Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ވީމޭ އިންތިޒާރުގައި – 25

Baby Devil Level 610 Stories100 Stories
March 20, 2022 6 Mins Read
2 Comments

“ދައްތާ އޭނާ ނިދާފަ ކަންނޭނގެ އޮތީ..” ރީޝަމްގެ ޖަވާބުން އާނިޔާ ވެސް އެއްޗެކޭ ބުންޏެވެ.”އެކަމް ގޮވިއްޔާ އޭނާއަށް އުނދަގޫ ވެދާނެ..” ދެންވެސް ރީޝަމް ބެލީ ކިޔާންއަށް އުނދަގޫ ނުކޮށް ވޭތޯއެވެ. އިރުކޮޅެއް ފަހުން ރީޝަމްގެ ފިޔަވަޅުތައް ކައިރި ވާހެން ހީވިއެވެ.”ކިޔާން.. ދައްތަގެ ފޯނެއް.. ނިދާފަތަ؟..” ފޯނުން ގައިގައި ކޮއްޓާލުމުން ރީޝަމް އެހިއެވެ. ކިޔާން ދެލޯ ނުހުޅުވުމުން ދެވަނަ ފަހަރަށް ވެސް ރީޝަމް ގޮވާލިއެވެ.”ދައްތާ އޭނަ ނިދާފައޭ.. ދެން އޯކޭ ވާނެ.. ޓްރައި ކުރާނަން އިނގޭ.. އެކަނި އުޅެން ވެސް ދަސް ކުރަން ވާނެ ދޯ ހެހެ..” “އަހަރެން ހޭލާ މިއޮތީ..ދައްތާ..” ފަހަތަށް އެނބުރި ދާން ހިނގައިގަތް ރީޝަމް ހުއްޓުން އެރީ ކިޔާންގެ އަޑަށެވެ.

 

**25 ވަނަ ޕާޓު**

 

“ކީކޭ ދައްތާ؟..” ކިޔާން ރީޝަމްގެ އަތުން ފޯނު ނަގައިގެން ދުރަށް ހިނގައިގަތެވެ.”ކިޔާން.. އުނދަގުލެއް ވާނަމަ ސޮރީ.. އެކަމް ރީޝަމް އަކީ ދުވަހަކު ވެސް ނުވަތަ ފިރިހެން ކުއްޖަކާ އެކީ ނިދި ކުއްޖެއް ނޫން.. ޖެހިލުން ވާނެ.. އެހެންވެ ކަންނޭނގެ އިއްޔަ ވެސް ތިގެއަށް ނުދިޔައީ.. އޭނަ ބިރު ކަނޑުވަދީ އިނގޭ ކިޔާން..” އާނިޔާ އެއްފަހަރުން ބުނަން ބޭނުންވާ ވާހަކަ ބުންޏެވެ.”ހޫމް ހާސް ނުވޭ.. އެހަށް ބޭއްވީ.. އަހަރެންނަށް ރީޝަމް އޯކޭ ނުކުރެވިއްޖެއްޔާ އަންގާލާނަން..” ކިޔާން ބުންޏެވެ. އާނިޔާ އޯކޭ ދީފައި ފޯނު ކަނޑާލިއެވެ.”ކީއްވެ ކުރިން ނުނިދޭ ވާހަކަ ނުބުނީ..” އަނބުރާ ފޯނު ދެމުން ކިޔާން އެހިއެވެ.”ނިދޭ..” ރީޝަމް ފޯނު ހިފައިގެން ދާން އެނބުރުނެވެ.”އަހަރެން ނުނިދަން ރީޝަމް.. ތިކޮޅުގަ އޮވެގެން ދެއްކި ވާހަކަތައް އިވުން.. އިތުރުން ދައްތަ ވެސް ބުނެފި..”

 

ކިޔާންގެ ވާހަކައިން ރީޝަމް އަތްފައި ފިނިވިއެވެ.”އޭޒް އަ ފްރެންޑް ބުނެދީ.. އަހަރެން އަޑު އަހާނަން..” ކިޔާން ހިތް އެދުނު ވަރުން ރީޝަމް އެހާލަށް ދޫކޮށްލާކަށް ނުކެރުނެވެ.”އަހަރެން އޯކޭއޭ..” ހިސާބަކަށް ހިތްހަމަ ނުޖެހިފައި ރީޝަމް އެތެރެއަށް ވަދެ އެނދުގައި އޮށޯތެވެ. ރީޝަމްއަށް ނިދޭތޯ ބަލަން ކިޔާން ވެސް އުނދަގޫ ނުކޮށް މަޑުކޮށްލިއެވެ. އިތުރަށް ރީޝަމް އަންނާނެ ކަމަށް ހީކޮށްގެން ކިޔާން އޮތީ ނުނިދައެވެ. ރީޝަމް އާއި ބެހޭ ގޮތުން ކުޑަ މިންވަރެއް ނޫނީ ކިޔާންއަކަށް ނޭނގެއެވެ. މައިންބަފައިންނާއި އާއިލާގެ މީހުންނަކީ ކޮބައިކަމެއް ކިޔާންއަކަށް އިނގިފައެއް ނެތެވެ. އެކަމަކު ކައިވެނީގެ ކުރިން އާނިޔާ ކިޔާން ކައިރީގައި ރީޝަމްގެ ބައްޕަ އާއި ކައިވެނީގެ ވާހަކަ ދެއްކި ކަމަށް ވަނީ ބުނެފައެވެ. މައިންބަފައިން ދުނިޔޭގައި ތިބެ އާނިޔާއަށް ބަލަން ޖެހުނީ ކީއްވެބާއޭ ކިޔާންގެ ހިތަށް އެރިއެވެ.

 

ނުނިދެން އޮއްވައި ވެސް ކިޔާންއަށް ނިދުނެވެ. އެކަމަކު ނުނިދެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރީޝަމް އުނދަގޫ ވެގެން އުޅޭއަޑަށް ހޭލެވުނީ އެހެންވެއެވެ. ހައިރާންވެސް ވިއެވެ. ދުވަހަކު ވެސް ގަދަކަމުން ނޫނީ ނުހޭލެވޭ އިރު ރީޝަމް އަށް ކަމެއް ވީމައި އެބަ ހޭލެވެއެވެ. އެނދުން ތެދުވެ ރީޝަމް އޮތް ބަޔަށް ދިޔައިރު އެކުއްޖާ އޮތީ ދަލުން ފޯވެފައެވެ. “ރީޝަމް..” ކިޔާން ކަންބޮޑުވިއެވެ. ބައެއްފަހަރު ވާހަކަ ދައްކަން އުޅޭހެން ކިޔާންއަށް ހީވެއެވެ. މަޑުމަޑުން ކުކުރުން ފިޔަވައި އިތުރު ކަމެއް ރީޝަމް ނުކުރެއެވެ. ބްލެންކެޓް އެއްފަރާތް ކޮށްލާފައި ކިޔާން އުޅުނީ ރީޝަމް ތެދަށް ނަގަންށެވެ. ގައި ފެންނަން އިނަސް މިވަގުތު ހުރިހާ ސަމާލުކަމެއް ހުރީ ރީޝަމް އުޅެމުން ދިޔަ ގޮތަށެވެ. ފުރަތަމަ ބީހިލުމުން ކިޔާންގެ ހަށިގަނޑުގައި ޖަޒުބާތުތަކެއް އުތުރި އަރައިގަތެވެ.

 

ނަމަވެސް ހުށިޔާރު ކަމާއެކު ރީޝަމް އެނދުމަތީގައި ބޭންދިއެވެ. ދެފަހަރު ގޮވާލުމުން ރީޝަމް ދެލޯ ހުޅުވާލާފައި ރޯންފެށިއެވެ. ދަތުރު ގޮސް އުޅެނިކޮށް ވެސް މިކަހަލަ ކަމެއް ވީ ހަނދާން ކިޔާން ވިއެވެ. ކިޔާން ކިހިނެއް ވެތޯ އަހަމުން ރީޝަމްގެ މޫނުމަތީގައި ހުރި ދާތަށް ޓިޝޫއަކުން ފުހެން އުޅުނެވެ. އެކަމަކު ކުއްލިއަކަށް ކިޔާންގެ އަތާއި ރީޝަމް ދުރަށް ޖެހިލިއެވެ. އަނދިރީގައި ކިޔާންގެ މޫނު ސާފެއް ނޫނެވެ.”ރީޝަމް އޯކޭތަ؟..” ކިޔާން ކުޑަކޮށް ޖެހިލުންވިއެވެ.”ހުވަފެނެއް ފެނުނީ ދޯ؟.. ފެންވަރާލައިގެން އަންނަން ދާން ވީނު..” ލައިޓް ދިއްލާފައި އައިސް ކިޔާން އެހިއެވެ.”ހޫމް..” ދެލޯ ބޮޑުވި ގޮތަށް ރީޝަމް އިސްޖަހާލި އެވެ. ހޭލެވުން ފަހުން ވެސް ހީކޮށްގެން ހުރީ ހުވަފެނުގައި އުޅެވެނީ ކަމަށެވެ.

 

ތާޒާ ވެލައިގެން އައި އިރުވެސް ކިޔާން އެ އިންގޮތަށް އިނެވެ.”ރީއްޗަށް ބުނި ނަމަ ނިދަން އުނދަގޫ ވެއޭ.. އޯކޭތަ މިހާރު؟..” ކިޔާން މަޑުމަޑުން އެހިއެވެ. ކިޔާން އާއި ހަތަރުކަޅި ހަމަ ނުކޮށް ރީޝަމް ބޯ ޖަހާލިއެވެ.”ކިޔާދީބަލަ ހުވަފެން..” އިރުކޮޅަކު އިނދެފައި ރީޝަމް އާއި ދިމާއަށް ކިޔާން ބަލާލިއެވެ.”ހަނދާނެއް ނެތް.. ނިދި އައިސްގެން މިއުޅެނީ.. ގުޑް ނައިޓް..” ރީޝަމް ބްލެންކެޓް ދަށަށް ވަދެ ފޮރުވެލިއެވެ.”ތެދަށްތަ ތި ބުނީ؟.. ނޫނީ ބުނަން ބޭނުން ނުވަނީތަ؟..” އެތަނުން ދިއުމުގެ ޚިޔާލެއް ކިޔާންގެ ނެތެވެ.”އުނހު ހަނދާން ނެތިއްޖެ..” ރީޝަމްގެ އަޑުގައި ސީރިއަސްކަން ހުއްޓެވެ. އެންމެ ރަނގަޅޭ ބުނެފައި ކިޔާން ވެސް ނިދަން ދިޔައެވެ.

 

ހެނދުނު ރީޝަމްއަށް ހޭލެވުނީ ނުވައެއް ޖެހި ފަހުންނެވެ. ބްލެންކެޓް ގައިގައި އޮޅާލައިގެން ރީޝަމް ގޮސް ބޯ ދިއްކޮށްލިއެވެ. މުޅި ސޯފާ ފުރާލައިގެން ނިދާފައި އޮތް ކިޔާން ފެނި ރީޝަމްއަށް ހެވެންފެށުނެވެ. ކިޔާން ހޭލަން ވާއިރަށް ރީޝަމް ބޭނުންވީ ފެންވަރާލައިގެން ހުންނަންށެވެ. ހުނުން ގަނޑު ކޮންޓްރޯލް ފަރުދާ ދަމާލުމަށްފަހު ކޮށްފައި ހެދުމަކާއި ޓައިޓެއް ހިފައިގެން ރީޝަމް ފާޚާނާއަށް ވަނެވެ. ފާޚާނާ ތަޅުލަން ހަނދާން ނެތުނީ ގޭގައި ވެސް މާހީ ނޫޅޭ ނަމަ ރީޝަމް ބަހައްޓަނީ ކޮޓަރި އެކަނި ތަޅުލާފައެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓި ރީޝަމް ފުރަތަމަ ވެސް އުޅުނީ އިސްތަށިގަނޑު ރަނގަޅު ކޮށްލުމަށެވެ. އެކި ފަރާތްފަރާތަށް ގޮސް ހަޑިވެފައި އޮތް އިސްތަށިތައް ގެނެސް ހުޅިއެއްޖަހަން އުޅެނިކޮށް އަތުގައި އޮތް ކެވެލިފަށުގައި އިސްތަށިތައް އޮޅުނެވެ. އަތް އޮތީ ކަރާއި ދިމާގައި ކަމުން ބަލައިގެން ނެއްޓުވޭނެގޮތެއް ވެސް ނެތެވެ.

 

ކިޔާންއަށް ލޯ ހުޅުވާލެވުން އިރު ހަށިގަނޑުގައި ވަނީ ކަންނެތް ކަމެވެ. ނިދާފައި ކަހަލަ ގޮތަކަށް ތެދުވެ އިތުރު މީހަކު އުޅޭކަމަށް ހަނދާން ނެތި ކިޔާންއަށް ފަރުދާ ކަހާލާފައި ގޮސް ފާޚާނައިގެ ކުރިމަތީގައި ހުއްޓުނެވެ. އެއްވެސް ވިސްނުމެއް ނެތި ކިޔާން ތަޅުގައި ހިފާ އަނބުރާލި ވަގުތު ތޫލި އަޑަކުން ހަޅޭއްލަވައި ގަތް އަޑު އިވުނެވެ. ވަގުތުން ނިދި ފިލައިގެން ގޮސް ކިޔާންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ދޮރާއި ދިމާއަށް ވާގޮތަށް ހުރި ބޮޑު ދިގު ލޯގަނޑުގެ ކުރިމަތީގައި ރީޝަމް ހުރީ އިސްތަށިގަނޑާއި ކުޅެންށެވެ.”އައިމް ސޯ ސޮރީ ކީއްވެ ތަޅުނުލާ ބެހެއްޓީ.. ހަނދާން ނެތުނީ އެގަޑީގަ.. ވަރަށް ބޮޑަށް ސޮރީ ރީޝަމް..” ކިޔާން އަވަސް އަވަހަށް ނިކުމެ ދޮރު ޖެހިއެވެ.

 

ކިޔާން އެހެން އިންނަތާ ބައިގަޑިއިރު ވީއިރު ވެސް ރީޝަމްގެ ޚަބަރެއް ނުވެއެވެ. ކުޑަމިނުން ފެން މާގަނޑުން ފެން އޮހޭ އަޑެއް ވެސް ނީވެއެވެ. ބިރުން ހޭނެތުނީ ބާއޭ ހިތަށް އެރުމުން ކިޔާން ދޮރުގައި ޓަކި ދިނެވެ. އެވަގުތު ހުރީ ފާޚާނާއަށް ދާން ބޭނުން ވެފައި ކަމުން ކިޔާން އަށް ޖެހުނީ ތަންކޮޅެއް ބާރަށެވެ.”ކިޔާން.. ހެލްޕެއް ޕްލީޒް.. ދޮރު އެހުރީ ހުޅުވާފަ..” ރީޝަމްގެ މަޑު އަޑު ކިޔާންގެ ކަންފަތުގައި ޖެހުނެވެ. ހިންދިރުވާލާފައި ދޮރު ހުޅުވާލި އިރު ރީޝަމް އެހުރި ގޮތަށް ހުއްޓެވެ.”އަތް ސްޓަކް ވެއްޖެ..” ރީޝަމް ލަދުން ހުރެ ބުންޏެވެ. ކުރިއަށްވުރެ ބޮޑަށް އިސްތަށިތައް ވަނީ އޮޅިފައެވެ. ރީޝަމް ނައްޓުވަން އުޅުނު ގޮތަކުންނެވެ. ތިރީ ތުންފަތުގައި ދަތް އަޅާލާފައި ކިޔާން ގޮސް ރީޝަމްގެ ކައިރީގައި ހުއްޓުނެވެ.

 

ފިނި ފިނި އަތްތިލަ ރީޝަމްގެ ހޫނު ކަނދުރާގައި ބީހިލުމުން ވީ އަރާމާއި އެކު ރީޝަމްއަށް ދެލޯ މަރާލެވުނެވެ. ކިޔާން ބަލަމުން ދިޔައީ ރީޝަމްއަށް ތަދު ނުވާ ގޮތަށް އެކަން ކުރެވޭތޯއެވެ. ލޯގަނޑުން ކިޔާންގެ ސޫރައަށް ފަރުވާތެރިކަމާއި އެކު ބަލަން ރީޝަމްއަށް ހުރެވުނެވެ. ކަނދުރާ ކުޑަކޮށް ގުދު ކޮށްލައިގެން އޮތް އިރު ސަމާލުކަން ވަނީ އެއަށް ހުއްޓިފައެވެ. ރީޝަމް މާ ވަރަކަށް ބަލާހެން ހީވެގެން ކިޔާން ލޯގަނޑާއި ދިމަ ބަލާލިއިރު ހީވީ ރަނގަޅަށެވެ. ކަޅި ޖަހާނުލައި ރީޝަމް ބަލަން ހުރުމުން ކިޔާންއަށް ހީނލެވެން އުޅުނެވެ. ނަމަވެސް ޝައުގުވެރިކަމެއް ނުދައްކާ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.

 

★★★

 

އެލީޒާގެ އަތުގައި އޮތް ކާޑަށް ރީހާން ބަލަން އިނީ ހިތް އަވަސް ވެފައެވެ. ހިތުގެ ހިނގުން އަވަސްވެގެން ދިޔަ ދިޔަހެން ލޭ ވެސް ހޫނު ވާންފެށިއެވެ. މާޒީގެ ހިތި ތަޖުރިބާތަކާއި ހަނދާންތައް ސިކުނޑި ވަށާ އެނބުރެން ފެށިއެވެ. ލިއީޝް އޭނައަށް ދެމުން ގެންދާ ވޭން ހިތަށް އެރިހެން މޭގައި އުފެދުނީ ތޫނު ރިހުމެކެވެ.”މީ ކޮން އެއްޗެއް؟! އެއްކަލަ ދުވަހު އަހަރެން މިގެއިން ގެންދިޔަ އެއްޗެއް މީ.. އައި ފޮރގޮޓް ޓު ޝޯ ޔޫ.. މި ރީހުގެ..” އެލީޒާ ދައްކަމުން ދިޔަ ވާހަކަ ހުއްޓާލަން މަޖުބޫރުވީ ކުއްލިއަކަށް އެލީޒާގެ އަތުން އެ ކާޑު ޖަހައިގަނެގެން ރީހާން އެ ވީދާ ކުދި ކުރުމުންނެވެ.”އަހަރެން ބޭނުމެއްނޫން މީގެ އެއްވެސް ހަނދާނެއް ކުރިމަތިން ފެންނާކަށް!..” ރީހާންގެ އަޑުގައި ވަނީ ތުރުތުރުލުމެއް އުފެދިފައެވެ. ރުޅި އައިސްފައިވާ ވަރުންނެވެ. ރީހާން ދެކޭ ގޮތުގައި ވާ ވަރަށް ހިތާމަ ކުރެވިއްޖެއެވެ. ވާ ވަރަށް ކަރުނަ ވެސް އޮއްސިއްޖެއެވެ. ދެން ކެތެއް ނުކުރެވޭނެއެވެ.

 

“ދޮންބޭ ހެލްޕް.. ޕްލީޒް.. ދޮންބޭ..ދޮންބޭ..” ކަންފަތް ކައިރީގައި ގުގުމާލިހެން ހީވި މަޑު ގިސްލުމުގެ އަޑަށް ރީހާންގެ ރުޅި ދިޔައީ ފަޅައިގެންނެވެ. އެންމެ ކައިރީގައި ހުރި ޑްރެސިންގް ޓޭބަލް އަތުން ޖަހާ ހޫރާލި ވަގުތު ބިއްލޫރިތައް ތަޅައިގެން ދިޔަ އަޑު ހިފާލިއެވެ. ބިރުން އެލީޒާއަށް ނޭވާލާން ވެސް ހަނދާން ނެތުނެވެ. ކަމެއް ނުކުރެވިފައި ހުއްޓާ ރީހާން އަމިއްލަ ކޮޓަރި އެފުށް މިފުށަށް ޖަހާލައިފިއެވެ. ރުޅިން މުޅި މޫނު ވަނީ ރަތް ވެފައެވެ. ރީހާންގެ ބޮލަށް ޝައިޠާނާއެއް ސަވާރު ވީއޭ ހިތަށް އެރުމުން ދުލަށް އައިހާ ހެޔޮ އެއްޗެއް އެލީޒާ ކިޔަންފެށިއެވެ.

 

އެލީޒާ ދެލޯ ހުޅުވާލީ އަޑު ތަންކޮޅެއް މަޑުވިހެން ހީވެގެންނެވެ. ރީހާން އެނދުގައި އިށީނދެ އިން އިރު ބޮލުގައި ދެއަތް އަޅައިގެން އިން ގޮތުން ކަމަކާއި މެދު ހާސްވަނީކަން އެލީޒާއަށް ނަގައިގަނެވުނެވެ.”ރީހު..ޔޫ އޯކޭ؟..” މޫނުމަތިން ފެންނަން ހުރި މާޔޫސް ކަމުން އެލީޒާ ކުޑަކޮށް ހަމައަކަށް އެޅުނެވެ.”އަހަރެން ދެން ކިހިނެއް ހަދާނީ..” ކިތަންމެ ދެރަވެފައި އިން ނަމަވެސް މިއަދު އެ ދެލޮލުން ކަރުނައިގެ އަސަރެއް ފެންނާކަށް ނެތެވެ.”ވީގޮތް ބުނެބަލަ..” އޯގާތެރިކަމާއި އެކު އެލީޒާ ރީހާންގެ ކައިރީގައި އިށީނެވެ.”ކަމެއް ނުވޭ..” އެއްޗެއް ބުނަން އުޅެފައި ވެސް ރީހާން ދެފަރާތަށް ބޯ ހޫރާލިއެވެ.

 

“ޝިޓް.. މައި ރޫމް.. ޑެވިލް ހާދަ ގޯހޭ ދޯ އެލީ..” ވަގުތުން ރީހާން ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ.”ދޯ؟ ރީހު ޕްރޭ ނުކުރާތީވެގެން އެއީ!..” އެލީޒާގެ ވާހަކަ ހުރީ ކުޑަކުއްޖެއްހެންނެވެ.”ކަމް އޯން.. މީ މުސްލިމެކޭ..” ރީހާންއަށް އެލީޒާގެ ކުޑަކުދިންގެ ގޮތްގަނޑު ކަމުދިޔައެވެ.”އޯ މައި..ރީހު ހިނގާ ނާސަރީއަށް ވަންނަން.. މުސްލިމަކަށް ވިޔޭ ކިޔާފަ ވެސް ޑެވިލް އަންނާނެއޭ.. ޔޫ ނީޑް ޓު ޑޫ ގުޑް.. އަންލައިކް އަލްކަހޯލް ސްޓަފް..” ތުންކޮޅު ދަމާލާފައި އެލީޒާ ބުންޏެވެ.”ވާއު.. އެލީ އަކީ ކުޑަވެފަ ބޮޑުވާ މީހެއް ދޯ؟..” ރީހާން ސަމާސާ ކުރަން ފެށިއެވެ.

 

“ސޯ އަމް.. ދެން ނުދާނަންތަ؟..” ވާހަކައިގެ ތެރެއިން އެލީޒާ އެހިއެވެ.”ކޮންތާކަށް؟..” ރީހާން ދެބުމަ އަރުވާލިއެވެ.”ރާއްޖެއަކަށް..” ނުބުނާން އިނދެފައި އެލީޒާ ބުންޏެވެ. އެވަގުތު ރީހާންގެ މޫނުމަތިން މާޔޫސްކަން ފެނުނެވެ.”ނުދެވޭނެ ދާން ބޭނުން ވިޔަސް..” އާދައިގެ ގޮތަކަށް ރީހާން ބުންޏެވެ. ވަގުތުން އެލީޒާ ކީއްވެހޭ އަހައިލީ ދެރަވެފައެވެ.”ގޮއްސިއްޔާ ނޭނގެ ނުމަރާނެ ކަމެއް ވެސް.. ބައްޕަ ވަރަށް ރުޅިގަދަވާނެ.. އިންޒާރު ދިން އިރު އެލީއަށް ވެސް އިނގުން ދޯ؟..” ރީހާން އެހެން ބުނީ ފޫހިވެފަ އެވެ. އޭނައަށް މިހާރު ރަނގަޅީ ވެސް އަނބުރާ ރާއްޖެ ދިއުމެވެ. ލަންޑަން މަތިން މުޅިން ފޫހި ވެއްޖެއެވެ.

 

“އޯހ ރައިޓް.. އެކަމް ހާދަ ރީއްޗޭ.. ބޭނުން މުޅި ދިރިއުޅުން އެތަނަށް ޗޭންޖް ކުރަން..” އެލީޒާ ހުވަފެނީ ގޮތަކަށް ބުންޏެވެ.”މޯލްޑިވްސް މީހަކާ މެރީ ކޮށްގެން ދާން ހިނގާ..” ލާނެއް ރާގަކަށް ރީހާން ބުންޏެވެ.”ހޫމް ދޯ.. އައި ވިޝް..” އެލީޒާވެސް ރީހާން އާއި އެއްބައި ވިއެވެ.”ރީހު.. ޕްލީޒް މިގަޑީގަ ބައްދަލު ކޮށްލެވިދާނެތަ؟..” އެވަގުތު ހަނާގެ މެސެޖެއް އައިސްފައި އިނެވެ. މިދަނީއޭ ބުނުމުން ހަނާ އެދުނީ ރެސްޓޯރެންޓެއްގެ ނަން ބުނެފައި އެތަނަކަށް ދިއުމެވެ. އެލީޒާ ކައިރީގައި ފަހުން އަންނާނަމޭ ބުނެފައި ރީހާން ގެއިން ނިކުމެ ހިނގައިގަތެވެ.

 

ރެސްޓޯރެންޓް އަށް ވަތް އިރު ހަނާ އިންތިޒާރުގައި އިނެވެ.”ކޮން ވާހަކައެއް ބުނަންތަ އަނެއްކާ.. ފޯނުން ބުނެލި ނަމަ..” ރީހާން ހުރީ ހިސާބަކަށް ކަންނެތް ވެފައެވެ.”ނޫނޭ.. އަސްލު.. އިނގެއެއްނު ދޯ ޒާން.. ލިއީޝްގެ ބޯއި..” ވިސްނާލަމުން ހަނާ އެހިއެވެ.”ހޫމް ކިހިނެއްވީ..” ކޮންމެފަހަރަކުވެސް ލިއީޝްގެ ވާހަކަ ދައްކާތީ ރީހާން ހިތްހަމަ ނުޖެހުނެވެ.”އަސްލު.. އައި ލައިކް ހިމް ދޯ ވަރަށް ބޮޑަށް..” ހަނާ ދުރު ދުރުން ފެށިއެވެ. ރީހާން ބަލަން އިން ގޮތުން އެއިނީ އިންތިޒާރުގައި ކަން ހަނާއަށް އިނގުނެވެ.”އަހަރެންގެ ހިތަކަށް ކެތެއް ނުވޭ އެމީހުން އެކީގައި އުޅޭތަން ބަލާކަށް.. އެ ތިން މީހުން އުޅެނީ ލިއީޝްގެ މަންމަ ލަހުމާ ގަނެގެން އުޅޭ ގެއެއްގަ..” ހަނާ ވާހަކަ ދައްކަމުން ދިޔައެވެ. ދެލޯ މަރާލި ގޮތަށް ރީހާން ފުން ނޭވާއެއް ލިއެވެ.”ސީދާ ޕޮއިންޓަށް ދޭބަލަ..”

 

“ދެން.. އަހަރެން ބޭނުންވީ ޒާން ބޭނުންހާ ހުރިހާ ކަމެއް ކޮށްގެން ވެސް ޒާން ކާމިޔާބު ކުރަން.. އެއްދުވަހު ޒާން އަހަންނަށް ވަރަށް ގިނަ ވާހަކަ ކިޔާދިން.. ބުނި ލިއީޝްގެ ކުރީގެ ބީއެފް އަކީ ރީހު އޭ.. ލިއީޝް އޭނައާއި މެދު ވިސްނާތަން ބަލާކަށް ޒާންއަށް ނުހުރެވޭނެއޭ ކިޔާފަ ބުނީ ކަމެއް ކޮށްދެވެންޏާ ކޮށްދެން.. އަހަރެން ކޮންކަމެއްހޭ އެހީމަ ބުނީ.. ރީހު އަށް ލިއީޝް ފެންނަ ހިސާބުގައި ނޫޅެވޭ ވަރު ކުރުވަން.. އަހަންނަކަށް ހިއެއް ނުވޭ މަރާ ވަރަށް އޭނާގެ ހިތް ހަރު ހެންނެއް..” ހަނާ އިސްޖަހާލައިގެން އިނދެ ބުންޏެވެ.”ވަރަށް ބޮޑަށް މަޢާފު ކުރޭ.. ރީހުގެ ފޯނަށް އައި ވާރނިންގް އަކީ ޒާންގެ ގޭންގް ކުރި ކަމެއް.. އެކަމް.. އަހަރެން ރީހުގެ ކޮފީއަށް ވިހަ އަޅަން ބުނީ..” ހަނާގެ ޖުމްލައިން ރީހާންގެ ދެލޯ ބޮޑުވިއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

މާޔަން 1

Next

ލޯބި ވާވަރު ބުނަން

Next
March 20, 2022

ލޯބި ވާވަރު ބުނަން

Previews
March 20, 2022

މާޔަން 1

2 Comments!

  1. Anonymous says:
    March 21, 2022 at 6:59 am

    Mashaa Allah mi part ves hama varah rather ??? when next…?

  2. Anonymous says:
    March 21, 2022 at 7:00 am

    *reethi

Comments are closed.

Next Episodeވީމޭ އިންތިޒާރުގައި – 26←


All Right Reserved!