ގަޑިން މެންދަމުން އަލިވެ އެކެއްޖެހީއެވެ. މުޅިމާހައުލުވެސް ނިދާފައިވާ ކަހަލައެވެ. އެއްވެސްމީހެއްގެ އަޑެއްބަޑެއް ނީވެއެވެ. ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ނަމަވެސް މިދަންވަރުގެ ވަގުތުގައިވެސް ނިދުމުގެ އަރާމުން މަހްރޫމްވެފައިވާ އިފާ އިނީ ގިސްލަ ގިސްލާފައި ރޯށެވެ. މުޅި ރޭގަނޑު ހަތަރުދަމު ރުއުމުގެ ސަބަބުން އިފާގެ ދެލޯވަނީ ދުޅަވެފައިވާ ކަހަލައެވެ. މޫނުމަތިން ފެންނަނީ ވަރުބަލިކަމާއި މާޔޫސްކަމެވެ. ހިތާމަޔާއި ހިތްދަތިކަމުގެ އަސަރުތަކެވެ. އެނދުގެ އެންމެ ބިއްދަށައްއަރާ ފާރުގައި ލެނގިލައިގެން އިން އިފާ ކުއްލިއަކަށް ތެދުވެއްޖެއެވެ. ހީވަނީ ކުއްލިއަކަށް ވަރަށްބޮޑު އެއްޗެއް ހަނދާންވިހެންނެވެ. ބަރުހެލި ފިޔަވަޅުތަކަކާއެކު […]
އަހަރެންގެ ދިރިއުޅުން މިހާރު އޮތީ އަހަރެން ބޭނުންވާ ގޮތަކަށް ނޫނެވެ. ދިރިއުޅުން މިހާރު އޮތް ގޮތަށް ބަދަލު ވެގެން ދިޔައީ އަހަރެންގެ ސަބަބުން ކަމަށް ގަބޫލު ކުރުމަކީ އަހަރެން ކުރަން ބޭނުން ކަމެއް ނޫނެވެ. އެއީ ފިރިހެނުންގެ ޠަބީޢަތް ކަމަށް ހީކުރިޔަސް އެންމެ ރަނގަޅުވާނެއެވެ. އަހަރެންގެ އަންހެނުން އަޒުރާ އަކީ ވަރަށް ރީތި މީހެކެވެ. އިސްކޮޅުން ދިގު، ހީވާގި އަދި އުޅުން ހުރި ރަނގަޅު މީހެކެވެ. މި ބުނަނީ އަހަރެން މިއީ ނުބައި މީހެއް ކަމަށް އެއްބަސްވާ […]
ިއަދަކީ ވަރަށް ވިއްސާރަދުވަހެކެވެ. ހަވީރު ވަގުތު އަހަރެން ބޭރަށް ނިކުތީ ވިއްސާރަ މަޑުވެލާފައި އޮތުމާއި އެކު ފޯނުކޯލެއް ކޮށްލުމުގެ ނިޔަތުގައެވެ. ގެ ކައިރީގައި އިންނަ އަށްޓަކީ އަހަރެން ފޯނުގައި އިންނަ މަޒިލް ކަމުން އެތާނގައި މަޑުކޮށްލީމެވެ. އަދި އަހަރެން ފޯން ކޯލް ކޮށްލީމެވެ. ޖެހުނު ބޮޑު ވާހަކައިގެ ސަބަބުން މަޖާވެގެން ހިގަން ފެށުނެވެ. ގެ އާއި މާދުރަށްވެސް ދުރަށް ދެވުނެވެ. އޭރު ގާތް ގަނޑަކަށް ފަހެއް ޖަހަން އުޅޭނެއެވެ. އިރު އޮއްސެން ގާތްވުމާއެކު އަހަރެންގެ ފޯނުކޯލުވެސް ކުރުކޮށްލުމަށް […]
މޫނުބަލާ ލޯގަނޑު ކުރިމައްޗަށް ހުއްޓި އަހަރެންގެ ސިފަ ބަލާލީމެވެ. މޫނުމަތީގައި ކުރިއެކޭ އެއްވެސް ތަފާތެއް ނެތެވެ. މިހާރުވެސް ވަރަށް ރީއްޗެވެ. ވަރަށް ފުރިހަމައެވެ. އުނިކަންނުވާ ފަތްމިންޏެކޭ ވެސް ބުނެވިދާނެއެވެ. މޫނުމަތީގައި އެއްވެސް ކޫރުމެއް، ލައްގަނޑެއް ފެންނާކަށްނެތެވެ. އެހެނަސް އަހަރެންގެ އަބުރުގައި ޖެހިފައިވާ ކުލަގަދަ ލައްގަނޑު އެންމެންނަށް ވެސް ފެނެއެވެ. އަހަރެންގެ ރީތިކަމާމެދު ތަޢުރީފުކުރި އެންމެން މިހާރު އަހަންނަށް މަލާމާތްކުރެއެވެ. ކުރިން ޚުދު އަހަރެން ވެސް އަހަންނަށް ލިބިފައިވާ ރީތި ސިފައާއިމެދެ ފަހުރުވެރިވީމެވެ. އެހެނަސް އެ ރީތި ކަމަކީ […]
ޖުލައިމަހުގެ ވިއްސާރަ ރޭތަކުގެ ތެރެއިން ރެޔެކެވެ. ވިދުވަރުގެ ގަދަ އައްޔާއި، ގުގުރީގެ އަޑު ގަދަކަމުން އަހަރެން އޮތީ ކޮޓަރިން ނުކުންނަން ވެސް ނުކެރިފައެވެ. ވިއްސާރަ ރެއެއްކަމުން ނީނާ ވެސް ވަރަށް އަވަހަށް ކޮޓަރިއަށް ވަދެ ނިދައިފި އެވެ. ނިހާދު ގެޔަށް ނާންނާތީ އަހަރެންގެ ލޮލަކަށް ނިންޖެއް ނައެވެ. ބާލީސް ދަށުގައި އޮތް ފޯނު ނެގުމަށްފަހު އަހަރެން ނިހާދުގެ ނަމްބަރަށް ގުޅައިލީމެވެ. “މިރޭ ވަރަށް ބިޒީ… ތަންކޮޅެއް ލަހުންކަން ނޭނގެ ގެޔަށް ދެވޭނީ” ނިހާދު ބުންޏެވެ. ނިހާދު އަކީ […]
މައި މަގުމަތީ ހިނގަމުންދިއައީ ފިހާރައަށް ދިއުމަށްޓަކަ އެވެ. ވަގުތަކީ ހަވީރުގެ ވަގުތުކަމުން މަގުމަތީގައި މީހުން ހޭލަމޭލައަށް އުޅެމުން ދެ އެވެ. މުޅިމަގުވަނީ ހަލަބޮލިވެފަ އެވެ. ދުއްވާ އެއްޗިއްސާއި ހިނގާމީހުންނެވެ. ފިހާރައާ ހަމައަށް ދެވުމުން އަވަސް އަވަހަށް ފިހާރައަށް ވަނެވެ. ވަރަށް ބޮޑު ފިހާރައެކެވެ. އެވަގުތު ފިހާރާގައި މީހުން ކޮންމެ ވެސް ވަރަކަށް މަދެވެ. މައި ފިހާރަ ތެރޭގައި ހިނގަންފެށި އެވެ. އޭނާ ބޭނުންވާ އެއްޗެހި ހޯދުމަށްޓަކަ އެވެ. އޭނާ ފިހާރައަށް އައީ ރީތިވާ ސާމާނުތައް ގަތުމަށްޓަކަ އެވެ. […]