ރީތި ދޮންވެލި ތުނޑިމަތީ އިން ޒުވާނާގެ މޫނުމަތިންފެންނަމުން ދިޔައީ އެ ރީތި ދޮންވެލިގަނޑައި އޮއްސެމުން ދިޔަ އިރުގެ ކުލަތަކާއި ގުޅޭ މަންޒަރުތަކެއް ނޫނެވެ. އޭނާގެ މޫނު ވަނީ މުޅިން މިލާ މޯޅިވެފައެވެ. އެ ލޮލުގެ އެސްފިޔަތަށް ފޫއަޅުވާލާފައި ކޯތާފަތުގައި ބޮސް ދީފައި ފައިބައިގެން ދާ ކޮންމެ ކަރުނަ ތިއްކަކުންވެސް އެ ހިތަށް ކޮށްފައިވީ އަސަރު ކިތަންމެ ހާވެސް ރަނގަޅަށް ފާޅުވާން ހުއްޓެވެ. ޖައިޝަމް އޭނާގެ ކުރީގެ ދިރިއުޅުމާއި މެދު ވިސްނަމުން ދިޔައެވެ. އޭނާއާއި އޭނާގެ އާއިލާ އުޅެމުން […]
ދަންވަރުގެ ވަގުތެކެވެ. ނިދިފައި އޮތް ޝާޔާ އަށް ހޭލެވުނީ ކައިރީގައި އޮތް ފޯނު ރިންގު ވާން ފެށުމުން ނެވެ. ގަޑިން އެގާރަގަޑި ފަންސާން ފަހެކެވެ. ދެފަރާތަށް ބޯހޫރުވާލައިފައި ޗާޔާ ތެދުވެގެން ހިނގައިގަތީ ފެންފޮދެއް ބޯލާށެވެ. އޭރުވެސް އޭނާގެ ފޯނު ރިންގު ވަމުން ދިޔައެވެ. ގުޅަނީ ކާކު ކަން އިނގޭތީ ޝާޔާ ފޯނު ނުނަގަން ހުރި ކަހަލަ އެވެ. ކަންނެތް ގޮތަކަށް ހިނގަމުން އައިސް ކޮޓަރި ދޮރު ކައިރި ހުއްޓުމާއި އެކު ޝާޔާއަށް ދޮރު ދަށުން ފައިގެ ހިޔަނި […]
“ޕުޑިން ބުނީ ޑާލިންގެ އުނގަށް އެރި އޮންނަން، މިހާރު މިއޮތީ އޮށޯވެގެން… ދެން އެއްޗެކޭ ކިޔާބަލަ… ” ލަދުން ވިރެމުންދިޔަ އީވާގެ މޫނުން އަތް ނަގަމުން އަޔާޝް ބުނެލިއެވެ. އެއާއި އެކު އެތަނުގައި އަނެއްކާވެސް ގުގުމައިގެން ދިޔައީ ދެންތިބި މީހުން ހޯބޯ ލެއްވުމުގެއަޑާއި އެކު، ޑާލިންއޭ ކިޔާ ގޮވައިގަތް އަޑެވެ. އީވާ އަށް އަޒްލީނާ އެވަގުތު ގޭގައި ނޫޅޭ ކަމަށް ހާސްފަށުން ހަމްދު ކުރެވުނެވެ. އެންމެން އެކަމާ އެ ދެމީހުންނާއި ދިމާކުރަމުން ދިޔައިރު އެންމެންގެ ތެރެއިން އެކަމާ […]
އެންމެންވެސް ހީ ނިމުމުން އަޔާނީ އެންމެން އެތަނަށް ގެނައި ސަބަބު ބުނެދިނެވެ. އަދި އޭނާއަށް އެކަމުގައި ކުޑަކޮށް އެހީއެއް ވެދޭން ބުނެލިއެވެ. ޒައްޔާންގެ މައިންބަފައިންގެ ކުރިމައްޗަށް ދާން އޭނާ ނުތަނަވަސް ވަމުން ދާތީ އޭނަގެ އެންމެ ގާތް މިތުރުންނާއި އެކަމުގައި އޭނާއަށް އެހީ ވެވޭނެ މީހުން އެއް ކުރީއެވެ. އެކި މީހުންނަށް އެކި ކަންތަށް ބަހާލިއެވެ. އަދި ކޮންމެ މީހަކުވެސް މިރެއަށް ވާން ވާއިރަށް އެންމެ ފުރިހަމައަށް ރެޑި ވެވެން އޮތް ވަރަކަށް ރެޑީ ވުމަށް ބުންޏެވެ. […]
ޒިވާވެސް ތައާރަފް ވެލާފައި މިޝްކާ އާއި ވާހަކަ އަޅުވާލާއިގެން ވިޝާމް އާއި އެއްހަމައެއްގައި ހިނގައި ގަތެވެ. މިޝްކާއަށް ރަށުގެ އެތަށް ބައެއްގެ ލޯ އަމާޒުވަމުން ދިޔައެވެ. ބޭރުގެ ފެޝަނަށް އަންނައުނު ލާފައި ވުމާއި އަދި ލާފައި ހުރި އެއްޗިހި ކުރުވެފައި ބާރުކަމުން ކިރިޔާ އަތަކަށް ހެލިލުމާއިއެކު ގައިފެނެއެވެ. އެހެން ވުމުން އަދި އަމުދުން ޒުވާން ފިރިހެން ކުދިންގެ އަމާޒުފައްގަނޑަކަށް ވެފައި ވަނީ އޭނާއެވެ. މިކަން މިޝްކާ އަށް ވީވެސް މަޖާ ކަމަކަށެވެ. އިތުރަށް ބުޑުގަނޑުން އަށްޑިހަ އަށެއް […]
“މިޔޯ؟” ކަޔާން ގޮސް ހުއްޓުނު ދެ ބުރިއަށް ނަގައިފައިހުރި ގެ ފެނުމާއިއެކު ބޭއިޚްތިޔާރުގައި އެހުނެވެ. “މި ދެކުދިން ލައިފައެއްނު ގެއަށް ދެވޭނީ؟” ކަޔާން އެހެން ބުނަމުން އިޒްހާ ކައިރީގައި އޭނާ އާއިއެކު އައުމަށް އިޝާރާތްކޮށްލިއެވެ. “ޕިސް ޕިސް މިހާރު ކިހާ އިރެއްތަ އެ؟ ހުވާ މި ބުނީ ދެން..” ގޭތެރެއަށް ވަނުމާއިއެކު ސޯފާގައި އިށީނދެއިން ތިރީސް ވަރަކަށް އަހަރުގެ އަންހެން މީހާ ކިޔަން ފެށި އެއްޗެހި ހުއްޓައިލި ކަޔާންގެ ފަހަތުން ވަތް އިޒްހާ ފެނުމުންނެވެ. “މީ ކާކު؟ […]
ވިޝާމް ތާޒާވެލައިގެން އައިސް އެނދުގައި އޮށޯވެލާ ފޯނު ނަގާ އިންސްޓާ އަށް ވަދެލިއެވެ. ޒިވާ އޮންލައިންގައި އިނުމުން އޭނާ ޒިވާއަށް ގުޅާލިއެވެ. ފޯނު ނުނެގުމުން ދެވަނަ ފަހަރަށްވެސް ގުޅާލާފައި ނިދާފައި ކަމަށް ބަލާ ވިޝާމްވެސް އޮފްލައިން ވެލާފައި ނިދަން ދެލޯ މަރާލިއެވެ. މާކަށް ގިނަ އިރުތަކެއް ނުވެ ހަށިގަނޑަށް ވެރިވެފައި ހުރި ލޮޑުކަމުގެ ސަބަބުން ހުވަފެނީ އާލަމަށް ވިޝާމް ދަތުރު ފެއްޓިއެވެ. ✧ސޯޅަވަނަ ބައި ✧ އެނދުގެ ހެޑްބޯޑުގައި ލެނގިގަނެގެން އިން ޒިވާ ނަޒަރު […]
އެލީން ގެ އުމުރުން ދެ އަހަރުގައި އެލީން މަންމަ ވަނީ ނިޔާވެފައެވެ. އެލީން ގެ ބައްޕަވެސް ވަނީ މި ދުނިޔެއަށް އަލްވަދާއު ކިޔާފައެވެ. އެލީން ބަލާބޮޑު ކުރީ އޭނާގެ ދޮންތަ ޒުހުރާއެވެ. ގަޑިން ފަތިހު 5 ގަހަނީއެވެ. ޒުހުރާ ހުރީ ގޭދޮށް ކުނިކަހާށެވެ. ކުއްލިޔަކަށް ވަލުމަގު ފަޅިން ވަރަށް ބާރު އަޑެއް އިވުނެވެ. ޒުހުރާ ދިޔައީ ސިހިގެންނެވެ.”މިހާރު މިއިވެނީ ކޮން އަޑެއް؟” ޒުހުރާ މިހެން ބުނެފައި ވަލުމަގު ފަޅިއަށް ހިނގައިގަތެވެ. ފެނުން މަންޒަރު ތަކުން ޒުހުރާ ނުވެއްޓުނީ […]
“ދޮންތަ؟ ރް.. ރަހޫލް؟؟؟” އިޒްއާންއަށް ލިބުނު ޝޮކާއިއެކު އޭނާގެ ތުންފަތުގައި ކުޅެލައިފައިވާ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. އިޒްއާންގެ ހަނދާނަށް އައީ ކަޔާން އާއި ރަހޫލްގެ ވާހަކަ ހިއްސާކުރި ދުވަހެވެ. އެ ދުވަހު އިޒްހާއަށް އަޑު އިވުނުހެން ކޮންމެވެސް ވަރަކަށް ހީވި ނަމަވެސް ޔަޤީނެއް ނުވެއެވެ. ނަމަވެސް ދެންމެ އިޒްހާ އެހެން ބުނުމާއިއެކު އެ ޝައްކު ހިތުގައި އުފެދެން ފަށައިފިއެވެ. އިޒްހާއަށް ރަހޫލް އާއި މެދު އިޒްއާންގެ ހިތުގައި އުފެދިފައިވާ އިހުސާސްތައް އިނގުނީ ބާވައެވެ؟ މިކަހަލަ ސުވާލުތަކުން ހިތް […]