ބާބު 2 [ކުރީގެ އަދަދާއި ގުޅޭ] ”ބާރަ ޖެހީ” އައިވާގެ އަޑު އިވުމުން ފައިރީންވެސް އަވަސް ވެގަތީ ނިދުމަށެވެ. ދެކުދިން ކޮޓަރީގެ ބޮކި ނިއްވާލުމަށްފަހު އަވަހަށް ރަޖާ އަޅައިގެން ނިދުމަށްޓަކައި އޮށޯވެލިއެވެ. . ……… ދަންވަރުގެ ހަމަހިމޭން ވަގުތެވެ. އައިވާ އަށް ސިހިފައި ހޭލެވުނީ ފާހާނާއަކަށް ދާން ޖެހިގެންނެވެ. މީގެ ކުރިން ދަނވަރު ގަޑީގައި ފާހާނާއަށް އެހާ ގިނައިން ނުދާތީ ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް އުފެދުނެވެ. ބިރުވެރިންކަން އެއްފަރާތް ކޮށްލުމަށްފަހު އައިވާ އެނދުން ފައިބައިގެން މަޑު […]
ބާބަު 1 – އައިވާ އާއި ފައިރީން “ތިއީ އައިވްގެ އެއްޗެކޭ! ފައިގެ އެއްޗެއް ނޫނޭ.. ގެނޭ ތީިތި..” ތުންދަމައިގެން ހުރެ ހަތަރު އަހަރުގެ އައިވާ މަސައްކަތް ކުރަމުން ދިޔައީ ފައިރީންގެ އަތުގައި އޮތް ކުޅޭ ކުޅޭ ބަޑި އަތުލުމަށެވެ. “ނުދޭނަން.. ފައި ނެގީ ދޯ ފުރަތަމަ.” އައިވާގެ ބޮލަށް ކުޅޭ ބަޑި އަމާޒުކޮށްލަމުން ފައިރީން ބުނެލިއެވެ. “ހޭންޑްސް އަޕް.” އައިވާ ވަގުތުން ދެއަތް މައްޗަށް ނެގިއެވެ. ފައިރީން ވަރުގަދަ ހިނިގަނޑެއް ޖަހާލިއެވެ. ފައިރީން ބަޑި ތިރިކޮށްލުމުން އައިވާ […]