޖަވާބެއް ދޭނެއެވެ. ޒީން ރޯންޖެހުނަސް ނޫނީ ހޭންޖެހުނަސް ނަތޫއަށް ފަރުވާލެއް ނެތެވެ. ޖައުފަރު ރުޅިއަޔަސް ނަތޫ މިފަހަރު ހުރީ އެސުވާލަށް އެކަށީގެންވާ ޖަވާބެއްދޭން ތައްޔާރުގައެވެ.

– ނުނިމެ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

އައިލީ

Next

ލޯތްބަކުންދިން-25

Next
June 9, 2023

ލޯތްބަކުންދިން-25

Previews
June 7, 2023

އައިލީ



All Right Reserved!