100 ޕަސެންޓް ކޮޓަން. ގިނަ މީހުންނަކީ އުމުރުން ދުވަސްވުމުން، ޒަމާނީ ފެޝަންތަކެއްޗަށް އެހާބޮޑު އިސްކަމެއް ދޭ މީހުންނެއް ނޫނެވެ. ނަމަވެސް އާބިދާއަކީ އުމުރުން 55 އަހަރުވެފައި އިނަކަސް އެންމެ ފަހުގެ ޒަމާނީ ތަކެއްޗަށް ލޯބިކުރާ އަންހެނެކެވެ. އާބިދާ ދިރިއުޅެމުން ގެންދަނީ މާލޭގައި ކަމަށްވެފައި އަދި ބޭނުންވާ ހުރިހާ ވައްތަރެއްގެ އެއްޗެއް ގަތުމުގެ މާލީ ތަނަވަސްކަން ހުންނާތީ އާބިދާ ބޭނުންވާ ހުރިހާއެއްޗެއް ވެސް ވަރަށް ފަސޭހައިން ހޯދެއެވެ. އާބިދާގެ ފިރިމީހާ ނަސީރަކީ ވަރަށް ތަނަވަސް މީހަކަށް ވީކަމީ، އާބިދާކަހަލަ، […]
އޯޕަން އަދި ކުލޯޒް ދުވަހަކީ ރަމަޞާން މަހުގެ ފަހު ދުވަހެވެ. ޝާކިރު އަލަށް މާލެ ބަދަލުވީތާ ފުރަތަމަ ހަފުތާއެވެ. މަންމަ އެދުމުގެ މަތީން 14 އަހަރުގެ ޝާކިރު ފިހާރައަށް ދިޔައީ އެއްޗެއް ގަތުމަށެވެ އާދެ! ހަގަށްހުރި ކޮއްކޮ އަށް ބޫޓެއް ގަތުމަށްޓަކައެވެ. “މަންމާ.. ކިތައް ފޫޓުގެ ބޫޓެއްތަ ގަންނަވީ؟” ބޯކަހާލަމުން ޝާކިރު މަންމަގާތު އަހާލިއެވެ. “ސާބަހޭ ދަރިފުޅަށް. ކިތައްފަހަރު ބުނީމަތަ އެނގޭނީ ކައިވަތެއް ވަރުގެ ބޫޓެކޭ. މިހާރު މިހެންވެސް ކިތައްފަހަރު ބުނެވިއްޖެތަ؟” ޝާކިރުގެ ގަމާރުކަން ހިތައްއަރާފައި ރުޅިވެރި […]
އަނިޔާގެ ހަދިޔާ. ” މަންމާ! މަންމާ! ކިހިނެތްވީތަ؟ ކޮންހާ ލެޔެއް ތިއަންނަނީ؟ ހިނގާ ޑޮކްޓަރަށް ދައްކަންދާން.” މަތީނުގެ ހައިރާންވެފައިވާ މޫނު ފެނުމުން ރަޒީނާ އޭނާގެ އަނގަމަތީގައި އަތް އެޅުމަށްފަހުގައި ފާހާނާއަށް ދުއްވައިގަތެވެ. “މަންމާ! މަންމާ! ދޮރު ހުޅުވަބަލަ! ކިހިނެތްވީތަ؟” ކަންބޮޑުވެފައިވާ މަތީނު ފާހާނާ ދޮރުގައި ތަޅަމުން އޭނާގެ މަންމައަށް ގޮވަމުން ދިޔައެވެ. ” ދަރިފުޅާ. މިއީ ކަމެއް ނޫން. ނިދާފައި އޮއްވާ ކެއްސުންގަނޑެއް އެރީކަމަށް ވާނީ. ދޭ ނިދާލަންދެން. މަންމަ ވެސް އިރުކޮޅަކުން ނިދަން މިއުޅެނީ.” އުމުރުން […]