Skip to content
އެސްފިޔަ

ދެވަނަ ޙަޔާތް

ގަޑި ސޯނާގެ އަޑަށް ރާއިދު އަށް ހޭލެވުމާއި އެކު މޯޅިއަކަށް ދެމިލުމަށްފަހު ތެދުވެގެން ފާޚާނާއާ ދިމާއަށް ދިޔައީ ކަންނެއް ހިނގުމެއްގައެވެ. ރާއިދަކީ ރިސޯޓުގައި ގަޑިއަށް ސަމާލުކަންދޭ މުވައްޒަފުންގެ ތެރޭގައި ހިމެނޭ މުވައްޒަފެކެވެ. ޑިއުޓީ ފެށުމާއިއެކު ގެސްޓުންނަށް ދޭންޖެހޭ ޚިދުމަތްތައް ހުރިނެތްގޮތް ބެލުމަށް ފަހު ކޮފީއަކަށް ދިއުމަކީ ރާއިދުގެ އާދައެވެ. ކޮފީ ޝޮޕާއި ކައިރިއަށް އާދެވުމުން ފެނުނު ދޮން އަންހެން ކުއްޖާއަށް ރާއިދު ހިނިތުން ވެލިއެވެ.
އޭގެ ފަނަރަ ވަރަކަށް މިނިޓްފަހުން ރާއިދު ކޮފީ ޝޮޕުން ނިކުމެ އޮފީހާ ދިމާއަށް ހިނގައިގަތެވެ.
” ކޮންނަމެއް ކިޔަނީ” ފަހަތުން އިވުނު އަންހެން އަޑަށް ރާއިދު ބަލައިލިއެވެ. އޭރު ކުރީން ފެނުނު އަންހެން ކުއްޖާ ހުއްޓާ ރާއިދުއަށް ފެނުނެވެ.
” ރާއިދު” އަނެއްކާވެސް އޭނާއަށް ހިނިތުންވުމެއް ދިނުމަށްފަހު ބުނެލިއެވެ.
” ޖޫލީ” އަންހެން ކުއްޖާގެ ނަން ބުނެލުމަށްފަހު ބަދަލުގައި ހިނިތުންވުމެއް ދީފައި އޭނާވެސް ދިޔައީއެވެ.
ރާއިދު ހޯދި ހޯދުމުން ޖޫލީ އައީ ރައްޓެހީން ތަކަކާއި އެކުކަން އެނގުނެވެ. ޖޫލީ ފިޔަވައި ދެންތިބީ ޖޯޑު ހަމަކޮށް އައިސްކަން ރާއިދު އާއި އެކު މަސައްކަތް ކުރާ ޒާނިމް މަޢުލޫމާތު ދިނެވެ.
ދުވާލަކު ދެތިން ފަހަރު ޖޫލީއާއި ރާއިދު ބައްދަލް ވުމުގެ ސަބަބުން ރަޙްމަތްތެރިކަން އުފެދެން ފަށައިފިއެވެ. ޖޫލީ ބުނާ ކުދި ކަންތައްތައް ކޮށްދޭތީ ރާއިދުއަށް ޖޫލީގެ ފަރާތުން ޑޮލަރު ލިބެމުން ދިޔައެވެ. އެގުޅުން އެއަށްވުރެ ގާތްވުމަކަށް މާގިނަ ދުވަހެއް ނުނެގިއެވެ. ރާއިދުގެ ހިތް ބުނަމުން ދިޔައެވެ. ތިއޮތީ މުދާ ގަނޑަކާ ލައްވާލާފައެވެ. އެކަހަލަ މުއްސަނދީން އަބަދަކު ނުލިބޭނެއެވެ. ވަގުތުގެ ބޭނުން ހިފާށެވެ.
ރާއިދުގެ އުޅުމަށް ބަދަލު އަންނަން ފެށީ އެހިސާބުންނެވެ. ޖޫލީގެ އަޅަކަށް ރާއިދުވީ ފައިސާގެ ދަހިވެތިކަމުގައެވެ. މުއްސަނދި ވުމުގެ ބޭނުމުގައެވެ. ޖޫލީ އަކީ މުއްސަންޖެއްކަން ރާއިދު ޔަޤީންވީ އަހަރަކު އެއްފަހަރު ކަހަލަ ގޮތަކަށް ޖޫލީ އެރިސޯޓަށް އަންނާތީއެވެ.
” ހުޅަނގުގެ ދަޅައަށް ރާއިދުވެސް ހެއްލެން ފެށީ… ރަށުގަ ހުރި ލޯބިވެރިޔާއަށް ހަދާނީ ކިހިނެއް؟” ޒާނިމް މަލާމާތުގެ ގޮތަކަށް ބުނެލިއެވެ.
” ދުނިޔޭގައި އުޅެންޖެހޭނީ އުފަލާއި އަރާމުގައި. އެކަހަލަ ކަމެއް ލިބުމުން ދެން އިތުރަށް ވިސްނުމުގެ ބޭނުމެއްނެތް.” ރާއިދު ބޭނުންވަނީ ޖޫލީކަން އޭނާގެ ވާހަކައިން އެނގުނެވެ.
ރާއިދު ކުރީން ނިންމާފައި އޮތީ މިފަހަރުގެ ޗުއްޓީއަށް ރަށަށް ގޮސް އަފާ އާއި ކައިވެނި ކުރާގޮތަށެވެ. ޖޫލީއާއި ދިމާވުމުން އެނިންމުން ބަދަލު ކުރުމަށްފަހު އޮސްޓްރޭލިޔާ އަށް ދިއުމަށް ނިންމީއެވެ.
” އަހަރެން ބޭނުންވަނީ ރާއިދުއާ އިންނަން.” ޖޫލީ މަޤްޞަދު ރާއިދުއަކަށް ނޭނގެއެވެ. ޖޫލީ އާ ގުޅުނުފަހުން ޢާއިލާ އާއި އޮންނަ ގުޅުން ކެނޑިއްޖެއެވެ. ޢާއިލާއިން ޤަބޫލު ކަމަކަށް ނުވާތީއެވެ. އަފާއަށް ގުޅާކަށްވެސް ރާއިދު ބޭނުމެއް ނޫނެވެ. އަފާ ގުޅާ ފަހަރަކު ބިޒީއޭ ބުނެ ފޯނު ބާއްވާއެވެ. ރާއިދުއަށް ފެންނަނީ ޖޫލީގެ ރަނގަޅު ކަންތައްތަކެވެ. ޖޫލީގެ ރީތި ކަމެވެ. އަދި ޖޫލީގެ މުއްސަނދި ކަމެވެ. ރާއިދު ޖޫލީއަށް އިސްލާމް ދީން ހުށަހެޅިއެވެ. ޖޫލީ ހުރީ ރާއިދު އެދޭގޮތަކަށް އުޅެން ތައްޔާރަށެވެ.
ރާއިދު އާއި ޖޫލީގެ ކައިވެނި ކުރީ މާލެ ގޮސް ޢާއިލީ ކޯޓުގައެވެ. ކައިވެންޏަށްފަހު ޖޫލީގެ ނަން ޖަޔާއަށް ބަދަލު ވެއްޖެއެވެ. ދެންއޮތީ އޮސްޓްރޭލިޔާއަށް ދިއުމުގެ ދަތުރެވެ. ރާއިދު އުފަލުން ގޮސް ހުރީ ހިތްހުއްޓޭ ވަރުވެފައެވެ. އެހާރީތި އަދި މުއްސަނދި ކުއްޖެއް ލިބޭނެއޭ ހިތަށްވެސް ނާރާ ހުއްޓާ ލިބުނު މަލެއް ކަހަލަ އަންހެން ކުއްޖާއަށް ރާއިދު ހުރީ ޖާނުން ޤުރުބާންވާން ތައްޔާރަށެވެ. އޮސްޓްރޭލިޔާއާށް ދެވެންދެން މާލޭގައި މަޑުކުރި ދެތީން ދުވަހު ﷲގެ ޙަޟްރަތުން ދުވާލަކު ގޮވާލެވޭ ފަސްފަހަރުން ކުރެ އެންމެ ފަހަރަކުވެސް ރާއިދުއަށް އިޖާބަ ދެވޭ ވަރެއް ނުވެއެވެ. ރާއިދުގެ އަންހެނުން ޖަޔާގެ ޤައިދުގައި ރާއިދު ހައްޔަރުވެފައިވަނީ ދުނިޔޭގެ އުފަލަށެވެ.
އޮސްޓްރޭލިޔާއަށް ދެވުމާއި އެކު ރާއިދު އަށް ކަންތައްތައް ފެންނަން ފެށީ މުޅިން އިދިކޮޅަށެވެ. ޖަޔާއަކީ މުއްސަންޖެއް ނޫނެވެ. އާދައިގެ ޢާއިލާއެކެވެ. މިމީހުން ރާއްޖެ އަންނަނީ މިލިއަނަރުންގެ ގޮތުގައެވެ. އެގެއަށް ދެވުމުން ޖަޔާގެ މަންމައައި ބައްޕަ ވަރަށް އުފާވެފައި ތިބީ ރާއިދު ގެނެވުނީ އެގޭގެ މަސައްކަތް ކުރަން ކަމުގައި ޖޫލީ މަންމަމެން ގާތު ބުނުމުންނެވެ.
” މިތަނުގައި ޖަޔާ ނުކިޔާތި… މިހާރު މިއީ ޖޫލީ.. ” ރާއިދު ހީކުރީ މަންމަމެން ހިތްހަމަ ނުޖެހޭނެތީ އެގޮތަށް ހަދަން ޖޫލީއަށް މަޖުބޫރުވީ ކަމަށެވެ. ފުރަތަމަ ޤަވާޢިދަށް ރާއިދު އެއްބަސްވިއެވެ. ޖޫލީ މެންނަކީ މުއްސަނދީންނަށް ނުވާއިރު،ފައިސާ ހޯދަނީ ކިހިނެއް ހެއްޔެވެ؟ ރާއިދު ވިސްނަމުން ގެންދިޔައެވެ. ދެތީން ދުވަސް ވީއިރު ޖޫލީގެ އުޅުން ރާއިދުއަށް ދަސްވާން ފަށައިފިއެވެ.
ދެވަނަ ހުށަހެޅުމަށް އެއްބަސް ނުވި ނަމަވެސް ދެކޮޅަށް އެއްޗެކޭ ބުނެވޭކަށް ނެތެވެ. ޖޫލީ އަކީ ނައިޓް ކުލަބުގެ މެމްބަރެކެވެ. މަސާޖު ޕާރލްގެ މުވައްޒަފެކެވެ. އެކަހަލަ މަސައްކަތް ކުރުމުން މާގިނައިން ފައިސާ ލިބޭ ކަމަށް ޖޫލީ ބުންޏެވެ.
ރޭގަނޑުވުމުން ފިލްމް ސްޓާރެކޭ އެއްވަރަށް ޖޫލީ ނަލަހެދެއެވެ. އެއަށްފަހު ނައިޓް ކުލަބަށް ދަނީއެވެ. ގެއަށް އަންނަނީ މެންދަމުން އަލިވެ ތިނެއް ޖަހާއިރު އެވެ. ދުވާލުވެސް ގިނަ ވަގުތު އުޅޭނީ ގެއިން ބޭރުގައެވެ. ޖޫލީ ދެކޭ ގޮތުގައި އަންހެނުން އަބަދު ގޭގައި ތިބޭނަމަ ސިފައަށް ބަދަލު އަންނާނެއެވެ. އަވަހަށް މުސްކުޅި ވާނެއެވެ.
” ޖޫލީ…. ރޭގަނޑު ތަންތަނަށް ދަނީ ކީއްކުރަން” ރާއިދު ބެލީ ޖޫލީއަށް ވިސްނައި ދިނުމަށެވެ.
” ފައިސާ ހޯދަން.. ކަލޭމެން ރާއްޖޭގެ މީހުން ހީކުރަނީ އަހަރެމެންނަކީ މުއްސަނދީން ކަމަށް ދޯ… އަހަރެމެން ފައިސާ ހޯދަނީ ހާދަވަރުންނޭ. އެފައިސާ އަހަރެމެން ހޭދަ ކުރަނީ ދިވެހިރާއްޖެއަށް. އޭގެ ބަދަލު ހޯދަން އަހަރެން ބޭނުމީ..” ޖޫލީގެ ވާހަކައަށް ރާއިދު އެއްޗެކޭ ނުބުނެއެވެ. ރާއިދު ބޭނުންވަނީ ރަނގަޅު ދިރިއުޅުމެއް އުޅޭށެވެ.
” ހިނގާ ރާއްޖެއަށް ދާން… އޭރުން ޖޫލީ ގޭގަ ބައިންދައިގެން އަހަރެން ޚިދުމަތް ކޮށްދޭނަން. ތިހެން އުޅެންވީ ކީއްކުރަން.”
” މިތަނުގައި ލިބޭ ކަހަލަ އުފަލެއް ނުލިބޭނެ… ގޭގައި ބަނދެވިފައި އިނުމަކީ އަހަރެމެންގެ އާދައެއް ނޫން.”
ޖޫލީ ހަމަ މަގަށް އެޅުވޭތޯ ރާއިދު ކުރި މަސައްކަތްވީ ބޭކާރެވެ. އެންމެފަހުން ރާއިދު އަށް ޖެހުނީ އެގޭގެ ނޯކަރެއްގެ ރޯލް އަދާކުރާށެވެ. ޖޫލީ އާއި އިނީ ޢާއިލާ އާއި ދެކޮޅަށް ކަމަށްވީތީ އެންމެ ކުޑަމިނުން މަންމަ އާއި ބައްޕައަށް ގުޅާލަންވެސް ރާއިދުއަކަށް ނުކެރުނެވެ.
ރާއްޖެ އައުމަށް ރާއިދު ކިތަންމެ ބޭނުންވިއަސް އެކަމެއްވެސް ނުވިއެވެ. ޕާސްޕޯރޓް އޮތީ ޖޫލީ ފޮރުވާފައެވެ. ޖޫލީގެ އެގްރިމެންޓްގައިވާ ގޮތުން ރާއިދު ޖެހޭނީ އެގޭގައި އެއްއަހަރު މަޑުކުރާށެވެ. އޭގެ ފަހުން ނޫނީ ރާއްޖެ އަށް ނުދެވޭނެކަމަށް ޖޫލީ ވަނީ އަންގާފައެވެ. ގޭގެ ގިނަ މަސައްކަތް ކުރުމަކީ ރާއިދުގެ ޒިންމާއެވެ. ރާއިދުއަށް ކުރިން ޖޫލީ ދެއްކީ ކުލަ ހުވަފެންކަން ވިސްނުނީ އެހިސާބުންނެވެ.
ޖޫލީ ކަންތައް ކުރަން ފެށި ގޮތުން ރާއިދުގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ކެވެނީވެސް މަދު ފަހަރަކުއެވެ. ރާއިދު ވިސްނަމުން ދިޔައީ ރާއްޖެ އަންނާނެ ގޮތަކާއި މެދުއެވެ. ކޮންމެ ރެއަކު ރާއިދުގެ ކަމަކީ ޕާސްޕޯރޓް ހޯދުމެވެ. ނުވަމަސް ފާއިތުވެ ދިޔަފަހުން އެއްދުވަހަކު ރާއިދުއަށް އޭނާގެ ޕާސްޕޯރޓް ފެނުނީ އެގޭގައި ހުރި މަރާމާތު ކުރާ ތަކެތި ހުރި ގުދަނެއް ކަހަލަ ތަނެއްގެ ތެރޭގައިވާ ފޮށިގަނޑެއްގެ ތެރެއިންނެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން އެތައް ދުވަހެއްގެ ފަހުން ރާއިދުއަށް ﷲގެ މަތީން ހަނދާން ވިއެވެ.
ނުވަމަސްފަހުން ޖޫލީ އާއި ސިއްރުން ރާއިދުއަށް ރާއްޖެ އާދެވިއްޖެއެވެ. ހިކިކަމުން ފެންނަ މީހަކަށް އެއީ ކާކުކަން ވަކިކުރަން އުނދަގޫ ވާނެއެވެ. މާލެ އާދެވުމާއިއެކު ރައްޓެހި ޒާނިމް އާއި ގުޅާލީ ގޭގެ ޚަބަރެއް ހޯދުމަށާއި އަފާގެ ޙާލު ބެލުމަށެވެ.
” ގޭ އެންމެންވެސް ރަނގަޅު… އަފާ މީހަކާ އިނީ މިދިޔަމަހު. ކޮބާ އަނބި ޖޫލީ؟” ޒާނިމްގެ ވާހަކަޔަށް ބުނާނީ ކީކޭ ހެއްޔެވެ؟
” ޖޫލީ އަކީ ބޮޑު މަކަރު ވެރިއެއް. ފަހުން ގުޅާނަން” އެހާ ހިސާބުން ފޯން ކަނޑާލީ އިތުރަށް ޒާނިމްއަށް އެވާހަކަތައް ހިއްސާ ކުރަން ބޭނުން ނުވާތީއެވެ.
ކުރެވުނު ހިތި ތަޖުރިބާއަށް ބަލާފައި އަނެއްކާވެސް އާހިތްވަރަކާއިއެކު ރާއިދު ވަޒީފާއެއް ހޯދިއެވެ. މިފަހަރު ވަޒީފާ ހޯދީ މާލެއިންނެވެ. ރިޒޯޓް ވަޒީފާއަށް ދެން ދުވަހަކުވެސް ރާއިދު ނުދާނެއެވެ. އަދި އެކަހަލަ ދޮން އަންހެނެއްގެ މަޅީގައި ނުވެސް ޖެހޭނެއެވެ.
އަވާމެންދުރު ފަހަތުން ކިތަންމެ ވަރަކަށް ހިނގިއަސް އެއީ ޙަޤީޤަތަކަށް ނުވާނެކަން ރާއިދުއަށް އެނގިއްޖެއެވެ. ލިބުނު އަންހެނެއްގެ ސަބަބުން ރާއިދުގެ ޙަޔާތް ބަރުބާދު ވިއަސް އާ ޢަޒުމަކާއި އެކު ދެވަނަ ކައިވެއްޏެއް ރާއިދު ކުރިއެވެ. ޒާނާއަކީ ގެވެހި ދިރިއުޅުމެއް އުޅޭ ރަނގަޅު ކުއްޖެކެވެ.
އެއީ އުފާވެރި ކައިވެންޏެކެވެ. ޙަޔާތުގެ ދަންމަރު ރޯކުރުމުގައި އެމީހަކާ އެކަށީގެންވާ ވަރުގެ މީހަކު ހޯދުން އެއީ އެންމެ މުހިއްމު ކަންތައް ކަމުގައި ރާއިދުއަށް ވިސްނުނެވެ. ( ނިމުނީ)

Comments (171)

  1. އަހަރެން

    ވ. އިބްރަތް ތެރި…

  2. ހަބީބާ

    މިއީ ދިވެހި ފިރިހެނުން އުޅޭގޮތް… ވަރަށްރީތި

  3. ރިޒް

    ވަރަށް ފުރިހަމަ… ވަރަށް ޢިބްރަތްތެރި….މި ވާހަކައިން ވެސް ޢިބްރަތް ލިބިގަނެ މާތްﷲ އަންގަވާ ފައިވާ ގޮތަށް ޢަމަލް ތައް ބަހައްޓާނަމަ ރަނގަޅު….

  4. ކަމަނަ

    ބޭރުމީހުންގެ ދަލުގަ ޖެހޭ ފިރެހެނުން ވަރަށް ގިނަ….ހަމަ ކޮންމެ މީހަކަން އެފަދަ ގޮތެއް ދިމާނުވެދާނެ….އެކަމަކު ކޮންމެވެސް ހިސާބަކުން އޮންނާނީ ލަނޑެއް ލިބިފަ……ވާހަކަ ހަމަ ހަބޭސް
    ަާ

  5. އައި

    ވަރަށް ރީތި

  6. ރޭންޖަރ

    ވާހަކަ ވަރަށް ސަޅި…. އަދިވެސް މިކަހަލަ ވާހަކަ ލިޔާތި

  7. އިމިލީ

    ވ. ރީތި އަދި އިބްރަތްތެރި

  8. މިތުރާ

    ވާހަކަ ހަމަ ހަބޭސް
    ެެޭ

  9. އަޙުމަދު

    ޢިބުރަތުން ފުރިގެންވާ ވާހަކައެއް. މިކަހަލަ އިތުރު ވާހަކަ ތަކެއް ލިޔާނެ ކަމަށް އިއްމީދު ކުރަން.

  10. އައިޝާ

    ވަރަށް ރީތި ވާހަކައެއް

  11. ޝަފޫ

    ވ. އިބްރަތް ތެރި ވަރަށް ރީތި.

  12. އރސ

    ވަރަށް ރީތި ވާހަކައެއް. އަދިވެސް މިކަހަލަ ރީތި ވާހަކަތައް ލިޔާތި

  13. މޝހނ

    ވަރަށް ރީތި ވާހަކަ. އަދިވެސް މިކަހަލަ ރީތި ވާހަކަ ލިޔާތި

  14. ޢައިޝާ

    ހާދަ އިބްރަތްތެރި ވާހަކައެއް. އަދިވެސް މިކަހަލަ އިބްރަތްތެރި ވާހަކަތަކުގެ އިންތިޒާރުގަ

  15. ޝަހީ

    ހާދަ ރީތި ވާހަކައެއް.

  16. ފާތުން

    ވާހަކަ ވަރަށް ރީތި

  17. ސަރޫ

    ވަރަށް ރީތި ވާހަކައެއް

  18. ޝާފިއާ

    ހާދަ ރީތި ވާހަކަ އެއް

  19. ހަފޫ

    ވާހަކަ ވަރަށް ރީތި

  20. ހައްޖަ

    ހާދަ ރީތި ވާހަކައެއް. އަދިވެސް މިކަހަލަ ރީތި ވާހަކަތަކުގެ އިންތިޒާރުގަ މިހުރީ

  21. ނާހިދާ

    ވަރަށް އިބްރަތްތެރި ރީތި ވާހަކަ އެއް

  22. ދުންޔާ

    ވަރަށް ރީތި ވަރަށް އިބްރަތްތެރި ވާހަކައެއް

  23. ފިތޫ

    ހާދަ ރީތި ވާހަކަ އެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ ރީތި ވާހަކައެއް ގެނަސް ދިނީމަ

  24. ފަސާ

    މިއީ މިހާރު ދިވެހި ފިރިހެނުން އުޅޭ ގޮތް. ވަރަށް އިބްރަތް ތެރި ވަރަށް ރީތި

  25. ފަލަކު

    ވަރަށް އިބްރަތް ތެރި… ވަރަށް ރީތި

  26. ތުޤާ

    ވަރަށް ރީތި

  27. އަލީނާ

    އޯހ…….. ހާދަ ރީތި ވާހަކައެއް ވަރަށް ސަޅި

  28. ސުބާ

    ވާއް ހާދަ ރީތި ވާހަކަ އެކޭ. ވަރަށް ވވވވވވވވ ރީތި

  29. ޝަހޫ

    ވަރަށް ރީތި ވާހަކަ

  30. ސާދި

    މިހަމަ މިހާރު ދިވެހި ގިނަ ފިރިހެން ކުދިން އުޅޭ ގޮތް. ވާހަކަ ވަރަށް ރީތި

  31. ސުދޫ

    ވަރަށް ރީތި ވާހަކައެއް ވަރަށް ބޮޑަށް ޝުކުރިއްޔާ

  32. މަރްޔަމް

    ވަރަށް ރީތި ވާހަކަ އެއް

  33. ހަސީ

    ހާދަ ރީތި ވާހަކައެއް. ވަރަށް ކިޔާހިތްވާ ކަހަލަ ވާހަކައެއް

    1. leading culprits
      ހަސީ

      If time is money you’ve made me a wealthier woman.

  34. ޝީން

    ވަރަށް އިބްރަތްތެރި ވަރަށް ރީތި މިވާހަކަ. ލިޔުނު ފަރާތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ

  35. ސިފާ

    ވަރަށް ރީތި

  36. ހައި

    ވަރަށް ރީތި ވާހަކަ

  37. ނަސޫ

    ވާހަކަ ވަރަށް ރީތި. ހަބޭސް ހަމަ

  38. ރަހޫ

    ވަރަށް އިބްރަތްތެރި ރީތި ވާހަކައެއް ކިޔާލަށް ލިބުނީމަ ވަރަށް އުފާވެއްޖެ. ވަރަށް ރީތި

  39. ހައްވަ

    ވވވވވވވވވވވވވވވވވވވ ރީތި ވާހަކަ

  40. އައިންތު

    ވާހަކަ ހަމަ ހަބޭސް

  41. ސަރޫ

    ވަރަށް ރީތި ވާހަކައެއް. ވަރަށް އިބްރަތްތެރި.

  42. ަަްއާސިމް

    ވަރަށް ސަޅި……..

  43. ު

    ވ.ރިިީތި

  44. ުޖިިިީ

    ވަރަށް ރީތި

  45. ގަދަ ކަލޭ

    ވ ވ ވ ވ ވ ވ ރީތި. ގިނަ ގިނައިން ވާހަކަ ލިޔުއްވުމަކީ ވަރަށް ބޮޑު އެދުމެއް. 🙂

  46. ކާސިމު

    މަވެސް މިއީ އަސްމާގެ ފޭން އެއް. ވާހަކާ ވ.ރީތި.

  47. އައިސާ

    ވަރަށް ރީތި ވަހަކައެއް

  48. ނަބަާހާ

    ވ ރީތި…. ވ އިބްރަތް ތެރި

  49. ރަހުމާ

    ވާހަކަ ގެނެސް ދީފައިވާ ގޮތް ވަރަށް ކަމުދޭ… އިތުރު ވާހަކަތައް ފެންނާނެ ކަމަށް އުއްމީދު ކުރަން.

  50. މުޙައްމަދު އަޙުމަދު

    މިވާހަކައިން ލިބޭ ޢިބްރަތަކީ ދިވެހި ފިރިހެނުން ދޮން އަންހެނުންގެ އަވާގައި ޖެހި ގެއްލި ހަލާކުވާކަން. ދިވެހިރާއްޖޭގެ ވަރަށް ގިނަ ފިރިހެނުން ބޭރު އަންހެނުންނާ އިންނަނީ މުއްސަނދި ވާނެ ކަމަށް ހީކޮށް. އެންމެ ފަހުން ލިބެނީ ލަނޑު. ވާހަކަ ވަރަށް ކަމުދޭ.

  51. ރަހީލަ

    އަސްމާ ވާހަކަ ވަރަށް ރީތި. ވަރަށް އިބްރަތްތެރި

  52. މަލަކް

    ހާދަ ރީތި އިބްރަތްތެރި ވާހަކައެއް. ވާހަކަ ލިޔުނު ފަރާތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ

  53. ހަސީނަ

    ވަރަށް ސަޅި

  54. ފާތުމަތު

    ވަރަށް ހަބޭސް

  55. ހައްވަ

    ވަރަށް އޮބި

  56. މަރްޔަމް

    ހާދަ ރީތި ވާހަކަ އެއް

  57. ނިޝް

    ވާއް!!!!!!!! ހާދަ ރީތި ވާހަކައެއް

  58. ޝަރުވާ

    ވަރަށް ރީތި ވާހަކަ

  59. އިޝާ

    ރިސޯޓްތަކުގަ އުޅޭ ފިރިހެންކުދިންނަށް ވަރަށް ހާއްސަ ވާހަކައެއް. ވަރަށް އިބްރަތްތެރި

  60. ހަދީ

    ވަރަށް ރީތި………….

  61. އީލާފް

    ވަރަށް ރީތި ވާހަކަ. ހަމަ ހަބޭސް

  62. އައިލީން

    ވަރަށް ރީތި……….

  63. ލީމް

    ވަރަށް އިބްރަތްތެރި ރީތި ވާހަކަ އެއް

  64. އިރާޝާ

    އިބްރަތްތެރި ރީތި ވާހަކައެއް

  65. ޖަމީ

    ހާދަ އިބްރަތްތެރި ރީތި ވާހަކަ އެކޭ……………..

  66. މިތުރު

    ވ.ރީތި ވާހަކައެއް

  67. އަވަންޓެރިޔާ

    ވަރަށް ރީތި ވާހަކައެއް

  68. އހއފ

    ވަރަށް ސަޅި

  69. ހައި

    ވަރަށް ރީތި ވާހަކައެއް އަދިވެސް މިކަހަލަ ވާހަކައެއް ލިޔާތި

  70. ލަތީ

    ވަރަށް ރީތި

  71. އުސް

    ރީތި

  72. މިންހާ

    ވަރަށް ރީތި

  73. މޫމިނާ

    ވަރަށް އިބްރަތްތެރި

  74. ނަހުލާ

    ރީތި

  75. އުއްމު

    ވާހަކަ ވަރަށް ރީތި

  76. އާޝި

    ވަރަށް އިބްރަތް ތެރި ރީތި ވާހަކައެއް

  77. އަޝްފާ

    ވަރަށް ކަމުދޭ

  78. އަޒޫ

    ވަރާށް ރީތި

  79. އާއި

    ވަރަށް ނައިސް

  80. އާތި

    އިބްރަތްތެރި ރީތި ވާހަކަ އެއް

  81. އަޒް

    ރީތި

  82. ޝައު

    ވަރަށް އިބްރަތްތެރި

  83. ހަލީ

    ވ. ރީތި

  84. ޒަރީ

    ވަރަށް އިބްރަތްތެރި. ދިވެހި ފިރިހެން ކުދިންނަށް ޙާއްޞަ

  85. ޒުލޭ

    ވަރަށް ރީތި

  86. ޒުހުރާ

    ދިވެހި ފިރިހެނުންނަށް ޙާއްޞަ އިބްރަތްތެރި ރީތި ވާހަކައެއް. ލިޔުނު ފަރާތަށް ޝުކުރިއްޔާ

  87. ހައުލާ

    ވވވވވވވވވވވވވވވ އިބްރަތްތެރި

  88. މޫނިސާ

    ވަރަށް ރީތި. އަސްމާއަށް ޝުކުރިއްޔާ

  89. ހއ

    ވަރަށް ރީތި

  90. ސަރީ

    ވަރަށް އިބްރަތްތެރި ރީތި

  91. ސަމްސު

    ވަރަށް އޮބި

  92. ޔުމްނާ

    ރިސޯޓްތަކުގައި އުޅޭ ދިވެހި ފިރިހެން ކުދިންނަށް ހާއްޞަ. ވަރަށް ރީތި

  93. މަލީނާ

    ވަރަށް އިބްރަތްތެރި

  94. މިއާ

    އަސްމާ! ވަރަށް ރީތި މިވާހަކަ

  95. ޒޯހާ

    އިބްރަތްތެރި ރީތި ވާހަކައެއް

  96. ބަލްމާ

    ވަރަށް ރީތި

  97. ބަތީލު

    ހާދަ ރީތި ވާހަކަ އެކޭމި. އަސްމާ އަށް ޝުކުރިއްޔާ

  98. ދާރާ

    ވަރަށް އިބްރަތްތެރި

  99. ނިއުމާ

    ވަރަށް އިބްރަތްތެރި. އަދިވެސް މިކަހަލަ އިބްރަތްތެރި ރީތި ވާހަކަ ލިޔާތި އަސްމާ

  100. ޒައީމާ

    ވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވ ރީތި

  101. ޒައިނާ

    ވަރަށް ރީތި.

  102. އުޝާ

    ވަރަށް އިބްރަތްތެރި

  103. ފަޒުނާ

    ވ. ރީތި އިބްރަތްތެރި

  104. ޖޫލިޔާ

    ހާދަ ރީއްޗޭ މިވާހަކަ

  105. ޝަހުމާ

    ވަރަށް އިބްރަތްތެރި

  106. ނަޒުމާ

    ރިސޯޓްތަކުގައި ދޮންކުދިން ފަހަތުގައި އުޅޭ ފިރިހެނުން ވިސްނާތި. ވ އިބްރަތްތެރި

  107. ނަދީމާ

    ވަރަށް ރީތި

  108. aishath703

    އަސްމާ ވަރަށް ރީތި އަދި ވަރަށް އިބްރަތްތެރި މިވާހަކަ. އަދިވެސް މިކަހަލަ އިބްރަތްތެރި ވާހަކަ ލިޔާތި

  109. ސާދިމާ

    ވަރަށް ރީތި

  110. ޝަހުލާ

    ވަރަށް އިބްރަތްތެރި

  111. aishath703

    އަސްމާ ވަރަށް ރީތި އަދި ވަރަށް އިބްރަތްތެރި މިވާހަކަ. އަދިވެސް މިކަހަލަ އިބްރަތްތެރި ވާހަކަ ލިޔާތި. ރިސޯޓުތަކުގައި އުޅޭ ދިވެހި ފިރިހެނުން ޙާއްޞަކޮށް ދޮން އަންހެނުން ފަހަތުގައި ދުވާ މީހުންނަށް ހާއްޞަ. ވަރަށް ރީތި

  112. Anonymous

    ވާހަކަ ޢިބްރަތްތެރި ވެފައި ވ.ރީތި.

  113. shiyam

    ޖޫލީމެން ކަހަލަ ނުޙައްޤު ފައިސާ ހޯދާ މީހުން ފަހަތުގައި އުޅޭ ދިވެހި ފިރިހެނުންނަށް ޢިބްރަތެއް ލިބޭނޭ ކަމަށް ހީކުރަން. ވާހަކަ ވަރަށް ރީތި.

  114. އަމީ

    ވަރަށް ރީތި

  115. ލަހޫ

    ވަރަށް އިބްރަތްތެރި

  116. ޝީރީން

    އިބްރަތްތެރި ރީތި

  117. ސަހީރަ

    ވަރަށް ރީތި

  118. ސަމީ

    އިބްރަތްތެރި

  119. ޝިފާޒާ

    ވާހަކަ ވަރަށް ރީތި

    1. Noey
      ޝިފާޒާ

      That really caruepts the spirit of it. Thanks for posting.

  120. ޝިފާ

    ވަރަށް އިބްރަތްތެރި ރީތި ވާހަކައެއް

  121. ޒިހޫ

    ރީތި ވާހަކައެއް

  122. ފެޒޫ

    އިބްރަތްތެރި ވާހަކައެއް

  123. ވަހީދާ

    ވަރަށް ރީތި. ވަރަށް ގިނަފަހަރު ކިޔާފިން

  124. ދުޢާ

    ރިސޯޓްތަކުގައި އުޅޭ ފިރިހެނުން މިވާހަކަ ކިޔާބަލަ. ވަރަށް އިބްރަތްތެރި

  125. އަސްވާ

    ވަރަށް ރީތި ވާހަކައެއް

  126. އާކިފާ

    ވަރަށް ރީތި

  127. އީމާން

    ހާދަ އިބްރަތްތެރި ވާހަކައެއް. ވަރަށް ރީތި………..

  128. ނަޒާހާ

    ވާއް!!!!!!! ހާދަ އިބްރަތްތެރި ވާހަކައެއް. އަސްމާ އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ

  129. ނިޒާމާ

    ވަރަށް ރީތި

    1. Hafeezullah
      ނިޒާމާ

      Your hoetnsy is like a beacon

  130. ނަސީރާ

    ވަރަށް އިބްރަތްތެރި

  131. aishath703

    އަސްމާ މިވާހަކަ އިބްރަތްތެރިކަމުން ކޮންމެ ދުވަހަކު އެއްފަހަރު ކިޔަން. ވަރަށް އިބްރަތްތެރި

  132. aishath703

    އިބްރަތްތެރިވެފަ އަދި ވަރަށް ރީތި ވާހަކަ

  133. aishath703

    މިއަދުވެސް މިވާހަކަ ކިޔާފިން. ވވވވވވ ރީތި

  134. aishath703

    އަދި ވަރަށް އިބްރަތްތެރިމެ

  135. aishath703

    އަދިވެސް އިބްރަތްތެރި ވާހަކައެއް ގެނަސްދީ

  136. aishath703

    ފަހުނޭވާ މިކޮޕީ ވާހަކައެއް. އަދި ޝައްކުބަލި ވެސް ކޮޕީ

  137. aishath703

    ވަރަށް ރީތި

  138. ރައިނީ

    ވަރަށް އިބްރަތްތެރި ވާހަކަ

  139. ރަނާ

    ވަރަށް ރީތި

  140. އަޔާ

    ވަރަށް ރީތި

  141. ނޫރީ

    ވަރަށް ރީތި ވާހަކަ

  142. ރީން

    އިބްރަތްތެރި

  143. ފަލަކްނާޒް

    ވަރަށް ރީތި

  144. ރައުނާ

    ވ. ރީތި

  145. ޝީޒާ

    ވ. ރީތި

  146. ޝަހުނާ

    ވ. އިބްރަތްތެރި ރީތި

  147. ނަޝީދާ

    ވ. ރީތި …………………

  148. ނާދިޔާ

    ވ. އިބްރަތްތެރި

  149. ޒާހިދާ

    ވ. ރީތި

  150. މޫންޓީ

    ވަރަށް ރީތި

  151. ނާހި

    ވ. ރީތި

  152. މާރިޔާ

    ވ. ނައިސް

  153. އަހޫލާ

    ފުރަތަމަ ޖުމްލައި ގައި “ގަޑި ސޯނާގެ އަޑަށް ރާއިދު އަށް…” މައްސަލައެއް އެބައުޅޭ…. ޗެކް ކޮއްލުން ރަނގަޅު ކަމައް ފެނޭ…

  154. ސަމާ

    ވާހަކަ ވަރަށް ރީތި

  155. ސަހުދު

    ވާހަކަ ވަރަށްރީތި

  156. އާމިލާ

    ވާހަކަ ވަރަށް ސަޅި

  157. ރުހުމާ

    ޢިބްރަތެރި ވާހަކައެއް

  158. ޖިހާދު

    ވާހަކަ ނައިސް

  159. ނީނާ

    ރީތި ވާހަކައެއް

  160. ބާރީ

    ވވވވވވވވވވވވ ރީތި

  161. ލުބުނާ

    ނައިސް

  162. ރީމާ

    ވާހަކަ ވވވވވވވވވވވވ ރީތި

  163. ނީލާ

    ވާހަކަ ހަބޭސް

  164. އަލީ

    ވާހަކަ ވަރަށް ރީތި

  165. މިޒުނާ

    ވާހަކަ ބެސްޓް

  166. asma

    މިވާހަކައަށް ލައިކް ދެއްވި ހުރިހާ ފަރާތްތަކަށާއި، ކޮމެންޓް ކުރެއްވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ……

    1. bulhinko
      asma

      kamaku nudeyraaidu ekoheyonuvaane ehnumikhala vaahaka liyaakamee dhn maa joolio

  167. v reethi

    V rethie

Comments are closed.