ކިޔާން އާނިޔާ މެންގެ ދޮރުމައްޗަށް ހުއްޓި ސަލާމް ގޮވާލިއެވެ. ވަގުތުން އާނިޔާ ސަލާމް ބަލައިގަތެވެ.”ދައްތާ ސުވާލެއް އަހާލަންވެގެން މި އައީ.. އެންމެ ރަނގަޅުތަ އެހިޔަސް؟..ރީޝަމް ކައިރީ އަހައިގެން ނުބުނި..” ކިޔާން ހުއްދަ ހޯދިއެވެ. އާނިޔާ ދެބުމަ ކައިރިވިއެވެ.”ހޫމް އަހާބަލަ..” ކެތްތެރިކަމާއި އެކު އާނިޔާ އެހިއެވެ.”ދައްތައަށް އިނގޭތަ ރީހާން ކިޔާ ކުއްޖެއް؟..” ކިޔާން އެހި ސުވާލުން އާނިޔާއަށް ފުންމައިގެން ތެދުވެވުނެވެ.”ކިޔާން! ރީޝަމް ބުނީ ކީކޭ؟!؟!..” އާނިޔާގެ އަޑު ބާރުވިއެވެ. ދެލޯ ބޮޑުވެފައި ކިޔާން ބަލާލިއެވެ.”ނޭނގެއޭ ބުނީ.. ހީވަނީ ބުނަން […]
ހަވީރު ވާން ކައިރިވުމުން ޒިވާ ފެންވަރައިގެން ނުކުތުމުން ޒިވާ ތައްޔާރު ކޮށްދިނީ މާހީ މެންނެވެ. ވަރަށް ފުރިހަމައަށް އެދެމީހުން އެމީހުންގެ މަސައްކަތް ނިންމާލިއެވެ. މާހީ ގެނައި ފައިވާނަށް އަރާލާފައި ޒިވާ އޭނާގެ އިސްކޮޅަށްވުރެން ދިގުކޮށް ހުރި ލޯގަނޑު ކުރިމަތީ ހުއްޓިލިއެވެ. އޭނާ ހީވަނީ ހަމަ ހޫރެއް ހެންނެވެ. އަމިއްލަ ސޫރަ ފެނުމުން ޒިވާ ލަދުން މޫނުގައި އަތް އަޅާލިއެވެ. ވިޝާމް އެގޭ ދޮށަށް އައިސްފައި ގުޅާލުމުން ޒިވާ ބޭރަށް ނުކުތެވެ. ކަޅު ޖިންސާއި ޓީޝާޓެއްގައި ވަރަށް ނުރަސްމީކޮށް […]
ރީހާންމެން މުޅި ރަށުގައި ދުއްވި އިރުވެސް އެމީހުންނެއް ނުފެނުނެވެ. ރަށަށް އައި ގޮތަށް ރީހާން އެކުވެރިއެއް ހޯދައިލައިފިއެވެ.”ކާކު ހޯދަންތަ ތިވަރަށް ތިއުޅެނީ؟..” އެންމެފަހުން ރީހާންގެ އާ އެކުވެރިޔާ، އަރޫން އަށް ނުހުރެވިގެން އެހުނެވެ.”އަމް ސޯ.. މިރަށުގަ އުޅެއެއްނު އައިޝަތު ރީޝަމް ކިޔާ ކުއްޖެއް.. އޭނަ އުޅޭނީ ކޮންތާކު؟..” ކައިރީގައި ހުރި އެލީޒާއަށް ބަލާލާފައި ރީހާން އެހިއެވެ. އެއާއި އެކީ އަރޫން ފެށީ ހޭށެވެ.”ބްރޯ.. އިނގޭ ވަރަށް ސޭޑް ނިއުސް އެއްކަން.. ރީހު ލައިކް ވަނީ ދޯ؟..މަ ވެސް […]
“ދެން.. އަހަރެން ބޭނުންވީ ޒާން ބޭނުންހާ ހުރިހާ ކަމެއް ކޮށްގެން ވެސް ޒާން ކާމިޔާބު ކުރަން.. އެއްދުވަހު ޒާން އަހަންނަށް ވަރަށް ގިނަ ވާހަކަ ކިޔާދިން.. ބުނި ލިއީޝްގެ ކުރީގެ ބީއެފް އަކީ ރީހު އޭ.. ލިއީޝް އޭނައާއި މެދު ވިސްނާތަން ބަލާކަށް ޒާންއަށް ނުހުރެވޭނެއޭ ކިޔާފަ ބުނީ ކަމެއް ކޮށްދެވެންޏާ ކޮށްދެން.. އަހަރެން ކޮންކަމެއްހޭ އެހީމަ ބުނީ.. ރީހު އަށް ލިއީޝް ފެންނަ ހިސާބުގައި ނޫޅެވޭ ވަރު ކުރުވަން.. އަހަންނަކަށް ހިއެއް ނުވޭ މަރާ […]
ހުވަފެނުގައި ފެންނަމުން ދަނީ ޒީހާން ރިސޮތުން އަންނައިރު ބޮޑު ރަތް ފިނިފެންމާ ބޮޑިއެއް އަތަށް ލައިގެން ކަޅު ގަމީހަކާއި ކަޅު ޖިންސެއްގައި ފިރިހެން ވަންތަ ހިނގުމެއްގައި އައިސް މާހީގެ ކުރިމަތި ހުއްޓިލާ އެއްފައި މައްޗައް ތިރިވެ އޭނާ ކުރެން ޒީހާން ގެ ހައްގަކަށް ވާން އެހިއެވެ. އަވަސް އަވަހަށް ބޯޖަހާލާ މާހީ އެ މާ ބޮނޑީގައި ހިފާލިއެވެ. ޒިހާން ތެދުވެ މާހީގެ އުނަގަނޑުގައި އަތް އަޅުވާލާ ޒީހާންގެ ގަޔާ ކައިރިއަށް ދަމާލިއެވެ. އަދި ޝަހާދަތް އިނގިލިން އިސްޖެހިފައި […]
“ދައްތާ އޭނާ ނިދާފަ ކަންނޭނގެ އޮތީ..” ރީޝަމްގެ ޖަވާބުން އާނިޔާ ވެސް އެއްޗެކޭ ބުންޏެވެ.”އެކަމް ގޮވިއްޔާ އޭނާއަށް އުނދަގޫ ވެދާނެ..” ދެންވެސް ރީޝަމް ބެލީ ކިޔާންއަށް އުނދަގޫ ނުކޮށް ވޭތޯއެވެ. އިރުކޮޅެއް ފަހުން ރީޝަމްގެ ފިޔަވަޅުތައް ކައިރި ވާހެން ހީވިއެވެ.”ކިޔާން.. ދައްތަގެ ފޯނެއް.. ނިދާފަތަ؟..” ފޯނުން ގައިގައި ކޮއްޓާލުމުން ރީޝަމް އެހިއެވެ. ކިޔާން ދެލޯ ނުހުޅުވުމުން ދެވަނަ ފަހަރަށް ވެސް ރީޝަމް ގޮވާލިއެވެ.”ދައްތާ އޭނަ ނިދާފައޭ.. ދެން އޯކޭ ވާނެ.. ޓްރައި ކުރާނަން އިނގޭ.. އެކަނި އުޅެން […]
ފަރީދާ ދެއްކި ވާހަކައަޑުއިވުމުން އެލީޝާގެ ކަންފަތް ބީރުވެގެންދިޔަ ކަމުގެ އިހުސާސެއް އޭނާއަށް ކުރެވުނެވެ. ދެން އޭގެ ފަހުގައި ދެއްކި ވާހަކައެއް އޭނާއަށް އަޑުނީވޭ ކަހަލައެވެ. އަރައިގަތީ ފާޑެއްގެ ރުޅިއެކެވެ. ގޮސް ތިގޮތަށް ތިކަން ވިޔަކަ ނުދޭނަމޭ ބުނެ ބަވައިލަން އޭނާ ބޭނުންވިއެވެ. ނަމަވެސް މާމަގެ ކުރިމަތީގައި އެގޮތަށް އުޅެގަންނަން އޭނާ ޖެހިލުންވިއެވެ. ކައިރާއާމެދު ހިތުގައިވާ ނަފްރަތު އެތައް ގުނައަކަށް މައްޗަށް ޖެހިގެން ދިޔައެވެ. މިވަރުން ދަންޏާ އަޔާން ހޯދަން ގޯސް މަގެއް އިޚުތިޔާރު ކުރަން އޭނާ ޖެހިލުމެއް […]
ލަވަ އެހިސާބަށް ދިޔުމުން އިތުރަށް ކެތް ކުރަން ދަތި ވުމުން މިޝަލް ލަވަ ޕޯޒް ކޮށްލުމަށް ފަހު ލެޕު ލައްޕާލިއެވެ. މާހީ އާއި ދިމާލަށް ބަލާލުމަށް ފަހު އެ ކޮޓަރިން ނުކުތެވެ. ☆♡☆ ނުވަވަނަ ބައި ☆♡☆ މިޝަލް ގެއަށް ވަނުމުން ވިޝާމް ހިނގައި ގަތީ ގެއާއި ދިމާލަށެވެ. ދިޔަ މަގުމަތީގައި އަޔާނީ އާއި އެކު ދިޔަ ޒިވާ ފެނުމުން ކުރިއަށް ނަގަނަގަ ހުރި ފިޔަވަޅާއި އެކު ވިޝާމް ގަނޑުވި ފަދައެވެ. އެދުވަހު އޭނާއަށް […]
“ރީޝަމް ދިޔައީ ތި ގެއަށް ދޯ؟..” ކިޔާން އެހެން އެހުމުން އާނިޔާ ދެބުމަ ކައިރިވިއެވެ.”ހްމްމް.. ރުޅި އައިސްގެން؟..” އާނިޔާ އެހިއެވެ.”ނޫނޭ.. ހެހެ.. އޯކޭ ވާނެ ރީޝަމްގެ ޗޮއިސް އެއް އެއީ.. އަހަރެން މަޖުބޫރެއް ނުކުރާނަން އިނގޭ ގެއަށް ގެންނާކަށް.. ފަހަރެއްގާ ނާވަސް ވެސް ވެދާނެ..” ކިޔާންގެ އަޑުން އާނިޔާއަށް މާޔޫސްކަން ފާހަގަވިއެވެ. އިތުރު އެއްޗެއް ނުބުނެ ކިޔާން ފޯނު ކަނޑާލިއެވެ. މަޑުމަޑުން ހުރިހާކަމެއް ހަމައަކަށް އެޅޭނެކަމަށް ނިންމަމުން އާނިޔާ ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަތް އިރު ހާނިމް […]