Skip to content
އެސްފިޔަ

އަނިޔާގެ ހަދިޔާ

އަނިޔާގެ ހަދިޔާ.
” މަންމާ! މަންމާ! ކިހިނެތްވީތަ؟ ކޮންހާ ލެޔެއް ތިއަންނަނީ؟ ހިނގާ ޑޮކްޓަރަށް ދައްކަންދާން.” މަތީނުގެ ހައިރާންވެފައިވާ މޫނު ފެނުމުން ރަޒީނާ އޭނާގެ އަނގަމަތީގައި އަތް އެޅުމަށްފަހުގައި ފާހާނާއަށް ދުއްވައިގަތެވެ.
“މަންމާ! މަންމާ! ދޮރު ހުޅުވަބަލަ! ކިހިނެތްވީތަ؟” ކަންބޮޑުވެފައިވާ މަތީނު ފާހާނާ ދޮރުގައި ތަޅަމުން އޭނާގެ މަންމައަށް ގޮވަމުން ދިޔައެވެ.
” ދަރިފުޅާ. މިއީ ކަމެއް ނޫން. ނިދާފައި އޮއްވާ ކެއްސުންގަނޑެއް އެރީކަމަށް ވާނީ. ދޭ ނިދާލަންދެން. މަންމަ ވެސް އިރުކޮޅަކުން ނިދަން މިއުޅެނީ.” އުމުރުން 7 އަހަރުގެ މަތީނު އަވަހަށް އެތަނުން ފޮނުވާލުމަށްޓަކައި ރަޒީނާ ބަހަނާއެއް ހަދާލިއެވެ.
” އޯކޭ މަންމާ. އެހެންވީމާ ކޮއްކޮ މިދަނީ ނިދަން. ވަރަށް ނިދިއާދޭ އެބަ.” ރަޒީނާ ކެއްސާއަޑަށް މަތީނަށް އެކޮޓަރިއަށް ވަދެވުމުން މަތީނުވެސް މަންމަ ހެދި ދޮގު ގަބޫ ކޮށްގެން ނިދަން ދިޔައެވެ.
” މަންމައަށް މައާފް ކުރޭ ދަރިފުޅާ. ދޮގުހަދާކަށް މަންމަ ބޭނުމެއް ނޫން. އެކަމަކު ތި ތުއްތު ސިކުނޑިއަށް މި ހުރިހާ ވާހަކަތަކެއް އަދި އަންގާކަށްވެސް ބޭނުމެއް ނޫން.” ރަޒީނާއަށް ލޯމަރާލަމުން ހިތާހިތާ ބުނެލެވުނެވެ.
” އެކަމަކު ކިހިނެތް އަބަދު ސިއްރުކުރާނީ ވެސް. އެއްދުވަހުން އަނެއް ދުވަހަށް މަތީނުވެސް އެ އަންނަނީ ބޮޑުވަމުން. ސުވާލު ގިނަވަމުން. ކޮންމެސް ދުވަހަކުން މި ވާހަކަތައް އޭނާއަށް ވެސް އެނގެން ޖެހޭނެ. ކިހިނެތް ހަދާނީވެސް. ކިހިނެތް ކެރޭނީ މީ މަންމައަށް މަތީނުގެ ބައްޕަ ދިން އަނިޔާގެ ހަދިޔާއެކޭ ބުނަން. އޭރުން މަތީނުވެސް އޭނާގެ ބައްޕައަށް ނަފުރަތު ކުރަން ފަށާނެ. އެހެންވާކަށް އެއްވެސް މަޔަކު ބޭނުމެއް ނުވާނެ. އެކަމަކު ނުބުނެ ގިނަ ދުވަހު ހުރެވޭކަށްވެސް ނެތް. އަހަރެންނަކީ ވެސް ކުޑަދުވަސްކޮޅެއްގެ މެހެމާނެއް.” މަތީނު ކޮޓަރި ދޮރުލައްޕާފައި ނިކުތްއަޑު އިވުމުން، ރަޒީނާ އަސަރާއިއެކު ހިތާހިތާ ބުނެލިއެވެ.
” އަވަހަށް ނިދަންދާންވީ. މާދެން މަތީނު ސްކޫލަށް ގެންދަން އަވަހަށް ހޭލަންވެސް ޖެހޭނެ.” ދަރިފުޅުގެ ކަންތައް ބަލަހައްޓާ އަދި ވަޒީފާ އަދާކުރާ ގެވެހި ދިރިއުޅުމެއް އުޅެމުންދާ ރަޒީނާ، ގަޑިން ދަންވަރު 1 ޖެހިއަޑު އިވުމުން އަވަސްވެގަތެވެ. ނަމަވެސް މޫނު ދޮވުމަށްޓަކައި ލޯގަނޑު ކުރިމައްޗަށް ހުއްޓުނުވަގުތު މުޅި މީހާ ގަނޑުވިއެވެ. އެއީ ރަޒީނާގެ ވަޅުވަދެފައިވާ ދެކޮލާއި ކައިރިކަޅުވެފައިވާ ދެލޯ ފެނިގެނެއް ނޫނެވެ. އޭނާގެ ނޭފަތާއި އަނގައިން އަންނަމުންދިޔަ ލޭތައް ފެނުމުންނެވެ. އުމުރުގެ މަދު ދުވަސްތައް މަތިން ހިތައް އަރާފައެވެ. ހިތިމާޒީ ހިތައް އަރާފައެވެ. މި ޚިޔާލުތަކުގައިވާ ރަޒީނާގެ ހިތުގެ ސަފުޙާތައް މާޒީގެތެރެއިން ފަރުދާވަމުން ގުނެމުން ދިޔައެވެ. މާޒީގެތެރެއަށް ރަޒީނާ ގެންދިޔުމަށް ހޭދަވީ މަދު ސިކުންތުކޮޅެކެވެ.
ޒިޔާދުއާ ރައްޓެހިވެގެން އުޅުނު ދުވަސްވަރު އަހަރެންނަކީ އެންމެ އުފާވެރި އިންސާނާކަމަށް ބުނަން ކެރިދާނެއެވެ. އެ އުފާވެރިކަންމަތީގައި އެންމެ ލޯބިވާ މީހާއާއި ކައިވެނި ކުރެވެމުން އަހަރެންމީ އެންމެ ނަސީބުގަދަ މީހާކަމަށް ވެސް ވިސްނުނެވެ. ނަމަވެސް މުސްކުޅިން ބުނާހެން، މީހެއްގެ ގޮތް އެނގޭނީ ހަމަ އެއް އޮޑިން ދަތުރުކޮށްލުމުންނެވެ. ކައިވެނި ކުރުމުގެ ކުރިން އަދި ކައިވެނީގެ ކުރީކޮޅުގައި ޒިޔާދުގެ ރަނގަޅުސިފަތައް ފެނުނު ކަމުގައި ވިޔަސް، ކައިވެންޏަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޒިޔާދުގެ އަސްލު ސިފަ އަހަރެންނަށް ފެންނަން ފެށިއެވެ. މީހަކާއި އަނގައިން ބުންޏަސް އަންރުޅި ބަލަން ކެތްނުވެއެވެ. އަތުގެ ހަމަލާތައް އަބަދު އަހަރެންނާ ދިމާލަށް އެކި ގޮތްގޮތަށް ދިޔައީ އަމާޒުވަމުންނެވެ. ނަމަވެސް އެއްވެސް ޝަކުވާއެއް ކުރުމެއްނެތި އަޅެއްގެ ގޮތުގައި ޒިޔާދާއިއެކު ބުނިހާކަމެއް ކޮށްގެން އަހަރެން އުޅެމުން ދިޔައީ އޭނާދެކެ ލޯބިވާލެއް ބޮޑުކަމުންނެވެ. ޚާދިމަކަށްވެގެން ހުރިހާ ކަމެއް ކޮށްދިނީ އަހަރެން ވެސް އުފަލެއް ބޭނުން ނުވާތީއެއް ނޫނެވެ. އަޅަކަށްވެގެން ހިދުމަތުގައި އިނީ އަހަރެންވެސް ބޭނުންތަކެއް ނެތިއެއް ނޫނެވެ. ލޯތްބެއް، އުފަލެއް، ހިނިތުންވުމެއް ބޭނުން ނުވާތީއެއް ނޫނެވެ. ހަމައެކަނި ޒިޔާދުގެ ލޯބި ލިބުން އެދިއެދި އެވެ. ނަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔައީ ހިތްދަތިކަމާއި މާޔޫސް ކުރިމަތި ކުރުވަމުންނެވެ. އެގޮތުގައި ކައިވެންޏަށް 2 އަހަރު ފުރުނެވެ.
” ޒިޔާދު. އަތްޖައްސާލަބަލަ. ހީވޭތަ ގޮތެއްހެން؟ އަހަރެންނަށް ހީވަނީ އަހަރެން ބަނޑުބޮޑުހެން.” އަލަށް މާބަނޑުވުމުން ލިބޭނެ އުފާލިބިފައި ހުރި ނިކަމެތި އަހަރެން، ފިރިމީހާގާތުގައި އުފަލުން އެދުނީމެވެ.
” ކަންތަކާ ޖެހުނީ. އަނެއްކާ އަނެއްކަންތައް. އަހަރެން ތި ދަރިފުޅާއި ގާތްވާނީ ވިހެއުމަށްފަހުގައި. ތި ހަށިގަނޑުގެ ތެރޭގައި އޮތްހާ ހިނދަކު އަހަރެންނަށް ތީ ނަޖިހެކޭ އެއްވަރު، ދުރަށްދޭ! އަހަރެންނާއި ކައިރިނުވާތި” އިންތިހާއަށް ލޯބިވާ ފިރިމީހާގެ ބަސްތައް އިވުމުން ހިތް ކުދިކުދިވެފައި އަހަރެން ހުރި ފިޔަވަޅުމަތީގައި ހުރެވުނީ ކިހާ އިރެއްވަންދެން ކަމެއް ވެސް ނޭނގުނެވެ.
” ކީއްވެ އަހަރެންދެކެ ތިހާވަރަށް ތި ރުޅިއަންނަނީ؟ އަހަރެންނަށް ކީއްކުރެވުނީ. މީ ޒިޔާދުގެ ދަރިޔެކޭ. އަހަރެން ގޯސްކަމެއް ނުކުރަން.” ބަނޑުގައި އަތްއަޅައިގެން ރޮމުންރޮމުން ހުރެ އަހަރެން އޭނާއާއި ވާހަކަ ދެއްކީމެވެ.
” އަހަރެންނަށް އެންމެ ރަނގަޅު އަހަރެންގެ ދަރިޔަކަސް، ތި އަންހެނާގެ ބަނޑުގައި އަހަރެންގެ ދަރިއެއް އޮންނާން އަހަރެންނަށް ކަމުނުދަނީ. ބަލާބަލަ ހުރި ސިފަ! ތެދަށް ބުނަންޏާ އަހަރެން މިހާރު އެއްވެސް ވަރަކަށް ލޯތްބެއް ނުވޭ. ބަނޑުބޮޑު ވާހަކަ ނުބުނިނަމަ މިއަދު މީ ވަރިކުރާ ދުވަސް. އަހަރެން ބޭނުންވަނީ އެހެން މީހަކާ އިންނަން. ދާން އުޅޭ މިތަނުން.” ހިކި ލޫޅާފަތި އަނަރޫފަވެފައިވާ އަހަރެން ދުރަށް ކޮށްޕާލަމުން ޒިޔާދު ބުނެލިއެވެ.
ޒިޔާދުގެ ބުނުންތަކުން ހިތްދަތި ކުރުވިކަމުގައި ވިޔަސް، ލޯބިވާ ދަރިފުޅު ބަނޑުގައި އޮވެ، އަހަރެންނާ ސަމާސާ ކުރަމުން ދިޔައީ އިންތިހާ ދަރަޖައަށް އަހަރެންނަށް އުފާވެރި އިހްސާސްތަކެއް ކުރުވަމުންނެވެ. މީގެ ކުރިން ދުވަހަކުވެސް ލިބިފައިނެތް އިހްސާސްތަކެއް ކުރުވަމުންނެވެ. ރޭގަނޑުގެ ގިނަވަގުތު އަހަރެން ދަރިފުޅާ އެކު ހޭދަކުރަމެވެ. ބަނޑުގައި ދަރިފުޅުއޮތަސް ތޮޅެލައި ހަދައެވެ. އަހަރެންނާއި އެކު ކުޅެއެވެ.
މިހެން ވަގުތު ހޭދަ ކުރުމުގެ ތެރެއިން ދުވަސްތައް ފާއިތުވެ، ބަނޑަށް 9 މަސް ވެއްޖެއެވެ. ނުވަމަސް ފުރުނު ދުވަހަކީ އަހަރެންގެ ހަށިގަނޑާއި ފުރާނަ ވަކިވެގެން ދިޔަދުވަހެވެ. ރަށުގެ ސިއްހީމަރުކަޒަށް ގޮސްފައި އަހަރެން ގެއަށް އައީ 1 ޖަހާއިރު ޒިޔާދު އޮފީހުން އަންނަންވާއިރަށް އަވަހަށް ކާން ހެދުމަށްޓަކައެވެ. ގޭގައި އަހަރެންނާއި ޒިޔާދުގެ އިތުރުން އެއްވެސް މީހަކު ނޫޅޭތީ އެކަނި ކެއްކުމުގެ ކަންތައް ކުރެވޭނީ ވަރަށް އަވަހަށް އުޅެގެންކަމަށް ވާތީ ވަރަށް އަވަސް ފިޔަވަޅުތަކެއްގައި ގެއަށް ވަދެ ކޮޓަރިއަށް ވަނީ އެއްޗެހި ބަދަލު ކުރުމަށްޓަކައެވެ. އެހެން ނަމަވެސް އަހަރެންގެ އެނދުގައި ހިލޭ އަންހެނަކާއި އެކު ނިދާފައި އޮތް ޒިޔާދު ފެނުމުން ބޭ އިޚްތިޔާރުގައި އަހަރެންނަށް ހަޅޭލަވައިގަނެވުނެވެ. އަދި ކުއްލިއަކަށް ހޭލެވުމުން ޒިޔާދު ސިއްސައިގެން ތެދުވެ އަހަރެންގެ ކަރުގައި ވަރަށް ބާރަށް ހިފިއެވެ. އަދި މަރާލަން ބޭނުންވާކަމަށް ބުންޏެވެ. ދަރިފުޅު ވިހެއުމުން މަރާލާނެކަމުގެ އިންޒާރު ދިންކަން އެނގުނެވެ. އަނބުރާގަނެގެން ވެއްޓުނީ ނޭވާ ނުލެވިގެންނެވެ. ވަރުބަލި ހަށިގަނޑާއެކު އަހަރެނަށް ހޭވެރިކަން ވެގެން ގަޑިބަލާލިއިރު 5.30 ވަނީއެވެ. އެދުވަހަށްފަހުގައި ޒިޔާދު ގެއަށް އަންނާނީ އަހަރެން ރޭގަނޑު ނިދީމައެވެ. މިހާލުގައި އަހަރެންވެސް އުޅޭކަށް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ވިހެއުމުން ކަންތައް ރަނގަޅުވާނޭކަމަށް ގަބޫލުކުރެވުނެވެ. މައިންބަފައިންގެ ގާތަށް ދާން ހިތައް އެރިކަމުގައިވިޔަސް އެ އުފަލެއް އަހަރެންނަކަށް ނެތެވެ. ބައްޕަވަނީ އަހަރެން ވަރަށް ކުޑައިރު މަރުވެފައެވެ. މަންމަވެސް އަހަރެން ޒިޔާދުއާއި ކައިވެނިކުރިތާ ހަފުތާއެއް ތެރޭގައި މަރުވިއެވެ. އެހެންނަމަވެސް އަހަރެން އެކަމަކާއި ޝަކުވާއެއް ނެތެވެ. ހުރިހާ ކަމަކާއި ވެސް ކެތްކުރީ ވަރަށް ކެތްތެރިކަމާއިއެކުއެވެ.
” ޒިޔާދު. ހޭލަބަލަ! އަހަރެންގެ ބަނޑަށް ވަރަށް ތަދުވޭ އެބަ. ޒިޔާދު.” ނިދާފައި އޮއްވާ ބަނޑަށް ތަދުވާތީ އަހަރެންނަށް ހޭލެވުމުން ޒިޔާދު ކައިރީގައި އޮއްވާ ފެނުމުން ގޮވަން ފެށިއެވެ.
“ހިނގާ އަވަހަށް ސިއްހީމަރުކަޒަށް ދާން.” އަޅާލުމުގެ ރާގަކަށް ޒިޔާދު ބުނި އަޑު އިވުމުން ވޭނުގައި އޮތް އަހަރެންގެ ހިތް އުފަލުން ފޮޅުނެވެ. އަދި އުފާވެރިކަމުގެ މަލަމަތި ފެންނަން ފެށީކަމުގައި ބެލެވުނެވެ.
ވިއްސާކޮޓަރީގައި 4 ގަޑިއިރު ވުމަށްފަހު، އަހަރެންނައް ލޯބިލޯބި ފިރިހެން ކުއްޖަކު ލިބިއްޖެއެވެ. އަދި ދަރިފުޅުގެ ބައްޕަ ވެސް ވިއްސާކޮޓަރިއަށް ވެއްދިއެވެ. ވިއްސުމަށް ހަވާލުވެގެން ހުރި ނަރުހަކީ ޒިޔާދުއާއި އެކު ނިދާފައި އޮތް ކުއްޖާއެވެ. ދަރިފުޅު އުރާލުމާއިއެކު ޒިޔާރު މާލާމާތުގެ ގޮތަކަށް އަހަރެންނަށް ހީލިއެވެ. އަދި ނަރުސް ކުއްޖާއަށް ބާލާލިއެވެ. އެއަށްފަހު ނަރުސްކުއްޖާ އައިސް އަހަރެންގެ ގަޔަށް ގުޅާފައި ހުރި ލޭފުޅި އެހެން ލޭފުޅިއަކާއި ބަދަލު ކުރިއެވެ. ވަރުދެރަވެފައި ވުމުގެ ސަބަބުން އަހަރެންނަށް އަނގައިން ނުބުނެވުނު ކަމުގައިވިޔަސް ކުރިމަތީގައިވީ ކަންތައްތައް ފެނުނެވެ. އަހަރެންގެ މަރު އަހަންނާ ބައްދަލު ކުރުވިއެވެ. އަހަރެންނަށް އޮޅުވާލިއެވެ. ދަރިފުޅު ވިހެއުމުން ދަރިފުޅާއި އަހަރެންވަކި ކުރުވުމަށްޓަކައެވެ. އަހަރެނަން ދީފައި އޮތް އިންޒާރު ހަގީގަތަކަށް ހެދިއެވެ. އެހެން ނަމަވެސް މި މަކަރުވެރި ރޭވުން އަހަރެންނަށް އެނގުނީ 1 އަހަރުވީފަހުންނެވެ. އަހަރެން ވަރިކުރުމުން ދަރިފުޅު ގޮވައިގެން މާލެއަށް ބަދަލުވުމުންނެވެ. އަދި އަނގައިންލޭ އަންނާތީ ޑަކްޓަރަށް ދެއްކުމުންނެވެ.
“ރިޕޯޓްތައް ބުނަނީ ކީކޭތޯ؟” އަހަރެން ޑަކްޓަރުގާތު އަހާލީމެވެ.
“ރިޕޯޓްތައް ބުނަނީ ރަޒީނާއަށް އޭ…އޭޑްސް ޖެހިފައިވާކަމަށް.” ފަސްޖެހުނުކަމުގައި ވިޔަސް ޑަކްޓަރު ބުނެލިއެވެ.
” އެކަމަކު އޭޑްސް ޖެހޭފަދަ އަމަލެއް އަޅުގަނޑު ނުކުރަން. ރިޕޯޓް ގޯހީ. އަލުން ލޭ… ގަބޫލުކުރަން އުނދަގޫވެހުރެ އަހަރެން ވާހަކަ ދެއްކީމެވެ.
” އޭޑްސް ޖެހޭފަދަކަމެއް ނުކުރެއްވިޔަސް އޭޑްސް ޖެހިދާނެ. މިސާލަކަށް އޭޑްސް ޖެހިފައިވާ މީހެއްގެ ލޭ އެޅުމުން..ނޫނީ އޭޑްސް ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ އިންޖެކްޝަނެއް ބޭނުން ކުރުންފަދަ ކަންތައް ހިމެނޭ.” ޑަކްޓަރު އަހަރެންނަށް އޮޅުން ފިލުވައިދިނެވެ. ” އެއްވެސް އިރެއްގައި ލޭ އެޅިންތަ؟” ޑަކްޓަރު ވަރަށް އާދައިގެ ގޮތަކަށް ސުވާލު ކޮށްލިއެވެ.
” އާނ.. އާނ…އާދެ!” ޑަކްޓަރުގެ މި ސުވާލު އިވުމާއި އެކު ޒިޔާދު އެންމެ ފަހުން އަހަންނާއި ދިމާއަށް ބަލަހައްޓައިގެން ހުރެ ހީލި ‘ ރަކި’ ހީލުމާއި އަދި ޒިޔާދުގެ އިޝާރާތައް ނަރުސް ކުއްޖާ އަހަރެންގެ ގަޔަށް ގުޅާފައި ހުރި ލޭފުޅި ހުސްނުވަނީސް ނެގިމަންޒަރު ލޮލުކުރިމަތީގައި މަންޒަރުވިއެވެ. އަދި މި މަންޒަރުގެ މައްޗަށް ކަޅުކުލައެއް ވެރިވިކަން އެނގުނެވެ. ހަމަ އެވަގުތު އަހަރެން އަނބުރައިގަނެގެން ވެއްޓުނެވެ.
ޓިން، ޓިން، ޓިން. ރަޒީނާ ޚިޔާލީ ދުނިޔެއިން ސިއްސުވާލީ ދަންވަރު ގަޑިން ތިނެއް ޖެހިކަން އަންގައިދިނުމަށް އެޅި ރަނގަބީލުންނެވެ. އަވަސްއަވަހަށް މޫނު ދޮވެލައި ފުންނޭވާއެއްލީ ލޯބިވާ ދަރިފުޅަށްޓަކައި ބާކީ މިއޮތް ކޮންމެ ވަގުތެއްވެސް އުފާވެރިކަމާއި އެކު ދިރިއުޅުމުގެ އަޒުމުގައެވެ. ފަހުނޭވާތައް ދަރިފުޅުގެ އަތުގައި ހިފައިގެން ހުރެ ލުމަށެވެ. ދަރިފުޅުގެ އުނގުގައި އޮވެ ފަހުނޭވާލުމަށްފަހު ލޯމަރާލުމަށްޓަކައެވެ.
ވަރުބަލިވެފައި ހުރި ރަޒީނާ އޭނާގެ ދަރިފުޅުގެ ކޮޓަރި ދޮރު ހުޅުވާލުމަށްފަހު އެތެރެއަށްވަނީ ވެއްޓޭ ނުވެއްޓޭ ހާލުގައެވެ. އަދި ދަރިފުޅުގެ ގާތުގައި އޮށޯވެ ދަރިފުޅުގެ އަތައް ޑައިރީ އާއި މޭޑިކަލް ރިޕޯޓް ލައިދިނީ ކޮންމެވެސް ދުވަހަކުން ހަގީގަތްތައް ދަރިފުޅަށް އެނގުމުގެ މަގުސަދުގައެވެ.
” މަންމާ! މީ ކޯޗެއް.” ނިދާފައި އޮތް މަތީނަށް ހޭލެވިގެން މަންމަ ގާތުގައި އެހިއެވެ.
” މީ ދަރިފުޅަށް މަންމަ ދޭން ޖެހޭ އެއްޗެއް. ކުށެއް ކުރެވިފައިވާނަމަ މަންމައަށް މައާފްކުރާތި. މަންމަ ދަރިފުޅުދެކެ ވަރަށް ލޯބިވޭ.” މަތީނުގެ ގައިގާ އޮޅުލައިގަންނަމުން ރަޒީނާ ބާރަށް ރޮއިގަތެވެ.
” މަންމާ. މަންމާ” ނޭފަތާއި އަނގައިން ލޭއަންނަމުން ދިޔަ ރަޒީނާއަށް މަތީނު ބަލައިލިއެވެ. ހަރަކާތް ކެނޑިފައި އޮތް ރަޒީނާގެ ހަށިގަނޑު މަތީނުގެ ހަށިގަނޑާއި ދުރުކުރަމުން މަތީނު ގޮވަންފެށިއެވެ. ވޭނުގައި ޒިންދަގީ ހޭދަކުރުމަށްފަހުގައި ލޯބިވާ ދަރިފުޅުގެ އަތުގައި ހިފައިގެން ހުރެ ލޯމަރާލީ ލޯބިވާ ފިރިމީހާ ދިން އަނިޔާގައެވެ.
***** ނިމުނީ *****

Comments (303)

  1. ސްކައިތް

    ވަރަށް ރީތި މިވާހަކަ 🙂

  2. aishath703

    ވަރަށް ރީތި

  3. ޝަމާ

    ވަރަށް ރީތި މިވާހަކަ.. މުބާރާތަށް ހުށައަޅާފަހުރި އެހެން ވާހަކަ ތަކާ ބަލާފަ
    އެންމެ ރީތީ މިވާހަކަ 🙂

  4. ެބެންން

    ބެސްޓް 🙂

  5. ރިޒޫ

    ވަރަށް ރީތި

  6. ille33

    ވަރަށް ރީތި

  7. ille33

    ބެސްޓް

  8. ޝަޒުމީނާ މުޙުސިން

    ވަރަށް ރީތި މިވާހަކަ….. 🙂

  9. ދީނާ

    ވަރަށް ސަޅި ، އަސަރު ގަދަ..
    ކަމުދާ ވާހަކަ އެއް..

  10. ނަސް

    ވަރަށް ސަޅި

  11. މާތު

    ވަރަށް ރީތި އަސަރުގަދަ ވާހަކައެއް.

  12. ސަމްލާ

    މާޝާﷲ. ވަރަށް ރީތި ވާހަކަ އެެއް. 🙁

  13. ސަމްލާ

    :). ގުޑް ވޯރކް ސިސްޓަރ

  14. ނުސް

    ވަރަށް ރީތި މި ވާހަކަ… ވަރަށް އަސަރުގަދަ… ހަމަ އަސްލުވެސް ރޮވިއްޖެ..

  15. ސަލު

    ސަލުލުލ

  16. ޑަލް

    ވަރަށް ވަރަށް ރީތި ވާހާކާ އެއް……… ވަރަށް މޮޅު…..

  17. ބަތްޝަބާ

    ވަރަށް ފުރިހަމަ ވާހަކައެއް.

  18. ޙަމްދާ

    ވަރަށް ރީތި ވާހަކަ ޑިއަރ… ސިފަކުރުންތައް ވެސް ވަރަށް ބަރާބަރު… 🙂

  19. މާކަނާ

    ވ ހަބޭސް

  20. އާޝި

    ވަރަށް ފުރިހަމަ ވާހަކައެއް. އެންމެ ރީތީ އިބާރާތް ކޮށްފައި ހުރިގޮތް. ދެން ހަމަ ހަބޭސް.

  21. އައްކަ

    ވަރަށް ކިޔާލާ ހިތުން ކިޔާލެވުނު ވަރަށް ރީތި ވާހަކައެއް، ކީޕް އިޓް އަޕް.

  22. މުހައްމަދު ސައްތާރު

    ދެން ހަމަ ދެވަނަ އެއް ނެށް!!!

  23. އަލް

    ޔުނީކް އައިޑިއަރއެއް.

  24. Afzal

    ވަރަށް ކިޔާލާ ހިތުން ކިޔާލެވުނު އަސަރުގަދަ ވާހަކައެއް.

  25. ހަފޫ

    ވަރަށް ކިޔާލާހިތުން ކިޔާލެވިއްޖެ.. ވަރަށް ރީތި ވާހަކައެއް..ކީޕް އިޓް އަޕް….

  26. shaziyya

    ވަރަށް ބޮޑަށް ޝުކުރިއްޔާ، ތި އެންމެހާ ބޭފުޅުންގެ ކޮމެންޓްތަކަށް، ވަރަށް އުފާވޭ ފުރަތަމަ ފަހަރަށް ކުރިމިފަދަ މަސަައްކަތަކުން މިހާ ބޮޑު ހިތްވަރެއް ދެއްވީމަ، ތެންކްސް އޯލް ފޯރ ދަ ލަވްލީ ކޮމެންޓްސް.

  27. one zero one

    ސަޅި ވާހަކައެއް ޝަޒީ..ވަރަށް ޓެލެންޓް އެބަހުރި. ޝަޒީގެ އިތުރު ވާހަކަ ތަކަށް އިންތިޒާރު ކުރަމުން ވަކިވެލަން.

  28. މިނީ

    ވަރަށް ކަމުދާ ވާހަކައެއް… ރީތި!

  29. ބޮޮގޭ

    ރީތި

  30. އައި. ޝުޖާޢު

    ވާހަކަ ރީތި. އަސަރު އެބަހުރި. އެކަމަކު އިމްލާ ކުށް ކޮންމެވެސް ވަރަކަށް އެބަހުރި. ޝާއިއުކުރުމުގެ ކުރިން ރަނގަޅަށް ޗެކްކޮށްލެވުނުނަމަ ރަނގަޅުވީސް.
    ކުރިއަށް ދެވިދާނެ ޝަޒީއަށް.

  31. ސަމާ

    ވަރަށް ވަރަށް ރީތި މިވާހަކަ….. :ޑ

  32. ހަސަނު

    ިިހަމަ ހަބޭސް…. :ޕ

  33. ބެންޓޯ

    ވަރަށް ރީތި ވާހަކައެއް. ކީޕް އިޓް އަޕް 🙂

  34. އަހުމަދު

    ވަރަށް ރީތި

  35. ސޭމް

    ވަރަށް ބަރާބަރު.. އިބުރަތްތެރި، އަސަރުން ފުރިގެންވާ ވަރަށް ފުރިހަމަ ވާހަކައެއް…

  36. އިއްބެ

    ވަަރަށް ވަރަށް އަސަރުގަދަ ވާހަކައެއް ‘ ވަރަށް ފުރިހަމަ’

  37. މޮޒް

    ވަރަށް ރީތި ވާހާކާ އެއް….

  38. ޒިޔާދާ

    ވާހަކައެއްގެ ހާދިސާއެއްގައި ހުންނަންޖެހޭ ހުރިހާ ސިފައެއް އެބަހުރި، އަސަރުގަދަ. ހަމަ ރަނގަޅަށްވެސް ހިތާމަވެރި ވާހަކައެއްކަން އަންގައިދީފި. ތެދެއް. ރޮއްވާލައިފި. މިގޮތުގައި ކުރިއަށް ޝަޒިއްޔާ… ވަރަށް ރީތި

  39. ތައްޕޭ

    ވަރައް އޮބި

  40. ޒޫނާ

    އަޅެ ހާދަ ރީއްޗޭ! ވާހަކަ ލިޔަން ދަސްކޮށްދީބަލަ،

  41. ރިޒްްޒް

    ޝަޒިއްޔާ ވަރައް މޮޅު. ވާހަކަ ވަރަށް ރީތި. ކީޕް އިޓް އަޕް

  42. އާމިނަތު

    ވަރަށް ރީތި ވާހަކަ އެއް.

  43. ދަގަނޑޭ

    ވަރަށް އަސަރު ކޮއްފި މި ވާހަކައިން. ވަރަށް ފުރިހަމަ

  44. މޮހޮނު

    ޝަޒީ ހާދަ މޮޅޭ. ވަރަށް ރީތި ވާހަކައެއް

  45. ދޮން ހުސޭނު

    ލަވް ލަވް ވާހަކައެއް. ވަރަށް ރީތި. އެންމެ ރީތި

  46. ޒުލޭ

    ރޮވިއްޖެ ހަމަ. ވަރަށް ރިއަލް. ހަމަ ހަބޭސް

  47. ޝަޒީ ބިޓު

    ހާދަ ރީތި ވާހަކަ ލިޔާ ކުއްޖެކޭދޯ. ވަރަށް ނަލަ މި ވާހަކަ

  48. ސޮބާ

    ވާހަކަ ވަރަށް ރީތި. ނައިސް

  49. ރިޔާޒު

    ފެންކަޅިވެއްޖެ. ވަރަށް މޮޅު ވާހަކައެއް

  50. އިބްން ނަސީރު

    ވަރަށް ފުރިހަމަ

  51. ަައެރޯ

    މާޝާﷲ. ރީތި ވާހަކައެއް

  52. ކުޑަދަރިފުޅު

    މި އަދި މިހާތަނަށް ކިޔުނު އެންމެ ރީތި ވާހަކަ

  53. މުޙައްމަދު ބިން އަލީ

    الحمد ﷲ މި ވާހަކައިން އިބްރަތެއް ހާސިލް ކުރެވިއްޖެ.

  54. nooraa

    ހާދަ ރީތި ވާހަކައެކޭ

  55. ސަމް

    ވަރަށް ރީތި

  56. އުމައިލާ

    މިއީވާ ވާހަކައެއް. ވަރަށް ރީތި. އަސަރު އެބަހުރި. އަދި ކިޔާލާހިތްވެއްޖެ

  57. އުއްމު ރަޖުވާން

    ވަރަށް ސަޅި

  58. ނަޝް

    ވަރަށް ރީތި މިވާހަކަ . . . .”އަސަރު ގަދަ”

  59. މެހެމާނު

    ވާހަކަ ރީއްޗޭ

  60. ނާދު

    ވަރަށް އަސަރުގަދަ. ކިޔާހިތްވޭ

  61. ކަޅުބެ

    ހާދަ މޮޅޭ ވާހަކަ ލިޔަން ޝަޒީ. ވަނައެއް

  62. ވާވާ

    ވާވާވާ. ވާސަރީ. ނައްލަ ވާހަކައެއް

  63. ނިއު

    ވަރަށް ރީތި މި ވާހަކަ

  64. ކޭ އެމް

    ވާހަކަ ރީތި. މޮޅު

  65. ފަދުވާ

    ވަރަށް އޮބި ♥♥♥

  66. މަންމަ

    ވަރަށް ރަނގަޅު

  67. ކުޑަދައިތަ

    ވަރަށް ކަމުދޭ، ވަރަށް ތީރި

  68. ސާދިޔާ

    ވ. ވ. ރީތި

  69. އާދަމް އިބްރާހިމް

    ވަރަށް ރީތި!

  70. azim

    mee hama bst

  71. ބުރޯ

    ބެސްޓް

  72. zoyasham

    ވަރަށް އަސަރުގަދަ……….. ހަމަ ބެސްޓް………….

  73. ސަމާ

    ޝަޒީ… މިއީ ވަރަށް ވަރަށް ރީތި… އަބަދުވެސް މިގޮތުގަ ހިފަހައަޓާތި އިނގޭ.

  74. ސަމާ

    ވަރަށް ވަރަށް ރީތި ވާހަކައެއް. ކީޕް ދަ ގުޑް ވާކް. އެންޑް އޯލް ދަ ބެސްޓް 🙂

  75. ޝަމް

    މުބާރާތަށް ހުށައަޅާފަ ހުރި ވާހަކަ ތަކުން އަޅުގަނޑަށް އެންމެ ރީތީ މިވާހަކަ.. ވަރަށް ޓަCިން ވަރަށް ފުރިހަމަ ވާހަކައެއް މިއީ.. 🙂

  76. ޝަޒީ މިސްގެ ސްޓޫޑެންޓް

    މިސް ހާދަ މޮޅޭ.. ވަރަށް ރީތި ވަރާއްއްއްއް ފުރިހަމަ މިވާހަކަ.. އޯލް ދިބެސްޓް މިސް.. އަޅުގަނޑު ގަބޫލް ކުރަނީ މިއީ އެއްވަަނަ ވާހަކަ ކަމަށް ((:

  77. shama

    ވަރަށް އަސަރުގަދަ، ފުރިހަމަ ވާހަކަ އެއް.. ދެފަހަރު ކިޔުނު ރީތި ކަމުން 🙂

  78. އުއްމި

    މިވާހަކަ ވަރަށް ފުރިހަމަ. އަސްލު ވަރަށް އަސަރު ގަދަ. 🙂

  79. ފްރެންޑް

    ވަރަށޗ ރީތި މި ވާހަކަ، ބަރާބަރު ތިގޮތުގައި ކުރިޔަށް ދޭ!!!

  80. ސާމީ

    ކުދިން ވަރަށް ރީތި ކަމަށް ބުނާތީ މިކިޔާލީ، އަސްލުވެސް ވަރަށް ރީތި.

  81. ތޫ

    ވ.ސަޅި..ކީއިޓް އަޕް މިސް.. =)

  82. ބޭބެ

    އޯސަމް ސްޓޯރީ ސަޒީ… 🙂

  83. ްަފާރި

    ވަރަށް ނަލަ

  84. Aiz

    .Like the story

  85. ހަމްމްމް

    ވަރަށް ރީތި ވާހަކަ

  86. މައިން

    ވާހަކަ ކިޔާލާފަ ވަރަށް ދެރަވެއްޖެ.. ވ ރީތި ވާހަކަ

  87. ސާނިޔާ

    ވާހަކަ އާއި މެދު ވަރަށް ހިތަހަމަ ޖެހޭ 🙂

  88. މިއަރު

    ވާހަކަ ވަރަށް ފުރިހަމަ

  89. ހުސެން

    ސަޅި 🙂

  90. މަރީ

    ަިއިޓް ވޯސް ގުޑް…. އައި ލައިކް އިޓް 🙂

  91. ކޮކީ

    ބަރާބަރު

  92. މުހައްމަދު

    ވަރަށް ސަޅި ވާހަކަ

  93. އިމްރާން

    ވަރަށް ފުރިހަމަ ވާހަކަ އެއް.. އިތުރު ވާހަކަ ތަކަށް އިންތިޒާރު ކުރަން

  94. ގޮއްޔެ

    އަހަރެން އާންމު ކޮށް ކިޔާއުޅޭ ވާހަކަ ތަކާ ވަރަށް ތަފާތު ރީތި ވާހަކައެއް

  95. މަންމާފުޅު

    ރަނގަޅު ކޮށްލެވިދާނެ ތަންތަން އެބަހުރި ނަމަވެސް ވާހަކަ ރީތި.

  96. އަފްރާ

    އަސްލު ވަރަށް ފެންވަރުގެ ކިޔާ ހިތުން ކިޔާލެވުނު ވާހަކައެއް

  97. ޝަމް..

    ާވާހަކަ ވަރަށް ކަމުދޭ…ލިޔުންތެރިޔާއަށް ކާމިޔާބީއަށް އެދެން… 🙂

  98. ާއާލިމް ހުސައިން

    ވަރަށް ރީތި ވާހަކައެއް.

  99. އަހުމަދު

    ވަރަށް އަސަރުގަދަ ރީތި ވާހަކައެއް

  100. މޯޑު

    ރީތި

  101. ހުމައިދު

    ތިކުރާ ހިތްވަރަށް ސާބަސް.. ވަރަށް ފުރިހަމަ

  102. ަަިއިނާތު

    ވަރަށް ސަޅި 🙂

  103. އައި

    ވަރަށް ރީތި

  104. ބޭބީ

    ވަރަށް ރީތި ވާހަކައެއް

  105. ތޮލާލް

    ވަރަށް ރީތި

  106. އާދަމް

    ރީތި

  107. އައިޝާ

    އޯވަރ އޯލް ކޮށް ވަރަށް ރަނގަޅު

  108. މަރިޔަމް

    ސަޅި އިނގޭ 🙂

  109. ނާޝިދާ

    ވަރަށް ރީތި ވާހަކަ. ކީޕް އިޓް އަޕް

  110. ލޮލް

    އެހެން ހަދާކަށް ނުވާނޭނުން، ވަރަށް ރީތި

  111. ބަކުރުބެ

    ބެސްޓް

  112. ހަދީޖާ

    ސަޅި 🙂

  113. ޒިދޫ

    ވަރަށް ރީތި…………

  114. ސަރޫ

    ވަރަށް ކަމުދޭ. ރީތި ހަމަ

  115. ޓިންކަލް

    ވަރަަަށް ސަޅި ވާހަކައެެއް 🙂

  116. ille

    ނަލަ

  117. ille

    ވަރަށް ރީތި

  118. ބަރަބޯ

    އޭނަ ވަރަށް ހިތްވަރު ގަދަ… ވަރަށް ހަބޭސް

  119. ައަހުމަދު

    ނައިސް…………………

  120. ފައިސަލް

    މޮޅު ލިޔުމެއް

  121. އިތުގާމު

    ޝަޒީ ގަދަ، ވަރަށް ރީތި

  122. ްަފާރި

    ވ ވ ނަލަ ވާހަކަ އެއް

  123. one zero one

    ވާހަކަ ސަޅި ކަމުން އަނެއްކަވެސް ކިޔާލެވިއްޖެ

  124. ޕިންކީ

    ހަމަ ހަބޭސް

  125. ެއޭނާ

    ގުޑް ވޯރކް

  126. އަލީ

    ވ ރީތި ވާހަކަ އެއް. ވ ކިޔާ ހިތުން ކިޔާލީ

  127. ޑަލް

    ވަރަށް ނައިސް ވާހަކަ އެއް

  128. ތުއްތަ

    ހަމަ ހަބޭސް

  129. ލަވް

    ކީޕް އިޓް އަޕް

  130. ޕެރޮޓް

    ވަރަށް އަސަރު ގަދަ

  131. ލިލީ

    މޮޅު ވާހަކަ އެއް

  132. ފާއި

    ސުޕަރ

  133. ެައަޔާޒް

    ވަރަށް ހުނަރުވެރި

  134. ދީދީ

    ވ މޮޅު މަސައްކަތެއް

  135. އިމްތިއާޒް

    ޝަޒީ… ހަމަ ވ ނަލަ ވާހަކަ އެއް

  136. ޭެެެއެޑަމް

    ވަރަށް ސަޅި ވާހަކައެއް!!! ކީޕް އިޓް އަޕް!

  137. ސަމާ

    މޮޅު މޮޅު

  138. އީދު

    ވ ރީތި މިވާހަކަ

  139. ފިރާ

    ހާދަ މޮޅޭ

  140. ފިރާޝާ

    މޮޅު

  141. އައިންތު

    ވވވވވވވވވވވ ހަބޭސް

  142. ނޫރު

    ވ މޮޅު އިބާރަތް ކުރުން

  143. ްއައިންތު

    ވަރަށް ވަރަށް ވަރަށް ރީތި މި ވާހަކަ!!!!! އައި ލައިކް އިޓް!!!

  144. ނަދާ

    ނައްލަ

  145. އެމް.އޭ

    ތަފާާތު އަދި ވަރަށް ރީތި ވާހަކައެއް.. ވާހަކަ އާއި ފޮޓޯ ވަރަށް ގުޅޭ 🙂

  146. ނަދާ

    ސުޕަރ

  147. ްއައިނާ

    ވަރަށް ރީތީ ވާހަކައެއް!

  148. ރައިޓަރ

    އައި ލައިކް ދިސް

  149. ޕްރިންސް

    އައި އޯލްސޯ ލައިކް ދިސް

  150. މިޝްކާ

    ވ ރީތި

  151. މިނީ

    ހަބޭސް

  152. ެެއެވަކާޑޯ

    ލޯބި ވާހަކައެއް

  153. ބްލޫމް

    ވ ސުޕަރ

  154. މާއީ

    ހެސްކިޔާފަ އޮބި

  155. ލިބާ

    ވ ވ ވ ވ ވ ފަހި

  156. މުނާ

    އޮބި

  157. ކުޑީ

    ރީތި

  158. ފީރޯޒު

    ވވވވވ ރީތީ

  159. ޓޮމް

    މޮޅު ލިޔުމެއް

  160. ކަލާ

    ހަބޭސް

  161. މަދިރި

    ވ މޮޅު ވާހަކަ އެއް

  162. ހައްވާ

    ކުރު ވާހަކަ އަކަށް ބަލާފަ. ވަރަށް ކަމުދޭ

  163. ދޮންމަނިކު

    ހާދަ ރީއްޗޭ

  164. Anonymous

    Salhi

  165. ސިފާ

    މަށަށް ވެސް ވަރަށް ކަމުދޭ

  166. ކުލިޗީ

    ވަރަށް މޮޅު ވާހަކައެއް

  167. ޅިޔަންބެ

    ޗާލޭ އިނގޭ. އެއްވަނަ….

  168. އިޓަލީ

    ވަރަށް ރީތި.

  169. ހައު

    ނައިސް ސްޓޯރީ

  170. މާޒީ

    ވ ރީތި

  171. އިނާ

    ރީތި

  172. Anonymous

    ވަރަށް ރީތި

  173. ހަމް

    ވަރަށް ރީތި

  174. ދުންޔާ

    މޮޅު. ވަރަށް އަސަރު ގަދަ

  175. ތުމް

    މޮޅު އަދި ވ ރީތި

  176. މޫސަ

    ވވވވ ރީތި

  177. ސަލް

    ވވވވ ރީތި

  178. ބެންން

    ވަރަށް ރީތި

  179. މަޖާ

    ހަބޭސް

  180. ސަފޫރާ

    ވ ރީތި

  181. ހަމޫރާ

    ވ ރީތި

  182. ކޯސްޓް

    ވަރަށް އަސަރުގަދަ ވާހަކައެއް.

  183. ތެޔޮހަން

    ނަލަ ނަލަ ވާހަކައެއް

  184. ބިސްބުރު

    އޮބި ވާހަކައެއް

  185. ކޮފީ

    ވ ސުޕަރ

  186. ދިރާގު

    ވ ވ ވ ވ ރީތި

  187. ބޮލަޓޭޓް

    ވަރަށް ރިވެތި

  188. ކުރާ

    ރީތި

  189. އެޕަލް

    ވ ރީތި

  190. މަސް މިރުސް

    ހަބޭސް

  191. ތާނަ

    ވވވވ ރީތީ

  192. ހެލޯ

    ނައިސް އިނގޭ

  193. ސަންތި

    ތަފާތު…..

  194. ައަހަން

    ކަމުދޭ……….

  195. ައައިޝާ

    ވަރަށް ރީތި އަސަރު ގަދަ ވާހަކަ އެއް މީ. އެހާމެ ޢިބްރަތްތެރި ވާހަކައެއް ވެސް މެ. ޝަޒީ އަށް ތި ރޮނގުން ކުރިއަށް ދެވިދާނެ.

  196. Shabana

    ސަޅި ވާހަކަ އެއް.

  197. ނަޒީ

    ވާހަކަ ކިޔާލީމާ ލޮލުން ކަރުނަ ހިލިގެން ދޭ، ވަރަށް ފުރިހަމަ ވާހަކަ އެއް

  198. މޫމިނާ

    މި ވާހަކަ ވަރަށް ރީީތި 🙂

  199. ހަޗަންން

    ވަރަށް ވެސް ރީތި މި ވާހަކަ.. ވަރަށް އަސަރުގަދަ.. 🙂

  200. ސުޕަރމޭން

    ވާހަކައެއް ރީތި ވިއްޔާ ވާނީ މިހާކަ ވަރަކަށް. ވަރަށް ފުރިހަމަ…..

  201. އަޝޫ

    ވަރަށް ސަޅި ؛)

  202. ޒުލޭޚާ

    ވަރަށް އަސަރުގަދަ އެހާމެ ރީތި ވާހަކަ އެއް

  203. ދޮންތަ

    ވަރަށް ރީތި ވާހަކައެއް. ތި ގޮތުގައި ކުރިއަށް ދޭ.

  204. މަަައިސާ

    ައައިޑިއާ ވަރަަށް ސަޅި.. އިބާރާތް ކުރުންވެސް ރީތި.. އޯވަރޯލްކޮށް ބުނާނަމަ ހަމަ ހަބޭސް! 🙂

  205. ލ.އ

    ވަރަށް ރީތި ވާހަކައެއް

  206. ކުޑޫ

    ވަރަށް އަސަރު ކޮށްފި. ރީތި

  207. ކޭމާޓު

    އަސްލުވެސް ވަރަށް ރީތި

  208. ހަ ރޯދަ ފްރެންޑް

    ހާދަ މޮޅޭ. ވަރަށް އޮބި

  209. މޫމިނާ

    ބެސްޓް

  210. ނުހާ

    ނަމޫނާ ވާހަކައެއް

  211. އެކްސް

    ޝަޒީ ހާދަ ރީތި ވާހަކައެއް ލިޔެލައިގެން. ކުރިއަށް

  212. ޒިޔާދު

    ރީތި ވާހަކައެއް

  213. ހައްވަ

    ގުޑް ވޯކް

  214. ޝެލީ

    ވަރަށް އަސަރުގަދަ ވާހަކައެއް

  215. ވާހިދު

    🙂 ރީތި ވާހަކައެއް

  216. ހީނާ

    3> ހާދަ ސަޅިއޭ

  217. ފަރީނާ

    ވާހަކަ ވަރަށް ފުރިހަމަ

  218. ގާދިރު

    ވާހަކައެއްގައި ހުންނަން ޖެހޭ ސިފަތައް އެބަހުރި

  219. އެފްބީ ފްރެންޑް

    ވަރަށް ކަމުދޭ މި ވާހަކަ

  220. ކުކުޅު

    ހަމަ ހަބޭސް ވާހަކައެއް

  221. އައިންތު

    ވަރަށް ކިޔާހިތުން ކިޔާ ނިންމާލެވުނު ވާހަކަ އެއް 🙂

  222. ސައިމާ

    ވަރަށް ރީތި ވާހަކައެއް

  223. ފައިސަލް

    ވަރަށް މޮޅު ވާހަކައެއް

  224. އާއިޒް

    ވަރަށް އަސަރުގަދަ . ވަރަށް ސަޅި 🙂

  225. ތިއްތި

    ވަރަށް އިބުރަތްތެރި ރީތި ވާހަކައެއް

  226. މައިނާ

    ވަރަށް ތަފާތު ހިޔާލެއްގެ މައްޗަށް އޮތް ރީތި ވާހަކައެއް

  227. އިއްލަ ތިއްތި

    ހަމަ ވަރަށް ފުރިހަމަ.

  228. އިލް-ޝުޖާޢު/ނޮޅިވަރަމު

    މިއީ ވަރަށް އަސަރުގަދަ ރީތި ވާހަކައެއް. ޝަޒީއަށް މި ރޮނގުން ކުރިއަށް ދެވިދާނެ. ހިއްވަރުކޮށްލާ!

  229. ނޮޅި-ސިޓީ ދޮންބެ

    ނޮޅިވަރަމުގެ ދަރިޔަކު މިފަދަ ފުރިހަމަ ވާހަކައެއް ލިޔެފައި އޮއްވާ ފެނުމުން ވަރަށް އުފާވެއްޖެ. މިއީ ތަފާތު މޮޅު ވާހަކައެއް.

  230. ހަލީލް

    ވަރަށް މޮޅު

  231. ދޮންކަލޯބެ/ނޮޅިވަރަމު

    އަހަރެމެން ޒަމާނުގައި މިފަދަ ދަރިން ނޮޅިވަރަމުން ވަރަށް ނުފެނޭ. އެހެންވީމާ ޝަޒިއްޔާގެ މިފަދަ ރީތި އިތުރު ވާހަކަތަކަށް އުންމީދުކުރަން.

  232. ފުއްކައްކާ ދައިތަ/ނޮޅިވަރަމު

    މަވެސް ފުއްކެއްކުން ހުއްޓާލައިފައި ވާހަކަ ލިޔާ ހިތްވެއްޖެ މިވާހަކަ ކިޔާލެވުމުން. ހަމަ ވަރަށް ރީތި އިނގޭ!

  233. އައިމިނަ

    ދިވެހި ޑިގްރީ ކޯހުގެ ދަރިވަރުންގެ ފަރާތުން ކިޔެވި އެއްޗެހީގެ ބޭނުން ހިފާތަން ފެނުމުން ވަރަށް އުފާވޭ.. ވަރަށް ރީތި ވާހަކަ

  234. ahmed

    މި ވާހަކަ އަކީ މިތާ ލިޔެވިފައިވާ ވާހަކަ ތަކުގެ ތެރެއިން އެންމެ ހިތުގަ ޖެހުން ވާހަކަ

  235. ލަވެންޑަރ

    ވަރަށް ބަރާބަރު ވާހަކައެއް މިއީ ..ވަރަށް މޮޅު..! ލިޔުންތެރިޔާއަށް ކާމިޔާބީއަށް އެދެން.

  236. އިނާ

    ވވވވވވވވވވވވވވވ ރީތި

  237. ސަހޫ

    ވާހަކަ ހަމަ ވ ކަމުދޭ……..

  238. ރިޒް

    ވަރަށް ފުރިހަމަ

  239. ޝާހިދު

    ތަފާތު ވާހަކައެއް. ރީތި.

  240. މަކުނު

    އަޅުގަނޑަށް މި ވާހަކަ ވަރަށް ރީތި ވެއްޖެ

  241. ޒުބައިދާ

    ކިޔެވި އެއްޗެތީގެ ބޭނުން ހިފައިފައި އެބަވޭ. ވަރަށް ފުރިހަމަ މި ވާހަކަ

  242. މުޙައްމަދު

    ވަވަވަވަވަރަރަރަރަށްށްށްށްށް ރީތި ވާހަކައެއް މި. ތަފާތު ޚިޔާލެއް

  243. ޢަބްދުﷲ

    މާޝާ ﷲ. ވަރަށް ފުރިހަމަ ހުށައެޅުމެއް

  244. އެކޮއެ

    ހަމަ ބުނެވޭނީ ވަރަށް ފުރިހަމައޭ…

  245. އެކޮއެ

    ހަމަ ވަރަށް އަސަރުގަދަ ރީތި ވާހަކައެއް

  246. shaziyya

    އެކުވެރިންނާއި، މުދައްރިސުންނާއި، ދަރިވަރުންނާއި، އާއިލާގެ މެންބަރުންނާއި އަދި ތަރުހީބު ދެއްވާ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑުގެ މި ބުރަ މަސައްކަތައް (މި ވާހަކައަށް) ތިދެއްވާ ކޮމެންޓްތަކަށާއި ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!

  247. މަންޖެ

    ސަޅި ވާހަކަ އެއް

  248. ނަސީ

    ވަރަށް ފުރިހަމަ

  249. ސާމި

    ރީތި.. އޯލް ދި ބެސްޓް

  250. ނާއްޕު

    ހަބޭސް ވާހަކަ އެއް..

  251. މޯޑު

    ވވވވވ ރީތި

  252. އައްޔަ

    ސަޅި އިނގޭ

  253. zaman

    ވަރަށް ރީތި ވާހަކަ

  254. Haii

    ހަމަ ހަބޭސް….ވ ސަޅި..

  255. ްދީނާ

    ވަރަށް ސަޅި!! އެއްވަމަ ޙައްޤުވޭ!!.

  256. ނިޔާ

    ވވވވވ ރީތި ވާހަކައެއް…. ހަމަ ރޮވިއްޖެ

  257. ޝަހީމް

    މިވާހަކަ ވަރަށް ފުރިހަމަ ހަމަ ހަބޭސް އިގޭ

  258. ަައާދަމް 13

    ވަރަށް ހަބޭސް

  259. އައްޒަ

    ވަރަށް ރީތި ވާހަކައެއް. ވަރަށް މަޅު

  260. އައިސާ

    ވަރަށް ރީތި. ވަރަށް މަޅު.

  261. ފާތުން

    ވަރަށް ރީތި ވާހަކައެއް..

  262. one zero one

    ވަނައެއް ލިބުން ހައްގު ވާހަކައެއް 🙂

  263. ނޭދެން

    ވަރަށް ސަޅި

  264. ޒަަައިދު

    ިާދަރީޠި ވާހަކަ ޢެކޭ

  265. ެއިއްބެ

    ހާދަ ރީތި ވާހަކަ އެކޭ…

  266. ސަނީޒާ

    ވަރަށް ސަޅި ވަރަށް އަސަރު ގަދަ ވާހަކައެއް ސިސްޓަރ

  267. ފާތުން ސިސްޓަރ

    ިމިވާހަކަ އަކި ވަރަށް ރީތި ވާހަކައެއް، ކީޕް އިޓް އަޕް.

  268. މަރީ

    ވ ރީތި މިވާހަކަ

  269. އަޒޫ

    ވ އިބުރަތްތެރި ވާހަކައެއް ، ނަލަ އިނގޭ

  270. އަލީ

    އަސްލު މަގޭ ހަޔާތާ ވަރަށް ގުޅޭ ވާހަކަަ އެއް..

  271. ހުސެން

    ވ ރީތި މިވާހަކަ.

  272. ުޒުމަރު

    ވަރަށް ބަރާބަރު.. އިބުރަތްތެރި، އަސަރުން ފުރިގެންވާ ވަރަށް ފުރިހަމަ ވާހަކައެއް…

  273. ސަން

    ކޮކީ ހާދަ ރީތި ވާހަކައެކޭ…. ވ މޮޅު

  274. ދޮން އަލީ

    ނަލަ ވާހަކައެއް. ލޮލުން ކަރުނަ ހިލިއްޖެ.

  275. ޒައި

    ފެންކަޅިވެއްޖެ. ވަރަށް މޮޅު ވާހަކައެއް

  276. ދޮން ދައިތަ

    ކިޔައިފައި ކަރުނަ ހިފެހެއްޓޭވަރެއް ނުވި…. ސަޅި

  277. ޒައިނަބު

    ފެންކަޅިވެއްޖެ. ވަރަށް މޮޅު ވާހަކައެއް

  278. ކީނާތު

    ރީތި… ވަރަށް ރީތި

  279. ކިޔާން

    ލޮލުން ކަރުނަ ހިލިއްޖެ. ރީތި. މޮޅު

  280. ކޮއިލާ

    ނަލަ ވާހަކައެއް. ލޮލުން ކަރުނަ ހިލިއްޖެ.

  281. މޫސާ

    ވަރަށް ނައްލަ

  282. ރިއު

    ހީކުރި ގޮތާ ޚިލާފަށް މާ އަސަރު ގަދަކޮށް ނިންމާލައިފައި މިއޮތީ

  283. މޫސާ

    ވަރަށް ފަހި މި ވާހަކަ

  284. ކެރަފާ

    އަސަރު ގަދަ ރީތި ވާހަކައެއް

  285. އިގޫ

    ވަރަށް ނައިސް މި ސްޓޯރީ

  286. ތޫބާ ހުސައިން

    ައަދި ހަމަ ބެސްޓް.. =)

  287. ދަނބުމާ

    ރީއްޗޭ ރީއްޗޭ

  288. ރުގީ

    ހަމަ ވަރަށް ރީތި

  289. shaziyya

    ހުރިހާ ބޭފުޅުންގެ ތި މިންނެތް މަސައްކަތައް ވަރަަށް ބޮޑަށް ޝުކުރިއްޔާ!

  290. shaziyya

    ޝުކުރަން

  291. shaziyya

    ގުޑްލަކް ފޯރ ދި ފިއުޗަރ

  292. ހެޔޮއެދޭ

    މަންމާ! މަންމާ ! އަނެއްކާ ވެސް ހަމަ އެ ޕެރެގްރާފްގަ މަންމާ މަންމާ !! މިގޮތަށް ފަށާފަ އޮތީމަ ވަރަށް އޮޑު، ކިޔާލަން އުނދަގޫ. . . އިނގިރޭސިބަސް ބޭނުން ކުރުމުގެ ބަދަލުގަ ދިވެހި ބަސް ބޭނުން ކުރާނަމަ ތިކުދިން ތި ކުރާމަސައްކަތުން ގައުމަށް ފައިދާއެއް ވެސް ވީސް. ވަރަށް ރަނގަޅު ހާދިސާއެއް. ހިޔާލު ތަނަވަސް، އިބާރާތްކުރުން ރަނގަޅުކޮއްލަން ޖެހޭ. ކުރިއެރުމަށް އެދެން

  293. Anonymous

    ޝަޒީ ތިކުރާ މަސައްކަތަށް ސާބަސް ދެން. ކީޕް އިޓް އަޕް. ގުޑު ވޯކު.

  294. rash

    ޝަޒީ ތިކުރާ މަސައްކަތަށް ސާބަސް ދެން. ކީޕް އިޓް އަޕް. ގުޑު ވޯކު.

  295. rash

    ޝަޒީ ތިކުރާ މަސައްކަތަށް ސާބަސް ދެން. ކީޕް އިޓް އަޕް. ގުޑު ވޯކު. ޝަޒީ އިޒް އޯލް އިން ވަން.

  296. ނާޝް

    ވަރަށް ވަރަށް ރީތި ވާހަކައެއް ..

  297. ނަންނަ

    ވަރަށް ރީތި މި ވާހަކަ..

  298. އަހިރެން

    ރީތި ވާހަކައެއް މި..

  299. ލިލީ

    ވަރަށް ރީތި މިވާހަކަ

  300. އައިޝް

    މާޝާ ﷲ. ވަރަށް ރީތި. އެހާމެ އަސަރުގަދަ.

  301. mystyrious grl

    varah reethi
    me hama mihaar kanthah vaagoi
    anhenunves nuvisnaathyy vaagoi mee

  302. testing carried

    haadha molhey

  303. xynnn

    WOW!! Idea hama habeys!!

Comments are closed.