Skip to content
އެސްފިޔަ

އެ ހަދާން

އެއީމީގެ ދެތިންމަސް ކުރިއެވެ. އަހަރެން މާލޭގެ ހެންވޭރުކޮޅު ރާޅުގަނޑުކައިރީ އޮންނަ އަކިރިއުސްގަނޑުމަތީ އެކަނިއިނދެ އަހަރެންގެ އެކަނިވެރި ހަޔާތާއިމެދު ވިސްނަމުން ދިޔައީމެވެ. މީގެހަތަރު އަހަރުކުރިން މިދުނިޔެދޫކޮށްފައިވާ އަހަރެންގެ މާޒީގެލޯބިވެރިޔާގެހަނދާންތައް އަހަރެން ސިކުނޑީގައި އާލާވާންފެށިއެވެ. ޒަމާންތަކެއްވަންދެން އަހަރެންގެ ނިދާފައޮތް ހިތްހޭލަށްވާލިއެވެ.ހަމަ އެންމެ ސަބަބަކަށްޓަކައެވެ.
އާއެކެވެ.މިއަދު އަހަރުމެން ގޭކަރިފިހާރައިން ނުކުންނަނިކޮށް ފެނުނު އެހޫރެއްފަދަ ޖިންސުއްލަތީފެވެ.އޭނާގެ ތޫނުދެކަޅިރަވައިން ފޮނުވާލި ތީރުތަކުން އަހަރެންގެ ހިތުގެ އެންމެ އަޑިޔާއިޖެހެންދެން ޒަހަމްކޮށްލުމަށްފަހު އޭނަ ދިޔައީއެވެ.
އެހެންނުވާންވީ ކީއްވެގެން ހެއްޔެވެ. ރިފްނާވެސް ބުރުގާ އެޅީމަހުންނާނީ ހަމައެހެންނެވެ. އެއަންހެންކުއްޖާއައި ރިފްނާގެ މޫނުމަތީގެސިފަތައްވެސްވަރަށް އެއްގޮތެވެ. ހަށިގަނޑުގެ އިސްކޮޅާއިރޫފަވެސް ހަމަތަފާތެއްނެތެވެ. ވިސްނިވިސްނިހެން މަޑުމަޑުންއަހަރެން އެހަންދާންތަކުގެތެރެއަށް ގެނބެމުންދިޔައެވެ.
އެއީ ކައިވެންޏަށް ބާޒާރުކުރުމަށް ދެފަރާތުގެ އާއިލާއިން ބެންގަލޫރަށް ގޮސް އުޅުނު ދަތުރުގެ ދުވަސް ތަކުގެ ތެރެއިން ދުވަހެކެވެ.އަހަރެމެން ތިބީ ބަސް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ.ކުއްލިއަކަށް ރިފްނާގެ އަތުގައި އޮތް ކޮތަޅެއް ވެއްޓުމުން އަވަސް ގޮތަކަށް އެކޮތަޅު ނަގަން ބިންމައްޗަށް ތިރިވިއެވެ.ހަމަ އެވަގުތު ބާރު ސްޕީޑެއް އައި ލޮރީއެއް ބުރަކިޖެއްސީމަ ފުރޮޅުކަހާފައަންނައަޑާއެކީ ރިފްނާ ގެ ގައިގެ މަތިން ބުރުބުރުއަޅާފައި އައިސް އަހަރެންގެ ކުރިމައްޗަށް ފޫޓެއްހާ ދުރަށް ޖެހުނެވެ. އަހަރެންނަށް އަގައިންވެސް ނުބުނެވުނެވެ.
އަހަންނަށް ފުންމައިގެން ކަހަލަގޮތަކަށް ގޮސް ރިފްނާގެ ކައިރީދެކަކޫޖަހާފައިށީދެވުނެވެ. އަދިއަހަރެންގެ އުރުތެރެއަށް ނަގާލީމެވެ.ރިފްނާގެ އަގައިންނާ،ނޭފަތުންނާއި ކަންފަތުން ލޭގެ ސާލެއް އުފެދިގެން ދިޔައެވެ.
ދެފަރާތުގެ އާއިލާގެމީހުން އައިސް އަހަރުމެން ވަށާލިއެވެ. ރިފްނާ ކޮންމެސް އެއްޗެއް ބުނެވޭތޯއުޅުނެވެ. އެއީއަހަރެންގެ ފުރާނައިގެ ދިރުމެވެ. އަހަރެންގެ ދެލޮލުގެނޫރެވެ. ހިތުގެވިންދެވެ. އަހަރެންގެ ފުރާނައަށްވުރެވެސް މިދުނިޔޭގައި އެންމެލޯބިވާ ރިފްނާ ބުނަންއުޅުނުއެއްޗެއް ނުބުނެވުނެވެ. އަނގަހުޅުވާލިގޮތަށް ރިފްނާގެ އެންމެ ފަހުނޭވާ ދޫކޮއްލީ އަހަރެންގެ އަތުތެރެ އަށެވެ.
އާއިލާއާއިއެކު އިންޑިއާގައި ތިންއަހަރު ވޭތުކުރުމަށްފަހު އިންޑިއާދޫކޮށް އާއިލާއާއި ވަކިން އެކަނިމާލޭގަ މިއަހަރު ވޭތުމިކުރަނީ ކޮންމެސްވަރެއްގެ ހަމަޖެހުމާއިއެކު އެހަދާންތަކާއި ދުރުވުމުގެ ނިޔަތުގައެވެ.
މާލޭގައުޅޭއަހަރެންގެ އެކިރައްޓެހިންތަފާތު އަންހެންކުދިން އަހަންނަށް ތައާރަފުކޮށްދެއެވެ. އަހަރެން ގަޔާވާކަހަލަކުއްޖަކާ ދިމާނުވާތީވެ ބައެއްރައްޓެހިންގެ ތެރޭޙިޔާލު ތަފާތުވުންއުފެދެ އެވެ. އެހަނދާންތަކާއި ދުރަށްދިއުމަށް އަހަރެންމިވަނީ ހަތަރުއަހަރު ވޭތުކޮށްފައެވެ.
އަހަރެންގެދެލޯފުސްވާކަން އިހުސާސްވިއެވެ. އަހަންނަށް ނުވެސްއެނގިލޮލުން ފެންތައް ފައިބައިގަތެވެ. އަވަސްއަވަހަށް ދެލޯފޮހެލައިފީމެވެ.އަދި ތެދުވެ ގެއަށްދާންހިގައިގަތީމެވެ.

Comments (21)

  1. Narrna

    ރީތި… އެކަމަކު މި ވާހަކަ އަދި ކޮންޓިނިއު ކުރިނަމަ ވ ވ ރީތި ވީސް..

  2. ޯޔތޔ

    ވ ރީތި …..އައިޑިއާ ވެސް ސަޅި..

  3. ޜާނީ

    ރީތި ކުރުވާޙަކަ އަކަށް ބަލާފަ….

  4. Anonymous

    sifa kohdhinun varah reethi

  5. m.s

    ނަރްނާ ، ޯޔތޔ ،ޜާނީ އަދި Anonymousއަށް ޝުކުރިއްޔާ..ކުރު ވާހަކައެއް ވީމަ ކޮންޓިނިއު ނުކޮށް ނިންމާލީ

  6. ރީޑާރ

    ގުޑް ސްޓޯރީ

  7. ކަބުލޮ

    ވވވވ ރީތި :ޕ

  8. ޏީޏޫ

    ސަޅި އިނގޭ…..

  9. m.s

    ހުރިހާ ކުދީންނަށް ޝުކުރިއްޔާ! މިއީ އަޅުގަނޑުގެ ފުރަތަމަ މިކަހަލަ ވާހަކައަށް ވެފައި ތިހާބޮޑު ތަރުހީބެއް ދެތީ…

  10. ޕޯލޯ

    Reeތި ވާހަކަ

  11. m.s

    ޕޯލޯ ތެންކްސް:)

  12. ޙޫރާ

    ރީތި އިގެޭ ވާހަކަ

  13. ކަމަނަ

    ޢަތުރާލުން، ސިފަކުރުން ވވވވވވ އޮބި

  14. ސަމާ

    ސަމާއަށް ރީތި މި ވާހަކަ

  15. ގާލް

    ައޯކޭ ދެން 🙂

  16. ޙީޙީ

    ސޯ ގުޑް ހެހެ ސަޅީ އޭ

  17. ޝިޔާ

    ވާހަކައިގެ ނަމުގައިވެސް މައްސަލައެއް ފާހަގަ ކުރެވުނު. ހަދާން ނުވަތަ ހަނދާން ތޯ ސޔވާލު އުފެދުނު.

  18. ޝިޔާ

    ސޮރީ ފޯރ ދަ ޓައިޕިން މިސްޓޭކް އިން މައި ޕްރިވިއަސް ކޮމެންޓް.

  19. އައްކި

    ތި ދެން ވާހަކައެއްތަ؟ އެހާ އާއްމު ހިޔާލެއް. ނުވިތާކަށް ކިޔަން އުނދަގޫވާހާ އިމްލާ ކުށް ހުރި. ލަފްޒު ދުރުކުރުން ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭކަމަށް ގަބޫލުކުރެވުން.

  20. ލިލީ

    ހމމމ…ދެން ހަމަ ސަޅި…ޔޫ ކޭން ޑޫ އިޓް…

  21. Amilia

    Wham bam thank you, ma’am, my quoistens are answered!

Comments are closed.