Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ވީމޭ އިންތިޒާރުގައި – 28

Baby Devil Level 610 Stories100 Stories
March 31, 2022 6 Mins Read
4 Comments

ކިޔާން އާނިޔާ މެންގެ ދޮރުމައްޗަށް ހުއްޓި ސަލާމް ގޮވާލިއެވެ. ވަގުތުން އާނިޔާ ސަލާމް ބަލައިގަތެވެ.”ދައްތާ ސުވާލެއް އަހާލަންވެގެން މި އައީ.. އެންމެ ރަނގަޅުތަ އެހިޔަސް؟..ރީޝަމް ކައިރީ އަހައިގެން ނުބުނި..” ކިޔާން ހުއްދަ ހޯދިއެވެ. އާނިޔާ ދެބުމަ ކައިރިވިއެވެ.”ހޫމް އަހާބަލަ..” ކެތްތެރިކަމާއި އެކު އާނިޔާ އެހިއެވެ.”ދައްތައަށް އިނގޭތަ ރީހާން ކިޔާ ކުއްޖެއް؟..” ކިޔާން އެހި ސުވާލުން އާނިޔާއަށް ފުންމައިގެން ތެދުވެވުނެވެ.”ކިޔާން! ރީޝަމް ބުނީ ކީކޭ؟!؟!..” އާނިޔާގެ އަޑު ބާރުވިއެވެ. ދެލޯ ބޮޑުވެފައި ކިޔާން ބަލާލިއެވެ.”ނޭނގެއޭ ބުނީ.. ހީވަނީ ބުނަން ބޭނުން ނުވަނީހެން..” ހާސްކަން ފޮރުވާލަމުން ކިޔާން ޖަވާބު ދިނެވެ. އާނިޔާއަށް ފުން ނޭވާއެއް ލެވުނެވެ.

 

**28 ވަނަ ޕާޓު**

 

އާނިޔާ މެންގެ އިން ނިކުތް އިރު ކިޔާން ވެސް ހުރީ ޝޮކެއްގައެވެ. ރީޝަމްގެ ހަޤީޤަތް އިނގުމުން ކިޔާން ހިތުގައި ވީ ޒަޚަމް ފުންވީ އެ ނިކަމެތި ކުއްޖާއަށް ދެވުނު ހިތާމަތައް ހަނދާން ވެފައެވެ. އެވަގުތު ހުރީ މާއިލް މަތިން ވެސް ހަނދާން ނެތޭ ގޮތް ވެފައެވެ. އާނިޔާ އެގެއިން ނިކުންނަން ކިޔާންއަށް ހުއްދަ ދިނީ އެއްވެސް މީހެއް ކައިރީ ނުބުނަން ވައުދު ކޮށްފައެވެ. އެއާއި އެކީ ރީހާން އާއި މެދު ނަފްރަތު ކިޔާންގެ ހިތުގައި އުފެދުނެވެ. އެހެން ކަމަކަށްވުރެ ބޮޑަށް މިވަގުތު ކިޔާން ބޭނުންވެފައިވަނީ ރީޝަމްގެ ހާލު އިނގުމެވެ. އެސުވާލު އެހުނީތީ އަމިއްލަ ނަފްސު ވެސް ކުށްވެރިކޮށްފިއެވެ.

 

ގެއަށް ވަތް އިރު ރީޝަމް ކޮޓަރިން ބޭރަށް ނިކުންނަނީއެވެ. އެ އެސްފިޔަތަކުގައިވާ ކަރުނަތަކުން ކިޔާންގެ ހިތަށް ވަރަށް އަސަރު ކޮށްފިއެވެ.”ރީޝް..” ކިޔާން ހިނގާލަފައި ގޮސް ރީޝަމްގެ ކުރިމަތީގައި ހުއްޓުނެވެ. އިރުކޮޅަކު ބަލަން ހުރެފައި ރީޝަމް ފާރާއި ލައި ފިއްތާލަމުން ކިޔާން ރީޝަމް ހައްޔަރު ކޮށްލިއެވެ. ދެލޯ ބޮޑުކޮށްގެން ރީޝަމް ބަލަން ހުރީ ހައިރާންވެފައެވެ. ކިޔާން އިސްޖަހާލީ ކުށްވެރިވެގެންނެވެ.”ރީޝް ސޮރީ ވަރަށް ބޮޑަށް.. އެ ސުވާލު މަތިން ހަނދާން ނައްތާލާ އިނގޭ..” ކިޔާން ރީޝަމް ގެނެސް މޭގައި ޖައްސާލިއެވެ. ހަރަކާތެއް ކޮށްލަން ނޭނގިފައި ހުރި ރީޝަމްގެ ދެލޮލުން އަނެއްކާ ވެސް ކަރުނަތައް ފައިބަން ފެށިއެވެ. ކިޔާންއަށް އެކަން އިހުސާސް ވާންފެށީ ލައިގެން ހުރި ޓީޝާޓް ތެމެން ފެށުމުންނެވެ.

 

“ނުރޮއި ރީޝް..” ދެރަވެގެން ކިޔާން ރީޝަމްގެ ބޮލުގައި ތުންފަތް ޖައްސާލިއެވެ. އެވަގުތު ރީޝަމްގެ ކަރުނަތައް ވެސް ހުއްޓުނެވެ. މިހާ ބޮޑު ބަދަލެއް ކިޔާންއަށް އައިސްގެން އެ އުޅުނީ އެ ސުވާލު އެހީމަ އެކަންޏެއް ނޫނޭ ރީޝަމްގެ ހިތް ބުންޏެވެ. ކުއްލިއަކަށް ކިޔާން ދުރަށް ޖެހުނެވެ. އޭނަ އަމިއްލަ ނަފްސަށް ވަޢުދު ވެފައި ވަނީ މާއިލް ނުރުހޭ ކަމެއް ނުކުރާނެ ކަމަށެވެ.”ސޮރީ..މާ ބޮޑަށް ދޯ ވިސްނާލެވުނީ..” ކިޔާން ބޭރަށް ނިކުތީއެވެ. އޭރުވެސް ރީޝަމް ހުރީ އެކަމުން ނަގަންވީ މާނައެއް ނޭނގިފައެވެ.

 

★★★

 

“މަންމާ.. މަންމާ..” ލިއީޝް ބާރު ބާރަށް ގޮވަމުން ކޮޓަރިން ނިކުތެވެ.”ކިހިނެއް ވެގެންތަ ތި އުޅެނީ؟ ތަނެއްގަ ރޯވީތަ؟..” ލަހުމާ ހިތްހަމަ ނުޖެހިގެން ބުންޏެވެ.”އެމީލިއާ މެން އެބަ އުޅޭ ރާއްޖެ ދާން.. އެމީގެ މަންމަ ބުނީ އަހަރެން ދިޔަސް އެންމެ ރަނގަޅޭ.. މިހާރު ޓިކެޓް ވެސް ނަގައިފަ އޮތީ.. އެންޑް.. އޫޕްސް.. ޝިޓް.. ޒާން އަށް ނުލާ ނެގުނީ..” ލިއީޝް ވާހަކަ ދެއްކީ އަވަސް އަރުވާލައިގެންނެވެ.”ދަނީ އިނގޭ..” ލިއީޝް ފުންމައިގެން ތެދުވެފައި ކޮޓަރިއަށް ވަނެވެ.”ރާއްޖެ ގޮސްގެން ނުވާނެ ދެރައެއް..

ރީހާންމިކޮޅުގަ އެއްނު ވީ؟..” ޒާން ލަހުމާ ހިތްހަމަ ޖައްސައިދިނީ ރީހާން ރާއްޖެ ދިޔަކަން ނޭނގި ހުރެއެވެ.

 

★★★

 

“އޯހ މައި.. ރީޝްގެ ހަޒްބެންޑް ވަރަށް ރަނގަޅު އަނެއްހެން.. ރީޝް ޕްރޮޓެކްޓް ކުރެވޭނެ ހެން ހީވޭ.. ވަރަށް ކެރޭ މީހެއް ވީމަ މިހެން މި ބުނީ..” އެލީޒާ ކައިރީގައި ރީހާން ބުންޏެވެ. ދެމީހުން ތިބީ ރެސްޓޯރެންޓްއެއްގައެވެ.”ރީހާން!..” ދޮރާއި ދިމާއަށް އެތާ ތިބި އެންމެން ބަލާލީ މީހަކު ހަޅޭއްލަވައި ގަތުމުންނެވެ. ކޮފީއެއް ބޯން އިން ހާނިމް ވެސް ދެލޯ ބޮޑުވިއެވެ. ރީހާންއަށް ކޮޅަށް ތެދުވެވުނެވެ.”ކަލޭ ލަދެއް ނުގަނޭތަ އޭނަ ފަހަތު އަޅުވައިގެން އުޅޭކަށް..” ކިޔާން ގޮށްމުށުން ރީހާންގެ އަނގަމަތީގައި ޖެހީނުން ތުންފަތް ފަޅައިގެން ދިޔައެވެ. ވަށައިގެން ތިބި އެންމެނަށް ބަލާލަމުން ރީހާން ކިޔާން ގޮވައިގެން ބޭރަށް ނިކުތެވެ.”ކަލޭގެ ލަދުހަޔާތް ކޮބައިތަ؟ އެންމެންގެ ކުރިމަތީގައި ހަޅޭއްލަވާކަށް؟..” ރީހާން ގާތަށް ވެސް ރުޅި އައިސްފި އެވެ.

 

“މަ ކީއްކުރަން ލަދު ގަންނަންވީއެއް؟.. ކަލޭގެ ސަބަބުން ރީޝަމް އަށް ނުލިބޭ ގެއްލުމެއް ނެތް! މަށަށް ވިއްޔަ މިހާރުވެސް މަރާލަން ތައްޔާރަށް މިހިރީ..” ކިޔާން ރީހާންގެ މޫނުމަތީގައި ދެވަނަ ފަހަރަށް ޖެހިއެވެ. މަންޒަރު ބެލުމަށް މީހުންތައް އެއްވަމުން ދިޔައެވެ. ކިޔާންގެ ވާހަކައިން އެއްޗެއް ދޭހަ ނުވެފައި ހުއްޓާ އެތަނަށް ޕޮލިހުން އައިސް އެމީހުން ދުރު ކުރުވަން އުޅެގަތެވެ. ހާނިމް ހުރީ އަޖައިބުވެފައެވެ. އެރަށަށް ރީހާން އައިކަމެއް ހާނިމްއަކަށް ނޭނގެއެވެ. އެންމެން ބަލަން ތިއްބައި ދެމީހުން ޖިޕަށް އަރުވައިގެން ޕޮލިހުން ދިޔައެވެ.

 

“ދައްތާ ކިޔާން ޕޮލިސް ސްޓޭޝަނަށް ގެންގޮސްފި..” ފުލުހުން ގުޅާފައި ބުނުމުން ރީޝަމް ވަގުތުން އާނިޔާއަށް ޚަބަރު ދިނެވެ. އެވަގުތު ހާނިމް ވެސް އައީ އެ ޚަބަރު ހިފައިގެންނެވެ.”އެ ތެދެއްތަ؟..ކިޔާން..” ހާނިމްއަށް އިނގިދާނެހެން ހީވެގެން އާނިޔާ އެހިއެވެ. އެވަގުތު ހާނިމް ވެސް ހުރީ ހައިރާންވެފައެވެ.”ހޫމް..” ޖަވާބު ދީފައި ހާނިމް ގޮސް ރީޝަމްގެ ކޯލް ކަނޑާލިއެވެ.”ރީހާން އައިސްގެން އެބަ އުޅޭ.. އޭނަ ގައިގަ ކިޔާން ތަޅައިގަނެގެން ޕޮލިހުން ގެންދިޔައީ..” ހާނިމް ސީރިއަސް ވެފައި ބުނި ޖުމްލައިން އާނިޔާ ކަންބޮޑުވިއެވެ.”އަހަރެން ވެސް ހުރީ ޝޮކެއްގަ ފުރަތަމަ.. ރެސްޓޯރެންޓެއްގަ ތިއްބަ ކިޔާން އެކަމެއް ފަށައިގަތީ.. ރީހާން އެސޮރު ގޮވައިގެން ބޭރަށް ނިކުތް ފަހުން އެދިމާ އެންމެން އޮތް އެއްވެފަ..” ހާނިމް އިތުރަށް ކިޔައިދިނެވެ.

 

ޕޮލިހުން ސުވާލު ކުރުމުން ދެމީހުން ޒާތީ މައްސަލައެއް ކަމަށް ބުނެ ސަލާމަތް ވާން އުޅުނެވެ. ނަސީބު ރަނގަޅުކަމުން ރީހާންއަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވުމާއި އެކު ފުރަތަމަ ފަހަރު ކަމަށް ޕޮލިހުން ދޫކޮށްލިއެވެ. އޭރު ސްޓޭޝަންގެ ބޭރުގަ އެލީޒާ އާއި އަރޫން ހުރީ ބިރުންނެވެ. ކިޔާން އަށް ބަލާލާފައި ރީހާން އެލީޒާ އާއި އަރޫން ގޮވައިގެން ދިޔައެވެ. ސަލާމަތް ވުމުން ފުރަތަމަވެސް ކިޔާން ދިޔައީ އާނިޔާ މެންގެއަށެވެ.”ކިޔާން..” އާނިޔާ ފުންމައިގެން ތެދުވި އިރު އެ ދެލޮލުގައި ކަންބޮޑުވުން ހުއްޓެވެ.”ހޫމް..” އަސަރެއް ނެތް ގޮތަކަށް ކިޔާން ޖަވާބު ދިނެވެ.”ދައްތަ އެ ވާހަކަ ކިޔައިދިނީ ތީ ރީޝަމްގެ ފިރިމީހާއަށް ވީމަ.. ނުބުނަން ފެންނަ އިރަށް މާރާމާރީ ހިންގާކަށް.. ރީޝަމް ހާދަ ހާސްވެފައޭ ހުރީ..” އާނިޔާ ކިޔާން އާއި ވާހަކަ ދެއްކިއެވެ.

 

“އަހަރެންނަކަށް ނުހުރެވޭނެ ރީޝަމްއަށް ގެއްލުމެއް ލިބޭތަން ބަލާކަށް.. އެ ހެޔޮ ރީޝަމްގެ ބޭބެއަކަސް..” ކިޔާން ސާދާ ޖަވާބެއްދިނެވެ. ހާނިމް އިނީ ފާޑަކަށް މައިތިރި ވެފައެވެ.”އޭނަ އަހަރެމެންނަށް ފާރަ ލައިގެން މިދޭތެރެގަ ޖެހުނު މައްސަލައަށް ދަންދެން ހޯދައިފި.. ހިތަށް އަރާ ބޮލާއި ހަށިގަނޑު ވަކިކުރަން ވެސް..” ކިޔާން ދުރު ބަލައިގެން އިނދެ ވާހަކަ ދެއްކިއެވެ. އާނިޔާގެ ހިތަށް ވެސް ބިރުވެރިކަން ވަނެވެ. ރީހާން އަކީ ޔަމާން ކަހަލަ ބުނާ ބަހުގައި ހިފާ މީހެކެވެ. ރީޝަމް ދުވެފައި އައިސް ގެއަށް ވަނީ އެގަޑީގައެވެ.”ކިޔާން ކީއްވެ އެހެން ހެދީ؟..” ރީޝަމް ޝަކުވާ ކޮށްލިއެވެ.”އަހަރެން އެހެން ހެދީ ރީޝަމްއަށް ރަނގަޅަކަށް..” އެ އިންގޮތަށް އިނދެ ކިޔާން ބުންޏެވެ. އެވަގުތު މީހަކު ދޮރުގައި ޓަކި ޖަހާލިއެވެ. ރީޝަމް ކައިރީގައި މަޑު ކުރުމަށް ބުނެފައި ކިޔާން ގޮސް ދޮރު ހުޅުވާލިއެވެ.

 

“ރީޝަމް ކޮބަ؟؟..” ކުރިމަތީގައި ހުރި ރީހާން އެހިއެވެ.” ރީޝަމް އާ ކަލެއަކާ ބައްދަލެއް ނުވާނެ..” ކިޔާން ދަތްކުނޑި ވިކާލިއެވެ. އެވަގުތު އާނިޔާ އައިސް ކިޔާންގެ ފަހަތުގައި ހުއްޓުނެވެ.”އާންޓް..” އޭނާގެ މަންމަގެ އެންމެ ގާތް އެކުވެރިޔާ ފެނުމުން ރީހާންގެ އުންމީދުގެ ހުޅުކޮޅު ބޮޑުވިއެވެ.”މަންމަ ކޮބާ؟ ރީޝް އާ މީޓް ވެވިދާނެތަ؟..” ހިނިތުންވަމުން އާނިޔާ ކައިރީގައި ރީހާން އެހިއެވެ.”ތިއިން އެކަކާ ވެސް ނުވެވޭނެ..” ޖަވާބު ދިނީ ކިޔާން އެވެ.”އެކީއްވެ..” ދެންވެސް ރީހާން ވާހަކަ ދެއްކީ އާނިޔާ އާއެވެ.”ކަލޭ ފިލައިގެން ދިޔަ ރެއަށްފަހު ތީނަގެ ވާހަކައެއް ނުވެސް ދައްކަ!..” އާނިޔާ ނަފްރަތު އެކުލެވޭ އަޑަކުން ބުންޏެވެ. އެވަގުތު އާނިޔާ އެރޭ މަތިން ހަނދާންވެ ދެލޮލުން ކަރުނައިގެ އަސަރެއްފާޅުވިއެވެ.

 

★★★5 އަހަރު ކުރި★★★

 

ގޭގެ އެންމެން ނިދާފައި ތިބި ގަޑިއެވެ. ރީހާން މަޑުމަޑުން ނިކުތް އިރު އޭނާގެ ދޮންބައްޕަ ލިހުވާން ދޮރު ކައިރީގައި އިންތިޒާރުގައި ހުއްޓެވެ. އެއްވެސް އަޑެއް ނުލައްވާ އަައިސް އައިސް ހުއްޓައި ރީޝަމް ދޮރު ހުޅުވާ އަޑު އިވުނެވެ. ރީހާން ހިނގުން އަވަސް ކޮށްލާފައި ގެއިން ނިކުތެވެ. ނަމަވެސް އެތަން ރީޝަމްއަށް ފެނިއްޖެއެވެ.”ދޮންބޭ!! މަންމާ..” ރީހާންގެ އަތުގައި އޮތް ފޮށި ފެނުމުން ރީޝަމް ހަޅޭއްލަވައި ގަތެވެ. ރޭޝްމާ ތެޅެމުން ފޮޅެމުން އައީ އޭނާގެ ދަރިފުޅަށް ކަމެއް ވެދާނެތީއެވެ. ދެމައިން ދުވެފައި ރީހާން ފަހަތުން ނިކުތް އިރު އެމީހުން ގޮސްފިއެވެ. އެވަރުންވެސް ރީޝަމް ބޭނުންވީ ރީހާން ހުއްޓުވަންށެވެ. ފަހަތުން ރޭޝްމާ ވެސް ދުއްވައިގަތެވެ. ނަމަވެސް…

 

އެމީހުން އެއަރޕޯޓާއި ހަމައަށް ފޯރުމުގެ ކުރިން ދުއްވާފައި އައި އެމްބިއުލާންސްއެއްގައި ޖެހިފައި ދެމީހުން ދިޔައީ ވިއްސައިގެންނެވެ. އޭރު ފެންނަ ހިސާބުގައި ރީހާންއެއް ނެތެވެ. އެމްބިއުލަންސް ދިޔައީ އެމެޖެންސީ ކޮން ކަމުން އެމީހުން މަޑެއް ނުކުރެއެވެ. އޭގެ ތެރޭގައި ވެސް މަރާ ހަނގުރާމަ ކުރަމުންދާ މީހަކު އޮތީއެވެ. އެންމެން ތައް އެތަނަށް އެއްވަމުންދިޔަ އިރު އަށް މަހުގެ ބަނޑާއި އެކީ އާނިޔާ ވެސް އެރަށަށް އައިސްފި އެވެ. ވީގޮތް ކިޔައިދިނީ ކުރިމަތީގައި ހުރި ގޭގައި އުޅޭ ދައްތަ އެކެވެ. ދެވަނަ އެމްބިއުލެންސް އައި އިރު މާ ލަސްވެއްޖެއެވެ. ރޭޝްމާގެ ފަހު ނޭވާ މިދުނިޔެއަށް ދޫކޮށްފިއެވެ. ރީޝަމް އެމަޖެންސީކޮށް މާލެ ފޮނުވުން އިރު މާލެ އިން ދާން ޖެހުނީ އިންޑިޔާއަށެވެ. އާސަންދަ އިން ހިދުމަތް ދީގެންނެވެ. އެހީތެރިކަމަށް ދިޔައީ އާނިޔާއެވެ.

 

★★★

 

“ރޭޝްމާ ނިޔާވެއްޖެ.. އިތުރަށް ރީޝަމް އާ ވަކިވާކަށް އަހަރެން ބޭނުމެއް ނޫން..” އާނިޔާ ކަރުނަތައް ފުހެމުން ބުންޏެވެ ހުއްޓުން އެރި ގޮތަށް ރީހާންއަށް ހުރެވުނީ އެވެ. އެވާހަކަ އިވުމުން ރީޝަމްގެ ހާލު އޮޅުން ފިލުވުމުގެ އެދުން ހިތުގައި ބޮޑުވިއެވެ. ކިޔާން އާއި އާނިޔާ ދުރުކޮށްލާފައި ރީހާން އެތެރެއަށް ވަތް އިރު ރީޝަމް އިނީ ހާނިމްގެ ކުރިމަތީގައެވެ.”ރީޝް..” ރީހާން ގޮސް ރީޝަމްގެ ކުރިމަތީގައި ކުޑަކަކޫ ޖަހާ އިށީނެވެ. ނަމަވެސް ކުއްލިއަކަށް ރީޝަމް ތެދުވި ގޮތުން ރީހާން ސިހުނެވެ. އޭރު ރީޝަމް ހުރީ ދެލޯ މަރައިގެންނެވެ.”ދޭ..” ރީޝަމް ކިޔާންމެން ހެދިހެން ބުންޏެވެ. ޤަބޫލު ނުކުރެވިފައި ރީހާން އިނީ ބަލަހައްޓައިގެންނެވެ. ކިޔާން ހިތްހަމަ ނުޖެހިގެން ރީހާންގެ ޓީޝާޓުގައި ހިފާ ގެއިން ނެރެ ތަޅުލިއެވެ.

 

“އަހަރެން ދެން ނޫޅެން ފޮރުވާކަށް.. ކިޔާންއަށް ނޭނގެ ވާހަކައެއް.. އެބަ އޮތް..” ރީޝަމް އެތެރެއަށް ވަތް ތަން ބަލަން ހުރެފައި އާނިޔާ އިޝާރާތް ކުރީ އޭނަ އާއި އެކީ އައުމަށެވެ. އާނިޔާ ކިޔާން ކައިރީގައި ބުނީ އެމީހުން ދޫކޮށްލާފައި ރީހާން ދިޔަކަމާއި ރޭޝްމާ މަރުވި ވާހަކަ އެކަންޏެވެ. އެތެރެއަށް ވަދެ ދޮރު ތަޅުލާފައި އާނިޔާ ކަބަޑުތައް ހާވަންފެށިއެވެ. އެތަނުން ފައިލެއް ނަގާފައި އޭގެން މެޑިކަލް ރިޕޯޓެއް ދިނެވެ.”ތީ ރީޝްގެ..” އާނިޔާ ބުންޏެވެ.

 

ކިޔާންގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގަތް ހެންނެވެ.”ކި..ކިހިނެއް.. ކޮންއިރަކު..؟؟!..” ކިޔާންގެ އަތަށް ވާންވެގެން ދިޔައެވެ.”އިންޑިޔާއަށް ގެންދިޔަ ގޮތަށް އޮޕަރޭޝަން ކޮށްގެން އެއް އަހަރު ކޯމާއެއްގައި އޮތް.. ހޭ އެރި ގޮތަށް އަހަރެންގެ ރަށަށް އަހަރެން އައީ.. ބޭނުމެއް ނޫން ރީޝަމްގެ ހަނދާންތައް އަލުން އަންނާކަށް..” “ދައްތާ ޕްލީޒް ހުރިހާ ވާހަކައެއް އަހަންނަށް ކިޔާދީ! އަހަރެންނަކަށް ނޭނގެ ރީޝްއާ ބެހޭ ގޮތުން ގިނަ އެއްޗެއްސެއް..” ކިޔާން އާދޭސް ކުރިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ފަހު އާނިޔާ އެއްބަސްވިއެވެ.

 

“ރޭޝްމާ އާއި ޔަމާން އަކީ ރީހާން އާއި ރީޝަމްގެ މައިންބަފައިންނެވެ. އެދެމީހުން ކައިވެނި ކުރީ ވަރަށް ލޯބިންނެވެ. ލިބެން އުޅުނު ފުރަތަމަ ދަރިފުޅު ބަނޑުގައި އޮވެ މަރުވީ ދިމާވި ހިތާމަވެރި އެކްސިޑެންޓެއްގެ ސަބަބުންނެވެ. އެކަމާއި ހުރެ އެދެމެދުގައި ދުރުކަމެއް އުފެދިއްޖެއެވެ. ނަމަވެސް ދެވަނަ ދަރިފުޅަށް ބަނޑުބޮޑުވި ހިސާބުން ފަށައިގެން އެ ހުރިހާ ދުރުކަމެއް ނެތި ދިރިއުޅެން ފެށިއެވެ. ރީހާންއަށްފަހު ރީޝަމްއަށް ބަނޑުބޮޑުވި ފަހުން ޔަމާން މުޅިން އާ ޔަމާން އަކަށް ބަދަލުވީ ނުވެސް ވިސްނާ ހުއްޓައެވެ. ރޭޝްމާއަށާއި ރީހާންއަށް ތެޅުމާއި އަނިޔާ ކުރުން އާދަ އަކަށް ވިއެވެ. ރީޝަމް ވިހެއުމަށްފަހު ރީޝަމްއަށް ވެސް އެކަމާއި ކުރިމަތިލާން ޖެހުނެވެ. އެދެކުދިން އެހާލުގައި އުޅޭތަން ބަލަން ކެތް ނުވުމުން ރޭޝްމާ ޔަމާން ކައިރިން ވަކިވެގެން ލިހުވާން އާއި އިނީއެވެ.

 

“ރީހާން ވެސް އޭރު އެ ލިއީޝް އަކާ ދިމާ ވެގެން އުޅޭ.. އިނގޭތަ އެއީ ހަމަ ޔަމާންގެ ގޮތްގަނޑު ހުންނަ ކުއްޖެއް.. ބޭނުންވާ ކަމެއް ކުރާނެ.. ނުކޮށް ހުއްޓާލުމަކީ ދުވަހަކު ވެސް ވާނެ ކަމެއް ނޫން.. އެހެންވެގެން އެރޭ ލިއީޝް ހޯދަން ރާއްޖެ ދޫކޮށް ދިޔަ ގޮތަށް އަދި ކިރިޔާ ކަންނޭނގެ އެ އައީ..” އާނިޔާގެ ކޮންމެ ޖުމްލަ އަކުން ރީޝަމްއަށް ޓަކައި ވާ ލޯބި ކިޔާންގެ ހިތުގައި އުތުރި އަރަމުން ދިޔައެވެ. އާނިޔާ ވާހަކަ ދައްކަން އުޅެނިކޮށް ދޮރުގައި ހާނިމް ޓަކިދޭން ފެށިއެވެ.”ރީޝަމް އެބަ ރޮއި އެ ކޮޓަރިން..” ހާނިމް އެހެން ބުނެފައި އެތެރެއަށް ވަނެވެ. އާނިޔާ ގޮސް ދޮރު ހުޅުވާލިއެވެ އިރު ރީޝަމް އޮތީ ބޮލުގައި އަތް އަޅައިގެންނެވެ. ކުރެވުނު ތަން ވެސް ކިޔާންއަކަށް ނޭނގުނެވެ. ރީޝަމް އާއި ދިމާއަށް ދެވުން އިރު ރީޝަމް އެނބުރުން އަރައިގެން ވެއްޓުނީ ކިޔާންގެ އަތްމައްޗަށެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ވިންދު 1

Next

ލޯބި ވެވުމުން 18

Next
April 1, 2022

ލޯބި ވެވުމުން 18

Previews
March 31, 2022

ވިންދު 1

4 Comments!

  1. Anonymous says:
    March 31, 2022 at 7:02 pm

    Hiiiiiii baby devil❤️❤️❤️
    How r u….??? ❤️❤️❤️
    Masha Allah ❤️❤️❤️ mi prt vx furihama ❤️❤️❤️ mee abadhu vx vrh inthixaaru kurevey vaahaka eh ❤️❤️❤️ sifa kurunthah vx vrh rythi ❤️❤️❤️ ibaaraih kuran vx hama ehvana ❤️❤️❤️ when next….?? ❤️❤️❤️
    Lysmmmmmm ❤️❤️❤️
    Staysafe ❤️❤️❤️

    1. Baby Devil says:
      April 1, 2022 at 5:39 am

      Heyy!!
      I’m doing fine hby dear?
      Alheyy aslutha?? so happy to know that ♥️
      next in sha Allah day after tomorrow
      Lymmm <33
      Tvgc ??

  2. Inma Imran says:
    April 1, 2022 at 1:00 pm

    Hello guys ! this story is nice tomorrow please upload and l love this story

    I love you so much dear ? ? ???❤️

  3. Watwr says:
    June 11, 2022 at 10:30 am

    Reethi

Comments are closed.

Next Episodeވީމޭ އިންތިޒާރުގައި – 29←


All Right Reserved!