Skip to content
އެސްފިޔަ

ޖަވާބު ނުދެވުނު ސުވާލު

މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ.އިރު އޮއްސުމާއި އެކު އުދަރެހުގައި ފުރާލި ފުސްވިލާތަކުންނެވެ. ހިނދެއް ހިނދަކަށް ޖެހެމުން އައި ފިނި ވައިރޯޅިތައް ގަދަވެ ތޫފާނެއް ބޯމަތި ކޮށްފާނެހާ ބާރުވާން ފެށިއެވެ. އިރުކޮޅެއް ނުވެ ވެހެން ފެށި ހިމަފޮދުވާރޭ ބޯކޮށްފިއެވެ. ގަދަވަޔާއި އެކު އަންނަ ވާރޭގެ ތިކިތައް ރަހުމެއްނެތި ބިމަށް އޮހެން ފެށިއެވެ. އަހަރެން ގޭގެ ކިޑިކީގައި ހިފަހައްޓައިގެން ބޭރުބަލަން ހުރީމެވެ. ބައެއް ފަހަރު ވިދާލާ ވިދުވަރުން ދުވާލުވާހެން ހީވެއެވެ. ބިންމަތި އަލިވެގެން ދިއުމާއިއެކު ޖަހާލާ ގުގުރީގެ އަޑު އެހާ ގަދައެވެ.
އެކަނިވެރިކަމާއި ބިރުވެރިކަން ހިތަށް ވަންނަންފެށީ މޫސުމް ކުރިއަށްވުރެ ގޯސްވާހެން ހީވާތީއެވެ. ގޯތިތެރޭ ހައްދާފައި ހުރި ބޮޑު ރުއް ހީވަނީ ދެންމެ ދެންމެ މި ފަށްޖިފުޑި ގަނޑު މައްޗަށް ވެއްޓިދާނެހެންނެވެ. އެތައް އިރަކު ވާރޭ ވެހުމަށްފަހު ކުޑަކޮން ތުނިކޮށްލި ވަގުތު ވަރަށް ދުރުން އައިސް އަހަރެންގެ ކަންފަތުގައި އަޑެއް ޖެހުނެވެ. މައުސޫމް ކުއްޖެއްގެ ރުއިމުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމުން ކުރިން އިޙްޞާސް ކުރެވުނު ބިރުވެރިކަމާއި އެކަނިވެރިކަން ފިލައި ގޮސް އެ ކުއްޖަކު ދުށުމުގެ ޝައުޤުވެރިކަން އުފެދުނެވެ.
ލައިގެން ހުރި ހެދުން ކޮށިކޮށްލަމުން ދޮރުން ނިކުތީ އެކަނިމާ އެކަންޏެވެ. ބޯނިވާކޮށްލާނެ ވަރުވެސް ނުލައެވެ. އަޑު އަންނަ ދިމާލަށް ދެވުނުއިރު ވާރޭއިން އަހަރެން ތެންމައިފިއެވެ. އަހަރެން ގޮސް ގަސްތަކުގެ ކުރިމަތީގައި ހުއްޓުނުއިރު ކުރިއެކޭ އެއްފަދައިން ވާރޭ ބޯކޮށްލައި ގުގުރީގެ އަޑު ގަދަވެއްޖެއެވެ. ރުއިމުގެ އަޑު އަންނަނީ ގަސްތަކުގެ ތެރެއިން ކަމަށްވާތީ ވަރަށް ހާލުން އެތެރެއަށް ވަދެވުނުއިރު ފެނުނީ އހަރެންގެ ދެލޯ ކަރުނުން ތެންމާފަދަ މަންޒަރެކެވެ. ބާފޮތިގަނޑެއްގެ ތެރޭ އޮތް ތުއްތު ފިރިހެން ކުއްޖާ އަޑުން އަޑު ނަގާ ރޮނީ އެހީތެރިކަމުގެ އަތެއްގެ އިންތިޒާރުގައެވެ. އެ ފިރިހެންކުއްޖާ ފެނުމުން ހިތަށްވީ ގޮތް ބުނެދެންވެސް ނޭނގެއެވެ. އަހަރެން ގުދުވެފައި އެ ފިރިހެން ކުއްޖާއަށް ބަލައިލީމެވެ. ވިދާލި ވިދުވަރާއި އެކު އެ ކުއްޖާގެ ހަށިގަނޑު ފެނުނު އިރު އޮތީ އަތްލަން ނުކެރޭ ހާލެއްގައެވެ. ބަލާބެލުމަށް ކަށި ވިދުރި ކަހަލަ ބައްޔެއް ޖެހިފައެވެ. ގައިގައި ފާރުހުރި ތަންތަން މަދެއް ނޫނެވެ. އަތްލަން ނުކެރިފައި އިރުކޮޅަކު ހުރުމަށްފަހު އަވަހަށް އެ ކުއްޖާ ގެނެސް މެއާއި ބޮނޑިކޮށްލައިގެން ގެއަށް އައިސް ޚިދުމަތްކުރަން ފަށައިފީމެވެ.
އެކަނިވެރިކަމުގައި ކަޑައްތު ކުރި ދުވަސްތައް ފާއިތުވެގެން ދިޔައީއެވެ. ޤުދުރަތުން ދެއްވި ނިޢުމަތަށް ޝުކުރުކޮށްލައިގެން އެކަނިވެރިކަން ފިލުވައިދެމުން ދިޔައެވެ. އަހަރެންގެ ދަރިއެއްފަދަ ކުއްޖާއަށް ޚިދުމަތް ކުރުމުގައި ދެމިހުއްޓާ ދަރިފުޅުގެ އުމުރު ހިނގަމުން ގޮސް ސްކޫލަށް ވަދެ ތަންތަން އޮޅުން ފިލުމުން އަހަންނާއި ކުރާ ސުވާލުތަކުން އަހަރެންގެ ހަތަރު އުދަރެސް ފެނުޖެހޭ ވަރުވެއެވެ. ބައްޕައަކީ ކާކުހޭ ސުވާލު ކުރާ ކޮންމެ ފަހަރަކު ބަސް ހުއްޓިފައި އެތައް ފަހަރަކު ހުންނަންޖެހެއެވެ. ޖަވާބުގައި އަހަރެން ބުނާނީ ވަކި ކީކޭ ހެއްޔެވެ؟އެ ސުވާލުތަކަކީ ހުދު އަހަންނަށްވެސް ޖަވާބު ދެވޭނެ ސުވާލުތަކެއް ނޫނެވެ.
”ބައްޕަ އަކީ ކާކުތަ؟” އަހަރެން ލައިގެން ހުރި ހެދުމުގައި ހިފާ ދަމަމުން ދަރިފުޅު އެ ސުވާލު ކުރިއެވެ.
ގަދަ ނިދީގައި އޮވެފައި ކުއްލިއަކަށް ހޭލެވުނީ ދެނެވެ. ކުރިން ކިޔައިދެވުނު ހާދިސާ އަކީ އަހަންނަށް ދެންމެ ފެނުނު ހުވަފެނެވެ. އެއީ ފުރާވަރަށް އެޅިން ސުރެން އާދަކޮން ފެންނަ ހުވަފެނެކެވެ. ހުވަފެނަކީ ބިލާހެއް ހެއްޔެވެ؟ އާއެނކެވެ. އެއީ ބިލާހެކެވެ. ހުވަފެނުގައި ފެންނަނީ ހަޤީޤަތާއި އިދިކޮޅަށެވެ. އަހަންނަކީ އެކަނިވެރިއެއް ނޫނެވެ. އަދި އުޅެނީ ފަންޖިފުޑިގަނޑެއްގައެއްވެސް ނޫނެވެ. އަހަންނަކީ މެދު ފަންތީގެ އާއިލާއަކަށް އުފަންވެފައިވާ އާއިލާގެ ތިންވަނަ އަންހެން ކުއްޖާއެވެ. ނަޞީބުގައި މާބޮޑު ކަންތަކެއް އުނިވެފައެއް ނެތެވެ. ފުރާވަރުގެ މި އުމުރުގައި އަހަންނަކީ ކިޔަވާ ކުއްޖެކެވެ. ތަކުރާރުކޮން މި ހުވަފެން އަހަންނަށް ފެންނަ ސަބަބެއް ނުވިސްނެއެވެ. ފެނުނު ހުވަފެނާއި މެދު ވިސްނާލުމަށްފަހު ހިތާއި ހިތުން ދުޢާކޮށްލެވުނީ އެފަދަ ހާދިސާއެއް މި އަޅާއަށް ނުދައްކަވާތޯއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ކިޔެވުމުގެ މަރުހަލާ ނިމި އަހަރެން ޒަވާޖީ ހަޔާތަކާއި ދިމާލަށް މިސްރާބުޖެހީމެވެ. އަހަރެން ފިރިމީހާގެ މަޤާމަށް އައީ އަހަރެންގެ ހިތްއެދޭ ބައިވެރިއެކެވެ. އެކުގައި ވަގުތުތައް ހޭދަކުރެވިފައިވުމުން ކައިވެންޏާއި ހަމަޔަށް އައީ ދެމީހުން ހިސާބަކަށް ދަސްވެގެންނެވެ. އެއްވެސް މީހެއްގެ ނުފޫޒަކާއި ނުލައި ހެޔޮހިތުން ކައިވެންޏާއި މެދު އެއްބަސްވެގެންނެވެ.
އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއޭ ބުނި ނަމަވެސް އަހަރެން ޤަބޫލު ކުރާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ހަޔާތުގައި ވަނީ އުފަލެވެ. ފިރިމީހާގެ އަޅާލުމާއި ލޯބި ލިބެއެވެ. އުނި އެއްވެސް ކަމެއް ނެތެވެ. އުފަލުގައި ދުވަސްތައް ފާއިތުވަމުން ގޮސް ނޭރޭނެވަރުގެ އަޑި ގަނޑަކަށް ކައްސާލައިގެން ވެއްޓުނެވެ. ކައިވެންޏަށް އަހަރުތަކެއް ފާއިތުވެގެން ދިޔައީ އުނގު ހުސްކޮން ހުއްޓައެވެ. ލޯބިން އުރާލާނެ ދަރިއަކު ނެތެވެ. ދިރިއުޅުމުގެ ހަމަޖެހުމަކީ ހަމައެކަނި ލޯބި ނޫންކަން އިޙްޞާސްވާންފެށީ ދެނެވެ.
ޑޮކްޓަރީ ބޭހާއި ދިމާލަށް މިސްރާބު ބަދަލުކުރީ މި ކުރެވޭ އުއްމީދުގައި ކުލަ ޖެހިދާނެ ކަމުގައި ދެކޭތީއެވެ. ޑޮކްޓަރުގެ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމުންވެސް އަލިމަގެއް ނުފެނުނެވެ. ކޮންމެ އަހަރަކުވެސް ލިބެނީ މާޔޫސްކަމެވެ. ފޫނެއް ފަޔަކަށް ފެންފުރުން ފަދައިން އެކަމަށް ޚަރަދު ކުރަމުން ގޮސް ދެމީހުން މާޔޫސްވާ ހިސާބަށް ދިޔައެވެ. ޑޮކްޓަރުން އުއްމީދު ކަނޑާލީ ފިރިމީހާ ކޮށްފައިވާ އޮޕަރޭޝަންއެއްގެ ސަބަބުން ކުއްޖަކު ލިބުމުގެ ނަޞީބު ނެތްކަމުގެ ޔަޤީންކަން އޮތީމައެވެ.
އަހަރެން ދެރަވެ ރޮމެވެ. ތަޤްދީރުން މި އިމްތިހާނު ކުރިމަތި ކުރުވީ ކީއްވެކަމެއް ނޭނގެއެވެ. އިންސާނާއަށް މި ދުނިޔެ މަތީ ކެއްތެރިވުން ނޫން އިތުރު ގޮތެއް އޮންނާނެ ހެއްޔެވެ؟ މާޔޫސްކަމާއި އެކަނިވެރިކަމުގައި ދިރިއުޅުން ވޭތުކުރަމުން ދަނިކޮން މާދުރުން އަލި ގަދަ ނޫރެއް ދިއްލައިދިނެވެ. ހަޔާތުގައި ކުރިމަތިވި އެކަނިވެރިކަމުގެ އިމްތިހާނުން ފާސްވެ އުނގުމަތި ފަޅުފިލާނެ ކަމުގެ އުފާވެރި ކަމުގެ ޚަބަރު ލިބުނެވެ. ރަހިމުގައި އަށަ ނުގަތަސް ބަނޑުއަޅައި ނުވިހޭ ކަމުގައިވިއަސް މަންމާއޭ ކިޔާފައި ގޮވާލާނެ ނަޞީބު މިންވަރު ކުރެއްވީ ތަޤްދީރުންނެވެ.
ކައިރި ރަށެއްގެ އަންހެނަކު ވިހާފައި އެއްލާލި މައުސޫމް އަންހެން ކުއްޖަކު ބަލާނެ މީހަކު ބޭނުންވެގެން ޖެންޑާއިން ހޯދަމުން ދަނިކޮން އަވަށްޓެރިއެއްގެ ފަރާތުން އެ ޚަބަރު ލިބުމުން ފިރިމީހާގެ އިޒުނަ އާއި އެކު އެ ކުއްޖާ ބެލުމުގެ ޒިންމާ އަހަރެން ނަގާނެ ވާހަކަ ބުނުމުން އެމީހުން އަހަންނާއި އެ ކުއްޖާ ހަވާލު ކުރިއެވެ. އޭރު އެ ކުއްޖާގެ އުމުރުން ދޮޅު މަހެވެ. ނަމަކީ ވިރާޝާއެވެ.
ޔަތީމު ކުއްޖަކު ގެންގުޅޭ ކަމުގެ ޚަބރު ލިބިގެން ކުރިން ގެއަށް ދުވަހަކުވެސް ނުވަންނަ ރައްޓެހިންނާއި މީހުން އަންނަން ފެށިއެވެ. މަގުމަތިން މީހުންނަށް އަހަރެން އެނގެން ފެށި އެ ހިސާބުންނެވެ. ވިރާޝާގެ އަސްލު މަންމަގެ ހަޤީޤަތާއި ދޮޅު މަސްތެރޭ ގެންގުޅުނު އަނިޔާވެރި ގޮތް މީހުންގެ ތުންތުން މަތިން އައިސް އަހަރެންގެ ކަންފަތުގައި ޖެހުމުން ހިތުގައި އެ ދަރިފުޅާއި މެދު އުފެދެންފެށި ކުލުނު ދިޔައީ އިތުރުވަމުންނެވެ. ވިރާޝާގެ މަންމަ ފިރިހެނުންގެ ތަންމަތީގެ ފަޅުކަން ފިލުވައިދެން ދަނީ ތުއްތު ކުއްޖާ ގެއިން ބޭރުގައި ބާއްވާފައެވެ. ބަނޑުހައިވެ ރޮއި ރޮއި ހަލާކުވާއިރުވެސް އެނބުރި އާދެވޭ ކަމަކަށް ނުވެއެވެ. އެއަޑު އަހަން އަވަށްޓެރިން ނުކުޅެދުމުން އޮފީހަށާއޮ ޖެންޑާއަށް ޝަކުވާ ހުށައަޅައިގެން ދައުލަތުން ޒިންމާ ނަގާ ގޮތަށް އެ ކުއްޖާ ގެނެސް އަހަންނާއި ހަވާލު ކުރިއެވެ.
އަހަރެމެން ދެމަފިރިންގެ ހިޔާވަހި ކަމުގައި އާއިލާގެ ފުރިހަމަ ލޯތްބާއި އެކު ބޮޑުވަމުން އައި ވިރާޝާއަށް އަހަރެމެންނަކީ އަސްލު މައިންބަފައިން ނޫންކަމެއް ނޭނގޭނެއެވެ. ވިރާޝާ ލައްވާ މަންމަ ކިޔުއްވައިގެން ބޮޑު ކުރީ އުފަން މަޔަކު ނުދޭހާ ލޯބި ދީގެންނެވެ.
އަހަރު ތަކަކަށްފަހު އަހަރެން ފުރާވަރުގައި ފެނުނު ހުވަފެނުގެ ހަޤީޤީ ކުލަ ފެނުނީ ކިރިޔާއެވެ. ހުވަފެނުގެ ޒަރިއްޔާއިން އަހަންނަށް ފެންނަ މެސެޖުގެ މާނަ ފުންކަން އެނގުނީ ދެނެވެ. އެ ހުވަފެނުގައި ފިރިހެން ކުއްޖެއްގެ ބަދަލުގައި އަހަރެންގެ އެކަނިވެރިކަން ފިލުވައި ދިނީ އަންހެން ކުއްޖެކެވެ. ހުވަފެނުގައި އަހަންނަށް ޖަވާބު ދޭން ނޭނގުނު ސުވާލު ވިރާޝާގެ ދުލުން އިވުނީ ވިރާޝާގެ އުމުރުން ވިހި އަހަރު ފުރި ޒަވާޖީ ހަޔާތަކާއި ދިމާލަށް މިސްރާބު ޖެހުމުންނެވެ. ދެން ތިލަވެގެން ދިޔަ އަސްލު ހަޤީޤަތާއި އެކު ޖަވާބު ނުދެވުނު ސުވާލު ތަކެއް އުފަންވެގެންނެވެ.
ވިރާޝާގެ މަންމަ އަކީ މަސްތުވާތަކެތީގެ ވަބާގައި ޒުވާންކަން ދުއްވާލި އަންހެނެއްކަމުގައި ބުނަން ޖެހުނީ ލަދުވެތިކަމާއި އެކުގައެވެ. ވިރާޝާ ގެ އމުރުން ދެ އަހަރު ވުމުގެ ކުރިން އޯވާޑޯޒްވެގެން ވިރާޝާގެ އަސްލު މަންމަ ނިޔާވި ވާހަކަވެސް ބުނެދިނީމެވެ.
”އަހަރެން ބޭނުމީ ބައްޕަ އަކީ ކާކުކަން ހޯދަން؟ އަހަރެން އެނގެން ބޭނުން އެ ސުވާލުގެ ޖަވާބު.” ވިރާޝާ ހަރުކަށިކަމާއި އެކު އަހާލިއެވެ. އަހަރެން ފަހެ ބުނާނީ ކީކޭ ހެއްޔެވެ؟ ޒިނޭގެ ފާފަ އާއި އެކު އުފަންވި ވިރާޝާގެ ބައްޕަ އަކީ ކާކުކަން އެނގޭ އެއްވެސް އިންސާނަކު މި ދުނިޔެއަކު ނެތެވެ. އެ ސުވާލުގެ ޖަވާބު އެނގޭ ހަމައެކަނި ފަރާތަކީ ވިރާޝާގެ މަންމަ ކަމުގައި ވިއަސް މިދުނިޔޭގައި ނެތް މީހަކާއި އަހަރެން އެ ސުވާލު ކުރާނީ ފަހެ ކިހިނެއް ހެއްޔެވެ؟
(ނިމުނީ)**********************************************************************

Comments (38)

  1. ކަމަނަ

    ކިޔާލުމުން….ވަރަށްދެރަ ވެއްޖެ….ފަހަކަން އައިސް އާއްމުވަމުންދާ ކަމެއް…އެކަމުގެ ހިތާމަ އެފަދަކުދިން ތާއަބަދު ކުރާނެ

  2. މިތުރާ

    ވ ..ރީތި…އެކަމަކު ފަހުބައިގަ ކުއްލި އެއްޖަހާ ނިއްމާލާފަ ހުރިކަން ފާހަގަ ވޭ

  3. ސަމާ

    ވަރަށް ފުރިހަމަ ވާހަކައެއް….ހަޤީޤަތުގައި މިކަހަލަ ކަމެއް ދިމާވުމުން ވަރަށް ދެރަވާނެ، ޒާހީގެ އިތުރު ވާހަކައަކަށް އިންތިޒާރު ކުރަން.

  4. zaahy

    ވަރަށް އުފާވެއްޖެ ..ލިބިފައި ހުރި ޕޮޒިޓިވް ކޮމެންޓް ތަކާއިމެދު ވަރަށް ހިތްހަމަޖެހޭ

  5. zoyasham

    ވަރަށް ސަޅި…….

  6. ރުޒޭ

    ގޫސް ބަމްޕްސްވެސް ނަގައިފި

  7. ހިސޮ

    ޟިވަހަކަ ވ ރރަ

  8. ތޯހިރާ

    މިވާހަކަ ވ ރީތި…މި ވަރުގެ ރީތި ވާހަކައެށް އަދި ނުކިޔަން…

  9. ނަހުލާ

    ވ ރީތި މިވާހަކަ

  10. މޫމިން

    މި އަސްލުވެސް ރިއަލް ސުޓޯރީއެއްތަ..ވ.ކަމުދޭމިވާހަކަ

  11. އަޖޫ

    +500ދޭން ފެންނަކަމަށް ބުނެލަން….

  12. ަޒަކިޔާ

    ވ.ކަމުދޭ މިވާހަކަ

  13. ަމިކުނު

    ވ ރީތި މިވާހަކަ……

  14. ހުރާ

    ވ ރީތި މިވާހަކަ

  15. ލަމް

    ވަރަށް ފުރިހަމަ ވާހަކައެއް.ވ ރީތި މިވާހަކަ

  16. މިތޫ

    ވ ރީތި މިވާހަކަ

  17. hamahimeyn

    ދެން އޯކޭ

  18. މޫމިން

    ވ ރީތި މިވާހަކަ

  19. ފިރާ

    ވ ރީތި މިވާހަކަ

  20. ނޫހު

    ވ. ވ. ރީތި މިވާހަކަ

  21. ވ. ދޮންބެ

    ވ. ހަބޭސް

  22. ބ.ޖައުފަރު

    ވ. ހަބޭސް

  23. ސުހޭލް

    ވ.ނައިސް

  24. ބަކުރު

    ވ.ރީތި

    1. Dolley
      ބަކުރު

      Why does this have to be the ONLY reblalie source? Oh well, gj!

  25. ބިރަކާ ނުލާ

    ވ.ނަަައިސް

  26. ގޯސްޓު

    ވ. ނައިސް

  27. ހަބީބު

    ވަރަށް ސަޅި

  28. ކަނބިލި

    ވ ރީތި މިވާހަކަ

  29. ހަރުބީ

    ވ ރީތި މިވާހަކަ

  30. ނަފޫ

    ވ ރީތި މިވާހަކަ

  31. ރިޒް

    ވަރަށް އަސަރުގަދަ ވާހަަކައެއް، އެ ކުއްޖާގެ ހިތަށް ވަަރަށް އަސަރު ކުރާނެ މަންމަ ކިޔައިގެން އުޅުނު އަންހެނަކީ އަސްލު މަންމަ ނޫންކަން އެނގުނީމަ

  32. ސައިލާ

    ވވވވ ރީތި މިވާހަކަ ޒާހީގެ އިތުރު ވާހަކަތަކެއް ފެއްނާނެ ކަމަށް އުއްމީދު ކުރަން

  33. Anonymous

    v

  34. tho

    mujuthamaya gule vaahakaye

  35. habeys

    އަދަބީ ގޮތުން ފާހަގަ ކުރެވޭ ކަންކަން އެބަހުރި….. ސިފަކުރުން ވަރަށް ރީތި.”ލައިގެން ހުރި ހެދުން ކޮށިކޮށްލަމުން ދޮރުން ނިކުތީ އެކަނިމާ އެކަންޏެވެ. ބޯނިވާކޮށްލާނެ ވަރުވެސް ނުލައެވެ. އަޑު އަންނަ ދިމާލަށް ދެވުނުއިރު ވާރޭއިން އަހަރެން ތެންމައިފިއެވެ.” މަންޒަރު ހަމަ ފެންނަ ހެންހީވެ. އަދިވެސް..”.އިރު އޮއްސުމާއި އެކު އުދަރެހުގައި ފުރާލި ފުސްވިލާތަކުންނެވެ. ހިނދެއް ހިނދަކަށް ޖެހެމުން އައި ފިނި ވައިރޯޅިތައް ގަދަވެ ތޫފާނެއް ބޯމަތި ކޮށްފާނެހާ ބާރުވާން ފެށިއެވެ. އިރުކޮޅެއް ނުވެ ވެހެން ފެށި ހިމަފޮދުވާރޭ ބޯކޮށްފިއެވެ. ގަދަވަޔާއި އެކު އަންނަ ވާރޭގެ ތިކިތައް ރަހުމެއްނެތި ބިމަށް އޮހެން ފެށިއެވެ. އަހަރެން ގޭގެ ކިޑިކީގައި ހިފަހައްޓައިގެން ބޭރުބަލަން ހުރީމެވެ. ބައެއް ފަހަރު ވިދާލާ ވިދުވަރުން ދުވާލުވާހެން ހީވެއެވެ. ބިންމަތި އަލިވެގެން ދިއުމާއިއެކު ޖަހާލާ ގުގުރީގެ އަޑު އެހާ ގަދައެވެ.” ޖުމްލަތައް އެތުރުން ވެސް ފުރިހަމަ. ޖުމްލަތައް ކުރުނަމަވެސް އެމުނި އެކުލެވުން ރަނަގަޅުވުމާއި، އެއްޖުމްލަ އަންޖުމްލައާއި ގުޅުވާފައިވާގޮތުން ސިފަވާނީ ހަމަ ފަރުބަދައެއްހާ ވަރުގަދަ ކޮށް. އިބްރަތްތެރި ވާހަކަ ތަކެއް ލިޔުއްވާނެ ކަމަށް އުއްމީދު ކުރަން.

  36. habeys

    ބޭނުންވަނީ މިފަދަ ގޮތަކަށް ލިޔެވޭ އޮޓަހުރި ލިޔުންތަކެއް….. ވާހަކައިގެ ހާދިސާވެސް ރަނގަޅު. މުޖުތަމައު އިސްލާހްކުރުމާއި އަދި އަދަބީ ގޮތުން ރަނގަޅު ލިޔުންތަކެއް ލިޔުއްވުމަށް ހިތްވަރުދެން.

  37. lam

    Nice story

Comments are closed.